
ތިޔަ ލޯތްބަށް އެދެމޭ – 21
އިޝާ ނަމާދު ކޮށްގެން ސަނާ މެން ފުރާތަނަށް ގޮއްސައި އާދެވުނީ ނުވައެއް ޖަހަނިކޮށްނެވެ.” ހާދަ ވަރުބައްޔޭ… މި ދަނީ ނިދަން.. ” ލުޔާ ކަންނެތް ގޮތަކަށް ހިނގާފައި ގޮސް އެނދަށް އަރާ އޮށޯތެވެ. އިލްޔާ ވެސް ހެދުން ބަދަލު ކޮށްލަން ވެގެން ފާހަނައަށް ވަނެވެ. ފާހާނާ އިން ނުކުތް އިރު ފޯނަށް މަޔާންގެ މެސެޖެއް އައިސްފައި އިނުމުން ފޯނު ނަގާ ބަލާލިއެވެ.” އިލޫ… އިނގޭ އިލޫ ހިތުގައި ވަރަށް ސުވާލު އުފެދޭނެކަން… މަ އިލޫ އާ ދުރުން އުޅުނީމަ އިލޫ ވާނެ ދެރަ އިނގޭ.. އެހެންވެ ވަރަށް ބޮޑަށް ސޮރީ… ކިތަންމެ ދުރު ދުރުން އުޅުނަސް އިލޫއަށް ވަރަށް ބަލަން.. އިލޫ ހާލު މަ ބަލަން.. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ… މިރޭ މި މެސެޖް ފެނުނުހާ އަވަހަކަށް މަށާ މީޓް ކޮށްލަން އާދެވިދާނެތަ އަތިރި މައްޗަށް… އޭރުން ހިތުގައި އުފެދިފައި ހުރި ސުވާލުތަކުގެ ޖަވާބު ވެސް ލިބޭނެ.. ” އެ މެސެޖު ކިޔާ ނިންމުމުން އިލްޔާ ބޭނުންވީ އަވަހަށް މަޔާން އާއި ބައްދަލު ކޮށްލާންށެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓުގެ މަތިން ބުރުގާއެއް އަޅައިގެން އިލްޔާ ސިއްރު ސިއްރުން ނިކުތެވެ.
**21 ވަނަ ޕާޓު**
ގޭގެ މައި ދޮރު ލައްޕާލާފައި އިލްޔާ ދުއްވައިގަތީ އަތިރި މައްޗާއި ދިމާއަށެވެ.” ޔާން.. ” އަތިރި މައްޗަށް ދިޔައިރު މަޔާން އިލްޔާގެ އިންތިޒާރުގައި އިނެވެ.” ތި އައީ ދޯ.. އިލޫ ކިހިނެއްތަ.. ” މަޔާން އަހާލިއެވެ.” އަހަރެން ރަނގަޅު.. ޔާން؟ ” އިލްޔާ މަޔާން ކައިރީގައި އިށީނެވެ. އެހާ ރަނގަޅެއް ނޫން.. ޝުކުރިއްޔާ މިތަނަށް އައިސް ދިނީމަ.. ” މަޔާން ބުންޏެވެ.” ދެން ތިހެން ވާހަކަ ނުދައްކަބަ.. ކުރިން ވެސް ދެއްކި ގޮތަށް ދައްކަބަލަ.. ” އިލްޔާ މަޔާންގެ ކޮނޑުގައި އަތް އަޅުވާލިއެވެ.” ދެން ބުނެބަލަ… ކީއްވެތަ މިތަނަށް ތި ގެނައީ.. ” އިލްޔާ އެ އިންގޮތަށް އިނދެގެން އަހާލިއެވެ. މަޔާން ފުންނޭވާއެއް ދޫކޮށްލިއެވެ.
