Skip to content
އެސްފިޔަ

އަންނަންދެން ހުންނާނަން ލޯބިން 6

ތާރާ ގެއަށް ދިޔައިރު ހުރީ ވަރަށް ލަސް ވެފައެވެ. އިރުއޮއްސި ރޭގަނޑު 7 ޖަހާ ބޮޑުވެފައެވެ. ފުރަތަމަ ވެސް އޭނާ ބެލީ ސިއްރުން އެކަކަށް ވެސް ނޭނގި ކޮޓަރި އާ ހަމައަށް ދެވޭތޯ އެވެ. ނަމަވެސް ތާރާގެ ނަސީބު އެކަމަށް ތަނެއް ނުދިނެވެ.

“ތާ! ކީއްވެ ފޯނު ނުނަގަނީ؟ ތާ ނައިސްގެން އަހަރެން ގުޅާ ގުޅާ ވަރުބަލި ވެއްޖެ. ހަވީރު ވީމަ ލަސްވެގެން މަންމަ ބުނީ ތާ ދިޔައީ މޫންލައިޓަށޭ. އެކަމް މޫންލައިޓަށް ދިޔައިރު ތާއެއް ނެތް. މިހާރު ތިޔައީ އިރުއޮއްސުން ފަހުން.” އީކަން ގެ އަޑު އިވުމުން ތާރާއަށް ހީވީ ފައިގައި ކަސްތޮޅު އެޅުވި ހެންނެވެ. ނަމަވެސް ފަހަތަކަށް ބަލާކަށް ނުކެރުނެވެ.

“އަހަރެން މޫންލައިޓްގެ ސާފު ކޮށްފަ ދިޔައީ އަރޓެފިޝަލް ބީޗް ދޮށަށް.” ތާރާ މަޑުމަޑުން ބުނެލިއެވެ.

 

އީކަން ގެ އިތުރުން އޭނާގެ ކައިރީގައި ހުރި ކިޔާން އާއި ޖައިލަމް ސިހުނީ ތާރާގެ އަޑުގައި ވާ މަޑުމައިތިރި ކަމުންނެވެ. އެވަގުތު އީކަން ގެ ހަނދާނަށް ފުރަތަމަ ވެސް އައީ ކުޑައިރުގަ މަޑުމަޑުން އިންނަ ބަސްއަހާ ތާރާއެވެ. ނަމަވެސް ބޯ ހޫރާލުމަށް ފަހު އެ ހަނދާނުން ދުރުވީ ހިތަށް ވީ ތަދުން ކަމަށް ވެސް ވެދާނެއެވެ.

ކިޔާން އަށް ކަމެއް ޔަގީން ވިއެވެ. ތާރާ އަށް މިއަދު ކަމެއް ވެއްޖެއެވެ. އޭނާ ކޮންމެވެސް ކަމަކާ އެބަ ހިތާމަ ކުރެއެވެ. ތާރާގެ މަޑުމައިތިރި އަޑު އެކަމަށް ހެކި ދެއެވެ. އަނެއްކާ ތާރާއަށް މީހަކު ކަމެއް ކުރީ ހެއްޔެވެ؟ ތާރާ ކަމަކާ ހިތާމަ ކުރާ ކަން އެނގުމާއި އެކު ކިޔާންގެ ހިތް ނުބައި ގޮތަކަށް ތެޅިލި ކަން ވެސް އިހުސާސްވިއެވެ.

“އަހަރެން ދިޔައީ އެކުވެރި އަކާއި އެކު.” އެހެން ބުނެފައި އޭނާ އެތަނުން ދުރަށް ހިނގައި ގަތެވެ. އަދި ކޮޓަރިއަށް ގޮސް ދޮރު ތަޅުލިއެވެ. އަދި މަޑުމަޑުން ދޮރުގައި ލެނގިލަމުން ތިރިވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ މުޅި ކޮޓަރި ތެރޭގައި ހިތްތައް ލޭކޮށާލާ ވަރުގެ ގިސްލުމެއްގެ އަޑު ފެތުރިގެން ދިޔައެވެ.

