
ނަފްރަތުން ވެވުނު ލޯބި 14
އަޒާންގެ ލޮލުން ހޯސް ލާފައި ކަރުނަތައް އޮހިގަތެވެ. އެނދުމަތިން ތެދުވެ އަޒާން ހިންހަމަ ޖައްސާލަން ނުކުމެލީ ބޭރަށެވެ. ދެން ވީ އަޒާން ހިތައްވެސް އަރުވައިގެން ހުރި ގޮތަކަށް ނޫނެވެ.
*************************
ބޭރަށް ދާން ހުޅުވާލި ދޮރު ކުރިމަތީގައި އެހުރީ އޭނާއަށް އާ މޫނެއް ނޫނެވެ. ކުރިއަށް ވުރެ ހިކިވެފައި ސޯތަކާއި ޓީޝާޓެއް ލައިފައި ހުއްޓަސް އަޒާން އަކަށް އެމޫނެއް ނޯޅުނެވެ. އަމިއްލަ ކޮއްކޮއަށް ދެރައެއް ދިން މީހަކު ހަދާނުން ފިލާނީ ކިހިނަކުން ހެއްޔެވެ. އެއީ ހަމަ ޖައިލަމް އެވެ. “ކީއްކުރަން މިތާނގަ؟” އަޒާން ޖައިލަމް އާއި ދިމާއަށް ބަލާލީ ނަފްރަތުން ފުރިގެންވީ ބެލުމަކުންނެވެ. “ކަލޭ ކީއްކުރަނީ މިތާނގަ” އަޒާންލައިގެން ހުރި ޓީޝާޓުގައި ހިފާ ކައިރި ކޮއްލިއިރު ޖައިލަމް ގެ ދެބުމަ ވަނީ ގޮއްޖެހިފައެވެ. “އަހަރެން އުޅޭނީ އަހަރެންގެ ގޭގަ ދޯ” ދެކޮނޑު އަރުވާލަމުން މަލާމާތުގެ ރާގަކަށް އަޒާން އެހެން ބުނެލީ ޖައިލަމް އިތުރައް ރުޅިއަރުވާލުމުގެ ބޭނުމުގައެވެ. “ފައިހާ އަކީ ހަމަ އެކަނި އަހަރެންގެ ހައްގެއް. ކަލޭ އޭނަ އާއި ވައިވެސް ނޭޅޭތި” ޖައިލަމްގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ. “ކީއްކުރެވޭނީ އަހަރެން އޭނަ ގައިގަ އޮޅުލައިގެން އޮތަސް” ފަހަތުން އަޑެއް އިވިގެން އަޒާން ފަސް އެނބުރި ބަލާލިއެވެ. ފައިހާ އައިސް އަޒާންގެ އަތުގައި ހިފާލިއެވެ. ފައިހާގެ މޫނުމަތިން ޖައިލަމް އަށް ފެނިގެންދިޔައީ ވިހަ ހިނިތުންވުމެކެވެ.
ގޭތެރޭގައި އަޑު ގަދަވެގެން އިޒާން ވެސް ގަޔަށް ޓީޝާޓެއް މަހާލައިގެން ނުކުތެވެ. ޖައިލަމް އަކީ ކާކު ކަން ކޮން ފެންވަރެއްގެ މީހެއްކަން އަޒާން ވަނީ ކިޔައިދީފައެވެ. “ކަލޭ ހާދަ ގޮތެއްވެސް ނެތޭ ދޯ” ޖައިލަމް ފެނުމާއި އެކު އިޒާން ގޮސް ޖައިލަމްގެ ކުރިމަތީގައި ހުއްޓި ހަތަރު ކަޅި ހަމަ ކޮއްލިއެވެ. އަޒާން ގެ އިތުރުން އިތުރު ފިރިހެނަކު ނުކުތުމުން ޖައިލަމް ހުރީ ހައިރާން ވެފައެވެ. ޖައިލަމް އަނގައިން ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ އިޒާން އެވެ. “ކަލޭ ލަދެއް ނުގަނޭތަ އެހެން ެަންހެނސކު ކަލޭގެ ދަރިއަކަށް ބަލިވެ އިން އިރު އަހަރެންގެ ކޮއްކޮމެންނަށް އެވަރުގެ ދެރައެއް ދީފަ އަނެއްކާވެސް އައިސް މިގޭ ހަތަރު ފާރު އެތެރެއަށް ވަންނާކަށް” ޖައިލަމް އަށް ބަލާލެވުނީ ފަހަތުގައި ހުރި ލިއުޝާއަށެވެ.
