Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (7)

maasham Level 110 Stories
July 16, 2015 5 Mins Read
16 Comments

“ޔާއްކޮވާނީ އަރީގެ ބޮސްއަށް ދޯ…!” ހިނިގަނޑެއް ޖަހާލަމުން ލިއުޒާ ބުންޏެވެ. މި ހުރިހާ ވާހަކައެއް ދެއްކިއިރު ލުޔާ އަނގައިންވެސް ބުނެނުލައެވެ. ނަމަވެސް ކޮންމެފަހަރަކުވެސް ހީލާފައި ބޯޖަހާލައެވެ.

****

ވާރޭ ނުވެހުނެއްކަމަކު އުޑުމަތި ފެންނަނީ ވަރަށް ބަނަކޮށެވެ. ވައިގަދަވެފައި މުޅި ޖައްވު ވަނީ އަނދިރިކޮއްލާފައެވެ. ޖޯލިފަތީގައި އޮށޯވެގެން އޮތް ލުޔާ އޮތީ ލޯމެރިފައެވެ. ޖެހެމުންދާ ވައިރޯޅިތަކާއެކު އޭނާގެ އިސްތަށިގަނޑު ވަނީ މުޅި މޫނު މައްޗަށް ވިހުރިފައެވެ. މަޑު ނިންޖަކުން ނިދިފައިވާއިރު އޭނާ ފެންނަނީ ވަރަށް މަޢުސޫމު ކޮށެވެ. ދޮރު ހުޅުވާލާފައި ގެއަށް ވަދެގެން އައީ އަރީފެވެ. އޭނާއަށް ލުޔާ ފެނުމާއެކު އެންމެ ފުރަތަމަ އެ ދެމީހުން ބައްދަލުވި ދުވަސް ހަނދާނަށް އައެވެ. އެދުވަހުވެސް ދެމީހުން ތިބީ މި ފެންޑާގައެވެ. އެއީ ލުޔާއާއި އެންމެ ފުރަތަމަ ފަހަރަށް އަރީފު ތޮޅުނު ދުވަހެވެ. އެ ހަނދާން ވުމާއެކު ކުރީ ދުވަހު އަރީފުއަށް ލޮނުސައިތަށި ދިން ހަނދާން ވެސް އައު ވިއެވެ. އެކަމުގެ ބަދަލު ހިފަން މީ ރަނގަޅު ވަގުތެކޭ އޭނާގެ ހިތަށް އެރިއެވެ.

ލުޔާގެ މުނުމަތިން އަމާންކަން ގެއްލި ނުތަނަވަސްކަން ފެތުރިގެން ދިޔަ ކަމެއް އަރީފަކަށް ފާހަގައެއް ނުކުރެވެއެވެ. މަޑުމަޑުން ދެފަރަތަށް ބޯހޫރާލަމުން ބުމަ ގޮއްޖަލާލިއިރު އޭނާއަށް ބިރުވެރި ހުވަފެނެއް ފެންނަނީ ހެން ހީވެއެވެ. ނިތްކުރި މަތިން ދާ ތިކިތައްވެސް ފާޅުވެފައި ވެއެވެ.

އަރީފު އައިސް މަޑުކޮށްލީ ލުޔާ އޮތް ޖޯލިފަތީގެ ފުރަގަހުގައެވެ. އިރުކޮޅަކު ހުރެލާފައި ލުޔާގެ އަނގަމަތީގައި އަތް އެޅިއެވެ. އަރީފު ބޭނުންވީ ލުޔާއާއި ސަމާސަ ކޮއްލާށެވެ. އަރީފަށް ނޭނގުނުކަމުގައިވިޔަސް ލުޔާއަށް ކުރެވެމުންދިޔައީ އޭނާގެ ފުރާނައަށް ނުރައްކާވާކަމުގެ އިހުސާސެވެ. އޭނާއަށް ފެންނަމުން ދިޔަ ހުވަފެން ހަގީގަތަކަށްވީހެން ހީވިއެވެ. ލޯ ހުޅުވާލިއިރު އޭނާގެ ކަޅި ވަނީ ބޮޑުވެފައި. ލޮލަށް ޖަމާވެފައިވާ ފެންތައް ކޯތާފަތް ތެންމަމުން ދިޔަ އިރު އޭނާގެ ހިތް މޭކަށިގަނޑު ފަޅާލާފައި ނިކުންނަން އުޅޭ ކަހަލައެވެ. އުޑުމަތިވެސް ލުޔާގެ އިހުސާސްތައް ދެނެގަތް ފަދައެވެ. ވިދާލުމާއެކު މުޅި ތަނަށް ގުގުރީގެ އަޑު ވެރިވެގެންދިޔައެވެ. އެއަޑަށް ލުޔާގެ ހަށިގަނޑުވެސް ދިޔައީ ތުރުތުރު އަޅައިގެންނެވެ. އެއްވެސް ހަރަކާތެއް ނެތި ލުޔާ އޮތް ނަމަވެސް އޭނަގެ ހަށިގަނޑަށް އައި ބަދަލު އަރީފު ދެނެގަތެވެ. އޭނާގެ އަތް ތެމެމުން ދިޔައީ ލުޔާގެ ކަރުނައިންކަން އެނގުމާއެކު އަތް ނެގިއެވެ.

