Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ފަތްގަނޑު ފުރޭތަ 20

Aashii
Aashii Level 310 Stories100 Login
January 21, 2021 2 Mins Read
0 Comments

“އެހެންވީމަ ކިހިނެއް މިކަން ހުއްޓުވާނީ؟ ..” މިހާދު  ހާސްވެފައި ހުރި ވަގުތުކޮޅުގައި ވެސް އެހެންމީހުންގެ އުފަލަށް ވިސްނިއެވެ. ސާމިއު ވެސް ހަމްދީބެއާއި ދިމާލަށް ބަލައިލީ އެޖަވާބު އޭނަވެސް އަޑުއަހަން ބޭނުންވެފައި ހުރެވުނީތީއެވެ. އެފަދަ ނާޒުކު ދަނޑިވަޅުގައި، އެހެންމީހުންގެ ބޮލަށް އެއްޗެއް ނުވަނެއްކަމަކު އަލަމް އަވަސްއަވަހަށް ޖަވާބުދިނެވެ. ” އެންމެން އެކުގައި މަސައްކަތް ކޮށްގެން! .”

މިހާދު މަޑުމަޑުން އަލަމަށް ބަލައިލައިފައި ބޯޖަހައިލިއެވެ. ހަމްދީބޭވެސް ހިނިތުންވެލިއެވެ. ސާމިއުވެސް ހީލިއެވެ. އެނދުގައި އޮތް ނަމްރަން ފެނުމުން އެދިމާލަށް އޭނަ ދިޔައެވެ. ގަސްތަކާއި ނުލައި މިހާދަށްވެސް ދެވުނެވެ

” ޕުވަރ ޔޫ!! ..” ސާމިއުއަށް ބުނެވުނެވެ. ނަމްރަންގެ ބިޔަ އަތުގައި އަތްތިލަ ބާއްވައިލިއެވެ. މަޑުމަޑުން ނަމްރަންގެ މޫނަށް ނަޒަރު ހުއްޓަލިއިލި ސާމިއުއަށް ނަމްރަންގެ މޫނުން ކަރުނައިގެ ތެތްކަން ފާޅުވެވޭ ހުއްޓެވެ

“ބަލާ … ބަލައިބަލަ! އެއީ؟؟ އެއީ ކޯއްޗެއް؟ އޭނަ ތެދުވީތަ؟؟ ..” ސާމިއުއަށް އަހައިލެވުނީ މިހާދުގެ މޫނަށް ބަލައިގެން ހުރެއެވެ. ގަބޫލު ނުކުރެވިފައިވި ފަދައިން ހަމްދީބޭ ސާމިއުއަށް ބަލައިލިއެވެ. އަލަމްވެސް މިހާދަށް ބަލައިލީ ސާމިއު އެކިޔަނީ ތެދެއްތޯ ޔަގީން ކޮށްލުމަށެވެ.

“ކީކޭ؟؟ ކާކު؟ ކޯއްޗެކޭ؟؟ ..” އަލަމް ސުވާލުކޮށްލިއެވެ. “ތެދެއް! ކާކު؟ ކޯއްޗެއް ތެދުވީ؟ ..” މިހާދު އެހީ ނޭނގިފައި ހުރެއެވެ. ކޮންމެވެސް ހަބަރެއް ލިބެން އުޅޭކަމަށް އޭނަގެ ހިތްބުނަން ފެށިތާ ކިތަންމެ އިރެކެވެ.

‘އޭނަ! ނަމްރަން! ބަލައިބަލަ .. އެހު ..” ބުނަން އުޅުނު ޖުމްލަ ކިޔަން ފެށިތަނާ ވައިރޯޅިއެއް ފަދައިން ބާރުބާރަށް އައިސް ހަމްދީބޭ، ސާމިއުގެ ގާތުގައި ހުއްޓުނެވެ. އޭނަގެ ދެލޯ ހުއްޓުނީ ނަމްރަންއަށެވެ. “މާތްކަލާއްކޯ! އަޅޭ! އޭނަ ހޭއަރައިފިޔޯ! ހޭއަރައިފިޔޯ! ..”

ލިބުނު އުފަލެއްގެ ބޮޑުކަމުން ހަމްދީބޭ ނަށަން ފެށިއެވެ. އުޅުނު ބަލިހާލުވެސް ހަނދާން ނެތްފަދައެވެ. އެއާއިއެކު ސާމިއުއާއި މިހާދު ދެއެކުވެރިންނަށް ބަލާފައި އަތާއަތް ޖެއްސެވެ. ނޫނެކެވެ. މުޅިއަކުން އެހެންނެއް ނޫނެވެ. އަލަމް އެދޭތެރެއަށް ވަދެގަތީ ކުއްލިޔަކަށެވެ. މަޖުބޫރުވީ ތިންއަތް، އަތާއި ޖަހާށެވެ.

” މީހުނޭ! ދެން ނިމުނީ .. ހުއްޓޭ! އަވަހަށް! ..” ނަމްރަން ކެއްސަމުން ކެއްސަމުން ވާހަކަދައްކަން ފެށިއެވެހަތުރުން، އެމީހުންގެ ސަކަރާތް ހުއްޓައިލައިފައި އެވާހަކައަށް ސަމާލުކަން ދިނުމުގެ ބޭނުމުގައި ނަމްރަން އޮތް ފަތްޖެހި އެނދު ކައިރިޔަށް ޖެހިލިއެވެ. “ކީކޭ؟ ތިއީ ނަމްރަންދޯ؟ ..”

