Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވވަމޭ ތިލޯބި އެދިއެދި ( ތިންވަނަ ބައި )

Rain lover Level 310 Stories100 Comments100 Login
August 10, 2020 5 Mins Read
11 Comments

“އަޅުގަނޑު ތިކަައިވެންޏާއި ހިތުން ރުހި ގަބޫލު” ޔަނާލްގެ އެ ޖުމްލައިން ހަސަންގެ ފިޔަވަޅުތައް ހުއްޓުނެވެ.
* * * * *
ޙަސަން ފަސްއެނބުރި ބަލާލީ ގަބޫލު ނުކުރެވިފައެވެ. ހަސަނަށް ބަލައިލަމުން ޔަނާލް ބޯޖަހާލިއެވެ. “ޝުކުރިއްޔާ ދަރިފުޅާ! މަންމަގެ ވަސިއްޔަތް ފުރިހަަމަ ކުރަން އެއްބާރުލުންދީ ތިކަމަށް އެއއްބަސް ވީތީ” ހަސަނު އުފާވެރި ރާގަކަށް ބުނެލިއެވެ. ޔަނާލްވެސް ހިތާއިދެކޮޅަށް ހަސަންގެ އުފަލުގައި ބައިވެރިވިއެވެ. ނަމަވެސް ކުރިއަށް ވާންއޮތްގޮތް ނޭނގޭ އެނިކަމެތި ޔަނާލްއަށް އެވެއްޓުނީ ބޮޑުއަނދަވަޅަކަށް ކަމެއް ނޭނގެއެވެ. ނަފީސާއަކީވެސް ރީތި މީހެކެވެ. އުމުރުން 42 އަހަރަށް އަޅަން ގާތްވެފާވިއިރުވެސް މޫނުގައި އެންމެ ރުލެއް ކީއްކުރަން، ލަކުނެއްވެސް ނެތެވެ. ޥާނީވެސް އެހެންތާއެވެ. ފަަުންޑޭޝަންގެ ބޯމިން ގައިމުވެސް 3 އިންޗިއަށްވުރެ ތުންޏެއް ނުވާނެއެވެ. މޭކަޕާ ނުލާ ހުންނައިރު އުމުރަށްވުރެވެސް އޭނާ ދޮށިހެން ހީވާނެއެވެ.
* * * * *
ޔަނާލް ލޯގަނޑުކުރިމަތީހުރެ ބުރުގާއަޅާ ނިންމާލިއެވެ. އޭރު ޔަލާ އެނދުގައި ތައްޔާރުކުރުވާފައި ބާއްވާފައި އޮތެވެ. ހީވާގޮތުން ކޮންމެވެސް ތަނަކަށް ދާން ތައްޔާރުވަނީއެވެ. ޔަލާ އުރާލައިގެން ކިރާކާޑާއި އަތްދަަބަސް ހިފައިގެން ތިރިއަށް ފޭބިއެވެ. ޙަސަންވެސް އޭރު އޮފީހަށް ދާން ނުކުންނަނީއެވެ. “ބައްޕާ! ޔަލާ ވެކްސިންޖަހަން މިދަނީ” ޔަނާލް އަވަސްއަވަަހަށް ބުންޏެވެ، “މައްސަލައެއް ނެތް. ކޮއްކޮއަށް އެއްޗެއް ކާންދެވޭތޯ މަސައްކަތް ކޮށްލާތި އައިސް.” ޙަސަން ނަސޭހަތްތެރިވިއެވެ. ލައްބައޭ ބުނެ ކާރަށް އަރައިގެން ހޮސްޕިޓަލަށް ނައްޓާލިއެވެ.
* * * * *