“ލުޔާ..” އަރީފު ލުޔާގެ ކުރިމައްޗަށް އަރަމުން ގޮވާލިއެވެ. އޭރު ކަމެއް ގޯސް ވެގެން އުޅޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. އިސްޖަހައިގެން ހުރި ލުޔާ އޭނާގެ ކުރިމަތީގައި ހުރި އަރީފުގެ މޫނަށް ބަލާލިއެވެ. ކަރުނަތައް ހުއްޓުމެއްނެތި އޮހޮރެމުން ދިޔައިރު އެމޫނުމަތީގައި ވަނީ ވޭނީ ކެކުޅުމެއްގެ އަސަރެވެ. އެ ކަރުނަތައް ފެނިފައި އަރީފުގެ ހިތަށް ތަދުވިއެވެ. އޭނާ ކުރި ސަމާސާ ވިހަވީއެވެ. އެވަރަށް ލުޔާއަށް އަސަރު ކޮއްފާނެއޭ އޭނާގެ ހިތަކަށް ނާރައެވެ. އަރީފުގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ލުޔާއަށް ވެފައި ހުރި ގޮތް ފެނުމުން އޭނާގެ ހިތް ބިރުގަތެވެ.

“ލުޔާ… ސޮރީ…”އަރީފަށް ބުނެވުނީ މިވަރަށެވެ. ލުޔާ ޖޯލިން ފުންމައިގެން ތެދުވެ ދުއްވައިގަތީ ގޭތެރެއަށެވެ. އޭނާ ދޮރުން ވަނުމާއެކު ވާރޭވެސް އޮއްސާލިއެވެ. އަރީފުވެސް އަވަސްވެގަތީ ގެއަށް ވަނުމަށެވެ.

“ކޮބާ ޔާއްކޮ؟” ސޯފާގައި އިން ލިއުޒާ ގާތުގައި އިށީންނަމުން އަރީފު އަހާލިއެވެ.

“ދެންމެ މިހެން ވަދެގެން އައި… ކިހިނެތްވީ؟ ކޮންމެވެސް ޖެއްސުމެއް ކުރަންވީދޯ؟ ތިމީހުން ހީވަނީ ކޯޅޭ ދެބުޅާހެން..” ލިއުޒާ ދިމާކޮއްލިއެވެ. އެއީ އޭނާ އަބަދުވެސް ކުރާ ސަމާސައެކެވެ. އަރީފުއާއި ލުޔާ އެއް ތަން ވެއްޖެނަމަ ޖާސޫސު ކުރުން ނޫން ކަމެއް ނޯންނާތީއެވެ. ނަމަވެސް މިއަދު ލިއުޒާ އެހެން ބުނުމާއެކު އަރީފަށް އުނދަގޫވިއެވެ. އޭނާއަށް ސިފަވަމުން ދިޔައީ ލުޔާގެ ހިތްދަތިވެފައިވާ މޫނެވެ.