” އިލޫ.. ވަރަށް ލަދުގަނޭ މި ވާހަކަ ބުނަން ވެސް.. އެކަމް ލަދުގަނެގެން ކަމެއް ނުވާނެ ދޯ.. އެހެންވެ ބުނަން މި ވިސްނީވެސް.. އިލޫ ދުރުކޮށްލެވުނީމަ ވަރަށް ބޮޑަށް ސޮރީ.. އަސްލު މަ ބުނަން އުޅުން ވާހަކަ އަކީ.. މީ.. އައި ލަވް ޔޫ އިލޫ… ނޭނގެ ކޮން އިރަކު ކިހިނެއް ކަމެއް… މީދޫ އަށް ދިޔަ ފަހުން އެހެންކަހަލަ ފީލިންގްސް ތަކެއް ހުންނަނީ.. އިލޫ އެހެން ބޯއިޒްގެ ވާހަކަ ދެއްކީމަ ދެން ވަރަށް ދެރަވޭ… އިލޫ ނޫނެކޭ ބުންޏަސް މިއީ ދެން އެންމެ ރަނގަޅު ޗޮއިސް ކަމުގަ މި ބެލީ… ބުނީމެއްނު މީދޫއިން ކުއްޖަކު ފެނުން ވާހަކަ.. އެއީ އިލޫ..ވަންސް އަގެއިން އައި ލަވް ޔޫ.. ” މަޔާން މަޑުމައިތިރި ކަމާއި އެކު ބުންޏެވެ.” ސޯ.. އަމްމް.. ވިލް ޔޫ ބީ މައި ގާރލް ފްރެންޑް… ” އިލްޔާގެ ފަރާތުން ޖަވާބެއް ނައުމުން އަނެއްކާ ވެސް މަޔާން އަހާލިއެވެ. އިލްޔާ ހިތް ދިޔައީ އެއީ ސަމާސާ އެއް ކަމަށް ނުވުމަށެވެ. ވަގުތުން ވަގުތަށް އާއެކޭ ބުނަންށެވެ. ނަމަވެސް އަމިއްލައަށް މި ވާގޮތް ޚުދު އިލްޔާއަށް ވެސް ނޭނގުނެވެ.
” ޔެސް.. އައި ލަވް ޔޫ ޓޫ ޔާން… އަހަރެންނަކަށް ވެސް ނޭނގެ ކޮން އިރަކު ކަމެއް.. ޔާން ނުފެންނާތީ ވަރަށް ކަންބޮޑުވޭ.. ދެން އަބަދުހެން ހީވަނީ ކަމެއް ވީހެން ޔާން އަށް.. ” އިލްޔާ މަޔާން އަތުގައި އޮޅުލައިގަންނަމުން ބުންޏެވެ.” އަޅޭ ހަމަ އަސްލުތަ… ހިއެއް ވެސް ނުކުރަން މިހެން ވެދާނެއެކޭ.. ” މަޔާން ލޮލުގައި އުފާވެރި ކަމުގެ ކަރުނަ ޖަމާވިއެވެ.” ދެން ނޫޅެއްޗޭ ދުރު ދުރުން.. މިހާރު އަދި މާ ކަންބޮޑުވާނެ.. ” އިލްޔާ އުފަލުން ގޮސް އުދުހިފަނަމޭ ވެސް ހިތަށް އަރަމުން ދިޔައެވެ.” ޔަގީނެއްނު… ހިޝް އަށް ވީހެން ނުވައްޗޭ… މާ ކެރިގެން އުޅެފަ ކައިވެނި ކުރަންވީމަ ހީވަނީ ލަދުން ގޮސް މަރުވާނެހެން.. ” މަޔާން އިލްޔާ އަތުގައި ހިފައިގެން ނެގިއެވެ.” ބަލާނަން ލަދު ނުގަނެ ވޭތޯ… މެރީ ކުރާނީ ނެކްސްޓް އިޔަރގަ ދޯ.. އަދި ކިރިޔާ އަށާރަ އެވީ… މަންމަ ކައިރީ ބުނާކަށް ވެސް ނުކެރޭނެ… ކުރިން ދުވަހު އެ އެހީ ކުއްޖަކާ ރައްޓެހި ވެގެންހޯ އުޅެނީވެސް.. ” އިލްޔާ މަޔާން އަތްތިލައިގައި ހިފާލިއެވެ.” ހެހެ.. އެންމެ ރަނގަޅު އިލޫ ބޭނުންގޮތެއް… އެކަމް އަންނަން ޖެހޭނެ ބަރާބަރަށް މިތަނަށް……. ހިނގާބަ މިތާ ހިނގާލަން.. ” މަޔާން ރާޅުޖަހާ ހިސާބުގައި ހިނގަމުން ބުންޏެވެ.