 

ޙަޤީޤަތުގައި ހަވީރު ވުމުގެ ކުރިން މޫންލައިޓް ގޭގައި އިތުރަށް މަޑުކުރަން ކެތް ނުވެގެން އޭނާ ޓެކްސީ އެއްގައި ދިޔައީ ރާޅުގަނޑު ސަރަހައްދަށެވެ. އެކަނިއެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯ އެވެ. ނަމަވެސް އެކަމެއް ވެސް ނުވިއެވެ. އެ ސަރަހައްދުގައި ކުޅެ މަޖާ ކުރަމުން ދިޔަ ކުޑަކުދިންތައް ފެނުމުން އޭނާގެ ހިތަށް އިތުރަށް އަސަރު ކުރުން ނޫން ކަމެއް ނުވިއެވެ. ތުއްތު އިރު ސާރާގެ ކިބައިން އެގޮތަށް ޙިޔާލެއް ފިކުރެއް ނެތި މަޖާކޮށް އުޅުމުގެ ފުރުސަތު ނިގުޅައިގެންފައި ވާތީއެވެ. ނުބައި ނުލަފާ އަނިޔާވެރި ބައެއްގެ ސަބަބުންނެވެ. ގައިމުވެސް މި ތާރާއެއް އެމީހުންނަށް ދުވަހަކުވެސް މަޢާފެއް ނުކުރާނެއެވެ.

ހަނދާން ނުވިއެއް ކަމަކު ތާރާ ސާރާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންކަމުން ލޯބިވާ ދޮންތަ އެ ހާލުގައި ދުނިޔެ ދޫކުރުމަށް ވަކި ރުހޭނީ ކާކު ހެއްޔެވެ؟ އަލިފާނުގެ ތެރޭގައި އަމިއްލަ ނަފްސަށް ވުރެ ލޯބިވާ އެއްމާބަނޑު ދައްތަ ރޮއެހޭރެ، ސަލާމަތަށް އެދި އާދޭސް ކުރާ މަންޒަރު ބަލަން ކެތްވާނީ ވަކި ކާކަށް ހެއްޔެވެ؟ އާއެކެވެ. ތާރާ އަކަށް ވެސް ކެތެއް ނުވިއެވެ. ވިސްނާލުމެއް ނެތި އަނދަ އަނދާ ހުރި ބޮޑު އަލިފާންގަނޑު ގެ ތެރެއަށް ދައްތަ ސަލާމަތް ކުރުމަށް ޓަކައި 5 އަހަރުގެ ތާރާ ދުއްވައިގަތީ އެހެންވެ ނޫން ހެއްޔެވެ؟ ދެންވެސް ސާރާ ސަލާމަތް ނުކުރެވުމުން ހިތަށް ކުރާނެ އަސަރު އެނގޭނީ ވެސް ހަމަ ތާރާއަށެވެ.

 

ތާރާ އޭނާ ގެންދިޔަ ދަބަސް ހުޅުވާލިއެވެ. އަދި އޭގެ ތެރެއިން 3 އެއްޗެއް ނެގިއެވެ. އެއީ ތިން ފޮޓޯގަނޑެވެ. އެއް ފޮޓޯގަނޑު ގައި އިނީ އެންމެ އަންހެން ކުއްޖެކެވެ. އެއީ ސާރާ ކަން އެނގެނީ އަތުގައި އަޅާފައި އިން ކެވެލި ކޮޅުގައި ‘ސާރާ’ ޖަހާފައި ވުމުންނެވެ. އަނެއް ފޮޓޯގަނޑުގައި އިނީ ތާރާއެވެ. ދެން އިން ފޮޓޯގަނޑުގައި އިނީ 2 ކުދިންނާއި ރައްޔާން އެވެ. ތާރާ އިންތަނުން ތެދުވެގެންގޮސް އެ ފޮޓޯތައް އެނދުގެ ހެޑްބޯޑް މަތީ ރީތިކޮށް އަތުރާލިއެވެ. އަދި އެތާ ހުރި 2 މާވަށިގަނޑު އެ ފޮޓޯ ތަކުގެ ކުރިއަށް ލައި ފޮރުވާލިއެވެ.

……….

ޖެހިގެން އައި ދުވަހުވެސް ތާރާ މަޑުނެގިފައި ހުންނަ ކަން ފާހަގަ ކުރެވުނެވެ. ކިޔާން ނޫން އެންމެން ވެސް ހީކުރީ އެެއީ ކައިލާން ދިޔުމުން އެކަމާ ދެރަވެގެން ކަމަށެވެ. ނަމަވެސް ކިޔާން އަށް އެނގެއެވެ. ތާރާ ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރެއެވެ. އެއީ ކުޑަކަމެއް ނޫންކަމަށް އޭނާގެ ހިތާއި ސިކުނޑި ވެސް އެއްބަސް ވިއެވެ. ނަމަވެސް ތާރާއާ މެދު އޭނާ އެވަރަށް އެ ވިސްނަނީ ކީއްވެ ހެއްޔެވެ؟ ތާރާ އެ ހާލުގައި އުޅޭތީ އޭނާ ދެރަވަނީ ކީއްވެ ހެއްޔެވެ؟ އެކަމާ ވިސްނުމުން އޭނާގެ ހިތަށް ތަދު ވަނީ ކީއްވެ ހެއްޔެވެ؟