“ހިނގާ މޫވީ އެއް ބަލަން ދޯ؟! އެބަ އޮތް ވަރަށް ބިރުވެރި އާ ފިލްމެއް..” ލިއުޒާ އަރީފުއާ ވާހަކަދެއްކިއެވެ. އޭނާގެ ޖަވާބަކަށް މަޑުނުކޮށް ފިލްމު އެޅުވިއެވެ. ޓީ.ވީ އާ ދިމާލަށް ބަލަހައްޓައިގެން ހުރިނަމަވެސް އަރީފުގެ ޚިޔާލުތައް ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ލުޔާ އައިސް ޖެހިގެން އިން ސޯފާގައި އިށީން އިރުވެސް އަރީފަށް ނޭނގުނީ އެހެންވެއެވެ. ފިލްމުގައި ދެއްކި މަންޒަރަކުން ލިއުޒާ ހަޅޭއްލަވައިގަތެވެ. އެއާއެކު އަރީފު ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ލޮލުގައި ލުޔާ އަޅައިގަތީ އެވަގުތެވެ.

*އައިމް ރިއަލީ ސޮރީ…. އަހަރެން ހިއެއް ނުކުރަން ލުޔާ އެހާ ބިރުގަންނާނެ ކަމަކަށް… ސޮރީ :(* އަރީފު މެސެޖެއް ލިޔެލުމަށްފަހު ލުޔާއަށް ފޮނުވާލިއެވެ.

*އިޓްސް އޯކޭ… ޔޫ ޑިޑްންޓް މީން އެނީ ހާމް އެއްނު.. އެގަޑީގަ ފެނުނު ހުވަފެނަކުން އަސްލު ބިރުގަތީ* ލުޔާގެ ޖަވާބު އައީ ދެ މިނިޓު ފަހުންނެވެ. އޭނާ މެސެޖު ފޮހެ ފޮހެފައި ލިޔުނު މަންޒަރު އަރީފު އިނީ ބަލާށެވެ. މެސެޖު ފޮނުވާލުމަށްފަހު ލުޔާ ހީލިއެވެ. ނަމަވެސް އެ ދެލޮލުން އަރީފަށް ފެނިގެން ދިޔައީ މުޅިން އެހެން އިހުސާސެކެވެ.

*އެއްވެސް ވާހަކައެއް ދައްކަން ބޭނުމިއްޔާ އައި އޭމް ހިއާ… އޯލްވޭސް..* އަރީފުގެ މެސެޖުން ހީވަނީ ލުޔާ ދިން ޖަވާބު ގަބޫލު ނުކުރެވެނީ ހެންނެވެ. މެސެޖު ކިޔާލުމަށް ފަހު ލުޔާގެ ލޮލަށް އަނެއްކާވެސް ކަރުނަތަށް ޖަމާވިއެވެ. އޭނާ ތެދުވީ ކޮޓަރިއަށް ދާށެވެ.

“ޔާއްކޮ ފިލްމު ނުބަލާ ދަނީތަ..؟” ލިއުޒާ ސުވާލުކުރިއިރުވެސް އޭނާގެ ކަޅި ހުއްޓިފައިވަނީ ޓީ.ވީ އަށެވެ.

“ހްމމ” ލުޔާ ޖަވާބު ދިނީ އަރީފުމެން ފަހަނަ އަޅާ ދިއުމަށް ފަހުއެވެ.

*އެނގިއްޖެ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން… ވިލް ޔޫ ޓެލް މީ؟ އަހަންނަށް ކުރެވުނު ކަމަކުންތަ؟ ކޮންމެ ކަމެއްވިޔަސް ޔޫ ކޭން ޓެލްމީ…* ލުޔާ ކޮޓަރިއަށް ވަދެ ދޮރުލެއްޕުމަށްފަހު އޭނާގެ ފޯނަށް އައި މެސެޖު ކިޔާލިއެވެ. އެއާއެކު އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހޮރުނެވެ. އަނގަމަތީ އަތް އެޅި ނަމަވެސް އެ ވޭނީ ރުއިމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ދިޔައީ ގުގުމަމުންނެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެ ލުޔާ ރޮމުން ދިޔަ އިރު އެ ހަށގަޑުގައި ވޭން އަޅަމުން ދިޔައެވެ. ޖިސްމާނީ ގޮތުން ފެންނަތް ނެތް ލަކުނު ތަކެއްގައި ރިއްސަނީއެވެ. އިރު އިރު ކޮޅުން އޭނާގެ އަތުގެ ނުފުށުން ކަރުނަތަށް ފޮހެލައެވެ. އެހެނަސް އެ ލޮލަކުން ކަރުނައެއް ނުހިކެއެވެ.

