ވވަމޭ ތިލޯބި އެދިއެދި ( ދެވަނަ ބައި )
ނަފީސާގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ، ނަމަވެސް މީހަކަށް ޝައްކެއް ވިޔަނުދިނުމަށްޓަކައި ރޯން ފެށިއެވެ.
* * * * *
” އައިމް ސޮރީ! ވީ ކުޑުންޓް ސޭވް ހަރ. ޝީޒް ނޯމޮރ. ދެން ބޭބީ ނޯމަލް. އިރުއޮއްސެންވާއިރަށް ގެއަށް ފޮނުވާލާނަން އިންޝާﷲ ” ޑޮކްޓަރ މިހެން ބުނެ ހަސަނުގެ ކޮނޑުގައި ޖަހާލާފައި ދިޔައެވެ. “ނުވާނެ މަރެއް. ބުނޭ ނުވާނޭ. މަގޭ މަންމަ އަދި ނުވޭ މަރެއް. ނުވާނެ! ނުވާނެ! ނުވާނެ!” ޔަނާލް މިިހެން ކިޔަކިޔާފައި ހަސަނުގެ އަތްދަނޑިމައްޗަށް ދެމިއްޖެއެވެ. ހަސަނު އަވަސް އަވަހަށް ޔަނާލް އެމަރޖެންސީއަށް ގެންދިޔައެވެ. ނަފީސާވެސް ތުންއަނބުރާލާފަ އެތަނުން ހިިނގައްޖެއެވެ.
* * * * *
މަޑު ހިނގުމެއްގައި ހަސަން ގޮސް ހިނަވާތަނަށް ވަނެވެ، އޭރު ޔައުލާގެ މޫނުވަނީ ނިވާކުރެވިފައެވެ. މަޑުމަޑުން ފޮތިިގަނޑު ހިިއްލާ ބަލާލިއެވެ. ޔައުލާގެ ހިނިތުންވެފައިވާ އުޖާލާ މޫނުފެނުނު ވަގުތު ހަސަނަށް ކުރިއަސަރުން ފޮތިގަނޑު ބާއްވާލިއެވެ. ނަފީސާއާއިި ނަފީސާގެ ދަރިފުޅު ނަތާޝާވެސް މޫނުބަލާލަން އައެވެ. ޖަމާއަތްތެރިން ޔައުލާގެ މޫނުފޮތިކޮޅު އަޅާލިި ވަގުތު ހަސަނަށް ރޮއެގަނެވުނެވެ. އޭނާގެ އަނބިިމީހާ ވަކިވިި ކަމުގެ ހިތި ހަގީގަތް ގަބޫލުކުރަން ބޭނުން ނުވަނީއެވެ. މާގިނަ ބަޔަކު ބައިވެރި ނުވެ ކަށުނަމާދުވެސް ކޮށް ނިންމާލިއެވެ. ޔައުލާއާއި އެންމެ ފަހުގެ ސަލާމްކޮށް ހެޔޮދުޢާ ކޮށްފައި ހަސަންވެސް ގަބުރުސަތާނުން ނުކުތެވެ. ނަފީސާއާއި ނަތާޝާ އަތާއަތް ޖަހާލަމުން “މިބަލާއިންވެސް މިސަލާމަތްވީތާއޭ” ބުނެލިއެވެ.
* * * * *
މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ޔަނާލް ލޯހުޅުވާލިއެވެ. އެއާއިއެކު އެންމެ ފުރަތަމަވެސް ފެނުނީ ހުދު ސީލިންގެވެ. މިތާމިއޮތީ ކީއްވެތޯ ސުވާލުކޮށްލުމުން ނުހަނު އަވަހަށް ޖަވާބު ލިބުނެވެ. އޭނާގެ މަންމަ ނިޔާވިކަމުގެ ހަގިގަތް އޭނާއަށްވެސް ގަބޫލު ނުކުރެވެއެވެ. މަންމަ މަތިން ހަންދާންވެ ޔަނާލަށް ރޮވެން ފެށިއެވެ. އޭނާ އިރުކޮޅެއްނުވެ ޚިޔާލުތަކުގެ ފުންކަނޑުގައި ފީނަން ފެށިއެވެ.