” އޯކޭ… ދެން ގެއަށް ދާނީ ކޮން އިރަކުން.. ” އިލްޔާ އަރައިގެން ހުރި ފައިވާން އަތަށް ނެގިއެވެ. އަދި މަޔާން އާއި އެއްވަރަށް ހިނގަން ފެށިއެވެ.” ދާ ހިތެއް ނެތް…ވިއްސާރަ ގޮތަަކަށް ދޯ އޮތީ ވެސް… ވާރޭ ވެހެން ފެށީމަ ދާނީ.. ” މަޔާން ހީލިއެވެ. އިލްޔާ އެންމެ ރަނގަޅޭ ބުނެފައި މަޔާން އަތުގައި ހިފާލިއެވެ.” މިރޭ މީ ވަރަށް އުފާވެރި ރެއެއް… މަގޭ އުންމީދު ކާމިޔާބު ވެއްޖެ.. ” މަޔާން ވެސް އިލްޔާ އަތުގައި ހިފާ ބާރުކޮށްލިއެވެ.” ކީއްވެ ކުރިން ނުބުނީ.. ” އިލްޔާ ޝަކުވާ ކޮށްލިއެވެ.” އަސްލު ބުނަން ނުކެރުނީ… ދޮންބެ ވެސް ބުނި ބުނާށޭ އެކަމް ދެން.. ” މަޔާން ފުން ނޭވާއެއް ލިއެވެ.” ދޮންބެ؟ އެ ކާކު..؟ ” އިލްޔާ އަނގަހަދާލިއެވެ.” އައި ލީން ރާއިލް.. ” ބޯކަހާލަމުން މަޔާން ބުންޏެވެ.” ކޮން އިރަކު ޔާން ރާއިލްބެ އަށް ދޮންބެ ކިޔަންފެށީ.. ” އިލްޔާ ހިނިގަނޑެއް ޖަހާލިއެވެ.
” ހިޝް އާ ދެމީހުން މެރީ ކުރި ހިސާބުން އެމީހުންނަށް ޖެއްސުމަށް ދޮންބެ އާ ދޮންބެ ދައްތައާ ކިޔަންފެށީ… އާދަ ކުރަން ވާނެ ނޫންތަ.. ” މަޔާން ހީލިއެވެ.” އާނ ދޯ… ދެން މިހެން ހިނގަ ހިނގަތަ ތިބެނީ އަބަދު… ” ދައްކާނެ ވާހަކަ އެއް ނޭނގުމުން އިލްޔާ ކުޑަކޮށް ރަކިވިއެވެ.” ހްމްމް.. ދެން ނެތެއްނު އުތުރު ކަމެއް ކުރާކަށް… އިލޫ ފޫހިވަންޏާ ހިނގާ ގެއަށް… ” މަޔާން އެއްގަމަށް އަރަން ހިނގައިގަތެވެ.” ދެން… ނުބުނަން ދޯ ފޫހި ވަނީއެކޭ… އެހެން ނޫނަސް ޔާން ހުރިއްޔާ އަހަރެން ފޫހި ވާނެތަ… ވަރަށް ބަނޑުހައި.. ކާ އެއްޗއް ދީބަ.. ” އިލްޔާ ކުޑަކުއްޖެއްހެން ބުންޏެވެ.” ހިނގާ ގެއަށް ކާން… ނޫނީ ރެސްޓޯރެންޓް އަކަށް… ” މަޔާން އިލްޔާ ކޮނޑަށް އަތް ވައްޓާލިއެވެ.” ހްމް.. ” ދެމީހުން ރެސްޓޯރެންޓް އަށް ދާން މިސްރާބު ޖެހިއެވެ. ނަމަވެސް މާ ގިނަ ވާހަކަ އެއް އެދޭތެރޭގައި ނުދެކެވުނެވެ.