*ލުޔާ… ވާހަކަ ދައްކަބަލަ… ކޮން ހުވަފެނެއްތަ ފެނުނީ؟* ލުޔާގެ ހަބަރެއްނުވުމުން އަނެއްކާވެސް އަރީފު ކޮއްލީ މެސެޖެކެވެ.

*ލުޔާ ޕްލީޒް… އައި އޭމް ރިއަލީ ސޮރީ…* އަރީފުގެ އާދޭހަށް ހުއްޓުމެއް ނާންނާނެކަން އެނގުމުން ލުޔާ އޭނާގެ ފޯނު ނިއްވާލިއެވެ.

****

ދަންވަރުގެ ހަމަހިމޭންކަން މުޅި ގޭތެރެއަށް ވަނީ ފެތުރިފައެވެ. ހަވީރު ނެގި ވިއްސާރައިގެ ފިނިކަން އަދިވެސް ޖައްވުގައި ވެއެވެ. އެތައް އިރެއްވަންދެން ރުއިމުގެ ސަބަބުން ލުޔާގެ ލޯވަނީ ދުޅަވެފައެވެ. މިރޭ އޭނާއަކަށް ނުވެސް ނިދުނެވެ. އުނދަގޫވަނީއެވެ. އޭނާގެ ހިތުގައި ފޮރުވިފައިވާ ކެކުޅުންތައް އެހެންމީހަކާ ހިއްސާ ކުރަން ބޭނުން ވަނީއެވެ. އޭނާގެ ހިތުގެ އުދާސްތައް ކިޔައިދޭން ބޭނުން ވަނީއެވެ. ނަމަވެސް އެހެން ވާނީ ކިހިނަކުން ހެއްޔެވެ؟ އެ ހަށިގަނޑުގެ ވޭންތައް އޭނާ ހިއްސާކޮއްފައިވަނީ އޭނާ ބަނޑުއަޅައި ވިހޭ މައިމީހާއާއެވެ. އެ ދުވަހު ހައުފާ ބުނީ އެ ވާހަކަތައް އިތުރު މީހަކު ގާތުގައި ދުވަހަކުވެސް ދައްކައިގެން ނުވާނެކަމަށެވެ. ލުޔާގެ އާދޭސްތައް ގަބުލުކުރަން ހައުފާ ބޭނުންނުވީއެވެ. އޭނާގެ ލޮލުގެ ކޮއި ފަދަ ދަރިފުޅުގެ ހަޔާތް ވިހަވާން އޭނާ ނޭދުނިއެވެ. އެހެންކަމުން ވީކަމަކީ ނުވާކަމަކަށް ހަދައިގެން ހުރީއެވެ. ހައުފާއަށް ފަސޭހަކަމަކަށް ވީނަމަވެސް ލުޔާއަށް ހަނދާން ނައްތާލަން ފަސޭހައެއް ނޫނެވެ. މަންމަގެ އެދުމަށް ފުރަގަސްދޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެނަސް މިއަދު އޭނާ ކެތްކުރާނީ ކިހިނަކުން ހެއްޔެވެ؟ ޔަގީނެވެ. އަރީފުއަށް ޝައްކު ވެއްޖެއެވެ. ދެން އޭނާ ކުރާ ސުވާލަކަށް ލުޔާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ހަޤީޤަތް ކިޔާ ދޭނީ ހެއްޔެވެ؟

****

“ސްނޯ ގްލޯބް ވަރަށް ލޯބި.. ތެންކްޔޫ..” ލިއުޒާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. އޭނާއަކީ އާންމުކޮށް ފޯނުގައި އޮންނަ މީހެއް ނޫނެވެ. އަރީފުއާވެސް ގިނައިން ވާހަކަ ދައްކަނީ ފޭސްބުކްއިން ނުވަތަ މެސެޖުންނެވެ. އެހެނަސް މިރޭ އޭނާ ފެންނަނީ ވަރަށް އުފާވެރިކޮށެވެ. އެއްއަތުން ފޯނު ހިފަހައްޓައިގެން ހުރިއިރު އަނެއް އަތުން ސްނޯގްލޯބް އެކި ކޮޅު ކޮޅަށް އަނބުރަމުން ގެންދިޔައެވެ.

“ކޮން ސްނޯ ގްލޯބެއް” އަނެއް ކޮޅުން ޖަވާބު އައީ ސަމާސާ ރާގެއްގައެވެ.

