Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބި އަދު ލިބޭނެބާ 15

Minhaaa Level 110 Stories
November 15, 2020 4 Mins Read
0 Comments

” އަނބި ގަބޫލުކޮއްފިން…” އާރްޔަންގެ ދުލުން މިހެން ނިކުތުމާއެކު އިސްޖަހާލައިގެން އިން މަލްދާއަށް އާރްޔަން އާއި ދިމާލަށް ބަލައިލެވުނެވެ. އާރްޔަންވެސް މަލްދާއާއި ދިމާލަށް ބަލައިލީ އެވަގުތެވެ. އާރްޔަންގެ މޫނުމަތިން ފެންނަނީ ލޯތްބެވެ. އާރްޔަން ހީކުރީ މަލްދާވެސް އާރްޔަން ދެކެ ލޯބިވާކަމެވެ. މަލްދާގެ ހިތުގައި ފޮރުވިފައިވާ ނަފުރަތު އިނގޭ ދުވަހަކުން އެހިތައް ކުރާނީ ކޮންކަހަލަ އަސަރުތަކެއްބާއެވެ.

ކައިވެނީގެ ކުޑަކުޑަ ހަފްލާ ނިންމާލުމަށްފަހު މަލްދާ އިނީ އޭނައާއި އާރްޔަން އަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގައެވެ. އިރުކޮޅެއް ވަންދެން ޒީނަތްތެރި ކުރެވިފައިވާ ކޮޓަރިތެރެއަށް ބަލަހައްޓައިގެން އިނުމަށްފަހު ތެދުވެ މުޅި ކޮޓަރި ތެރެ ސުންނާފަތި ކުރަން ފެށިއެވެ. ދިއްލާފައިވާ އުއްބަތިތައް އުކާލައި އެނދުމައްޗަށް އަޅާފައިވާ ފިނިފެންމާ ފިޔަތައް ވެސް އުކާލިއެވެ. ފާރުގައި ބޮޑުއަކުރުން ދެމީހުންގެ ނަން ހަރުކޮއްފައި އިންތަން ފެނިގެން މަލްދާ ދިޔައީ އެދިމާލަށެވެ. އެއަށްފަހު އެއެއްޗެހިވެސް ނަގާ ހޫރާލިއެވެ. އެގަޑީ އާރްޔަން ކޮޓަރީގައި ނެތްކަންވެސް ނަސީބެވެ. އާރްޔަން އަންނަންވާއިރަށް މަލްދާ އަވަހަށް ގޮސް ފާހަނައަށް ވަދެ އެއްޗެހި ބަދަލުކޮއްލައިގެން ނިކުމެ އެނދުމައްޗަށް އަރާ އޮށޯވެލިއެވެ. ހަމަގައިމުވެސް އާރްޔަން އަށް އޭނަ ގައިގައި އިނގިލިކުރިވެސް ޖައްސާލިޔަ ނުދޭނެއެވެ. އިރުކޮޅެއްވަންދެން އެހެން އޮތްތަނާ މަލްދާގެ ލޮލަށް ނިދިއަންނަން ފެށިއެވެ. މެރެމުންދިޔަލޯ ހުޅުވުމާއެކީ ފުންމައިގެން ތެދުވީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ.  ކިތައްމެ ކެރޭކަމަށް ހެދިގެން އުޅުން ނަމަވެސް މިހާރު މަލްދާގެ މޫނުން އޭނަ ބިރުގައިންފަ އިންކަން ރަނގަޅަށް އިނގެއެވެ. ސްކޫލް ދުވަސްވަރު ވަހީދުގެ ކިބައިން ފެނުނު އަމަލު އަދިވެސް ހިތަކުން ނުފިލައެވެ. އާރްޔަން އަކީވެސް ފިރެހެނެއް ވިއްޔާއެވެ. ބާރުގެ ބޭނުންކޮއްގެން ކޮންމެ ކަމެއްވެސް ކޮއްފާނެއެވެ. ނަމަވެސް މަލްދާ ހިތްވަރު އެލުވައެއް ނުލާނެއެވެ. އޭނަ ނުގަބޫލުގައި އާރްޔަން އަކަށްވެސް ކަމެއް ކުރާކަށް ލާހިކެއް ނޫނެވެ. ކޮޓަރިއަށް ވައިން އާރްޔަންގެ ދެލޯ ބޮޑުވެގެން ދިޔައީ ކޮޓަރިތެރެ އޮތް ހާލަތު ފެނުމާއެކީއެވެ. މަލްދާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުންވެސް އާރްޔަންއަށް މިކައިވެނި ކުރެވުނީ މަލްދާގެ ނުގަބޫލުގައި ކަން ނަގައިގަނެވުނެވެ. ހިތައް ކިތައްމެ ބޮޑަށް އަސަރު ކުރިނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ ބެލިއެވެ. ކޮޓަރި ދޮރު ލައްޕާލުމަށްފަހު ކުރިއަށް އަޅަން ނެގި ފިޔަވަޅު ހުއްޓުނީ މަލްދާގެ އަޑަށެވެ. ” ޑޯންޓް ޔޫ ޑެއާ ކަމް ނިއާ މީ.. އާރްޔަން ހީކުރީ ކީކޭ.. އެހުރިހާ ކަމަކަށްފަހު އަހަރެން އާރްޔަން އަށް މާފުކުރާނޭ.. އަހަރެން އަޒްހާން އާއި ދުރުވީ އާރްޔަން އާ ހެދީ.. އަޒްހާންގެ މަރުވެފަ އޮތް މޫނުވެސް ބަލާލުމުގެ ފުރުސަތު ނުލިބުނީ ހަމަ އާރްޔަން އާ ހެދީ.. އެންޑް އޮން ޓޮޕް އޮފް ދެޓް ޔޫ ހޭޑް ގަޓްސް ޓު ސެންޑް ޔުއާ މޮމް … އެކަމް ބުނަން… ދެޓް ވޯޒް ޔުއާ ވޯސްޓް މިސްޓޭކް.. ހިތައް ނާރާތި އަހަރެން އަންހެން ކުއްޖެއް ވީމަ އާރްޔަން ބޭނުންހާ ގޮތެއް ހަދާލެވޭނޭ..” މަލްދާ ހިތައް އެރިހާ އެއްޗެއް އާރްޔަން އާއި ދިމާލަށް ގޮވަމުން ދިޔައިރު އަނގައިން ބަހެއްވެސް ބޭރުނުކޮއް އާރްޔަން ހުރީއެވެ. އާރްޔަން ބުނާނީވެސް ވަކި ކީކޭހެއްޔެވެ؟ މިކައިވެނީގެ ހަގީގަތެއް އާރްޔަން އަކަށް ނޭނގޭވިއްޔާއެވެ. މަލްދާގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ލަފުޒަކާއެކު އާރްޔަން ހިތައް ލިބެމުން ދިޔަ ޒަހަމު ދިޔައީ އިތުރުވަމުންނެވެ. އަމިއްލަ ނަފްސުގެ ދިފާއުގާވެސް ބުނާނެ އެއްޗެއް އާރްޔަން އަކަށް ނޭނގުނެވެ. މަލްދާ ވާހަކަ ދައްކާ ނިމުމުން އާރްޔަން ގޮސް އަލަމާރިން ނިދަންލާ އެއްޗެހި ނެގުމަށް ފަހު ފާހަނައަށް ވަނެވެ. ފާހަނަ ދޮރު ލެއްޕުމާއިއެކު މަލްދާއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ. އެނދުމަތީގައި ގުޑިލާންވެސް ނޭނގިފައި އިރުކޮޅެއްވަންދެން ހުއްޓާ ފާހަނަދޮރު ހުޅުވުނެވެ. އާރްޔަން ކޮޓަރިތެރެއަށް ނަޒަރުހިންގާލުމަށްފަހު ކޮޓަރިތެރެ ހަމައަކަށް އެޅުމުގެ މަސައްކަތް ފެއްޓިއެވެ. އާރްޔަންގެ އަމަލުތަކަށް ބަލަހައްޓައިގެން މަލްދާއަށް އިނދެވުނީއެވެ. ކޮޓަރިތެރެ ހަމައަކަށް އަޅުވާލުމަށްފަހު އާރްޔަން އެނދާއި ދިމާލަށް އަންނަން ފެށުމުން މަލްދާގެ ހިތައް ނުތަނަވަސްވެރިކަން ވެރިވާންފެށިއެވެ. އެހުރިހާ އެއްޗެއް ކިޔުމަށްފަހުވެސް އާރްޔަން ބޭނުންވަނީ އެގޮތްހެއްޔެވެ؟ ބިރުން މަލްދާ ދެލޯމަރައި ބާރުކޮއްލެވުނެވެ. ” ޑޯންޓް ވޮރީ.. އަހަރެން މަލްދާގެ ނުގަބޫލުގައި އެއްވެސް ކަމެއް ނުކުރާނަން” އާރްޔަން މިހެން ބުނެލުމާއެކު މަލްދާއަށް ދެލޯ ހުޅުވާލެވުނެވެ. އޭރު އާރްޔަން ދެބާލީހާއި ރަޖާގަނޑެއް ނެގުމަށްފަހު ސޯފާ އާއި ދިމާލަށް ދާން ހިނގައިގަތެވެ. މަލްދާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލެވުނީ ދެނެވެ.

