Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތާރާ- 7,8,9,10

Aminath rau Level 110 Stories
May 9, 2020 14 Mins Read
1 Comment

މުޅި ގޯތިތެރެ އޮތީ ހިމޭންވެފައެވެ. ކަނުއަދިރީގައި ތާގޯތިތެރޭގައި ހަދާފައިވާ ވެއިޓިންގ އޭރިޔާގެ ހަޓެއްގެ ދަށުގައެވެ. ހިތް ހީވަނީ ވިރޭހެންނެވެ. މީ ކޮންފަދަ ހިތާމަވެރި ކަމެއް ހެއްޔެވެ؟ މިދުނިޔޭގައި ތާރާއަށް އަޅާލާނެ އެއްވެސް މީހެއް ހުރީއެއް ނޫނެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީތާރާއަށް މިންވަރު ކުރެއްވިގޮތެވެ. ތާރާ ކެތް ކުރާނެއެވެ. ހިތްވަރާއިއެކު ދުނިޔޭގައި އުޅޭނެއެވެ. ކުފުރު މަރަކުން މަރެއް ނުވާނެއެވެ. ގޮތް ހުސްވިޔަސް މެއެވެ.

“ތާރާ…” ފަހަތުން ގޮވާލިމީހާ އައިސް އިށީންނީ ތާރާ ގާތުގައި ހުރި ގޮނޑީގައެވެ. އަޑުގައިވަނީ އޯގާތެރި ކަމެވެ. އެއީ ތާރާ މިވަގުތު ނުހަނު ބޭނުންވެފައިވާ އެއްޗެކެވެ.

ތާރާ އިސް އުފުލައި ބަލައިލިއެވެ. ފެންކަޅިވެފައި ވާ ދެލޮލުން ފައިސަލަށް ބަލަން އިނީއެވެ. ހިމޭން ކަމާއެކުގައެވެ.
” އަހަރެން ހީ ކުރީ މިއަނދިރި ގަނޑު ތެރެއިން އަހަރެން ކަހަލަ މީހަކު އިނަސް ނުފެންނާނެކަމަށް…” ލިބިފައިވާ ހިތްދަތި ކަމުގެ ސަބަބުން ތާރާއަށް ބުނެވުނެވެ.

“އަހަންނަށް ދެން ތާރާ ފެންނާނެއެއްނު… ކޮންމެ ތާކު ހުއްޓަސް… ފިލާ އޮތަސް ހޯދާނަށް…” ފައިސަލު އެހެން ބުނިވަގުތަކީ ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތެވެ. ދެން ވެރިވީ ހިމޭން ވަގުތު ކޮޅެކެވެ. ދެމީހުންގެ މެދުގައި ބެލުންތައް ބަދަލު ކުރެވުނެވެ. ހީވަނީ ދުވަހަކު ވެސް ނުފެންނަ އެއްޗެއް ފެނިގެން ، ޝައުގުވެރިކާމާއެކު ބަލަން ތިބިހެންނެވެ.

“ކޮބާ ކޮއްކޮ މިހާރު… ރަނގަޅުތަ…” ހިމޭންކަން ނިމުމަކަށް ގެނެސް ތާރާ ސުވާލު ކުރިއެވެ.

“އާން… ރަނގަޅަށް ވާހަކަ ދެއްކޭ މިހާރު.. ކާއެއްޗިސް ވެސް ހުސްކޮށްކެއި.. އަރާމު ކޮށްލާށޭ ކިޔާފަ އަހަރެން މިއައީ… ” ފައިސަލު ތަފުސީލުކޮށްދިނެވެ.

ލުއި ހިނިތުންވުމެއް ވެލުމަށްފަހު ތާރާ އިސްޖަހައިލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. ނިހާ ކަންތައް ކުރި ގޮތުން ތާރާ އަދިވެސް ހުރީ ވަރަށް ދެރަވެފައިކަން ފައިސަލަށް ޔަގީންވިއެވެ.

“ތާރާ… ނިހާގެ ލައިފް އޮތީ ވަރަށް ބޮޑު ރިސްކެއްގަ…” ވާހަކަ ފަށާނެ ގޮތެއް ނޭންގިހުރެ ފައިސަލު ވާހަކަ ދެއްކިއެވެ. ތާރާ ބަލައިލީ ފައިސަލުގެ މޫނަށްށެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“ތާރާއަށް އެނގޭނެ… ނިހާގެ ހަށިގަނޑުގެ އެތެރެއަށް އެދިޔައީ ވިހައެއްކަން… ﷲ ގެ އިރާދަފުޅުން ބޭބީއަށް އެއްވެސް ކަމެއް ނުވިޔަސް….” ފައިސަލަށް ބުނެވުނީ އެހިސާބަށްށެވެ.

“ދެން… ނިހާއަށް ގެއްލުމެއް ވަނީތާ.. ނިހާގެ ފުރާނައަށް ގެއްލުމެއް ވަނީތަ…” ފައިސަލުގެ ވާހަކަ ހުއްޓުވާލުމަށް ފަހު ތާރާ ސުވާލު ކުރަން ފެށީ ލިބުނު ހާސް ކަމެއްގެ ބޮޑު ކަމުންނެވެ.
ފައިސަލު ތެދުވިއެވެ. ފުންނޭވާއެއް ޖައްވުގެ ތެރެއަށް ދޫކޮށްލިއެވެ.

“ނިހާގެ ބޭބީ.. އުފަންވާއިރު އައިބު ތަކެއް ހުންނާނެ ކަމަށް ބެލެވޭ… ފަހަރުގާ ނުކުޅަދޭ ކުއްޖަކަށްވެސް ވެދާނެ… ނިހާގެ އުމުރު އަދި ވަރަށް ކުޑަ.. އެބޯރޝަނަކާ ހަމައަށްވެސް ދެވޭކަށް ނެތް… އުމުރުން ހަގު ކަމުންނާ… ބަނޑަށް ވެފައިވާ ދުވަހުން.. އެފުރުސަތުވެސް ދަނީ ވަރަށް ކުޑަ ވަމުން…” އެހުރިހާ ވާހަކަ ތަކެއް ފައިސަލު ދެއްކީ ތާރާއަށް ފަސްދީ ހުރެގެންނެވެ.

“އެބޯރޝަންއޭ… އެކަމު.. އެބޯރޝަން ހަދާނެ ކަމެއް ނެތެއްނު… އެއީ ހަމަ އިންސާނަކު ގަސްދުގައި މަރާލުން ފަދަ ކަމެއް… އެ މައުސޫމު ފުރާނައިގެ އޮތީ ކޮންކުށެއް… ބަޔަކު ކުރި ކުށުގެ ސަޒާ އެ މައުސޫމު ފުރާނައަށް ލިބިގެން ނުވާނެއެއްނު… ނުކުޅަދޭ ކުއްޖަކަށް ވިޔަސް… އެހެން ހަދާކަށް ނުވާނެ…” ތާރާ ފެށީ ގިސްލާ ރޯންނެވެ. ފައިސަލު އައިސް އިށީންނީ ތާރާގެ ގާތުގައެވެ. ލޯތްބާއެކު ތާރާގެ ބޮލުގައި ފިރުމައިލިއެވެ.

“ތީ އަހަރެންވެސް ގަބޫލު ކުރާ ވާހަކައެއް… އެކަމަކު.. ތާރާއަށްވެސް އިނގޭނެ ކަންނޭނގެ އަހަރެން ބުނަން މިއުޅޭ އެއްޗެއް… ނިހާއަކީ… ކައިވެންޏެއް…” ފައިސަލަށް ބުނެވުނީ އެހިސާބަށްށެވެ.

” އެންމެ ރަނގަޅު… ތިކަމުގަ ނިހާގެ ބަހެއް ވެސް ބޭނުންވާނެ.. އެ ފުރާނައަށް މާ ރަނގަޅު ވާނެ ހެން ހީވަނީ މި ކެހިވެރި ދުނިޔައަށް އުފަން އުމުގެ ކުރިން…” ތާރާގެ އަޑު ބެދޭ ގޮތް ވިއެވެ. ފައިސަލު ތާރާ އޭނާއާ ކައިރިކޮއްލިއެވެ. ދެއަތުން ތާރާގައިގައި ވަށައިލިއެވެ. ތާރާ ވެސް ބައްދާލީއެވެ. ވަރަށްވެސް ބާރަށްށެވެ. ގިސްލާ ރޮމުންނެވެ.

“ތާރާ ދާންވީނު ގެއަށް… އަހަރެން ނިހާ ކައިރީ މަޑުކޮށްލަފާނަށް…” ފައިސަލު ވާހަކަ ދެއްކީ ތާރާމޭގައި ބޮނޑިކޮށްލައިގެން ހުރެއެވެ.

“ނޫން.. އަހަރެން .. ކޮއްކޮނުލާ ގެއަށް ދިޔަޔަށް… ލޮލަކަށް ނިންޖެއް ނާންނާނެ..” ނޭފަތް ދަމާލަމުން ތާރާ ބުންޏެވެ. ތާރާއަށް އިނދެވުނީ ފައިސަލު ގައިގައި ބައްދާލައިގެން ކަން އޭނާއަށް ރޭކާލީ ވެސް އެވަގުތުގައެވެ. އަވަސް އަވަހަށް ދުރަށްޖެހިލިއެވެ. ލުދުން އިސްދަށަށް ޖަހާލެވުނެވެ.