ކުއްލިއަކަށް ކިޔާން އަށް ކަމެއް ވިސްނުން ކަހަލައެވެ. އޭނާ ތާރާ ދެކެ ލޯބިވެވެނީ ހެއްޔެވެ؟ އޭނާގެ ހިތް އެކަމާ އެއްބަސް ވަމުން ދިޔައިރު ސިކުނޑި ދެކޮޅު ހަދަމުން ދިޔައެވެ. އެވަގުތުން ވަގުތަށް އޭނާ ކަމެއް ނިންމިއެވެ. އޭނަަ ތާރާއާ ދުރުވާނީއެވެ. އޭރުން އެ އިހުސާސްތަކާއި ދުރު ވެވޭނެ ކަމަށް އޭނާ ނިންމިއެވެ. ތާރާގެ ސިއްރު ހޯދުމަށް ވުރެ މިކަންތައް މުހިންމެވެ. އެ އިހުސާސްތައް ފުހެވުމުން އޭނާ އަށް ތާރާގެ ސިއްރު ހޯދުމަށް މަސައްކަތް ކުރެވިދާނެ ނޫން ހެއްޔެވެ؟

 

ކޮއްކޮ އެއްފަދަ ތާރާ އަށް އައި ބަދަލުން ޖައިލަމް ކަންބޮޑުވިއެވެ. އެހެންކަމުން އީކަން އާއި ވާހަކަ ދެއްކުމަށް ފަހު ސަމާ އާއި ޔުކްތާއަށް ގުޅާފައި ވަރަށް އަވަހަށް އައުމަށް ބުންޏެވެ. ކުޑަ އިރުކޮޅެއް ތެރޭގައި ތާރާ ފިޔަވައި ގްރޫޕް އެންމެން ތިބީ ރަސްފަންނު ގައެވެ. ތާރާއަށް ވެގެން އުޅޭގޮތް ޖައިލަމް އާއި އީކަން ކިޔަަދިނެވެ. އެންމެން ވެސް ހައިރާން ވީ ޔުކްތާގެ މޫނު މައްޗަށް ސިހުން ވެރިވީމައެވެ.

“އަ..އަދި..އަދި އެއްފަހަރު ބުނެ..ބަ. ތާ ކޮންތާ..ކަށް ކީއްކުރާށޭ ދިޔައީ؟” ޔުކްތާ އަޅައަޅައި ގަންނަމުން އަހާލިއެވެ. އެއްޗެކޭ ނުބުނެ އިން ކިޔާން ވެސް ޔުކްތާއާ ދިމާއަށް ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.

“މޫންލައިޓްގޭ ސާފު ކުރަން. ބޮޑުކޮޓަރި.” ޖައިލަމް ބުނެލިއެވެ. އެއާއެކު ޔުކްތާގެ ދެލޯ ބޮޑުވި މަންޒަރު ފެނުނެވެ. “ޔުކް؟” ސަމާ ގޮވާލިއެވެ. ޔުކްތާ އިން ގޮތުން ހީވަނީ ބުނާނެ އެއްޗެއް ނޭނގިފައި އިން ހެނެވެ. ދެން ފެނުނީ ޔުކްތާ އަވަސް އަވަހަށް އަތް ދަބަސް ހިފައިގެން ތެދުވި މަންޒަރެވެ.

“ޔުކް.. ޑޫ ޔޫ ނޯ އެބައުޓް.. ޑޫ ޔޫ ތިންކް.. އެ ހާދިސާ… ޑިޑް ޔޫ…” އީކަން ވެސް ދެލޯ ބޮޑުކޮށްލާފައި ތެދުވިއެވެ. “ނޯ! ނޯ!” ޔުކްތާ ހާސްވެފައި އަވަސްއަވަހަށް ބުނެލިއެވެ. “އައި މީން އައި ޑޯންޓް ތިންކް އިޓްސް އެބައުޓް ދެޓް.” އޭނާ ދެން މަޑުމަޑުން ބުނެލިއެވެ.

“ކޭން ވީ ޓޯކް؟” އީކަން އަހާލިއެވެ. “އަމް..” “ޕްރައިވޭޓް ކޮށް.” އީކަން ޔުކްތާ އަކަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދިނެވެ. އަވަސްއަވަހަށް ޔުކްތާގެ އަތުގައި ހިފައިގެން އެތަނުން ދުރަށް ދިޔައީއެވެ. އޭރު ބާކީ އެންމެން ތިބީ ވާނުވާ ނޭނގިފައެވެ. އީކަން އެ ދައްކަނީ ކޮން ހާދިސާއެއްގެ ވާހަކަ ބާއެވެ؟

……….