ހަމަހަށް ދާ ބަނޑުކޮޅު ބޭރަށް ނުކުމެ ފައި ހުރި އިރުވެސް ލިއުޝާ ލައި އުޅެނީ ޖިންސާއި ޓޮޕް ކޮޅެކެވެ. “ކީއްވީ؟ ބިރުގަތީތަ؟ ނޫނީ ކަލޭގެ އަޑު ކާޅު ގެންދިޔައީތަ؟” އަޒާންް މަސައްކަތް ކުރީ ޖައިލަމް އިތުރައް ރުޅިއަރުވާލާ އެތަނުން ފޮނުވާލާށެވެ. ކަންތައް ވީ ވެސް އޭނާ ބޭނުންވި ގޮތަށެވެ.
“އަޅެ ކީކޭ ހިތަށް އަރައިގެންތަ އަހަރެން ގޮވައިގެން އެ ކޫޑި ކައިރިއަށް ދިޔައީ؟” ގެއަށް ވަދެ ހަމަހެހިލަމުން ލިއުޝާ ނުރުހުން ވެފައި ބުންޔެވެ. “މަށަކަށް ނޭނގޭ އެއީ އެ އަޒާން ގެ ކޮއްކޮ ކަމެއް” ޖައިލަމް ހާސް ވެފައި ހުއްޓާ ލިއުޝާއަށް ފެނުންމީ ފުރަތަމަ ފަހަރެވެ. “ހިނގާ ނިދަން ދާން ލިއު ވެސް ހުންނާނީ ވަރަށް ވަރު ބަދަލު ވެފަ މިހާރު.” ޖައިލަމް ލިއުޝާ ގޮވަގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. “މިރޭ ހިނގާބަ” ލިއުޝާ ބުނީ ކީކޭކަން ޖައިލަމް އަށް ނަގައި ގަނެވުނެވެ. ކޮޓަރި އަށް ވަދެ ޓީޝާޓް ބާލާ އެނދުމައްޗަށް އެއްލާލިއެވެ . ލިއުޝާ ޖައިލަމް ގެ އެހީއާއި އެކު ޖިންސު ބާލާ ނިދާ ހެދުމެއް ލައިގެން ސޯފާގައި އިށީނެވެ. ޖައިލަމްގެ ކަރު ދަށުގައި ލިއުޝާ ބިސް ދެމުން ދިޔައެވެ. ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން ލިއުޝާގެ ޢަމަލު ތަކުގައި ޖައިލަމް ދިޔައީ ބައިވެރިވަމުންނެވެ. ޖައިލަމް ހެކި އިރު އޮތީ ހެސްގަޔާކަން އިހްސާސް ވުމުން އުނދަގޫ ވާގޮތް ވިއެވެ. ކައިރީގައި ފުން ނިއްޖެއްގައި އޮތް ލިއުޝާގެ ހަށިގަނޑު ބޯ ރަޖާ ގަނޑުން ނިވާކޮއްލައިފައި ފާހާނައަށް ވަދެ ފެންވަރާލިއެވެ. ލިއުޝާގެ ޢަމަލުތައް ހުންނަ ގޮތުން އޭނައަށް އުނދަގޫ ވާން ފަށައިފިއެވެ.
