Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހާފް ހިއުމަން -6

BamBoo Level 1
May 26, 2021 4 Mins Read
0 Comments

މަޑުމަޑުން އަތުގައިހުރި ހުޅުންބުތަށްފިލަންފެށިއެވެ. ހަންގަނޑުގެ އަޑިއަށްވަންނަމުންދިޔައެވެ. މިވަނީ ކިހިނެއްހެއްޔެވެ. ޔަލްވީއަށް މުޅިއަތަށް ބެލެމުންދިޔައެވެ. ކަރުގައި އަތްލުމަށްފަހު ހުޅުނބުތަށްހުރިތޯ ބަލަމުންދިޔައެވެ. ބިންދާލިބޮޑު ރާޅާއެކު ޔަލްވީ އޮޔާއި ދަމައިގަތެވެ. ފައިޖެހުނަސް އޭނާއަށް ވަގުތުން ހަދާނެގޮތްހުސްވިއެވެ. ކުއްލިއަކަށް އެފަޅުރަށައް މޫދަށްއެރުނުދުވަސް ހަނދާންވަމުންދިޔައެވެ.

ބައެއްފަހަރު މައްޗަށްއެރެއެވެ. ރަށާދުރަށްދާ މަންޒަރުފެންނަނީ ވަރަށްވެސް ހިތިކޮށެވެ. ފައިޖެހޭތޯ ބަލަމުންދިޔަނަމަވެސް މިއޮތީ ފައިޖެހޭ ހިސާބަކު ނޫންކަން އިގުމާއެކު ޔަލްވީގެ ހިތްވަރު އޮބުނެވެ. އެހެނަސް ފައިން ޖެހޭތޯ މަސެއްކަތްކުރަމުންދިޔައެވެ. އަކުނިވަޔަށް ދަމަންފެށުމާއެކު ޔަލްވީއަށް ރޮވެންފެށުނެވެ. ހިތްވަރެއްލާފައި މައްޗަށް އެރުނިއްޔާ ވާރޭގެ ހަަމަލާތައް ހާދަ އަނިޔާވެރިއެވެ. ބޮޑެތި ވާރޭތިކިތައް އައިސް މޫނުމަތީގައި ޖެހެމުންދާއިރު އެއޮތްވާތަދެކެވެ.

ލޮނުބޮވެމުންދިޔަވަގުތު ހިތަށްވަރަށް ފުންއަސަރު ކުރަމުންދިޔައެވެ. މަންމަގެ މޫނުފެނިނުލާ ވަކިވާކަށް ހިތެއްނޭދެއެވެ. ބައްްޕައާއި އެއްކޮށް މަޖާކޮށްލަން ވަގުތުކޮޅެއް ލިބޭނެ ނަމައެެވެ. މާހިލްއާ ލޫނާމެން މަތިން ހަނދާންވީވީހެން އިތުރަށް ހިތުގައިޖެހުނެވެ.

އޮއެވަރުގައިޖެހި އަނެއްކާމެ އަޑިއަށްދަަމައިގަތެވެ. ގައިގެ ވަރުހުސްވެ ފައިންޖަހާލާނެ ވަރުނެތިފައި އަޑިއަށް ގެބެމުންދިޔައެވެ. މެރިފައި އިންދެލޯ ހުޅުވާލެވުނީ އެއްޗެއް އައިސް އޭނަގެ އަތުގައި ހިފާގަތުމުންނެވެ. މިޔަރެއްކަމަށް ހީކޮށް ތެޅެންފެށުނެވެ. ދެލޯހުޅުވާލުމާއެކު އިތުރަށް އަޖައިބުވީ އޭނާގެ އަތުގައިހިފައިގެން އެއްގަމަށް ގެންދަންހިފާފައިހުރި ފިރިހެނެއްފެނިފައެވެ.

