Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެހެނަސް 16(ފަހުބައި)

samra Level 210 Stories100 Login100 Comments
May 17, 2020 7 Mins Read
18 Comments

“ކުޑާ…” ފިނި ފިނި އަޑެކެވެ. އޭނާއަށް އަލަށް ފެނުނު މި އަންހެން ކުއްޖާގެ އަޑު ނިޝާގެ އަޑާ އެހާ ވައްތަރުވީ ކީއްވެ ބާއެވެ. ސުވާލުތައް ފުނި ޖަހައިގެން ނަޔާނީ އަށް ބަލަން އޮތް ނިކްހާގެ ނަޒަރުން ނަޔާނީ އަށް ހާސްކަމެއް ލިބުނެވެ.

__________________

ލޮލުން ބަދަލު ކުރެވެމުން ދިޔަ ފިނި ނަޒަރުން ދެކުދިންނަށް ވެސް އުނދަގޫވީ އެއް ވަރަކަށެވެ. ހިތުގެ ކަނަކުން ކޮށްޓަމުން ދިޔަ ސުވާލު ދުލު ކުރިއާ ހަމައަށް ގެންނާނެ ހިތްވަރެއް ނިކްހާއަކަށް ނުލިބުނެވެ.

“މީ ނަޔާނީ.. އަހަރެންގެ ރައްޓެއްސެއް..” ޝާޔާގެ ދުލުން ބޭރުވި ޖުމުލައާއި އެކު ނިކްހާގެ ހިތުގެ ތެޅުން ދެގުނަވިއެވެ. އެއްނަމެއް ކިޔާ ކިތައް ކުދިން ދުނިޔޭގަ އުޅޭނެ ބާއޭ ހިތައް ވިސްނައިދޭން މަސައްކަތް ކުރަނިކޮށް ލޮލުގައި އަޅައިގަތް އެއްޗަކުން ހިތުގެ ތެޅުންވެސް ހިނދު ފުކަކަށް މަޑު ޖެހިލިއެވެ.

ނަޔާނީގެ ވާއަތު ކަންފަތާ ދިމާލުން ކަނދުރާގައި އިން ބޮޑު ލަފަކީ ވެސް އިއްތިފާގަކަށް ވެދާނެތޯ އަމިއްލަ ހިތާ ސުވާލު ކޮށްލެވުނު ނިކްހާ އިނީ ހިޔާލަކަށް ގެއްލިފައެވެ.

“ކުޑާ… ކޮން ކަމަކަށް ގެއްލިފަ..” ނަޔާނީއަށް ބަލަހައްޓައިގެން ވިސްނުމަކަށް ގެއްލިފައި އިން ނިކްހާއަށް ހިލަމެއް ވީ ޝާޔާ ދެތިން ފަހަރަކު ގޮވާލުމުންނެވެ.

“އަނހަ.. ދެކުދިން އައީ ދޯ..” ނިކްހާ އެޗެކޭ ބުނަން އުޅުން ގަޑީގައި ނަޝީލާ އެތަނަށް އައުމުން އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ.

ދުވަސް ތައް ހަލުވި ކަމާއި އެކު ގޮސް ނިކްހާ ހޮސްޕިޓަލުން ދޫކޮށްލިތާ ދެދުވަސް ވެއްޖެއެވެ. ނިކްހާގެ ހިތުގައި ނަޔާނީއާ ދޭތެރޭ އޮތް ޝައްކު ދެގުނަވީ ނަޔާނީގެ ކަނދުރާގައި އިން ލަފު ފެނުނު ފަހުންނެވެ. އޭނާއާއި ދޮންތަގެ ވެސް ހަމަ އެތާ އޭގެ ލަފެއް އިންނާނެއެވެ. ނަޔާނީގެ ވެސް އެ ލަފު އެއިނީ މަންމަގެ ދަރިއަކަށް ވީމަހެއްޔެވެ. އެހެންވީއިރު ނަޔާނީއަކީ އޭނާގެ ގެއްލިފައިވީ ކޮއްކޮ ހެއްޔެވެ.

ހަމަގައިމު ވެސް ފަރީޝާއްތަ އަށް ނަޔާނީގެ ވާހަކަ އެނގޭނެއެވެ. އެހެންކަމަށް ވަނީ ވިއްޔާ ފަރީޝާއްތަ އޭނާއަށް އެވާހަކަ ތައް ސިއްރު ކުރީ ކީއްވެ ހެއްޔެވެ. ދޮންތަ ވެސް އޭނާއަށް މިކަން ސިއްރު ކުރީއެވެ. ދޮންތަގެ ޑައިރީ ނުލިބުނު ނަމަ އަދިވެސް މިކަން އޮތީހީ ސިއްރެއްގެ ގޮތުގައި ހެއްޔެވެ.