“ޑޫ ޔޫ ނޯ އެބައުޓް ސާރާ އެން ރައްޔާންބެ އަށް ވީގޮތް؟” އީކަން ޔުކްތާ ގާތު އަހާލިއެވެ. ޔުކްތާ މަޑުމަޑުން ބޯ ޖަހާލިއެވެ. އޭނާގެ ހިތަށް އެ ސުވާލު އުނދަގޫ ކޮށްލިއެވެ. “ޑޫ ޔޫ ތިންކް ޝީ ގޮޓް ހަރ މެމޮރީސް ބެކް އޮރ ސަމްތިން؟ އޮރ ޝީ ރިމެމްބަރސް އެ ދުވަހު ވީ ގޮތް އެޓް ލީސްޓް؟” އަނެއްކާވެސް އީކަން ސުވާލު ކުރިއެވެ.

“އައި.. އައި ޑޯން ނޯ. ޝީ ޑިޑްންޓް ޓޯކް އެ ހާދިސާ އާ ގުޅޭ އެއްވެސް ވާހަކައެއް ޔުކް ގާތަކު ގައިމުވެސް.” އީކަން އާ ދުރަށް ބަލާލަމުން ޔުކްތާ ހިންދިރުވާލިއެވެ. އޭނާ ދޮގު ހަދާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ލޯބިވާ ތާރާއަށް ޓަކައި އޭނާ ކޮންމެ ކަމެއް ވެސް ކުރާނެއެވެ.

“އޯކޭ. ބަޓް ތާ އެކަހަލަ ވާހަކައެއް ދައްކައި ފިއްޔާ ބުނައްޗޭ.” އީކަން ޔުކްތާ އާއި ހަތަރުކަޅި ހާމަކޮށްލިއެވެ. ޔުކްތާ ހަމަ އެކަނި ބޯ ޖަހާލިއެވެ.

“ހިނގާ ދާން.” އީކަން ބުނެލިއެވެ. “ނު.. ނޫން. އައި ހޭވް ޓު ގޯ ވަރަށް އަވަހަށް ތަނަކަށް.” ޔުކްތާ ބެލީ އެތަނުން ދެވޭނެ އުޒުރެއް ހޯދޭތޯއެވެ. އަދި އީކަން ދިޔަޔަސް އެންމެ ރަނގަޅޭ ބުނުމުން އަވަހަށް ހިނގައިގަތެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. ހީވަނީ އޭނާގެ އެތެރެހަށި ފުނޑުފުނޑު ކޮށްލަން އުޅޭ ހެންނެވެ.

އީކަން މެންނަށް ނުފެންނަ ހިސާބަށް ދެވުމުން ޔުކްތާއަށް ހުރި ތަނަށް ތިރި ވެވުނެވެ. އޭނާގެ ދެލޯ ފެންކަޅި ވިއެވެ. އޭނާގެ ހަނދާނަށް އައީ މީގެ 6 އަހަރު ކުރީގެ ހަނދާނެކެވެ.

އޭރު ތާރާ އާއި ޔުކްތާގެ އުމުރުން ވާނީ އެންމެ 12 އަހަރެވެ. އެއީ ތާރާ އެންމެ ފަހުން މެލޭޝިޔާ އަށް ދިޔަ ފަހަރެވެ. އޭނާ ދިޔައީ ކައިލާން އާއި ނާޒިމާ އާ ވެސް އެކުއެވެ. އެއީ ތާރާ ނަފްސާނީ ބަލިން އަރައިގެންތާ ގާތްގަނޑަކަށް 3 އަހަރު ވީތަނާއެވެ. އެފަހަރު ތާރާ އެކަނި ކޮޓަރީގައި ނިދަން ނުކެރޭނޭ ބުނުމުން އެ ކޮޓަރިއަށް ތާރާ އާއެކު ނިދަން ޔުކްތާ ދިޔަ ރެއެކެވެ.

 

…»•°•«…

“ނޫން! ނޫން! ނުދޭ!”

ނިދިފައި އޮތް ޔުކްތާއަށް ހޭލެވުނީ ތާރާ ރޯ އަޑަށެވެ. ލޯ ހުޅުވައި ލުމަށްފަހު ކައިރި އޮތް ތާރާ އަށް ބަލާލިއެވެ. އޭރު ތާރާ ދެލޯ މަރާ ތަގުޅި ކޮށްގެން އޮވެ ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ. އޭނާގެ މޫނު މަތިން އޮށްދާ ހިއްލަމުން ދިޔައިރު ގޮވަމުން ދިޔައީ ސާރާ އަށާއި ރައްޔާން އަށެވެ.

“ޑެޑީ! ދޮންތީ! ނޯ!”

