Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ…(1)

އުޑުމަތި ވަރަށްވެސް ސާފެވެ.. ގުނާއަދަދުނުކުރެވޭހާ ގިނަ ތަރިތައްފިޔަޖަހަމުން ދިޔަރު.. ހަނދުގެ ފަނޑުއަލިކަން.. މުޅި ޖައްވުގައި ފެތުރިފައިވެއެވެ.. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ.. ކޮންމެ ދިމާލަކައް ބަލާލިއަސް ފެންނަމުންދަނީ ގުދުރަތީ ރީތިކަމެވެ.. ފުރިހަމަކަމެވެ.. ނަމަވެސް އަތިރިމަތީ ހުދުކަފަކޮޅެއްފަދަ ދޮންވެލިގަނޑުމަތީގައި އިށިންދެލައިގެން ހަނދައް ބަލަހައްޓައިގެން އިން.. ސިއާގެ މޫނުވަނީ މިލާފައެވެ.. އިރުއިރު ކޮޅާއަތުކުރީ ގަޑިއަށް ބަލާލެވެއެވެ… “ހާދަ ލަސްވެއްޖޭ.. ހުރެބަލަ އައިމަ ކުޅިދައްކާލާނަން”.. އެކަނި އެތާއިނދެ.. ސިއާ ކުދިކިޔަމުންދިޔައެވެ.. މީހަކު ރުޅިނާރާވަރެއްވެސް ނޫނެވެ.. 8 ޖަހާއިރައް އެތަނައް އަންނަން ބުނި މީހާއަދިވެސް ނާދެއެވެ… މިހާރު އެއޮތް 9 ޖަހަނީއެވެ.. ސިއާގެ ކޮނޑުގައި މީހަކު ކޮއްޓާލުމުން ފަހަތްބަލާލި ގަޑީގައި އެތާހުރި ނާއިމް ފެނި.. އުފާވި ނަމަވެސް މޫނުމަތިން ރުޅިވެރިކަން ދެއްކޭތޯ މަސަތްކަތްކުރިއެވެ.. “ކިހިނެއްވީ މަގޭ ޗަބީކޮޅު ހާދަ ރުޅިއަރާފަ”… ނާއިމް ސިއާގެ ކޮލުގައި ހިފަމުން ބުނެލިއެވެ.. “ރުޅީނާރާވަރެއްތަ.. އަހަރެން މިތާ އިންނަތާ މިހާރު ގަޑީރެއްވީ..”….”ވަރަށް ބޮޑައް ސޮރީ.. ދެން އެހެނެއް ނުވާނެ..”.. ނާއިމް ދެއަތުން ކަންފަތުގައި ހިފަމުންބުނެލިއެވެ.. މިދެލޯބިވެރިން.. ކޮންމެ ރެއަކުވެސް 8 ޖަހާއިރު އަތިރިމަތިން ބައްދަލުކުރެއެވެ.. އެހެންދުވެހެކޭ އެއްފަދައިން މިއަދުވެސް.. ދެމީހުންގެ މެދުގައި ލޯބީގެ އެތަކެއް ބިންގަލެއްއެޅިގެން ދިޔައެވެ…………………

ސިއާ އަކީ ދެމަފިރިއަކައް ލިބިފައިވާ ހަމައެކަނި ކުއްޖާއެވެ.. ސިއާގެ މަންމަ ސާނިޔާ އަދި ބައްޕަ ހަމްދީ.. ސިއާ ބޮޑުކުރީ އެދެމީހުންގެ ލޮލުގެ ނޫރުފަދައިންނެވެ.. އެންމެ ކުޑައިރުއްސުރެ.. ސިއާބޭނުންހާ އެއްޗެއް ހޯދަދީ.. ބޭނުންވާ ކޮންމެ ކަމެއް އެ ދެމަފިރިން އުފަލުން ކޮއްދެއެވެ.. ހަމްދީއަކީ މާލޭގެ ބޮޑު ވިޔަފާރިވެރިއެކެވެ.. އެހެންކަމުން މިކުޑަކުޑަ އާއިލާ ދިރިއުޅެމުންދިޔައީ ވަރަށް އުފަލުގައެވެ…

އެއާ ހިލާފައް.. ނާއިމްއަކީ ޔަތީމު ކުއްޖެކެވެ.. އުމުރުން އެންމެ 7 އަހަރުގައި ބައްޕަ ނިޔާވުމުން ނާއިމް ބަލާބޮޑުކުރީ ނާއިމްގެ މަންމައެވެ.. ގޭގޭ ކުނިކަހައިގެންނާއި ހެދުން ފަހާ ހެދިކާ ވިއްކާ.. މިފަދަކުދި ކުދި މަސަތްކަތްކޮއްގެން ލިބޭ ލާރިކޮޅުން މިދެމައިން އުޅެމުންދިޔައީ ހިތްހަމަޖެހިގެނެވެ.. ނާއިމް ދުވަހަކުވެސް.. ދިރިއުޅުމާމެދު ޝަކުވައެއްނުކުރެއެވެ..

ސިއާ ފެނުނު އެންމެ ފުރަތަމަ ދުވަހު ނާއިމްގެ ހިތްވަނީ ސިއާއަށް ދެވިފައެވެ.. ސިއާގެ ހިތްވެސް ނާއިމްއަށް ލެނބެން ނެގީ މަދުސިކުންތުކޮޅެކެވެ.. އެދެމީހުން ރައްޓެހިވެގެން އުޅޭތާ.. 2 މަސްވަނިކޮއް.. ސިއާގެ އާއިލާއަށް މިކަންއެނގުމުން ހަމްދީ މިކަމާ އެއްގޮތަކައްވެސް ގަބޫލެއްނުވިއެވެ.. ސާނިޔާވެސް ހުރީ ސިއާގެ އަމަލުހުރިގޮތުން ހިތްހަމަނުޖެހިފައެވެ.. ނަމަވެސް ސިއާ މީހުން ޖަޖް ކުރަނީ ލައިގެން ހުންނަ ހެދުމުގެ މޮޅުކަމަކުންނޫނެވެ.. އެމީހެއްގެ ހިތުންނެވެ..ހުރިހާވެސް މައްސަލައަކީ..ނާއިމް އަކީ ފަގީރުއަދި ޔަތީމު ކުއްޖަކައް ވީމައެވެ.. ހަމްދީ ބުނާގޮތުގައި އެމީހުން އެއުޅެނީ ހަމްދީގެ މުދާގަނޑު ކާލާށެވެ.. ޖަވާހިރެއްހެން ބަލާބޮޑުކުރި ސިއާ އޭނާގެ މައިންބަފައިންދެކެ.. ކިތަންމެ ލޯބެއްވިއެއްކަމަކު ނާއިމްއާ ދުރެއްނުވެވުނެވެ.. ކަންތައްމިހެން އޮތުމުން ސިއާ ނާއިމްއާ ބައްދަލުކުރަމުންދިޔައި ގޭމީހުންނައް ވަގަށެވެ…….

ނާއިމްގެ ކޮނޑުމަތީގައި ބޯއަޅައިގެން އޮތް ސިއާ ބުނެލިއެވެ.. “އަހަަރެން އަދިވެސް ހަނދާންވަނީ ނާއިމް އެންމެ ފުރަތަމަ ފެނުނު ދުވަސްމަތިން”… އެއީ މީގެ 5 މަސްފަހެވެ.. އަތްދިގު ސްވެޓާރ ޓޮޕްއަކާއި ނޫކުލައިގެ ރިޕްޑް ޖިންސެއްލައިފައި ހުންނައިރު ސިއާ ވަރަށްވެސް ރިއްޗެވެ.. އުނަގަނޑާހަމައަަށް އަރާ އެ ފަންފަން އިސްތަށިގަނޑުގައި މުށިކުލަ ޖައްސައިފައިވެއެވެ.. އިސްތަށިގަނޑު ވިއްސައިލައިގެން.. އަވިއައިނެއް އަޅައިގެން.. ގެއިން ނިކުމެގެން އައިސް ރަތްކުލައިގެ ލަމްބޯގިނީއަށް އެރުމައްފަހު ކާރުދުއްވާލިއެވެ.. ބާރު ސްޕީޑެއްގައި ދުއްވަމުންދިޔައިރު މަގުމަތިން ދާމީހުންގެ ލޯ އަމާޒުވެފައި ވަނީ އެކާރަށެވެ..

