ކުރިއަތް އޮތް ހަފްތާގައި ނަސީމާ މެން އެއްބަސް ވީފަދައިން ޔުމްނާ ގެ މަންމަ ފަޒީނާ އާއި ބައްޕަ ހުސެއިން އަދި ޔައިޝް ވެސް ވަނީ މާލެއައުމަށް ތައްޔާރުވެފައެވެ. އެމީހުން މަތިން އައުމަށް ހަމަޖައްސާފައިވުމުން ޔުމްނާ އާއި ޒިއާން ގެ އާއިލާ އެމީހުންނަށް ބަލާ ހުޅުލެ އެއާޕޯޓަށް ދާން ފެރީއަށް އަރަން ދިޔައެވެ. މާއިރުތަކެތް ނުވެ އެމީހުންނަށް އެއާޕޯޓަށް ދެވުނެވެ. ދުވަސްތަކަކަށް ފަހު ޢާއިލާ ފެންނާތީ ޔުމްނާ ހުރީ އިންތިހާއަށް އުފާވެފައެވެ. އެތާތިބޭތާ އިރުކޮޅެށް ފަހުން ލަގޭޖް ތަށް ހިފައިގެން ޔުމްނާ ގެ ކުޑަ އާއިލާ އަންނަތަން ފެނުނެވެ. އެމީހުން އެހިސާބަށް އަންނަން ވާއިރަށް ޔުމްނާ ދުވެލާފައި ގޮސް އޭނާ ގެ މަންމަ އަދި ބައްޕަ ގައިގައި ބައްދާލިއެވެ. އަދި ކައިރީ ހުރި އޭނާ އަށް ވުރެ އިސްކޮޅުން ތަންކޮޅެށް ދިގު ޔައިޝް ގެ އިސްތަށުގަނޑު ހާވާލިއެވެ. ” ޕިސް ދެން ދޮންތާ ، އަހަރެން އަބަދުވެސް ބުނަން ދޯ އަހަރެން ގެ އިސްތަށިގަނޑުގައި ނުކުޅޭށޭ” ހިތްހަމަ ނުޖެހިފައި ހުރެ ޔައިޝް އެހެން ބުނެލީ އޭނާ ގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުންނެވެ. ޔުމްނާ ވެސް ހިނިގަނޑަކުން ފުއްދާލިއެވެ. ޒިއާން ކައިރީ ހުރި ޒޫނާ ހުރީ ކުރިމަތިގައި ހުރި ޔައިޝް އަށް ގެއްލިފައެވެ. ފުރަތަމަ ނަޒަރުން ވެސް އެޅަހިތުގައި ޔައިޝް އަށް ވިންދުޖެހިއެވެ. ހުވަފެނީ ގޮތަކަށް ޔައިޝް އަށް ބަލަން ހުރި ޒޫނާ ސިއްސާގެން ގޮސް ހުވަފެނީ އާލަމުން ނިކުމެވުނީ ޒިއާން ކަރުކެހިލުމުންނެވެ. ” އެ ސޮރު ކަމުދިޔައީތަ ޒޫ އަށް ” ލާނެތް ހިނިތުންވުމަކާ އެކު ޒިއާން މިހެން ބުނުމުން ޒޫނާ ރަކިވެފައި ޒިއާން ގެ ގައިގައި ބޮޑިއެތް އަޅާލިއެވެ. އެއިރު ޔައިޝް ވެސް ޒޫނާ އާއި ދިމާލަށް ބަލަން ހުރިކަން ޒޫނާ އަކަށް ނޭގުނެވެ. އެންމެން އެކީގައި ފެރީއަށް އަރަން ދިޔައިރު ޒިއާން އާއި ޔުމްނާ ކުރިން އަރާގެން ދެމީހުން ވަކިން އިށީނެވެ. އެންމެންއިށީނުމުން ދެން ކައިރީގައި އިން ދެ ސީޓުގައި އިންނަން ޖެހުނީ ޒޫނާ އާއި ޔައިޝް އެވެ.