* * * * *
ޔަނާލަކީ ހަސަނާއި ޔައުލާގެ ފުރަތަމަ ދަރިފުޅެވެ. އެއާއިލާއަށް މެންބަރަކު އިތުރުވީ އިއްޔެއެވެ، ހަސަނަކީ މަޝްހޫރު ވައި.އެޗް.ވައި ކުންފުނީގެ އޯނަރގެ އިތުރުން މެނޭޖަރުވެސް މެއެވެ. ވައި.އެޗް.ވައި އޭ ބުނުމުން ހަމަ ޔަގީނުންވެސް ޕިއްޒާގެ ފޭނުންނަށް އެނގޭނެއެވެ. މިކުންފުނި އުފެދިގެން އައިއިރު ހުރީ އެންމެ ރެސްޓޯރެންޓެކވެ. މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި އަދި ލަންޑަންގައިވެސް ރެސްޓޯރެންޓް ތަކާއި ފެކްޓަރީތައް ހުރެއެވެ. އެމީހުންގެ ފެކްޓަރީއިން އެމީހުންގެ އަމިއްލަ ޗީޒާއި، ފުށްގަނޑާއި، ޓޮމާޓޯ ޕޭސްޓް، ސޮސެޖް، މެރިނޭޓެޑް ޗިކެން، އަދި މެރިނޭޓް ކުރުމަށް ބެނުންވާ ސާމާނު ވިއްކައެވެ. މިތަކެތި ލިބެން ހުއްޓަކަސް ޑިމާންޑް ވަރަށް ބޮޑވެ. ވިޔަފާރި ފަށައިގަތްއިރު ކައްކާއަކީ ޔައުލާއެވެ. މި މީރު ޕިއްޒާ ރެސިޕީތަކުގެ ހަގީގީ މޭސްތިރިއެވެ. ޔައުލާއާއި އަތްގާތްކޮއްލަދޭން ދެތިން ބިދޭސީ ކުދިން ގެންގުޅުނެވެ. ފަހުން ޔަނާލަށް ބަނޑުބޮޑުވުމުން ޔައުލާ މަސައްކަތުން އެއްފަރާތްވެ އެހެން ކައަކާއިން ގެނައުމަށް މަޖުބޫރުވިއެވެ. އެކައްކާއިންނަށް ރެސިޕީ ކިޔައިދީ ސިއްރެއް ގޮތުގައި ބާއްވަން އެދުނެވެ. އަދިއަދަށް ދާންދެންވެސް ކޮކާކޯލާ ރެސިޕީފަދައިން އެމީރު ޕިއްޒާގެ ރެސިޕީވަނީ ކަސްޓަަމަރުންނަށްވެސް އަދިި ވާދަވެރިންނަށްވެސް ވަންހަނާ ވެފައެވެ.
* * * * *
ޚިޔާލުތަކުގެ ވާފަށް ކެނޑުނީ އޭނާގެ ބޮލުގައި އޯގާތެރި އަތަކުން ފިރުމާލީމައެވެ. ބަލާލިއިރު ހަސަން ކަރުނަވީ ލޮލަކުން ޔަނާލަށް ބަލަހައްޓައިގެން ހުއްޓެވެ. ޔަނާލް ޑިސްޗަރޖްކުރަން ނަރުސްވެސް އައީ އެވަގުތު އެވެ. އައިވީ ފުޅި ނައްޓާލާފައި ނަރުސް ދިޔުމުން ޔަނާލް އެނދުން ތެދުވިއެވ. “ދަރިފުޅާ! ކޮއްކޮ ގޮވައިގެން ދަމާ ގެއަށް،” ހަސަން ހިތްވަރުކޮށްލާފައި ބުނެލިއެވެ. ދެބަފައިން ގޮސް ނާސަރީއަށް ވަދެ ދަރިފުޅު ނަގައިގެން ސާމާނުތައް ހިފައިގެން ނުކުތެވެ. އޭރު އެމީހުންގެ ޑްރައިވަރު މަޑުކޮއްލަައިގެން ހުއްޓެވެ. ކާރަށް ހޮސްޕިޓަލު ތަކެއްޗާއި ޔަނާލް އަދި ތުއްތުކުއްޖާ އަރުވާފައި ހަސަންވެސް އެރިއެެވެ. ޔަނާލަށް އޭނާގެ ކޮއްކޮގެ މޫނަށް ބަލާލެވުނު ވަގުތަކީ ޔަނާލްގެ ކޮއްކޮ ލޯ ހުޅުވާލިއެވެ. އެމައުސޫމު ސިފަަތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. ކަޅު ދެ ލޮލެވެ. ކިރިޔާ އަތް ޖައްސާލިޔަސް ރަތްވާ ދޮންދޮން ހަންގަނޑެވެ. ޗެރީއެއްފަދަ ނޭފަތެވެ. ކަޅު އިސްތަށިކޮޅެވެ. “އަހަރެން މި ކުއްޖާ ދަރިއެއް ފަދައިން ބޮޑުކުރާނަން. މިއީ އަހަރެންގެ ތުއްތު ތުއްތު ޔަލާ” ޔަނާލް ހިތާހިތާ ކިޔާލިއެވެ.