ރެސްޓޯރެންޓް އިން ކައިގެން މަޔާން ދިޔައީ އިލްޔާ ގެއަށް ލާންށެވެ.” މި އާދެވުނީ… ވަރަށް ބަލައިގެން އުޅޭތި.. ލަވް ޔޫ.. ” މަޔާން އިލްޔާ އަތަށް ބޮސް ދެމުން ބުންޏެވެ. ” ޔާން ވެސް.. ލަވް ޔޫ ޓޫ.. ” އިލްޔާ އެހެން ބުނެފައި ލަދުން ގޭތެރެއަށް ވަނެވެ. މަޔާން ބޯ ހޫރާލަފައި ގެއަށްދާން ހިނގައިގަތެވެ. އިލްޔާ ކޮޓަރިއަށް ވަދެފައި ބުރުގާ ބާލަން އުޅެނިކޮށް އަނެއްކާ ވެސް ފޯނަށް މެސެޖެއް އައެވެ.” ބޭރަށް ނިކުމޭ !! އެއްޗެއް އަބޮތް.. ” އެ މެސެޖު އިނީ ނުދަންނަ ނަންބަރަކުން ފޮނުވާފައެވެ. އިލްޔާ މާ ބޮޑު ކަމަކަށް ނުހަދާ ގެއިން ނިކުތެވެ. ނަމަވެސް މަގުމަތީގައި ވަނީ މަރު ފަދަ ހިމޭންކަމެވެ. ކުއްލިއަކަށް އިލްޔާ މޫނުގައި މީހަކު ފޮތިގަނޑެއް އެޅިއެވެ. ހަޅޭއްލަވައި ގަންނަން އަނގަ ހުޅުވާލާފައި އިލްޔާ ވަސްދަމާލި ތަނުން އިނގުނީ ހޭނައްތާ އެއްޗެއް ކަމެވެ. ވަސްދަމާލި ކަމެއް ނޭނގެ އިލްޔާ ހޭނެތުނެވެ.
ލަވައެއް ކިޔަމުން މަޔާން ގޭތެރެއަށް ވަނެވެ. އޭރު ރާއިލް މެން ކޮޓަރީގައި ހުރީ ނިދާ ބޮކީގެ ފަނޑު އައްޔެވެ. އެމީހުން ނިދީކަން އެނގުމުން މަޔާން ވެސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.” ކިހިނެއްތަ މި ވަނީ . އިލޫ އަށް ކަމެއް ވީބާ.. ” މަޔާން އަށް ނޭނގޭ އުނދަގޫ ތަކެއް ވާން ފެށުމުން ބުނެވުނެވެ.” ނޫނޭ ނުވާނެ އެހެނެއް.. އިލޫ ގެއަށް ވެސް ވަދެއްޖެ.. އެ ވާނީ މާ ބޮޑަށް ވިސްނެނީ ކަމަށް… ” މަޔާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލާފައި އެނދަށް އަރާ އޮށޯތެވެ.” ގޭގައި މީހަކު ވެސް ނޫޅޭނެ.. އިލޫ އާ ލުޔާ އާ އެކަނި އުޅޭނީ ވެސް… ދެން ކޮން ކަމެއްބާ ވާނީ.. ” މަޔާން އަށް ވިސްނެމުން ދިޔައެވެ. އެކަހަލަ ހިޔާލުތަކެއްގައި އޮއްވައި ނިދިން އިރު ވެސް މަޔާން އަށް ނޭނގުނެވެ.
