Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އަދިވެސް ލޯބި ބޭނުމޭ. . . .

Husaan Level 1100 Login
March 3, 2021 3 Mins Read
3 Comments

މެންދުރު ނި މި ހަވީރު ވުމާއި އެކު އަހަރެން ތުޑިއަށް ދިޔައީ މެވެ. ރީތި ސާފު ދޮންވެލިގަނޑެކެވެ. ބިއްލޫރި ގަނޑެއްފަދަ މޫދެކެވެ. ހަމަހިމޭން  މާހައުލުގައި ދޮންވެލިގަޑު މަތީ އަހަރެން ހިނގަމުން ދަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ރީތި އަންހެން ކުއްޖެކެވެ. ފައި ހިމަ ކަޅު ޖިންސަކާއި ރަތް ޓޮޕެއް ލައިގެން ހުރި އިރު އުމުރުން ހަގު ފާޑެއް ޖަހައެވެ. ވައިގެ ތެރެއަށް އުދުހިލަން ދޫކޮށްފައިވާ ކަޅުކަން ގަދަ އިސަތަށިގަނޑު އޭނާގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދެއެވެ. އިރުގެ އަވި އެޅުމުން މަޑު އަޅި ކުލައިގެ ދެލޮލުން އުފައްދަމުން ދިޔައީ ޖާދޫއެކެވެ.

ފެންނަ ފެނުމަށް އަހަރެން ދަންނަ ކުއްޖަކާ ވައްތަރެވެ. އެހެންކަމުން އަހަރެން ގޮސް ވާހަކަ ދެއްކީ މެވެ.

” ހާއި. . . . ޝާނީ ތަ؟“

އެ އަންހެން ކުއްޖާ ހީލާފައި ބުންޏެވެ.

” ލައްބަ ޝާނީ . . . ތީކާކު؟“

”ނޭގުނުތަ؟ މިއީ ސާން. . . “

އަހަރެން ޝާނީ ކުރި ސުވާލަށް ޖަވާބު ދިނީމެވެ.

ޝާނީ އަކީ މީގެ ފަސް އަހަރު ކުރިން އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. ލ.އިސްދޫ އަށް އުފަން މަރިޔަމް ޝާނީ އަކީ އަހަންނާ އެއް އުމުރެއްގެ ކުއްޖެކެވެ. އެހެންކަމުން ދެމީހުންގެ ހިޔާލާއި ވިސްނުން އެހާމެ އެއްގޮތެވެ. އިސްކޫލުގެ ފަހު އިމްތިޙާނަށް ފަސް  މަސް ދުވަހަށް ވެފައި ވަނިކޮށް ޝާނީ އާ ވާހަކަ ދައްކައިގެން ސޯޝަލް  މީޑިއާ އާ ދުރުވީމެވެ. އެފަހުން އިސްކޫލް ނިމި އަހަރެންގެ ފޯނު ހަލާކުވެ ޝާނީ އާ ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.. ޝާނީ  މާލެ އުޅޭކަން އެނގުނީ ރައްޓެހި ކުއްޖެއްގެ ފަރާތުންނެވެ. އެހެންކަމުން އަހަރެން މާލެ ދިޔައީމެވެ. އެއީ ޝާނީ ހޯދައި، ޝާނީއާ އެކު ޒަވާޖީ ހަޔާތެއް ފެށުުމުގެ ނިޔަތުގައެވެ.

ދެ މީހުން އެކުގައި ރާޅު ބީއްސާ ހިސާބުގައި ހިނގަމުން  ދިޔައީމެވެ. ވަކި ހިސާބަކަށް  ދެވުނުތަނާ ޝާނީ އަހަންނާ ސުވާލެއް ކުރިއެވެ. ”ސާން އަދިވެސް އަހަރެން ދެކެ ލޯބި ވޭތަ؟“ އަހަރެން ދިނީ ކުރު ޖަވާކެވެ. އެއަށްފަހު ސުވާލެއް ކުރީމެވެ.