” ހައި އައެމް ޔައިޝް” އިރުކޮޅެށް ވިފަހުން ޔައިޝް ޒޫނާ އާއި ދިމާލަށް އަތް އުފުލާލަމުން ބުނެލިއެވެ. ” ޒޫނާ” ރަކިވެފައި ހުރެ ޔައިޝް ގެ އަތުގައި ހިފާލަމުން ޒޫނާ ބުނެލިއެވެ. ” އޯހް ނައިސް ނޭމް ” އިރުކޮޅެށް ފަހުން ޒޫނާ އަތުން ދޫކޮށްލަމުން ޔައިޝް ބުނެލިއެވެ. ” ތެންކިޔޫ ” މިފަހަރުވެސް ރަކިވެފައި އިނދެ ޒޫނާ ބުނެލިއެވެ. ޒޫނާ އާއި ދިމާލަށް ބަލަން އިން ޔައިޝް އަށް ޒޫނާ ލަދުގަންފައި އިނުމުން ވަރަށް ރީތިވިއެވެ. އެއިރު މިހުރިހާ މަންޒަރެށް ބަލަން ހެވިފައި ޒިއާން އާއި ޔުމްނާ ތިއްބެވެ. އެހެން އިނދެފައި ޔުމްނާ ޒިއާން ގެ ކޮނޑުގައި އޭނާ ގެ ބޯއަޅާލިއެވެ. ” އެދެމީހުން ވަރަށް ގުޅޭ ދޯ ” ޔުމްނާ ބުނެލީ ޒޫނާ އަދި ޔައިޝް އަށް ނިސްބަތް ކޮށެވެ. ” އާން އަހަރެން ވެސް މިހިތަށް އަރަނި ހަމަތިހެން ” ހިނިތުންވެލަމުން ޒިއާން ބުނެލިއެވެ.
ޔުމްނާ ގެ އާއިލާ އުޅެން ހަމަ ޖެހިފައި ވަނީ ޒިއާން މެންގޭގައެވެ. ޔުމްނާ އުޅޭ އެޕާރްޓްމެންޓަކީ އެތްކޮޓަރީގެ އެޕާރްޓްމެންޓްއަކަށްވުމުން ނަސީމާ އާއި ވަހީދުގެ އެދުމަށް އެގޭގައި އެމީހުން އުޅެން ހަމަޖެއްސީ އެހެންވެއެވެ.
ކައިވެނީގެ ކަންތަކުގައި ދެއާއިލާ އުޅެމުންދާއިރު ދެ އާއިލާ ދެމެދުވަނީ އުފާވެރިކަމެވެ. އޮފީހުގައި ވެސް މިހާރު ޒީޝާން ގެ އެތްވެސް އުނދަގުލެއް ޒިއާން އަށް ކުރިމަތި ނުވާތީ ޒިއާން ހުންނަނީ ހަމަޖެހިފައެވެ. ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ޒޫނާ އާއި ޔައިޝް ގެ ގުޅުންވެސް ދިޔައީ ކުރިއަރަމުންނެވެ. އެކުވެރިކަމުގެ ގުޅުން ދެލޯބިވެރިންނަށް ވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ޔުމްނާ އާއި ޒިއާން މިދެމީހުންގެ ގުޅުމަށް އެއްބަސް ވިއިރު މިދެމީހުން ވެސް މައިންބަފައިން ކައިރި މިވާހަކަ އަދި ނުބުނެ މަޑުކުރީ ޒިއާން މެންގެ އެދުމަށެވެ.
