
ނަފްރަތުން ވެވުނު ލޯބި 15
ފައިހާއާއި އަޒާން ލަވަކިޔަމުން ދިޔައީ އަސަރާއި އެކުގައެވެ. ދެމީހުންނަށް ވެސް ވަނީ ލޯބި ވީ ފަރާތް ގެއްލިފައެވެ. އަޒާން ލަވަކިޔަމުން ގެންދިޔައިރުވެސް ބެލެނީ މާޝާގެ މޫނަށެވެ. ސިފަ ވަމުން ދިޔައީ ދެމީހުން އެކީ ހޭދަކުރި ވަގުތު ތަކެވެ. ލަވަ ކިޔާ ނިމުނު އިރު ފައިހާ އާއި އަޒާން ގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. އެކަކަށް ވެސް ނުދައްކާ ހިނިތުންވެލަމުން ކަރުނަތައް ހިންގާލިއެވެ. މާޝާ އިން ގޮތައް ގަބުވެފައި އިން ބުދެއްހެން ހުއްޓާ މިޝަލް އޭނާގެ ގައިގާ ކޮއްޓާލިއެވެ. މާޝާ ސިއްސައިގެން ދިއުމުން އަނގައިން ތަންކޮޅެއް ބާރަށް ހަޅޭވެސް ލަވައިގަނެވުނެވެ. މިޝަލް އަށް ކަމެއް ގޯސްވެއްޖެކަން އެނގުނީ އެހިސާބުންނެވެ.
***************************
މާޝާ އަތުގަ ހިފައިގެން މީހުން ތެރެއިން ކުޑަކޮށް ދުރަށް މިޝަލް ދިޔައެވެ. ” ކީއްވެފަ ތިހުރީ ؟ ކޮންކަމަކާ މާ ބޮޑަށް ތި ވިސްނަނީ” މާޝާ ގެ މޫނުގައި ދެއަތުން ހިފާލައިފައި އިސްޖެހިފައިވާ މާޝާގެ މޫނު އުފުލާލި އެވެ. މާޝާގެ ލޮލުން އިހްތިޔާރަކާ ނުލައި ކަރުނަތައް އޮހިގަތެވެ. މިޝަލް އަށް އެއީ މަންމަ މެންނާއި ދުރަށް ދާނެ ޖެހުމުން ދެރަވެގެން ރޮނީކަމުގައި ބޯކޮށް މާޝާ އަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. “މާޝް ބަލާބަ އަހަރެންގެ މޫނަށް. އަހަރެމެން ދެމީހުން ކައިވެނި ކުރެވިއްޖެ ތިއީ މިހާރު އަހަރެންގެ އަންހެނުން. އަހަރެންނަކީ މާޝާގެ ފިރިމީހާ. އެއްވެސް އެއްޗެއް ބުނަން ނުޖެރުފަ ނުހުންނާތި. ކަމެއް ދިމާވިޔަސް ބޭނުންވިއަސް ބުނަން ވާނެ. އެންޑް ވީއާ ސްޓޭއިން ހިޔާ.” މާޝާގެ ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލާފައި އަލަތު ކައިވެނި ކުރި ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ތަނަށް ގޮސް ހުއްޓުނެވެ.
