
ނަފްރަތުން ވެވުނު ލޯބި 13
*އެއް ހަފްތާ ފަސް*
ފައިހާ އެއްކޮށް ރަނގަޅު ވުމުން އެންމެން ނިންމީ އަވަހަށް ރާއްޖެ ދާށެވެ. މާލެ ދެވުމުން ފައިހާ އަޒާން އަދި އިޒާން ދިޔައީ ފައިހާގެ ގެއަށެވެ. މާޝާ އަދި މިޝަލް ދިޔައީ މާޝާ މެންގެ ގެއަށެވެ. ގެއަށް ދިޔަ އިރު ހަސީނާ ހުރީ ކައިވެންޏަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަ ޖައްސާފައެވެ. މާޝާ ގެ ހެދުން ފެހިވެސް ހަސީނާއެވެ. ” ދެ ހަފްތާ ފަހުން ދެކުދިން ކައިވެނި ކުރަން މަންމަ ބޭނުން” މިޝަލް އަދި މާޝާގެ އަތުގައި ހިފާލަމުން ހަސީނާ ބުންޔެވެ.
**************************
އަޒާން މެންދުރު ކާން ނިކުމެ ތައްޓެއް ބަތް އަޅާފަ ވެސް ތަށި ތެރޭގައި ހުރި ބަސްތައް ހާވަ ހާވާފައި ގޮސް އަތް ދޮވެގެން ވަނީ ކޮޓަރިއަށެވެ. ކާ އެއްޗެއް ބުނާ ތަނުގައި ފެންފޮދެއްވެސް ނުބޮއެވެ. ފައިހާ އާއި އިޒާން އަށް އަޒާން ގެ އުޅުމަށް ބޮޑެތި ބަދަލު ތަކެއް އައިސްފިކަން އެނގުމުން ދެމީހުންވެސް ނިންމީ އަޒާން އާއި ވާހަކަ ދައްކައިގެން އަޒާން ކުރިން އުޅުނު ގޮތައް އުޅުން ބަދަލު ކުރާންށެވެ.
ހަވީރު ވީއިރު ހަސީނާ އާއި މާޝާ އުޅުނީ މިޝަލް އަންނަން ވާއިރަށް ހަވީރުގެ ސައި ތައްޔާރު ކުރާށެވެ. މިޝަލް ގެ ބަލި ވަނީ ހަސީނާއަށް ކިޔައި ދީފައެވެ. މިޝަލް ވެސް ވަނީ މާޝާ އަށް މިޝަލްގެ ދިރިއުޅުމާ ބެހޭ މުހިއްމު ވާހަކަތައް ހިއްސާ ކޮށްފައެވެ. މާޝާ ފޯނު ނަގައި ފައިހާއަށް ގުޅާލިއެވެ. ނަމަވެސް ފޯނު އޮތީ ނިވާލާފައެވެ. އަޒާންއަށް ގުޅުމުން ފޯނު ކަނޑާލަނީ އެވެ. އެންމެ ފަހުން މާޝާ ގުޅީ އިޒާންއަށެވެ. އަދި ހަވީރު ސައި ބޯން އައުމަށް ދަޢުވަތު ދިނުމަށް ފަހު އިޒާން އަށް ވާހަކަ ދައްކަން ފުރުސަތެއް ނުދީ ފޯނު ކަނޑާލި އެވެ.
