ޓިއުޝަން ގަޑި ނިންމާލުމަށް ފަހު އެކުވެރިޔަކާ އެކު ގެއަށް ދިއުުމަށް ހިނގައިގަތް ޝަރޫފްގެ މޫނުމަތީގައި ވަނީ ބަޔާންކުރަން އުނދަގު އަސަރުތަކަކެވެ. ހިތްދަތިކަމާއި ރުޅި އެކުވެގެން ޝަރޫފްގެ މޫނުމަތީގައި އުފެދިފައި ވަނީ ތަރުޖަމާކުރަން މާ ފަސޭހަ އަސަރުތަކެއް ނޫނެވެ.
ނަމަވެސް އެކަމުގެ ސަބަބުން ކުޑަކޮށް ނަމަވެސް އެ ފިރިހެންވަންތަ ކަމަށް ބުރޫ އަރާފަކާ ނުވެއެވެ. އެއާ ހިލާފަށް އެ ރީތިކަމާއި ފުރިހަމަކަން ވަނީ އެތަށް ގުނަ އަކަށް އިތުރުވެފައެވެ. ގްރޭކުލައިގެ އަތް ދިގު ޓީޝާޓް އަކާއެކު ލާފައިވާ ކަނޑު ނޫކުލައިގެ ޖިންސް އެ ފިރިހެނަވަންތަ ހަށިގަޑަށް ހިފާލާފައި ވާއިރު އަންހެން ކުދިންގެ ހިތުގެ ތެޅުން އަވަސްކުރުވުމުގައި ކާމިޔާބު ހޯދޭނެކަން ގައިމެވެ.
ޓިއުޝަން ގަޑި ކަޓުވާލުމަށްފަހު އެކުވެރިންނާއެކު ސަކަރާތް ޖަހަމުން މަގުމަތިން އައި ޝައިހާ އަށް އޭނާގެ ކުރިމަތިން އަންނަމުން ދިޔަ ޝަރޫފް އެއް ނުފެނެއެވެ. އަމިއްލަ ޙިޔާލުތަކުގެ ތެރޭ ޣަރަގުވަމުން ދިޔަ ޝަރޫފް އަށް ވެސް އޭނާގެ ކުރިމަތިން އައި ޝައިހާ އޭނާގެ ލޮލުގައި އަޅައިގަންނަ ގޮތެއް ނުވިއެވެ.
” އައުޗް…”
*******
” އައުޗް……” ކޮއްކޮ ރަނާ އާއި މުހިއްމު ވާހަކަ އެއް ދައްކަމުން އައި ރާނިޔާ އަށް\
‘ އައުޗް ‘ އޭ ކިޔާ ހަޅެއް ލަވައިގަނެވުނީ ކުރިމަތިން އައިީ މީހެއްގެ ގައިގާ އޭނާ ލައިގަތުމުންނެވެ.
*********************
އޭނާގެ ނަފްސަށް ހުއްޓުމެއް އައުމުން ޝައިހާގެ ހިތް ވަށާލީ ބިރުވެރިކަމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ނޭފަތުގައި ޖެހުނު ސެންޓުގެ ވަހުން ނަފްސަށް ލިބިގެން ދިޔައީ ބަޔާންނުކުރެވޭ ފަދަ ހިތްހަމަޖެހުމެކެވެ. ޝަރޫފްގެ އަތް އޭނާގެ އުނަގަނޑުގައި ވަށާލެވިފައިވާ ކަމުގެ އިޙްސާސް ކުރެވި ޝައިހާ އަށް އިތުރަށް ޝަރޫފް އާއި ގާތަށް ޖެހިލެވުނީ ލިބުނު ފުރުސަތު ގެއްލުވާލަން އެ ހިތް ނޭދުމުންނެވެ. ނަމަވެސް ޝައިހާގެ އެ ހިތްހަމަޖެހުމަށް ހުރަސް އަޅަމުން ޝަރޫފް ޝައިހާގެ ދެކޮނޑުގައި ހިފާ ދުރަށްކޮށްޕާލިއިރު ހީވީ ދުވަހެއްގެ ކޮޅުން ވެސް ޝައިހާގެ އެ ހަށިގަނޑުގައި އަތް ބީއްސާލުމަށް ވެސް އެ ހިތް ނޭދޭ ހެންނެވެ.