“ކީއްވެ އަހަންނާ ދުރަށް ތިދިޔައީ… ތާރާ ބޭނުމިއްޔާ އަބަދަށްވެސް މިމޭތެރޭގަ…” ފައިސަލަށް ބުނެވުނީ އެހިސާބަށްށެވެ.
“ކޮއްކޮ ކައިރިއަށް ދަމާ… މިހާރު ހޯދާނެ ހެން ހީވަނީ…” ވާހަކަ މެދު ކަނޑައިލުމަށްފަހު ތާރާ އެހެން ބުނީ އެ މައުޞޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ނިހާ ތާރާ ހޯދާކަށް ނޫޅޭނެކަން ޙުދު ތާރާއަށް ވެސް ގަބޫލު ކުރެވެއެވެ. އެހާވެސް ނިހާ އޭނާގެ ދައްތައަށް ނަފުރަތު ކުރެއެވެ.

ތާރާއާ ފައިސަލު ނިހާ ގާތަށް ދިޔައީ އެކުއެކީގައެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެމެދަށްވެރިވެފައި ވަނީ ހިމޭން ކަމެވެ. ނިހާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނިހާއަށް އޮތީ ނިދިފައެވެ. އެހެންވެ ދެމީހުންވެސް އެތެރެއަށް ވަދެ ތިބީއެވެ. މުޅި ރޭ ހޭދަވީ އެގޮތުގައެވެ.

އިރުގެ އަލިކަން ދުނިޔެއަށް ވެރިވަމުން ދިޔައެވެ. ފައިސަލަށް ހޭލެވުނެވެ. ގޮނޑިއެއްގައި އިނދެ ނިދިފައި ވުމުން ހަށިގަނޑަށް ލިބިފައިވަނީ ބުނެދޭން ދަތި ވަރުބަލި ކަމާއި ލޮޑު ކަމެކެވެ. ވެފައިވާ ވަރުބަލިކަން ކުޑަކޮށްލުމަށް މޯޅިއަކަށް ދެމިލައި ފުން ނޭވާއެއް ލިއެވެ. ތާރާވެސް އިނީ ހަމަ އެހާލުގައި ނިދާފައެވެ. ނިހާއޮތް އެނދުގައި ބޯ ބާއްވާލައިގެންނެވެ. ފައިސަލު ފޯނުނަގައި ގަޑިބަލައިލިއެވެ. ގަނޑިން 6 ޖަހަން 4 މިނެޓަށް ވީއެވެ. މަޑު މަޑުން ގޮސް ތާރާއަށް ގޮވާލިއެވެ. އަރާމު ނިންޖަކުން ނިދާފައި އޮތް ނިހާއަށް އުނދަގޫވިއަ ނުދިނުމަށްށެވެ.

“ތާރާ.. އަހަރެން މިދަނީ ގެއަށް .. ފެންވަރާލައި ހަދާލައިގެން އަންނަން ކަމަށް.. ތާރާ ވެސް ދާން ވީނު.. ނިހާއަށް ސައިބޯއެއްޗެއް ބަލާ.. ތާރާވެސް ނުވެސް ކައި ތިއުޅެނީ…” ފައިސަލު ވާހަކަ ދެއްކީ ވައިއަޑުން ކަމުގައި ވީނަމަވެސް އެ އަޑުގައި ވަނީ އޯގާތެރިކަމެވެ.
ވެފައިވާ ވަރުބަލިކަމާއެކު ތާރާ ހަށިގަނޑު ދަމައިލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތި ކޮއްލުމަށްފަހު އަވަސްވެގަތީ ފައިސަލާއެކު ގެއަށް ދިޔުމަށްށެވެ.

ނިހާއަށް ލޯ ހުޅުވާލެވުނެވެ. ވަށައިގެން ދެކޮޅު ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށްނެތެވެ. ހަށިގަނޑުގެ އެތަންމިތަނުނުގައި ހީވަނީ ތޫނު އެއްޗެއް އަޅުވައި ޒަޙަމުކޮށްފައި ވާ ހެންނެވެ. ފުންނޭވާއެއްލައި ހަށިދަމާލެވޭތޯ މަސައްކަތް ކުރިއެވެ.

ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ތާރާއެވެ. ނިހާއަށް ކާ އެއްޗެހި ހިފައިގެންނެވެ. މަޑު ހިނގުމެއްގައި އައިސް މޭޒުމަތީގައި ތަށިތައް ބެހެއްޓުމަށްފަހު ، އިސްވެ ވާހަކަ ދެއްކުމަށް ތާރާ ގަސްދު ކުރިއެވެ. އޭރުވެސް ނިހާ އޮތީ ތާރާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

“ސައިބޯންވީނު…؟ ހިނގާ ދޯ މޫނު ދޮވެލައި ރީތިވެލަން… އެއަށްފަހު ދޯ އެއްޗެއް ކާނީ…؟” ތާރާ ވާހަކަ ދެއްކީ ޖެހިލުންވެ ހުރެ ނަމަވެސް އެ އަޑުން ނިހާއަށް ފާހަގަވީ އޯގާތެރިކަމެވެ.

ނިހާ އެއްވެސް އެއްޗެއް ނުބުނެއެވެ. ތާރާއަށް ބަލަން އޮތީއެވެ. ފެންކަޅިވެފައިވާ ދެލޮލުން ފެންނަމުންދިޔައީ ހިތާމައެވެ. އޯގާތެރި ކަމަށް ބޭނުން ވެފައިވާމިންވަރެވެ. ތާރާ ނިހާގެ މޫނާއި އަތް ދޮވެލަދީ ބޮލުގައި ފުނާ އަޅުވައިދީ ހެދިއެވެ. އޭރުވެސް ނިހާ ހީވަނީ އަނގައިގައި ތަޅެއްލެވިފައިވާ މީހެއްހެންނެވެ.

ތާރާގެ އޯގާތެރިކަމާ މެދު ފުރަތަމަ ފަހަރަށް ނިހާއަށް ވިސްނައިލެވުނެވެ. ނިހާއަށް ތާރާއާ ދޭތެރޭ ކަންތައް ކުރެވެމުން ދިޔައީ ރަނގަޅަށް ނޫންކަން ފުރަތަމަ ފަހަރަށް ނިހާއަށް އިހުސާސް ކުރެވުނެވެ. ވަރަށް ދެރަވިއެވެ. މިއޮއް ހުރިހާ ދުވަހު ނިހާއަށް ތާރާއާ މެދު ކަންތައް ކުރެވުނީ ކޮންފަދަ އިހާނާތްތެރި ގޮތަކަށް ހެއްޔެވެ؟ ކުރެވުނު ކަންތަކާމެދު ނިހާ މިހާރު ލަދުވެތިވެއެވެ. ނަމަވެސް ދައްތަގެ ކިބައިން މައާފަށް އެދެން ފަސްޖެހުނެވެ. ހެދިފައިވާ ގޯސްތަކުގެ ސަބަބުންނެވެ. ތާރާ ކިބައިން މައާފަށް އެދޭނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެފަދަ ރަނގަޅު ދައްތައެއް ލިބޭނީ ނަސީބު ވެރިއަކަށް ނޫން ހެއްޔެވެ؟

ފައިސަލު ދެއްކި ވާހަކަތައް ނިހާއަށް ގަބޫލު ކުރެވެން ފެށިއެވެ. ނިހާ މަންމައަކީ އާސްތުމާ ޕޭޝިއެންޓެއްކަން ނިހާއަށް ވެސް އެނގެއެވެ. ދުވަސް ދުވަސް ކޮޅުން މަންމަ ނޭވަޔަށް އުނދަގޫ ވާތީވެސް އުޅޭނެއެވެ. އެކަމަކު ބައްޕަ ދޮގު ހެދީ ކީއްވެ ބާއްވައެވެ. ނިހާގެ ހިތުގައި އުފެދިފައިވަނީ ޖަވާބު ލިބޭނެ ކަމުގެ އުއްމީދުވެސް ނެތް ސުވާލެކެވެ.

އެދުވަހަށްފަހު ނިހާ ތާރާއާ ދިމާއަށް ބަލަމުންދިޔައީ އޯގާވެރި ކަމުގެ ނަޒަރަކުންނެވެ. ތާރާއަށްވެސް އެކަން ފާހަގަ ވެއެވެ. އިސްވެ ވާހަކަ ނުދެއްކި ކަމަކު ނިހާ ތާރާއާ ދޭތެރޭ ކަންތައްކުރާ ގޮތް ގަނޑު ބަދަލު ވެއްޖެއެވެ. ހުރިހާ ޝުކުރެއް ފައިސަލަށްށެވެ

ތާރާ-8

 

ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައީ ފައިސަލެވެ. އޭރު ތާރާ ނިހާއަށް ކާންދެނީއެވެ. ނިހާ އެކަމާ ދެކޮޅެއް ނުހަދައެވެ. ފައިސަލުގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ނިހާގެ އުޅުން ރަނގަޅު ވެދާނެ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ.

“ކޮބާ…؟ ނިހާ ކިހިނެއް ” އެތެރެއަށް ވަދެ ހަމަޖެހެލުމަށްފަހު ފައިސަލު ވާހަކަ ދެއްކިއެވެ. ނިހާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހަމަޖެހޭގޮތް ދައްކަމުން ހިނިތުންވެލީއެވެ.

“މިއަދު ހަވީރު ގެއަށް ދޫކޮށްލާނެ… މިހުރީ ޑޮކްޓާރ ލިޔެދެއްވި ބޭސް ތައް .. އެބައަންނަން މި ނަގައިގެން…” އަތުގައި އޮތް ބޭސްސިޓި ދައްކާލަމުން ފައިސަލު ތަފުސީލު ކޮށްދިނެވެ.