މާޝާ ހެނދުނުގެ ސައި ތައްޔާރު ކުރާނީ އޭނަ ކަމުގައި ބުނުމުން ހަސީނާ އެކަމަކާ ދެކޮޅެއް ނުހަދައެވެ. އެންމެ ރަނގަޅު ކަމުގައި ބުނެ ހަސީނާ ގޮސް މާޝާ ގެ “ވެޑިން ޑްރެސް” ހިފައިގެން ގޮސް އަތުން ދޮވެލައިފައި ހިއްކަން އެޅުވީ ހަސީނާގެ ކޮޓަރީގައެވެ. ހުރި ހަމަ އެކަނި ދަރިފުޅުގެ އަލަތު ކައިވެނި ކުރެވޭތީ ހަސީނާ ހުރީ ނުހަނު އުފަލުންނެވެ. މަންމަ އުފަލުން ހުންނަތަން ފެނުމުން މާޝާ ވެސް ހުންނަނީ ވަރަށް އުފަލުންނެވެ.ރޮށި ފިހެ މަސް ހިނި ހަދާ ނިންމާފައި މާޝާ ދިޔައީ މިޝަލް އަށާއި އޭނާގެ މަންމައަށް ސައިބޯން ގޮވާށެވެ. ދެތިން ފަހަރު މިޝަލް ކޮޓަރީގައި ޓަކި ޖެހުމުން ދޮރު ހުޅުވިއެވެ. އަދި މިއަންނަނީ ކަމުގައި ބުނެ ދޮރު ލައްޕާލިއެވެ.
މިޝަލް ކާގެއަށް ވަންއިރު މާޝާ އާއި ހަސީނާ އޭނާގެ އިންތިޒާރުގައި ތިއްބެވެ. “ލަސްވެއްޖެ ދޯ؟ ސޮރީ އިނގޭ ކުޑަ ކަމެއް ކޮއްލާފަ މިއައީ” ދެމައިން އޭނަގެ އިންތިޒާރުގައި ސައި ނުބޮއެ ތިބުމުން އަވަހަށް މިޝަލް ގޮނޑީގައި އިށީނދެ ސައި ބޯން ފެށިއެވެ. ސައި ބޮއެގެން ގޭތެރޭގައި ވާހަކަ ދައްކަން ތިއްބާ ގޭގެ ބެލް އަޅަން ފެށުމުން ހަސީނާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު މަތީގައި ލޯބިވާ ފިރިމީހާ ހުއްޓާ ފެނުމުން ހަސީނާ މުހައްމަދު ގައިގާ ބައްދާލިއެވެ. މަންމަ ދޮރު ހުޅުވަނީ ގޮސް ނައިސްގެން މާޝާ ފަހަތައް އެނބުރުނު ގަޑީ އޭނާގެ ބައްޕައާއި މަންމަ ބައްދާލައިގެން ތިއްބާ ފެނުނެވެ. މާޝާ ވެސް ދުވެފައިގޮސް މަންމަ އާއި ބައްޕަގެ ގައިގާ ބައްދާލިއެވެ. “ބައްޕަ ބުނެވެސް ނުލާ ތިއައީ ވަރަށް ގޯސް” ކުޑަ ކުއްޖެއްހެން ތުން ދަމާ ޝަކުވާ ކޮއްލިއެވެ. “ٱلْحَمْدُ ﷲ. މަންމަ ދަރިފުޅަށް ތިހުރީ ޖަވާހިރެއް ހޯދަދީފަ. ބައްޕައަށް އާދެވޭނެ ގޮތެއް ނެތުމުން ބައްޕަ ހުރީ ވަރަށް ދެރަވެފަ. ބައްޕަ ވެސް ބޭނުން ދަރިފުޅު ކައިވެނި ކުރާއިރު ދަރިފުޅުގެ ކައިރީގަ ހުންނަން. ރޭގަ ބައްޕައަށް މިޝަލް ގުޅާފަ ބުނީ އަންނަންވީ ނުން ހެއްޔޭ ބައްޕަ ބުނިން ބައްޕައަށް ދެވޭކަށް ނެތޭ. މިއަދު މިބައްޕަ ދަރިފުޅު ގާތު މިހުރީ ވެސް މިޝަލް ބައްޕައަށް އާދެވޭނެ ގޮތް ހަމަ ޖައްސައި ދިނުމުން” މާޝާ އަށް މިޝަލް އާއި ދިމާއަށް ބަލާލެވުނީ ޝުކުރު ވެރިވާ ހާލުއެވެ. ” އެއީ އެވަރު ކަމެއް ނޫނެންނު. ތިއީ އަހަރެންގެ ވާން އުޅޭ ބައްޕައެންނު” މުހައްމަދު އާއި އެކު މިޝަލް ދިޔައީ ބޭރުގައި ހުރި ފޮށިތައް ބަލައެވެ.