ޕާކިންގ އޭރިޔާގައި ކާރު ޕާކްކުރުމައްފަހު ސިއާ ހިނގައިގަތީ ކުރިމަތީގައި ހުރި “ފެޝަން ވޯލްޑް”.. އަށް ވަނުމަށެވެ.. “ހަލޯ.. އަދިވެސް ނާންނަތީތަ؟؟”.. ނޫރާ ފެންނަން ނެތުމުން ސިއާ ގުޅާލިއެވެ… “މި އަންނަނީއޭ.. ޓްރެފިކްގަ ޖެހިފަ.. “..ޕިސް ޕިސް ކިޔަމުން ސިއާ ފޯނުބޭއްވިއެވެ..ނޫރާ އަކީ ސުކޫލު ދައުރުއްސުރެ ސިއާގެ އެންމެގާތް އެކުވެރިޔާއެވެ.. ނޫރާގެ ބައްޕަ ޖަމީލަކީ ހަމްދީގެ ބިޒްނަސްޕާޓްނަރ ގެ އިތުރުން ވަރަށް ގާތް ރަހުމަތްތެރިއެކެވެ.. ސިއާ އާއި ނޫރާއަކީ އުޅުމުގެ ގޮތުން ވަރަށް އެއްގޮތްދެމީހުނެވެ.. ތަފާތަކީ ނޫރާ އަކީ ފަގީރުންދެކެ އިންތިއާއަށް ރުޅިއަންނަމީހެކެވެ.. ނަމަވެސް ސިއާ އަކީ ފައިސާ ކިތަންމެ ގިނަސްއެކަމާ ކިބުރުވެރިވާމީހެއްނޫނެވެ..

ނޫރާގެ އިންތިޒާރުގައި ސިއާ ފިހާރާ ދޮރުމަތީގައި މަޑުކޮއްގެން އިނެވެ.. ލައިގެން ހުރި ހައިހީލްސްގެ ސަބަބުން.. ސިއާގެ ރީތިކަން އިތުރުކޮއްދެއެވެ.. ދެކޮޅުދެކޮޅައް ހިނގަމުންދިޔަ ސިއާ ހުއްޓެން މަޖުބޫރުވީ.. ލައިގެން ހުރި ހައިހީލްސްގެ އުސް ކަށި ޕޭމެންޓްގެ ދެގާދޭތެރޭ ފިތުމުންނެވެ.. އެތާ ފުދޭވަރަކައް މީހުންވެސް ގިނެވެ.. އެ ދެގަލުން ސަލާމަތްވުމައް ސިއާ ކުރި ހުރިހާ މަސަތްކަތެއް ދިޔައީ ފެނަށެވެ.. ކައިރިން މީހެއް އަންނަން ފެށުމުން.. ނުވާކަމައް ހަދާލާފައި ސިއާ ހީލައެވެ.. ދެކަންފަތައް.. ހެޑްސެޓް ޖަހައިގެން.. ލަވައަޑުއަހަމުން މަޑުހިނގުމެއްގައި ދިޔަ ނާއިމް އަށް މިމަންޒަރު ފެނުމުން ..މަޖާވިއެވެ.. ސިއާގެ ހަރަކާތްތަކައް އިރުކޮޅަކު ބަލަން އިނދެފައި ނާއިމް ގޮސް ސިއާގެ ފައިގައި ހިފައި.. ދަމައިގަތެވެ.. ކަށި ނެއްޓުނީ ބާރުސްޕީޑެއްގައި ކަމުން ސިއާ ވެއްޓުނީ ނާއިމްއާއެކުގައެވެ.. އޭރުވެސް ސިއާ ދިޔައީ ލޯ މަރައިގެން ހުރެ ހަޅޭލަވަމުންނެވެ.. ކާރުން ފައިބައިގެން އައި ނޫރާއަށް ސިއާ ނާއިމްގެ ގައިމަތީގައި ވެއްޓިފަ އޮތް މަންޒަރު ފެނުމުން ދުވެފައި އައިސް ސިއާނެގިއެވެ.. ނާއިމްވެސް ލައިގެން ހުރި ޓީޝާޓް ރީތިކޮއްލަމުން ތެދުވިއެވެ..