*** ** ***

ބަގީޗާތެރެ ފުރިފައި ވަނީ އެކި ގަސް ގަހުން ފައިބާފައި ހުރި ފަތް ތަކުންނައި އެކި ކުލަ ކުލައިގެ މާމަލުންނެވެ. ގޭ ދޮރުން ފެށިގެން ގޭޓައި ހިސާބަށް ގާޖަހާ ހަދާފައި އޮތް މަގުގެ ދެފައިރައިތުގައި އިންދާފައި ފިނިފެންމާ ގަސްތައް ބަރާވެފައި ހުރި ރަތްކުލައިގެ ބޮޑެތި ފިނިފެންމާ ތަކުގެ ލުއި މީރުވަހުން މާހައުލައުގައި ވަނީ ހުވަނދު ލެވިފައެވެ. ބަގީޗާގެ އެއްފަރައިތުގައި ހުރި ބޮޑު އުނދޯލިގޭގައި ޝާޔާއިނީ ފުން ވިސްނުމެއްގައެވެ. އަތުގެ ނިޔަފަތިތައް ކަމުން ދިޔަ ގޮތުންވެސް އޭނާ ވިސްނަން އިނީ އާދައިގެ ކަމަކާ ނޫންކަން އެނގެއެވެ.

ކާރުގެ ތަޅުދަނޑި ހިފައިން ގެއިން ނުކުންނަން ދިޔަ ޝައުންއަށް ޝާޔާ ފެނި އުނދަގޫ ކޮށްނުލާ ދާހިތެއް ނުވިއެވެ. އޭނާ ކައިރިއަށް ގޮސް ހުއްޓުނު އިރުވެސް ޝާޔާ އަށް ރޭކައި ނުލުމުން ޝާޔާ އިން މޮޔަ ގޮތުގެ ދެތިން ފޮޓޯއެއް ނަގާ އާއިލާ ވައިބާ ގުރޫޕަށް ލިއެވެ.

“ހާދަ ފުން ވިސްނުމެއްގަ…” ޝައުން އޭނާގެ ބާރު އަޑުން ބުނެލީ ޝާޔާއާއި ވީހާވެސް ކައިރިއަކަށް ޖެހިލާފައެވެ.

“މަންމާތް…” ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން ފުންމައިގެން ތެދުވި ޝާޔާއަށް ބަނޑުގައި އަތް އަޅައިގެން ހޭން އޮތް ޝައުން ވެސް ފެނުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ.

“ކުޑަބޭ… އެއްވެސް މަޖަލެއް ނޫން..” ޝާޔާ ހިތްހަމަ ނުޖެހިފައި ބުނެލުމުން ޝައުން ފޯނުން ނެގި ޝާޔާގެ ފޮޓޯ ދައްކައިލިއެވެ. އޭނާ ތިން އިނގިލި އަނގަޔަށް ލައިގެން ކޮހެއް ހެން ބޯއަރިކޮށްގެން އިންދާ ފޮޓޯ ނަގާ ކޮންމެހެން ގުރޫޕަށް ލާންޖެހޭ ހެއްޔެވެ.

“ކުޑަބެ ގަނޑާ…” ޝާޔާ ޝައުން ފަހަތުން ދުއްވައިގަތުމުން ޝައުންވެސް ހެމުން ހެމުން ދުއްވައިގަތީ ޝާޔާ އަތުނުޖެހޭށެވެ. ދެ ވެރިން މި ސަކަރާތެއްގައި އުޅެނިކޮށް ގެއިން ނިކުތް ޝިމްލާ ފުރަތަމަ ފެނުނީ ޝައުންއަށެވެ.

ދުލު ކުރީ ދަތް އަޅާލަމުން ޝައުން ދުވެފައި ބޭރަށް ނިކުތެވެ. މިތަން ފެނި ދެފަރައިތައް ބޯހޫރާލި ޝިމްލާ ހިނގައިގަތީ އުނދޯއްޔާ ދިމާއަށެވެ.

“އެއީ ފިހާރައަށް ފޮނުވި މީހާ.. ލަސްވެގެން ބަލައިލަން އައި އިރު މީނަ މިއުޅެނީ ކޮއްކޮ ހެދިގެން..” ކުދި ކިޔަމުން ގޮސް ޝިމްލާ އިށީނީ އުނދޯލީގައެވެ.

“ދޮންތީ…” ކައިރިއަށް އައިސް ހުއްޓާލި ޝާޔާގެ އަޑުގައި ތަފާތު ކަމެއް ހުއްޓެވެ. އެއްޗެއް ބުނަން ބޭނުންވެގެން އުޅޭހެން އޭނާގެ ހަރަކައިތް ތަކުން ހީވެއެވެ.

“ކިހިނެއްވީ..” ޝާޔާގެ މޫނަށް ފުންކޮށް ނަޒަރު ހިންގާލަމުން ޝިމްލާއަށް ސުވާލު ކޮށްލެވުނެވެ.