“ބައްޕަ ނުގުޅާތަ…” މަޑުމައިތިރި ކަމާއެކު ނިހާ ސުވާލު ކުރީ ތާރާއާއެވެ. އޭރުތާރާ ހުރީ ނިހާއަށް ފުރަގަސްދީގެން ތައްޓަކަށް ފެން އަޅާންށެވެ.

ތާރާއަށް ލިބުނީ ބަޔާން ކޮށްދޭންވެސް ދަތި ހިތްހަމަ ޖެހުމެކެވެ. މިއަދު ކޮއްކޮގެ އަޑުގައިވަނީ އޯގާތެރިކަމެވެ. ތާރާއަށް ދުނިޔޭގެ ހުރިހާ އުފާތަކެއް ލިބުނު ކަހަލައެވެ. އެއީ ނިހާ ތާރާއާ އެގޮތަށްވާހަކަ ދެއްކި ފުރަތަމަ ދުވަހެވެ. ތާރާ ފަހަތަށް އެނބުރެލައި ނިހާއަށް ފެންތަށި ދިއްކޮށްލިއެވެ. ލުއި ހިނިތުންވުމެއް ވެލައި ބޯޖަހައިލީ އާން އެކޭ ބުނުމުގެ ގޮތުންނެވެ.

ނިހާ ފެންތަށިން ކޯވަރެއް ބޮއިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ. ހަގީގަތުގައިވެސް ބައްޕަ ނިހާދެކެ ލޯބި ނުވަނީ ބާއެވެ. ހަނދާން ނުވަނީ ހެއްޔެވެ؟ ނިހާގެ ހިތުގައި ސުވާލުތައް އުތުރި އަރަމުން ދިޔައެވެ. ހިތަށް ލިބިފައިވަނީ ވޭނި ތޫނު ތަދެކެވެ. ހީވަނީ ނިހާއަށް ދުނިޔެ ނިމިފައިވާހެންނެވެ. ގައިގައި އަޅަމުންދިޔަ ވޭން ކުޑަވި ނަމަވެސް ހިތުގައި އަޅަމުން ދިޔަވޭން ވީ ހައްތާހާ ބޮޑެވެ.

މެންދުރުއްސުރެ ވެހެމުން ދިޔަ ބޯ ވާރޭ އަދިވެސް ހުއްޓާލާކަށް ނޫޅެއެވެ. ޖައްވަ ވެރިވެފައިވާ ތެތްފިނިކަމުން ހީކަރުވާވަރުވެއެވެ. އޭރު ގަނޑިން ރޭގަނޑު އައްގަޑި ބައި ވަނީއެވެ. ބަނޑުވަތަށް އެނދުމަތީގައި އޮތް ތާރާ ވިސްނަމުން ދިޔައީ ނިހާ އާ ދޭތެރޭގައެވެ. ނިހާގެ ބަރުބާދު ވެފައިވާ ދިރިއުޅުމާމެދު ގައެވެ. ނިހާ ގެއަށް ބަދަލު ކޮށްފިއެވެ. އަދިވެސް އެހަޔާތަށްވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ. އަދިވެސް އިސްވެ ތާރާއާ ވާހަކަ އެއް ނުދައްކައެވެ. ތާރާ ވާހަކަ ދައްކައިފިއްޔާ ވާހަކަ ދައްކައެވެ. ބޮލުގެ އިޝާރާތުންނެވެ. ނޫނީ ކުރު ޖަވާބުތަކުންނެވެ.

ސިހުމެއް ލިބުނީ ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ދޭ އަޑަށްށެވެ. އެއީ ނިހާކަން ޔަގީން ވުމާއެކު ބާރު ފިޔަވަޅުގައި ގޮސް ތާރާ ދޮރު ހުޅުވާލީ ނިހާ ކަމަކަށް ބޭނުންވީ ތޯ އޮޅުންފިލުވުމަށްށެވެ.

ތާރާއަށް ހީވީ ހަމަ ރަނގަޅަށްށެވެ. ކުރިމަތީގައި ހުރި ނިހާގެ މޫނުމަތިން ތާޒާކަން ވަނީ ގެއްލިފައެވެ. ބުޅި އިސްތަށިގަނޑު ވަނީ ފަރުވާލެއް ނެތި ހާމައަށް ދޫކޮށްލާފައެވެ. ތާރާއަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ނިހާ ވާހަކަ ދައްކިއެވެ.

“ދައްތަ… އަހަރެންގެ ކޮޓަރިއަށް އަންނަންވީނު ނިދާން… އެކަނި ވީމަ ވަރަށް ބިރު ގަނޭ… ނުނިދިގެން މިއައީވެސް…” ނިހާގެ އަޑުގައިވަނީ މާޔޫސްކަމެވެ. އެކަނިވެރިކަމެވެ. ވާހަކަ ދެއްކީވެސް އިސްދަށަށް ޖަހައިގެން ހުރެއެވެ. އަވަސް އަވަހަށްށެވެ. ހީވާ ކަހަލައެވެ. ތާރާއާ ހަތަރު ކަޅި ހަމަކޮށް ވާހަކަ ދައްކާލާނެ ހާ ހިތް ވަރެއް ނިހާއަށް ނުލިބުނީއެވެ. ތާރާއާ ދޭތެރޭ ކަންތައް ކުރެވިފައިވާ އިހާނެތި ގޮތްތަކުގެ ސަބަބުން ނިހާ އެކަމަށް ފަސް ޖެހެނީއެވެ.

ތާރާ އަނގައިން ބަހެއްވެސް ނުބުނެއެވެ. ލިބުނީ ބަޔާންކޮށްދޭން ވެސް ދަތި އުފާވެރި ކަމެކެވެ. ނިހާގެ ދުލުން އެހާ އޯގާތެރިކަމާއެކު ‘ދައްތާ’ އޭކިޔާ ގޮވާލީމައެވެ. އުފަލުން ގޮސް ފެންކަޅިވިއެވެ. ލުއި ހިނިތުންވެލުމަކާއެކު ބޯޖަހައިލީ އާން އެކޭ ބުނުމުގެ ގޮތުންނެވެ.

ވެހެމުން ދިޔަ ބޯ ވާރޭ ތުނިވާންފެށިއެވެ. ޖަހަމުންދިޔަ ގުގުރީގެ އަޑު ތަކާއި ވިދުވަރުގެ އަލިވެސް މަދުވާންވެށިއެވެ. ހިމަފޮދު ވާރޭގެ ކަނި ކަނި ފުރާޅަށްވެހެމުން ދިޔަ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔަ ނަމަވެސް ޖެހެމުން ދިޔަ ގަދަ ބާނި ވައިތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ތާރާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ފުން ނިންޖަކުން ނިދާފައި އޮތް ނިހާގެ މޫނަށް ބަލަހައްޓައިގެން ތާރާއަށް އޮވެވުނީއެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ މައުސޫމު ކަމެވެ. ހިތާމަކުރާ ކަމުގެ އަސަރު މޫނުމަތިން ފާޅުވަމުންދިޔައެވެ.

ކުއްލިއަކަށް ތާރާގެ ފޯނު ރަނގަބީލުވާންފެށިއެވެ. ސިހިގެންގޮސް ތާރާ ބޯދޮށުގައި އޮތް ފޯނުނެގިއެވެ.

“ހަލޯ… ތާރާ.. އާދެބަލަ ވަރަށް އަވަހަށް.. ” ވާހަކަ ދެއްކީ ފައިސަލެވެ. އަޑުގައިވީ ހިމޭން ކަމެވެ.

“ކ ކީއްކުރަން… މިގަޑީގަ… ހާދަ ލަސްވެއްޖެއޭ… އެއޮއް ބާރަ ޖަހަނީ…” ހާސްވެފައިވާ ތާރާއަށް އެހެން ބުނެވުނީ ވެސް ވަރަށް އުނދަގުލުންނެވެ. ސުވާލުތައް ހިތުގައި ފުނިޖެހުނެވެ. އަނެއްކާކިހިނެއް ވީހެއްޔެވެ؟ މިހާލަސްވީމަ ތާރާ އެގެއަށް ގެންދިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

“ޕްލީސް ތާރާ… ކުޑަކަމެއް ޑިސްކަސް ކޮށްލަން… ” ފައިސަލު މަސައްކަތް ކުރީ ތާރާ އެއްބަސް ކުރުވާންށެވެ.

“އެންމެ ރަނގަޅު ފައިސަލް.. އަހަރެން އެބަދަން…” ވިސްނާލުމެއްނެތި ތާރާ އެއްބަސްވީ ފައިސަލު އެއުޅެނީ ނިހާގެ ކަމަކާ މަޝްވަރާ ކޮށްލާން ކަމަށް ނިންމައިގެންނެވެ.

ކައިރީގައި ނިދާފަ އޮތް ނިހާއަށް ބަލާލައި ބޮލުގައި ފިރުމައިލިއެވެ. ގައިގައި ރަޖާއަޅައި ރީތިކޮށްލުމަށްފަހު ތާރާ ހިނަގައިގަތެވެ. ބޭރަށް ނުކުތްއިރުވެސް ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ގަދާވަޔާއެކު މީހާ ހީވަނީ ވިއްސައިގެން ގޮސް ދާނެހެންނެވެ. ދޭތެރެ ދޭތެރެއިން އަލިގަދަ ވިދުވަރަކާއެކު ބާރަށް ގުގުރައިލައެވެ. ބައެއްފަހަރު މޭ ފަޅާފައި ހިތް ނުކުމެ ދާނެހެން ވެސް ހީވެއެވެ. ނަމަވެސް ވެހެމުންދިޔަ ވާރެއާމެދު ފަރުވާލެއް ނެތި މަޑު ހިނގުމެއްގައި ތާރާ ދިޔައީއެވެ. ހީކަރުވާވަރުން ދަތް ދޮޅި ތެޅެމުން ދިޔައެވެ.