“ކުޑަ ދޮން ހޭލަން އުޅޭ މިހާރު މެންދުރު ނަމާދު ބަންގި ގޮވަނީ އެޔޮއް” އަޒާން ހެނދުނު ެސް ނުތެދުވާތީ ފައިހާ ހުރީ ކަންބޮޑުވެފަ އެވެ. ނިދަން ބާއްވަން ބޭނުންވި ކަމުގައި ވިޔަސް މިއަދަކީ މާޝާގެ އުފަންދުވަސް ކަމުން ފައިހާ ވަނީ މާޝާގެ ކައިވެނި ކުރުމުގެ ކުރިން ހަވީރުގެ ގަޑިއަކަށް ސަޕްރައިޒް ޕާޓީއެއް ރާވާފައެވެ. “މާޝް މިދަނީ” މާޝް އޭ ބުނުމާއި އެކު އެނދުމަތީގައި ނިދިފައި އޮތް އަޒާން އަށް ފުންމައިގެ ް ތެދުވެވުނެވެ. ” މާޝާ ވެސް އައީތަ މިހާރު” އެނދުން ތެދުވެ ދުވެފައި ކަހަލަ ގޮތަކަށް ފާހަނަ އަށް ވަދެ ފެންވަރައިގެން ނުކުތެވެ. އަޒާން ހުސް ހަށިގަނޑާ ހުއްޓާ ފައިހާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެކަސްރަތީ ހަށިގަނޑު ހަމައަށް ފެންނަން އޮތް އިރު ފެންތިކި ތައް ހުރުމުން އިތުރަށް ފިރިހެން ވަންތަކަން އެ ހަށިގަނޑު ފެނިގެންދެއެވެ. ” ނަމާދު ކޮއްގެން ކާން އާދޭ” އަޒާން އާއި ދިމާއަށް ނުބަލަން ވެގެން އަވަހަށް ފައިހާ ގޮސް ވުޟޫ ކޮއްލައިގެން ނަމާދަށް އެރިއެވެ.
” އަޒާން. އަޒާން.” މިޝަލް ގޮވަން ފެށި އަޑާއި އެކު އަޒާން އަވަހަށް ކޮޓަރިން ނުކުތެވެ. ” ކަމަކުތަ؟” މިޝަލް އެކު ހިނގައިގަންނަމުން އަޒާން ބުނެލިއެވެ. ” ހޫމް. ހިނގާބަ ފައިނަލް ޓަޗިން ހަދާލަން ދާން” މިޝަލް އެދެއްކި ވާހަކަ އަޒާން އަށް އެނގުމުން ކައިގެން އެބަ ދަން ކަމުގައި ބުންޔެވެ. މިޝަލް ވެސް އިތުރަށް މަޑު ނުކޮއް ގެއަށް ދާން ނުކުތެވެ. ” މި ކޮންކަމެއް” ކާ މޭޒުމަތީ ހުރި އެއްޗެހިތައް ހާވަން ފެށިއެވެ. ” މާޝާއަށް ޕާޓީއެއް ހަނދަންވީއޯ ކަލޯ” އިޒާން އަޒާން އާއި ދިމާއަށް ލޯ އަޅާލިއެވެ. ” ދޮންބެ އާއި ހަވާލު އަހަރެން މިދަނީ” އަވަހަށް އެކަމުން ބޯ ދަމައިގަންނަން އައިސް އަލަމާރިން ކޯލާ ފުޅިއެއް ހިފައިގެން އަޒާން ގޮސް ސައިކަލް ގައި މާޝާ މެންގެއަށް ދާން ނައްޓާލިއެވެ. ސައިކަލުގައި ކަމުން ފަސް މިނެޓު ތެރޭގައި އެގެއަށް ދެވުނެވެ. ސަލާމް ގޮވާލުމަށް ފަހު މުހައްމަދު ސަލާމް ބަލައިގަތުމުން އަޒާން އެތެރެއަށް ވަނެވެ. ” ބޭބެ ކޮން އިރަކު އައީ” މުހައްމަދު ފެނުމުން އަޒާންގެ މޫނު މަތި އުޖާލާ ވިއެވެ. ދެމީހުން ވާހަކަ ދައްކަން އިރުކޮޅަކު ތިބުމައް ފަހު މުހައްމަދު މިޝަލް އަށް ގޮވާލިއެވެ. މިޝަލް އާއި މާޝާ އަަތުގުޅާލައިގެން އައި ތަން ފެނުމުން އަޒާން ގެ މޫނު މަތީގެ ކުލަވަރު އެއްކޮށް ބަދަލު ވެގެން ދިޔައެވެ.