“ދެން ހޫ… ލިއު އަށް އެނގިއްޖެޔޭ…” ލިއުޒާ ތުން ދަމާލާފައި ޖަވާބުދިނެވެ.

“ކިހިނެތް އެނގުނީ؟” ހިނިގަނޑަކަށްފަހު އަނެއްކޮޅުން ކޮއްލީ ސުވާލެކެވެ.

“ދެން ހަމަ އެނގުނީ.. ހައު ޑިޑް ޔޫ ނޯ ދެޓް އައި ލަވް ލަންޑަން؟ ޚާއްސަކޮށް ސްނޮ ވެހޭއިރު؟” ލިއުޒާވެސް ކުރީ ސުވާލުތަކެކެވެ.

“ސްކޫލުގަ އުޅުނު އިރު ލިއު ބުނި ހަނދާނެއް ވޭ… ދެން ކުރީ ރޭގަވެސް ކީމެއްނު ލަންޑަނަށް ދާހިތްވާ ވާހަކަ..”

“ހާދަ ހަނދާންވެސް ގަދައޭދޯ؟” ލުއި ހިނިތުންވުމަކާއެކު ލިއުޒާ ބުންޏެވެ.

“ދެން ލިއުގެ ކަމެއްވެއްޖެއްޔާ ހަނދާން ހުންނާނެއްނު..” ވާހަކަ މިހިސާބަށް ދިޔައިރު ލިއުޒާ ކޮޅަށް ތެދުވިއެވެ. ސައިޑް ޓޭބަލް މަތީގައި ސްނޯ ގްލޯބް ބޭންދުމަށްފަހު ކޮޓަރި ތެރޭގައި ހިނގަން ފެއްޓިއެވެ. އޭނާގެ ހިތް އަވަސް ވަނީއެވެ.

“ކީއްވެ ވަކި ލިއު ވީމަ؟ އޭމް އައި ސަމްވަން ސްޕެޝަލް…” ވަރަށް ނުކެރިފައި ހުރެ ނަމަވެސް ލިއުޒާ އަހަން ބޭނުންވާ ސުވާލު ކުރިއެވެ. އިރުގަނޑެއްވިއިރުވެސް އެކޮޅުން ޖަވާބެއް ނާދެއެވެ. ފުންނޭވާއެއްގެ އަޑު އިވެމުންދާތީ ފޯނު ނުކެނޑޭކަން ލިއުޒާއަށް އެނގެއެވެ.

“ހެހެ. ޖަސްޓް ކިޑިން..” ލިއުޒާ ބޭނުންވީ މައުޟޫއު ބަދަލުކޮއްލާށެވެ.

“ލިއު، އަހަންނަކަށް އޯކޭ އެއްނޫން މިހާރު ތި ވާހަކަ ދައްކާކަށް… ބޭނުންވޭ، އެކަމަކު އިޓްސް ނޮޓް ރައިޓް”

“ލިއު މަޖަލަކަށް ބުނި އެއްޗެކޭ..” ލިއުޒާ ބޭނުންވީ އޭނާއަށް ބުނެވުނު ބަސް އަނބުރާ ގެންނާށެވެ.

“ދެން ބާއްވަނީ.. ގުޑްނައިޓް.. ސްވީޓް ޑްރީމްސް” ލިއުޒާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އެކޮޅުން ފޯނު ކަނޑާލިއެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ލިއުޒާއަށް ހުރެވުނެވެ. އަޖައިބެކެވެ. އޭނާގެ ހިތުގައި ލިއުޒާއަށް މަގާމެއް ދެވިފައިވާކަން އެއީ ލިއުޒާއަށް ހީވި ހީވުމެއްބާވައެވެ؟ އެހެން ނޫންނަމަ ‘ލަވް’، މި ލަފްޒު ލިޔެފައިވާ ސްނޯ ގްލޯބެއް އޭނާއަށް ދޭންވީ ކީއްކުރަން ބާވައެވެ؟ މިފަދަ އެތައް ޚިޔާލުތަކެއް ލިއުޒާގެ ބޮލުތެރޭގައި އެނބުރެނީއެވެ.  އޭނާއަށް އަރީފާމެދު ވެސް ވިސްނެއެވެ. އެހެންމީހކާމެދު އޭނާގެ ހިތުން ޖާގަ ދެވެނީ ހެއްޔެވެ؟  އޭނާއަށް އަރީފަށް ބޭވަފާތެރި ވެވެނީ ހެއްޔެވެ؟ މިހާރު ކުޑަކޮށް  ލިއުޒާގެ ބޮލުގައި ރިއްސާހެންވެސް ހީވެއެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު ލިއުޒާ އެނދުގައި އޮށޯތެވެ. ނިދަން ބޭނުންވި ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ.