“ދޮންތިއަށް ނަޔާނީއާ ނިކްހާއާ ވައްތަރުތަ..” ބުނަން ނުބުނަން އިނދެފަ ވެސް ޝާޔާ އެސުވާލު ބޭރު ކުރީ މިހައިރަކަށް އައިސް އެނޫންކަމެއް އޭނާގެ ސިކުނޑީގައި ނޭނބުރޭތީއެވެ.

“އާނ ތިހެން ބުނީމަ ވަރަށް ވައްތަރު ވެއްޖެ.. އަދި ނަޔާނީ ބުރުގާ އަޅާފަ ހުންނަ ނަމަ މާ ބޮޑަށް ވައްތަރުވާނެ ދޯ..” ދޮންތަ އެހެން ބުނެފަ ތެދުވެ ދާންފެށިއެވެ. ދޮންތަ އެކަން ސީރިޔަސް ކަމަކަށް ނުހެދިޔަސް އެކަމާހެދި ޝާޔާއަށް ހަމަ ނިދި ނުލިބެއެވެ.

“ދޮންތި މަޑުކޮށްބަލަ.. އެނގޭތަ ނިކްހާގެ ހުންނާނެ ނަޔާނީ ކިޔާ ކޮއްކޮއެއް.. އެކަމަކު އެ ކޮއްކޮ ވީތަނެއް ނިކްހާއަކަށް ނޭނގެ..” ޝާޔާއަށް ނިޝާގެ ޑައިރީން އެނގުނު ވާހަކަތައް ޝިމްލާއަށް ކިޔައިދިނެވެ.

“ނަޔާނީ ވަރަށް ކުޑައިރު ނަޔާނީ ގޮވައިގެން މަންމަ ދިޔައީ އެހެން ރަށަކަށް.. ނިކްހާ ހުރީ ނިކްހާގެ ދޮންތަ ކައިރީގަ.. ނިކްހާގެ ދޮންތަގެ ޑައިރީގަ ލިއެފަ އޮތް ނަޔާނީގެ ވާހަކަ.. އެހެންވީމަ މި ނަޔާނީއަކީ ނިކްހާގެ ކޮއްކޮއަށް ވެދާނެތަ..” ޝާޔާއަށް އަނެއްކާވެސް ނިޔަފަތި ގަނޑު އަނގަޔަށް ލެވުނެވެ. މިއީ ކަމާ ވިސްނަންޏާ އޭނާގެ ހާލެވެ.

*** ** ***

ނިދާފަ އޮވެފަ ނިކްހާއާށް ހޭލެވުނީ ފިނި ބޮޑުވެގެންނެވެ. ޖައްސާފަ ހުރި އޭސީ ނިވާލަމުން ބެލްކަންޏަށް ނިކުމެލީ ރޭގެ ހިތްގައިމުކަން އިތުރަށް އިހްސާސް ކޮށްލާށެވެ. އުޑުގައި ރަސްކަން ކުރަމުން ދިޔަ ބުރުހަމަ ހަނދުގެ މަށްޗައް ނިވާ އަޅާލި ބޯ ކަޅު ވިލާގަނޑުން މާހައުލުގައިވީ ހަނދުވަރުގެ ރިހި އަލި ފަނޑުކޮށްލިއެވެ. ހިނދެއް ހިނދަކަށް ބާރުވަމުން އައި ވައިރޯޅިތަކާ އެއްވަރަށް ނަށަމުން ދިޔަ ގަސްތަކަށް ބަލަން ހުރެ، ނިކްހާ އެތެރެއަށް ވަނީ ވާރޭގެ ޝިކާރައަކަށް ވާން ބޭނުން ނެތީމައެވެ.

ހިލޭބައެއްގެ ކައިރީ އޭނާ ހުންނަން ޖެހުނަސް އެއްވެސް ދުރު ހިލޭ ކަމެއް އިހްސާސެއް ނުވެއެވެ. އޭނާއަށް އަދި މިހާތަނަށް އައި އިރު ދިމާވެފައި ހުރި ކޮންމެ މީހަކީވެސް ހިތްހެޔޮ އެހާމެ ރަނގަޅު ބައެކެވެ. ދުނިޔެ މަތީން އޭނައަށް ދިމާވި އިންސާނުން ލޯބިދީ އަޅާލި އިރު އެކަން ބަދަލު ކުރަން އުޅުނީ ހަމަ އެކަނި މަންމައެވެ. ނަޝީލާއްތަ ވެސް އިރު ކޮޅަ ކޮޅަކާއައިސް ބޭނުންވަނީ ކޯޗެއްތޯ އަހައެވެ. ބޭނުން ދުވަހަކު މިގޭގައި ހުރެވޭނޭ ވެސް ގަޑިއަކު ތިން ހަތަރު ފަހަރު ބުނާނެއެވެ.