މާޝާގެ ކުލާސް ކުދިންނާއި އަވައްޓެރިންގެ އިތުރުން ދެންތިބީ އާއިލާ މީހުންނާއި މިޝަލްގެ ރައްޓެހިންނެވެ. މާޝާ އާއި އެކު ފޮޓޯ ނަގަން އަޒާން އިންކާރު ކުރުމުން މާޝާ ހުރީ ނުހަނު ދެރަވެފައެވެ. އިޒާން ގޮސް ކުރު ނުކުރުމުން އަޒާން އެންމެ ފަހުން މާޝާ އާއި އެކު ފޮޓޯ ނަގަން ހުއްޓުނެވެ. މިޝަލް އާއި މާޝާ އެކީ ފޮޓޯ ނެގުމަށް ފަހު މާޝާގެ އެދުމުގެ މަތިން އަޒާން އާއި މާޝާގެ އެކަނި ފޮޓޯއެއްވެސް ނަގައިދިނެވެ. މާޝާ އާއި ދުރުގަ ހުރުމުން މާޝާ އަޒާން ގެ އަތުގައި ހިފާ މާޝާގެ ކައިރިއަށް ދަމާލިއެވެ. އަޒާން ގާތު އުނަގަނޑުގައި އަތް އަޅުވައި ކައިރިވާން ބުނުމުން އަޒާން އަށް ކުޑަކޮށް ނަމަވިޔަސް އުފާވިއެވެ. މިޝަލް އަށް އުނދަގުވެގެން ފްލެޝް ކެނޑުމާއި އެކު ގޮސް މާޝާ ގެނެސް މިޝަލް ގެ ގަޔާއި ކައިރި ކޮށްލިއެވެ. ކައިވެނީގެ ހަފްލާ ނިމުނު އިރު 11:30 ވެއްޖެއެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން މާޝާ ވޭނުންވީ ފެންވަރާލަންށެވެ. މިޝަލް ވެސް ކޮޅަށް ހުރެ ފަޔަށް ތަދު ވެއްޖެ ކަމަށް ބުނެ މާޝާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ.
އިޒާން ގެއަށް ގޮސް ކެމެރާގައި ހުރި ފޮޓޯތައް ލެޕްޓޮޕަށް އަޅާ މާޝާ ދިން ޕެން ޑްރައިވްއަށް ފޮޓޯތައް އަޅާލިއެވެ. އަޒާންގެ ލެޕްޓޮޕް ކަމުން އަޒާންއަށް ޖެއްސުމަށް މާޝާ އާއި އަޒާން މިރޭ ނެގި ފޮޓޯ ބެކްގްރައުންޑް އަށް ލައިފާ ލެޕް ނިއްވާފައި ގޮސް ނިދަން އޮށޯތެވެ. އަޒާން އަށް މިރޭ ނިދަން އޮށޯއެއްތާ މާ ގިނަ އިރެއް ނުވެ ނިދިއްޖެއެވެ. ފައިހާ އެނދުމަތީގައި ދެކޮޅަށް ފުރޮޅިލައި ފުރޮޅިލައި އޮތީ ލޮލަށް ނިދި ނައިސް ގެންނެވެ. އެންމެ ފަހުން ރުޅި ގަދަވެގެން ފޯނު ނަގައި ގެލަރީ ހާވަން ފެށިއެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދަނިކޮށް ޖައިލަމް އާއި އެކު ނަގާފައި ހުރި ފޮޓޯތައް ފެނުމުން އެ ދެލޮލުން ކަރުނަ އޮހޮރިގަތެވެ. ޖައިލަމް އޭނާއަށް ވީބޭ ަފާތެރިކަން އިހްސާސްވެ އައި ރުޅި މަތީގައި ފޯނުނަގައި ފާރަށް ހޫރާލިއެވެ. ކޮޓަރި ތެރޭގައި ފައިހާގެ މަޑު ގިސްލުމުގެ އަޑު ހިފާފައި ހުއްޓެވެ. އެހެން އޮއްވާ ފައިހާއަށް ނިދުނީވެސް ތަޅުންގަނޑު މަތީގައި ރޯން އޮއްވައެވެ.