ހީވަނީ ބިރުވެރި ހުވަފެނެއް ފެންނާތީ އުޅޭ ހެންނެވެ.

“ނޯ ނޯ! ޑޯންޓް ލީވް މީ! އައި ނީޑް ޔޫ! ދޮންތީ! ޑެޑީ! ޕްލީޒް!!” ތާރާ ރޮމުން ގޮވަމުން ދިޔައެވެ. ޔުކްތާ އަވަހަށް ތާރާ ހޭލައްވަން ތާރާގެ ގައިގައި އަތްލިއެވެ. އޭނާ ސިހިފައި އަތް ދަމައިގަތީ ތާރާގެ ގައި ފިނިކަމުންނެވެ. ނަމަވެސް ދެންވެސް ތާރާއަށް ގޮވަން ފެށިއެވެ. ދެބޭންގެ ދެދަރި ކޮއްކޮ އެ ހާލުގައި އުޅޭ މަންޒަރު ބަލަން ލަގޮނޑި އަށް ކެތް ނުވެގެންނެވެ.

“ތާ! ތާ! ވޭކް އަޕް! އިޓްސް ޖަސްޓް އެ ޑްރީމް! ތާ! ތާރާ! ކޮކީ! ތެދުވެބަ.” ޔުކްތާ ހުއްޓުމެއްނެތި ގޮވަމުން ދިޔައެވެ. ކުއްލިއަކަށް ތާރާ ދެލޯ ތަންމިނަށް ހުޅުވުމަށް ފަހު ތެދުވިއެވެ. އަދި ރޮއެގަންނަމުން ޔުކްތާ ގައިގައި ބައްދައި ގަތެވެ. “ދޭ އަރ ގޯން. ދޭ އަރ ގޯން.” ތާރާ ޔުކްތާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރުއެވެ. ޔުކްތާގެ ލޯ ވެސް ފެންކަޅިވީ ވާނުވާ އެނގުމުންނެވެ. ތާރާގެ ހަނދާންތައް ފުހެވުނަސް އެ ހާދިސާގެ ހަނދާން އެބަހުއްޓެވެ. ތާރާއަށް ކުރާނެ އަސަރު ވިސްނުމުން ޔުކްތާއަށް ވެސް ރޮވުނެވެ.

އެރޭ ތާރާ ޔުކްތާ ކުރިމަތީ އޭނާގެ ހިތް ބަންޑުން ކޮށްލިއެވެ. ހިތުގައި ވީ ރިހުމެވެ. އާދޭސް ތަކެވެ. ޝަކުވާތަކެވެ. ޔުކްތާ ވެސް ތާރާ ދެއްކި ހުރިހާ ވާހަކައެއް ވެސް ކަނުލައި އަޑުއެހިއެވެ. ތާރާއަށް އެތަކެއް ނަސޭހަތަކާއި ހިތްވަރު ދިނެވެ. ދިރިއުޅުމުގައި ހިތާމަ ތަކާއި ކުރިމަތި ވާނެ ކަން ބުނެދިނެވެ. އެއީ ކުރެވޭ އިމްތިހާން ތަކެއް ކަން ވިސްނައި ދިނެވެ. މަރަކީ ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް ކަން ވެސް ވިސްނާ ދިނެވެ. އަދި އިރާދަ ކުރެއްވިއްޔާ އާޚިރަތް ދުވަހުން ސާރާ އާއި ރައްޔާން އާއި ބައްދަލު ވާނެ ކަމަށް ވެސް ބުނެދިނެވެ.

ތާރާގެ އެދުމުގެ މަތިން ސާރާ އާއި ތާރާގެ ކުޑައިރުގެ ބައެއް އުފަަވެރި ވާހަކަތައް ޔުކްތާ ހިއްސާ ކުރިއެވެ. ނާޒިމާ މެންނާއި އެކަކު ކައިރީ ވެސް ތާރާއަށް އެ ހާދިސާ އެނގޭކަން ސިއްރު ކުރުމަށް ދެކުދިން ނިންމިއެވެ. ތާރާ އަލުން ނަފްސާނީ ބަލީގެ ޝިކާރަ އަކަށް ވާން ނޭދޭތީއެވެ. އެރޭ ދެމީހުން އެކަކު އަނެކަކަށް އެތަކެއް ވަޢުދަކާއި ޢަހުދެއް ވިއެވެ.