އެނދުގައި އޮއްތާލި ތަނުން ނިދުނީ ކޮން އިރަކު ކަމެއްވެސް ނިކްހާ އަކަށް ނޭނގެއެވެ. ދެން ހެލެވުނީ ފައިގައި އެއްޗެއް އުޅޭހެން ހީވެގެންނެވެ. ލޯވެސް ހުޅުވާ ނުލާ އޮވެ ފައި ފޮޅާލަމުން ނިދޭތޯ އުޅުން އިރު އަނެއްކާ ފަޔަށް އެއްޗެއް އަރާހެން ހީވިއެވެ. ފަޔަށް އަރަނީ ކޯޗެއްތޯ ބަލައިލަން އެއްލޯ ހުޅުވާ ބަލާލި ނިކްހާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އޭނާއަށް މި އޮއެވުނީ ކޮންތާކު ހެއްޔެވެ. ކަޅު ވެލިގަނޑުގައި އޮށޯވެގެން އޮވެވުނު އިރު، ވަށައިގެން ހުރީ ބޮޑެތި ގަސްތަކެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ތެދުވަން ބިންގަޑުގައި އަތްޖައްސާލި ނިކްހާއަށް ނެގުނީ މީހެއްގެ އިނގިއްޔެކެވެ.

 

ހަޅޭއް ލަވައި ގަނެވެން އުޅުމާއެކު އެތް އަތް އަނގަމަތީ އަޅާލަމުން ތެދުވި އިރު ނިކްހާއަށް ރޮވިއްޖެއެވެ. މީކީ އޭނާއަށް އަލަށް ދިމާވި ކަމެއް ނޫނެވެ. މިހައިރަކަސް އައިސް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އުޅެން ޖެހޭ ހާލެވެ. އެކަމަކު ވެސް މި އެކަނި ވެރިކަމާ، ކަނު އަނދިރީގައި ޖިންނި އަކާއި ހަނގުރާމަ ކުރާހާ ހިތްވަރެއް އޭނާގެ ނެތެވެ. މި އަނދިރި ކަމުން އަލިކަމަކާއި ހިސާބަށް ފޯރާތޯ ހިނގަން ކެރޭނީވެސް ކިހިނެއް ހެއްޔެވެ. ވަށައިގެން ހުރީ އިހާނެތި ގޮތް ގޮތަށް މަރާލެވިފައި ހުރި އިންސާނުންގެ ހަށިގަނޑު ތަކެވެ.

ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ އޭނާގެ ފައިތިލައިގާ މީހަކު ހިފެހެއްޓިހެން ހީވިއެވެ. ބޮޑުވެފައިވީ ދެލޯ އިތުރަށް ބޮޑުކޮށްލަމުން ނިކްހާ ފައި ކުރިޔަށް ހަރަކާތް ކުރެވޭތޯ އުޅުނެވެ. ނަމަވެސް އަތަކަށް ގުޑިނުލި ފައިތިލާގައި ހިފަހައްޓާފައިވީ އަތްތިލައިގެ ކުރަކި ކަން ނިކްހާއަށް އިހްސާސް ކުރެވުނެވެ. އެއްކުއްލިއަކަށް ފަހަތަށް އެނބުރި ތިރި ބަލައިލި ނިކްހާއަށް ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އެ އަޑަށް ވަށައިގެންހުރި ގަސްތަކުގައި ތިބި ވާތައް އުދުއްސައިގަތް އަޑާއި އެކުވެގެން އޭއްޗެހީގެ ގޮވުމުގެ އަޑު އިވިލީ ނާމާން ކޮށެވެ.  ނިކްހާގެ ފައިގައި ހިފާފައި އޮތީ ކުޑަހުޅާ ހިސާބުން ބުރިކޮށްލެވިފައި އޮތް އަތްތިލައެކެވެ. އެއިރު ވެސް އެ އަތްތިލައިން ލޭ ފައިބަމުން ދިޔައިރު ނިކްހާގެ މޭ ނުބައިކުރާ ގޮތް ވިއެވެ.

ނިކްހާ އެ އަތްތިލަ ދުރަށް ހޫރާލަމުން ކުރިޔަށް ދުއްވައިގަތެވެ. މި އަނދިރިކަމުގައި ދާނޭ ދިމާލެއް ނޭނގުނަސް ދެއަތް އުރާލައިގެން ހުންނާކަށް ބޭނުމެއް ނުވިއެވެ. ދުވެފައި ދަނިކޮށް ކޮންމެވެސް ހަރު އެއްޗެއްގައި ޖެހި ނިކްހާ މަތަވިއެވެ. މަޑުމަޑުން އެއީ ކޯޗެއްތޯ ބަލައިލިއިރު ކުރިމަތީ ހުރި ބޮޑު ފުރޭތައެއް ފަދަ ބަރްޒަލް ފެނި އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