* * * * *
ކާރުގޮސް މަޑުކޮށްލީ ބޮޑު ހަވޭލީއެއްފަދަ ގެއެއްގެ ކުރިމަތީގައި އެވެ. 7 ފޫޓް ހަމަވާ ދިގު ގޭޓަކީ އޮޓޯއިން ހުުޅުވޭ ގޭޓެކެވެ. ފުޅާ މަގުގެ ދެފަރާތުގައި ތަފާތު ވައްތަރުގެ ކުަލަކުލައިގެ ރީތި ގަސްތައް ހައްދާލާފައިވާއިރު ނުހަނު ރީއްޗެވެ. ގަރާޖުގައި އިތުރު 2 ކާރު އޮތެވެ. މުޅިގެ ނަގާފައިވަނީ 3 ބުރިއަށވެ. ގޭގައި ލެވިފައިވަނީ މަޑު ނޫކުލައެކެވެ. އެ ތިންބަފައިން ގެއަށް ވަނެވެ. ހިތާމަވެރިކަމުގެ ސާލެއް މުލި ގަައިގައި ލެވިފައި ތިބި ހާލުގައެވެ. ބޮޑު ތަނަވަސް ސިޓިންރޫމެކެވެ. ދެފަރާތުގައި 2 ސިޑި ހުރިއިރު މެދުގައި ވަނީ ބޮޑު މޭޒެއް ބަހައްޓާފައެވެ. މޭޒުގެ ވަށައިގެން ބޮޑު ޝާހީ 4 ސޯފާ ބެހެއްޓިފައިވެއެވެ. ދެން ހުރީ ބަދިހެއެވެ. ތަނަވަސް ބޮޑު ބަދިގެއެކެވެ. ބޮޑު އައިސްއަލަމާރިއަކާއި ކަަބަޑު ސެޓުތަކެއް ހުއްޓެވެ. ސިންކުވެސް ފުދޭވަރެއް ވެއެވެ. ގޭސް އުނދުނުގެ މަތީގައި ހުޑެއް އިނެވެ. ދެވަނަ ބުރި ޚާއްސަ ކޮށްފައިވަނީ ކޮޓަރިތަކަށެވެ. ބޮޑު 2 ކޮޓަރި އާއި ސްޓަޑީއެއް ދެވަނަ ބުރީގައި ހުންނަ ފަދައިން 3 ވަނަ ބުރީގައިވެސް ހުރެއެވެ. ޔަނާލް އިޚްތިޔާރު ކުރީ ދެވނަ ބުރިއެވެ. ހަސަންވެސް އަނެއް ކޮޓަރި ނެގިއެވެ. ޔަނާްލް ޔަލާ އުރާލަަައިގެން ކޮޓަރިއަށް ވަެވެ. ފިޔާތޮށިކުލައިން ފަރުމާކޮށްފައިވި ކޮޓަރި ވަަރަށް ވެސް ފުރިހަމައެވެ. ވާތް ފަޅީގައި ކަޅުކުލަައިގެ ލަކުޑި ދޮރެއް ހުއްޓެވެ. ކަނާތް ފަރާތު ބިތުގަޢި ހަަތަރު ދޮރުފަތުގެ ބޮޑު އަލަމާރިއެއް ހުއްޓެވެ. ހަމަ އެއާއި ޖެހިގެން ކަހަަލަ ގޮތަކަށް ފިޔާތޮށި ސޯފާއެއް ހުއްޓެވެ. ކުރިމަތީގައި ކަބަޑެއްގެ މަތީ ޓީ.ވީ އިންއިރު ނިދާބަޔާއި ދެބައި ވަނީ ވަކިވެފައެވެ. ވަންނަ ދޮރު ކުރިމަތީ ބިތުގައި ބެލްކަންޏަށް ދެވޭ ދޮރު ހުއްޓެވެ. އެއާއި ޖެހިގެންްްްް ޑްރެސިން ޓޭބަލް ހުއްޓެވެ. ދޮރާއި ޖެހިގެން ހުރި ވާތްފަރާތު ބިތުގައި އެނދު ހުއްޓެވެ. ޔަލާއަށް ކުޑައެނދެއްވެސް ހުއްޓެވެ. ފިޔާތޮށި ބެޑުޝީޓެއް އޮތީ އެނދުގައި އަޅާފައެވެ. ޔަލާ ނިންދަވާލާފައި އޮށޯތްތަނާ ޔަނާލަށް ވެސް ނިދުނެވެ.