މިޝަލް ކޮޓަރިއަށް ވަދެ ދޮރު ތަޅުލާފައި މާޝާ ގާތު ފެންވަރައިގެން އައުމަށް ބުނެ ގޮސް ކޮޓަރީގައި ހުރި ސޯފާގައި އިށީނދެ ލައިގެން ހުރި ކޯޓާއި ގަމީސް ބޭލިއެވެ. މާޝާ އަލަމާރިތެރެއިން އަތް ކުރު ޓީޝާޓަކާއި ހަރުވާޅެއް ހިފައިގެން ފާހާނައަށް ވަދެ ފެންވަރާލިއެވެ. ފެންވަރަން ހުރެ ވެސް ވިސްނުނީ ދެން ކަންތައް ކުރަންވީ ގޮތަކާއި މެދުގައެވެ. މިއީ މާޝާ ގެ އަލަތު ކައިވެންޏެވެ. މިޝަލް އަށް ލަސްވެދާނެތިން އަވަސް ކޮއްލާފައި މާޝާ ތެމިފައިވާ އިސްތަށިގަނޑު ހިއްކަމުން ނުކުތެވެ. ސޯފާގައި އިށީނދެލައިގެން އިން މިޝަލް ގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ މާޝާގެ ފަން އިސްތަށިގަނޑެވެ. ބުރުގާ ނާޅާ ހުރުމުން އެ މަޢުސޫމް ކަން އިތުރު ކޮށްދެއެވެ. މިޝަލް ބަލާކަން ފާހަގަ ކުރެވިގެން މާޝާ އިސްޖަހާލީ ދެން ކަން ކުރަންވީ ގޮތެއް ނޭނގިގެންނެވެ. “މާޝާﷲ ޔޫ ލުކް ގޯޖަސް ވައިފީ” މާޝާގެ ކަނދުރާގައި ވަސް ނަގަމުން ފެންވަރާ ތާޒާވެލައިގެން އަންނަނީ ކަމުގައި ބުނެ ގޮސް ފާހާނައަށް ވަދެ ފެންވަރާލިއެވެ. މާޝާ އިސްތަށިގަނޑު އައްސާ ލާފައި ގޮސް ޓީވީ ހުޅުވާލިއެވެ. ނަމަވެސް ފާހާނައިގެ ދޮރު ހުޅުވުނު އަޑަށް މާޝާ އެދިމާއަށް ބަލާލިއެވެ. ތުވާލި އުނަގަނޑުގައި އަނދެލައިގެން ހުސްގަޔާއި ހުރި މިޝަލް މިރޭ ފެންނަލެއް ވަރަށް ފިރިހެންވަންތައެވެ. ފިރިމީހާ ފުރަތަމަ ފަހަރަށް އެގޮތަށް ފެނުނީ ކަމަށް ހަދާ މާޝާ އަވަހަށް އަނެއް ފަރާތައް އެނބުރުނީ ގަތް ލަދުންނެވެ. “ކަމް އޯން މާޝާ އިޓްސް ޔުޔާ ހަޒްބެންޑް ނައު” ހިތާއި ހިތުން އެހެން ބުނެފައި މާޝާ އެނބުރުނީ މިޝަލް އާއި ކުރިމަތިލާންށެވެ. ސިއްސައިގެން ގޮސް މާޝާ ވެއްޓެން ދިޔައީ މިޝަލް މާ ކައިރީގައި ހުރުމުންނެވެެ. ހުޝިޔާރު ކަމާއި އެކު ހުރި މިޝަލް މާޝާ ވެއްޓުނަ ނުދީ އަތް ދަނޑި މައްޗައް ނަގައި ގެންގޮސް އެނދުމަތީގައި ބޭއްވި އެވެ. މާޝާގެ ނިތްކުރިއަށް ބޮސްދެމުން ގޮސް މާޝާގެ ތުންފަތަށް ވެސް މިޝަލް ބޮސްދިނެވެ. މިޝަލް ގެ ހުރިހާ ހަރަކާތަކަށޑ މާޝާ ދިޔައީ މަރުހަބާ ކިޔަމުންނެވެ.