އޭތީގެ ވަޅު ފެހި ކުލައިގެ ހަންގަނޑުގައި މުށި ކުލައިގެ ބޮޑެތި ލައްޖަހާފައި ހުރި އިރު ބޮޑުކޮށްލެވިފައިވީ އަނގައިގައި ހުރީ ތޫނު ދަތް ތަކެކެވެ. އަނގައިގެ ދެފަރައިތުން ދަވަ ފައިބާފާ ހުރި އިރު އަނގުރު އަލިފާން ކުލައިގެ ދެދޮލުން ބަލަން ހުރީ ނިކްހާ އަށެވެ. ނިކްހާ ފަހަތަށް ޖެހެންފެށި ނަމަވެސް ދެން ސަލާމަތެއް ނެތްކަން އިހްސާސްވިއެވެ. އޭނާއާއި ދިމާއަށް ފުންމައިގެން އައި ބަރްޒަލް ފެނި ނިކްހާ ހާޅޭއްލަވައި ގަތެވެ.

އޭނާގެ ކަރުގައި ހިފާފައި ހުރި ބަރްޒަލްގެ އަތް ހިނދެއް ހިނދަކަށް ބާރުވަމުން އައި އިރު މީ އޭނާގެ ފަހު ވަގުތު ކޮޅޭ ނިކްހާއަށް ހީވިއެވެ.

“ބަރްޒަލް..” ރުޅިއާއި ވޭނާ ހިތާމައާ ނަފްރަތު އެކުލެވިގެންވީ އަޑެކެވެ. ބަރްޒަލްއަށް ލިބުނު ސިހުމުގައި ނިކްހާ ކަރުން ދޫކޮށްލެވިއްޖެއެވެ. ކުރިމަތީ ހުރި އަންހެން ކުއްޖާއާ ބަރްޒަލް ކުރިމަތި ލީއިރު އޭނާގެ މޫނުން ހައިރާންކަން ނޫނީ ނުފެނެއެވެ. ނިކްހާ ނުތެދު ވެވިފައި އޮއްވާ މީހަކު އަތުގައި ހިފިހެން ހީވެގެން ބިރުން ތެޅިގަނެވުނެވެ. އެކުއްޖާ އަޑެއް ނުލެއްވުމަށް ބުނަމުން މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ. ހީވާގޮތުން އޭނާ އެ ބިރުވެރި ކަމުން ސަލާމަތް ކޮށްދޭން އުޅެނީއެވެ. އެއިރު ބަރްޒަލްއާ ކުރިމަތީ ހުރި އަންހެން ކުއްޖާއާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުން ދިޔައެވެ.

*** ** ***

އަމީހާ އެނދު މަތީ އޮވެ ތެޅި ފޮޅެމުން ދިޔައެވެ. ނޭވާލާން ދަތިވެ، ލަމުންދިޔަ ނޭވާތައް ފުން ވިއިރު އޭނާގެ ފަހު ވަގުތުކޮޅޭ ހީވާފަދައެވެ. އަނގައިގެ ދެމިޔަކަނުން ކުޅު ފައިބަމުން ދިޔަ އިރު އޭނާގެ ދެލޯ އޮތީ ބޮޑުވެފައެވެ. ދެއަތުގެ އިނގިލިތަށް ބުޅިވެ ކަރު އެއްފަރައިތަކަށް އެނބުރިއްޖެއެވެ. އެތަށް އިރަކު އޭނާ އެވޭނުގައި ތެޅުމަށް ފަހު ހިމޭންވި އިރު ފުރާނަ ހަށިގަނޑާއި ދެތަން ވެއްޖެއެވެ.

ދުނިއޭގަ އެތަށް ފާފައަކަށް އަރައިގަނެފަ ތައުބާ ވާން ފުރުސަތު ލިބިފަވެސް އަމީހާ ދުނިއެ އެ ދޫކުރީ ކާފަރެއް ގޮތުގައެވެ. އަމީހާ ކިހާ ބަދު ނަސީބު ވެރި ހެއްޔެވެ. އެތައް ދުވަހަކު ދުނިއޭގަ އުޅެފަ ނިމުމެއްނުވާ ދުނިޔެއަށް ދާންޖެހުނު އިރު އެކުގައި އެކަށްޗެއް ވެސް ނުގެންދެވުނެވެ. ތައުބާވާން ފުރުސަތު ލިބިފަވެސް، ތައުބާ ނުވެނުނު މީހަކަށް ވުރެ ބޮޑު އަބާއްޖަ ވެރިއެއް ވާނެބާއެވެ.