ކާރުމަޑުކޮށްލުމުން ޔަނާލް ނިމުނީމަ ގުޅާލާނަމޭ ބުނެ ކާރުން ފޭބިއެވެ. ޔަނާލް ރިސެޕްޝަނަށްގޮސް މައުލޫމާތު ސާފުކޮށްގެން ނަންބަރެއް ނެގިއެވެ. އަދިވެސް ވަރަށް ގިނައިރު އޮތުމުން ޔަލާގޮވައިގެން ބޭރަށް ނުކުމެ ބެންޗެއްގައި ޖައްސާލިއެވެ. ޔަލާ ރޯންފެށީ އެވަގުތުއެވެ. ޔަނާލަށް ހާސްކަމެއް ލިބުނެވެ. މިހާރަކަށް އައިސް ޔަލާ އަަބަދުރޯތީ އަދި އެހާގިނައިރު ވަންދެން ރޯތީ ޔަނާލްގެ ހިތް ވަނީ ހާސްކަމެއްގެ ތެރޭގައެވެ. މިއަދު މިވާހަކަ ޑޮކްޓަރާއި ހިއްސާކުރަން ޔަނާލް ނިންމިއެވެ. ޔަލާ އެންމެފަހުން ހުއްޓާލީ ބުއްފުޅި ޖެއްސީމައެވެ.
* * * * *.
ޔަނާލްއާއި ޖެހުމުން ޔަލާގޮވައިގެން ޔަނާލް ޑޮކްޓަރު ރޫމަށް ވަނެވެ. ޑޮކްޓަރުފެނި ޔަނާލް، މީނަ ހާދަ ހޮޓޭ ހިތަށް އެރިއެވެ. “ސަލާމް! ޢަޅުގަނޑަކީ ޔާއިން، ދިވެއްސެއް، މާލެބަދަލުވާން މިއުޅެނީ ވަަރަށް އަަަވަހަށް” ޔާއިން އެކުވެރިކަމާއިއެކު ވާހަކަ ދެއްކިއެވެ. “ޔަ .. ..ޔަނާލް. ދިވެހިރާއްޖެ! ވަަރަށްއަވަހަށް މާލެ ދާން މިއުޅެނީ” ޔަނާލް ކުޑަކޮށް ހާސްވެފައިހުރެ ބުނެލިއެވެ. ޔާއިން މަޑުމަޑުން އޯހް އޭ ބުނެލިއެވެ. “އެހެންވީމަ ޔަލާދޯ. ޔަލާ މިތާ ބާއްވާލާ” ޔާއިން އެދުނެވެ. ޔަލާ ގަޔަށް ކަށިކޮށްޕާލުމާއިއެކު ޔަލާ ރޯން ފެށިއެވެ. އެހެނަސް މިފަަހަރު ނުހަނު އަވަހަށް ހުއްޓާލިއެވެ. “ދެން މީ އަނޭ ޔަލާ އަބަދުރޮނީ. ތަަނަކަށް ތަދުވާގޮތަށް ރޮނީވެސް، ދެން މިކަން ބަލާލެވިދާނެތަ؟” ޔަނާލް އަހާލިއެވެ. “އަމްމް. ޑޮކްޓަރ ލުއިސް އަށް ދައްކާލާ އިނގޭ. އަހަރެން އެބަ ގުޅާލަން އޭނަ އަހަރެންނާ ފްރެންޑް ވާނެ” ޔާއިން އޯގާތެރިކަމާއެކީ ބުނެލިއެވެ. ދެން ފޯނުން ނަމްބަރުތަކަކަށް ގުޅާލިއެވެ. އަދި ވާްންވީގޮތާއި ޔަލައަށް ވާގޮތްތައްވެސް ކިޔައިދިނެވެ. “ޢޯކޭ! އޭނަ ފްރީއޯ! ދާށޯ ބުނީ!” ޔާއިން ބުނެލިއެވެ. “ތެންކްޔޫ ވަަރަށް ބޮޑަށް” ޔާއިން ހިނިއައިސްފައި ބޯޖަހާލިއެވެ.
* * * * *
ޔަނާލް އިށީނދެގެން އިނީ ޑޮކްޓަރ ލުއިސްގެ ކޮޓަރީގައެވެ. “އެމް.އާރް.އައި ހަދަން ޖެހޭނީ. އެކަމް މިހާ ޅައުމުރެއްގައި އެމް.އާރް.އައި ހަދައިގެން ގެއްލުމެއްވެސް ލިބިދާނެ. ބަޓް ހިޔެއް ނުވޭ ގެއްލުމެއް ލިބޭނެހެނެއް” ލުއިސް ވާހަކަދެއްކިއެވެ. ޔަނާލް އެއްބަސްވުމުން ލުއިސް ޔަލާ އުރާލާފަ ދޮނެއް ދިނެވެ. އެއަށްފަހު އެމް.އާރް.އައި މެޝިންތެރޭ ބޭއްވިއެވެ. 1 ގަޑިއިރުވަންދެން ބާއްވަންޖެހޭނެ ކަމަށާއި އޮބްސަރވް ކުރަމުންދާ ކަމަށް ބުންޏެވެ.
