Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަދިވެސް ލޯބި ބޭނުމޭ. . (2)

Husaan Level 1100 Login
March 13, 2021 2 Mins Read
4 Comments

    ދުވަސްތަށް ފާއިތުވަމުން ގޮސް ޝާނީ ނިޔާވިތާ 9 މަސް ވެއްޖެއެވެ. ޝާނީ ނިޔާވި ކަމުގައިވިޔަސް، އަހަރެންގެ ހިތުގައި ޝާނީ އަށް ދެވިފައިވާ މަޤާމަށް ބަދަލެއް ނާދެއެވެ. ޝާނީގެ ހަދާންތަށް ހިތަކުން ފޮހެވިގެނެއްނުދެއެވެ. އެކުގައި އުޅުނު ދުވަސްތަކުގެ މަތިން ހަދާނެއްނުނެތެއެވެ. ޝާނީ ނިޔާވި ދުވަހުގެ ކަންތަށް ހަދާން ނައްތާލަން މަސައްކަތް ކުރިޔަސް ހަމަ އިތުރަށް ހަދާން އާ ކުރެވެނީއެވެ. ދެންމެ ވީ ކަމެއް ހެން ހިތުގައި ބިންވަޅު ނެގިފައިވެއެވެ. ހިތަށްއަރާ އެދުވަހު އެހޮސްޕިޓަލަށް ނުދެވުނުނަމައޭ. . . 

 

ޝާނީގެ ހަދާންތަކުގައި ދުވަސްތަށް ބޭކާރު ކުރަމުންދާތީ، ޝާނީގެ މަންމަ ސާމުނާ ހުންނަނީ ވަރަށް ކަންބޮޑުވެ، ދެރަވެފައެވެ. ޝާނީ ނިޔާވި ކަމުގައިވިޔަސް، އަހަރެންގެ އަމިއްލަ ގެއެއްގައި އުޅޭ ގޮތަށް އެގޭގައި އުޅެން މަންމަ އަހަންނަށް ނަސޭހަތް ދެއެވެ. މިހެން އުޅުމުގެ ތެރޭގައި މަންމަ ބުންޏެވެ. 

” ދަރިފުޅާ . . . .  މަންމަ ވަރަށް ދެރަވޭ ދަރިފުޅު ތިގޮތަށް އަބަދު ދެރަވެފަ އިންނާތީ . . . . އިތުރު ކައިވެންޏެއް ކޮށް، ދަރިފުޅުގެ ހަޔާތް އާ ފެށުމަކުން ފަށަންވީ އެއްނުން . . ؟“

”ނޫން މަންމާ . . . . އަހަރެން ބޭނުމެއް ނޫން ދެން އިތުރު ކައިވެންޏެއް ކުރާކަށް . . . . ޝާނީ އަހަންނާ ވަކި ވެގެން ދިޔަ ގޮތަށް އެހެންމީހުންވެސް

ހިގައިދާނެ . . . އަހަރެން ބޭނުމެއް ނޫން އެއްވެސް އާއިލާ އަކަށް ހިތްދަތިކަން ދެކަށް . . . . .“

އަހަރެން މަންމަގެ ބުނުމަށް އިންކާރު ކުރީމެވެ.

ނަމަވެސް މަންމަ ތަކުރާކޮށް އެވާހަކަ ދައްކާތީ، މަންމަގެ އެދުމަށް އަހަރެން އިތުރު ކައިވެންޏެއް ކުރަން ނިންމީމެވެ.

ދުވަސްތަކަކަށް ފަހު އަހަރެން ކައިވެނި ކުރަން ރަނގަޅު ކުއްޖަކު ފެނުނެވެ. އަހަންނަށް އެންމެ ހެޔޮއެދޭ، އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ 28 ޖަނަވަރީ 2000 ގައި އުފަން އައިޝަތު ޝަމްހާއެވެ. 

    ޝަމް ބުނި ގޮތުގައި ދެމީހުން ފުރަތަމަ ދިމާވި ދުވަހު އޭނާ އަހަރެންދެކެ ލޯބި ވިއެވެ. ނަމަވެސް ބުނަން ނުކެރި ހުރީއެވެ.

”ސާން ޝާނީ އާ ކައިވެނި ކުރި ދުވަހު ވަރަށް ދެރަވި …. އަދި ޝާނީ ދުނިޔެ ވަކިވި ކަމުގެ ޚަބަރު ލިބުނު ދުވަހު އެއަށްވުރެ މާބޮޑަށް ދެރަވި . . . . .“

ޝަމް އޭނާގެ ހަޔާތުން ސަފްހާއެއް ކިޔައިދިނެވެ. 

   ޝަމް އަކީ އަަހްލާގު ރަނގަޅު، ކިޔަމަންތެރި، ވިސްނުންތޫނު، މައިންބަފައިންނާއި ބޮޑެތި މީހުންނަށް އިހްތިރާމްކުރާ ލަދު ރަކި ކުއްޖެކެވެ. އަހަންނަށްވުރެ އެއް އަހަރު ހަގު ކަމުގައި ވިޔަސް އަހަންނަށް މައްސަލައެއްނެތެވެ. އެއީ ލޮތްބަކީ އުމުރުން ވެވޭ އެއްޗަކަށް ނުވާތީއެވެ. އިސްކޫލު ދުވަސްވަރުން އައިސް މިއަދާ ޖެހެންދެން ޝަމް އަކީ އަހަރެންގެ ހުރިހާ ކަމެއްގައި ބައިވެރިވެ އަހަންނަށް އެހީވެދިން އަހަރެންގެ އެންމެ ގާތް، އެންމެ ރަނގަޅު އެކުވެރިޔާއެވެ. ނަމަވެސް މިއަދު އެ އެކުވެރިކަން މިވަނީ ލޮތްބަށް ބަދަލުވެފައެވެ. 