ދުވަސްތަށް އުފާވެރިކަމުގައި ފާއިތުވަމުން ދިޔައިރު ޔުމްނާ އާއި ޒިއާން ކައިވެނިކުރަން ހަމަޖެހުނު ދުވަސް އޮތީގާތް ވެފައެވެ. ކާވެންޏަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެތް ވެވިފައިވާއިރު ކައިވެނި ކުރަން ހަމަޖެހުނީ ޒިއާން މެންގޭގެ ބޮޑު ޓެރެސްގައެވެ. ކައިވެންޏަށް ދައުވަތު ދެނީ ހަމައެކަނި ޔުމްނާ އާއި ޒިއާން ގެ އެކުވެރިންނަށާ އާއިލާ އަށާ ޒިއާން މަސަތްކަށް ކުރާ އޮފީހުގެ މުއައްޒަފުންނަށެވެ.
ރޭނގަޑުގެ ހިތްގައިމު ވަގުތު ޒިއާން އާއި ޔުމްނާ ތިބީ ރަސްފަންނުގައެވެ. ދެމީހުން ވެސް އެތަށް ވާހަކަ އެދައްކަމުން ދިޔައިރު ދެމީހުން ވެސް ގިނައިން ދައްކަމުން ދިޔައީ މާދަމާ ރެއަށް ހަމަޖެހުނު ދެމީހުންގެ ކައިވެނީގެ ވާހަކަ އެވެ. ” ޔުމް” ޒިއާން ގެ ކޮނޑުގައި ބޮއަޅާގެން އޮތް ޔުމްނާ އަށް ޒިއާން ގޮވާލިއެވެ. ” ހޫމް..” ޔުމްނާހަމަ އެއޮތްގޮތަށް އޮވެގެން ބުނެލިއެވެ. ” މާދަމާ ރޭ ޔުމް ވާނެ ދޯ އަހަރެންގެ މީހަކަށް ، ފައިނަލީ ދުވަސްތަކަކަށް ފަހު ދޯ ” ޒިއާން ޔުމްނާ ގެ އިސްތަށިގަނޑުގައި ފިރުމަމުން ބުނިއެވެ. ” އާން އަހަރެން ވެސް ވަރަށް އިންތިޒާރު ކުރިން ޒިއާން ގެ އަނބިމީހާގެ މަގާމަތް އަހަރެން އަންނާނެ އިރަކަށް ” ޒިއާންގެ ކޮނޑުން ބޯނަގަމުން ޒިއާން އާ ހަތަރު ކަޅި ހަމަކޮށްލަމުން ޔުމްނާ ބުނެލިއެވެ. ” އަހަރެން ވެސް ” މަޑުމަޑުން ޒިއާން ވެސް ބުނެލިއެވެ. އެހެން އެތަށް މަލެތް ދެމީހުން އެތާތިބެގެން ފޮޅުވުމަށް ފަހު ގެއާދިމާލަށް ދާން މިސްރާބުޖެހީ ދިހައެއް ޖަހާބޮޑުވުމުންނެވެ.
އޭގެ އަނެތް ދުވަހެވެ، މިރެއަށް އޮންނަ ކައިވެންޏަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެތް ކުރުމުގައި ދެޢާއިލާ އިން ވެސް އަވަދިނެތި އުޅެމުން ދިޔައެވެ. ތައްޔާރީތައް ނިމުމާއެކު ވަރަށް ލަސްވެފައި ހުރުމުން އެންމެން ވެސް ރެޑީވާން ދިޔައެވެ. ލޯގަނޑު ކުރިމަތިގައި އަމިއްލަ ސޫރައަތް ބަލަހަތްޓައިގެން ހުރި ޔުމްނާ ހުރީ ހިތްއަވަސް ވެފައެވެ. މިރެއަށް ޙާއްސަކޮށް ޔުމްނާ ވަނީ ބުރުގާ އަޅާފައެވެ. މީއަދި ޒިއާން އަށް ނޭނގޭ ކަމެކެވެ. ޒިއާން އަށް ސަޕްރައިސް އެތް ދޭން ވެގެން ޔުމްނާ މި ރޭޥިރޭވުމުގައި އާއިލާގެ އެންމެންގެ އެތްބާރުލުން ލިބުނެވެ. ކައިވެނި ކުރަންޖެހޭ ވަގުތު ކުޑަތަން ވުމާއެކު ވާން އުޅޭ އަލަތު ދެމަފިރިން ގެ ވެސް ހިތްވަނީ އަވަސް ވެފައެވެ. ކައިވެނި ކުރެވޭ މޭޒުކައިރި ހުއްޓިހުރި ޒިއާން ހުރީ ޔުމްނާ ގެ ސޫރަފެންނާނެ އިރެތް ގެ އިންތިޒާރުގައެވެ. އެހެން ހުރެފައި ފަހަތަށް އެބުރެލި ޒިއާން އަށް ޔުމްނާ ގެ ސޫރަ ފެނުމުން ހިނިތުންވެލެވުނެވެ. ޔުމްނާ ބުރުގާ އަޅާފައިވުމުން އެރީތިކަން މިރޭ ދެގުނަވެއްޖެއެވެ. ޒިއާން އާއި ހިސާބަށް ޔުމްނާ އައުމުން އިސްޖަހާގެން ހުރި ޔުމްނާ ގެ ކަންފަތް ދޮށުގައި އޭނާ އަށް ތަޢުރީފް ކޮށްލުމުން ޔުމްނާ ގެ ދެކޯތާފަތް ރަތްވިއެވެ. ލަދުން ހުރެސް ޔުމްނާ ހިނިތުންވެލިއެވެ. ޔުމްނާ އާއި ޒިއާން ގެ ކައިވެނި ކޮށް ނިންމާލައިފައި އަލަތު ދެމަފިރިން ވެސް އެމީހުން ތިބެން ތައްޔާރުކުރެވިފައިވާ ތަނުގައި ތިއްބެވެ. އަންނަމުން ދިޔަ މެހެމާނުން ނަށް ސަލާން ކޮށްފައި ފޮޓޯނަގާނަގާ އެދެމީހުން ތިބީ ބަލިވެފައެވެ. ދޭތެރެ ދޭތެރެ އިން ޒިއާން ޔުމްނާ އަށް ސަމާސާ ކުރަމުން ދެއެވެ. ޔުމްނާ ގެ އުނަގަނޑުގައި އަތް ވަށާލައިގެން ހުރި ޒިއާން އާއި ޔުމްނާ ވަރަށް ފުރިހަމަކަމަށް ދައްކައެވެ.
ދެމީހުން ވެސް މީހުން މަދުވަގުތެށްކަމުން ތިބީ ވާހަކައިގައެވެ. ނަމަވެސް ދެމީހުން ނަށް ވެސް ވާހަކަ ހުއްޓާލަން މަޖުބޫރުވީ ކުރިމަތީއައިސް ހުއްޓިހުރި ޒީޝާން ފެނުނީމައެވެ. ޒީޝާން ކައިރި އޭނާ ގެ އަތުގައި ހިފަހަށްޓައިގެން ޒުވާން ފުރާގެ ފިރިހެނެތް އެމީހުންނަށް ހިނިތުންވުމެތް ދީގެން ހުއްޓެވެ. ” ބާއްޖަވެރި ދުވަސްތަކަކަށް އެދެން ދެމީހުންނަށް ވެސް” ޒީޝާން ހިނިތުންވެލަމުން އަތުގައި އޮތް ޕާރްސަލް ދެމުން ބުނެލިއެވެ. ޒިއާން އެއްޗެކޭ ނުބުނެހުރުމުން ޔުމްނާ ޒީޝާން އަށް ދިން ޕާރްސަލް ގައި ހިފަމުން ޝުކުރުއަދާކުރިއެވެ . ” ޒިއާން އަހަންނަށް އިނގޭ ޒިއާން އަހަރެން ދެކެ ރުޅިއައިސްފާކަން ތިހުރީ ޒިއާން ގެ ތިރުޅި އަހަންނަށް ހައްޤު ، އަހަރެންނަށް އުޅެވުނު ގޮތާމެދު އަހަރެން ލަދުގަނޭ، އަހަރެންނަށް ޒިއާން މާޢްފް ކުރީމާ ވެސް އެބުރު އަހަރެންނަކަށް ރަނގަޅަކަށް ނޫލެވުނު ، މިފަހަރު އަހަރެންނަކަށް ތިދެމީހުން ގެވެސް މާފެއްހައްޤެތް ނޫން ، އެކަމަކުވެސް ވަރަށް ބޮޑަށް ސޮރީ، އެން މީ އަހަރެން ވާން އުޅޭ ފިރިމީހާ ޒާނިޝް ” ދެރަވެފައި ހުރެ ހުރިހާ ކުށަކަށް މާޢްފަށް ޒީޝާން އެދުނެވެ. އެންމެ ފަހު ޖުމްލަ ކައިރީ ހުރި ފިރިހެން މީހާއަށް އިޝާރާތް ކޮށްފައި ޒީޝާން އޭނާ ގެ ވާހަކަ ނިންމާލިއެވެ.