އިލްޔާ އަށް ލޯ ހުޅުވާލެވުނީ ކައިރީގައި މީހަކު އުޅޭހެން ހީވުމުން ނެވެ.” ކާކު..؟ ކޮންތާކު އަހަރެން މީނީ.. ” ތަނަށް ވެރިވެފައިވާ އަނދިރިކަމުން އިލްޔާ އަށް އަހާލެވުނެވެ. އެވަގުތު ފިރިހެނެއްގެ ހުނުމުގެ އަޑު އިވުނެވެ.” ކާކުހޭ.. ލައިޓް ދިއްލަބަލަ.. ” އިލްޔާ އަށް ބިރުން ރޮވެން ފެށިއެވެ.” ނޫނޭ އަދި ނުވޭ ދިއްލާކަށް.. ” އެ ފިރިހެން މީހާ ނުލަފާ ޒާތަކަށް ބުންޏެވެ. އިލްޔާ ހިތުގައި އޮތް ބިރުވެރިކަން ބޮޑުވިއެވެ. އިލްޔާ އަކީ ދުވަހަކު ވެސް ކިޑްނެޕްވި ކުއްޖެއް ނޫންކަމުން ހަދަންވީ ގޮތެއް ނޭނގުނެވެ. އަތާއި ފައި ހަރަކާތް ކުރަން އުޅެ އުޅެ އެކަމެއް ނުވިއެވެ. ނަމަވެސް ތޫނު ތަދެއް އަތުގަޔާއި ފައިގައި ހުއްޓެވެ. ” ކުޑަ ކުއްޖެއްހެން ނުރޮއިބަލަ… މާ ބޭނުން ގޮތެއް ހަދާނަން ހަޅޭ ލަވަންޏާ.. ” އެމީހާ އަށް އިލްޔާ ހަޅޭލަވާނެކަން އެނގުމުން އިންޒާރެއް ދިނެވެ. އަނެއްކާ ވެސް އިލްޔާ ހާސް ވިއެވެ. ނަމަވެސް ކުއްލިއަކަށް ފެނުނީ ލައިޓް ދިއްލިތަނެވެ. ކުރިމަތީގައި ހުރީ ބިޔަ ފިރިހެނަކާއި ފުރާވަރުގެ އަންހެން ކުއްޖެކެވެ. ދެމީހުން ތިބީ މޫނު މާސްކަކުން ނިވާ ކޮށްގެންނެވެ. އިލްޔާގެ އަތާއި ފައި ވަނީ ވާގަނޑަކުން ނުލާހިކު ބާރަށް ބަނދެފައެވެ. އެމީހާ އައިސް އިލްޔާ އަނގައިގައި ހިފިއެވެ. އެ ބިޔަ ފިރިހެން މީހާ ކުރިމަތީގައި އޭނައަށް ދެއްކޭނީ ކޮން ގަދައެއް ހެއްޔެވެ؟
” ކަލޭ އަދި ޖެހޭނެ މަ ބުނަންދެން މިތާ ހުންނަން… އެ ގާތްގަނޑަކަށް ފަތިސް ވަންދެން… ކަލޭ ގެއްލިގެން ކަލޭގެ ލޯބި ވެރިޔާ އުޅޭނެ ދޯ.. ހެހެ.. ” އެ ފިރިހެން މީހާ ހޭންފެށިއެވެ.” މަ ދެކެ ބިރު ގަންނާނެ ކަމެއް ނެތް.. ” އެމީހާ އިލްޔާ ކުރިމަތީގައި އިށީނެވެ.” އޭއި.. ދޭ ލައިޓް ނިއްވަން.. !! ” އެ ފިރިހެން މީހާ އަމުރު ކޮށްލުމުން މަޖުބޫރުން ދާ ބީދައިން އެ ފުރާވަރު އުމުރުގެ އަންހެން ކުއްޖާ ލައިޓް ނިއްވާލިއެވެ. އިލްޔާ އަށް ކޮންމެސް ނުބައެއް އުޅޭކަމުގެ ޝައްކު ވިއެވެ.” ދޫކޮށްބަލަ.. ” އިލްޔާ އާދޭސް ކުރާ ރާގަކަށް ބުންޏެވެ.” ތިހާ ފަސޭހައިން ތިކަމެއް ނުވާނެ… ދެން ތިތާ އޮވޭ މަށާ އޭނައާ އަންނަންދެން.. ” އެހެން ކިޔާފައި އެމީހާ އެތަނުން ދިޔައީ އެ އަންހެން ކުއްޖާ ވެސް ގޮވައިގެންނެވެ.” ކާކު ކުރާ ކަމެއްބާ މީ.. ” އިލްޔާ ހިތާއި ހިތުން އަހާލިއެވެ.