ފައިހާ ގުޅާ ނުލިތާނގާ މެސެޖަކުންވެސް އުފަންދުވަހުގެ ތަހުނިޔާ ނުކިއުމުން މާޝާ ހުރީ ވަރަށް ދެރަވެފައެވެ. މާޝާ އެތާ ހުންނަން ބޭނުން ނުވެގެން ދާން އެނބުރުނު ގަޑީ އަޒާން ގޮވާލިއެވެ. ” ފައިއްކޮ ބުނީ ހަވީރު 4:15 ގަ އަންނައްޗޯ” އަޒާން މާޝާ އާއި ހަތަރު ކަޅި ހަމަ ކޮއްލިއެވެ. ބޯ ޖަހާލައިފައި މާޝާ ގޮސް ކޮޓަރި އަށް ވަނެވެ. އަދި ހަވީރު ފައިހާ ކައިރިއަށް ދާން ރީތިވެގެން ލާނެ ހެދުމެއް ނަގައި އިސްތިރި ކޮއްލިއެވެ. އަޒާން އާއި މިޝަލް އަވަދި ނެތި އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައެވެ. މުޅިން އެއްކޮށް ނިމުނު އިރު ހުރީ އަސުރު ނަމާދަށް ބަންގި ގޮވާފައެވެ. މިޝަލް ގާތުވެސް ހަވީރު މާޝާ އެކު އައުމަށް ބުނެފައި އަޒާން ގެއަށް ދިޔައީ ފެންވަރާލައިގެން ރީތިވެލަންށެވެ.
4 ޖެހި އިރު މާޝާ ހުރީ އެގޭގައެވެ. ފައިހާ އޭނާ ގެނައީ ކީއްކުރަން ކަމެއް އަދިވެސް މާޝާ އަކަށް ނޭނގެއެވެ. އިޒާން އައިސް މާޝާ އަށް އުފަންދުވަހުގެ ތަހުނިޔާ ކީ އިރުވެސް ފައިހާ އަދިވެސް އޭނާއަށް ތަހުނިޔާ ނުކިޔައެވެ. މާޝާ ގޮވައިގެން ކާގެއަށް ދާން ފައިހާ ތެދުވި އެވެ. މިޝަލް އަދި އިޒާން ވެސް އައުމަށް އެދުނެވެ. އަޒާންގެ ހިލަމެއް ނުވާތީ މާޝާ ހީކުރީ އޭނަ ދެކެ ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ށެވެ. ކާގެއަށް ވަދެގެން އައި މާޝާ ފެނުމުން އަޒާން އަށް އިރުކޮޅަކު ހުއްޓުން އަރާފައި ހުރެވުނެވެ. ގަދަ ނޫކުލައިގެ ބިންމަތީގައި ހޭކޭ ހެދުމަކާއި ކަޅު ޝީލް އަޅާފައި ހުރުމުން މާޝާ ގެ މައުސޫމް ކަން އިތުރު ކޮށްދެއެވެ. ރަތް ކުލަ ޖައްސާފައިވާ އެތިން ފަތުގައި ހިނިތުން ވުމެއް ހުރި އިރު މާޝާގެ ރީތިކަން އިތުރު ކޮށްދެއެވެ. މާޝާ ސިއްސައިގެން ދިޔައީ ކުރިމަތީގައި ފައިހާ ހުއްޓި އުފަން ދުވަހުގެ ތަހުނިޔާ ކިޔުމުންނެވެ. ފާރުގައި ” ހެޕިބާތްޑޭ ބްރައިޑް ޓުބީ މައި ބެސްޓް ފްރެންޑް” ޖަހާފައި އިނެވެ. މާޝާ ގެ ލޮލުން ކަރުނަ ނިރާލިއެވެ. ” އޭ.. ރޮނީތަ.. އަހަރެން މާޝް