ޝަރޫފްގެ އެ ކުއްލި ހަރަކާތުން ޝައިހާއަށް ކުއްލި ސިހުމެއް ލިބުނުއިރު އެ ރީތި ދެލޮލުގެ ތެރޭ ގައިދުވެފައިވަނީ ބުނެދެން ނޭނެގޭ ފަދަ ބިރާއި ސިހުން އެއްފައިވާ ފަދަ އަސަރެކެވެ. ނަމަވެސް ޝައިހާއަށް ވެފައި ހުރި ގޮތް ބަލަން ނުހަދާ ޝަރޫފް ފެނުނީ ބާރުބާރަށް ގެއާ ދިމާލަށް ދިއުމަށް ފިޔަވަޅުތައް އަވަސްކޮށްލި ތަނެވެ. ޝަރޫފްގެ އެ އަޅާލުން ކުޑަ ޢަމަލުން ޝައިހާގެ ހިތަށް ތަދުވެލިއިރު، އެ ރީތި ދެލޮލުން ކަރުނައިގެ މުތީތައް ވިދާލިއެވެ. ކައިރީގައި ހުރި އެކުވެރިޔާއަށް ވެސް ބެލުމެއްނެތި ގެއަށް ދިއުމަށް ހިނގައިގަތީ ޝަރޫފްގެ އެ ޢަމަލުން އޭނާގެ މޫޑުވެސް އެއްކޮށް ޙަރާބުވުމުންނެވެ.
************
އެއްވެސް ޙިޔާލެއް ފިކުރެއްނެތި ދިމަދިމާލަށް ކަޅިއުކަމުން ތުމުން ފުމެމުން އައި މާއިންްއަށް ހުއްޓެން މަޖުބޫރުވީ އޭނާގެ ގައިގައި މީހަކު ލައިގަތުމުންނާއެކު ކަންފަތަށް ވިރުވާއަޅާލެވުނު ތޫލި ހަޅޭކުގެ އަޑުންނެވެ. ކާކުތޯ ބަލާލަން އިސްތިރިކޮށްލި ނަމަވެސް އެ ކުއްޖާގެ މޫނު ފެންނަ ގޮތް ނުވީ އެ އަންހެން ކުއްޖާގެ މޫނު އޭނާގެ ތަނަވަސް މޭމަތީގައި ޖެހިފައި ވުމުންނެވެ. އެހެންކަމުން އެ ކުއްޖާގެ ދެކޮނޑުގައި ހިފާލަމުން މާއިން އޭނާ ފަހަތަށް ޖައްސާލުމާއެކު ފެނިގެން ދިޔަ ސޫރައަކުން ފުރަތަމަ ސިކުންތުގައި ހައިރާންކަން ލިބުނު ނަމަވެސް ޖެހިގެން އައި ސިކުންތުގައި އެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ކުޅެލީ ދެލޯބޮޑުކޮށްލައިގެން ރާނިޔާ އޭނާ އާއި ދިމާލަށް ބަލަހައިޓައިގެން ހުރި މައުސޫމް ގޮތް ފެނިފައެވެ. އޭނާ ފެނިގެން ރާނިޔާއަށް މިވީހާ ދުވަހުވެސް އެފަދަ ގޮތެއް ވެފައިވާކަން ދެކެފައި ނުވާތީ މިއަދު މާއިންގެ ހިތުގައި ކިބުރުވެރިކަމާއި ބޮޑާކަމުގެ ރާޅެއް ދަތުރުކޮށްލީ އޭނާގެ ރީތިކަމުގެ ޖާދޫގައި ރާނިޔާ ވެސް ޖެހުނީއޭ ހިތަށް އެރުމުންނެވެ.