*** ** ***

ޒޯރާ މުށު ތެރެއަށް ލައިގެން ހުރި ކުޑަ ފުޅި މޭގައި ޖައްސާލިއިރު ހިތައް ލިބިފައިވީ ހަމަޖެހުން ދުލުން ބަޔާން ކޮށްދޭންވެސް ދައްޗެވެ. ނިޝާއަށް އިންސާފު ހޯދައި ދެވިއްޖެ ކަމުގެ ހިންހަމަ ޖެހުން އޭނާއަށް ލިބުމުން ބޮލުން ބޮޑު ބުރައެއް ލުއި ވެއްޖެހެން ހީވިއެވެ. އަމިއްލަ ހިތާ ވީ ވައުދު އޭނާ ފުއްދައިފިއެވެ.

އުޑުގައި ރަސްކަން ކުރަމުން ދިޔަ ބުރު ހަމަ ހަނދަށް ނަޒަރު ހިންގާލި ޒޯރާ އަވަސްވެގަތީ މިކަން ނިންމުމަށެވެ. ނުކުލައިގެ ވިދުމެއް ހުރި އެ ފުޅި، ކައިރީގައި ހުރި ފޮއްޓަށް ލަމުން އަމީހާގެ އިރުޝާދާއި އެއަގޮތަށް ކަންކޮށް ނިންމާލި އިރު މިކަން އުމުރަށް މި ނިމުނީ ކަމަށް އޭނާއަށް ހީކުރެވުނެވެ.

*** ** ***

ޒޯރާގެ ވާހަކަ އަޑު އަހައި ނިކްހާ އެތައް އިރަކު ރުއެވެ. ދޮންތަ މަރުވުމުގެ އަސްލަކީ މަންމަ ހެއްޔެވެ. ދޮންތަ ހެޔޮ ހިތުން މަންމަ އަށް މާފު ކުރިޔަސް އޭނާއަކަށް ނުކުރެވޭނެއެވެ. މަންމަ އަކީ މީހެއްގެ މައާފު ހައްގު ވާ ވަރުގެ މީހެއް ހެއްޔެވެ. މަންމަގެ އަތުން އޭނާއަށް އަނިޔާ ނުލިބުނަސް، މަންމަގެ ސަބަބުން އޭނާ ތަހައްމަލް ކުރި ވޭން ވަކި ކުޑައެއް ނުވާނެއެވެ.

ދޮންތަ އަށް ލިބުނު ހުރިހާ އަނިޔާއަކީ މަންމަގެ ފުށުން ވީ ކަމެއް ކަން އެނގި ހުރެވެސް ދޮންތަ ދުނިޔެ ދޫކުރީ މަންމަ އަށް ހިތް ހެޔޮ ކޮށްފައެވެ. ކޮންފަދަ ރިވެތި ސިފައެއް ހެއްޔެވެ. އެކަމަކު ނިކްހާ އަކަށް މަންމަ އަކަށް ހިތް ހެވެއް ނުކުރެވޭނެއެވެ. މަންމަ ކުރީކީ، އިންސާނަކު ކުރާ ކަހަލަ ކަމެއް ނޫނެވެ. މަންމަ އޭނާ ކައިރިއަށް އައިސް ކުރެވުނު ކަންތަކާ މެދު ހިތާމަކޮށް މާފަށް އެދެފިއްޔާ ފަހަރެއްގައި މާފު ކުރެވިދާނެއެވެ.

ނިކްހާ އަށް ނޭނގުނީ މަންމަ މިހައިރު އޭނާއާ މާ ދުރަށް ގޮއްސި ކަމެވެ. އޭނާ ކައިރިން މާފަށް އެދެން އާދެވޭ ވަރަށް ވުރެ މަންމަގެ މަންޒިލް ދުރުވެއްޖެކަމެވެ. ހިދާޔަތުގެ އަލިކަން ނުލިބި ހުރެ އެ މަންމަ ލޯ މަރައިލި ކަމެވެ.

*** ** ***

އަހަރު ތަކެއް ފަސް….

ކޮނޑުގައި އޮތް ދަބަސް ރަނގަޅު ކޮށްލަމުން ނިކްހާ ގެއަށް ވަން އިރު މީރު ކާއެއްޗެއްގެ ވަސް ނޭފަތުގައި ޖެހުނެވެ. އެއީ ނަޔާނީގެ ކަމެއްކަން އެނގުމުން ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފަނޑުވީ ފާރުގައި އިން ދޮންތަގެ ތަސްވީރު ފެނިފައެވެ. އޭނާ ސުކޫލުން އަންނައިރު ކައްކައިގެން އޭނާގެ އިންތިރާރުގައި ދޮންތަ އިންނަ ހަނދާން އާވުމުން މަންމަ އާ ދޭތެރޭ ހިތުގައި އޮތް ޝަކުވާ ގިނަވިއެވެ. ނިކްހާ މެން މިހައިރު ރަށަށް ބަދަލު ވިތާ ދެވަރަކަށް އަހަރު ވެދާނެއވެ.