5 ވަރަކަށް މިނެޓު ހިނގާލުމަށްފަހު ތާރާއަށް ފައިސަލުމެންގެއާ ހަމައަށް ފޯރާވަރުވިއެވެ. މުޅި ގޯތިތެރެއަށް ވެރިވެފައިވަނީ ކަނު އަނދިރި ކަމެކެވެ. އެއްވެސް އަލިކަމެއް ނެތި ތާރާ ހިނގަމުން ދިޔައީ ވިދުވަރުގެ އެހީގައެވެ. ގޭތެރެއަށް ވަތް އިރުވެސް ފައިސަލުގެ ހިލަމެއް ނުވިއެވެ. ގޭތެރޭއަށްވެސް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. އެއީ ފައިސަލުގެ ކޮޓަރީގެ ހުޅުވެފައި އިންދޮރުން އެޅެމުން ދިޔަ އައްޔެވެ. ފަނޑު އޮރެންޖުކުލައިގެ އައްޔެކެވެ. މަޑު މަޑުން ފައިސަލަށް ތާރާ ގޮވަމުން ދިޔައެވެ. އެއްވެސް ހަބަރެއް ނުވިއެވެ. ދެތިން ފަހަރަކު ގޮވާލުމުންވެސް ހަބަރެއް ނުވުމުން ތާރާ ހިނގައިގަތެވެ.

ނިހާ އޭރުވެސް އޮތީ ހޭލާއެވެ. ތާރާ ދިޔަކަންވެސް ނިހާއަށް އެނގެއެވެ. އެކަމު އެދިޔައީ ކޮންތާކަށް ކަމެއް ނޭންގުނެވެ. ވާހަކަ ދެއްކީ ފައިސަލާކަން އެނގެއެވެ. އެކަމަކު ފައިސަލާ ތާރާއާ ގުޅުމެއް އޮންނަނީ ބާއެވެ. ނިހާގެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކަށް ޖަވާބު ލިބޭގޮތެއް ނުވިއެވެ. ފައިސަލުގެ އޯގާތެރިކަމާއި ހެޔޮކަން ނިހާއަށް އެނގެއެވެ. އެދެމީހުންގެ ދެމެދު ގުޅުމެއް އޮތަސް ނިހާ އެކަމާ ވަރަށް އުފާވާނެއެވެ.

ނިހާއަށް ހަނދާންވީ މިހާދު މަތިންނެވެ. އެއީ ހާދަ ރަހުމު ކުޑަ އިންސާނެކެވެ. ހިތުގައި އެއްވެސް ރަހުމެއް ކުލުނެއް ނެތް ޖަނަވާރެކެވެ. ނިހާގެ ލޯ ފެން ކަޅިވާގޮތް ވިއެވެ. ނިހާ ހިތައް އެރީ މިހާދަށް ގުޅާލާންށެވެ. ފޯނުނަގައި މިހާދަށް ގުޅީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

“ހަލޯ… ” ވާހަކަ ދެއްކީ މިހާދެވެ. ނިހާ އަނގައިން ބަހެއްވެސް ނުބުންޏެވެ.

” ކާކު؟؟” އަނެއްކާވެސް ވާހަކަ ދެއްކީ މިހާދެވެ.
“ނޭންގޭތަ އަހަރެން މީ ކާކު ކަމެއް…؟” ނިހާ ސުވާލު ކުރިއެވެ. ވަރަށް އުނދަގުލުންނެވެ.

“އާން… ނުދަންނަން.. އެހެން ނޫނަސް ހަވަރުތުންފުސިންނަކީ އަހަރެން ދަންނަ ބައެއް ނޫން… ތިކަހަލަ ރަންޑިނެއް އަހަންނެއް ނުދަންނަން…” މިހާދުގެ އަޑުގައި ވަނީ އަނިޔާވެރިކަމެވެ. މާލާމާތެވެ.

ނިހާގެ އަޑު ބެދުނެވެ. އެއްގޮތަކަށްވެސް އަޑު ނުކުންނަ ގޮތެއް ނުވިއެވެ. ލޮލުން ކަރުނަ ތިއްކަކައް ފަހު ތިއްކެއް ފައިބަމުން ދިޔައެވެ.

” ކަލޭ ކިތަންމެ ވަރެއް ކުރިޔަސް ކަލޭ ބަނޑުގައި އޮތް ދަރިއަކަށް މަގޭ ނަމެއް ނުލިބޭނެ.. ” މިހާދު ހޭންފެށިއެވެ.

” މިހާދު ގަބޫލު ނުކުރިޔަސް މީ މިހާދުގެ ދަރިއެއް… އަޑު އިވިއްޖެތަ؟..” ހިތަށް ލިބުނު ތަދާއެކު ނހާއަށް ހަޅޭލަވައި ގަނެވުނެވެ.

“ދެން ތި ވާހަކަ ނުދައްކާބަލަ… އަހަރެންނަށް ނެތްތަ ފުރުސަތެއް… ނިހާއަށް ކަން ކޮށްނުދެވެންޏާ…. ނިހާގެ ދައްތަވެސް ހަމަ ބަރާބަރުވާނެ… އެވެސް ހަމަ ދޮންވެ ފައްކާވެފައިން…” މިހާދަށް ބުނެވުނީ އެހިސާބަށްށެވެ. މިހާދުގެ ކުޅި ގަނޑު ފެށުނީއެވެ. ތާރާއާ ބެހޭގޮތުން އެފަދަ މުޑުދާރު ވާހަކަ ތަކެއް ދައްކާ އަޑު އަހާކަށް ނިހާއަކަށް ކެތެއް ނުވިއެވެ.

“ހަބަރުދާރު… ކަލޭ މަގޭ ދައްތައާ ނުބެހެއްޗޭ އިނގޭ…” ނިހާގެ އަޑު އިތުރަށް ގަދަވިއެވެ.

“ބީތާޔާ.. ކަލޭ ކާކަށް ބިރުދައްކަން އަޑުގެ ނެތްތަނަށް ތި ވީރަނީ… ކަލޭ ބަލައްޗޭ… ކަލޭގެ ދައްތަޔާވެސް، މި މިހާދު ބެހޭނަށް….” މިހާދުގެ އެ މުޑުދާރު ވާހަކަތައް އަހާކަށް ނިހާއަކަށް ކެތެއް ނުވިއެވެ. އަވަހަށް ފޯނު ކަނޑައިލީއެވެ.

ނިހާގެ ހިތް ހީވީ ފަޅައިގެން ދިޔަހެންނެވެ. ބާލިހުގައި ބައްދައިގަނެވުނީ އެރުއިމުގެ އަޑު އިތުރު މީހަކަށް އިވުނަ ނުދޭންށެވެ. ގިސްލާ ރޮމުން ދިޔައެވެ. ހީވަނީ ހިތް ހުއްޓިދާނެ ހެންނެވެ.

ތާރާ އަޅަމުން ދިޔައީ ލުއި ފިޔަވަޅު ތަކެކެވެ. މަޑުމަޑުން ދޮރު ހުޅުވާލީ ފައިސަލަށް ގޮވާލަމުންނެވެ. ތާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނގަ ހުޅުވާލި ގޮތަށް ލައްޕާލާން ވެސް ނޭނގެފައި ހުރެވުނީއެވެ. ފެނުނު މަންޒަރަކުން ހީވީ ފައިދަށުން ބިންގަނޑު ކަހައިގެން ދިޔަހެންނެވެ. މިއީ ވެދާނެ ކަމެއް ކަމަކަށް ތާރާ ހުވަފެނުގައިވެސް ނުދެކެއެވެ. ތާރާގެ ދެލޮލުން ކަރުނަތައް އޮހިގަތީ އިހުތިޔާރަކާނުލައެވެ.

ތާރާ-9

ތާރާ އަޅަމުން ދިޔައީ ލުއި ފިޔަވަޅު ތަކެކެވެ. މަޑުމަޑުން ދޮރު ހުޅުވާލީ ފައިސަލަށް ގޮވާލަމުންނެވެ. ތާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނގަ ހުޅުވާލި ގޮތަށް ލައްޕާލާން ވެސް ނޭނގެފައި ހުރެވުނީއެވެ. ފެނުނު މަންޒަރަކުން ހީވީ ފައިދަށުން ބިންގަނޑު ކަހައިގެން ދިޔަހެންނެވެ. މިއީ ވެދާނެ ކަމެއް ކަމަކަށް ތާރާ ހުވަފެނުގައިވެސް ނުދެކެއެވެ. ތާރާގެ ދެލޮލުން ކަރުނަތައް އޮހިގަތީ އިހުތިޔާރަކާނުލައެވެ.

ކުރިމަތީގައި ހުރީފައިސަލެވެ. ތާރާއަށް ނަޒަރު ހިންގާލެވުނީ ކޮޓަރި ތެރެއަށްށެވެ. ދިއްލާފައިވާ އުއްބަތިތައް ފިޔަވާ އެއްވެސް އަލިކަމެއް ކޮޓަރިތެރޭގައެއް ނެތެވެ. އެކި ހިސާބުތަކުގައި އެލުވާފައި ހުރި ރަތް ފުއްޕާހަން ތަކާއި އުކާލެވިފައިވާ ފިނިފެންމާ ފިޔަ ތަކުން ކޮޓަރިއަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ.ފާރުގައި ބޮޑު އަކުރުން ‘ހެޕީ ބަރތުޑޭ’ ޖަހާފައި ހުރި އިރު ކުޑަ މޭޒެއްމަތީގައި ކުޑަ ޗޮކުލެޓު ކޭކެއް ބައިންދާފައި އިނެވެ.

