Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔުމްނު 1

Unknown girls Level 210 Stories
September 29, 2020 3 Mins Read
1 Comment

ކޮލެޖުގެ ބެލް ޖެއްސިއެވެ. ކުދިން ތަކުގެ ތެރެއިން ފުރޭނިގެން ޔުމްނު އޭނާގެ އެކުވެރި ލީލާ ގާތަށް އައެވެ. ދެމީހުން އެކުގައި ކުލާހަށް ވަންނަނި ކޮށް އޭނާގެ ލޮލުގައި އާ ކުއްޖެއް އަޅައިގަތެވެ. އެ ރީތި ދެލޮލުން އޭނާގެ ފުރިހަމަކަން ފާހަގަ ކޮށްލުމަށް އެހާ އުނދަގުލެއް ނުވާނެ އެވެ. ނަސީބު ދިމާކުރި ގޮތުން އޭނާ އާއި އަހަރެން އިންނަން ހަމަޖެހިފައިވަނީ އެއް އެއް މޭޒެކެވެ.
” ޢައްސަލާމު ޢަލައިކުމް…. ކިހިނެއް ތަ ތި ކުދިންގެ ޙާލު. ކިތައް ކުދިން ސައިބުއި “ ޒޫނާ މިސް ހާ ރަނގަޅަށް ވާހަކަ ދައްކާ ޓީޗަރަކު ސުކޫލެއް ގައި މަދުވާނެއެވެ. ހުރިހާ ކުދިން އަތް މައްޗަށް ނެގިއެވެ. ”ވަރަށް ރަނގަޅު ހުރިހާ ކުދިން ޓެސްޓަށް ތައްޔާރު ވޭ “ ހުރިހާ ކުދިންނަށް ޓެސްޓު ޕޭޕަރުތަށް ދިނެވެ. ޓެސްޓު ނިމުމުން ހުރިހާ ކުދިން ޕޭޕަރުތަށް ހަވާލުކުރިއެވެ. ޔުމްނު ކުލާހުން ނިކުމެ އެންމެ ފުރަތަމަ ވެސް ދިޔައީ ފާޚާނާ އަށެވެ. ފާޚާނާ އިން ނިކުމެގެން އޭނާ ދިޔައީ ލާމިޔާ އާއި އެއްކޮށެވެ.
” ދަރިފުޅާ އާދޭ ކާން “ ސަމީރާ ޔުމްނު ގޮވިއެވެ. ” މަންމާ މިއައިނު “ޔުމްނު ކާގެ އަށް ވަންނަމުން ބުންޏެވެ. ކާ ތަކެތީގެ ވަސް މުޅި ބަދިގެއަށް ފެތުރިފައިއޮތެވެ. ނަމަވެސް ޔުމްނު ކެއީ ބަތާއި ގަރުދިޔަ އެވެ. އެއީ އޭނާގެ ފޭވަރިޓެވެ. ތަށި ދޮންނަން އުޅުނު ވަގުތު އައި ތަސްނީމް ކައްސާ ލައިގެން ކޮއްކޮ ހަމްޒާ އަޅައިފައި ހުރި ޖެލީތަށް މައްޗަށް ވެެއްޓުނެވެ. އައްޗީޑި ކޮއްކޮ ވެސް ކުރާނި މިކަހަލަ ކަންތައް ތަސްނީމް ގަތީ ފަކުރެވެ. ޖެލީ އަކީ އޭނާ އެންމެ ރުޅިއަންނަ އެކައްޗެވެ.
ޔުމްނު އަނެއް ރޭގަނޑު ކޮލެޖަށް ދިޔައެވެ. ”ޔުމްނޫ “ޔުމްނު ހިސާބަކުން ފެނިގެން ލީލާ ބާރަށް އައެވެ. ދެމީހުން އެކުގައި ހޯލަށް ވަނެވެ. ޖަލްސާ ފެށުނެވެ. ޖަލްސާ ނިމުނު އިރު އެއްބައެއް އުފަލުން ފޮޅެނީ އެވެ. އަނެއް ބަޔަކު ތިބީ މިލައިފައި ހުރި މާތަކެއް ހެންނެވެ.
ޔުމްނު ޓެކްސީ އެއްގައި ގެއަށް އައިސް ވަނެވެ. ” ދަރިފުޅު ހާދަ ވަރަކަށް ތިޔަ ފުމެ ނަގަނިއްޔޯ “ ޔުމްނު އުފަލުން އުޅޭތީ ސަމީރާ ހުރީ ކެތް މަދުވެފައެވެ. ޔުމްނު އަތުގައި އޮތް ފައިލު ދިއްކޮށް ލިއެވެ. ސަމީރާ ނަތީޖާ ބަލަނީ ކޮށް ސޯފާ މައްޗަށް ވެެއްޓުނެވެ. ޔުމްނު ފައިލު އަތުލައިފައި ކުޑަ ފެން ފޮދެއް މޫނަށް ޖަހާލިއެވެ. ސަމީރާ ފުންމައިގެން ތެދުވެ ސޯފާ މައްޗަށް އަރާ ފުމެން ފެށިއެވެ. ސަމީރާ ހީވަނީ ކުޑަ ކުއްޖެއްހެންނެވެ. އިރުކޮޅެއް ފަހުން ސަމީރާ ލޮލުން ކަރުނަ ފައިބާން ފެށިއެވެ. ވާނީ ވެސް އެހެންތާ އެވެ. ކޮލެޖުން ޔުމްނު ފާސް ވީއެވެ. ސަތޭކަ އިން ސަތޭކަ އެލިބުނީ އެންމެ ހަގު ދަރިފުޅު ޔުމްނު އަށެވެ. ”ސަމީރާ!!! ޔުމްނު ކޮބާ “ ހައިކަލް ސަމީރާ އަށް ގޮވިއެވެ. ” ބައްޕާ……….. އަޅުގަނޑު ފާސްވި“ ޔުމްނު ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.