” އޯހް ހެލޯ މެޑަމް.. މިރޭ އަހަރެންް މާ ރީތީތަ؟ އެހެން ދިމާލަކަށް ވެސް ނުބަލަން ތި ހުންނަނީ؟؟..”މާއިންގެ ފިރިހެންވަންތަ އަޑުން ރާނިޔާ ސިއްސުވާލިއިރު ދެކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައީ މިއޮށްހުރިހާ އިރު ހުރެވުނު ގޮތް ހިތަށްއަރާފައެވެ. މި ހުރިހާ ދުވަހު މާއިން އާއި ފޫޓެއްހާ ކައިރި ވިޔަސް ރުޅިގަނޑު ހިލިގަންނަ ކުއްޖާ މިއަދު މާއިން އާއި ކައިރިވެގެން ދުރަށް ދާން ބޭނުންވެސް ނުވިއެވެ. ނަމަވެސްް އޭގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އެނގޭނެ ހަމަ އެއްވެސްް ފަރާތެއް ނެތެވެ. ޙުދު ރާނިޔާއަށް ވެސް ވަނީ މިހާރު މާއިން ފެނުމުން އޭނާއަށް ވަމުން އެދާ ގޮތް ހޯދުމަށް ނުކުޅެދިފައެވެ. އެ އިހުސާސްތަކަށް ދޭނެ ނަމެއް ރާނިޔާގެ ދުލަކަށް ނައެވެ.
ރާނިޔާ އަނގައިން ބަހެއް ނުބުނެ އަދިވެސް އޭނާ އާއި ދިމާ ބަލަހައްޓައިގެން ހުރުމުން ފިރިހެން ކުއްޖެއް ނަމަވެސް މިފަހަރު މާއިން ވެސްް ކުޑަކޮށް ރަކިވިއެވެ. ފާޑަކަށް ރާނިޔާ އާއި ދިމާ ބަލާލުމަށްފަހު ގެއަށް ދިއުމަށް މާއިން ހިނގައިގަތްް އިރު ވެސް އެ ސިކުނޑީގައި އެނބުރެމުންް ދިޔައީ ހަމަ އެންމެ ސުވާލެކެވެ. މިރޭ ރާނިޔާއަށް ވެފައި އެހުރީ ކޮންގޮތެއް ބާއެވެ؟ މިރޭ ރާނިޔާގެ ސިކުނޑި ހަމަކަމާމެދު ވެސް މާއިން އަށް ޝައްކުކުރެވުމުން ކުޑަކޮށް އޭނާގެ ގާތަށް ހިނިވެސް އައެވެ.