ފަތިސް ގަޑީގައި ލުޔާ ތެދުވީ ފަތިސް ނަމާދު ކުރަންށެވެ. ނަމަވެސް އިލްޔާ ނެތްކަން ފާހަގަ ވިއެވެ. މާބޮޑު ކަމަކަށް ނުހަދާ ނަމާދުކޮށްލައިގެން ލުޔާ ގޯތި ތެރެއަށް ނިކުތެވެ. ނަމަވެސް އިލްޔާ ނެތުމުން މުޅި ގޭތެރެ ހޯދިއެވެ. އެންމެ ފަހުން ލުޔާ ދިޔައީ މަޔާން މެންގެއަށެވެ.” ޔާން ޔާން.. ރާއިލްބޭ.. ހިޝް… ދޮރު ހުޅުވަބަލަ.. ” ލުޔާ އެގޭ ދޮރުގައި ޓަކި ޖަހަމުން ގޮވިއެވެ.” ހްމްމް މިއޮށް ފަތިހު ކޮން ކަމެއް ލައިގަތީ.. ” މަޔާން ނިދި އަޑަކުން އަހާލިއެވެ.” އިލޫ އެއް ނެތް.. މުޅި ގޭތެރެ ބަލައިފިން… ” ލުޔާ އެހެން ބުނިތަނުން މަޔާންގެ ނިދި މުޅިން ފިލައިގެން ދިޔައެވެ.” ދޮންބޭ.. ދޮންބެދައްތާ.. ނިކުމެބަލަ.. ” މަޔާން އަޑުގެ ކޮޅަށް ގޮވަންފެށިއެވެ.” ސާބަހޭ… ކިހިނެއްހޭ ވީ.. ” ރާއިލް ހަޅޭއްލަވައި ގަތެވެ.” އިލޫ ނުފެނިގެން މިއުޅެނީ… ” މަޔާން ދެރަވެފައި ބުންޏެވެ. ކައިރީގައި ލުޔާ ވެސް ކަރުނަވީ ލޮލަކާއި އެކު ހުއްޓެވެ.” އޭނ.. ” ހިޝާ ކަންބޮޑުވިއެވެ. އަދި އަވަސްވެގަތީ އިލްޔާ ވީ ތަނެއް ހޯދަންށެވެ.
އިލްޔާ އަށް ލޯ ހުޅުވާ ލެވުނީ މީހަކު ލައިޓް ދިއްލިތަނާއެވެ.” ހަހަ.. އެންމެ ފަހުން ބަދަލު ހިފާލަން ފުރުސަތު ލިބުނީ….. މާސްކް ނުނަގާތި ކަލޭމެން.. ހަނދާންކޮށް ކަލޭ.. ! ” ލީޝާ ނަބާއަށް އިޝާރާތް ކޮށްލިއެވެ.” ލީޝާ މަށަށް ކޮން ބަދަލެއް ނުދެވިގެން ތި ތެޅި ފޮޅެނީ.. ” އިލްޔާ ހިތްހަމަ ނުޖެހުނެވެ.” މަޔާންގެ ކަމުގަ.. އޭނަ ހައްގުވާނީ ހަމަ އެކަނި މަށަށް.. ފުރަތަަމަ މަ ބުނާނީ ރީތިކޮށް.. ކަލޭ މަޔާން އާ ދުރުގަ ހުރޭ.. ” ލީޝާ އަމުރު ކޮށްލިއެވެ.” ނުވާނަން ދުރެއް.. !! މެރިޔަސް ހެޔޮ… ދެން ކަލޭ ގާތަކަށް މަޔާން އެއް ނާންނާނެ.. ” އިލްޔާ ހަޅޭއްލަވައި ގަތެވެ. ލީޝާ ދެލޯ ހަނި ކޮށްލާފައި އިލްޔާ އަނގައަށް ފިތާލިއެވެ.” ކަލޭ ހިތުހުރިހާ އެއްޗެއް މަށާ ދިމާއަށް ނުކިޔައްޗޭ.. ކަލޭ މަ ބުނި ބަސް ނޭހީމަ އޮންނާނީ މަރާ ގާތަށް ގޮއްސަ.. !! ” ލީޝާ ހައިމަން ކައިރީގައި ވަޅިއެއް ގެންނަން ބުނެފައި އިލްޔާ ގައިގައި ފައިން ޖެހިއެވެ. ގަޔަށް ވީ ތަދާއި އެކު އިލްޔާ އަށް ހަޅޭއްލަވައި ގަނެވުނެވެ.