އިރުގެ ރަންދޯދިތަކުން މުޅި ޖައްވު އުޖާލާކޮއްލިއެވެ. އާރްޔަންމެން ގޭތެރެއިން ފެންނަމުން ދިޔައީ ހަލަބޮލި ކަމެވެ. ގޭތެރޭގައި މީހުން ގިނަކަމުންވެސް ވާނީ އެހެންތާއެވެ. އަންހެންވެރިން ބަދިގެތެރޭގައި އުޅުންއިރު ފިރެހެންވެރިން ތިބީ ސިޓިންގްރޫމުގައި މަޑުކޮއްލައިގެންނެވެ. އާރްޔަން ނިދާ ހޭލައިގެން ނުނިކުންނާތީ އަލީ އިނީ ބޮޑެތި މީހުން ތެރޭ ފޫހިވެފައެވެ. އިރުކޮޅެއްވަންދެން އެތާ އިނުމަށްފަހު އެންމެ ފަހުން އަލީ ބޭރަށް ނިކުމެލިއެވެ. ގޯތިތެރޭގައި ހައްދާފައިވާ އެކި ކުލައިގެ މާގަސްތަކުން ތަނަށް ގެނެސްދެނީ އިތުރު ފުރިހަމަ ކަމެކެވެ. ބިންމަތީގައި ހައްދާފައިވާ ކާޕެޓްގެ މެދުން ހަދާލެވިފައިވާ ހިމަ މަގުން ހިނގާލައިފައި ދިޔަ އަލީގެ ހިނގުމަށް ހުއްޓުމެއް އައީ ކަންފަތުގައި ހަރުލި އަޑަކުންނެވެ. އަޑުއަންނަނީ ކޮންދިމާލަކުންތޯ ރަނގަޅަށް ހޯދާލިއިރު ސައިމާގަސްތަކުގެ އެފަރާތުގައި އަންހެންކުއްޖެއް އިންތަން ފެނުނެވެ. މަޑުމަޑުން ހިނގާލަމުން ގޮސް އެކުއްޖާފަހަތުގައި ހުއްޓިލިއެވެ. ފަހަތުން މީހެއްގެ ހިލަމެއް ވެގެން ސާރާ ފަހަތައް އެނބުރިލިއިރު ކުރިމަތީ އިން އަލީ ފެނިފައި ކުޑަކޮއް ސިހޭ ގޮތްވިއެވެ. އަލީގެ މޫނުންވެސް ފެނިލީ އެކަހަލަ ކުލަވަރުތަކެކެވެ. އޭގެ ދެތިން ސިކުންތައްފަހު ދެބުމަ ގޮއްޖެހިގެން ދިޔައެވެ. މޫނުމައްޗަށް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ. ” ހައު ކޭން އައި ފޮގެޓް…” މިހެން ބުނުމަށްފަހުވެސް އަލީ އެތަނުން ދާކަށް ހިޔާލެއް ނުކުރިއެވެ. އޭގެ ބަދަލުގައި ސާރާ ކައިރީ އިށީނދެލިއެވެ. އިރުކޮޅެއްވަންދެން ހުރީ ދެމީހުންވެސް އަނގައިން ނުބުނެއެވެ. ” ހައު ޑޫ ޔޫ ފީލް؟” ދެމީހުންގެ ދެމެދުގައިވާ ހަމަހިމޭންކަން ފޫދުއްވާލީ އަލީއެވެ. އަލީގެ އަޑުގައިވީ މަލާމާތެވެ. އެއްޗެކޭ ނުބުނެ ސާރާ އަލީ އާއި ދިމާލަށް ބަލަހައްޓައިގެން އިނީއެވެ. ސާރާގެ އެބެލުމުން ހިތައް ކިތައްމެ ވަރަށް އަސަރު ކުރަމުން ދިޔަނަމަވެސް މޫނުމަތިން