Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 1

Axoo Level 310 Stories100 Comments100 Login
March 16, 2020 5 Mins Read
15 Comments

 

މިވާހަކަ އަކީ ކުރިންވެސް އަޅުގަނޑު މިސައިޓްގައި ގެނެސްދޭން ފަށައިފައިވާ އެހެނަސް ގެނެސްދިނުން މެނދުކެނޑިފައިވާ ވާހަކައެކެވެ. އެހެންކަމުން ބޮޑެތި ބަދަލުތަކަކާއި އެކު އަލުން މިވާހަކަ ގެނެސްދެން އަޅުގަނޑު ގަސްދު ކުރަމެވެ. ވާހަކަ ގެނެސްދިނުން މެދުކެނޑުނީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް އަޅުގަނޑު މާފަށް އެދެމެވެ. އަދި އިންޝާﷲ މެދުނުކެނޑި މިވާހަކަ ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. ވާހަކަ ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަމެވެ.

………………………………………………………………………………………………………………………………………………………………….

 

” އާޔަން.. އާޔަން.. ކޮންތާކު ފިލާ ތިއޮތީ” ބަދިގެއާއި ދިމާއާށް އަންނަމުން ދިޔަ ޝާކިރާ އަޑުގެ ކޮޅަށް ގޮވަމުން ދިޔައެވެ. ރުޅިއައިސްގެން މީހާ ފަޅައިގެންދާން އުޅޭ ކަހަލައެވެ.  ގޭގެ ދޮރުހުޅުވާލި އަޑަށް ޝާކިރާ ބަލާލިއިރުވެސް އެދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. ތަރުކާރި ކޮތަޅެއް ހިފައިގެން އައި އާޔަން އަށް ޝާކިރާގެ މޫނުމަތީގެ ކުލަވަރު ފެނި މަޑު ޖެހެވުނެވެ.

” ކަލޭ ކައިރީ އަހަރެން ނުބުނަންތަ ގެއިން ބޭރަށް ދެވޭނީ އަހަރެންގެ ހުއްދަ ހޯދައިގެންނޭ.. ” ޝާކިރާ ހީވީ ދެންމެ ދެންމެ އާޔަންގެ ލޮލަށް އިނގިލި ކޮއްޕާލާފާނެހެންނެވެ.

” މެޑަމް ފާހަނައިގަ އުޅުއްވާތީވެ އަޅުގަނޑު ދިޔައީ ނައިލީ މެޑަމް ކައިރީ އަހާފައި.. މެންދުރަށް ކެއުން ތައްޔާރު ކުރަން ލަސްވެދާނެތީ..” އާޔަން ވާހަކަ ދެއްކީ އިސްޖަހާލައިގެން ހުރެ އަދަބުވެރިކަމާއި އެކީގައެވެ.

” ކަލެއަށް ވަޒީފާ ދިނީ ނައިލީ އެއް ނޫން އަހަރެން.. އަހަރެން ހުއްދަ ހޯދައިގެން ނޫނީ ކަލެއަކަށް މިގެއަކުން ނުނިކުމެވޭނެ..” ކުރިއަށްވުރެ ބާރަށް ޝާކިރާ ހަޅޭއްލަވައިގަތެވެ.

” އާޔަން ދޮގު ތިހަދަނީ ކީއްވެ.. އަހަރެން ނުބުނަން ދާށޭ… މީނަ ގޭގަ ނެތިގެން އަހަންނަށް މިޖެހުނީ އަޒީދުއަށް ކޮފީ ހަދަންވެސް.. ” ބަދިގެއިން ހޫނު ކޮފީތައްޓެއް ހިފައިގެން ނިކުތް ނައިލީ ބުނެލިއެވެ. ނައިލީ ހެދި ސާފު ދޮގު އިވިފައި އާޔަން އިނީ ހަމަ ހައިރާންވެފައެވެ. ނައިލީއަށް ބަލާލެވުނީ ޤަބޫލުކުރަން ދަތިވެގެންނެވެ.

” ކަލޭ ކޯންޗެއް ތިބަލަނީ.. މޫނަށް މިކޮފީ ތަށި ޖަހާފާނަން ތިވައްތަރަށް ބަލަންޏާ..” އެމީހުން ހުރަސްކޮށް ސިޑިއާއި ދިމާއަށް ދަމުން ނައިލީ އާޔަންއާއި ދިމާއަށް ބުންޏެވެ. ނައިލީއަށް ޖަވާބުދޭން ބޭނުންވިޔަސް އާޔަންގެ މިއަދުގެ ހާލަތު މަޖުބޫރި ކުރީ އިސްޖަހާލުމަށެވެ.