ތާރާއަށް ދެލޯ މަރާލެވުނެވެ. ފައިސަލު ތާރާގެ މޫނުގައި ބީހެލީއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަ ފުހެލަދިނީ އޯގާތެރި ކަމާއެކުއެވެ. ތާރާގެ ގިސްލުމުގެ އަޑު ، މަޑުން ނަމަވެސް އިވެމުން ދިޔައެވެ.

“ތާރާ… އޭ… ދެން ހުއްޓާލަބާ… އައްދޭ….” ފައިސަލު މަލާމާތުގެ ރާގަކަށް އެހެން ބުނި ނަމަވެސް އަޑުގައި ވަނީ އޯގާތެރިކަމެވެ.

ތާރާ ބޭނުންވީ ފައިސަލުގެ މޭގައި ބޮނޑިވެލާންށެވެ. ބޭއިޙުތިޔާރުގައި ފައިސަލުގެ ގައިގައި އޮޅުލައިގަތެވެ. ވަރަށް ބާރަށްށެވެ. އަބަދުވެސް އެ ހިމާޔަތަށް އެދެމޭ ބުނާ ފަދައިންނެވެ. ފައިސަލު އެއަށް ވުރެ ބާރަށް ބައްދައިލިއެވެ. އަބަދުވެސް އެހިމާޔަތް ދޭނެކަމުގެ ޔަގީންކަން ދޭނަމޭ ބުނާ ބީދައިންނެވެ.

އެދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ތާރާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ލޯ ކަރުނައިން ތެމިފައިވީނަމަވެސް އެއީ ހިތާމައިގެ ކަރުނަ ނޫންކަން ހާމަވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެއްނޫން ހެއްޔެވެ؟ މިވީހާތާކަށް ތާރާގެ އުފަންދުވަހު މީހަކު މިވަރުގެ ކަމެއް ކޮށްފައެއް ނުވެއެވެ. އުމުރުން 20 އަހަރު ވެގެން ދިޔައިރު ތާރާއަށް މިހާބޮޑު ހިތްހަމަޖެހުމަކާ އުފާވެރިކަމެއް ލިބިފައެއް ނުވެއެވެ.

ފައިސަލު މަޑުމަޑުން ތާރާ ދުރަށް ޖައްސައިލިއެވެ. ތާރާގެ މޫނުގައި ލޯބިން ފިރުމައިލުމަށްފަހު އަތުގައި ބޮސްދިނެވެ. ތާރާގެ އަތުގައި ހިފައިގެން ގެންގޮސްކޭކު ބަހައްޓާފައި ހުރި މޭޒު ކައިރިއަށް ހުއްޓުނެވެ.

“އަހަރެން ވަރަށް ލޯބިވޭ ތާރާދެކެ… ވަރަށް… ވަރަށް.. ދުވަހަކުވެސް ތާރާ ދޫކޮށްފަ ނުދާނަށް… ތާރާއަށް ދެރަ ގޮތެއް ވިއަކަ ނުދޭނަށް…” ތާރާގެ އަތުގައި ހިފައި ބާރުކޮށްލަމުން ފައިސަލު ވާހަކަ ދެއްކިއެވެ. ތާރާ އަނގައިން ބަހެއްވެސް ނުބުންޏެވެ. ފައިސަލާދިމާއަށް ކަޅި ހުއްޓައިގެން އިނީއެވެ. ލޮލުގައި ވިދަވިދާހުރި ކަރުނަ ތިކިތައް މަޑުމަޑުން ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ.

” އަހަންނަށް ފުރަން ޖެހިއްޖެ… ކޯސް ފެށެން ވަރަށް ގާތް ވެއްޖެ… ތާރާ ދެރަ ނުވައްޗޭ… އަހަރެން ވަރަށް އަވަހަށް އަންނާނަށް… ނިމޭ އެންމެ އަވަހަކަށް އައިސް އަހަރެން ހުންނާނީ ތާރާ ކައިރީގަ… ” ކަރުނަތައް ފުހެދެމުން ފައިސަލު ވާހަކަ ދެއްކިއެވެ.

ތާރާގެ ހިތަށް ލިބިގެން ދިޔައީ އިތުރު މާޔޫސް ކަމެކެވެ. ބުނާނެ އެއްޗެއް ނޭންގުނެވެ. މިދުވަސް އަންނާން ކިތަންމެ ހިތް ނުރުހުނަސް މިއީ އަންނާނެ ދުވަހެއްކަން ތާރާ އަބަދުވެސް ހަނދާން ހުރެއެވެ. ތާރާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތެވެ. މޫނުގައި ދެއަތް އަޅައި ބާރުކޮށްލިއެވެ. ގިސްލުމުގެ އަޑު މަޑުން ނަމަވެސް އިވެމުން ދިޔައެވެ. ފައިސަލު ތާރާގެ ގައި ވަށައިލައި މޭގައި ބޮނޑިކޮށްލިއެވެ. ތާރާއަކަށްވެސް ކެތެއް ނުކުރެވުނެވެ. އެއަށްވުރެ ބާރަށް ފައިސަލުގެ ގައިގައި އޮޅުލައިގަތީ ބޭއިޙުތިޔާރުގައެވެ.

ފައިސަލު ތާރާގެ ކަރުގައި ބޮސްދޭން ފެށިއެވެ. ތާރާވެސް ދިޔައީ އެމަސްތީ އަރާމުގެ ތެރެއަށް މަޑުމަޑުން ގެނބެމުންނެވެ. ތުންފަތާ ތުންފަތް ގުޅި، އޭގެ ފޮނިމީރުކަން އިހުސާސް ކުރަމުންދިޔައެވެ. ގައިން ފޭރާން ވަކި ކުރެވިގެން ދިޔައީ ، ދެޖިސްމުގައި ރޯވަމުން ދިޔަ އަލިފާނުގެ ހުޅުކޮޅު ގަދަވާން ފެށުމުންނެވެ. އެ ފިނިފިނި ރޭގެ މަސްތުގައި ދެމީހުން ޖެހި، އެދުން ވެރިކަމުގެ ކޯރަކަށް ބެހިގެން ދިޔައީއެވެ.

ޝަހުވަތުގެ ކޯރަށް ގެނބުމަށްފަހު ތަރާއަށް ހޭވެރިކަމެއް ވިއެވެ. އިރުގެ އަލިކަން ކުޑަކޮށްނަމަވެސް ކޮޓަރި ތެރެރެއަށް ވެރިވެފައިވިއެވެ. ދެލޯ ހުޅުވައިލާ މޯޅިއަކަށް ދެމިލުމަށްފަހު ބަލައިލެވުނީ ކައިރީގައި އޮތް ފައިސަލަށްށެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ފޭރާމެއް ނެތް ހަށިގަނޑު ނިވާކުރަމުން އަވަސް އަވަހަށް އެނދުން ތެދުވިއެވެ. ކުރެވުނު ކަންތައްމަތިން ހަނދާންވީ ހަމަ އެވަގުތުގައެވެ. ކޮޓަރިތެރެއަށް އުކާލެވިފައިވާ ފޭރާންތައް ނެގުމަށްފަހު އަވަސް އަވަހަށް ހެނދުން ލުމަށް މަސައްކަތް ކުރިއެވެ. ހިތުގެ ވިންދު ހުއްޓިދާނެހެން ވެސް ހީވިއެވެ. މުޅި ގައިގައި ދާހިއްލާ ފޯވެއްޖެއެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން ތާރާ ހިނގައިގަތީ އެތަނުން ދިޔުމަށްށެވެ. ފައިސަލާ ދުރަށްދާންށެވެ.

ފައިސަލަށް ހޭވެރިކަމެއް ވީއިރު ތާރާއެއް ނެތެވެ. ވެފައިވާ ވަރުބަލި ކަމާއެކު އެނދުން ތެދުވަމުން ، ފައިސަލަށް ގޮވާލެވުނީ ތާރާގެ ނަމުންނެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނު އިރު ފައިސަލު ތާރާއަށްޓަކައި ކުރި ހުރިހާ ތައްޔާރީތަކެއް ހުރި ގޮތަށްހުއްޓެވެ. ރޭގައިވީކަންތައް މަތިން ފައިސަލަށް ހަނދާން ވީ ހަމަ ކުއްލިއަކަށްށެވެ. ބޮލުގައި ދެއަތް އަޅާ ބާރުކޮށްލެވުނެވެ. ހަޤީގަތުގައި ވެސް ކުރެވުނީ ކޮށްގެން ވާނެ ކަމެއް ނޫންކަން ފައިސަލު ވެސް ގަބޫލުކުރެއެވެ. ކިތަންމެ ކުރަން ބޭނުން ނުވިޔަސް ބޭއިޙްތިހާރުގައި ނަމަވެސް އެކަން ވެގެން އެދިޔައީއެވެ.