* * * * *
އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލެވުނީ ތުއްތު ޔަލާ ރޯއަޑަށެވެ. އަވަހަށް ބުއްފުޅިއެއް ގިރައިގެން އައިސް ތުނބުގައި ޖެއްސިއެވެ. އެކުއްްޖާ އެބުއްފުޅި ބޮޑާ ނަހާކާ ބޯލިގޮތުން އެއޮތީ ކިހާ ބަނޑުހައިވެފައިކަން އެނގޭނެއެވެ. ދެން ޔަނާލް އެކުއްޖާ ރީތިކޮށްލާފައި ލިބާސްކޮޅެއް ލައްވާލިއެވެ. އެއަށްފަހު ރަޖައެއް އެކުއްޖާ ގައިގައި އޮޅާލާފައި ބޮލުގައި އެއްޗެއް އޮޅާލުމަށްފަހު އަތަށް އަްންގިވެސް ލެއްވިއެވެ. އެއަށްފަހްް ޔަނާލް ފެންވަރާލައިގެންް ނުކުމެ ޔަލާގޮވައިގެން ތިރިއަށް ދިޔައެވެ. ޔަނާލަށް ޔަލާ ގެންގުޅެލުމަކީ އުނދަގޫކަމެއް ނޫނެވެ. ސަައިބޯލައިގެން ނޯކަރަކާއި ޔަލާ ހަވާލުކޮށްލާފައި ހަސަނަ.ށް ސައިހިފައިގެން މައްޗަށްް އެރިއެވެ. ކޮޓަރިއަށް ވަތްްްއިރު ހަސަނު އެއްްދިމާލަކަށްް ބަލަހައްޓައިގެންް އިނެވެ. ލޯކައިރީގައި ކަރުނަތައް ހިކިފައި ހުއްޓެވެ. ” ބައްޕާ! ފެންވަރާ ތާޒާ ވެލަންދޭ! ހިތްވަރުކުރަންް ވާނެ މިއީ ކެތްތެރިވާންވީ ވަގުތު.” ޔަނާލްް ނަސޭހަތްދިނެވެ. އެތައްވަރަކުންް އާދޭސް ކޮށްގެން ފެންވަރާލިއެވެ. ހަސަނު 2 ރޮށްޓާއި މަސްހުނިކޮޅެއްވެސް ކެއެވެ.