” އޭ ދޮންތާ..!! ” ” ރާނިޔާ…” މާއިން ދިއުމުން މިއޮށް ހުރިހާ އިރު ދުރުގައި މަންޒަރު ބަލަން ހުރި ރަނާ އައިސް ރާނިޔާއަށްް ގޮވާލިއެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް މިފަހަރުވެސްް ރާނިޔާއަށް މީހަކު ގޮވާހެން ވެސްް ހީނުވިއެވެ. އޭނާގެ ނަޒަރު ގޮސްހުސްވެފައި ވަނީ އެމީހުންގެ ކުރިމަތިން ހިނގައިފައި ދިޔަ މާއިން އަށެވެ. އެހެންކަމުން ރަނާ ތަންކޮޅެއް ބާރަށް ރާނިޔާއަށް ނަމުން ގޮވާލިއެވެ. އެއާއެކު ސިހިފައި ކަހަލަ ގޮތަކަށް ރާނިޔާ ރަނާ އާއި ދިމާލަށް ބަލާލުމަށްފަހު ކިހިނެއްވީހޭ އަހާލިއެވެ. ” އަހަންނަކަށްް ނުވޭ ކަމެއް.. ދޮންތައަށް ކިހިނެއްވެފައި ހުރި ރެޔެއްތަ؟ އެ ހަންޑި ފެނިގެން އަނގަ ވެސް ހުޅުވާނެ ހިތްވަރެއް މިރޭ ކީއްވެޔޯ ނުލިބުނީ..؟ ނުބުނައްޗޭ ލޯބިވެވުނިއްޔޭ…” ފާޑަކަށް ތުން ދަމައިން ހުރެ ރަނާ ރާނިޔާ އާއި ދިމާލަށް ބުނެލިއިރު ފަހު ޖުމްލަ ބުނެލީ ޝަހާދަތް އިނގިލި ރާނިޔާ އާއި ދިމާލަށް ދިއްކޮށްލަމުން ތަންްކޮޅެއް ހަރުކަށިކޮށެވެ. ރަނާ ބުނެލި ގޮތުން ރާނިޔާ ގާތަށް ކުޑަކޮށްް ހިނިއައި ނަމަވެސް ރަނާ ކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް ރާނިޔާ އަކަށް ނޭނގުނެވެ. ހަޤީޤަތަކީ އޭނާއަށް މިރޭ ވީގޮތް ޙުދު ރާނިޔާއަށް ވެސް ނޭނގޭ ކަމަވެ. ދުވަހަކުވެސް ތަޖުރިބާ ކުރެވިފައި ނުވާ އިޙްސާސްއެއް މިރޭ ރާނިޔާގެ ނަފްސުގެ މައްޗަށް ކުރި ހޯދިއިރު އެކަމުގެ ސިއްރު އެނގޭ ވަރަށް ރާނިޔާގެ ސިކުނޑި މިރޭ މަސައްކަތްް ވެސް ނުކުރާ ފަދައެވެ. އެހެންކަމުން އަވަސް އަވަހަށް ރަނާގެ އަތުގައި ހިފައިގެން ހުރެ ގެއަށް ދިއުމަށް ހިނގައިގަތީ ރަނާގެ ސުވަާލުތަކުން ރެކެވޭނީ އެއިރުން ކަމުގައި ވާތީއެވެ. ރާނިޔާގެ ޢަމަލުން ރަނާ ވަގުތުން ރާނިޔާ އާއި ދިމާލަށް ލޯއަޅާލިއިރު، ރާނިޔާ އެކަން އެ ކުރަނީ އޭނާގެ ސުވާލުތަކަށް ފިލަންކަން އެނގުމުން ހިތުން ރާނިޔާ އާއި ދިމާލަށް ރަނާ އެތިވަރުގޮވާލިއެވެ.