ނިކަންބާރު ސްޕީޑެއްގައި ޔަލްވީ ފައިޖެހޭ ހަމައަކަށް އޭނާލައިދިނެވެ. މޫދުގައި އޮޔާ ދެކޮޅަށްފަތަން ކުޅަދާނައޭ ޔަލްވީ ހިތަށްއަރަމުންދިޔައެވެ. ފަހަތަށްވެސް ބަލައިނުލާ އެއްގަމަށް އެރުމާއެކުހެން ޔަލްވީގެ އަތުން އޭނާގެ އަތްދޫކޮށްލިއެވެ. ކެއްސަމުން ކަހަލަގޮތަކަށް ޔަލްވީ އެއްގަަމަށް އެރިއެވެ. އެޒުވާނާ ބަލައިލީ ދެނެއެވެ. ދެމީހުންގެ ނަޒަރުކުޑަކޮށް ގަނޑުވިކަހަލައެވެ. ޔަލްވީ ހަޔާތުގައިވެސް އެހާރީތި ފިރިހެނަކު ފެނިފައެއް ނުވެއެވެ. މީ ރަށަށްއަރައިގެން އުޅޭ ބީރައްޓެއްސެއްކަމާމެދު ސައްކެއްވެސް ނެތެވެ. ރާއްޖެ މީހެއްހެންވެސް ހީނުވެއެވެ. ޔޫރަޕް މީހެއްގެ ދޮންކަންލިބިފައިހުރި ޒުވާނެކެވެ. ހާދަހާ ތޫނު ދެލޮލެވެ. ކަޅުކަޅީގައި ހައިރާންކުރުވަނިވި ބާރެއްވެއެވެ. ތުނިކޮށްވެހެމުންދިޔަ ވާރޭގެ ސަބަބުން ކަޅުއިސްްތަށިގަނޑުގައި މުތީހެން ފެންހަރުލާފައިހުއްޓެވެ. ތެމިފައި އޮތުމުން ނިއްކުރީގެ ބައެއްވެސްވަނީ ފޮރުވިފައެވެ. އިސްކޮޅުންދިގުވެފައި ލައިގެންހުރީ ހުދާއި ކަޅު ޓީޝާޓާއި ނުހަނު ގުޅޭ ޖީންސެކެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތުގައި ހުރިހިނިތުންވުންް ފެނިފައި ޔަލްވީއަށް ބުނަންނޭންގޭ ހިތްހަަމަޖެހުމެއް ލިބުނެވެ.

އެޒުވާނާ ޔަލްވީއަށް ބަލަންހުރިގޮތުން ހީވަނީ އަލަށް އަންހެންކުއްޖަކުފެނިގެން އާޝޯހުވެފައިހުރިހެންނެވެ. ރަތްހުޑީގައި ޔަލްވީގެ ދޮންކަމާއި ރީތިކަން އިތުރުކުރުވައެވެ. ހައިރާން ނުވާނީ ކާކުހެއްޔެވެ.

ޔަލްވީއެއްގަމަށް ހިނގައިގަތީ ގައިގާ މަޑު ތުރުތުރުލުމެއް ލާންފެށުމުންނެވެ. ވާރޭގައި ތެމިގެން މޫދަށްއެރުމުންވީގޮތް ކަންނޭގެއެވެ. އެޒުވާނާއަށް ބެލުމެއްނެތި ޔަލްވީ ކޯޓުނަގައިގެން ހިގައިގަތީ ބޮޑުމަގާއި ދިމާލަށެވެ. މިހިސާބަކީ މީހުންއައިސްވާ ހިސާބަކަށް ނުވާތީ ގޮޑުދޮށަށް ފޭބެނީ އެންމެ މަގަކުންނެވެ.

އެޒުވާނާ މިހިސާބުގައި ކީއްކުރަނީބާއެވެ. ޔަލްވީ ސަލާމަތްކޮށްދިނީތީ ޝުކުރުއަދާނުކޮށް އާދެވުމުން އެކަމާ ގިލްޓީވަމުންދިޔައެވެ. ކުރާނެކަމެއްނެތެވެ. ދެން އަނބުރާ ދާކަށް ނުކެރޭނެއެވެ. ފަހަތަށް ބަލައިލަންވެސް ޔަލްވީހުރީ ނުކުޅެދިފައެވެ. އެޒުވާނާއަަށް ހެޔޮރަހްމަތްލައްވާތޯ ހިތާހިތުން ދުޢާކޮށްލެވުނެވެ.

