Skip to content
އެސްފިޔަ

އޭލިޔަން ސިލްސިލާ – ދެވަނަ ވާހަކަ (6) ހަވަނަ ބައި

“ކީކޭ؟؟ ބަލް ގެންދިޔައީ ރުފިޔާ ދީގެންނު؟  ..’ ޝިޒުނީގެ ހިތުގައި ސުވާލު މާކު ޖެހުނެވެ. “ނޫން! ބަލް ގެންދިޔައީ ރުފިޔާ ދީގެންނެއް ނޫން! ބަލް އަމިއްލައަށް އަހަންނަށް ގުޅާފަ ބުނީ! ތިމަންނަ މިހިރީ ރަށުގަޔޭ .. ތިމަންނަ އަތުން އެކައްޗެއް ވެސް ނުދެޔޭ! ކުޑާއްތައަށް ސަޕްރައިޒް ދޭންވެގްނޭ ތިމަންނަ މިރަށަށް ގެނައީ ކުޑައްތަގެ ފްރެންޑްސް .. މަންޝާ ދައްތައާއި މައިނާ ދައްތައޭ ..”

“އޭތް ހަމަ ހުވާ؟ ..”

ޝިޒުނީއަށް އިހުސާސް ކުރެވުނީ ފިޑިކަމެވެ. ފަސްއަހަރު ވޭތުވެގެން ދުޔައިރުވެސް އޭނަގެ އެކުވެރިން އޭނައަށްޓަކައި އެބަތިބިކަން އެމީހުން އޭނައަށް ސާބިތު ކޮށްދީފިއެވެ. އެންމެ އަށާރަ އަހަރުގައި ވަކިވި ގޮތަށް ފަސްއަހަރު ވޭތުވެ ދިޔައިރުވެސް އޭނަހުރީ އެއެކުވެރިންނާއި ދުރުގައެވެ.

މިއަދު އޭނައަށް ބާވީހެވެ. ކޮންމެ ދުވަހަކު ވީޑިޔޯ ކޯލާއި ގުޅައިގެން ވާހަކަ ދެއްކި ނަމަވެސް އެވަރަކުން ނުފުދޭކަން ޚުދު އޭނައަށް، ޔަގީނާއި ގާތް ކުރެވެއެވެ. މިއަދު ޔަގީން ވެއްޖެއެވެ. އެ އެކުވެރިން ކޮށްދިން ކުޑަ ކަމަކުން ވެސް އޭގެ ޖަވާބު އޭނައަށް އިހްސާސް ވީއެވެ.

” އާންއެކޭ! ދެން މަ ކީއްކުރަން ބޮޑު ފަލަ ރޯ ދޮގެއް ހަދަންވީ؟ ޝިޒްއަށް ވެސް އެކަން އެނގެއެއްނު؟ ..” މާލީން މަޖާވެލާފައި ބުނެލިއެވެ. “އާން! ތިކަން އެނގެޔޭ! ..” ޝިޒުނީ ވެސް ހިތާމަތައް ނުހަނު މޮޅަށް ފޮރުވައިލިއެވެ.

އެވަގުތުވީ ގޭގެ ދޮރުގައި މީހަކު ބޭރުން ބެލް އެޅި ވަގުތަށެވެ.

ދޮރު ހުޅުވަން ދިޔައީ މާލީން އެވެ. ޝިޒުނީ ކޮޅަށް ހުރެފައި އިށީންދެލީ އެވަގުތުއެވެ. އޭނާ އިށީނީ ސޯފާ ގޮޑީގައެވެ. އެސޯފާ ގޮޑި ހުރިގޮން އެއީ ބޭރުން ގެއަށް ވަންނަ މީހުން ފެންނަ ހެން ހުންނަ ސޯފާ ގޮޑިއަކަށް ވުމާއެކު ޝިޒުނީ ދޮރުން ބޭރަށް ބޯދިއްކޮށްލިއެވެ. ގޭތެރެއަށް ދެފައި ތަޅަމުން ވަތް މައިކް ފެނުމުން ޝިޒުނީއަށް އަނގަޔަށް ވައްތަރެއް ޖައްސައިލެވުނެވެ. މާލީންއަށް މިތަން ފެނުމުން ބާރު ބާރަށް ހޭންފެށިއެވެ.

“ކޮން އިރެއް މިބެލް މައަޅަން ހުރިތާ؟ ..” މައިކް ޝަކުވާ ކޮށްލިއެވެ.

” ދެން އަދިވެސް ބެލް އަޅަން ހުރިނަމަ ވަރުބަލިވެގެން ވެއްޓެން ދެން؟ ކުރިން ފަހަރުހެން ހުންނަން އުނދަގުލެއް ނުވާނެއްނު ..”ޝިޒުނީ ރައްދުދިނެވެ. ބަދަލުގައި މައިކް ބޯކަހާލީ ދޮރުކަނީގައި އަތްވިއްދައިގެން ބަންޑުން ހޭންއިން މާލީންއަށް ބަލައި ލަމުން ލޯ އަޅާލައިފައެވެ.

“ދެން މާމަޖަލެއް ނޫނޭ! މަހާލުގަ ޖެހިއްޖެ! ..” މައިކް ދުވެފައި ގޮސް ސޯފާ ގޮޑިއަށް ވެއްޓިގަތެވެ.

” ކަލޮއަށް މިހާރު ކޮން ހާލެއް ޖެހިގެން ތިއުޅެނީ؟ ..” ޝިޒުނީ މަޑުމަޑުން ސުވާލުކޮށްލިއެވެ. އޭރު މާލީން ހިނިގަނޑު މައިތިރި ކޮށްލައިފިއެވެ.

” މިގެއިން ނިކުމެގެން ގެއަށް ގޮސްސަ ބަލައިލިއިރު ދޮރު ތަޅުލައިފަ!  އަނެއްކާ ދޮރު ތަޅުދަނޑި ގެއްލިގެން މިއުޅެނީ .. މިވާރޭގައި ވަންނާނެ އެހެންތަނެއް ވެސް ހުރީކީ ނޫން! އިހަށް މިގޭގަ މަޑު ކޮށްލަން މިގަސްތު ކުރަނީ … ތަޅުދަނޑި ފެނެންދެން ..”

މައިކް އޭނައަށް ޖެހިފައިވާ ‘ހާލު’ ބުނެދިނެވެ. މިތަން ފެނިފައި މާލީން މަލާމާތުގެ ރާގަކަށް ހީލައިފިއެވެ.

 

” އާދޭ މައިކް! މިތާނގަ ނިދާލާ ..”

(ކިޔުންތެރިންނަށް : އަޅުގަނޑު މިބައި ތަންކޮޅެއް ކުރުކޮށް ލިޔެވުނީތީ މާފަށް އެދެމެވެ.)

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. Iyaadh

    Mike haaluga jehunyma geythereyga huri myhaa akah nugulhaa tha???? Shixuny thigeah mike nuvahdhahchey????????????

Comments are closed.