ނާއިމް އަށް ސިއާއަށް ބަލަހައްޓައިގެން ހުރެވުނެވެ.. ސިއާއަށް މިކަން އެނގުމުން .. ލަދުން ތުންފަތުގައި ދަތްއަޅާލެވުނެވެ.. “އޭ އަލައްތަ ރީތި އަންހެން ކުއްޖެއް ފެނިގެން ތިއުޅެނީ.. ބާކޮޅު ހެދިފަ ހުންނަ ޓީޝާޓު ލައިގެން ވެސް އަންހެން ކުދިން ލިބޭތޯވިއްޔަ ތި އުޅެނީ.. އަމިއްލަ މީހާގެ ފެންވަރުން އުޅެބަލަ”…ނޫރާ ނާއިމް އާ ދިމަލައް އެއްޗިސް ކިޔާގަތެވެ.. “އޭ .. އޭނަ އަހަރެންނައް ދެންމަ އެހީވީއޭ..”..ސިއާ ނޫރާގެ އަނގަމަތީގައި އަތް އަޅަމުން  ބުނެލިއެވެ.. “ތޭންކިއު ވަރަށް ބޮޑައް..”.. ސިއާ ބުނެލިއެވެ.. “އިޓްސް އޯކޭ” ނާއިމް ވެސް ހިނިތުންވުމެއް.. ރައްދުކޮއްލަމުން ބުނެލިއެވެ.. ނޫރާ ސިއާގެ އަތުގައި ހިފައިގެން ފިހާރަޔައް ވަނުމައް މިސްރާބުޖެހިއެވެ.. ނާއިމް އެ އިންގޮތައް.. ސިއާއަށް ބަލަހައްޓައިގެން އިނެވެ.. ސިއާ ފަހަތް ބަލާލި ގަޑީގައި ސިއާއަށް ބަލަން ހުރި ނާއިމް ފެނި.. ހިނިތުންވެލިއެވެ…………..

“އެދުވަސް މަތިން އަހަރެން ވެސް ހަނދާނެއް ނުނެތޭނެ.. ހުރިހާ ޝުކުރެއް އަދާކުރަންޖެހޭނީ ސިއާ އެދުވަހު ލައިގެން ހުރި ހައިހީލްސްއަށް”.. ނާއިމް ސިއާގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ.. “އެކަމް އަހަރެން ވަރަށް ބިރުގަނޭ ބައްޕައަށް ..މިކަންތައް އެނގިދާނެތީ.. ނޫރާވެސް އެހާ ގަބޫލެއްނޫން ނާއިމްއާއެކީ އަހަރެން އުޅޭކައް”…”ހުރިހާކަމެއް ވެސް ދާނީ ރަނގަޅައް އެހާވަރަށް ނުވިސްނާ”…