********************
ބާރުބާރަށް ގޭގެ ދޮރުން ވަދެގެން އައި ޝައިހާ ފެނުމުން ޒާނާ އަށް ކަމެއް ގޯސް ވެއްޖެ ކަމުގެ ރަތްް ސިގްނަލްް ލިބުނެވެ. ރުޅިއާއި ހިތާމަ އެއްވެފައި ވުމުގެ ސަބަބުން ޝައިހާގެ މޫނުމަތިން ފެނަންހުރީ ތަފާތު އަސަރެކެވެ. ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަދެ ޝައިހާ ހުރިހާ ވަރެއް ބާލަން ފެށީ އެނދުމަތީގައި ހުރި އެއްވެސްް ކުށެއް ނެތް ބާލީސްތަކަށެވެ. ޝައިހާގެ ކޮޓަރި ހުޅުވާލުމަށްފަހު އެތެރެއަށް ވައިން ޒާނާއަށް ފެނުނު މަންޒަރުން ވަގުތުން ޝައިހާ ހުއްޓުވި އިރު ލޮތްބާއެކު ޝައިހާ ގެންގޮސް ކޮޓަރީގައި ބެހެއްޓިފައި ހުރި ސޯފާގައި ބައިންދާލިއެވެ. އެއިރު ވެސް ޝައިހާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު ރުޅިން ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. ” ކިހިނެއްވީތަ ދަރިފުޅާ؟ ކިޔައިދީބަލަ މަންމައަށް..” ލޮތަބާއެކު ޝައިހާގެ ބޮލުގައި ފިރުމާލަމުން ޒާނާ ބުނެލިއެވެ. އެއާއެކު ޝައިހާ އޭނާގެ މަންމަ އާއި ދިމާލަށް ބަލާލިއިރު އެ ރީތި ދެލޮލުގައިވަނީ ޝަކުވާ އާއި ވޭނާ ކެކުޅުން އެކުލެވޭފަދަ ރިހުމެކެވެ. ޝައިހާގެ އެ ހާލަތު ފެނި ވަގުތުން ޒާނާގެ މެއަށް ބާރުވެލައިގެން ދިޔައެވެ. އެ ދަރިފުޅަކީ އޭނާގެ ހުރި ހަމައެކަނި ފުރާނައެވެ. ވުމާއެކު އެ ދަރިފުޅުގެ ލޮލުން އެއްމެ ކަރުނަ ތިއްކެއް ވެއްޓޭތަން ބެލުމަކީ ޒާނާއަށް ކުރަން ފަސޭހަ ވާނެ ކަމެއް ނޫނެވެ.
” އަހަރެން ހަޑިތަ މަންމާ؟؟ ” މައުސޫމްކަމާއެކު ޝައިހާ ޒާނަާ ކުރެން އަހާލިއެވެ.” ނޫން ކާކު ބުނީ ތިހެންް؟ ދަރިފުޅުހާ ރީތި ކުއްޖެއް ހޯދާކަށް ލާހިކެއް ނޫން އެކަކަށް ވެސް..” ޝައިހާގެ ދެކޮނޑުގައި ހިފާލަމުން ޒާނާ ފަޙުރުވެރިވެލާފައ ިބުންޏެެވެ. ” ދެން ކީއްވެތަ އޭނާގެ ސަމާލުކަން އަހަންނަށް ނުލިބެނީ އަހަރެން މިއޮށް ވަރުން އުޅޭއިރު ވެސް” ހިތްހަމަނުޖެހިފައި ހުރެ ޝައިހާ އެހެން ބުނެލި ނަމަވެސް އެ އަޑުގައި ހިތްދަތިކަމުގެ އަސަރެއް ވެސް ވިއެވެ. ” ކާކުތަ ދަރިފުޅާ..؟؟ ” ކެތްމަދުވެފައިވާ ފަދަ ގޮތަކަށް ޒާނާ އަހާލިއެވެ. ” ޝަރޫފް ”