ދޮންތަ ދިރި ހުރި އިރު ދެކުނު ހުވަފެން ތަކުގައި މިއަދު އޭނާ ކުލަ ޖައްސައި ދީފިއެވެ. މިއަދު ނިކްހާ އަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ ކާމިޔާބު އަންހެން ކުއްޖެކެވެ. ފެހުމުގެ މަސައްކަތުގައި މޮޅު ޑިޒައިނަރެކެވެ. މެލޭޝިޔާގައި އުޅުން އިރު އޭނާ ކިޔެވީވެސް އެ ދާއިރާއިންނެވެ.

“ނަޔާ.. ހާދަ ބުރަ ކޮށްލައިގެން..” ބަދިގެ ދޮރުން ބޯ ދިއްކޮށްލި ނިކްހާ އަކަށް ހިނިގަނޑު ހިފަހަށްޓައެއް ނުލެވެނެވެ. ނަޔާނީ ހުރި ހާލު ފެނި ކޮންމެ މީހަކަށްވެސް އެ ވަރު ވާނެ ކަންނޭނގެއެވެ. ކަކުލާ ހިސާބަށް ހުރި ކަޅު ކުލައިގެ ހެދުން ފުށުން ފުރިފައި ވީއިރު މޫނުމަތީގަ ވެސް ކަޅުކުލަ އުނގުޅިފައި ހުއްޓެވެ. ބުރުގާ ފަތި ފުށުން އަޅައިގެން ހުރި އިރު ދަތްދޮޅީގައި ފިޔާ ތޮށި ގަނޑެއް ވެސް ތަތްލާފައި އިނެވެ.

“ދެން ކުޑާވެސް ހަމަ ހީފާނެ.. އެއީ ޔަނާ ދައްތަގެ ކަންތަކޭ.. އަހަރެން މިތާ ހުއްޓާ އައިސް މުޅިގަޔަށް ފުށް އަޅާފަ އެދިޔައީ..” ދެންވެސް މަތަ ނުކުރެވުނު ހިނި ގަނޑާއި އެކު ނިކްހާ ގޮސް މޭޒުކައިރީ އިށީން އިރު ބަނޑުހައިވެފައި ހުރި ކަމުގެ އިހްސާސް ކުރެވުނެވެ.

އެތަށް އަހަރަކަށް ފަހު އަމިއްލަ ކޮއްކޮ އާ ދިމާވީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އޭނާއަށް މިއަދު އާއިލާ ފުރިހަމަ ވެއްޖެ ހެން ހީވެއެވެ. ދޮންތަ ނެތުމުގެ ފަޅުކަމާ ވެސް އެކުއެވެ. ފަރީޝާއްތައާއި ނަޝީލާ ދައްތަގެ އޯގާތެރިކަން އޭނާ ދުވަހަކުވެސް ހަނދާން ނައްތައި ނުލާނެއެވެ. ފަރީޝާމެން ވެސް ރަށަށް ބަދަލު ވިތާ ކިތަންމެ ދުވަހެކެވެ. ދޭތެރެ ދޭތެރެއިން މި ގެއަށް އައިސްލާ ގޮތުން ނިކްހާއަށް ކުރީގެ ހަނދައިންތައް އާވެއެވެ. މިއަދު އޭނާއަކީ ކުރީގެ ނިކްހާއެއް ނޫނެވެ. އެއަށްވުރެ މާ، ކެރޭ މާ ހިތްވަރު ގަދަ ނިކްހާ އެކެވެ.

ނިކްހާގެ ދިރިއުޅުމުގައި ތަފާތު އެތަކެއް ހާދިސާއަކާ ކުރިމަތި ވިއެވެ. އެތައް ވޭނެއް ތަހަންމަލް ކުރިއެވެ. އެތަކެއް ކަރުނަ އެއް އޮހޮރިއެވެ. އޭނާގެ ކަޅު މާޒީގައި އެ ހަނދާންތައް ފަސްލާ ފޮރުވަމުން އާ ޙަޔާތަކަށް މިސްރާބު ޖެހީ، ދޮންތަ ދެކުނު ހުވަފެން ތައް ހަޤީގަތަކަށް ހަދާފައެވެ. އޭނާ ދެން، ދާނީ ދިރި އުޅުމައިގެން ކުރިއަށެވެ. އެހެނަސް ދޮންތަގެ ހަނދާންތަކާ އެކުގައެވެ.