ގަޑިން 10 ޖަހަން ކައިރިވުމުން ސިއާގެއަށް ދިޔައެވެ.. ގެއަތް ވަން އިރު ބޮޑޮގޮނޑީގައި ހަމްދީ.. އިނެވެ.. “ދަރިފުޅާ.. ހާދަލަހަކުން ތިއައީ”…”ސޮރީ ބައްޕާ.. ޓްރެފިކް ގަ ޖެހުނީމަ ވާނީމިހެން”… “ސިއާ.. ދޭ އަވަހައް ކާން.. ބައްޕަ އެހެރީ ދަރުފުޅު އަންނަންދެން ނުކައި”..ސާނިޔާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.. “އެއީ ތެދެއްތަ ބައްޕާ؟؟ ކީއްވެ ނުކެއީ..”….”ދަރިފުޅު ނުކައި ހުއްޓާ ކިހިނެތް މި ބައްޕަ ބަނޑުފުރައި ކާނީ”.. ހަމްދީ ސިއާ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.. ސިއާއަށް މިހާރު 19 އަހަރެވެ.. ނަމަވެސް ހަމްދީ އާއި ސާނިޔާ ސިއާ އަދިވެސް ބަލަނީ 2 އަހަރުގެ ކުޑަކުއްޖެއްހެނެވެ.. ކައިނިމިގެން ކޮޓަރިއަށް ވަދެ.. ފޯނު ނަގައިގެން ނާއިމް އަށް ގުޅާލީމެވެ.. ދެވަނަ ރިންގާއެކު ނާއިމް ފޯނު ނެގިއެވެ.. “ހަލޯ”…”ސީއާ.. މަންމަ  ބުނި ވާހަކަ ދައްކާލަން ބޭނުމޯ”…”ދީބަލަ މަންމަ އަތައް އެހެންވީއިރު”…އެތައް އިރެއް ވަންދެން .. ނާއިމްގެ މަންމައާ ވާހަކަ ދައްކަން ސިއާއަށް އިނދެވުނެވެ.. ނާއިމްގެ މަންމަ ނިޔާޝާ އަކީ ހިތްހެޔޮ.. ރަނގަޅު މީހެކެވެ.. ނިޔާޝާއަށް  ސިއާ ވަރަށް ކަމުދެއެވެ.. އެހެން ކަމުން ނިޔާޝާއާއި ސިއާ އާދެމެދު.. އޮންނަނީ ވަރަށްވެސް ވަރުގަދަ ގުޅުމެކެވެ.. އެހެން އޮވެ ސިއާ އަށް ނިދުނު އިރެއް ވެސް ނޭނގެއެވެ..

ގަސްބޯ ޖަންގައްޔެކެވެ.. ސިއާ ދިޔައީ ނާއިމްގެ އަތުގައި ހިފައިގެން ދުވަމުންނެވެ.. ދެވޭ ނުދެވޭ ދިމާލެއް ނޭނގެއެވެ.. އެދެމީހުން އެ ދުވަނީ ކާކައް ފިލަން ކަމެއް ވެސް ނޭނގެއެވެ.. ނާއިމް އިރު އިރުކޮޅާ ސިއާގާތު.. ފަހަތް ނުބަލާށޭ ބުނަމުންދިޔައެވެ.. ނަމަވެސް.. ސިއާ ފަހަތް ބަލާލިއެވެ.. އެއްވެސް މީހެއް ނެތެވެ.. ކުރި ބަލާލިއިރު ނާއިމް ފެންނަ ހިސާބަކު ނެތެވެ.. ސިއާ ނާއިމްގެ ނަމުން ގޮވާލިއެވެ.. ނަމަވެސް ހިލަމެއް ނުވިއެވެ..

ގަދަ ނިދީގައި އޮތް ސިއާއަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ.. ބަލާލިއިރު ނޫރާއެވެ.. ފޯނު ނަގާފައި ހަލޯއޭ ބުނެލީމެވެ.. “ޕިސް ޕިސް އަދިވެސް ނިދަނީދޯ.. އަވަހައް ތެދުވެބަލަ.. އެބައޮތް ބީޗް ޕާޓީއެއް.. އަހަރެން މިދަނީ ތިގެއަށް ތައްޔާރުނުވެ ހުރިއްޔާ.. ނިމުނީ”… ހެމުން ހެމުން އާއެކޭ ބުނެފައި ސިއާ ފޯނުބޭއްވިއެވެ.. މަތިން ހުދުކުލައިގެ ޓޮޕްކޮޅެއްލާފައި ލޭސްފޮތީގެ ދިގުދިގު ޖެކެޓެއްލިއެވެ.. އަދި.. ކުރު ޖިންސު ސޯޓެއް ލައިގެން ކޮޓަރިން ނިކުތްއިރު.. ސޯފާގައި ނޫސްކިޔަން ހަމްދީ އިނެވެ.. “ބައްޕާ އަހަރެން މިދަނީ.. ނޫރާ އާއެއްކޮއް ޕާޓީއަކައް އޯކޭތަ؟؟”….”އާން.. ބަލައިގެން އުޅެއްޗޭ ދަރިފުޅާ”.. ހަމްދީ މޭޒުމަތީގައި ހުރި ކޮފީތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ..