ފައިސަލު ވަރަށްބޮޑަށް ދެރަވެއްޖެއެވެ. ބޭނުންވީ ތާރާ ގެ ކިބައިން މައާފަށް އެދޭންށެވެ. ފައިސަލުގެ ނިޔަތާ މެދު ތާރާ ޝައްކުކޮށްފާނެތީ ބިރު ގަންނަނީއެވެ. ތާރާ ހިތަށް އަރާފާނެއެވެ. ފައިސަލަކީވެސް އެހެން ފިރިހެނުން ފަދައިން ވަގުތީ އުފަލުގެ ދަހިވެތި ކަމުގައި އުޅޭ މީހެކެވެ. އަވަސްއަވަހަށް ފޯނުނަގައި ތާރާއަށް ގުޅަން މަސައްކަތް ކުރިއެވެ. ”ތާރާ… ޕްލީސް.. ފޯނު ނަގާބަލަ” ފޯނު ކަންފަތުގައި ޖަހައިގެން އިނދެ ފައިސަލު ކިޔަމުން ދިޔައެވެ.

ރަނގަބީލު ވަމުން ދިޔަ ފޯނަށް އެއްވެސް ސަމާލު ކަމެއް ނުދީ ތާރާ އޮތީ ބާލިހުގައި ބާރަށް ބައްދައިގަނެގެންނެވެ. ރޮއިރޮއި ދެލޯވަނީ ރަތްވެފައެވެ. ގިސްލަމުން ދިޔަ އިރު ވެފައިވާ ވަރުބަލި ކަމާއެކު ނޭވާ ދިޔައީ ކުރުވަމުންނެވެ. ހިތުގެ ނާރުތައް ފިތިބާރު ވަމުންދާ ކަހަލަ އިހުސާސެއް ތާރާއަށް ކުރެވެމުން ދިޔައެވެ. ކުރެވުނީ ވަރަށްވެސް ބޮޑު ކުށެކެވެ. ތާރާގެ ހިތް ކުރަމުން ދިޔައީ ސުވާލެކެވެ. މިހާރު ނިހާއާއި ތާރާއާއި އޮތީ ކޮން ތަފާތެއް ހެއްޔެވެ؟

ގުޅާ ގުޅާވެސް ތާރާގެ ހަބަރެއް ނުވުމުން ފައިސަލު ފޯނުނަގާ ހޫރައިލިއެވެ. ފައިސަލު ތާރާއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ މާޔޫސްކަން ދިޔައީ ހައްތާހާ ބޮޑު ވަމުންނެވެ. ފުރާވަގުތު ކައިރިވަމުން އައި ވަރަކަށް ފައިސަލު ހިތް ހީވަނީ ރޭސްޖަހާހެންނެވެ. ތާރާއާ ދުރަށްދާން ޖެހޭ ކަމުގެ އިހުސާސުގެ އިތުރުން ، ތާރާ ބީވެދާނެ ކަމުގެ އިހުސާސް ވެސް ކުރެވެން ފެށީއެވެ. މިއީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟

ފުރާ ވަގުތު ކައިރިވަމުން އައި ނަމަވެސް އަދި ބައިގަޑީ އިރެއް ހާއިރު އޮތުމުން ފައިސަލު ބޭނުންވީ އަދިވެސް ތާރާއާ ބައްދުލުވެފައި ނޫނީ ނުފުރުމަށްށެވެ. އެންމެފަހުގެ ވަދާޢީ ސަލާމުކޮށް، ތާރާގެ ކިބައިން މަޢާފަށް އެދެން ފައިސަލު ބޭނުންވުމުން ފައިސަލު އަވަސްވެގަތީ ތާރާ މެންގެއަށް ދާންށެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން ފައިސަލު ހިނގައިގަތެވެ.

ކުއްލިއަކަށް ފޯނު ރަނގަބީލު ވާންފެށިއެވެ.
“ހަލޯ… ކޮބާ ފުރާގަޑި ޖެހުނީނު.. ފައިސަލު ނާންނާތީ ނުފުރިގެން މިއުޅެނީ.. އެންމެން ހަމަ ވެއްޖެ.. ފުރުމުގެ ބައިގަޑީއިރު އަވަސް ވިކަމަށް މެސެޖުވެސް ކޮށްލެވިފަ ވާނީ…” އެކޮޅުން ވާހަކަ ދެއްކީ ލޯންޗުގެ ކައްޕިއެވެ. ތެދެކެވެ. ފައިސަލަށް މެސެޖު ފެނުނެވެ. ހަނދާން ނެތުނީއެވެ. ވަރަށް އަވަހަށް މިދަނީކަމަށް ބުނެ ފައިސަލު ފޯނު ކަނޑައިލީއެވެ.

ލޯންޗު އޭގެ ބާރު ދުވެލީގައި ލޮނުގަނޑު ކަފަމުން ދިޔައެވެ. ވެފައިވާ މާޔޫސް ކަމާއެކު ފައިސަލުގެ ހިތުގެ ތެޅުން ވަނީ ބާރުވެފައެވެ. އަދިވެސް ތާރާއަށް ގުޅަމުން ދިޔައެވެ. ތާރާގެ އެއްވެސް ހަބަރެއް ނުވެއެވެ. ހީވަނީ ފައިސަލުގެ ހިތާއި ވިންދު ވަކިވާން ގައިވެފައިވާ ހެންނެވެ. ނުތަނަވަސް ކަމާއި، ހިތާމައިން ފުރިބަންޑުން ވެފައިވާ ހިތަކާއިއެކު ފައިސަލުގެ ހަޔާތުގެ ދަތުރުއެފެށީ ތާރާއަށް ދުރަށްށެވެ. ދަތުރު ނިމި، މިސްރާބު އަނބުރާ ތާރާއާ ދިމާއަށް ޖެހުމަށް އަދި ދުވަސް ނަގާނެއެވެ. ހިތް ނުތަނަވަސްވެފައި ވީނަމަވެސް ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު ފައިސަލު ހަމަޖެހިލިއެވެ. 2އަހަރެއްހާ ދުވަސް ފަހުން، ފުރަތަމަ ލިބޭ ޗުއްޓީގައި ތާރާގާތަށް އައުމުގެ ފޮނިއުއްމީދުގައެވެ.

ރޮއިރޮއި އޮތް ތާރާއަށް ހޭވެރިކަމެއްވީ މީހަކު ދޮރުގައި ޓަކިދޭ އަޑަށްށެވެ. ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ތާރާތެދުވިއެވެ. ދޮރު ހުޅުވާލީއިރު ކުރިމަތީގައި ހުރީ ނިހާއެވެ.

“ދައްތަ… ކިހިނެއްވެފަ ތިހުރީ.. ” ހައިރާންކަމާއެކު ނިހާ ކޮއްލި ސުވާލުން ތާރާއަށްލިބުނީ އިތުރު ވޭނާއި ތުރާލެކެވެ.
ހަށީފުރައި ނޭވާއެއް ލުމަށްފަހު ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ. ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އަޑުނުކުންނަ ގޮތެއްނުވިއެވެ.

“އަހަރެން ހުންނާނެ ސައިހަދާފަ.. ދައްތަ އާދެބާ އަހަންނާއެކު ސައިބޯން..” ތާރާ ވާހަކަ ނުދެއްކުމުން ނިހާ ވާހަކަ ދައްކަން ފެށިއެވެ.

ތާރާއަށް ކަމެއް ވެއްޖެކަން ނިހާއަށް އެނގުނު ނަމަވެސް ވަގުތަކީ ސުވާލު ބޮނޑިބަނދުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމުން ނިހާ ވާހަކަ ބަދަލު ކޮށްލީއެވެ. ލުއި ހިނިތުން ވެލުމަކަށްފަހު ތާރާވެސް ނިހާއާއެކު ސައިބޯން ދިޔައެވެ.

ކާގޭގައި ދެމީހުން ތިބިއިރު ވެސް އެތަނަށް ވެރިވެފައިވަނީ މަރުހާ ހިމޭން ކަމެކެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ނިހާ ފިހެފައިހުރި ރޮށިތަކުން ރޮއްޓެއް ، ތައްޓަކަށް ލުމަށްފަހު ގެނެސް ތާރާ ގާތު ބެހެއްޓިއެވެ. ރޮށިފެނުމާއިއެކު ތާރާގެ ބަޑި ފަޅައިގެން ދިޔައެވެ. ހީހީ ނޭވާ ކުރުވާމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެއް ނޫން ހެއްޔެވެ؟ ދުވަހަކީ ނިހާ އަމިއްލައަށް ސައި ތައްޔާރު ކުރި ފުރަތަމަ ދުވަހެވެ. ރޮށި އޮތީ، ދުނިޔޭގެ ޗާޓުގައި އިންޑިޔާ އޮންނަ ބައްޓަމަށްށެވެ.

“ދެން… ދައްތާ… ފުރަތަމަ ދުވަހޭ…” ޗޮކެއް ކަނޑައިލަމުން ނިހާ ޝަކުވާ ކުރިއެވެ.

“އޯކޭ އޯކޭ… ފަހުން އަދި ރަނގަޅުވާނެ…” ހުނުން ހުއްޓާލުމަށްފަހު ތާރާ އެހެން ބުނިއިރު މައިނޭވާ ލެވެއެވެ. ރޮށިން ތަންކޮޅެއް ވީދާލުމަށްފު ކުޅިމަސް ތަށިން ކުޅިމަސް ކޮޅެއް ލުމަށްފަހު ލީ އަނގަޔަށްށެވެ.

