
ބިޔަ މީހަކު ވާހަކަ ދައްކަމުން ދިޔަ ހިނދު އަލަމް ފާރަކާއި ނިވާވެލީ އިތުރު އެއްޗެއް އަޑު އިވޭތޯއެވެ. އެއީ ކޮން އަސައެއް ހެއްޔެވެ؟. ކޮން ބާރުތަކެއް ހެއްޔެވެ؟. ބިޔަ މީހަކީ ކޮން ތަނަކުން އައި ކޮން މީހެއް ބާއެވެ؟ ސުވާލުތަކުން އަލަމްގެ ހިތަ ފުރެމުން ދިޔައިރު އައިސް ވަތް ހިޔާލަކުން އަލަމް ހިތަށް ބިރުވެރިކަން ވަދެގަތީ އެހެން އިހުސާސަކަށް ފުރުސަތު ދިނުމެއް ނެތިއެވެ. މިގަޑީގައި އެނޫން އެހެން ހިޔާލެއް ވަންނާކަށް ނުވިއޭ އަލަމްގެ ހިތަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެރިއެވެ.
“ނޫން މަޑަކުންނެއް ނުތިބެވޭނެ!! .. ކޮންމެ ގެއެއް ބަލާ ފާސްކުރަން ފަށަން ހިނގާ!! .. މިއުޅޭ ސާމިއު އެބައޮތް ވަލުގައި ފޮރުވަފައި!! .. އެމީހުންގެ ސިފައަށް އެރިގެން ތިބިއިރުވެސް އެއެއްޗަކަށް އެއްޗެއް ނުވިސްނުނު!! .. ނުވެސް ވިސްނޭނެތާ!! .. އެއަށްވުރެ އެމީހުންނަށް އިތުބާރު ކުރެއޭ!”
ދެވަނަ މީހާ ޖަހައިލި ހިނިގަނޑާއިއެކު އަލަމްގެ ހިތުގައި އޮތް ސުވާލު އެކީ ނެތިގެން ދިޔައެވެ. ސާމިއު ކިޔައިދިން ވާހަކަތަކާއި މުދިންބެ ދިން އިންޒާރުން، އެއްޗެއް ބުނެލެވޭހާ ފަސޭހައަކުން އަލަމަށް ކަންކަން ނަގައިގަނެވުނީ ފެންފޮދެއް ދިރުވުން ފަދަ ކަމަކަށެވެ. ” ހޫނ!! ކަލޭމެން ތިހެން އުޅުނަކަސް އެކުވެރިންނަށްޓަކައި އަހަރެން ތެދުވާނަން!! ކަލޭމެންގެ ނިމުން ފިސާރި ހިތިގޮތަކަށް އަންނާނެކަން ހަނދާން ކުރާތި؟؟ ދުވަހެއްގެ ކޮޅުންވެސް މިކަމަށް ދެރައެއް ނުލިބޭނެ .. ފޮނިކަނޑަކަޑަ ތިބޭ ދެންވެސް … ދަނީ .. ބާއި!! ބޭޑް ނައިޓް؟؟ ..”
އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލައިފައި އަލަމް ފާރުގެ ނިވަލުން ނުކުތެވެ. ސާމިއު ހޯދަން ނިކުތް ކަމުގައި ވިއަސް އިނގި ނިމިގެންދިޔަ ހަގީގަތުން އަލަމްގެ ހިތަށްވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. މިހާރު ސާމިއު ވީތަނެއްވެސް ނޭނގެއެވެ. އަނެއްކާ އޮތް ހާލުވެސް މީހުންނަށް ވަނީ ފަރުދާވެފައެވެ.
** ** ** ** **
” ބޭބޭ އެއަންނަނީ އޭނަ؟؟ ..” އަލަމް ނައިސްގެން ދޮރު ބުޑުގައި އަލަމަށް އިންތިޒާރު ކުރަމުންދިޔަ މިހާދު އަލަމް ފެނުމުން ފޫކޮޅުގައި ކައްޓެއް ޖެހި ފަދައިން ފުންމައިގެން ތެދުވިއެވެ. އޭރު ދޮރު ކަނީގައި އަތް ވިއްދާ، ތައްޓަކަށް ފެން އަޅައިގެން ކިޔަވަމުންދިޔަ ހަމްދީބޭ ވެސް އެދިމާލަށް ބަލައިލީ ހައިރާންވެފައެވެ.
” އާން!! އެއީ އޭނަ.. ދުވައި ދުވައި ހަށީގައި ކިރިޔާ ނޭވާ ހުރިކަން އެކަނި؟؟؟ ބޭބެގެ ގެއަށް އަބަދުވެސް ތިކުދިން އަންނަން ޖެހެނީ ދުވެފައިތަ؟ ..އަޖައިބެއް ..” އަލަމް އެގެއާއި އަރައި ހަމަވުމުން ދޭން ތައްޔާރުކުރި ފެންތަށި އޮޅިކައިރީގައި ހަމްދީބޭ ބެހެއްޓިއެވެ. އެއީ ހަމައެކަނި ފެންތައްޓެއް ނޫނެވެ. އަލަމް އައުމުން ކަންތައްތައް ރަނގަޅުތޯ ބަލާ ދަންމަޅިއެވެ.