ސިއާ ބޭރައް ނިކުތްއިރު.. ނޫރާ އައިސް ކާރު މަޑުކޮއްލީއެވެ.. ސިއާ ގޮސް ކާރައް އެރިއެވެ.. “ކާކު ބާއްވާ ޕާޓީއެއް؟؟” ސިއާ އަހާލިއެވެ.. “އެއްކަލަ އަހަރެމެންގެ ކުލާހުގަ އުޅުނެއްނު ޖައިލަމެއް.. ދޯ.. އޭނަގެ ބާތްޑޭ ޕާޓީ..އޯ”..ނޫރާ ކާރު ދުއްވާލަމުން ބުނެލިއެވެ.. މާގިނަ އިރެއްނުވެ ބީޗައް އާދެވުނެވެ.. ސާފް ބޯޑުންނާއި އެކި ކަހަލަ ކުރެހުންތަކުން.. މުޅި ބީޗްއޮތީ ޒީނަތްތެރި ކޮއްލާފައެވެ.. ކާރުން ފޭބުމައްފަހު ލޮލުގައި އަވިއައިނު އަޅައިލިއެވެ.. މޭޒުމަރީގައި ބޮޑުކޭކެއް ހުރިއިރު އެކި ވައްތަރުގެ މޭވަޔާއި.. އެތައް ވައްތަރެއްގެ ކާއެއްޗިސް ހުއްޓެވެ.. ސިއާ އާއި ނޫރާ ގޮސް ޖައިލަމް އާ ސަލާން ކޮއްލިއެވެ..

އެތާގައި ބައިވަރު މީހުން ތިއްބެވެ.. “އޭ ޖައިލަމް.. ޕާޓީ ފައްޓަން ވީނު..” އެތާހުރި ޒުވާނަކު ބުނެލިއެވެ.. “ނޫނޭ.. އަހަރެންގެ ބެސްޓް ބަޑީއެއް އަދި ނާދޭ.. ދެން ކިހިނެއް.. ފައްޓާނީ”..ޖައިލަމްގެ އަޑުކެނޑުނު ކަމެއްނޭނގެ.. ކަޅު ކުލައިގެ ލަމްބޯގިނީއެއް އެތާގައި މަޑުކޮއްލިއެވެ.. ކާރުން ފޭބީ.. ޒުވާން ފިރިހެނެކެވެ.. އިސާހިތަކު އެތާތިބި އަންހެން ކުދިންތައް ހޯއް ލައްވަން ފެއްޓިއެވެ.. ހަމައެކަނި.. ބީޗް ޑިޒައިންގެ ސޯޓުކޮޅެއްގައި ހުރި އިރު.. އެހެރަ އެބްސައް ފެންނަ ކޮންމެ މީހެއް ދީވާނާވާނެ ކަން ޔަގީނެވެ.. އެ ޒުވާނާ އަތުން އިސްތަށިގަނޑު ފުނާއަޅާލުމުން .. އަންހެން ކުދިންތަކުގެ އަޑުއިތުރައް ބާރުވިއެވެ..