” ޝައިހާ ” ޝައިހާގެ އަނގައިން އެ ނަން ނުކުން ހެނެއް ހިއެއްނުވެ ޒާނާ ބާރުބާރަށް ހަޅެއް ލަވައިގަތެވެ. އެއާއެކު ޝައިހާ ބިރުން ފަހަތައް އެއްފިޔަވަޅު އަޅާލިއިރު ދެލޯ ބޮޑުވެގެން ދިޔައި ދުވަހަކު ވެސް އޭނާ އާ ދިމާލަށް ބާރަށް އެންމެ ބަހެއް ވެސް ނުބުނާ މަންމަ މިއަދު އޭނާއަށް އަޑު އިސްކުރީމައެވެ. ” މަންމާ ” ބިރުން ހުރެ މަޑު މަޑުން ޝައިހާ ޒާނާއަށް ގޮވާލިއެވެ. ” މަށަށް މަންމަ ކިޔަން ބޭނުމިއްޔާ ހަމަ މިހާރު ތިކަން ހުއްޓާލާ ޝައިހާ ” ރުޅި އައިސް ރަތްވެފައި ހުރެ ޒާނާ އެހެން ބުނެލަމުން އެ ކޮޓަރިން ނުކުމެގެން ދިޔައީ އަތުގައި ހުރި ބާރަކަށް ކޮޓަރީގެ ދޮރުވެސް ޖަހާފައެވެ. އެކަމުން ވެސް ޒާނާގެ ރުޅިގަނޑު ހުރި ވަރު ޝައިހާ އަށް އަނދާޒާކޮށްލެވުނެވެ. އެކަމު ކީއްވެ ހެއްޔެވެ؟ އޭނާގެ ބައްޕަ ފަދައިން މަންމަ ވެސް ޝަރޫފް ދެކެ ރުޅި އަންނަންވި ސަބަބެއް ޝައިހާގެ ޅަ ސިކުނޑިއަކަށް ނައެވެ. ނަމަވެސް މަންމަގެ އެ ރުޅިން މިފަހަރު ޝައިހާގެ ނަފްސުގެ މައްޗަށް ވެސް ކުރި ހޯދީ ބިރަށް ވުރެ ބޮޑަށް ރުޅިވެރިކަމެވެ. އޭނާގެ އުފަލަށް މަންމަވެސް އަދި ބައްޕަ ވެސް ނުވިސްނާކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ޝައިހާއަށް ކުރެވުނެވެ.
***********
ބްރޭކް ގަޑި ނިންމާލުމަށްފަހު ޒީވާ އާއެކު ރާނިޔާ ސްކޫލަށް އައީ ހިންގާލާފައެވެ. ދެކުދިން ވާހަކައިގައި ތިބެ ކުރިއަށް އައިސް ގަހެއްގެ ހިޔަލުގައި މަޑުކޮށްލިއިރު އެތަނުން ރީތިކޮށް ގްރޭޑް ދިހައެއްގެ ކްލާސް ފެނެއެވެ. އެ ކުދިން ތިބި ގޮތުން އެކަނި ވެސް އެތިބީ ޓެސްޓް އެއްގައިކަން ދޭހަވާހާވެއެވެ. ޒީވާ ހުއްޓާނުލާ އަނގަތަޅަމުން ދިޔަ ނަމަވެސް ރާނިޔާގެ ނަޒަރު ސީދާވެފައި ހުރީ އެ ކްލާސް ރޫމްތެރޭގައި ހުރި މޭޒެއްގެ ދަށުގައި އިން މާއިން އަށެވެ. ކައިރީގައި އިން ކުޑަދޮރުގެ ފަޑީގައި ބޯ ވިއްދާލައިގެން އިންއިރު ކުރިމަތީގައި އޮތް ޕޭޕަރަށް އޭނާގެ މާ ބޮޑު ސަމާލުކަން ހުރިހެނެއް ހިޔެއް ނުވެއެވެ. އިނގިލިން ގަލަން އަނބުރަން އޮތްއިރު ފޫހިފިލުވަނީހެން ހީވެއެވެ.
” ޒިވް އައިމް އިން ލަވް ” އަނގަތަޅަތަޅާ ހުރި ޒީވާގެ ބަސް ހުއްޓުމަކަށް އައީ މަޑުމައިތިރި ކަމާއެކު އިވުނު ރާނިޔާގެ އަޑުންނެވެ. އޭރުވެސް ރާނިޔާގެ ނަޒަރު ވަނީ އެއް ދިމާލަކަށް ހުއްޓިފައެވެ. ” އަސްލުތަ؟ ކޮބާތަ އެ ނަސީބުގަދަ ސޮރަކީ؟ ” އެ ދެކުދިން ތިބި ތަނުގައި އިތުރު ކުއްޖެއް ނެތުމުން ޒީވާ ލާނެތްކަމާއެކު ރާނިޔާ ކުރެން އަހާލިއެވެ.