…»•°•«…

 

ޔުކްތާ ކަރުނަ ތައް ފުހެލުމަށް ފަހު ތެދުވިއެވެ. އަދި ތާރާއަށް ގުޅަން އުޅެފައި އިހަށް ތާރާއަށް ވަގުތު ދިނުމަށް ނިންމިއެވެ. އެއީ އެކަމާ ވާހަކަ ދެއްކުން އެންމެ ބުއްދިވެރި ވާނީ ތާރާ ހަމައަކަށް އެޅުމުން ކަން ޔުކްތާއަށް އެނގެއެވެ. އެހެންކަމުން އޭނާ ދިޔައީ ގެއަށެވެ. ގެއަށް ގޮސް ވެސް އޭނާއަށް ވިސްނެނީ ހަމައެކަނި ތާރާއާ މެދުގައެވެ.

………

 

“އީކް. ވަޓް ވޯޒް ދެޓް؟” އީކަން އައުމާއެކު ޖައިލަމް އަހާލިއެވެ. “ތާއަށް ކަމެއް ވީތަ؟” އީކަން އަށް ޖަވާބެއް ނުދެވެނީސް ސަމާ އެހިއެވެ. “ކޮން ހާދިސާ އެއްގެ ވާހަކަ ތަ ޔޫ އެން ޔުކް ތި ދެއްކީ؟ ސްޕީކިން އޮފް ޔުކް، ވެއަރ އިޒް ޝީ؟” އަނެއްކާވެސް ޖައިލަމް އެހިއެވެ.

އޭރު އެއްޗެކޭ ނުބުނެ އީކަން އެއްޗެއް ބުނޭތޯ ކިޔާން މަޑުން އިނެވެ. އޭނާ އަށް އެކަން ވީ އުނދަގަލަކަށެވެ. ތާރާ އާ މެދު ނުވިސްނަން މަސައްކަތް ކުރާ ވަރަކަށް ހުރިހާ ކަމެއް ވެސް ދަނީ ފެނަށެވެ. އޭނާއާ މެދު ވިސްނޭ ވަރު ވަންޏާ ވަނީ ގިނައެވެ.

“ޔުކް ތަނަކަށް ދާން ޖެހިގެން ހިނގައްޖެ. އެން ތިބުނާ ހާދިސާ.. އައި ކާންޓް ޓެލް ޔޫ އެބައުޓް އިޓް. ދެޓްސް ނޮޓް މައި ސްޓޯރީ. އިޓްސް ތާރާސް. ބަޓް ހަނދާން ކުރާތި. ކިތަންމެ އެނގެން ބޭނުން ވިޔަސް ތާރާއަށް ފޯސް ނުކުރާތި. ޔޫ ޑޯންޓް ނޯ ވަޓް ޝީ ވެންޓް ތުރޫ. ނީދާ ޑޫ އައި. އައި ޖަސްޓް ޑޯންޓް ވޯންޓް ހަރ ޓު ގޯ ތުރޫ އިޓް އެގެއިން.” ދެރަވެފައި އީކަން ބުނެލިއެވެ. އެހެން ބުނުމުން ޖައިލަމް މެން ބޯ ޖަހާލިއެވެ.

އީކަން ގެ ވާހަކަ އަޑު އަހާފައި ކިޔާން ތާރާގެ ސިއްރު އިތުރަށް އެނގެން ބޭނުން ވިއެވެ. އެހެންނަމަވެސް ތާރާ އާއި ދުރު ވާން ޖެހޭކަން ހަނދާން ވުމުން އޭނާގެ ނުކިޔަމަންތެރި ހިތަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. އެންމެފަހުން ބޮލަށް އުނދަގޫ ވެގެން އޭނާ އީކަން މެން ގާތު ދަނީ ކަމަށް ބުނެ ހިނގައި ގަތެވެ.

……….

 

އެދުވަހު މެންދުރު ތާރާ އާއި ޔުކްތާ ބައްދަލު ކުރީ ބަޓަރފްލައި ހައުސް ކަމުގައިވާ ޔުކްތާގެ ގެއިންނެވެ. ތާރާ ޔުކްތާ އަށް ހުރިހާ ވާހަކަ ތަކެއް ކިޔާދިނުމުން ޔުކްތާ ތާރާއަށް ހިތްވަރު ދީ އެއްޔެ ހިނގި ހާދިސާ ސިއްރު ކުރަން ބޭނުންނަމަ ކުރީގެ އުޅުމަށް ބަދަލުވާން ޖެހޭނެ ކަން ވިސްނައިދިނެވެ. އަދި އެކަމުގައި ޔުކްތާ އެހީވެދޭނެ ކަމަށް ބުންޏެވެ.