އެކަން ނާންގާވޭތޯ އަލީ ބެލިއެވެ. ” ހަނދާން ކުރާތި.. އެދެމެދަށް ވަދެއްޖެއްޔާ އައިލް މޭކް ޔުއާ ލައިފް ހެލް..” އަލީ ދިނީ އިންޒާރެކެވެ. ދެންވެސް ސާރާ އެއްޗެކޭ ނުބުނެ އިންނަންފެށުމުން އަލީ ތެދުވީ އެތަނުން ދާށެވެ. ” އަލީ.” ވަކި ހިސާބަކަށް ގޮއްސަ ހުއްޓުނީ ސާރާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ” ބައެއްފަހަރު ހިތައް އަރާ އާ ޔޫ ދަ ސޭމް އަލީ އައި ނޯ.. ހައު ކޭން ޔޫ ބީ ސޯ މީން؟..” ސާރާގެ އަޑުގައިވީ ޝަކުވާއެވެ. ” މީން؟.. އާފްޓާ އެވްރީތިންގް ޔޫ ޑިޑް… ދެޓްސް ވަޓް ޔޫ ޑިޒާވް..” އަލީގެ އަޑު ދިޔައީ ކުރިޔަށްވުރެވެސް ބޮޑަށް ހަރުކަށިވަމުންނެވެ. ” ޔޫ ރިއަލީ ހޭޓް މީ ރައިޓް؟.. އަހަންނަށް އިނގޭ މަލްދާވެސް، އެހެން އެންމެންވެސް ހަގީގަތް އިނގުމަށްފަހު އަހަރެން ދެކެ ވަރަށް ރުޅި އަންނާނެކަން.. އެކަމް ކުށް ވެސް ކުރެވޭނީ އިންސާނުންނަން.. … އަލީ.. ކީއްވެ އަހަންނަށް މާފު ލިބުމުގެ ހައްގު ނެތީ..” ސާރާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އަލީ އިސްޖަހާލައިގެން އިނެވެ. ސާރާ އެކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް އަލީއަކަށް ނޭނގުނެވެ. ސާރާދެކެ އަށްވުރެ ބޮޑަށް އޭނަ އަމިއްލަ ނަފްސުދެކެ ރުޅިއާދެއެވެ. ސާރާދެކެ އެހާބޮޑަށް ލޯބިވާތީއެވެ. މިހާ ގިނަ ދުވަސްވީއިރުވެސް އެހިތުގައި ސާރާއަށް ދެވިފައިވާ މަގާމަށް ބަދަލެއް ނާންނާތީއެވެ. އިތުރަށް އެންމެ ބަހެއްވެސް ބޭރު ނުކޮއް އަލީ އެތަނުން ދާން ހިނގައިގަތެވެ. އަލީ ދިޔަ ދިމާލަށް ބަލަހައްޓައިގެން ސާރާއަށް އިނދެވުނީއެވެ. އޭރު އޭނަގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. އަލީ އެބުނީވެސް މުޅިއަކުން ދޮގު ވާހަކަ އެއް ނޫނެވެ. އޭނަ ކުރިކަންތަކަށްފަހު މިއީ އޭނައަށް ލިބެންވީ ހައްގު އަދަބެވެ. ހަމައެކަނި އަލީއެއް ނޫނެވެ. އެންމެންވެސް އޭނައަށް ނަފުރަތު ކުރާނެއެވެ. އެދުވަސް ދެކޭކަށް ހަމަހިލާ ސާރާއަކަށް ކެތެއް ނުވާނެއެވެ.