ދިގު އިސްކޮޅެއްލިބިފައިވާ މިޒުވާނާ ދިޔައީ އަންހެން ކުދިންގެ ހިތްތައް ކަތިލަމުންނެވެ.. ނޫރާވެސް ޗޮނިވެރޭހާލު ބަލަން އިނެވެ.. ނަމަވެސް ސިއާ އިނީ ފޯނައް ގެއްލިފައެވެ.. ނާއިމްގެ މެސެޖެއްލިބޭ ކޮންމެ ފަހަރަކު ސިއާއަށް ހިނިތުންވެވެއެވެ.. އެ ޒުވާނާ އެންމެންގެ މެދުން ހިނގަމުންދިޔައިރު.. އަންހެން ކުދިންތައް ދެލޯ ބޮޑުކޮއްގެން ބަލަން ތިއްބެވެ.. އެ ޒުވާނާ ފިރިހެން ވައްތަ ހިނގުމެއްގައި ޖައިލަމް ކައިރިއަށް ދިޔައެވެ.. “އަހަރެން ހީކުރީ.. ކިއާން ނާންނާނެ ކަމައް”…ޖައިލަމް ކިއާންގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ.. “ނޫނޭ މިއަދު މީ ފްރީ ދުވަހެއް..އެހެންނޫނަސް ޖައިލަމް ބުނީމަ އަންނާކައްނު ޖެހޭނީ”.. ކިއާން ވަށައިގެން ތިބި އެންމެނައް ލޯ ހިނގާލަމުން ބުނެލިއެވެ.. ކިއާންގެ ލޮލުގައި އަޅައި ގަތީ ފޯނައް ގެއްލިގެން ހުރި ސިއާއެވެ.. “އެއީ ކާކު؟؟” ސިއާ ދައްކާލަމުން ކިއާން ޖައިލަމް ގާތުގައި އެހިއެވެ.. “އޭނަޔައް ކިޔަނީ ސިއާ.. ސުކޫލު ދައުރުގެ ކްލާސްމޭޓެއް.. އިނގޭނު އެސްއައިއެސް ކޯޕަރޭޝަންގެ ވެރިމީހާ.. ހަމްދީ.. އޭނަގެ ހުރި ހަމައެކަނި ދަރި”…”އޯ..ސިއާ.. ” ކިއާންގެ ތުންފަތައް ވެރިވީ ފަނޑުހިނިތުންވުމެކެވެ..

ހުރިހާ އަންހެން ކުދިން އޭނައާ ދިމާލައް ބަލަން ހުރިއިރު ސިއާ ފޯނައް ގެއްލިފަ އިނުމުން ކިއާން އަށް ކަމަކު ނުދިޔައެވެ.. ކިއާން މަޑުފިޔަވަޅުތަކެއްގައި ގޮސް ހުއްޓުނީ.. ސިއާގެ ކުރިމަތީގައެވެ.. ނަމަވެސް ސިއާއަށް މިކަމުގެ ހިލަމެއްވެސް ނުވެއެވެ.. ކިއާން ކުއްލިއަކައް ސިއާގެ ފޯނު އަތުލިއެވެ.. “މި ފޯނުގަ ކޯޗެއްތަ އޮތީ ކަމަނާ މާ ވަރަކައް ބަލާހިތުން ތިއުޅެނީ”… ކިއާން އެހެން ކަންތައް ކުރުމުން ސިއާރުޅިގަދަވިއެވެ.. މީހުންގެ ހުއްދަނެތި އެމީހެއްގެ އެއްޗެއް އަތުލުމަކީ ސިއާ ވަރަށް ފޫހިވާ ކަމެކެވެ.. “ކަލެއަށް ކޮންކަމެއް.. ތީގަ ކޮންމެ އެއްޗެއް ހުއްޓަސް.. ގެނޭ ފޯނު”…”ސިއާ ރުޅިވެރިކަމާއެކު ބުނެލިއެވެ.. ކިއާން އަށް ލިބުނީ ކުއްލި ސިހުމެކެވެ.. ދުވަހަކުވެސް އަންހެން ކުއްޖަކު އޭނަޔާ މިހެން ވާހަކަ ދައްކާފައެއް ނޯންނާނެއެވެ.. ކިއާން ހުރީ ފޯނުދޭގޮތަކައް ނޫނެއެވެ.. އެރީ ރުޅިން ލައިގެން ހުރި ފައިވާނުގެ ކަށިން.. ސިއާ ކިއާންގެ ފަޔައް އެރިއެވެ.. ތަދުވިވަރުން ގޮސް ކިއާން.. ފޯނު އަތުކޮޅައް ހޫރާލިއެވެ.. އެނބުރެމުން އެނބުރެމުން ގޮސް ޕޯނު ވެއްޓުނީ މޫދަށެވެ…ސިއާ ކިއާން އާދިމަލައް ލޯއަޅާލީ.. މިކަމުގެ ބަދަލު.. ހިފާނެކަން..ދައްކަމުންނެވެ…………….

….ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (30)

  1. Lamko

    ME FIRST THA…… SIS VARAH REETHI MI PART…. ITS AWESOME???❤️❤️
    MI STORY FAHUN VARAH VARAH VARAH REETHI VAANE…
    WHN NXT PART… ❤️❤️❤️CURIOUSLY WAITING FOR THE NXT PART…??

    1. lilly
      Lamko

      thank u soooo much lam …next part tonight i guesss❤❤❤❤❤❤❤❤

    2. lilly
      Lamko

      btw ur good at commenting.. i really like these lengthy comments of urs?❤❤❤❤❤❤❤❤❤?

    3. Lamko
      Lamko

      THANK YOU SOOOO MUCH SIS….. MEANS A LOT NGEY?????LYSM??

  2. Kairaa

    Varah varah reethi mi bai vx???….masha allah….curiously waiting for the nxt part…..and whn nxt…
    lysm

    1. lilly
      Kairaa

      thank u sooo much kai…. next one mirey ga❤❤❤❤❤❤❤❤

  3. ?Ril?

    Mi part varah sali ingey sis . Masha Allah . When is next part. lysm.❤ stay safe??

  4. LAZY_QUEENY

    Vvvv reethi mi part vx.. Whn is next part… Curiously waiting for next part ngey… N lilly you are so talented.. Maashaallah.. Next part avahah up kohdhehchey… Lysm ??????

    1. lilly
      LAZY_QUEENY

      thank u sooo much lazy queeenyy…… yeahh… lym

  5. shaiiii

    anehkka vx lilly ge rythi vhk eh kiyaalan libihjjee….mi prt v salhi…curiously waiting for next part….lym lilly

    1. lilly
      shaiiii

      thank u sooooo much shaiiii…. lav u more n more

  6. Queen

    Alhey… next best story dhw… Keep it up lilly.. ly

    1. lilly
      Queen

      thank u soo much queeny… LYM

  7. Afü

    Varah salhi mi story Masha Allah
    Lilly liya hurihaa vaahaka thah ves hama varah habeys ….
    Whn next ??
    Lilly liya hurihaa vaahaka eh ves kiyan btw this is the first comment of me ….
    Waiting ……

    1. lilly
      Afü

      aww thank u soooo much afii.❤❤❤❤❤❤❤. i will submit next part tonight ingey.. thank u again for reading my storiess… i wonder what made u comment for the first time…?❤❤

  8. Falakk

    Varah reethi maasha Allah
    Waiting for the next part lily ?❤️
    Stay home stay safe

  9. Ahuu

    Woooow ❤️❤️curiously varah Varah Reethi ??I can’t believe this varah Reethi igey Lilly ???waiting for nxt part ????

  10. Lamko

    Sis kon iraku Moya hih magey season 2 nikunnanii

    1. lilly
      Lamko

      ehaa avahakah.. noon

  11. Ahuu

    E teadeh Kon irakun Lilly ❤️❤️❤️

    1. lilly
      Ahuu

      vvvvvvvvvvvvvvvvv gina dhuvas fahun.. maybe years

  12. Laī

    Lilly u are back.. Maasha Allah vrh reethi story eh kamah umeedhu kuran and so happy to see u again?

    1. lilly
      Laī

      thank u soooooooo much laiiiiii

  13. Fly

    Lilly whn nxt prt

    1. lilly
      Fly

      already submittttttted

  14. Ahuu

    When nxt Lilly ???

    1. lilly
      Ahuu

      alreadyy submitttttttted

  15. Nana??

    Woww this prt is awesome when nxt
    The girl called sia is Selena gomez

    1. lilly
      Nana??

      thank u … n yeah

  16. A girl who likes to read stories

    & the girl called Noora is Tailor swift
    …… Lilly varah salhi ingey mi story ves

Comments are closed.