“މީރު…؟” ކެތްތެރިކަމާއެކު ނިހާ ސުވާލު ކުރިއެވެ. ތާރާ އަނގައިން ބަހެއް ނުބުނެ ބޯޖަހައިލީއެވެ. އޭރުވެސް ތާރާއަށް ހެވެމުން ދިޔައެވެ. ނިހާވެސް ރޮށިން ތަންކޮޅެއް ވީދާލުމަށްފު ރަހަ ބަލައިލިއެވެ. ހީވީ ލޮނުގުޅައެއް ދިރުވާލެވުނު ހެންނެވެ. ތާރާ ހީގަތެވެ. ނިހާވެސް އެއަށްވުރެ ބާރަށް ހީގަތެވެ.

ދެމީހުން އެކުގައި ސަކަރާތް ޖަހަމުން ދިޔައިރު ހިތަށް ލިބިފައި ވާ ޒަހަމުގެ ކަންފުޅެއްވެސް ފާޅުނުވެއެވެ. ކުރަމުންދާ ހިތާމައިގެ ކުލަވަރު ދެމީހުންގެ މޫނުމަތިން، އެކީހެން ފިލައި ގޮސްފިއެވެ. ދެމީހުންގެ ހުނުން ހުއްޓި މުޅިތަން ހިމޭން ވެގެން ދިޔައީ މީހަކު އެތެރެއަށް ވަނުމުންނެވެ. ނިހާގެ މޫނުމަތިން ހައިރާން ކަމެއް ނުފެނުނު ކަމުގައިވީ ނަމަވެސް ތާރާގެ ހިތް ހީވީ ރޭސްޖަހާހެންނެވެ. މުޅިމީހާ ދާހިއްލާ ފޯވީ މަދު ސުކުންތު ކޮޅެއްގެ ތެރޭގައެވެ. ނިހާއަށް ދިމާއަށް ބަލާލެވެނީ ބޭއިޙުތިޔާރުގައެވެ. ނިހާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ތާރާއަށް އިސްޖަހައިލެވުނެވެ. ދެން ވާނެގޮތެއް ނޭންގޭހާލު ތާރާ ހިނގައިގަތީ އެތަނުން ދިޔުމަށްށެވެ. ތާރާ އަޅަމުންދިޔަ އަވަސް ފިޔަވަޅުތަަކަށް ހުއްޓުން އެރިއެވެ. ނިހާ ތާރާގެ އަތުގައި ހިފާ މަޑު ކުރުވީއެވެ. ހިތްދަތި ކަމުން ފުރިގެންވާ ނަޒަރަކުން ތާރާއަށް ބަލާލެވުނީ ނިހާއާ ދިމާއަށްށެވެ. ނިހާ ހިނިތުންވެލިއެވެ.

ތާރާ-10

ނިހާގެ މޫނުމަތިން ހައިރާން ކަމެއް ނުފެނުނު ކަމުގައިވީ ނަމަވެސް ތާރާގެ ހިތް ހީވީ ރޭސްޖަހާހެންނެވެ. މުޅިމީހާ ދާހިއްލާ ފޯވީ މަދު ސުކުންތު ކޮޅެއްގެ ތެރޭގައެވެ. ނިހާއަށް ދިމާއަށް ބަލާލެވެނީ ބޭއިޙުތިޔާރުގައެވެ. ނިހާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

ކުރިމަތީގައި ހުރި ނާޝިދުގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ރުޅިވެރިކަމެވެ. ތަންމިނަށް ބޮޑުކޮށްގެން ހުރިދެލޮލުން އަނގުރު އަލިފާން ކަނި ބުރާ ކަހަލައެވެ. ރުޅިގަދަ ވެފައި ހުރިވަރުން މޫނުވަނީ ރަތްވެފައެވެ. ދަތްޕިލަށް ފިއްތާ ބާރުކޮށްގެން، އަތް ބާރަށް މުށްކަވައިގެން ހުރިއިރު ހީވަނީ ދެންމެ ދެންމެ ޖަހައިފާނެ ހެންނެވެ.

“ބައްޕަ… އައީތަ؟ ޗުއްޓީއަށް ތި އައީ؟” ލުއި ހިނިތުންވެލުމަކާއި އެކު ނިހާ އިސްވެވާހަކަ ދެއްކީ ނާޝިދުގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުގެ މާނަ ނޭނގިހުރެ އެއް ނޫނެވެ.

“ބައްޕާ…؟” ނާޝިދު ރައްދެއް ނުދިނުމުން ނިހާ އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ނާޝިދުގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ނިހާގެ އަތުގައި ހިފާ ފިއްތާލީ ދެލޯބޮޑު ކޮށްލަމުންނެވެ. ލަތްކަކަށް ދަމައިގަނެގެން ބޭރަށް ގެންދިޔައީ އެއްވެސް ރަހުމަކާނުލައެވެ. ހީވާކަހަލައެވެ. ނިހާ ވަރަށް ބޮޑު ކުށެއްކޮށްފިއެވެ. ނާޝިދުގެ މަޤުސަދަކީ އެކުށުގެ ސަޒާ ނިހާއަށް ދިނުމެވެ. އަނިޔާވެރިކޮށް ވިޔަސް ވެސްމެއެވެ.

ތާރާގެ ހިތަށްހީވީ ތޫނު ހަންޖަރެއް ހަރައިލާ ޒަހަމުކޮށްލިހެންނެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގަތީ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ކުދިކުދި ވެފައިވާ ހިތަކާއިއެކު، ދެފައިގެ ވަރުދޫވެގެން ތާރާއަށް އިށީންދެވުނެވެ. ގިސްލާ ރޮމުންނެވެ. ހަޔާތަށް ވެރިވެގަންނަން އުޅޭ ތޫފާނުގެ ކޮޅުމަތި ކުޑަކޮށް ނަމަވެސް ކުލަވާން ފެށީއެވެ. އަމިއްލަ ނަފުސަށް ވުރެ ތާރާއަށް ވިސްނައިގަނެވުނީ ނިހާއާ ދޭތެރޭގައެވެ. ނިހާ ބަނޑުގައިވާ ކުޑަކުޑަ ފުރާނައާ މެދުގައެވެ. ނާޝިދަށް އެކަން އެނގޭ ދުވަހަކުން ކަންތައްވެގެން ދާނެގޮތް ތާރާގެ ޙިޔާލަށް ގެނުވަންވެސް ދައްޗެވެ.

“އާޙްހހހ.. ތަދުވެއްޖެއޭ ބައްޕާ….” ތެޅުންގަނޑު މައްޗަށް ގުޅަޔަކަށް ޖެހުނު ނިހާގެ ބޯ ބިންމަތީގައި ޖެހުނީ ވަރަށް ބާރަށްށެވެ. ތަދުވީވަރުން ނިތްކުރިމަތީގައި އަތް ހާކައިލެވުނެވެ. އޭރު ނިހާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

“ކަލޭ ކައިރީ ކިތައް ދުވަހު ބުނިން އޭނައާ ވާހަކަ ނުދައްކާށޭ… މާ ގާތް ވެގެން ނޫޅޭށޭ… ކަލޭވެސް ބޭނުންވަނީ ކަލޭ އަމާހެން މަރުވެގެން ދާންތަ…؟ ކީއްވެތަ ނުވިސްނިގެން ތިއުޅެނީ؟ ޖެހިޖެހީނުން ދުވަސް ދުއްވާލަން ޖެހިދާނެ އިނގޭ… އެހެންނާ މައިތިރި ވެގެން ހުރޭ…” ނާޝިދުގެ އަޑުގައިވީ އިންތިހާ ރުޅިވެރިކަމެވެ. އަނިޔާވެރިކަމާއި ރަހުމު ކުޑަ ގޮތް ގަނޑެވެ.

“ބައްޕަ ކީއްވެތަ ދޮގުހެދީ… ދައްތައަށް އެއްވެސް ކަމެއް ނުވޭ… އެއްވެސް ބައްޔެއް ނުހުރޭ.. ހުންނަނަމަ މިހާރު އަހަންނަށްވެސް އެބަލި ޖެހުނީހެއްނު..” އަވަސް ފިޔަވަޅު ތަކަކާއިއެކު ފަސްދީ ދާން އުޅުނު ނާޝިދުގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އަޔެވެ. ފަސްއެނބުރި ބަލައިލީއިރު ދެލޯ ބޮޑު ވެފައިވާ ވަރުން ހީވަނީ ދެފަރާތުން އިރައިގެން ގޮސް ދާނެ ހެންނެވެ.