”އާ. . . . .ލޯބި ވޭ. . . ޝާނީ އަހަރެން ދެކެ ލޯބި ވޭތަ؟“

ޝާނީވެސް ދިނީ ހަމަ އަހަރެން ދިން ޖަވާބެވެ. ޝާނީ ބޭނުންވަނީ  ދުވަސްތައް ބޭކާރުނުކޮށް އަވަހަށް ކައިވެނި ކުރާށެވެ. އެހެންކަމުން ދެފަރާތުގެ އާއިލާއާ ވާހަކަ  ދެއްކުމަށް ފަހު 27 އޮގަސްޓު 2020 ގައި ކައިވެނި ކުރަން ނިންމީ      ދެ މީހުންވެސް ވަރަށް ވިސްނާފައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެ ދުވަހުގެ އިރު އަރިފިއެވެ. އާދައިގެ ދުވަހެކޭ އެއްގޮތަށް އަހަރެން ފަތިސް ނަ މާދު ކޮށްގެން މިސްކިތުގައި ޤުރުއާން ކިޔަވަން އިނު މަށް ފަހު ގެއަށް އައި އިރު ޝާނީ އިނީ ޤުރުއާން ކިޔަވާށެވެ. އެހެންކަމުން އަހަރެން އިނީ ބޭރު ޖޯލީގައެވެ. އިންދާ މާގިނައިރެއް ނުވެ ޝާނީ އަހަންނަށް ސައިބޯން ގޮވައިލިއެވެ. އަހަރެން ސައި ބޮއި ނިމިގެން ތުޑިއަށް ދާން ތައްޔާރު ވީމެވެ. ކައިވެނީގެ ވަލީމާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ތުޑީގައި ކަމުން އެތަން ތައްޔާރު ކުރުމަށެވެ. ރައްޓެހި ކުދިބަޔަކާއި އެކިއެކި ކުދިން އެތަން ތައްޔާރު ކުރުމުގައި އެހީތެރިވިއެވެ. އެއްބަޔަކު ދައުވަތު ކާޑު ބެހުމުގައި އުޅުނުއިރު، އަނެއް ބަޔަކު ކެއްކުމުގެ ކަންތަކުގައި ހަރަކާތް ތެރިވަނީއެވެ.

ވަގުތު ކުޑަތަން ވަނީއެވެ. ހަފްލާއަށް ދާ ގަޑި ޖެހެނީއެވެ. ދެމީހުން  ހަފްލާއަށް ދާން ހަމަޖެހިފައި ވަނީ ކާރުގައި ކަ ުން އެއްވެސް ހާސް ކަމެއްނެތެވެ. ވަގުތަށް ދެވޭނެ ކަމުގެ ޔަގީން ކަން އޮތެވެ.  ވަލީމާގެ ހަފްލާއަށް ދެވިއްޖެއެވެ. އެކި އެކި އުމުރު ފުރައިގެ މީހުން އައިސް އަހަރުމެންގެ އަލަތު ކައިވެންޏަށް  މަރުހަބާ ކިޔަ މުން ދިޔައެވެ. 11:30 ހާއިރު ހަފްލާ ނިންމާފައި ވަރުބަލި ކަމާއި އެކު ގެއަށް އައި ތަނާހެން  ދެ މީހުން ނިދިއްޖެއެވެ.

ދުވަސްތައް ފާއިތު ވަމުން ގޮސް ކައިވެންޏަށް ދޮޅު އަހަރު ވީ އިރުވެސް ދަރިއަކު ހޯދުމާއިމެދު ދެމީހުން ވާހަކައެއް ނުދައްކަމެވެ.  އެހެންކަމުން އެރޭ އެވާހަކަ އަހަރެން ޝާނީ ކައިރީގައި ބުނީ މެވެ. ޝާނީވެސް އެކަމަށް ތަރުހީބުދީ އެކަން ކުރަން ނިންމިއެވެ.

ދުވަސް ތަކަކަށްފަހު ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި  ޚަބަރު ޝާނީ އަހަންނަށް ދިނެވެ. ވީ އުފަލުން އަހަންނަށް ހުރެވުނު ތަނެއްވެސް ނޭނގުނު ކަހަލައެވެ.

”މި ޚަބަރު މަންމަ އަށް ދޭނީ ރަށަށް ގޮސް. . . .“ އަހަރެން މިހެން ބުނުމުން ޝާނީ އެކަ މާ އެއްބަސްވިއެވެ. އޭގެ ތިން ހަފްތާ ފަހުން ރަށަށް ދެވުނެވެ. އެ ޚަބަރު ޝާނީގެ މަންމަ އަށް ލިބުމުން ހުރީ ވަރަށް އުފާވެފައެވެ. އުފަލުން ގޮސް ރޮވުނެވެ.

