Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އޭލިޔަން ސިލްސިލާ – ދެވަނަ ވާހަކަ – 05 ފަސްވަނަ ބައި

Aashii
Aashii Level 310 Stories100 Login
January 20, 2021 2 Mins Read
0 Comments

 

“މަން ދައްތަގެ ބޮލަށް ކިހިނެތްވީ؟ ..” ބަލްގިސް ކަންބޮޑުވެފައި ސުވާލުކުރިއެވެ. ” ފަޅައިގެން ދިޔައީ ..” ކުޑަ ހިނިތުން ވުމަކާއި އެކު މަންޝާ ޖަވާބުދިނެވެ. އެއާއިއެކު ބަލްގިސްވެސް ރަކި ހީލުމަކުން ހީލިއެވެ.

” މާދަންދޯ ކުޑާއްތަ އަންނާނީ .. މާދަން ކޮން ފްލައިޓަކުން؟ ..” ބަލްގިސް ހީލަމުން އަހާލިއެވެ. އެއާއިއެކު މައިނާ އަވަހަށް ޖަވާބަކަށް މާދަން އެންމެ ހެނދުނު ފްލައިޓުންނޭ ބުނެލިއެވެ. އެގޮތަށް އެކިވާހަކަ ތަކުގައި ޖެހިފައި އެތިންމީހުން ތިއްބެވެ. ވަގުތު ފާއިތުވަމުން ދިޔަލެއް އަވަސްކަން އެކަކަށް ވެސް އިހުސާސް ނުވާ ފަދައެވެ. ބަލްގިސް އަށް މައިނާ ތާރަފް ކޮށްދީ، މައިނާ އަށް ބަލްގިސް ތައާރަފް ކޮށްދިނުން ފަދަ ކަންކަން ކުރުމުގައި އެތިން މީހުން ތިއްބެވެ. ކުރިން އެއީ ބީރައްޓެހިންނަށް ވިއަސް މިއަދު އެކުވެރިންނަށް ވެއްޖެއެވެ.

**********

” މާލް ކީކޭތަ ތިބުނީ؟ ..” ޝިޒުނީއަށް އަވަސް އަވަހަށް އަހާލެވުނެވެ. އެގޮތް އޭނަވެސް ބޭނުމެވެ. ނަމަވެސް އޭނައަށް ހީކުރެވުނީ، އޭނަގެ ކަންފަތް ވެސް އޭނައަށް ކެހި ދިނީ ހެންނެވެ. “ހަމަ ރަނގަޅަށޭ މިބުނީ! މަންމެން ބަލް ރަށަށް ގެންދިޔައީ! ޓު ސަޕްރައިސް ޔޫ! .. ސޯ ދެޓް މީންސ ވީ ކުޑް ސީ ހަރ އޮން އަވަރ ޖަރނީ ޓު ހޯމް! ..”. މާލީން ހީވަނީ ދެއީދު އެއްފަހަރާ ލައިގެން އުޅޭ ހެންނެވެ. އަވަސް އަވަހަށް ޝިޒުނީގެ ގައިގައި ބައްދާލިއެވެ. ޝިޒުނީއަށް ވެސް މާލީން އުފާވެފައި ހުރި މިންވަރު އަންދާޒާ ކޮށްލެވުނެވެ.

“ވޯހް ވޯހް ވޯހް! ކީއްވެ ތިހެން ތިބުނީ؟ އަޅެ ސަޕްރައިޒަކަށް ހަދަން ތިހަބަރު ބޭއްވިނަމަ! ..”. ޝިޒުނީ ކަންބޮޑުވީ މިކަމާއި ހެއްޖެވެ. ވަގުތުން މާލީން ހިނިގަނޑެއް ޖަހައިލިއެވެ. ޝިޒުނީއާއި ދުރުވެލަމުން ޝިޒުނީގެ ދިގު ދިގު އިސްތަށިގަނދަށް ދަމާލިއެވެ. ނަމަވެސް ޝިޒުނީއަށް އޭގެ ތަދުވެސް އިހުސާސް ނުވާ ފަދައެވެ.

“ޝިޒް! އަދި އެއް ވާހަކަ! މައިކް ދެންމެ މިތަނަށް އައިސް ބުނެފި ތިމަންނަ ވެސް ދަމޯ ރަށަށް .. އޮފީސް ދަތުރަކަށް! އަދި ތިމަންނަ އާއި އެކީގަ ދަޔޯ އޮފީސް އެހެން ކުއްޖެއް ވެސް! ..” މާލީން ބުނެލި އެވެ.