އަޒާން ކޮޓަރި ދޮރު ނުހުޅުވައިގެން ފައިހާއާއި އިޒާން ވަރުގަދަ ޕްލޭންއެއް ހެދުއެވެ. ” އަޒޫ.. ފައިއްކޮ ސަކަރާތް ވެއްޖެ.” އިޒާން ހާސްވެފައި ހުރި ކަމަށް އެކްޓު ކުރަމުން ބުންޔެވެ. އެތެރެއިން ހިނިގަނޑު މަތަކުރަމުން އަޒާން ކޮޓަރީގައި ޓަކި ދިނެވެ. އެއަޑަށް ބެލްކަނީގައި ހުރި އަޒާން ހުސްގަޔާ ދުވެފައި ގޮސް ދޮރު ހުޅުވައި ފައިހާގެ ކޮޓަރިއަށް ދިޔައެވެ. ފައިހާ ހުރީ ކޮޓަރި ދޮރު ފުރަގަހުގައި ކަމުން ކޮޓަރިއަށް ވަދެގެން ދިޔަ އަޒާން އަކަށް ފައިހާއައް ނުފެނެއެވެ. އަޒާން ކޮޓަރިއަށް ވަނުމުން ފައިހާ އަވަހަށް ކޮޓަރި ދޮރު ތަޅުލިއެވެ. ” ސޮރީ ކުޑަ ދޮން.ކުޑަ ދޮން އަބަދު ތިހެން ހުންނާތީ ފައި ވަރަށް ދެރަވޭ ” އަޒާން ގައިގައި އޮޅުލައި ގަންނަމުން ފައިހާ ބުންޔެވެ. އަޒާންގެ ލޮލުން ކަރުނަ ހިލުނެވެ. ފައިހާ އަށް ވެސް ރޮވުނެވެ. އިޒާން އައިސް ދެ ކޮއްކޮ ގައިގައި ބައްދާލީ ވަރަށް ލޯބިންނެވެ.
” ކުޑަ ދޮން ކުރީގަ އުޅުން ގޮތައް ޖޭން ވާނަން އައި ޕްރޮމިސް” އަޒާން ފައިހާގެ ނިތައް ދޮނެއް ދިނެވެ. ” އިފް ސޯ ދޭބަލަ ގަޔައް އެއްޗެއް ލައިގެން އަންނަން.” އިޒާން އަޒާން ގެ ކޮލުގައި ހިފާލަމުން ބުންޔެވެ. އަޒާން އެކޮޓަރިއަށް ވަދެ ޓީޝާޓެއް ލައިގެން ބޮލުގެ އިސްތަށިގަނޑުވަނީ އަތް ފުނާ އަޅަމުން ނިކުތެވެ. “ވެއާރާވީ ގޮއިން” ދާ ތަނެއް ނޭނގުނުން އަޒާން އަށް ނުހުރެވިގެން އިޒާންގެ ކޮނޑަށް އަތް ވައްޓާލަމުން ބުންޔެވެ. އިޒާން ހީލާފާ ވާހަކަ ގިނަ ނުކޮއް އޭނާގެ ފަހަތުން އައުމަށް ބުނެ އަނެއްކާވެސް ހިނގައިގަތެވެ.
މިޝަލް ސޯފާގައި އިނީ ހަސީނާ އާއި މާޝާ އާއި ކޮންމެވެސް ވާހަކަ އެއް ދައްކާށެވެ. އެހެން ވާހަކަ ދެއްކުމުގެ ތެރޭގައި މިޝަލް މާޝާގެ އުފަންދުވަހަށް ކައިވެނި އަވަސް ކޮއްލަން އެދުނެވެ. މާޝާގެ އުފަންދުވަހަކީ މޭ މަހުގެ 02 އެކެވެ. މިއަދަކީ އޭޕްރިލް 28 ވީހެވެ. ” ދައްތަގެ އެއްވެސް މައްސަލައެއް ނެތިއްޔާ އިނގޭ ” ހަސީނާ އާއި ހަތަރު ކަޅި ހަމަ ކޮއްލަމުން މިޝަލް ބުނެލިއެވެ. “ދައްތަގެ އެއްވެސް މައްސަލައެއް ނެތް” ހަސީނާ ތެދުވެގެން ބަދިގެއަށް ވަންނަމުން ބުނެލިއެވެ. ” ހާއި ބިޗް ” ފައިހާ އާށް މާޝާ ފެނުމުން ދުވެފައި ގޮސް މާޝާގެ ގައިގައި ބައްދާލިއެވެ. ” ޔޫ މައި ޑާލިން . މިހާރު ކިހިނެއް ؟ އައި މިސްޑު ޔޫ ސޯ މަޗް” ފައިހާގެ ގައިގާ އަތް ވަށާލަމުން މާޝާ ބުނެލިއެވެ. ” އިރާދަ ކުރެއްވިއްޔާ ފައި ރަނގަޅު” އަޒާން ގޮސް މާޝާ ގެ މަގަތުގައި އިށީނެވެ.