އެދުވަހަށް ފަހު ތާރާ އޭނާގެ ކުރީގެ އުޅުމަށް ބަދަލުވިއެވެ. އެންމެންނާ އެއްކޮށް ސަކަރާތް ޖަހާ ލާނެތް އުޅުމަށެވެ. ނަމަވެސް އޭނާ ހައިރާންވީ ކިޔާން އޭނާއާ ވާހަކަ ނުދައްކާ ތީއެވެ. އެންމެ ކުޑަވެގެން ތާރާއާ ދިމާއަށް ބަލާވެސް ނުލައެވެ. ތާރާ އޭނާއާ ވާހަކަ ދެއްކިޔަސް ޖަވާބު ދެނީ ވެސް މަދު ފަހަރަކެވެ. ތާރާ އެކަމާ ދެރަވިއެވެ. ނަމަވެސް އެކަން ނުދެއްކޭތޯ ބަލަމުން ދިޔައެވެ. އޭނާއަށް ކިޔާން ދެކެ ލޯބިވެ ވިއްޖެ ކަން ވިސްނުނެވެ. އެކަން ވެސް އޭނާ އެންމެނާ ސިއްރު ކުރިއެވެ.

……….

 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ކިޔާން ތާރާއާ އިތުރަށް ދުރުވަމުން ދިޔައެވެ. ތާރާ ވެސް ކިތަންމެ ދެރަވި ނަމަވެސް ކިޔާން އާ ވާހަކަ ދައްކަން މަސައްކަތް ކުރުން ހުއްޓާލިއެވެ. އޭނާ އެންމެ ދެރަވަނީ ކިޔާން އޭނައާ ވާހަކަ ނުދައްކާ ސަބަބު ނޭނގޭތީއެވެ.

ކިޔާން ދެރަވިއެވެ. ތާރާ މިހާރު އޭނާއާ ވާހަކަދައްކަން މަސައްކަތް ނުކުރާތީއެވެ. ނަމަވެސް އެކަން އެއީ އޭނާގެ މަގުސަދު ހާސިލު ވާން ލިބޭ ހިތްވަރެއް ކަމުގައި އޭނާ ދެކުނެވެ.

ތާރާ އާއި ކިޔާނަށް އައި ބަދަލު އެދެކުދިންގެ އެކުވެރިންގެ އިތުރުން އުސްރާ އާއި ނާޒިމަށް ވެސް ފާހަގަ ކުރެވުނެވެ.

……….

 

އެގޮތުގައި ކަންތައްތައް ވަމުން ދަނިކޮށް އައި ދުވަހެއްގެ ހަވީރެވެ. އެ 6 ކުދިން ފޮޓޯ ނަގަން ދާން ނިންމާފައި ވާ ދުވަހެވެ.

“ތާ! އަވަސް ކުރޭ!” އީކަން ތާރާ ލަސްވެގެން ގޮވިއެވެ. “މި ނިކުތީ އޭ! ސާބަސް.” ތާރާ ދުވެފައި އައިސް ނިކުތެވެ. ކިޔާން ވެސް އެގެއަށް ވަދެގެން އައީ ހަމަ އެވަގުތެވެ. ކިޔާންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ތާރާ ފެނިފައެވެ.

ގަދަ ނޫ ކުލައިގެ ބިންމަތީގައި ކޭތޭވަރުގެ ވައްތިރި ހެދުމެއްގައި ހުރި ތާރާ ވަރަށް ރީއްޗެވެ. އުނަގަނޑާއި ދިމާއިން ހެދުން ހަށިގަނޑަށް ހިފާފައި ވީއިރު އެއްފަޅީގައި މަޑު ނޫކުލައިގެ ފިނިފެންމަލެއް ހަރުކޮށްފައި އިނެވެ. އެ އަޅިފެހި ދެލޮލުގައި ކަޅު އައިލައިނާ އާއި މަސްކަރަ ޖައްސާފައި ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްގްލޮސް ޖައްސާފައި ހުރުމުން އޭނާގެ ރީތިކަން ހަގުނަ އިތުރު ކޮށްދޭ ކަހަލައެވެ. އަބަދު ހުޅި ޖަހާފައި ހުންނަ މުށިކުލައިގެ ބުޅި އިސްތަށިގަނޑު މިއަދު ވައިގެ ތެރެއަށް ދޫކޮށްލާފައި ވުމުން ހީވަނީ ހަމަ ފަތްމިންޏެއް ހެނެވެ. އެހާވެސް ރީތި ވެފައި ފުރިހަމައެވެ.

 

ތާރާއަށް ކިޔާން ބަލަހައްޓައިގެން ހުރި ކަން އެނގުނެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް ކިޔާން އާއި ދިމާއަށް ބަލާނުލައެވެ. އޭނާ ދިޔަ ގޮތަށް ގޮސް ޔުކްތާއާއި ސަމާ ގާތު ހުއްޓުނެވެ. އެއާއެކު ޔުކްތާ އޭނާގެ އަތުގައި އޮތް ތާރާގެ ކެމެރާ ތާރާ އަތަށް ދިނެވެ. ތާރާ އެ ކެމެރާ އަށް ރަނގަޅަށް ބަލާލުމަށް ފަހު ޔުކްތާއަށް ހިނިތުންވުމެއް ރައްދުކުރިއެވެ.