” ކުރިން ވެސް ބުނިން ދޯ މަ ބުނާ ކަންތައް ނުކުރަންޏާ އޭގެ ނަތީޖާ ވަރަށް ހިތި ވާނެއޭ.. ކަލޭ މަރުވާން ތައްޔާރު ވޭ.. ” ހައިމަން ވަޅި ގެނައުމުން ލީޝާ އިލްޔާ މޫނުގައި ދިގުކޮށް އަޅާލިއެވެ. އެއާއިއެކު އެ ތަނުން ލޭތައް އޮހިގަތެެވެ.” މަށަށް ހެވޭ ކިތަންމެ ވަރަކަށް ތެޅިޔަސް.. ” އިލްޔާ އަނެއްކާ ވެސް ބުންޏެވެ. ލީޝާ އައި ރުޅިން މިފަހަރު ކައިރީގައި އޮތް ލަކުޑިގަނޑެއް ނަގައި އަތަށް ހެޔޮވަރު ކޮށްލިއެވެ. އަދި އަތުގައި ހުރި ބާރެއް ލާފައި އައްސާފައި އޮތް ވާތައް މަތިން އިލްޔާ ގައިގައި ޖެހިއެވެ. އިލްޔާ ރޮއިގަނެފައި ހަޅޭއްލަވައި ގަތެވެ. ނަމަވެސް އޭނާ ހަގީގީ ލޯބި ވެރިޔާއަށްޓަކައި އޭނަ ކެތް ކުރާނެއެވެ. ތަޅާ މެރިޔަސް އޭނާއަށް ހެވެވެ.” ކަލޭ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް މީހަކު ނާންނާނެ.. މީ މިރަށު މީހުން ނާންނަ ދިމާ… ކަލޭ ހަޅޭއްލެވިޔަސް މަށަށް ހެޔޮ !! ” ލީޝާ އަނެއްކާ ވެސް އިލްޔާ ގައިގައި ޖެހިއެވެ.” މަ ހަޅޭއްލަވެސް ލަވާނަން.. އެކަމަކު ބުނަން…. މަޔާން މިހާރު މީހަކާ ރައްޓެހިވެގެން އެއުޅެނީ.. ވަރަށް އަވަހަށް އެ ކުއްޖާ އާ އިންނަން.. ދެން ލީޝާ އަކަށް މަޔާން އެއް ނުލިބޭނެ.. ” އިލްޔާ ވަރަށް އުނދަގުލުން ވާހަކަ ދެއްކިއެވެ.
” ކާކާ އިންނަނީ…. ބުނޭ !! އޭރުން އިލްޔާ ސަލާމަތް ވާނެ.. ” ލީޝާ އިލްޔާ ގައިގައި ޖެހުން ހުއްޓާލިއެވެ. އެ ހުރިހާ ތަނެއް ބަލަން ހުރި ނަބާ ހުރީ ރޮވިފައެވެ.” ނުބުނާނަން ކިތަންމެ ވަރެއް ކުރިޔަސް… ” އިލްޔާ ދެލޯ މަރާލީ ގައިގައި އަޅާ ވޭނަށް ކެތް ނުވެގެން އެވެ. އޭނައަށް ކިތަންމެ ވަރެއް ކުރިޔަސް މަޔާން އަށް ކަމެއް ކުރާކަށް ލީޝާ އަކަށް ނުކެރޭނެ ކަން އިލްޔާ އަށް އެނގެއެވެ. މިހާރު ލުޔާ އާ މަޔާން މެން އިލްޔާ ހޯދަން އުޅޭނެ ވަރު ހިތަށް އަރާފައި ހިތުގައި ޖެހުނެވެ. އަނެއްކާ ވެސް ލީޝާ ލަކުޑިގަނޑު ނަގައި އިލްޔާ ގައިގައި ޖަހަން ފެށިއެވެ.” އޭއި އާދެބަލަ….. މަ ވަރުބަލި ވެއްޖެ… ހަމަ ގައިމުވެސް ކަލޭ އަތުގަ ވަރު ހުންނާނެ މީނަ ފުނޑޭ ވަރަށް ވެސް.. ” ހައިމަން އަށް ލަކުޑިގަނޑު ދެމުން ލީޝާ އިށީނެވެ.” ޔަގީނެއްނު… ” ހައިމަން ފޯރީގައި ތެދުވެ ލަކުޑިގަނޑު ގައި ހިފިއެވެ. އިލްޔާ ބިރުން ގޮސް ވިރޭ ވަރުވިއެވެ. ހައިމަން ފުރަތަމަ ޖެހުމުން ވެސް އިލްޔާގެ ކަށިތައް ހީވީ ޗިސް ވިހެންނެވެ. އަޑުން އަޑުނަގާ އިލްޔާ ހަޅޭއްލަވައި ގަތީ ކަރުންވެސް އަޑު ދާ ވަރަށެވެ.