“އޭތް .. ބޭބޭ .. ސާމީ .. ސާމިއު ..” އަލަމަށް ބުނެވުނު ވަގުތުކޮޅަށްފަހު ވެއްޓުނީ ގޭގެ އޮޅި މައްޗަށެވެ. ހަމްދީބޭ އެދިމާލަށް ދުއްވައިގަތްއިރު މިހާދު އަލަމް އަތްދަނޑި މައްޗަށް ނަގައި ސޯފާގައި ބޭއްވީއެވެ.” ކޮއްކޮ .. އަލަމަށް ކިހިނެތްވީ؟؟؟ ..”.
ހަމްދީބޭ ސުވާލުކުރުމުން މިހާދު ޖަވާބު ނޭގިފައި ހުރެ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ” އަލޫ ފުރަތަމަ ހޭއެރުވޭތޯ ބަލަމާ ..” މިހާދު ބުނުމުން ހަމްދީބޭ އޭނަ ތައްޔާރު ކުރި ފެންތަށި ހިފައިގެން އެދިމާލަށް އައެވެ. ނަމަވެސް އެ ބަހައްޓާފައި ރީތި ފެންތައްޓަކުން އަލަމްގެ މޫނަށް ބުރުވަން ފެށީ ފެނެވެ. ” އަލަމަށް ކިހިނެތްވީ؟؟ ކޮބާ ސާމިއު؟؟ އަލޫ! ނިދަންނޯވެ ތެދުވޭ ދެން ..”.
މިހާދު ހިތްދަތިވެފައި ހުރެ ބުނެލިއެވެ. ފަހަރަކަށް ވުރެ ފަހަރަކަށް އޭނަގެ ހިތުގައިވާ ބިރުވެރިކަން ކުރިއަޅައި ފަޅަމުން ދަނީއެވެ. ފުރޭތައިގެ އުދަނގޫވެސް އެވަރެވެ. މިކަމުން ސަލާމަތް ވާނީ ކިހިނެތް ހެދީމާ ހެއްޔެވެ؟
” ކޮއްކޮ ކެތްތެރިވޭ .. އިރުކޮޅަކުން ހޭއަރައިފާނެ!! ..” ހަމްދީބޭ
އިރުޝާދު ދިނެވެ. މިހާދު އެއާއިއެކު ސޯފާގައި ޖައްސާލީ ފުރޭތައިގެ ކިބައިން ސަލާމަތްވުމަށް ދުޢާ ދަންނަވައިފައެވެ.
“މިހާ!! ..” އިވުނީ އަލަމްގެ އަޑެވެ. މިހާދު ތެޅިގަނެފައި ބަލާލިލިއިރު ހަމްދީބޭ ވެސް އެދިމާލަށް އަންނަނީއެވެ. “އަލޫ!!” މިހާދަށް ހަޅޭއްލަވައި ގަނެވުނެވެ. އުފަލުންނެވެ. އަލަމްވެސް ހިނިތުންވެލައި ސޯފާގައި އިށީދެލުމުން ހަމްދީބޭ ފެންތަށި ދިއްކޮށްލިއެވެ. އަލަމް އޭގައި ނުހިފަން ހުރެފައިވެސް ހިފައިގެން ބޯލައިފިއެވެ.
” އޭތް!! ކޮންވަލަކަށް ވަދެގެންތަ މިތަނަށް ދުވަމުން ތިއައީ؟؟ އަޅެފަހެ ޖަވާބެއް ދޭން ވެއްޖެއެއްނު؟ މިވެރިންނަށް ދުވުންނޫން ކަމެއް ނުވޭވިއްޔަ! މީހާ ބޮޑުވެ ފުރާވަރަށް އެރިއިރުވެސް ކުޑަކުޑަ ސިކުނޑިއެއް .. ތުއްތު ކުދިންނަށް ވުރެން ނުބައިވީ ކަންނޭނގޭ؟؟ ..” މިހާދު ސާމާސާ ކުރަންވެގެން ރާގެއްލައިފައި ގޮވައިލިއެވެ. ” ކޮބާތަ ސާމިއު؟؟ .. ޖަވާބެއް ދީބަލަ ..”
މިހާދަށް މަޑު ނުކުރެވުނީއެވެ. ” މީހާ ބޮޑުވެ ފުރާވަރަށް އެރިޔަސް ނުދުވެ ކޮންކަމެއް ވާނީ؟؟ ދުވުމަކީ ކޮފީއޭ .. އަސްލު ކޮފީ ނުބުއެކަސް ޝޯޓް ކަޓަކުން ކޮފީއެއް!! ..” އަލަމް ވެސް ދޫނުދީ ބުނެލައިފިއެވެ. މިހާދު ފާޑަކަށް އަލަމަށް ބަލަން އިނދެފައި އަލަމްގެ އަތުގައި ވިކައިގަތެވެ. ” އައްދޯއްޔޯއި؟؟ ..” އަލަމް ތަންގުނޑޭ ވަރަށް ހަޅޭއްލަވައިގަތެވެ. ކުޅި ބަލަން އިން ހަމްދީބޭ އަނެއްކާވެސް އަލަމްގެ ގާތުގައި ވީގޮތް ކިޔައިދޭން އެދުނެވެ.