މާޝާ ތެދުވެގެން ގޮސް ކާގެއަށް ވަނީ ތަށިތަކަށް ސައި އަޅާ ފެން އަޅާށެވެ. ހަސީނާ އައިސް މާޝާގެ އަތައް ހެދިމާ އަޅާފައި ހުރި ތައްޓެއް ދީފައި މަންމަ މިދަނީ ބޭރައް ކަމަށް ބުނެ ނުކުމެގެން ދިޔައެވެ. ” ހިނގާ ސައި ބޯން” މާޝާ ގޮސް މިޝަލް ގެ ކައިރީ ހުއްޓިލާފައި ބުނެލިއެވެ. އެންމެންވެސް މާޝާގެ ފަހަތުން ގޮސް ކާގެއަށް ވަދެ ސައި ބޯން ފެށިއެވެ. އަޒާން އިނީ މާޝާގެ ކުރިމަތީގައެވެ.މިޝަލް އިށީނީ މާޝާގެ ކަނާތު ފަރާތު ހުރި ގޮނޑީގައެވެ. އިޒާން އިށީނީ އަޒާންގެ ވައަތް ފަރާތުގައި ހުރި ގޮނޑީގައެވެ. ފައިހާ އިށީނީ މިޝަލްގެ ކުރިމައްޗެއް ވާގޮތަށް އަރި މަތީގައި ހުރި ގޮނޑީގައި ފައިހާ އިށީނެވެ.
“ކީއްވީ ނުބައީތަ؟” އަޒާން ކަޅި ޖަހާ ނުލައި މާޝާ އަށް ބަލާ ކަން ފާހަގަ ކުރެވުމުން މާޝާ އަޒާން ގާތު އެހިއެވެ. ” ނޫން. ވަރަށް މީރު. ދުވަހަކު ވެސް ހަސީނާއްތަ ހަދާ އެއްޗެއް އަހަންނަކަށް ނުބައެއް ނޫން” އަޒާން ފެންތަށިން ފެންފޮދެއް ބޯލާފައި ބުންޔެވެ. ” ވެން އާޔޫ ގާއިސް މެރީއިން” އިޒާން މާޝާ އާއި އިޒާން އަށް ބަލާލިއެވެ. ” ނެކްޓް މަންތް 2 ގަ ” މާޝާ އަށާއި މިޝަލް އަށް ބުނެވުނީ އެކީގައެވެ. ” އޯ މައި ގޯޑް މައި ބިޗް ފައިނަލީ ގެޓިން މެރީޑް އައިއެމް ސޮ ހެޕީ ގޯ ޔޫ” ފައިހާ އުފަލުން ފުންނައިގަތެވެ. “ކޮންގްރާ ދެކުދިންނަށް ވެސް ” އަޒާން ވެސް އިޒާން ވެސް އެހެން ބުނެލީ ސައި ތަށީގެ އެންމެ ފަހު ކޯވަރު ބޯލަމުންނެވެ.
އެންމެން ސައި ބޮއެ ނިމުމުން މާޝާ އާއި ފައިހާ ވެގެން ތަށިތައް ނަގާ ތަށިތައް ދޮވުނެވެ. އެއަށް ފަހު އެންމެން ވެސް ދިޔައީ ތެރަސް މައްޗައް ވާހަކަ ދައްކާލާ ސަކަރާތް ޖަހާލާށެވެ. ޓެރަސް މަތީގައި ސަކަރާތް ޖަހަމުން ދިޔައިރު މިޝަލް އޮތީ މާޝާގެ ފައި މަތީގައި ބޯ އަޅާލައިގެންނެވެ. މާޝާގެ އަތް މިޝަލް ގެ އިސްތަށިގަނޑު ގައި މަޑު މަޑުން ހިނގަމުން ދިޔައެވެ. އަޒާން އެހެން ދުވަސް ތަކާއި ހިލާފައް މިއަދު ބެލީ މާޝާ އާއި ޖެއްސުން ކުރެވޭ ތޯއެވެ. ” މާޝާ ހަނދާން ހުރޭތަ ގޮނޑީގަ އިށީންނަން އުޅެނިކޮށް އިނާ މާޝާ ގެ ގޮނޑި ދަމައިގަތް ކަން” ހީހީފައި އަޒާން ވާހަކަ ދެއްކިއެވެ. ” އޮފް ކޯޒް ގައި ކޭން އައި ފޮގެޓް ދެތް މޫމެންޓް. ދެޓް ބިޗް އޯލްމޮސްޓް މޭޑްމީ ފެލް” މާޝާ އަޒާން އަށް ރައްދު ދިނެވެ. ” އެންޑް އޯލްމޮސްޓް ކީއްވީ” މާޝާ އާއި ހަތަރު ކަޅި ހަމަ ކޮއްލަމުން މިޝަލް ބުނެލިއެވެ.