ރޮއްވަން ކުރިކަމެއް ނޫނޭ މިއީކީ..” މާޝާ ހެއްވާ ލަންވެގެން ގަސްތުގައި ފައިހާ ލާނެއް ގޮތަކަށް އެހެން ބުންޔެވެ. އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ކޭކު ފަޅައި ކޭކު ކައިގެން މިޝަލް އާއި މާޝާ ގެއަށް ދާން ނުކުތެވެ. ” ވެއިޓް” އިޒާން ދުވަމުން އައިސް މާޝާ ގާތު ހުއްޓުނެވެ. ” އަން.. މިއީ ދޮންބެ އާއި އިޑިއަޓް އަޒާންގެ ފަރާތުން” މާޝާ އަތަށް ކުޑަވަރެއްގެ ފޮއްޓެއް ދިނެވެ. ނުހިފަން ގަދަ ހެދުމުން މާޝާ އަތުތެރެއަށް ދޮށި ލާފައި އިޒާން އެތެރެއަށް ވަނީއެވެ.
ކައިވެނީގެ ވަގުތު ކުޑަ ތަން ވަމުން ދިޔަ ވަރަކަށް މާޝާގެ ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ. އެހެން ނަމަވެސް އެމޫނު މަތިން ހިނިތުންވުން އެންމެ ސިކުންތު ކޮޅަކަށް ވެސް ގެއްލިގެން ނުދެއެވެ. ރޭގަނޑު އަށެއް ޖެހި އިރު ފައިހާ ހުރީ މާޝާ ރީތި ކުރަން އެގެއަށް އައިސް އެވެ. ފައިހާ ދަސްކުރިހެން މާޝާ މޭކަޕް ކޮއް ޝީލް އަޅިވަދޭން ފެށިއެވެ. ކުޑަ ކުއްޖެއް ހެން ލޯ ގަނޑު ކުރިމަތީ މާޝާ އިށީނދެލައިގެން އިނީ ފައިހާ އޭނަ ރީތި ކޮއް ހިމެނޭ އިރަކަށެވެ.
މިޝަލް ކެތް މަދުވެފައި އޭނާއަށް ހާއްސަ ކުރެވިފައި ހުރި ގޮނޑީގައި އިށީނދެލައިގެން އިނެވެ. މާޝާ ނުކުމެގެން އައީ އޭގެ ތިރީސް މިނެޓް ފަހުންނެވެ. އެންމެން ވެސް ދިޔައީ މާޝާ ގެ ރީތި ކަމަށް ތަޢުރީފު ކުރަމުންނެވެ. ހުދު ކުލައިގެ ވެޑިން ޑްރެސް ގައި ހުދު ޝީލް އަޅައިގެން ހުރި މާޝާ ހަމަ ގައިމުވެސް މިޝަލް ގެ ހިތް އަތުލައިފިއެވެ. އެތާ ތިބި އެހެން ފިރިހެން ކުދިންނަށް ވެސް ވީ ހަމަ އެވަރެވެ. ލިޕް ގްލޯޒް ޖައްސާފައި ހުރި ތުން ފަތުގައި ރަކި ހިނިތުން ވުމެއް ވީއިރު މާޝާ ގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. ކައިވެނި ކުރާ ވަގުތު ޖެހުމުން ކައިވެނީގެ ޚުތުބާ ނޫން އަޑެއް ނޯވެއެވެ. ފޮޓޯ ނަގަން ހުރީ އިޒާން އެވެ. ދޭތެރެ ދޭތެރެއިން ފްލެޝް ކަނޑާ އަޑު ނޫން އަޑެއް ނީވެއެވެ. “އަނބި ގަބޫލުކޮއްފިން” މާޝާ އަށް