” މާއިން ” ހުވަފެނީ ދުނިޔެއެއްގައި ހުރެ އަމިއްލަ އިޙްތިޔާރުން ބޭރުގައި ރާނިޔާ އަށް ބުނެލެވުނެވެ. އެއާއެކު އޭނާގެ ގާތުގައި ހުރި ޒީވާގެ ދެލޯ ބޮޑުވެގެން ދިޔައީ އިޒްނައަކާނުލައެވެ.
” ވަޓް؟ ”
*******************
” ކަލޭ ދެފިރެހެންދަރި ގޮވައިން ދާށޭ މި ރަށުން ” ބާރުބާރަށް ހަޅެއް ލަވައިގަންނަމުން ޝިމާލް އޭނާގެ ކުރިމަތީގައި އިސްޖަހާލައިގެން ހުރި އާޝިޔާގެ ގައިގައި ޖަހަން އޭނާގެ އަތް މަޅާލިއެވެ. ދުރުގައި އެ މަންޒަރު ބަލަން ހެވިފައި ސަމީމާ ހުރި އިރު ޝިމާލްގެ ހަޅޭކުގެ އަޑަށް ކޮޓަރީގައި ނިދާފައި އޮތް ޝަރުފާން ވެސް ބިރުން ހުރެ ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ.
ޝިމާލް އާޝިޔާގެ ގައިގައި ޖެހުމަށް އުފުލާލި އަތް ވަކި ހިސާބަކުން ހުއްޓުމަކަށް އައީ އައި ނައި ތަނެއް ނޭނގި މީހަކު އައިސް އެ އަތުގައި ހިފެހެއްޓުމުންނެވެ. ސިކުންތުކޮޅެއްގެ ތެރޭ އޭނާ އާއި އާޝިޔާ އާ ދެމެދަށް ހުރަސްވި ޝަރޫފްގެ ސޫރައިން ޝިމާލް އަށް އޭނާގެ ދެބުމަގޮށްޖަހާލެވުނުއިރު، ޝަރޫފް ގެ ލޮލުން ފެންނަން ހުރި އަލިފާން ފަދަ ރުޅިން އާޝިޔާގެ ހިތް ބިރުގަތްއިރު ދުރުގައި ހުރި ސަމީމާ ވެސް ޖެހިލުންވިއެވެ.
( ނުނިމޭ )
5 Comments!
Comments are closed.



Amazing story??????keep it up
????
heiii sisooo
lon time dhw heheheh
btw reallzy missed u
vrh happy mi stry kiyaalan libuny maa
masha allah vrh sali mi part vess hama best as always
aley rania is in love omg heheeh eves maain aa hheeh ragaley dhw
sis konirakun lwbi verieh thinoony mashe neydemey mi stry genes deny
e stry ah vess vrh wait kurevemun midhany heeheh
btw hope to see the next part soon
waitting for it
love u soo much
stay safe and take gud care
Sissie..❤️❤️❤️❤️❤️❤️❤️
this prt ves vrh vrh vrh reeeeeeeeeeeeeeeettttttttttthhhhhhiiiiiiiiii…????? Mashaa’Allah…?????
Hama ehvana as always…❤️❤️❤️❤️
Vrh vrh salhiii…????
It’s amazing…???
Waiting for the nxt prt…???
Tc of ur self and be safe..???
Luv you a loads…❤️❤️❤️????????
Maasha Allah!!! Varah Reethi mi part ves ! and then in part avaskohfhehchey
Wow Maashallah v reethi mi part vx sisoo
Alhey..Sharoof n shaihaa ey siblings dhw..Raaniyaa ah Hama Maain dheke loabi vevuny ey..hehe..dhn keevetha shaihaa ah e sihrru kuranee e meehun Sharoof n Shaihaa ey siblings kan
Curiously waiting for nxt part
Stay safe n Tc sis
Lyyyyyyyyyyyyyssssssssssssssssmmmmmmmmm♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️