****

“ދެކުދިންވެސް ރޭގައި ނުނިދަންދޯ؟ ބަލާބަލަ ތިހިރަ ލޯ ތަކެއް! ހީވަނީ މަގުމަތީގަ އުޅޭ ސޮރުންގެ ލޯހެން…” ހައުފާ ވާހަކަ ދެއްކީ ލިއުޒާމެން ދެބެއިންނާއެވެ. ސައިބޯން ތިބިއިރު ދެބެއިންވެސް ތިބީ ނެގިމަޑުވެފައެވެ. މަންމައަށް ޖަވާބެއްކެ ގޮތުން ހިނިތުންވުމެއް ރައްދުކޮއްލިއެވެ. ނަމަވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ފެންނަ ފެނުމަށް ހީވަނީ އެ ދެމީހުންވެސް ބޮޑު ފިކުރެއް ކުރަނީ ހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ހިތް ވިންދާނުލައި… (22)

Next

ޝުދޫ…. (1) ވަނަ ބައި

Next
July 16, 2015

ޝުދޫ…. (1) ވަނަ ބައި

Previews
July 15, 2015

ހިތް ވިންދާނުލައި… (22)

16 Comments!

  1. xaaxaa says:
    July 16, 2015 at 4:15 am

    Story warah nice. Waiting for next part ingeyyyy

  2. liu says:
    July 16, 2015 at 4:22 am

    varah rreetii,,,,when next part up kuranyyy…………eid mubaarik

    1. maasham says:
      July 16, 2015 at 4:30 am

      Eid Mubaatik! In sha allah tomorrow nest part. 😀
      Cheers!

    2. maasham says:
      July 16, 2015 at 4:31 am

      next*

  3. nihaa says:
    July 16, 2015 at 4:30 am

    Vrh reethi… Waiting…

  4. Anonymous says:
    July 16, 2015 at 4:40 am

    Varah salhi

  5. anee says:
    July 16, 2015 at 4:41 am

    Nice story eid mubaarik

  6. Angel says:
    July 16, 2015 at 4:42 am

    V v v reethi mi story…. Luyaa ah anehkaa vegen e ulhuny kn gothehtha…

  7. Same says:
    July 16, 2015 at 9:32 am

    Eid mubaarak

  8. ifaa says:
    July 16, 2015 at 10:58 am

    Vvv reethi mi part vx….waiting for next part………..

  9. friend says:
    July 16, 2015 at 11:22 am

    Luya ah Vegen mi ulheny kon gotheh? Nxt part ga himeney tho balaathi n story v v v v v v v v v v v v v v v v salhi waiting 4 the Nxt part

  10. Nuzha says:
    July 16, 2015 at 1:51 pm

    wow.. but luyaa.. kihineh veebaa?? neygun ehves gothakah.. story v v v v v v v v v v v v salhi

  11. naj says:
    July 16, 2015 at 2:59 pm

    V interesting story..EID MUBAARIK 🙂

  12. Anonymous says:
    July 16, 2015 at 3:10 pm

    luyaa ah jinni avaly kanneyge

  13. Shabee says:
    July 16, 2015 at 4:36 pm

    Nxt prt tomorrow?? Ehen viyyaa thank u soooooo much… 😉 mibaivex v v salhi… good luck…nd EID MUBARAK TO ALL… 😛 but shabee beynun luaa ah v kihineh thoa balan…alhe nxt prt ga bunedhehchey….kihineh v baa?? Alhey… 🙁 Anonymous bunihen jinni avalee thoache dhw… 🙂

  14. nuzha says:
    July 16, 2015 at 5:03 pm

    wow.. v salhi ma vaahaka.. but luya ah kihineh evanee

Comments are closed.

Next Episodeހަތަރު އުދަރެސް (8)←


All Right Reserved!