ތާރާ ކިޔާން އަށް ބަލާ ނުލައި ދިޔުމުން ކިޔާންގެ ހިތަށް ތަދުވިއެވެ. އެހެންކަމުން އައި ރުޅީގައި އޭނާ ފޯނު ނަގައި މީހަކަށް ގުޅާލިއެވެ. ދެވަނަ ސިކުންތުގައި ފެނުނީ އޭނާގެ ތުންފަތް މަތީގައި ވިހަ ހިނިތުންވުމެއް ކުޅެލި މަންޒަރެވެ. އަދި ތާރާއަށް ބަަލާލުމަށްފަހު އަމިއްލަ ނަފްސަށް ސިއްރު ސިއްރުން ތަޢުރީފު ކޮށްލިއެވެ. ނަމަވެސް އޭނާގެ ހިތް އޭނާ އެ ކުރަން އުޅޭ ކަމަކާ ދެކޮޅު ހަދަމުން ދިޔައެވެ.

~~~~~~~~~~

އުންމީދު ކުރަން ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް މި ޕަރޓް ވެސް ވާނެ ކަމަށް.

…•°ޝައިމާ°•…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. ❤️Scarlet❤️

    Vvvvvvvvvvvvvvvvvvvv Reethi MaShaAllah…. Jazakihlah khairan Sis

    1. Shyshaixoxo
      ❤️Scarlet❤️

      Thanks ❤️❤️❤️❤️

  2. ?LamHaa?

    Wow maasha allah v reethi Mi part vx sis
    Curiously waiting for nxt part
    Stay safe n Tc sisoo
    Lyyysssmmm

  3. Shyshaixoxo

    Thank you ♥♥♥

  4. ?Ril?

    Hiii sis❤️❤️???❤️
    Mi part ves vrh sali❤️❤️❤️.??
    Masha Allah❤️❤️?? keep it up sisoo❤️❤️❤️❤️❤️
    Aleyyyy thaaraa I feel so sad for her that’s so sad❤️❤️????????????
    Btw vrh dera vey kiyaan and thaaraa uley gothun❤️❤️❤️??????
    I miss there fights soo much❤️❤️❤️????
    And I guess deemaa is kiyan ge gf kaneyge dhw❤️❤️❤️
    Waiting for the next part❤️❤️❤️❤️
    Love u sooo muc sis❤️❤️
    Stay safe❤️❤️❤️ and sound ❤️❤️❤️

    1. Shyshaixoxo
      ?Ril?

      Thanks ❤️. Stay safe Ril ♥♥♥

  5. Mysterious_Juliet

    Alheyyy hama v v v v best mi story… Abadhuves kiyan engey but i dont get time to comment.. But i will try here after.. Love this story.. Waiting for next part.. Be safe shaii

    1. Shyshaixoxo
      Mysterious_Juliet

      Thank you ♥ ♥ ♥ ☺

  6. ⚽L#Y@♍

    Ey Shaima sis mi Bai vx V reethi ingey.. V miss vi zuvaabu gandu.. Donkey n Monkey.. Tally n light

    1. Shyshaixoxo
      ⚽L#Y@♍

      Hehe. Thanks Liyam. ♥

  7. Shaayan

    Hey sisssooo vvvvvvvvvvvv reethi mi part vx ingey…??? Ekm majaa baithah mathin vrh miss vi… But mii emotional stry eh viima emotional prt thah vx hunaane thaa dhw… Vrh reethi emotional prt thah vx… Alheyyyyy dhn thaaraa nd kiyaan gulhuvaba plxxxxxxxxx… Anekka kiyaan e ulheny Keehkuran baa? Soo curious… Kiyaan don’t do anything bad or u will have regret it badly later on…??? Curiously waiting for the nxt part dear…??? Lysssmmm sisssooo… Stay safe nd tc darl❤️?????

    1. Shyshaixoxo
      Shaayan

      Thanks Shaayan. Emotional baithakeh dhw dhen annaany. But don’t be sad. Varah avahah majaa baithah ves fesheyne adhi.
      Lysm Shaayan. ♥ ♥
      Be safe.
      Take care. ☺

  8. ??suru ??

    Sis mi part vas Varah reethi ????whaiting for next part sis ??????stay safe ???

  9. Shaima shaee

    Vrrrr Reethi mipartves ❤️❤️❤️❤️❤️❤️❤️
    Keep it up
    Stay safe
    Luv u ??

Comments are closed.