Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި_2

Princess Level 210 Stories100 Comments
April 1, 2021 One Min Read
1 Comment

އަހަރެން ފުރަތަމަވެސް އެޅި ފިޔަވަޅަކީ އޭނާގެ ކޮއްކޮއާ ގުޅުން ބަދަހިކުރުމެވެ. އަހަރެން ކުޑަކުޑަ އިސްޕީކަރު ޖޯޑެއްވެސް އެ ކޮއްކޮއަށް ދިނީމެވެ. އެ ކޮއްކޮގެ ރަޙްމަތްތެރި ކަމުގައި އަހަރެން އެގެޔަށްގޮސް އުޅެން ފަށައިފީމެވެ. އޭނަގެ ބައްޕައަކީ ކަނޑަށް ނިކުންނަ ކޮންމެ ދުވަހަކު ހައްސަ ބާނާ މަޝްހޫރު ކެޔޮޅެއްކަމުން، ކެޔޮޅުބޭ އަބަދުވެސް އުޅެނީ ކަނޑުމަތީގައެވެ. މި ރަޙްމަތްތެރި ކަމުގައި އެގެޔަށްދާ ދިޔުމުގައި އެގޭ ކުޑަކުދިންނަށް ބޭބެ ކިޔައިދީ، މެޓައާއި، ޗުވިންގަމް އަދި ސުޕާރިފަދަ، ކުޑަކުދިން ފަހިވާ އެއްޗެތިދީ، އެކުދިންގެ ގޮތްވެސް އަހަރެންގެ މައްޗަށް އަނބުރުވާލީމެވެ.       މިހިސާބަށް އަހަރެންގެ މި “ފުޓްބޯޅަ ގޭމް” ދިޔައިރު، އަހަރެންގެ ހިތުގެ ރަނިކަމަނާ މުޚާތަބުކޮށް ފައިންޕުޅަށް ކުރުނީސް ކުރެވޭވަރަށް ކުރިޔަށް ގެންގޮސްފީމެވެ. ރޯކޭލޭހިތާ ދެތަލި ތަތްލާފައި ނުހުރެ، އަހަރެންގެ ހިތުގެ އުދާސް ގަނޑު، ގަދަ އާތްވާއެކު އެރީތި ފަރި މަލިކާގެ ކުރިމައްޗަށް ބަންޑުން ޖަހާލައިފީމެވެ. އަހަރެން ހީކުރި ފަދަ “މާމުޔަށްވުރެވެސް ފޮނި” ޖަވާބެއް އަހަންނަށް ލިބުނެވެ.

މިއީ ފުރަތަމަ އަހަރެންގެ ލޯބި ފެށިގެން އައި ހިސާބެވެ. އަހަރެންގެ ފުރަތަމަ ލޯބީގެ ބައްދަލުވުންތައް ރަށުގެ ބާޑީފަށުގައި ހުރި ގާފުނިތަކުގެ ނިވަލުގައި، ބަކަރިކޮށިތަކުގެ ބިއްދޮށުގައި ބާއްވަމުން ދިޔައީ ވަރަށްވެސް ފޮނި އަސަރުން ފުރިގެންވާ އިންތިޒާރުތަކެއް އެ ލޯބީގެ ފުރަގަހުގައި ބާއްވައިގެންނެވެ. ކޮންމެއަކަސް، މާގިނަ ދުވަސްތަކެއް މިގޮތުގައި ދެމިހުރެވޭނެ ގޮތެއްނުވިއެވެ. ލޯބިވެރިޔާގެ މަންމައަށާއި ބައްޕައަށް މިކަން އެނގި، ލޯބިވެރިޔާއަށް އަހަރެން ބައްދަލުނުކުރުމަށް އަންގައިފިއެވެ. އަދި، އަހަރެންނާ އަހަރެންގެ ލޯބިވެރިޔާއާ އަރާ އަރާފޯދިގެން ނުވާކަމަށްވެސް ބުނެފިއެވެ. އަދި އަހަރެންގެ ލޯބިވެރިޔާއަކީ ކިޔަވާ ކުއްޖަކަށްވެފައި، އަހަރެންނަކީ ނުކިޔަވާހުރި މީހަކަށްވާތީއެވެ.

_ނުނިމޭ_

ލިޔުންތެރިޔާގެ ބަސް: މި ބައިވެސް ރީތިވާނެކަމަށް އުއްމީދުކުރަން. އަނެއް ބައި ވަރަށް އަވަހަށް ގެނެސްދެވޭތޯ ބަލާނަން. އިންޝާ ﷲ. އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ!!!!

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 14

Next

ހިރާސް 20

Next
April 1, 2021

ހިރާސް 20

Previews
April 1, 2021

ތިޔަ ލޯތްބަށް އެދެމޭ – 14

One Comment

  1. Princess says:
    April 2, 2021 at 8:04 am

    Mee mi vhk 2 vana part v avahah 3 vana part genesdheveytho balaanan . imsha allah.aneh bayah inthixaaru kohlahvaa love you readers???

Comments are closed.

Next Episodeލޯބި 3←


All Right Reserved!