* * * * *
ޔަލާއާއިއެކު ހޭދަކުރެވޭ ކޮންމެ ވަުތަކީ ޔަނާލްގެ ހިތަށް ފިނިކަމާއި އުފާވެރިކަން ގެނެސްދޭ ވަގުތުތަކެކެ..ވެ. ޔައުލާގެ މަރަށް ތިންދުވަސް ވީއިރު މަޑުމަޑުން ހަސަނުވެސް ރަނގަޅު ވެލައިފިއެވެ. ނަމަވެސް ޔައުލާގެ ވަސިއްޔަތާއި ދޭތެރޭ ވިސްނެއެވެ. އެކަން ޔަނާލަށް އަންގާނެ ގޮތަކާއި ދޭތެރޭ ވިސްނައެވެ. އެންމެފަހުން ޔަލާއަށް ހަތް ދުވަސްފުރޭ ދުވަހު އެވާހަކަ ބުނަން ނިންމިއެވެ. “ބައްޕާ! ޔަލާ ރޯވަުން މިއުޅެނީ. ހުއްޓާވެސް ނުލި!” -ޔަނާލް ހާސްކަމާއިއެކީ ބުންޏެވެ. ހަސަން ގޮސް ޔަލާއޮތް ކޮޓަރިއަ.،ށް ވަނެވެ. އޭރުވެސް ޔަލާ ރޮނީއެވެ. ކުއްލިއަަކަށް ޔަލާ ހިމޭންވިއެވެ. އޭރު މުޅިކުއްޖާ އޮތީ ރޮއެރޮއެ ދެލޯވެސް ރަތްވެ މުޅި މޫނުވެސް ރަތްވެފައެވެ. ހޭލީމާ ކާއެއްޗެއް ދިނުމަށް ނަސޭހަތްތެރިވުމަށްފަހު ހަސަން އެކޮޓަރިން ނުކުތެވެ. އޭރު ނަފީސާވެސް ސިޓިންރުމުގައި އިނެވެ. ހަސަންގޮސް އިށީނދެފައި އެއްވެސް އަަސަރެއްނެތް ނަޒަރެއް ނަފީސާއަށް ދިނެވެ. “ނަފީ! ޔައު އަހަރެމެންނާ ވަކިވިތާ ދެން ދުވަސްކޮޅެއް ވެއްޖެ. ޔައުގެ ވަސިއްޔަތާއި ދޭތެރޭ ނަފީ ދެކެނީ ކިހިނެއް؟” ހަސަން ސުވާލުކުރިއެވެ. “އެއީ ޔަލާއަށްވެސް ރަނގަޅު ޑިސިޝަނެއް. ޔައު އަހަރެންގާތު ބަނޑުބޮޑުއިރުވެސް ބުނާނެ އަަހަރެން ނެތް ދުނިޔެއެއްގައި ހަސަންއާއި ކައިވެނި ކުރާށޭ! އަހަރެން ހަމަ ގަބޫލް.” ނަފީސާ އިސްދަށަށް ޖަހައިގެން އިނދެ ކިޔާލިއެވެ. “މައްސަލައެއް ނެތް. އަހަރެންްވެސް ގަބޫލު. އެއީ ޔައުގެ އެންމެ ފަހުގެ ވަސިއްޔަތް ފުރިހަމަކުރުމަށްޓަކައި. ޔަލާއަށް 10 ދުވަސްވާދުވަހު ރާއްޖެދާްން ތައްޔާރުވާތި!” ޙަސަން ބޭނުންވާއެއްޗެހި ކިޔާލާފަ އެތަނުން ހިނގައެޖެއެވެ. އެނާ އެ ނިންމުން އެ ނިންމީ އިސްތިޚާރާ ނަމާދުކޮށްފައެވެ. ހުވަފެނުގައި ޔައުލާ ހިނިތުންވެފައިހުރެ “އުފާވެރި ދިރިއުޅުމެއް އުޅެ، ދަރިފަސްކޮޅެއް ބިނާކުރާށޭ” ބުންޏެވެ، ހަސަން ދިޔުމާއިއެކު ނަފީސާ ނަށަން ފެށިއެވެ.