1 ގަޑިއިރު ފަސް،
ޔަލާ އެމް.އާރްއައި މެޝިނުން ނަގާފަ ގެނެސް ޔަނާްލްއަތަށް ލަައިދިނުމުން އެންމެފުރަަތަމަވެސް ނިތުގައި ބޮސްދީ ހެދިއެވެ. 1 ހަފްތާ ފަހުން ރިސަލްޓް ލިބޭނެކަމަށާއި ދެން ދިޔަޔަސް އެންމެރަގަޅު ކަމަށް ބުނުމުން ޔަނާލް ކާރަށް ގުޅިއެވެ.
* * * * *
“ބައްޕާ! ކޮއްކޮގެ ޓެސްޓެއް ހެދުވިން މިއަދު. ދެން އަންނަ ހޯމައެއްގަ ލިބޭނީ!” ޔަނާލް ޖެހިލުންވެ ހުރެ ބުނެލިއެވެ. “އެހެންތަ؟ ކޮންޓެސްޓެއް” ހަސަނު ހިނިއައިސްފައި އަހާލިއެވެ. ޔަނާލް އެމްއާރްއައި އޭ ބުނަން އަނގަ ހުޅުވާލިތަނާ ހަސަނަށ ފޯނެއް އައިސްގެން ބޭރަށް ނުކުތެވެ. އަނެއްކާވެސް ހަސަން އެނބުރި އައއިސް އިށީނެވެ. “ދަރިފުޅާ! ބައްޕަ މިގެ ވިއްކާލައިފިން. ދެން ރާއްޖެއަށް އަލުން ދިރިއުޅުން ބަދަލުކުރާނީ! އާ ދިރިއުޅުމެަް އާ އުންމީދުތަކާއުއެކު ފަށަންވީ، ދަތުރަށް ހުރިހާއެއްޗެހި އަޅާ ޕެކްކުރޭ. މަންމަގެ ހެދުންތަކާ އެއއްޗެހިތައްވެސް އަޅާލާތި. އިތުރަށް ފޮށި ބޭނުންވަންޏާ ބުނެލާ!” ހަސަނު ބުންޏެވެ. ޔަނާލް ބޯޖަހާލުމަށްފަހު މައްޗަށް އެރިއެވެ.
* * * * *
ޔަނާލްއަށް ހޭލެވުނީ ފޯނަށް ނުދަންނަ ނަމްބަަކުން ގުޅަންފެަށުމުންނެވެ. ބިޒީކޮށްލުމަށްފަހު އޮށޯތްތަނާ އަނެއްކާވެސް ގުޅަން ފެށިއެވެ. މިފަހަރު ނަގާލާފަ ބަވާލަަނަމޭ ހިތާ ނެގިއެވެ. “ހަލޯ” އެކޮޅުން އިވުނު ފިރިހެންވަންތަ އަޑުން ޔަނާލްގެ ލޯޅިތައް ކޮޅަށް ޖެހުނެވެ. “އޭ، މީ އަހަަަަަންނޭ! އެއްކަލަ ޔަލާގެ ޑޮކްޓަރ، ޔާއިން އެނގިއްޖެތަ؟ މިހާރު ޔަލާ ރަނގަޅުތަަ؟ ޓެސްޓުތައް ހެދުނުތަ؟” ޔާއިނަް ވާހަކަ ދެއްކިއެވެ. “އާނ. ހެދުން. ޔަލާ ރަނގަޅު.” ޔަނާލްވެސް ބިރުކަނޑަާލާފައި ވާހަކަ ދެއްކިއެވެ. “އެނީވޭސް، ކިހިނެއް ނަަންބަަރު ހޯދީ؟” ޔަނާލް ހައިރާންކަމާއިއެކު އަހާލިއެވެ. “ހެހެހެ. ޔަަލާގެ އެޕޮއިންޓްމަންޓުން” ޔާއިން މަަޑު ހުނުމަކާއިއެކު ބުންޏެވެ. “ޔަަނަާލް މެރިޑްތަ؟” ޔާއިން އަހާލިއެވެ. “ނޫން. އެއީ އަހަރެންގެ ކޮއްކޮ.” ޔަނާލް ކިޔައިދިނެވެ. އަދި އޭނާގެ މންމަ މރުވި ވާހަކައާއި އެހެނިހެން ވާަހަކަަތައްވެސް ހިއްސާކޮށްލެވުނީ ޔަނާލްގެ ރަހްމަތްތެރިޔެއް ނުހުންނާތީ ކަންނޭނގެއެވެ. ދެމީހުން އެތައް ވާހަކައެއް ދައްކާ ނިދުނުއިރު 12 ޖަަހައިފިއެވެ.