އިރުއޮއްސި އަދިރިވަމުން ދިޔަވަރަކަށް ޔަލްވީގެ ސޫރަ ކަޅު ހިޔަންޏަކަށް ބަދަލުވަމުންދިޔައެވެ.މަގުމަތީގައި އުޅޭ މަދު މީހަކަށްވެސް ޔަލްވީއަކީ ކާކުކަންވެސް ނޭންގޭނެހެން ކަޅުކޯޓުގައި އޭނާ ހިނގަމުންދިޔައީ ގަސްގަހާއި ރުއްރުކުގެ ހިޔަނިތަކުގެ ތެރެެއިންނެވެ. މަޑުމަޑުން ގޭތެރެއަށްވަދެ މީހަކަށް ނުފެންނާނެހެން ކުޑަދޮރުން އެތެރެއަށްވަނެވެ. ފިލަފިލައިގެން މީހަކަށް ނުފެނި ގެއަށް އާދެވުނޭ ޔަލްވީ ހިތަށްއެރިޔަސް ޔަލްވީއަށް ނޭންގި ނަމަވެސް މިއަދު ކަޅުހިޔަންޏެއް އޭނައާއި ދާދިއެއްވަރަށް ފަހަތުންއައިސް އޭނަގެއަށް ވަންނަ މަންޒަރުބަލަން ދުރުގައި އެބަހުއްޓެވެ.

ކޮޓަރިއަށްވަދެ ލޯގަނޑުން ޔަލްވީގެ ސިފަ ބަަލައިލިއެވެ. ހިތްހަމަޖެހެންދެން ބަލައިލީ އެއްވެސް ކަހަލަ ހުޅުނބެއް ނުވަތަ އެހެންއެއްވެސް ނިޝާނެއްގައިގަ ފެންނަން ހުރިތޯއެވެ. އަޖައިބުވީ ދާދި ފަހަކާޖެހެންދެން ފައިގެ ފަލަމަސްގަނޑުގައި އިން ބޮޑުފާރުގަނޑު މިހާރު ޖެހުނުތާ ލަކުނުވެސް ނެތުނީމައެވެ. މީހަމަކުރީގެ ޔަލްވީއޭ ހިތާ އޭނާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ހިތްހަމަޖެހިލައިގެން ޔަލްވީ ފެންވަރާލަން ފާހަނައަށްވަނެވެ. ފެންޖެހެމުން ތަދުވާކަށް ލަކުނެއްވެސް ނެތެވެ. އެހެނަސް މަޑުމަޑުން ގައިގަ ފެންޖައްސަމުން ފެންވަރަންފެށިއެވެ. އެކަމުން މިންޖުވީތީ އުފާކުރަމުންނެވެ. އެއްވެސް އުދަގުލަކާއި ކުރިމަތިނުލާ ވަރަށް ހިތްހަމަޖެހިލައިގެން ފެންވަރާލެވުނެވެ.

ރޭގަނޑު ކާންހެދުމުގައި ވާހިދާ އަވަދިނެތި އުޅެނިކޮށް ޔަލްވީ ބަދިގެއަށްވަދެ ވަރަށް ލޯބިން މަންމަގައިގަ ބައްދާލިއެވެ. މަންމައާއި ވަކިން އޭނާއަށް ނޫޅެވޭނެއެވެ. މަންމައާއި ވަކިވާކަށްވެސް ބޭނުމެއް ނުވެއެވެ. ކާންހެދުމުގައި މަންމައާއި ބައިވެރިވެ އާއިލާއާއި އެއްކޮށް ކައި ނިމިގެން އޭނާ ނިކުމެލީ ބޭރަށެވެ.

ހަނދުވަރު ފަނޑުނަމަވެސް ނިކަން އަރާމު ވައިޖެހެމުންދިޔައެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ފުންނޭވާއެއްލައި ޔަލްވީ ކޮޓަރިއަށްދިޔައެވެ.