ހީވީ ޢީދު އައިސް ގެން އުޅޭހެންނެވެ. އަޒާން ވެސް ބޭރުފުށުން ހިނިތުންވުން ދައްކައިގެން ހުރީއެވެ. އެކުވެރިޔާގެ ކައިވެނީގެ ހަފްލާއަށް ފައިހާ ވަނީ ކުޑަކަމެއް ރާވާފައެވެ. އެގޮތުން ފައިހާ ބޭނުންވީ ފައިހާ ގެ އަޑުން ލަވައެއް ކިޔައިދޭންށެވެ. މާޝާ ގެ ގިޓާ ކޮޓަރީގައި އޮތް ކަން އެނގުމުން ގިޓާ ގެނެސް އަޒާން ގެ އަތައް ދިނީ އެ ޖަހާ ދޭށޭ ބުނަމުންނެވެ. އެންމެންގެ ސަމާލުކަން ހޯދުމަށް ފަހު ފައިހާ އާއި އަޒާން ގޮސް އެމީހުން ކުރަން އުޅުނު ކަންތަކަށް ތައްޔާރު ވެލިއެވެ. އަތައް ގިޓާ ހެޔޮ ވަރުކޮއްލާފައި މަޑު މިއުޒިކެއް އަޅުވާލިއެވެ.
ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތްވޭ،
ތިޔަ ހީލުން ފެނިހައިރާން ހިތްވޭ،
ދީވާނާ ލޯބިން ވެއްޖޭ،
ކަންނޭނގޭ އިހްސާސެއް އެބަވޭ،
ޖާދޫވީ މަންޒަރުތައް ސިފަވޭ،
ދުލުން ބަޔާން ކުރަން ދަތި ވެއްޖޭ،
ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތްވޭ،
ތިޔަ ހީލުން ފެނިހައިރާން ހިތްވޭ،
ދީވާނާ ލޯބިން ވެއްޖޭ،
ކަންނޭނގޭ އިހްސާސެއް އެބަވޭ،
ޖާދޫވީ މަންޒަރުތައް ސިފަވޭ،
ދުލުން ބަޔާން ކުރަން ދަތި ވެއްޖޭ،
ހުވާ ކޮއްފައި ބުނަން ލޯބިވޭ،.
ކަލާދެކެ އިންތިހާ ލޯބިވޭ،
ފައިހާއާއި އަޒާން ލަވަކިޔަމުން ދިޔައީ އަސަރާއި އެކުގައެވެ. ދެމީހުންނަށް ވެސް ވަނީ ލޯބި ވީ ފަރާތް ގެއްލިފައެވެ. އަޒާން ލަވަކިޔަމުން ގެންދިޔައިރުވެސް ބެލެނީ މާޝާގެ މޫނަށެވެ. ސިފަ ވަމުން ދިޔައީ ދެމީހުން އެކީ ހޭދަކުރި ވަގުތު ތަކެވެ. ލަވަ ކިޔާ ނިމުނު އިރު ފައިހާ އާއި އަޒާން ގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. އެކަކަށް ވެސް ނުދައްކާ ހިނިތުންވެލަމުން ކަރުނަތައް ހިންގާލިއެވެ. މާޝާ އިން ގޮތައް ގަބުވެފައި އިން ބުދެއްހެން ހުއްޓާ މިޝަލް އޭނާގެ ގައިގާ ކޮއްޓާލިއެވެ. މާޝާ ސިއްސައިގެން ދިއުމުން އަނގައިން ތަންކޮޅެއް ބާރަށް ހަޅޭވެސް ލަވައިގަނެވުނެވެ. މިޝަލް އަށް ކަމެއް ގޯސްވެއްޖެކަން އެނގުނީ އެހިސާބުންނެވެ.
– ނުނިމޭ –