“ދެން ތިކަމާއި އަހަރެމެންނާއި ކޮން ގުޅުމެއް؟ އެމީހުން ދާނީ ދިވެހި ރާއްޖޭގެ ރަސްމީ ލޯންޗު ކޮޅުގައެއްނު؟ ..” ޝިޒުނީ ސަމާސާ ކޮށްލިއެވެ. މާލީން ހީލިއެވެ. “ޝިޒްއަށް އަދި މައިގަނޑު ޕޮއިންޓަކަށް ނުދެވޭ! ޝިޒް ވިސްނާލާ! މައިކް ދުވަހަކުން ރަށަކަށް ނުދޭ! މިބުނީ ރާއްޖެތެރޭ ރަށަކަށް! އަދި މައިކް އަކީ މާލޭ ކުއްޖެއް! އެހެންވީމަ މައިކް ހުންނާނެ ތަނެއް ނުހުންނާނެ އެއްނު! އަހަރެމެން ގެ ގޭގައި މައިކް ބެހެއްޓޭ ގޮތަށް ހަމަޖައްސާލާ! އޭރުން އޯކޭ ވާނެއޭ އޭނަ ބުނީ! ..” މާލީން މައިކްގެ ހާލަތު ބަޔާން ކޮށް ދިނެވެ.

“ހޫމް… ތިކަމާއި މެދު ވިސްނާނަން! މައިކް އެރަށުގައި ހުންނާނީ ކިތައް ދުވަހު؟ ..” ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ޝިޒުނީއަށް ރޭގައި ފެނުނު ހުވަފެނުގެ މަތިން ހަނދާން ނައްތާ ލެވުނެވެ.

“އެންމެ ހަތަރު ދުވަހޯ އޭނަ ބުނީ! .. ކޮޓަރީގެ ފީ ދޭނަމޯ މާޒިނާ ދައްތައަށް! ..” މާލީން ޖަވާބު ދިނެވެ. “ޕިސް! ދެން އެންމެ ހަތަރު ދުވަހަށޭ އޭނަ އެގޭގަ ހުންނާނީ.. ކޮން ފީއެއް ދޭކަށް؟ ..” ޝިޒުނީ ބުނެލިއެވެ. “ކީއްކުރާނީ؟ ފީ ނުނަގަންޏާ ނުވެސް ހުންނާނަމޯ އެގެޔަކު! ދެން ރަނގަޅެއްނު؟ އަހަރެމެންވެސް އެގޭގަދޯ ތިބެނީ.. އަހަރެމެންގެ އަތުން އެކައްޗެއްވެސް ނުނަގާހާ ހިނދު ހާދަހާ ހަރަދެކޭ އެމީހުންގެ އަތުން އަހަރެމެންނަށް މިދުއްވާލެވެނީ! އަނެއްކާ ބަލް ގެންދަންވެސް! ކެނެޑާ އެއީ ކިހާ ދުރަކު ހުންނަ ތަނެއް؟ އެތަނުން ރާއްޖެއަށް ދާން ޓިކެޓުވެސް އެމީހުން ހިލޭ ދިނީ! ..”

މާލީން ކަންބޮޑުވެފައި ބުނެލިއެވެ. ތެދެކެވެ. ކެނެޑާ އެއީ ހާދަހާވާ ދުރުގައި ހުންނަ ތަނެކެވެ. އެތަނުން މިތަނަށް އަންނަން ހޭދަވާނޭ ގަޑި އިރެއްވެސް ނޭނގެއެވެ. އަނެއްކާ ބަލްގިސްގެ ނާސްތާއެވެ. އެއީ ވެސް ހޭދަވާނޭ ހަރަދެކެވެ. ޝިޒުނީ އާއި މާލީން ރަށަށް ގޮސްވެސް ތިބެނީ އެގޭގައެވެ. އެގޭގައި އެތައް ބަޔަކު އުޅެން ޖެހުމުން މަންޝާގެ މަންމައާއި ބައްޕަގެ އަތުން ދާނޭ އަދަދެއް ކަލްކިޔުލޭޓަރަކުން ވެސް ކަލްކިޔުލޭޓެއް ނުކުރެވޭނެއެވެ.

“ކީކޭ؟؟ ބަލް ގެންދިޔައީ ރުފިޔާ ދީގެންނު؟ ..’ ޝިޒުނީގެ ހިތުގައި ސުވާލު މާކު ޖެހުނެވެ. “ނޫން! ބަލް ގެންދިޔައީ ރުފިޔާ ދީގެންނެއް ނޫން! ބަލް އަމިއްލައަށް އަހަންނަށް ގުޅާފަ ބުނީ! ތިމަންނަ މިހިރީ ރަށުގަޔޭ .. ތިމަންނަ އަތުން އެކައްޗެއް ވެސް ނުދެޔޭ! ކުޑާއްތައަށް ސަޕްރައިޒް ދޭންވެގްނޭ ތިމަންނަ މިރަށަށް ގެނައީ ކުޑައްތަގެ ފްރެންޑްސް .. މަންޝާ ދައްތައާއި މައިނާ ދައްތައޭ ..”

“އޭތް ހަމަ ހުވާ؟ ..”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ސައިރެން – 07

Next

ޢުމުރަށް އެކުގާ 5 (ފަހުބައި)

Next
January 20, 2021

ޢުމުރަށް އެކުގާ 5 (ފަހުބައި)

Previews
January 20, 2021

ސައިރެން – 07



All Right Reserved!