އެނދުމަތީގައި ޖައްސާލާ މިއަދުކަންވީ ގޮތުގެ މަތިން ވަރަށްބޮޑަށް ވިސްނާލިއެވެ. އެވަގުތުމެ އެޒުވާނާގެ ހަނދާންތަކުން ޔަލްވީއަށް އުދަގުލެއްކޮށްލިއެވެ. އޭނަ ބަލަންހުރިގޮތް ސިފަވަމުންދިޔައެވެ. އަދި އެއްފަހަރު އެޒުވާނާއާއި ބައްދަލުވެލާނެ ނަމައެވެ. އެޒުވާނާާއާއި މެދު ވިސްނަންއޮށްވާ އޭނާއަށް ނިދިޖެހުނު ގޮތްވެސް ނޭންގުނެވެ.

ޖެހިގެންއައި ދެ ދުވަސްވެސްވީ ޔަލްވީއަށް ނިކަން ހަމަޖެހިގެން އެއްވެސް އުދަގުލެއްނެތި ވޭތަވަމުންދިޔަ ދެދުވަހަކަށެވެ. މަލަކްމެން ނުފެނި ގިނަދުވަސް ވުމުން ޔަލްވީ މަލަކްމެން ގެއަށްދާން ނިންމިއެވެ

ހަވީރު ހިޔާޖެހި އިރުގެ ހޫނުކަން ފިނިކަމަށް ބަދަލުވަމުންދިޔައެވެ. މަގުމަތީގައި ކުޑަކުދިން ހޭލަމޭލަވަމުންދިޔައެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ގޭކުރިމަތީގައި ހަމަޖެހިގެން ކުޅެލަންނިކުމެ މަޖާކުރަމުންދިޔައެވެ. އެކުދިން ފެނިފައި ޔަލްވީއަށް ކޮއްކޮއެއް ނެތްކަމުގެ އިހުސާސް ކޮށްލެވުނެވެ.

މަލަކްމެން ގޭތެރެއަށް ބޯދިއްކޮށްލިއިރު މީހަކު ފެންނަން ނެތުމުން މަަލަކްއުޅޭ ކޮޓަރީގައި ޓަކިޖަހާލިއެވެ. އިރުކޮޅެއްފަހުން ލޫނާއައިސް ދޮރުހުޅުވާލައި ޔަލްވީއަށް ބަލަހައްޓައިގެންހުރީ ޔަލްވީކަން ގަބޫލުނުކުރެވިގެންނެވެ. މަލަކް ލޫނާފަހަތުން އައިސް ދޮރުބޮޑުކޮށް ހުޅުވާލިއެވެ. ޔަލްވީކަން އިނގިގެން އޭނާވެސް ހުރީ ގަބޫލުނުކުރެވިފައެވެ. މަލަކް ތަންދައްކާލުމުން ޔަލްވީ މަޑުމަޑުން އެތެރެއަށްވަނެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެނދުމަތީގައި އޮތްފޮޓޯ އަލްބަމެވެ. އެއީ އެކުދިން ކުޑައިރުންސުރެ ގެންގުޅެމުންދާ އެކިއިރު އިރުގެ ހަނދާންތަކެވެ.

ޔަލްވީ ފަހަތަށް އެނބުރި ބަލައިލިއިރު މަލަކްއާއި ލޫނާ ދޮރުކައިރީގައި ގަނބުވެފައި ތިއްބެވެ.

“އިނގޭ ވަަރަށް ސުވާލާއި ޝަކުވާ ހުންނާނެކަން. ހުރިހާ ސުވާލަކަށް ޖަވާބު ދޭނަން. އެކަމް މިގަޑިއަކު ނޫން. ހިނގާ ބޭރަށްގޮސްލަން މިއަދު. ވަރަށް ދުވަސްވެއްޖެ ހިނގާލަން ނުދާތާ.” ޔަަލްވީ މަޑުމަޑުން އައިސް މަލަކްއާއި ލޫނާއަތުގައި ހިފާލިއެވެ. އެކުދިންގެ ބޮލުން ބޮޑުކަމެއް ލުއިވިހެންހީވިއެވެ. ނިކަންއަަވަސް އަވަހަށް ތައްޔާރުވެލައިގެން ރަށުގެ ގޮނޑުދޮށާއި ދިމާލަށް ހިގައިގަތެވެ.