އެހެން ދުވަސް ތަކާއި ހިލާފައް ފަތިސް ނަމާދުގެ ބަންގީގެ އަޑަށް މާޝާ އަށް ހޭލެވުނެވެ. ތެދުވެ ގަޔަށް ޓީޝާޓު ހެޔޮ ވަރުކޮއްލާފައި ފާހާނައަށް ވަދެ ފެންވަރާލައިގެން ނުކުމެ ނަމާދު ކޮށްލިއެވެ. ނަމާދު ކޮށްލައިގެން މިޝަލް އަށް ގޮވަން މިޝަލް ގެ މޫނާއި ކައިރިއަށް ގުދުވެ ލާފައި މިޝަލްގެ ކޮލަށް ބޮސްދިނެވެ. އެވަގުތު މާޝާގެ ގައިގައި މިޝަލް އޮޅުލައިގަތެވެ. އެކަހަލަ ކަމަކަށް ތައްޔާރު ނުވެ ހުރި މާޝާ ގޮސް ޖެހުނީ މިޝަލްގެ މޭމަތީގައެވެ. ” އަހަރެންއަށް ދެންމެ ހޭލެވުނީ” މާޝާގެ މޫނަށް ވެއްޓިފައިހުރި އިސްތަށި ކޮޅު ރީތި ކޮށްލާފައި މިޝަލް ތެދުވެ އިށނދެލިއެވެ. “ދޭބަ ނަމާދު ކޮށްލަން އަހަރެން މިދަނީ މަންމައެކީ ބަދިގެއަށް” ވައްބުރުގަލެއް ނަގައި އަޅާލަމުން މާޝާ ނުކުމެގެން ދިޔައީ ހެނދުނުގެ ސައި ތައްޔާރު ކުރާށެވެ. ނަމަވެސް މަންމަ ފެންނަން ނެތުމުން މާޝާއަށް އުނދަގޫ ވާގޮތް ވިއެވެ. ހަސީނާ އަކީ ކޮންމެ ދުވަހަކު ވެސް ފަތިހު ހޭލައިގެން އެންމެ ފުރަތަމަ ވެސް ނުކުންނަ މީހާ އެވެ. މަންމަ އަދި ނުހޭލަނީ ކަމުގައި ނިންމާ ބަދިގެއަށް ވަދެ ރޮށި ފިހެފައި ބަރަބޯ ރިހަކައްކަން އުދިއެވެ.
ފައިހާއަށް ހޭލެވުން އިރު ނުވައެއް ޖަހަނީއެވެ. ފައިހާ ނުނުކުމެގެން އިޒާން އަދި އަޒާން ކަންބޮޑުވެފައި ތިއްބެވެ. ފައިހާގެ ފޯނަށް ގުޅުމުން ބުނަނީ ފޯނު އޮތީ ނިއްވާލާފައި ކަމަށެވެ. ވުޟޫކޮށްލައިގެން ފަތިސް ނަމާދު ކޮށްލައިގެން ނުކުތްއިރު އަޒާން އާއި އިޒާން ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލާފައި ބަދިގެއާއި ދިމާއަށް ދިޔައީ ހެނދުނުގެ ސައި ތައްޔާރު ކުރާށެވެ. ” ފައިހާ!” ފައިހާ ސިއްސައިގެން ގޮސް ފަހަތައް އެނބުރުނު ގަޑީ އޭނައާއި ދާދި ކައިރީގައި އިޒާން ހުރީ ހިތްހަމަ ނުޖެހިފައިކަން ފައިހާއަށް އެނގުނެވެ. މިހުރިހާ ދުވަހު ފައިއްކޮ ކިޔާ ގޮވާއިރު މިއަދު ފައިހާއޭ ކިޔާ ގޮވުމުން ފައިހާ ހިތުގައި ޖެހުނެވެ. ” ފައިހާ!” ފައިހާ އެއްޗެކޭ ނުބުނެ ހުރުމުން ދެންވެސް އިޒާން ގޮވާލިއެވެ. އެހެނަސް ކުރިއަށްވުރެ މިފަހަރު އިޒާންގެ އަޑު ބާރެވެ. ” ލައް.. ލައްބަ.. ދޮ.. ދޮންބޭ” އަޅަ އަޅައިގެން ކަހަލަ ގޮތަކަށް ފައިހާ ޖަވާބު ދިނެވެ. “ފޯނު ކޮބައި. ކިހާ ވަރަކަށް ގުޅައިފިން. ފޯނެއް ދީފަ އޮންނަނީ އެ ނިއްވާލާފަ ބާއްވަންތަ.” އިޒާން ފައިހާ އާއި ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. ” ފޯ… ފޯނު އަހަރެންގެ އަތުން ރޭގަ ވެއްޓި ހަލާކު ވެއްޖެ” ފައިހާ ކެތްކޮށްލައިގެން ނުރޯން މަސައްކަތްކުރިއެވެ. “ސާބަހޭ. ރޮނީތަ” ފައިހާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އިޒާންގެ ލޮލުގައި އަޅައިގަތީ ކަންނޭނގެއެވެ. ނޫން ކަމަށް ބުނެ ދެ ފަރާތައް ބޯ ހުރުވާލިއެވެ. ” މެންދުރަށް ނުކައްކާތި ޔޫ ގޮނަ މީޓް ޔުއާ ފަހަރި” ފައިހާ އަށް އިވުނު ޖުމްލަ ޔަގީން ނުވެގެން އިޒންއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ހަސީނާ އާއި މުހައްމަދު ހޭލައިގެން ނުކުތްއިރު މާޝާ ހުރީ ސައި ހަދާފައެވެ. ދަރިފުޅު ކައިވެނި ކުރެވުނީމާ ޒިންމާދާރު ވީ ކަމުގައި ބުނެ މުހައްމަދު އާއި ހަސީނާ ވެސް ކާ މޭޒު ދޮށުގައި އިށީނެވެ. “ދަރިފުޅާ ކޮބާ މިޝަލް” މިޝަލްގެ ހިލަމެއް ނުވުމުން ހަސީނާ އަހާލިއެވެ. “އަޅުގަނޑު މިހުރީ” ކާގެއަށް ވަދެ މިޝަލް ގޮނޑީގައި އިށީނެވެ. “މަންމާ ނަތާ ގުޅި ދެންމެ. ބުނި މާލޭގައޯ މިހުރީ މެންދުރުން އަންނާށޯ ލެމަން ގްރާސްއަށް”. ނަތާޝާ މާލެ އައި ވާހަކަ މަންމަ އާއި ބައްޕަ ގާތު މާޝާ ބުންޔެވެ. އަދި ދިޔަސް އެންމެ ރަނގަޅު ހެއްޔޭ އެހެމުން މިހާރު ހުއްދަ ހޯދަން ޖެހޭނީ ފިރިމީހާ ކުރެން ކަމަށް ހަސީނާ ބުންޔެވެ. “އަހަރެން މާޝާ އެކީ ދާނަން” ސައިތަށި ބޯލާފައި މިޝަލް ނުކުމެގެން ގޮސް ބޭރު ޖޯލީގައި އޮށޯވެލިއެވެ.
އަޒާން ގޭގައި ނެތުމުން އަޒާން ކޮބައިތޯ އިޒާން ގާތު ސުވާލު ކުރިއެވެ. އަދި މިތާ ކައިރީ ހުރި ފިހާރައަކުން ވަޒީފާ ހަމަ ޖެހިގެން ވަޒިފާއަށް ގޮސް ފައިވީޖކަމަށް އިޒާން ބުންޔެވެ. ފައިހާ އިޒާން ގެ ގަމީހަކާއި އަޒާންގެ ގަމީހެއް އިސްތިރި ކޮށްފައި އޭނަ ލާނެ ހެދުމަކާއި ޝޯލްއެއް ނަގައި އިސްތިރި ކޮށްލިއެވެ.
ރީތި ވެލައިގެން އެންމެންވެސް ހިނގާފައި ރެސްޓޯރެންޓަށް ދާން ނުކުތެވެ. މާ ދުރުނޫންވީމަައި އެންމެން ވެސް ބޭނުންވީ ހިނގާލާފައި ދާށެވެ. “މާޝް ނުނިމޭތަ” ކޮޓަރިއަށް ވަދެގެން އައި މިޝަލް އަށް މާޝާ ފެނުމުން ހީގަނެވުނެވެ. އެހެން ދުވަސްތަކަށް ވުރެ މިއަދު މާޝާގެ ހެދުން އެޅުމުގެ ސްޓައިލް ތަފާތެވެ. ކަކުލަށް ވުރެ މައްޗައް ހުރި ހެދުމާއި އެކު ނޫކުލައިގެ ފަޔަށް ފިއްޓާފައި ހުރި ޖިންސު މާޝާގެ ރީތިކަން އެތައް ގުނައެއް އިތުރު ކޮށްދެއެވެ. މިއަދު މޭކަޕް ނުކޮށް ހުރި އިރު އެމޫނު މަތި ނުލާހިކު ތާޒާއެވެ. ” ހިނގާ އަވަހަށް” ފައިވާނަށް އަރައިގެން މިޝަލްގެ އަތުގައި ހިފައިގެން މާޝާ ނުކުމެގެން ދިޔަތަން ބަލަން ހަސީނާ ހުރީ ހެވިފައެވެ. މިޝަލްއާއި އެކު ސައިކަލުގައި ލެމަން ގްރާސް އަށް ވަރަށް އަވަހަށް ދެވުނެވެ. ނަތާޝާ އާކީ މާޝާގެ މަންމަ އެއްބަނޑު މާޝާގެ ބޮޑު ދައިތަގެ އެންމެ ހަގު ދަރިއެވެ. ނަތާޝާ އޯލެވެލް ނިންމާފައި ދިރިއުޅުން މެލޭޝިޔާއަށް ބަދަލު ކޮށްފައި މާލެ އެއައީ އަދި ފުރަތަމަ ފަހަރަށް ށެވެ.