ވާހަކަ ނުދައްކާ ނުހުންނަން ވެގެން ހަމްދިބޭ ކޮންމެވެސް ވާހަކައެއް ފެއްޓެވެ. “ނިމުނީދޯ! ނަސީބެއްނު! އެހެން ނޫންނަމަ، މަފަކީރު ބޯފަޅައިގެން ހިނގައިދާނެ ކަންނޭނގެ! ..”ނަމްރަން ސަމާސާ ކޮށްލިއެވެ. ހަމްދިބޭ އިސްޖަހާލި އިރު ގާތުގައި ތިބި ތިންވެރިންނަށް ވެސް ވީއެވަރެވެ.

“ލަދުގަންނާނެ ކަމެއް ނެތް! އާން! އަހަންނަކީ ނަމްރަން!  ޖިންނި ރަސްގެފާނު! ކީއްވެ އެނގޭ ސުވާލެއް ކުރީ؟ ..” ނަމްރަންއަށް އެކަން އެނގޭކަން ފާހަގަވީ އެވަގުތުއެވެ. ހަމްދިބޭގެ ބޮލަށް އެކަން ނަގައިނުގަނެވުނީތީ އަމިއްލަ ނަފްސު އޭނައަށް ހަމަ އެވަގުތު މަލާމަތް ކުރިއެވެ.

“ހަމްދިބޭ ބުނީ .. ނަމްރަންއާއި ބެހޭ ވާހަކަތައް! .. ނަމްރަންއަށް ތިބަލި ރަނގަޅު ކުރެވޭނެ ގޮތެއް އެނގޭތަ؟ ..”

 

އަލަމް އެއްސެވެ. ނަމްރަން ފުންނޭވާއެއް ލިއެވެ. އެވާހަކަތައް ފޮރުވައިގެން އޭނަލައްކަ ދުވަހު އުޅެފިއެވެ. ދެންއޮތީ އިންސާފެވެ!

 

** ** ** ** **

އެއްރެއެއްގެ މެންދަމުގެ ވަގުތެވެ. ނަމްރަން ހުރި ރީތިވާށެވެ. މިކިއްލާތެރެ ބަލައިލަން ނުކުތުމުގެ ނިޔަތުގައި ނަމްރަން ކޮޓަރިން ނުކުތީ، އޭނަގެ ބައެއް ބާރުތައް، އޭނަ ގެންގުޅޭ ކުޑަކުޑަ އަސައެއްގައި ފޮރުވާފައެވެ. އެއި، މިދަންވަރު އެކަހަލަ ބާރެއް ބޭނުން ކުރަން ނުޖެހޭނެކަމަށް ހިތުން ޔަގީންކޮށްފައެވެ.

ނަމްރަން ހިނގަމުން ދިޔައެވެ. ހަނި މަގަކުން އޭނައަށް ނިކުމެވުނީ ކުޑަކުޑަ ގޮޅިއަކަށެވެ. މިއީ ދުވަހަކުވެސް އޭނައަށް ފެނިފައިވި ގޮޅިއެއް ނޫންކަމުން ވަށައިގެން ބަލައިލެވުނީ ހައިރާންވެފައެވެ. ފަހަތުން އަޑެއް އިވުނު ހެން ހީވެގެން ބަލައިލިއިރު ބޮޑު ދޮރެއް ލެއްޕެނީއެވެ. ޔަގީނެވެ! އެއީ އެގޮޅީގެ ބޮޑު ދޮރެވެ.

ނަމްރަން ތެޅިގަތެވެ. ސަލާމަތްވުމަށެވެ. ނަމަވެސް ރައްކާވާން ގޭނިގޭނި އޮތްވައި އެ ދަގަނޑު ގޮޅިއާއި އެކު ނަމްރަން ގެންދިޔައީ އުންމީދުވެސް ނުކޮށް އޮށްވައެވެ.

ނަމްރަންއަށް ހޭލެވުނުއިރު އޮތީ މިބޮޑު ހޮހޮޅައިގެ ތެރޭގައެވެ. އަތާއި ފައި ހަލުވަން ބަލައިލި އިރު ބަނދެފައެވެ. އެނައްޓުވަން، ކުރި މަސައްކަތް ދެނެވޮޑިގަންނަވާނީ މާތް ރަސްކަލާންގެއެވެ. ނަމްރަން އިރުކޮޅަކު ހުރުމަށްފަހު ކުރިމައްޗަށް ބަލައިލިއެވެ. ދެފޭރަ ދަތް ދައްކައިގެން ނުލަފާ ހިންޏެއް އައިސްފައި ހުރި ފުރޭތަ ނަމްރަންއަށް މިފެނުނީ ދެނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

މަންޒިލް 26

Next

ސައިރެން – 08

Next
January 21, 2021

ސައިރެން – 08

Previews
January 20, 2021

މަންޒިލް 26



All Right Reserved!