     ޑަކުޓަރު ކަން ކިޔަވަމުން އަންނަ ޝަމްގެ ހަޔާތާއި އަހަރެންގެ ހަޔާތް ހަމަ ދާދި އެއްގޮތެވެ. ޝަމްގެ ލޯބިވެރިޔާ ޝަމްއާއި ވަކިވީއެވެ. ހަމަ އެގޮތަށް އަހަރެންގެ އަބިމީހާވެސް އަހަންނާ ވަކިވީއެވެ.

    ޝަމް ރާއްޖެއައީ ކުޑަ ޗުއްޓީއަކަށެވެ. ޗުއްޓީ ހަމަވުމާއި އެކު ފުރައިގެން ދިޔައީ ޕެރިސް އަށެވެ. ކިޔެވުމުގެ މަރުހަލާތަށް ފުރިހަމަކުރުމަށެވެ  ދެމީހުން ދުރުގައިތިބެން އުދަގޫ ވާނެކަން އެނގިހުރެ އެގޮތަށް އެކަން ކުރީ އިތުރުގޮތެއް ނެތިގެންނެވެ. ޝަމްގެ ކިޔެވުމަށް އެޅޭ ހުރަހަކަށް އަހަންނެއް ނުވާނަމެވެ. އަދި އެހެންމީހަކު ހުރަސް އެޅިޔަކަ ނުދޭނަމެވެ.

ދުވަސްތަށް މަސްތަކަށް ބަދަލުވެ، މަސްތަށް އަހަރުތަކަށް ބަދަލުވެގެން ގޮސް ޝަމްގެ ކިޔެވުމުގެ މަރުހަލާތަށް ނިމިއްޖެއެވެ. ޕީ.އެޗް.ޑީ އާ ހަމަޔަށް ކިޔެވުމަށްފަހު ޝަމް އައީ ރާއްޖެއެވެ. އާއިލާ މީހުންނާއި ރައްޓެހިންނާއި އެކު ކުޑަ ދުވަސްކޮޅަކު ހުރުމަށްފަހު އަނެއްކާ ފުރައިގެން ދިޔައީ އެވެ.  މިފަހަރު ދިޔައީ އަހަރެންވެސް ގޮވައިގެންނެވެ. އެއީ ޝަމް ބޭނުންވި ގޮތެވެ. 

 

ދެ ގަނޑި އިރުގެ ދަތުރަކަށްދަހު ޕެރިސް އަށް ދެވުނެވެ. ޕެރިސްގެ ރީތި މާހައުލު ފެނިފައި އަހަރެން ހިތަން އެރީ މިއީ ދުނިޔެމަތީގެ ސުވަރުގެކަމަށެވެ. ރާއްޖެއިން ނުފެންނަ ބޮޑެތި އިމާރާތްތަކެވެ.  ގުނާ އަދަދު ނުކުރެވޭހާ ގިނަ ވެހިކަލްތަކެވެ. ރީތި ބޮޑު ފަރުބަދަތަކެއް ފަދަ ހޮޓެލްތަކެވެ. ބަލާ ފޫހި ނުވާހާ ރީތި މަންޒަރު ތަކެކެވެ. 

އަހަރެމެން ތިބެން ހަމަޖެހިފައި ވަނީ އެތަނުން ރީތި ހޮޓަލެއްގައެވެ.  ވަށައިގެން ޖަހައިފައިހުރީ ބިއްލޫރި އެވެ. އެތެރެ އެހާމެ ރީއްޗެވެ. އެތެރެއަށް ވަދެފައި ނުކުންނަހިތެއް ނުވިއެވެ. 

ދެމީހުން އެކީ އެތެރެއަށްވަދެ ފޮށިތަށް ބަހައްޓާފައި ކުޑަކޮށް އަރާމް ކޮށްލީއެވެ. ދިގު ދަތުރެއް ކޮށްފަ އައީމަ ވަރުބަލި ވެފައި ހުރީމައެވެ. 

 

 

Share Article

Follow Me Written By

Husaan

Level 1100 Login

Other Articles

Previous

ވާން އެދެމޭ ގާތުގާ (8)

Next

ބަދަލުވި ހަޔާތް

Next
March 13, 2021

ބަދަލުވި ހަޔާތް

Previews
March 13, 2021

ވާން އެދެމޭ ގާތުގާ (8)

4 Comments!

  1. redlailacrose says:
    March 13, 2021 at 9:19 pm

    Hi???the stry is really beautiful as usual ??? waiting for next part ??? nd ive posted a new poem??? hope to see your comments ??? stay safe ??

  2. NNAUU says:
    March 13, 2021 at 10:07 pm

    good job….waiting for the next part

  3. YEOJA says:
    March 13, 2021 at 10:37 pm

    Masha Allah mi part vxx vrh furihama??
    Shaanee ah vee goi vrh dera . ??
    Waiting for the next part
    Stay safe ??

  4. samko says:
    March 14, 2021 at 1:48 pm

    V. Reethi. ?❣️
    Dhn anna part Thankolhe dhigukoh genes dheene kama ummedhukuran ?

Comments are closed.



All Right Reserved!