* * * * *
ޔަނާލް ފަތިސްނަމާދަަަށް ތެދުވެ ނަމާދުކޮށްގެން ފޮށްޓަށް އެއްޗެހި އަޅާފައި ހިނަްމިލެވުނުއިރު ހައެއް ޖަހާ ބޮޑުވެއްޖެއެވެ. “ކޮބާ ދަރިފުޅާ! ތައްޔާރުތަ؟ ނަފިއްތަމެންވެސް އެބަ އާދޭ. އަވަހަށް ޔަލާ ތައްޔާރުކޮށްލާ!” ޙަސަން ދޮރުމަތީގައި ހުރެ ވާހަކަދެއްކިއެވެ. “އާނ. ފެންނުވަރުވާނަން. ދެން މާލެގޮސް ވަރުވާލާނީ” ޔަނާލް ހިނިތުންވެލަމުން ބުނެލިއެއއކަމަކު ނަފީސާގެ ނަންއިވުމުން އޭނާގެ މޫޑުޚަރާބުވިއެވެ. ހަސަންވެސް މާވާހަކަދިގުނުކޮށް އެތަނުން ނުކުތެވެ. ޔަނާލް ހިތަށްއަރަމުން ދިޔައީ ނަތާޝާއާއި އެކީ އޭނާއަށް އެއްގެއެއްގައި ދިރިއުޅެވޭނެ ބާވައޭއެވެ. ފެށުނީއްސުރެ ޔައުލާއާއި ނަފީސާއަކީ ގާތް ދެރަހްމަތްތެރިން ކަމުގައި ވިޔަސް ނަތާޝާއާި ޔަނާލްގެ ދެމެދުގައވަނީ ދުޝްމިންކަމެވެ. ސްކޫލްގައިވެސް އެނާއާއި ބުލީކޮށް އޭނާ މާމަތީ މަރކްސް ހޯދާތީ ނުބުންޏަސް ނަފީސާވެސް ހުންނަނީ ހަަސަދަވެރިވެފައިކަން ޔަނާލަށް މިއީ ދުވާލުފަދައން އެގެއެވެ. މިފަހުން ޔައުލާއާި ނަފީސާގެ ދެމެދަށް ވެރިވެފައިވާ ދުރުކަމުގެ އަސްލަކީވެސް ހަމަ ޔަނާލް ހޯދި ކާމިޔާބީނޫން ދެވަނަ ދޭއްޗެއް ނޫނެވެ.
* * * * *
އެއަރޕޯޓަށް ވަންއިރު އަދި ޗެކިންގަޑި ނުފެށޭތީ ޔަނާލްމެން މަޑުކޮށްލިއެވެ. ކާއެއްޗެއް ގަންނަން ދިޔަ ޔަނާލަށް އެތާކައިރީ ހުރި ޔާއިން ފެނުނެވެ. ހުދު ޑެނިމް ޓީޝާޓަކާއި ލެދަރ ޖެކެޓެއް އަދި ސްކިނީއެއްގައ ޔާއިން ފެންނަނީ “އެޓްރެކްޓިވް” ގޮތަކަށެވެ. ވަކިން ހާއްސަކޮށް އެޓީޝަރޓް ގަޔަށް ހިފާލާފަ ހުރުމުން އަޅައިގަނެއެވެ. އެކަޅު ދެލޮލުގައ ވަނީ ދަމާބާރެކެވެ. ތުނިތުނިކޮށް ހުރި ތުނބުޅިއާއި ރީތި ބަށްޓަމަކަށް އިން މޫނެވެ. ނަތާޝާއައިސް ޔާއިން އަށް ހެއި ކިޔާލީމާ އަޅާނުލާ ޔަނާލްގެ ގާތަށް އައއުމުން ނަތާޝާ ޔަނާލްއަށް