އަރާމު ނިންޖަކުން ނިދާފައި އޮތް މަލްދާ އަށް ހޭލެވުނީ ފޯން ރިންގް ވާ އަޑަށެވެ. ގުޅަނީ ކާކުތޯ ބަލާލުމުގެ ކުރިން ފޯނު ކެނޑިއްޖެއެވެ. އެހެން ކަމުން އެއަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ތެދުވި މަލްދާއަށް ސޯފާގައި ނިދާފައި އޮތް އާރްޔަން އާއި ދިމާލަށް ބަލާލެވުނެވެ. އާރްޔަން އާއި ދިމާލަށް ވައްތަރެއް ޖައްސާލުމަށް ފަހު ވަރަށް މަޑު ފިޔަވަޅުތަކާއެކު ފާހަނައަށް ވަނީ އާރްޔަން ހޭލުމުގެ ކުރިން އަވަހަށް ރެޑީ ވެގެން އެތަނުން ނިކުންނާށެވެ. ފެންވަރާލައިގެން ނިކުތުމަށްފަހު ފެންހިއްކަން އިން މަލްދާއަށް އަނެއްކާވެސް އާރްޔަން އާއި ދިމާލަށް ބަލާލެވުނެވެ. ރޭގަ އެހުރިހާ އެއްޗެއް ގޮވުމަށްފަހުވެސް އެހާ އަރާމުކޮށް ނިދާލާފަ އޮތްއިރު އެއްޗެކޭވެސް ހިތައް ނާރަނީބާއޭ މަލްދާގެ ހިތައް އެރިއެވެ. އިރުކޮޅަކު އާރްޔަންއާއި ދިމާލަށް ބަލަން އިނުމަށްފަހު މޮޅު ހިޔާލެއް ސިކުނޑިއަށް އައިސްގެން އަވަހަށް ފާހަނަ އާއި ދިމާލަށް ދިޔައެވެ. ކުޑަވަރެއްގެ ޖަގަކަށް ފެންއަޅާ ފުރައިގެން ނިކުއިން އިރު މަލްދާގެ މޫނުމަތީގައިވަނީ ނުލަފާ ހިންޏެކެވެ. މަޑުމަޑުން ގޮސް އާރްޔަން ކައިރީ ހުއްޓިލުމަށްފަހު ބަލާކަށްނުހުރެ ފެންޖަގު ޖެހީ އާރްޔަންގެ މޫނަށެވެ. ” ވަޓް ދަ ހެލް..” ފިނިފެންއެތި މޫނުގައި ޖެހުމާއެކު ފުންމައިގެން ތެދުވި އާރްޔަންގެ ދުލުން ބޭރުވިއެވެ. ކުރިމަތީގައި މަލްދާ ހެވިދިއްލިފައި އިންތަން ފެނުމުން އައިއްސަ ހުރި ރުޅިގަނޑު އައި ނައި ތަނެއް ނޭނގި ގެއްލިއްޖެއެވެ. ” މީ އަދި ފެށުން… ” މިހެން ބުނެލުމަށްފަހު އަނެއްކާވެސް މަލްދާ ތައްޔާރުވާން ދިޔައެވެ. އާރްޔަން ދެފަރާތައް ބޯހޫރުވާލުމަށްފަހު ތެދުވީ ދެންއިތުރަށް ނިދަން ނޯންނަންވެގެންނެވެ. ކައިވެނީގެ ފުރަތަމަ ދުވަހު އަނބިމީހާގެ ފަރާތުން މި ލިބުން ހަދިޔާ އާރްޔަން ދުވަހެއްގެ ކޮޅުންވެސް ހަނދާން ނެތޭނެ ކަމެއް ނޭނގެއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Minhaaa

Level 110 Stories

Other Articles

Previous

ތިން ލަފްޒުން (16)

Next

ހަހުރަ ( ޓްރެއިލާ )

Next
November 16, 2020

ހަހުރަ ( ޓްރެއިލާ )

Previews
November 15, 2020

ތިން ލަފްޒުން (16)



All Right Reserved!