” އަހަރެން ހިތުގައި އެއްވެސް ބުރަކަމެތް ނެތް ޒީޝާން އަކަށް. ކުށް ކުރެވޭނީ ވެސް އިންސާނުންނަށް އަހަރުމެން ގެ ކަމެތް އެއީ މާފްކުރުން މާފްއަށް އެދުމާ މާފް ކުރުމަކީ ވެސް ވަރަށް ރީތި ސިފައެތް ، ޒީޝާން އަށް ވިސްނުނީތީ އަހަރެން ވަރަށް އުފާވެއްޖެ ” ޔުމްނާ ހިނިތުންވެ ހުރެ ބުނެލިއެވެ. އެއިރު ވެސް ޒިއާން އެއްޗެކޭ ނުބުނެހުރުމުން ޒީޝާން އާއި ޒާނިޝް އެތަނުން ދިޔައެވެ. ތިންގަނޑިއިރަށް ފަހު ކައިވެނީގެ ހަފްލާނިމުމާއެކު ޒިއާން އާއި ޔުމްނާ ދިޔައީ އެދެމީހުންނަށް ވަހީދު ހަދިޔާކުރި އެޕާރްޓްމެންޓްއަށެވެ. އެހާގިނައިރު ކޮށްޅަން ހުރުމުން ޔުމްނާ ގެ ފައިގައި ރިއްސާވަރުން ކޮޓަރިއަށް ވަންގޮތަށް ސޯފާގައި އިށީންނެވެ. ” ޔުމް ހިނގާ ބައި ތާޒާ ވެލައިގެން ރަސްފަންނަން ޖައްސާލަން ،” ޔުމްނާ ކައިރި އިށީންނަމުން ޒިއާން ބުނެލިއެވެ. އޭގެ ބައިގަނޑިއިރުފަހުން ޔުމްނާ އާއި ޒިއާން ހިނގާލާފައި ރަސްފަންނާ ހިސާބަށް ދިޔައެވެ. ގެއާ މާދުރުނޫން ކަމުން ދެމީހުންވެސް ހިތްހަމަ ޖެހިފާ ހުރެ ހިނގާލާފައި އެތަނަށް ދިޔައެވެ. އެވަގުތު އެތާ އެންމެ ގިނައިން ތިބީ ލޯބިވެރިންނެވެ. ކޮންމެ މީހެށް ވެސް އެމީހެއްގެ ލޯބިވެރިޔާ އެތްކޮށް އުފާވެރި ވަގުތު ކޮޅެށް ހޭދަކޮށްލަން އެތާގައި ތިއްބެވެ. ޔުމްނާ އާއި ޒިއާން ވެސް އެތާ ހުހަށް ހުރި ސިމެންތި ގޮނޑި އެށް ގައި ތިބެލިއެވެ. ޔުމްނާ ގެ އުނަގަނޑުގައި ޒިއާން އަތްވަށާލައިގެން އިންއިރު ޔުމްނާ އިނީ ޒިއާން ގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ.