ބަލައިލީ އަނގުރު އަލިފާންފަދަ ނަޒަރަކުންނެވެ. “ޔޫ ފަ*” އަޑުނީވުނަސް ނަތާޝާގެ ތުންފަތަށް ބަލާލުމުން އެބުނީ އެހެންކަން އެނގޭނެއެވެ. “ހައި. ފުރަން ދޯ ތިދަނީ. ކޮން ފްލައިޓަކުން ދަނީ! އަހަރެން ދަނީ 9 ގެ ފްލައިޓުން” ޔާއިން އަށް ޔަނާލް ފެނުމުން ކައިރިއަށް އައިސް ބުނެލިއެވެ. “އަހަރެންވެސް!” ޔަނާލް އުފާވެލާފައި ބުނެލިއެވެ. ހަސަން ޓިކެޓް ހިފައގެން އައއއިސް ޔަނާލް އަތަށް ދިނެވެ. “ޢަނހާ ކޮންކުއްޖެއް މީ!” ޙަސަން ސަލާމަށް އަތް ދިއްކޮއްލަމުން ބުނެލިއެވެ. “ޔަލާގެ ޑޮކްޓަރ” ކުޑަކޮށް ލަދުންހުރެ ޔާއިންވެސް ސަލާމް ކޮށްލިއެވެ. ހަސަން ދިޔުމުން ޔާއިން ޔަނާލްގެ އަތުގައިކޮށްޓާލިއެވެ. “ބައްޕަ ދޯ؟” ޔާއިން ޔަގީންނުވެފައި އަހާލިއެވެ. “ޙޫމް!ހީއިޒް ދަ ބެސްޓް އެންޑް ކޫލެސްޓް ޑެޑީ!” ޔަނާލް ހިނިއައިސްފައި ބުނެލިއެވެ. “ކޮން ސީޓެއްތަ؟” ޔާއިން އަހާލިއެވެ. “އިކޮނޮމީ ކްލާސްގެ އޭ2، ޔާއިންއޯ؟” ޔަނާލް ބުނެލިއެވެ. “ރިއަލީ؟ އަހަރެން އިކޮނޮމީ ކްލާސްގެ އޭ1ހަހަހަ އިއްތިފާގެއްދޯ!” ޔާއިން އުފާވެފައިހުރެ ޔަނާލް ގާތު ބުނެލިއެވެ.
* * * * *
ފްލައިޓަށް އެރުމަށްފަހު ޔަލާގޮވައިގެންގޮސް ސީޓުގައި އިށީނެވެ. އޭރު ޔާއިން ސީޓުގައި އިށީނދެލައިގެން އިނެވެ. ފްލައިޓު ރަންވޭއިން އަރައިގެން ދިޔަައިރު ގެއްލެމުންދިޔަ ލަންޑަނަށް ކަރުނަވީ ދެލޮލުން ބަލާލިއެވެ. އެއީ އޭނާގެ މަންމަ ވަޅުލެވުނު ތަެވެ. ޔަނާލަށް ޖެހިގެން އިން ސީޓުގައި އިން އަންހެންމީހާ ބަލާތީ އުނދަގޫތަކެއް ވިއެވެ. “ދައްތައަށް ކިޔަނީ ޔޫހާ” އެދައްތަ އަމިއްލައަށް ތައާރަފް ވިއެވެ. ޢެ އަޑު ޔައުލާގެ އަޑާއި ނުހަނު ވައްތަރެވެ. ޔަނާލް” ހިތްހެޔޮކަމާއެކު ޔަނާލްވެސް ބުނެލިއެވެ. ދެން ވާހަކައެއް އެދެމެދަކު ނުދެެކެވެއެވެ. “ޔާއިން” ޔަނާލް ގޮވާލިއެވެ. “ޙޫމް” ޔާއިން ޔަނާލަށް ސަމާލުކަންދިނެވެ. “ޔާއިންކީއްވެ މިކޮޅުގައި ވޯކްކުރީ.” ޔަނާލް މައުސޫމްގޮތަކަށް އަހާލިއެވެ. ޔާއިންއަށް ހެވުނެވެ. “އާނ. ސްޕެޝަލައިޒްވާންވެގެން ހޮސްޕިޓަލެއްގައި މަދުވެގެން 2 އިޔަރސް ވޯކްކުރަން ޖެހޭ. މިހާރު އޭޑީކޭަން ޖޮބްލިބިގެން ދެން ގްރެޖުއޭޓް ވެނިމުނީމައާއިވެސް އެކީ މިދަނީ ރައްޖެއަށް ” ޔާއިން އޮޅުން ފިލުވައިދިނެވެ. “އަޅޭ ޔަލާގެ ރިޕޯޓް ކިހިނެއް ހަދާނީ؟” ޔަނާލް ހާސްވިއެވެ. “އެމީހުންނަށް މެއިލް އައިޑީބުނީމަ މެއިިލް ކޮށްދޭނެ.” ޔާއިން ބުނެލިއެވެ. އެހެން ބުނެ ނިމުނުތަނާ ޔަނާލް ފުންނޭވާއެއް ދޫކޮށްލާފަ ނިދައިފިއެވެ.
* * * * *
ބޯޓު ރަންވޭގައި ޖެއްސުމާއިއެކު އެންމެންތައް ފައިބަންފެށިއެވެ. ޔާއިންއާއި ޔަނާލްވެސް ވަކިވިއެވެ. ކުއްލިއަކަށް ސިހުނީ ނަތާޝާ ޔަނާލާއި އެއްވަރުކުރުމުންނެވެ. “އޭ މިހިރަ ބަ* ޔަނާލާ!! ކަލޭ ތިއުޅެނީ އޭނަގެ ހިތްއަތުލަންތަ؟ ހެހެ ނުވާނެ ތިކަމެއް. ތިކަހަލަ ބަ* އަކާއި އިންނާނެ މީހަކުވެސް ނުވާނެ” ނަތާޝާ ފުފިފައިހުރެ ބުނެލިއެވެ. ޔަނާލްގެ ހިތަށް ނަތާޝާގެ ރަހްމު ކުޑަ ބަސްތަކުން ވަރަށް އަސަރުކުރިއެވެ. ޔަނާލް ކަރުނަތައް ފޮހެމުން ކުރިއަށް ހިނގައިގަތެވެ. “ތި ބީ*ގެ ދިރިއުޅުން ޖަހަންނަމައަށް ހަދާނުލާ މަމިފަހަރު ދުލެއް ނުކުރާނަން” ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިކޮށްގެން ހުރެ ނަތާޝާ ބުނެލިއެވެ.
* * * * *
އާދައިގެ ކޮޓަރިއެެވެ. ސިންގަލް އެނދަކާއި ދެދޮރުފަތްލީ އަލަމާރިއެއްގެ އިތުރުން ލޯގަނޑެއް ހުއްޓެވެ. އޭގެއިތުރަށްހުރީ 9000 ބީޓީޔޫގެ ކުޑަކުޑަ އޭސީއެކެވެ. އެއަންހެންމީހާ މޫނުބުރުގާ ނެގިއެވެ.”ނަފީސާ!! ޢަހަރެން ކަލޭ އިންސާފުގެ ކުރިމައްޗަށް ގެނެސް ބޭޒާރުކޮށްލާނަން” އެއަންހެން މީހާގެ އަޑުގައިވަނީ ނަފްރަތެެވެ. ރުޅިވެރިކަމެވެ. ބަދަލުހިފުމުގެ ރޫހެވެ. ޝައްކެއްވެސް ނެތެވެ. އެއީ ޔަނާލަށް ބޯޓުން ދިމާވިޔޫހާ އެވެ.
* * * * *
ދަތުރު ވަރުބަލިކަމާއިއެކު ފެންވަރާލައިގެން ނުކުމެ ޔަނާލް ފޯނުބަލާލިއެވެ. އޭރު އެސްޓީ ޖޮރޖްސް ހޮސްޕިޓަލުން ފޮނުވާފައިވަނީ ޔަލާގެ ޓެސްޓް ނަތީޖާއެވެ. ހިތްއަވަސްވެފައިހުރެ ޔަނާލް އޭތި ހުޅުވާލުމަށްފަހު ކިޔާލިއެވެ. އެއާއިއެކު ޔަނާލްއަށް މުޅި ވުޖޫދު ހުއްޓުނުހެން ހީވިއެވެ. މީހާ ދާހިއްލާ ދެލޯ ބޮޑުވިއެވެ. އެއާއިއެކު ޔަނާލަށް ނޫނެކޭ ކިޔާ ހަޅޭއްލަވައިގަތެވެ.

