Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ފަތްގަނޑު ފުރޭތަ 24 (ފަހު ބައި)

Aashii
Aashii Level 310 Stories100 Login
January 26, 2021 2 Mins Read
0 Comments

ވަރުބަލި ހާލުގައި ދުވަމުން ތެޅިފޮޅެމުން ހަތަރު މީހުން އެކު އެކީގައި ހޮހޮޅައިން ނުކުތެވެ. ނަމްރަން ދިޔައީ އުނދުހިފައެވެ. އޭރު އަލިފާން މުޅި ތަނުގައި ބުރައިގަނެފައި ހުއްޓެވެ. އެއްޗިހި ތަކަށް ލަފާ ކުރެވުނީ މިތަން ކަމުން އެންމެ އެކު އެކީގައި އައީއެވެ.

ނަމްރަން އުޑަށް އަތްއުފުލާލިއެވެ. އެވަގުތު ޖިންނިތައް އެތަނަށް ހާޒިރުވިއެވެ. ނަމްރަންގެ ބާރުގެ ދަށުން އެއްޗިހި ތަކުގެ ސިކުނޑި ބަދަލުވާންފެށީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

ދުވަހެއް ފަހުން މުޅި ރަށް އަމާންވެ ކުރީގެ ހާލަތަށް ރުޖޫޢަ ވިއެވެ.  ހާދިސާގެ ތެރޭން މިދުހާ ސަލާމަތް ކޮށްދިނީ މިހާދެވެ. އެކަން މިދުހާއަށް އެނގުމުން މިހާދާއި މަހާ އަދި ވިޝާލް އާއި މެދު ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުން އެކަމާއި ވަރަށް ދެރަވެ ހިތާމަ ކުރިއެވެ. މައާފަށް އެދުމުން މައާފް ކޮށްދިނީވެސް އެ ހިތްވަރުގަދަ މިހާދާއި އޭނާގެ ދެ ކޮއްކޮ މެންނެވެ. މިއަދު، ދުވަސްތައް ފާއިތު ވަމުން ދިޔައީ އެތިން ކުދިންނަށް މައެއްގެ ލޯބި ލިބެމުންނެވެ. އެކަމާއި މިހާދު އަބަދުވެސް ސާމިއު އަށް ޝުކުރުވެރިވެއެވެ.

ސާމިއުއާއި އަލަމްގެ ހާލަކީ ތޯއެވެ. އެދެމީހުން އެކުއެކީގައި ފެށި މިޝަން ކާމިޔާބު ކަމާއި އެކީ ނިންމާލެވުމުން އެދެމީހުން ތިބީ ވަރަށް އުފަލުންނެވެ. ހުރިހާވެސް ޝުކުރެއް ހަމްދީބެޔަށޯލައެވެ. އެހެންކަމުން ޝުކުރަކުން ނުފުދިގެން، މުޅި ރަށަށް ހަމްދީބޭގެ ކުޅަދާނަކަން ތައާރަފް ކޮށްދިނެވެ. މުޅި ރަށް އަމާން ކޮށްދިނީ ހަމްދީބޭ ކަމަށް ބުނެދިނެވެ. އެދެކުދިންނަށް އެއީ ދޮގެއް ކަމުގައި ހީވިއެއް ކަމަކު އެއީ ހައްގު ތެދެވެ.

ހަމްދީބޭ އެންމެ އުފާވަނީ މިކަމާއި ހެއްޖެވެ. ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން ދިޔަ އިތުބާރާއި އޯގާތެރި ކަމުގެ ސަބަބުން ހަމްދީބޭ އިތުރު ފަންފަތަކަށް ޖެހިލިއެވެ. ފަންޑިތައިގެ ރޮގުން، މުޅި ރާއްޖެއަށް ތައާރަފް ވީ، އެންމެންގެ ލޯ ކުރިމަތީގައެވެ.

ނަމްރަންގެ ހަގީގަތް އެޖިންނި ތަކަށް އެނގުމުން އެންމެން ކަހަލަ ގޮތަކަށް މައާފަށް އެދުނެވެ. ނަމްރަން ހިތްހެޔޮ ކަމާއި އެކު މައާފު ކޮށްދިނެވެ. އެއަށްފަހު އެކިއްލާ ގައި އުފަލާއިއެކު ދުވަސްތައް ވެއަތު ކުރަންފެށީ ނިމްޔަން އާއި ނިކްޔާލްގެ ހިތި ހަނދާންތައް ވެއްޔާއިއެކު ފަސްއަޅައި ފޮރުވާލާފައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެއްދުވަހުގެ ފަތިހުގެ ވަގުތެވެ. ސާމިއު މާއިރާ ތެދުވެގެން އެއައީ ދުވަން ދާށެވެ. މިހާދާއި އެކުގައި ވަލުގެ އެކި ހިސާބުތަކުގައި ސާމިއު ކޮންމެ ދުވަހަކުވެސް ދުވެއެވެ. މިއަދުވެސް ތައްޔާރުވީ އެހެންވެއެވެ.