 

** ނިމުނީ **

 

ފޫހިކަމެއް ނެތި މިވާހަކަ، ކީ ހުރިހާ ކިޔުންތެރިނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ… މި ވާހަކައިގެ ސީޒަން 2 ވަރަށް އަވަހަށް ކިޔާލަން ލިބޭނެ.. އިންޝާﷲ…

ސީޒަން 2 އަކަށް އިންތިޒާރު ކޮށްލައްވާ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

samra

Level 210 Stories100 Login100 Comments

Other Articles

Previous

ވާ ލޯބި އެނގޭނަމަ…(8)

Next

އަބަދުވެސް މިހިތުގާ ވެޔޭ (19)

Next
May 17, 2020

އަބަދުވެސް މިހިތުގާ ވެޔޭ (19)

Previews
May 17, 2020

ވާ ލޯބި އެނގޭނަމަ…(8)

18 Comments!

  1. Kylie says:
    May 18, 2020 at 1:01 am

    V dhera vejje story nimunyma… Ekm eah vure bodah ufaavejje storyge dhevana season nerey vaahaka bunyyma…. Waiting fr season 2……#stay home #stay safe…

    1. samra says:
      May 18, 2020 at 9:06 pm

      Thnkxx kylie.. vaahaka kiyaalikan enguneema v ufaa vejje.. season 2 vx maa gina dhuvaheh nukoh kiyaalan libeyne insha allah

  2. Saadha Abdhulatheef says:
    May 18, 2020 at 3:17 am

    Aameen

    1. samra says:
      May 18, 2020 at 9:07 pm

      Thnkxx saadha..

  3. @b@n says:
    May 18, 2020 at 1:15 pm

    Vr ginain belin up vefa in thw.. Vr vr reethi mi part masha allah… Vr kiyaa hih vaa githakah genesdheefa inii.. sifakurun vs vr reethi… Jumlathah saadhaa kamun kiyaalan vr faseyha… One of my favourite story.. I really like this story.. Last part dhw.. Mi story nimuniima vr dhera.. ekam season 2 nerey vaahaka buniima vr happy… Curiously waiting for season 2… keep going sis.. ? luv u

    1. samra says:
      May 19, 2020 at 10:39 pm

      Awwn.. thnkxx @b@n… @b@n ge cmmnt ah vx v inthixaaru kurevey… vaahakaige mi season ah inthixaaru kuri gothah season 2 ah vx inthixaaru kurahchey.. ly2??

  4. Dr.ifhaam says:
    May 18, 2020 at 1:43 pm

    Most fascinating part of the story is here and it’s very nice, also very interesting….
    But sad to know that this part is the last part of the ehenas S1 ..but really happy
    Because according to the information which our intelligence gave 1 day prior ..means I have known that there is Swanson 2
    ………..
    Wil wait for the parts of next season..IA
    ????????????
    I have one thing to say for our famous
    Debater. That keep going like this..
    We will be supporting you. ……

    1. samra says:
      May 19, 2020 at 10:43 pm

      Thnkxx fr the sweet cmmnt our famous Dr… ?? v ufaavey vaahaka kiyaalaakan ngunyma.. dhera nuvahchey v avahah s2 vx kiyaalan libeyne.. insha allah.. once again thankU our famous Dr..??

  5. Yan♥️ says:
    May 18, 2020 at 8:14 pm

    Varah reethi Masha Allah

    1. samra says:
      May 19, 2020 at 10:44 pm

      Thnkxx yan.. v ufaa vejje yan ge cmmnt eh fenunuma..

  6. NYHA says:
    May 19, 2020 at 2:51 pm

    Wow vrh reethi gud job samra ???

  7. Xell says:
    May 19, 2020 at 11:53 pm

    Hey sam debate vx kuran thr.. mihen mi bunee kujjaku cmmnt ga famous debator ey jahaafa inyma.. by the way stry vvv reethi… sam v neh.. s2 kehtheri kameh nethi inthixaaru kuran… N sam kn rashehkan bunedhevidhaane thr.. ly.. gud nyytss

    1. Dr.ifhaam. says:
      May 21, 2020 at 1:25 pm

      Nooney …..
      Ahrmn as ekee viyya debate kuran aranee ehenveema ingeynebn

  8. Neesh says:
    May 22, 2020 at 4:46 am

    Aslu varah reethi vaahaka eh…

  9. Kaif says:
    May 24, 2020 at 5:27 pm

    Sam.. masha allah.. sam ge story liyumuge fenvaru eba huri.. insha allah sam aky kaamiyaabu liyuntheri akah vevidhaane kujjeh.. abadhuves jaamiyaabah edhen.. i wanna talk to u….??

  10. Mashmello says:
    June 22, 2020 at 11:43 am

    me storyge drama eh kulhevidhaanetha vreethi mistory????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  11. Ur friend says:
    July 19, 2020 at 1:07 pm

    Wow wow samra❤️❤️❤️❤️❤️ nice stry.. waiting for season 2??? luv u

  12. kukyyy says:
    July 20, 2020 at 8:20 am

    sisssssssssssssss… koba s2… waitingggggggg?????????

Comments are closed.

Next Episodeއެހެނަސް 2 – 1←


All Right Reserved!