” އެންޑް އަހަރެންގެ އަތުން މާޝާ ވެއްޓުނަ ނުދީ ހިފެހެއްޓީ” އަޒާން ބޯލުގައި އަތް ހިނގާލަމުން މިޝަލް އަށް ބަލާލިއެވެ. އަޒާން އަށް ބަލާލައިފައި މިޝަލް އެއް ބުމަ އަރުވާލިއެވެ. އިރުއޮއްސި ހަގަޑި ބައި ވެގެން ދިޔަ އިރުވެސް ފަސް ކުދިން އެކި ވާހަކަ ތަކުގައި ސަކަރާތް ޖަހަމުން ދިޔައެވެ. ބަންގި ގޮވުމުން އެންމެން ވެސް ގެއަށް ދާން ހިނގައިގަތެވެ. މާޝާ އާއި މިޝަލް ވެސް ކޮޓަރިއަށް ދާން ހިނގައި ގަތެވެ. އަޒާން އާއި މާޝާ ސިޑިން ފައިބަން ދިޔައީ ދެން ތިބި ތިންމީހުންގެ ފަހަތުންނެވެ. މާޝާ އަށް ފައި އެޅުނު ގޮތަކުން ވެއްޓެން ދިޔައެވެ. ނަމަވެސް ހުޝިޔާރު ކަމާއި އެކު ހުރި އަޒާންގެ އަތުން މާޝާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެވަގުތު މާޝާ އާއި އަޒާން ގެ ހަތަރު ކަޅި ބައްދަލުވިއެވެ. ދެމީހުންނަށް ވެސް އަމިއްލަ ދުނިޔެއެއްގައި ހުރެވުނު ކަހަލައެވެ. މާޝާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ.
” ވައިފީ” މާޝާގެ ހަބަރެއް ނުވެގެން މިޝަލް ސިޑިން އަރަމުން މާޝާ އަށް ގޮވާލިއެވެ. އަޒާން އަވަސް އަވަހަށް ސޮރީ އޭ ބުނެފައި މާޝާ ތެދުކުރުވިއެވެ. ” ލައްބަ ބޭބީ” އަޒާންއަށް ހީވީ އަޒާންގެ ހިތައް މީހަކު ތީރު ތަކެއް ހަރާލިހެނެވެ. މާޝާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން މިޝަލް ހިނގައިގަތެވެ. ފަހަތުން އަޒާން ވެސް ހިނގައިގަތެވެ.
ކައިވެނީގެ ހުރިހާ ކަމެއް ތައްޔާރުވެ މާޝާ އާއި މިޝަލް ކައިވެނި ކުރަން އެއް ދުވަހަށް ވީ އެވެ. މިޝަލް އުޅުނީ އަވަދިނެތި ގޭތެރޭގައި ކުރާ މަސައްކަތުގައި އއހީތެރިވާށެވެ. މިޝަލް އާއި މާޝާއަށް ހާއްސަ ކުރެވިފައިވާ ޖާގަ ހެދުމުގެ އެންމެ އިސް ރޯލެއް މިޝަލް އާއި އަޒާން އައި ކުޅެމުންނެވެ. މިހެން އުޅެމުން ގޮސް އަޒާން އާއި މިޝަލް ގާތް ދެ ރަހުމަތް ތެރިންނަށް ވިއެވެ. ފައިހާ ގޫގުލް ސާޗް ކުރީ އެންމެ ގާތް ރަހުމަތް ތެރިޔާ ރީރި ހިތަކަށް ބުރުގާ އަޅުވާނެ ގޮތެއް ފެނޭތޯއެވެ. ފަސް ގަޑި އިރު ސާޗް ކޮއްގެން ފައިހާ އަށް ކަމުދާ ގޮތަކައް ބުރުގާ އަޅާފައި ހުރި ވީޑިއޯ ފެނުނެވެ.