“ދައްތައޭ… ކަލޭ ދައްތަތަ އެއީ… އޭ…” މިނިކާ ޖަނަވާރެއް ހެން އައިސް ނިހާގެ ކަރުގައި ހިފައި ކޮޅަށްނެގިއެވެ. ނިހާގެ ނޭވާ ކުރުވަމުން ދިޔައެވެ. ހަށީނެތް ވަރެއް ލާފައި މަސައްކަތް ކުރަމުންދިޔައީ ނާޝިދުގެ މުށުތެރެއިން ސަލާމަތް ވުމަށްށެވެ. ނާޝިދު އަނެއްކާވެސް ނިހާ ކޮއްޕައިލީއެވެ. މިފަހަރުވެސް ނިހާއަށް އަނިޔާ ވިއެވެ. ނިހާއަށް އެހާ އަނިޔާކޮށްފައި ދިޔައިރު ހީވަނީ ނާޝިދުގެ މޭގައި އޮންނަނީ ހަރު ހިލަގަނޑެއް ހެންނެވެ. ރަޙުމުގެ ކަންފުޅެއް ވެސް ނެތެވެ. ކޮންފަދަ ނުލަފާ ބަފައެއް ހެއްޔެވެ؟

ހަވީރުގެ ފިނިވައި ރަށުތެރެއަށް ހަނަ އަޅަމުން ދިޔައެވެ. ހަމަޖެހުމެއް ލިބިފައިނުވާ ހިތަކާއެކު ތާރާއަށް އޮވެވުނީ ފޯނު އަތުތެރެއަށް ލައިގެން މޮޑެމޮޑެއެވެ. އޭރުވެސް ހުއްޓުމެއް ނެތި ފައިސަލުގެ ކޯލުތައް އަންނަމުން ދިޔަނަމަވެސް އެއަށް ޖަވާބު ދޭނެހާ ހިތަވަރެއް ތާރާއަކަށް ނުލިބުނެވެ. ފުލުފުލު ގައި މެސެޖުތައް އަންނަމުން ދިޔަނަމަވެސް އޭގެއަށް ދޭނެ ޖަވާބެއް ތާރާއަކަށް ނުވިސްނުނެވެ. އެދެލޮލުން ކަރުނަ ނުހިކޭހާލު ވިސްނެމުންދިޔައީ ބަދުނަސީބު އެޙަޔާތާ މެދުގައެވެ. ހިތާމަކޮށްކޮށް އެފަކީރު ވަރުބަލިވެއްޖެއެވެ. ފިކުރުކޮށްކޮށް ސިކުނޑި ސުމަކަށްދާ ވަރުވެއްޖެއެވެ. ނިހާގެ ހަބަރެއް ނުވިނަމަވެސް ބޭރަށް ދާން ތާރާއަކަށް ނުކެރުނެވެ. ނިހާއަށް ވީގޮތެއް ބަލާލަން ކިތަންމެ ބޭނުން ވީނަމަވެސް ނާޝިދުގެ ކުރިމައްޗަށް އަރަން ތާރާ ފަސްޖެހުނެވެ. މިއަދު ތާރާއެވަނީ ގޮތް ހުސްވެފައެވެ. ކެތްތެރިވުން ނޫން ގޮތެއް އެފަކީރަކަށް ނެތެވެ.

“ދޮންބެ ކޮން އިރަކުން އެކޮޅަށް ދާން ފުރަނީ…” ފައިހާ ވާހަކަ ދެއްކީ ސޯފާގައި އޮތް ފައިސަލާއެވެ. އޭރުވެސް ފައިސަލު މަސައްކަތް ކުރަމުންދިޔައީ ތާރާއަށް ގުޅޭތޯއެވެ. މާޔޫސް ކަމާއެކު އެ ޙިޔާލުތަކުގެ ތެރެއަށް ގެނބިފައިވުމުން ފައިހާ ކުރި ސުވާލު ވެސް ފައިސަލަށް އަޑު އިވުނުހެނެއް ހީއެއްނުވެއެވެ.

“ދޮންބޭ…؟” ފައިސަލުގެ ކޮނޑުގައި ހިފާ ތަޅުވައިލަން ފައިހާއަށް މަޖުބޫރު ވީއެވެ.

”އއޭނނ…. ކކީކޭ…؟” ސިހިފައި ކަހަލަ ގޮތަކަށް ފައިސަލުވެސް ކޮށްލީ ސުވާލެކެވެ.

“ސާބަސް ދޮންބެއަށް… ފޯނަށްގޮސް މުޅިން ހުސްވެފަ… ކިޔާނެ އަހަންނޭ ފޯނަށް ގެއްލިފަ އޮންނަނީ…” ފައިހާ ޝަކުވާ ކުރިއެވެ.

“ހޫން… ޝަކުވާ ބޮނޑި ބަންނާނީ ފަހުން.. ކީކޭތަ ބުނީ…؟” ތެދުވެ ސޯފާގައި އިށީންދެ ހަށީފުރައި ނޭވާއެއް ދޫކޮށްލުމަށްފަހު ފައިސަލު ބުންޏެވެ.

“ދޮންބެ ކޮން އިރަކުންހޭ މެލޭޔަށް ދާން ފުރަނީ… ޗެކިން އޮތީ ކިހާއިރަކު ހޭ…؟؟؟ އަޑު އިވިއްޖެތަ މިފަހަރު؟” ފައިހާ ސުވާލު ތަކުރާރު ކުރިއެވެ.

“ހެނދުނު ހަގަޑިބައިގަ ޗެކިން އޮތީ…” އާފުރެލައި ހަށިދަމާލަމުން ފައިސަލު ބުންޏެވެ.

އިރުއޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލުވަދާޢު ކިޔައިފިއެވެ. ތާރާ އިނީ މަޣްރިބު ނަމާދު ކުރާންށެވެ. އެނދުގެ އެއްފަރާތުގައި ނިހާ އިށީންދެގެން އިނީ ތާރާގެ އިންތިޒާރުގައެވެ. ނަމާދުކޮށް ނިމެންދެންނެވެ. ނިހާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކުން ނިހާގެ ހިތް ވަނީ ކުދިކުދިވެފައެވެ. ހިތުގައި ބައްޕައާ ދޭތެރޭއޮތް ލޯބިވެސް ކަފުން ކުރެވުނީ ކުޑަ ހިނނދުކޮޅެއްގެ ތެރޭގައެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު ފަރުވާތެރިކަމާއިއެކު މުސައްލަ ފަތް ޖަހައިލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލަމުން ތާރާ ބަލައިލީ ނިހާއާ ދިމާއަށްށެވެ. އަސަރުން ފުރިގެންވާ ނަޒަރަކުންނެވެ. ވާހަކަދައްކާން ހުޅުވާލި އަނގައިގައި ތަޅެއް ލެވުނީ އެވަގުތުގައެވެ. ސުވާލުން ފުރިގެންވާހާލު ނިހާއާ ދިމާއަށް ބަލަން ހުރެވުނީ ދެލޯތަންމިނަށް ހުޅުވައިލައިގެންނެވެ. ނިހާގެ ނިތްކުރި ހުރީ ދުޅަވެފައެވެ. ކަރުގައި އިނގިލިތައް ޖެހުނު ގޮތަށް ރަތްވެފައި ހުއްޓެވެ.

“ކކިހިނެއްވެފަ…؟” ނިހާގެ ނިތްކުރީގައި ދުޅަވެފައިހުރި ތަނަށް އިޝާރާތްކޮށް ތާރާއަށް އަހާލެވުނެވެ. ނިހާ އިސްޖަހައިލީއެވެ. އެއްވެސް އެއްޗެކޭ ނުބުންޏެވެ. ތާރާގެ ދެލޮލުން ކަރުނައިގެ ސާލެއް އޮހިގަތެވެ. ނިހާ ނުބުންޏެއް ކަމަކުވެގެން އުޅޭގޮތް ތާރާއަށް ކުލަވިކަހަލައެވެ. އެވަގުތު ނިހާއަށް ބަލާލެވުނީ ތާރާއާ ދިމާއަށެވެ.

“ދައްތަ ކީއްވެ ތިރޮނީ… ދައްތަ ނުޖެހޭނެއެއްނު ރޯކަށް… ބައްޕަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް…. އަހަރެން ދެން ގަބޫލެއް ނުކުރާނަށް ބައްޕަދައްކާ ވާހަކައެއް…” އޯގާތެރިކަމާއެކު ތާރާގެ ގައިގައި ބައްދައިގަންނަމުން ނިހާ ވާހަކަ ދެއްކިއެވެ. އޭރު ތާރާ ދިޔައީ ގިސްލާ ރޮމުންނެވެ. ހިތް ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. ތާރާ ގަބޫލު ކުރީ ނިހާއަށް އެއަނިޔާ އެލިބުނީ ތާރާގެ ސަބަބުން ކަމަށްށެވެ. ތާރާގެ ސަބަބުން ނިހާއަށް ބޮޑެތި އަނިޔާތެކެއް ލިބުން ވެގެން ދިޔައީ ތާރާގެ ހިތުގެ އެންމެ ހިމަނާރަށްވެސް އޭގެ އަސަރު ކުރިކަމަކަށްށެވެ.

ފައިސަލު ކޮޓަރިއަށް ވަދުނެވެ. އޭރު ފަހީމާ އިނީ ހެދުމެއްގެ ފަތިކޮށާންށެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު، ފަހީމާއާ ދިމާއަށް ބަލަހައްޓައިގެން ފައިސަލަށް ހުރެވުނީއެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ހީވަނީ ބޮޑު ވާހަކައެއް ދައްކަން މަސައްކަތް ކުރާހެންނެވެ. ވާހަކައެއް ދައްކަން ބޭނުންނަމަވެސް ވާހަކަ ފަށާނެގޮތެއް ނޭންގިގެން އުޅޭހެންނެވެ. ހަށީފުރައި ނޭވާއެއް ދޫކޮށްލުމަށްފު ހަމަޖެހެލެވޭތޯ މަސައްކަތް ކުރިއެވެ. ހިތްވަރުކޮށްފައި ފައިސަލު ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެއީ ފައިސަލަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށްވެދާނެތީ ނުހަނު ކެރިގެންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Aminath rau

Level 110 Stories

Crazy person?? who loves to write✍️? A student nurse ?‍⚕️?? Just 18 years old? A Thalassophile???

Other Articles

Previous

ތާރާ-6

Next

ހާދަ ބޭނުންވިޔޭ

Next
May 9, 2020

ހާދަ ބޭނުންވިޔޭ

Previews
May 9, 2020

ތާރާ-6

One Comment

  1. Yan♥️ says:
    May 9, 2020 at 3:03 pm

    Varah reethi Masha Allah and haadha ginadhuvas thakakah fahu vaahaka thiup kury?

Comments are closed.


All Right Reserved!