“ސާމީ އަވަސްކުރޭ! މިހާރު އެއޮތް އިރު އަރަނީ! ..”ފެންފުޅިއެއް ހިފައިގެން ހަމަޖެހިލައިގެން ނިކުތް ސާމިއުގެ ކަންފަތުގައި މިހާދުގެ އަޑު ޖެހުނެވެ. ރަނގަޅަށް ބަލައިލިއިރު މިހާދު ވެސްވީ ތައްޔާރުވެގެން އައިހެވެ. އޭނަގެ އަތުގައިވެސް ފެންފުޅިއެއް އޮތެވެ.

އެއަށް ރައްދު ދީފައި ސާމިއު އިރާއި ދިމާލަށް ދުއްވައިގަތެވެ. މިހާދުވެސް ދުވަމުން ކަހަލަ ގޮތަކަށް އައެވެ. އެތައް އިރެއް ވަންދެން ދުވެދުވެފައި ސާމިއު ވަރުބަލިވެގެން އިށީނެވެ. ފެންބޯންވެގެން ބަލައިލިއިރު ހުސްވެފައި އޮތްވާ އެފެނުނީ އޭނަގެ ފެންފުޅިއެވެ.

“މިހާދޫ!! ..” ސާމިއު އަޑުގެ ނެތްތަނަށް ހަޅޭއް ލަވައިގަތެވެ. އެވަގުތު އޭނަގެ ކަންފަތުގައި ޖެހުނީ މިހާދު ހޭ އަޑެވެ. “ސާމީ! ކާމް ޑައުން އެންޑް ބީ ޗާމް! އެއީ އަހަރެން ކުރި ކަމެއް ނޫނޭ! މިހިރި މީހަ ކުރި ކަމެއް! ..” މިހާދު ހީލަމުން ބުނެލިއެވެ. ސާމިއު ބަލާލިއިރު އަލަމެވެ. އޭނަގެ ކޯފުރިފައި ވަނީ ފެންތަކުންނެވެ.

“ހޭއި! ޑޫޔޫ ތިންކް ދެޓް ޔޫ ކުޑް އެސްކޭޕް ފްރޮމް މީ؟ ހައު ޑޭޔަރ ޔޫ!! ..” ސާމިއު ހަގީގީ ރުޅިއައެވެ. އެއާއިއެކު އަލަމް ސާމިއުގެ ގަޔަށް އެފެންތައް ޖެއްސެވެ. ސާމިއު ރުޅިއައިސްގެން ހަޅޭއް ލެވިއެވެ. އެއާއިއެކު އޭނާގެ ދެއެކުވެރިން ވެގެން އޭނަ މޫދަށް ކޮށްޕައިލައި އެމިހުން އަމިއްލައަށް ވެސް މޫދަށް އެރުނެވެ.

ސާމިއުގެ ރުޅިގަނޑު މައިތިރިވީ މޫދުގެ ލޮނު، އޭނަގެ ގައިގައި ބީހުމުންނެވެ. އަދި ރީއްޗަށް ހިނިތުންވެލައި މިހާދާއި އަލަމާއި ރީތިކޮށް ވާހަކަ ދައްކަން ފެށިއެވެ. އޭރު މިއީ ދެންމެ ރުޅިއައިސްގެން ހަޅޭއް ލެވި މީހާ ހެނެއް ހިޔެއް ނުވެއެވެ.

މިއަދު މިއީ އެހާދިސާއަށް އަހަރެއް ފުރުނު ދުވަސްކަމަށް ވާތީ ސާމިއުއާއި އޭނަގެ ދެއެކުވެރިންނަށް ވެސް ދެކެވުނީ ހަމަ އެއްވާހަކައެކެވެ. ރަށުގެ މީހުން އަމާންކަމާއިއެކު ރަށުގައި ދިރިއުޅެމުން ދިޔައެވެ. އެކަމުގެ ހަގީގީ ސިއްރު އެނގޭ ހަމައެކަނި މީހުންނަކީ ސާމިއު  އަލަމް އަދި މިހާދެވެ. ހަމްދީބެއާއި ނަމްރަންއެވެ. އެހެންކަމުން އެވާހަކަ އިތުރަށް ނުދެއްކިއަސް ރަނގަޅު ވާނެއެވެ. އެންމެންގެވެސް އަޒުމަކީ އެހުރިހާ ކަމެއް ފަސްއަޅައި ފޮރުވާލުމަށްފަހު އައު ފެށުމަކުން ފަށައިގެން ދިޔުމެވެ.

(ނިމުނީ)

ނޯޓް:(މިވާހަކަ ކާމިޔާބު ކަމާއިއެކު ނިންމާލެވުމުން އަޅުގަނޑު ވަރަށް އުފާކުރަމެވެ. އަދި ސަޕޯޓަރުންނަށް ވެސް އަޅުގަނޑުގެ ވާހަކަތަކަށް ލައިކް ދެއްވާތީ ޝުކުރު ދަންނަވަމެވެ.)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ނޭދެމޭ ވަކިވުމެއް-40

Next

ސައިރެން – 10

Next
January 26, 2021

ސައިރެން – 10

Previews
January 26, 2021

ނޭދެމޭ ވަކިވުމެއް-40



All Right Reserved!