* * * * *
ދުވަސްތައް އޭގެ ހަލުވި މިނުގައި ދައުރުވަމުން ގޮސް ޔަލާއަށް ހަތްދުވަސް ވެއްޖެއެވެ. ރަސްމީކޮށް ދަރިފުޅަށް ފާތިމަތު ޔަލާ ބިންތި ހަސަން ކިޔެވެ. ނަފީސާގެ އާއިލާއާއި ދެއާއިލާ ބައިވެރިވެ އެކީގައި ކާލާ ހެދިއެވެ. ޔަލާގެ އިސްތަށިބާލާ ބަކަރިވެސް ކަތިލިއެވެ. އެދުވަހުގެ އިރުއޮއްސެންދެން އެންމެންވެސް އުޅުނީ އެމަޖަލުގައެވެ. ހަސަން އިންތިޒާރުކުރި ވަގުތު ޖެހިއްޖެއެވެ. މިއަދު އޭނާ ފިނޑި ނުވެ އެދަރިފުޅާއި މިވާހަކަ ހިއްސާ ކުރާނެއެވެ. ޔަލާ ނިންދަވާފައި ނުކުތްތަނާ ޔަނާލަށް ހަސަންގޮވާލިއެވެ. ޔަނާލް އައިސް އިށީނުމުން ހަސަން ވާހަކަ ފެށިއެވެ. “ދަރިފުޅު މި ގެނައީ މަންމަކުރި އެންމެ ފަހު ވަސިއްޔަތާއި ބެހޭގޮތުން ދަރިފުޅުގެ ޚިޔާލެއް ހޯދަން ވެގެން. މަންމަގެ އެންމެ ފަހު ވަސިއްޔަތަކީ ބައްޕަ އާއި ނަފީދައްތަ ކައިވެނި ކުރުން.” ޙަސަން ބުނެލިއެވެ، “އޭނނނނ!” ލިބުނު ސިހުމުގައި ޔަނާލްއަށް ކޮޢްޅަށް ތެދުވެވުނެވ. “އާނ! ކިހިނެއް ވީ؟ ދަރިފުޅުގެ ޚިޔާލެއް ހޯދާލަން ހަަމަ. އަންގާރަ ދުވަހު ރާއްޖެ ގޮސް ހުކުރުދުވަހު ކައިވެނި ކުރަނީ! ދަރިފުޅުމެންވެސް މަންމައެްގެ ލޯބި ބޭނުންވާނެންނު” ޙަސަން ވިސްނައިދިނެވެ. “ނޫން ބައްޕާ! އަޅުގަނޑު ގަބޫލެއް ނޫން” ޔަނާލް ބުނެލީ އޭނާއަށް ދޮންމަންމައިންނާއި ބެހޭގޮތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވ. އެއާއިއެކު ހަސަނުގެ ހޫނު ހަމަލާއެއް ޔަނާލްގެ ކޯމައްޗަށް އެރިއެވެ. “ނޫނެކޭ. ޔަނާލް ނޫނެކޭތަ ތިބުނީ؟ އަހަރެން ކަލޭގެ މަންމަގެ ވަސިއްޔަތް ފުރިހަމަ ކުރިޔަނުދޭންތަ ތިއުޅެނީ؟” ޙަސަން ރުޅިވެރިކަމާއިއެކު ބުނެ ސިޑިން އަރަން ދިޔައވެ. ޔަނާލް ފުންވިސްނުމަކަށް ގެއްލުނެވެ. ހުރިހާ ދޮންމަންމަންމައިން އެއްގޮތް ނުވާނެކަމަށް ބުނެދީ ހިތަށް ވިސްނައިދިނެވެ. އެންމެ ފަހުން ހިތަށް ހަމަޖެހުމެއް ލިބުނީ ނަމާދުކޮށް މިނިންމުން ރަނގަޅުވޭތޯ ދުއާކުރުމުންނެވެ. ޔަނާލް ދުއާކޮށް ނިންމިތަނާ ދޮރުގައި ޓަކި ޖެހިއެވެ. ދޮރުހުޅުވާލިއިރު ހަސަން ހުއްޓެވެ. ދޮރު ބޮޑަށް ހުޅުވައިލަމުން ހަސަނަށް ވަންނަން ދައުވަތު ދިނެވެ. “ދަރިފުޅާ! ބައްޕަ އަށް މައާފްކުރޭ. ބައްޕަ ރުޅިއައިސްގެންވެަް އެހެން ހަދައިގެން ނުވާނެ ވަަރަށް ތަދުވި ދޯ! ދަރިފުޅު ބޭނުންގޮތެއް ބައްޕަ ހަދައިދޭނަން” ހަސަން މަޑުމޮޅި ރާގެއްގައި ބުންޏެވެ. “އަހަރެން މައާފްކޮށްފިން” ޔަނާލް މަޑުމަޑުން ބުނެލިއެވެ. ޙަސަން ތެދުވެގެން ނިކުންނަން މިސްރާބުޖެހިއެވެ. “އަޅުގަނޑު ތިކައިވެންޏާއި ހިތުން ރުހި ގަބޫލު” ޔަނާލް ބުނެލިއެވެ. އެ ޖުމްލަ ހަސަނުގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




vrh reethi mi part ves..???
stay home??
stay safe and sound ❤️❤️
take care gey brw..??
ly..❤️❤️
Thank you noone Lysm