( ނުނިމޭ )

ތިޔަ ކިޔުންތެރިންނަށް ހީވާގޮތުގައި ޔޫހާއަކީ ކާކު؟ ހުރިހާ ބޭފުޅުންނަށްވެސް މިއެޕިސޯޑު ކަމުދިޔަ ކަމަށް ހީކުރަން!!❤❤

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

އައިނާ (2) 23

Next

ނުފިލާނޭ މިހިތަކުން… 26

Next
August 10, 2020

ނުފިލާނޭ މިހިތަކުން… 26

Previews
August 10, 2020

އައިނާ (2) 23

11 Comments!

  1. Cat____014? says:
    August 10, 2020 at 8:35 am

    Wowwwwww❣️❣️❣️❣️loved it.. Vrh Reethi vaane hen hevey.btw, you’re very talented. I’mma 15yr old girl and I also love to write stories. Keep it up man?

    1. Yeye says:
      August 10, 2020 at 10:43 am

      Thankyou im not very pro but thankyou for your appreciate

  2. Ishaa says:
    August 10, 2020 at 10:28 am

    Woww❤️❤️❤️ vrh reethi.. Keep it up

  3. Yeye says:
    August 10, 2020 at 10:44 am

    Thankyou so much

  4. N0 oNe.. says:
    August 10, 2020 at 12:43 pm

    wow wow wow wow wow just wow ?? haadha reechey mi prt ves… ???just loved it..❤️❤️❤️
    yoohaa a ee yanaal ge mom ge sister eh dhw..???
    ehehehe… anyway stah safe and take care gey brw..❤️
    curiously waiting for the nxt prt hama..??
    ..❤️❤️

  5. Yeye says:
    August 10, 2020 at 1:01 pm

    Hehe thankyou very much. I uploaded 1 2 3 4 and fifth episode. kiyaalahchey. Ingey dear7stay safe

  6. Starlight vixx says:
    August 10, 2020 at 1:17 pm

    um I think yoohaa is yanaal’s mom’s sister BTW varah reethumi part ves curiously waiting for the next part

  7. Yeye says:
    August 10, 2020 at 2:55 pm

    Thankyou but you are wrong sorry

  8. ?Kukkyyy? says:
    August 11, 2020 at 3:51 am

    I’m sure yoohaa is a human ? this part is amazing too.. Keep it up!!!

    1. 014?___Cat says:
      August 11, 2020 at 7:49 am

      Bayyeh???

    2. Yeye says:
      August 11, 2020 at 11:21 am

      Hahaah javaab rangalhu lol

Comments are closed.

Next Episodeވަމޭ ތިލޯބި އެދިއެދި ( ހަތަރުވަނަ ބައި )←


All Right Reserved!