މާޝާ ވެސް ގޭ ތެރޭގައި ކުރަން ހުރި ކަންތައްތައް ހުރުމުން ބަދިގެ ފަރާތުގައި ފިރިހެން ވެރިންނަށް ނޫސް ތައްޔާރު ކުރުމުގައި އުޅުނެވެ. ނޫސް ތަބައް ހިފައިގެން ދަނިކޮށް އިޒާން މާޝާގެ އަތުން ތަބައް އަތުލިއެވެ. އެހެންކަމުން މާޝާ އެނބުރި ދިޔައީ ހަސީނާ އާއި އެކު ގޭތެރޭގައި ހުރި ބޭނުން ނުކުރާ އެއްޗެހި ގެންގޮސް ގުދަނަށް ލާށެވެ. އެދުވަސް އެއްކޮށް ދިޔައީ މާޝާގެ ކައިވެންޏަށް ތައްޔާރުވާށެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން މާޝާ ފެންވަރައިގެން ނުކުމެ ނިދަން އޮށޯތެވެ. ދެލޯ މަރާލި ތަނާ މާޝާ އަށް ނިދިއްޖެއެވެ. ދެން ހޭލެވުނީ މާޝާ ގެ ފޯނަށް މީހަކު ގުޅާ ވަރުން ބޮލައް އުނދަގޫ ވެގެނެނެވެ. ފޯނު ނަގައި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ. ” ހެޕީ ބާތްޑޭ މާޝް” އަޒާންގެ އަޑު މާޝާގެ ކަންފަތުގައި ޖެހުމުން ދެލޯ ބޮޑު ކޮށްލެވުނެވެ. ” އެބަގުޅާ އަހަރެންގެ ވާން އުޅޭ ފިރިމީހާ. އެނީ ވޭސް ޝުކުރިއްޔާ” ނުރުހުން ވެފައި ހުރެ މާޝާ އެހެން ބުނުމުން އަޒާންގެ ހިތައް ތަދުވިއެވެ. ނަމަވެސް މިހާރު މާޝާ އަކީ އޭނާގެ މީހެއް ނޫންކަމައް އޭނަގެ އަމިއްލަ ނުވިސްނޭ ހިތައް ވިސްނަދެވޭތީ މަސައްކަތް ކުރިއެވެ. އަޒާން އެނދުމަތީގައި އޮށޯވެ މާޝާ އެކު އަބަދުވެސް ކިޔާ ލަވަ ކިޔަން ފެށިއެވެ.
” ނުވާނަމޭ ބަދަލެއް ހުވާ ޔާރާ
ނޭދެމޭ ދުރުވާކަށެއް ލޯބިވާ
ނުވާނަމޭ ބަދަލެއް ހުވާ ޔާރާ
އަދި ވަޔާ ދެވި ދުރައް އޮޔާ ދެވި
ބެހިގެން ރަށަކަށް ނަފްސު އޮޔާ ދެވި
އަދު ކަލާ ނެތި ހަނދު މަށަށް ފެނި
ހަނދުމަވިމަ ކަލާ ހަނދުކަފާނެގި
މޮޅެރި ބަސްތަކުން މީރު ވަސް ތަކުން
އުޅެމި ދިރިއުޅުމުގަ ތިމަލާ ވަނި ”
އަޒާންގެ ލޮލުން ހޯސް ލާފައި ކަރުނަތައް އޮހިގަތެވެ. އެނދުމަތިން ތެދުވެ އަޒާން ހިންހަމަ ޖައްސާލަން ނުކުމެލީ ބޭރަށެވެ. ދެން ވީ އަޒާން ހިތައްވެސް އަރުވައިގެން ހުރި ގޮތަކަށް ނޫނެވެ.
ނުނިމޭ –