ގޮނޑުދޮށުގައި މީހުންވަރަށް މަދެވެ. ލޫނާ މުޅިންހެން ދައްކަމުންދިޔައީ ކޮންމެވެސް ފިރިހެނެއްގެ ވާހަކައެވެ.

“އަޅެ އަސްލުވެސް ޔަލް ހަމަމޮޔަވާނެ އޭނަ ފެނިއްޖެއްޔާ. ހާދަ ރީއްޗޭ. ފޮޓޯއެއް ނަގާނަން ދެން ފެނުނިއްޔާ.” ލޫނާ ދެލޯމަރާލައި ވާހަކަ ދައްކަމުންދިޔައެވެ. އެޒުވާނާ އޭނާއަށް ފެންނާނެނަމަތާއެވެ.

“ހޫނ. އެހެރީ ލޫނާގެ ޑްރީމްބޯއީ.” ލޫނާ ދައްކަމުންދިޔަ ވާހަކަ ޔަލްވީ މެދުކަނޑާލައި ދުރުން ހިގާލާފައި އެއްގަމަަށް އަރަމުންދިޔަ މުސްކުޅިބޭބެއަށް އިޝާރާތްކޮށްލިއެވެ. ލޫނާ ނިކަން އަވަސްއަވަހަަށް ބޯއަރިކޮށްލާ އެބޭބެއަށް ބަލާލާފައި ނޫނެކޭ ކިޔާ ހަޅޭއްލަވައިގަތެވެ. އޭރު މަލަކް އާއި ޔަލްވީ ބިނދިބިނދިފައި ހޭންތިއްބެވެ. އިރު އޮއްސި އަދިރި ވުމުގެ ކުރިން ޔަލްވީ ގެއަށް ދާންބޭނުންވާތީ ދުވަހުގެ އިރާ އަލްވަދާއު ކިޔާ ގެއަށްދާން ހިގައިގަތެވެ. އޭރު އެންމެން ކަހަލަ ގޮތަކަށް އެއްގަމަށް އަރާ ގޮނޑުދޮށް އޮތީ ހުސްވެފައެވެ.

“ޔަލް. ބަލާ އެހެރަ އަންނަނީ އޭނާ. ” ލޫނާ މަލަކް ގައިގަ ވިކާގަތެވެ. އައްދިއްޔޯއޭ ކިޔާ ޔަލްވީ ވިކާލިތަނުގައި ފިރުމާލިއެވެ. ޔަލްވީ ކުރިބަލައިލީ މަލަކް ވައި އަޑުން ވާއުއޭ ބުނެލުމުންނެވެ.

ޔަލްވީ ކުރިއަށް ބަލާލުމާއެކު އޭނާހުރިތަނަށް ގަނޑުވިއެވެ. ޔަލްވީ ކުރިމަތީގައި ހުރީ އޭނާ ސަލާމަތްކޮށްދިން ޒުވާނާއެވެ. މިއަދު ލާފަހުރީ ކަޅުކުލައިގެ އަތްދިގު ގަމީހެކެވެ. ޔަލްވީ ފެނި އެޒުވާނާވެސް ފިޔަވަޅަށް މަޑުޖެހުމެއްއައެވެ. އެއްޗެކޭ ބުނަން ބޭނުންވެފައިހުރިހެން ޔަލްވީއަށް ބަލަމުން އޭނާ ޔަލްވީމެންނާއި ފަސްދީދާންފެށިއެވެ.

“ޔަލްއަށް އިގޭތަ އޭނަ. އޭނަ ހާދަވަރަކަށޭ އެބެލީ ޔަލްއަށް” މަލަކް ހައިރާންވެފައިހުރެ އަހާލިއެވެ. ޔަލްވީއަށް އައި ބަދަލުން ކޮންމެވެސް ކަމެއްވެއްޖެކަން ޔަގީނެވެ. މީވެސް ޔަލްވީކިޔާދޭންޖެހޭނެ ވާހަކައިގެ ލިސްޓުގައި ހިމެނެންވާނެކަމެކެވެ.