ލެމަން ގްރާސް އަށް ވަދެ ނަތާޝާ ފެނޭތޯ ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއް ކައިރީގައި ނަތާޝާ އިނދެ މާޝާ އަށް ހަނާ އަޅާލިއެވެ. މާޝާ ގެ ފަހަތުން މިޝަލް ވެސް ނަތާޝާގެ ކައިރިއަށް ދިޔައެވެ. ” އައި މިސްޑު ޔޫ ސޯ މަޗް ރެބިޓް” މާޝާގެ ގައިގާ ނަތާޝާ ބައްދާލިއެވެ. “އައި މިސްޑު ޔޫ މޯ ސޭންޑްވިޗް” މާޝާ ވެސް ނަތާޝާ އަށް އެހެން ބުނެލިއެވެ. ފިރިހެންކުދިންގެ ހިތްތައް ކަތިލާ ކަހަލަގެ ރީތިކަމެއް ނަތާޝާއަށް ލިބިފައިވެއެވެ. އޮމާން ހަންގަނޑެކެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ވަނީ އައްސާފައެވެ. ތުންފަތުގައި ރަތްކުލައިގެ ލިޕް ގްލޯޒް ހާކާފައި ހުރުމުން ނަތާޝާގެ ރީތިކަން އިތުރު ކޮށްދެއެވެ. އަޅައިގެން އިން ނަންބަރު އައިނު ރީތި ކޮށްލަމުން ފޯނުނަގައި މީހަކަށް ގުޅާލިއެވެ. “ނަތާ މީނީ އެތެރޭގަ. އާދޭ އެތެރެއަށް.” އެތެރެއަށް ވަދެގެން އައި ތިންބެއިން ހުއްޓުން އެރީ ނަތާޝާ ކައިރީގައި މާޝާ އާއި މިޝަލް އިނުމުންނެވެ.
އިޒާން ވަނުމުން ނަތާޝާ ގޮނޑިން ތެދުވެގެން ގޮސް އިޒާން ގައިގާ އޮޅުލައިގަތެވެ. ދެމީހުން އުޅުނު ގޮތުން އެއީ އަލަށް ވާ ކަމެއް ނޫން ކަން އެނގުނެވެ. “ނަތާ ތިޔޯ” ވާނުވާވައި ހުރެ މާޝާ ސުވާލު ކޮށްލިއެވެ. “މައި ބޯއީ ފްރެންޑް” ނިތްކުރިމައްޗައް ވެއްޓިފައި ހުރި އިސްތަށިތައް އެއްކައިރި ކޮށްލަމުން ގޮސް ގޮނޑީގައި އިށީނެވެ. އަދި އިޒާން އާއި ދިމާވި ވިތް ކުރު ގޮތަކަށް ނަތާޝާ ކިޔައިދިނެވެ. “3 އިޔާސް ވީ އިރުވެސް ބުނެނުލާ. ނަތާ ހާދަ ގޯހޭ” މާޝާ ކުޑަކުއްޖެއްހެން ބޮޑާ ހާކާލިއެވެ.
– ނުނިމޭ –