ރަށުގެ ގިނަ ތަންތަން ބަލާފައި އިލްޔާ ނުފެނުމުން މަޔާން މެން ދިޔައީ ވަލާއި ދިމާއަށެވެ. އެތަނުން މީހަކު ހަޅޭއްލަވައި ގަތް އަޑު އިވުމުން ހިޝާ މެންނަށް ހުއްޓެވުނެވެ. ނަމަވެސް ކޮން ދިމާއަކު ކަމެއް ޔަގީނެއް ނުވިއެވެ. ހީވި އަޑެއް ކަމަށް ބަލައި ހަތަރު މީހުން ހިނގައިގަތީ އެއީ އިލްޔާގެ އަޑުކަން ނޭނގޭ ހާލުގައެވެ. މަޔާން އަށް ކުޑަކޮށް ޝައްކުވިއެވެ. އެހެންނަމަވެސް މާ ބޮޑު ކަމަކަށް ނުހެދީ އަވަސް އަރުވާލައިގެން އުޅެން ހަދައިގެންނެވެ.” ކޮބާތަ އިލޫ.. މިހާރު ރަށް އެއްކޮށް ހެން ބެލިއްޖެ.. ” މަޔާން ލޮލުގައި ކަރުނަ ޖަމާވެފައި ހުއްޓެވެ.” ކައެ ރޮނީތަ.. ” ރާއިލް އައިސް މަޔާން ކައިރީގައި އިށީނެވެ.” ހްމްމްމް.. ރޮވޭނެއެއްނު މަގޭ ލޯބި ގެއްލުނީމަ.. ” މަޔާން އަޑުގައި ވާ ރިހުން ލުޔާ އަށް އިހުސާސް ކުރެވުނެވެ.” ވެއިޓް.. ތި ދެމީހުން އުޅެނީ ރައްޓެހި ވެގެންތަ.. ” ލުޔާ ހައިރާންވިއެވެ.” ހްމް.. ރޭގަ ހަމަ.. ” މަޔާން ފުން ނޭވާއެއް ލާފައި ގަހުގައު ލެނގިލިއެވެ.
” އިލްޔާ.. ނޫން އިލްޔާއަށް އެހެން ނަހަދާ !!!… ” ނަބާ އަށް ނުހުރެވިގެން އިލްޔާ ކުރިމައްޗަށް އެރިއެވެ. އިލްޔާ ހައިރާންވެފައި އިސްއުފުލާ ބަލާލީ ދަންނަ އަޑެއް އިވުމުންނެވެ.” އޭއި ކަލޭ މަޑުން ހުރެބަލަ… ” ހައިމަން ނަބާ ދުރަށް ކޮށްޕާލާފައި ލަކުޑިގަނޑު މަޅާލިއެވެ. އޭގެކުރިން ނަބާ ދުވެފައި ގޮސް އިލްޔާގެ ކުރިމަތީގައި ހުއްޓުނެވެ. ހައިމަން ނުލާހިކު ބާރަށް ޖެހުމުން ނަބާގެ އަތް ބިންދައިގެން ނުދިޔައީ ކިރިޔާއެވެ.” ހެޔޮނުވާނެ ތިހެން ހަދާކަށް… ” ނަބާ މާސްކް ނެގިއެވެ. އޭރު ނަބާ ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.” މަ ހުއްޓަކާ އޭނައަށް ކަމެއް ނުވާނެ.. ” ނަބާ ރޮމުން ބުންޏެވެ.” އޭނަ ވެސް ހަމަ އިލްޔާ އައްސައިފަ ހުރި ގޮތަށް އައްސާ.. ” ލީޝާ ޗޮކެއް ކަނޑާލާފައި އަމުރު ކޮށްލިއެވެ. ހައިމަން އަވަސް އަވަހަށް ނަބާ ބަނދެލިއެވެ. މިފަހަރު ހައިމަން ޖެހީ ސީދާ އިލްޔާގެ ބަނޑުގައެވެ. އިލްޔާ މިފަހަރު ވެސް ހަޅޭއްލަވައި ގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަނގައިން ވެސް ލޭތައް އޮހިގަތެެވެ. މީ އެންމެ ފަހު ވަގުތު ބާއޭ އިލްޔާ ހިތަށް އެރިއެވެ.
– ނުނިމޭ –