” ކޮން އެއްޗެއް ކާން ހެދީ “ ޔުމްނު ކާގެ އަށް ވަންނަމުން ބުންޏެވެ. ކާ ތަކެތީގައި މަތި ޖަހާފައި ހުރުމުން އެއީ ކޮން އެއްޗެއްކަން ޔުމްނު އަކަށް ނޭނގުނެވެ. ” ޔޭ…………..“ޔުމްނު އަށް ހަޅޭއް ލަވައިގަނެވުނެވެ. އެންމެން ވެސް ޔުމްނާ ދިމާއަށް ދުއްވައި ގަތެވެ ” ކިހިނެއްވީ ދޮންބިގެ ޔުމްކޯ… ދޮންބެ ހީކުރީ އަނިޔާއެއް ލިބުނީ ކަމަށް ޕިސް ޕިސް “ތަސްނީމް ހުރީ ބުނާނެ އެއްޗެއް ނޭނގި ފައެވެ. ޔުމްނު ހުރީ ހިނިފަޅައިގެން ދާވަރުވެފައެވެ. ޔުމްނު އިތުރު ކަމެއް ނުކޮށް އޭނާއަށް އެންމެ މީރު ގަރުދިޔަ ،ރޮށި އަދި ތެލުލި ފަތާއި އެކު ކާން ފެށިއެވެ. ކައި ނިމިގެން އޭނާ ކޮޓަރި އަށް ގޮސް ޖައްސާލި ތަނާ ހެން ޝަމްސް ގުޅިއެވެ.
” ހަލޯ ޝަމްސް ކިހިނެއްވީ “ ޔުމްނު ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. ”ލޯބީ މިރޭ އަށެއް ޖަހާއިރު އާދެވިދާނެތަ ގެސްޓުހައުސް ކައިރީ ހުރި ޑެލިޝިއަސް ފުޑް ރެސްޓޯރެންޓަށް“ ” ޔަޤީނެއްނު ބާއި އައި ލަވްޔޫ “ ” ލަވްޔޫ ޓޫ“ ޔުމްނު ފޯނު ކަނޑަލައިފައި ވާހަކައެއް ކިޔަން ފެށި އެވެ. އެހެން އޮއްވާ އޭނާއަށް ނިދުނެވެ.
ޔުމްނު އަށް ހޭލެވުނީ ހަތެއް ޖަހަނި ކޮށެވެ. އަވަސް އަވަހަށް ޔުމްނު ތައްޔާރު ވެގެން ހުރިހާ ނަމާދެއް އެއް ކޮށް ބްލެކް ބޫޓައް އަރައިފައި ޝަމްސާއި އެކު ޑެލިޝިއަސް ފުޑަށް ދިޔައެވެ.
އެމީހުން ރިޒާވު ކުރި ގޮނޑީގައި ނީށީންނަނީސް ބަޔަކު ހަޅޭއް ލަވާ އަޑު އިވެން ފެށިއެވެ. ދެމީހުން އެކުގައި ބޭރަށް ދުއްވައި ގަތެވެ. ބޭރަށް ނުކުމެ ބެލި ވަގުތު ގެސްޓުހައުސް ގައި އަލިފާން ރޯވެ އަނދަނީ އެވެ. ފަޔާ ރެސްކިއު އެތާނގައި ހަރަކާތްތެރިވަމުން ދިޔައެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލެވުނެވެ. ނަމަވެސް ދެރަކަމަކީ ދެ މީހަކު މަރުވި އެވެ. ގެއްލުމެއް ލިބުނީ ގެސްޓުހައުސްގެ އެއް ކޮޓަރި އަށެވެ. ” އޫފް ކިރިޔާ “ ޔުމްނު އާއި ޝަމްސް އަނބުރާ ރެސްޓޯރެންޓަށް ވަނެވެ. ދެމީހުން ކައި ނިމުނެވެ. ދެން ޝަމްސް އަހާލި އެއްޗަކުން ޔުމްނުގެ ދެލޯ ބޮޑުވި އެވެ.
ދެވަނަ ބަޔަށް އިންތިޒާރު ކޮށްލާ……. ☺️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

އިންތިހާ – 12

Next

މި ވާވަރު ބުނެދޭ ހިތްވޭ -1

Next
September 29, 2020

މި ވާވަރު ބުނެދޭ ހިތްވޭ -1

Previews
September 29, 2020

އިންތިހާ – 12

One Comment

  1. ✨Naako✨ says:
    September 30, 2020 at 10:44 am

    Vrh reethi mi part ves curiously waiting for the next part…..?❤️??❤️?Stay safe and sound

Comments are closed.

Next Episodeޔުމްނު 2←


All Right Reserved!