”ވަރަށް އުފާވެއްޖެ. . . އަދި އަހަރެންގެ އަލަތު  މާމަ ދަރި އުފަންވާ ދުވަހު މިއަށްވުރެ އުފާވާނެ. . . “ ޝާނީގެ  މަންމަ ބުނީ މިހެންނެވެ. ދެ މީހުން ވާހަކަ ދައްކައިގެން ވިހައި ގަދަ ވަންދެން   މަންމަ ކައިރީ ރަށުގައި ތިބެން  ނިންމީމެވެ. އެހެންކަ މުން އަހަރެން ރަށުން ވަޒީފާއެއް ހޯދީ މެވެ. ވަރަށް ފަސޭހަ ކަމާއި އެކު އެ ރަށުގެ ހޮސްޕިޓަލުގެ އެސިސްޓަންޓް މެނޭޖަރުކަން ހަމަޖެހުނެވެ. މަހަކު 25000 ރުފިޔާ ލިބޭ މި ވަޒީފާ އާ މެދެ އަހަރެން ވަރަށް ހިންހަމަޖެހެއެވެ.

ދުވަސްތަށް މަސްތަކަށް ބަދަލުވަމުން ގޮސް ޝާނީ ވިހެއުމުގެ ދުވަސް ކައިރި ވެއްޖެއެވެ. އަހަރެން ވަޒީފާއިން ކުޑަ ދުވަސް ކޮޅެއްގެ ޗުއްޓީއެއް ނެގީ މެވެ. ޝާނީ އާ އެކު ވަގުތު ހޭދަ ކުރު މަށެވެ. ޑަކުޓަރު އަންދާސާ ކުރި ގޮތުން 11 މާރިޗު ގައި ވިހާނެއެވެ. ތިން ދުވަހަށް ވެފައި ވަނިކޮށް ޝާނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފިއެވެ. ޝާނީގެ ބަނޑުގައި ވަރަށް ގަދައަށް ރިއްސާތީއެވެ. ޑަކުޓަރުން ބުނީ އެއީ ވިހާ ތަދެއް ނޫން ކަމަށާއި އިރު ކޮޅަކުން ކެޑިދާނެ ކަމަށެވެ. އެހެން ނަމަވެސް އެހެންނެއް ނުވިއެވެ. ޝާނީގެ ހާލު ދިޔައީ ގޯސް ވަމުންނެވެ. އަހަރެން ދިޔައީ ޑަކުޓަރުންގެ ލަފާއާ އެއްގޮތަށް ކަންތަށްތަށް ކުރަމުންނެވެ. ޑަކުޓަރުން ދިޔައީ އެކި ޒާތް ޒާތުގެ ބޭހާއި އިންޖަކްޝަން ޖަހައިގެން އެ ތަދު ކަނޑުވާލާށެވެ.. 9 މާރިޗު ވީ އާދީއްތަ ދުވަހު މެންދުރު އެ ތަދު ކެނޑުނެވެ. ތަދު ކެނޑުނީ ކުޑަ ވަގުތު ކޮޅަކަށް ނޫނެވެ. މުޅި އު މުރަށެވެ. ޑަކުޓަރުން ބޭސް ދިން ވަރުން، ބަނޑުގައި އޮތް ދަރިފުޅާއި އެކު ޝާނީ މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. މުޅި އުމުރަށް އަހަންނާ ވަކިވީއެވެ. އާއިލާމީހުންނާއި ރައްޓެހިން ދޫކޮށްފައި ޝާނީ  އަހަރު މެންނާއި ވަކިވެގެން ދަން ޖެހުނީ ޑަކުޓަރުންގެ އިހުމާލުންނެވެ. މިއަދު އަހަރެން ގުނަމުން މިދަނީ ދުވަހަކުވެސް އަހަރެން އުންމީދު ކުރި ދުވަސްތަކެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Husaan

Level 1100 Login

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (13)

Next

ނީޝް 2

Next
March 3, 2021

ނީޝް 2

Previews
March 3, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (13)

3 Comments!

  1. Husaan says:
    March 3, 2021 at 12:50 pm

    this is my first…..?
    hope u like this….?

  2. redlailacrose says:
    March 3, 2021 at 9:48 pm

    Yess???? story vrh reethi.mee short stry eh tha nooney long stry eh tha? hama curious to know. Anyways could u please comment on my stry loabiveriyeh thi nooney masheh neydhemey and loibahtakai aharen huva maru vs vedhaanamey.
    Anyways stay safe ?? stay home ?

    1. Husaan says:
      March 4, 2021 at 6:22 am

      thank you ❤
      mee eha kuru ehcheh vx noon eha dhigu ehcheh vx noon….?

Comments are closed.

Next Episodeއަދިވެސް ލޯބި ބޭނުމޭ. . (2)←


All Right Reserved!