“މިގަޑިއަކު ނޫން. ފަހުން ހުރިހާ ކަމެއް ކިޔާދޭއިރު ކިޔާދޭނަން މިކަންތައްވެސް.” ޔަލްވީ މަޑުމަޑުން ހިގަމުންދިޔައިރު ވިސްނެމުންދިޔައީ އެޒުވާނާއާއި މެދުއެވެ. އެޒުވާނާގެ އެންމެ ނަޒަރަކުންވެސް އޭނައަށް ވަމުންދިޔަ ގޮތްބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ.

“ޔަލް ކިޔާދޭނީ ކޮންއިރަކުބާ. އަހަރެން އިގެންބޭނުން އެރަށުން ޔަލްއަށް ވީގޮތް.” ލޫނާއަށް ވިސްނެމުންދިޔައީ ޔަލްވީ އެންމެ ފުރަތަމަ ބަދަލުވީގޮތެވެ. ގައިމުވެސް އެއީ  އާދާއިގެ ކަމެއް ނޫނެވެެ.  ޔަލްވީ ގެއަށް ލުމަށްފަހު މަލަކްއާއި ލޫނާ ހިނގަމުންދިޔައީ ހަނި ގޯޅިއެއްގެ ތެރެއިންލާފައެވެ.

“މަށައްހީވަނީ  އެބޯއީ އާއި ދިމާވީހެން އެފަޅު ރަށުން.” ލޫނާ މިހާރު ބޯގޯސްވާ ހިސާބަށް ކަންކަން ގޮސްފިއެވެ. މިފިރިހެން ކުއްޖާއާއި ޔަލްވީ ކޮންމެވެސް ގޮތަކުން ދިމާވެއްޖެއެވެ. ކަމެއް ދެކޮޅުޖެހޭނީވެސް ޔަލްވީ ކިޔާދޭން އެއްބަސް ވުމުންވިއްޔާއެވެ. ކޮންމެއަކަސް ޔަލްވީ ކަންކަން ކިޔާދެންދެން މަޑުކުރުންނޫން އިތުރުގޮތެއްވެސް ނެތެއެވެ.

ޔަލްވީ އެނދުމަތީގައި އޮތްއިރު ވިސްނެމުންދިޔައީ އެޒުވާނާ އާއި މެދުއެވެ. އޭނާއަކީ ކާކުބާވައެވެ. ޔަލްވީ މިހާ ގަޔާވަނީ ކީއްވެބާވައެވެ. އިތުރަށް އެޒުވާނާއާއި މެދު ނުވިސްނަން އުޅުނަސް ވިސްނެނީއެވެ. ގައިމުވެސް ޔަލްވީ ގަސްތަކާއިގެނެއް އޭނާއާއި މެދު ވިސްނާކަށް ބޭނުމެއް ނޫނެވެ. އިތުރު ފިރިހެންކުއްޖަކާއި މެދު ހަޔާތުގައިވެސް ވިސްނާފައި ނުވާ ޔަލްވީއަށް މިއަދުމިވާންފެށި ގޮތްތަކަކީ ހުދު އޭނާއަށްވެސް ބަޔާންކޮށް ނުދެވޭފަދަ އިހުސާސްތަކެކެވެ.

ޔަލްވީ ފޯނުނަގައިގެން ކުޑަކޮށް ފޯނާއި ކުޅެލަން އޮތުމަށްފަހު ނިދާލަންގަސްތުކޮށް ހެދުންބަދަލުކޮށްލައިގެން އައިސް އަރާއޮށޯވެއްޖެއެވެ. އާފުރެމުންގޮސް ނިދުނުއިރެއްވެސް ނޭންގުނެވެ. ހުވަފެނަކަށް ފަހު ހުވަފެނެއް ބަލަމުންގޮސް ހަތަރު ވަރަކަށް ގަޑިއިރު ފާއިތުވެގެން ގޮސްފިއެވެ.

Share Article

Follow Me Written By

BamBoo

Level 1

Other Articles

Previous

ރައިން (1)

Next

ހިތުގެ ޝަކުވާ… ކިޔުންތެރީންގެ ސަމާލުކަމަށް

Next
May 27, 2021

ހިތުގެ ޝަކުވާ… ކިޔުންތެރީންގެ ސަމާލުކަމަށް

Previews
May 26, 2021

ރައިން (1)



All Right Reserved!