” އަހަރެމެން ދެމީހުން އެންމެ ބޭނުން ވި ކަންތަށް އެވީނު ދޯ ލޯބި ލޯބި ވައިފީ ” ޔުމްނާ ގެ ނިތަށް ބޮސްދެމުން ޒިއާން ބުނެލިއެވެ.
” ހޫމްމް… ވަރަށް ލޯބިވޭ އިނގޭ އާން ” ޒިއާން އަށް ބަލާލަމުން ޔުމްނާ ބުނެލިއެވެ. ” އައި ލަވްޔޫ މޯ ” ޔުމްނާ އަށް ބަލާލަމުން ޒިއާން ބުނެލިއެވެ. ”އަހަރެން ދުވަހަކު ވެސް ޔުމް ދޫކޮށްލާފައެތް ނުދާނަން އިނގޭ އިންޝާﷲ މަރުވެގެން އަހަރެން ދާނީ ވެސް ޔުމް ގެ ފިރިމީހާ ގެ މަގާމުގައި ހުރެހެން، މުޅި އުމުރަށް ވެސް އަހަރެން ޔުމް ދެކެ ލޯބިވާނަން. ޔުމް އާއެކު އުމުރަތް އެކުގާ ވާނަން ” އިރުކޮޅެއްފަހުން ޒިއާން އޭނާ އާއި ދިމާލަށް ބަލަން އިން ޔުމްނާ ގެ މޫނުގައި ދެއަތުން ހިފަހަށްޓަމުން ބުނެލިއެވެ. ޒިއާން މިހެން ބުނިހެންނެތް ހިއެތް ނުވެ ޔުމްނާ ޒިއާން ގެ އަތުތެރެއަށް ބޮނޑިވެގަތެވެ. ދެމީހުން ގެ ހަޔާތަށް އަޑިގުޑުން އައިސްފައި އެންމެ ފަހުން ދެމީހުން އެކުވެގެން ދިޔުމުން ދެމީހުން ވެސް ވަނީ އިންތިހާ އަށް އުފާވެފައެވެ. އުމަރަށް ވެސް ދެމީހުން އެކަކުއަނެކަކާ އެކުވާނަން ކަމަށް ބުނެ އެތަށް ފަހަރަކު ވަޢުދު ވިއެވެ.
(ނިމުނީ)
ލިޔުންތެރިޔާގެ ބަސް :
މި ވާހަކަ ފޫހިކަމެތް ނެތި ކިޔަމުން ގެންދިޔަ ހުރިހާ ކިޔުންތެރިން ނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ، މި ވާހަކަ ފަސްޕާރޓް އަށް ކުރުވީތީ މާފްއަށް އެދެން. އިރާދަކުރެއްވީޔާ ދެން ލިޔާ ދިގުވާހަކައެތް ދިގުކޮށް ލިޔެލާނަން.?
♥️Lots of love from yeoja♥️
♥️Stay safe reders
5 Comments!
Comments are closed.




Heiii readers♥️♥️
Hope u like the last part too♥️♥️
ISA ehn stry eh vxx kiyaalan libeyne ♥️♥️
Stay safe and take care all ♥️♥️
Wow very nice story keep it up . be safe and tc
Awwwwwnnn thank uuu sooo much sahoo
Galde u liked it
U too stay safe and take care
Masha Allah V reethi mi vaahaka feshigen nimen dhen vx…hama super bestie❤️
no need of sorry bestie, kuras hama varah reethi..Keep it up?
U too Stay Safe & take care❤️
Sorry ingey ehen parts takann cmnt kohnulevuneema?
Love u so much bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for a new story☺️
Awwwwwnnnn thank uuu sooo much bestie
Awwwwnnn thanks again
Glade u like it
Yh take care and stay safe u 2
Isssoke no need of swry I understand
Love u more bestie
Yh keep waiting