”

” ބުނަންތަ ވާހަކައެއް.. ތިގޮތަށް ކަންތައްތަކުން ރެކެން އުޅޭނެ ކަމެއް ނެތް… ކޮންމެ ދުވަހަކުވެސް މަޝާ އެބަޖެހެޔޭ މިކަހަލަ ހަޅޭޢްލަވަން.. އެއްޗެއް ނުބުނަން މަސައްކަތް ކުރާއިރުވެސް ދުލުގައި ހިފާ ދަމަނީވިއްޔާ” ދެބުމަ ގޮށްޖަހާލަމުން ޝާކިރާ ބުންޏެވެ.

 

” ސޮރީ… ދެން އެހެނެއް ނުވާނެ.. ” އިސްޖަހާލައިގެން ހުރެ މަޑުމަޑުން އާޔަން ބުނެލިއެވެ.

” އެއްޗެކޭ ބުނާއިރަށް ބުނާނެ އެހެން އަދި.. ބާރަގަޑި ބައިގަ ނާޝިދު އަންނާނެ ކާން.. އޭގެ ކުރިން ހުންނަންވާނީ ހުރިހާ އެއްޗެއް މޭޒުމައްޗަށް އަރުވާފަ.. ލޯންޑްރީގަ ހުންނާނެ ދޮންނަންހުރި ބައިވާރު އެއްޗެހި.. އެވެސް އިރުއޮއްސެންވާއިރަށް ނިންމާތި.. މިއަދު އާމިރާ ބަލިވެގެން ޑޮކްޓަރަށް ދައްކަން ގޮއްސަވީ.. އެހެންވީމަ ކައްކާ ނިންމާފަ ގޮސް ގޯތިތެރެ ރީތިކޮށް ކުނިކަހާފަ ބަގީޗާ ތެރެވެސް ރީތިކުރަންވީ.. ފެންއަރުވާ ވަޑާމުގެ ތެރޭގަ އެޅިފައި ހުރި ފަތްތައްވެސް ނަގާތި..” ޝާކިރާ ފައްޗަކަށް އަމުނާލިއިރު އެމަސައްކަތް ކުރަން ހުރީ ހަމަ އޭނާފަދައިން ކައްޓާއި މަހުން ހައްދާފައިވާ އިންސާނެއްކަން ހަނދާނެއްވެސް ނެތް ފަދައެވެ.

” ހަވީރު ކުނިކަހަން މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ.. އެގަޑީގަ ވަރަށް ބޮޑަށް އަވިއަރާފަ އޮންނާނީ” ނުބުނަން ހުރެފަވެސް އާޔަން ބުނެލިއެވެ.

” ތީ އަހަރެން ބަލަން ޖެހޭ ކަމެއް ނޫން.. ބުނީމަ ބުނާގޮތަށް ކަންތައްކުރީމަ ނިމުނީ.. ” އާޔަންއަށް ލޯއަޅާލަމުން ޝާކިރާ އޭނާގެ ފަރި ހިނގުމުގައި ގޮސް ކޮޓަރިއަށް ވަނެވެ. އާޔަން ދެފަރާތަކަށް ބޯހޫރާލުމަށްފަހު ބަދިގެއާއި ދިމާއަށް ދިޔައެވެ.

 

ޝާކިރާ ބުނިގޮތަށް ބާރަގަޑި ބައިވުމުގެ ކުރިން މޭޒުމައްޗަށް ކާއެއްޗެހި އެރުވުމަށްފަހު އާޔަން އިލޮށިފަތި ހިފައިގެން ގޯތިތެރެއަށް ނިކުމެ ކުނިކެހިއެވެ. އެންމެ ފުރިހަމައަށް ގޯތިތެރެ ސާފުކޮށް ނިންމާލުމަށްފަހު ގޭތެރެއަށް ވަންއިރު އާޔަންގެ ބޮލަށް ހުރީ އެނބުރުން އަރާގޮތްވެފައެވެ. ފެންވަރާލައި ނަމާދުކޮށް ހެދުމަށްޓަކައި ކޮޓަރިއާއި ދިމާއަށް ދިޔަވަގުތު އައި ނައި ތަނެއް ނޭނގި މީހަކު އާޔަންގެ އަތުގައި ހިފާފައި އެންމެ ކައިރީގައި ހުރި ކޮޓަރިއަށް ވެއްދިއެވެ.

” ނިޝީ ކޮންކަމެއް ތީ ދެން.. ޝާކިރާމެން މީހަކަށް ފެނިޖިއްޔާ އަހަރެންގެ ދުވަސް ދުއްވާލާނެ.. އަނެއްކާ އިރުކޮޅަކުން ނާޝިދު އަންނާނެ ކާން… ތިއުޅެނީ އަހަރެން ބައްދާލާނެ ގޮތެއް ނޭނގިގެންތަ” ހިތްހަމަނުޖެހިފައި ހުރެ އާޔަން އަށް ބުނެވުނެވެ. ނަމަވެސް ކުރިމަތީގައި ހުރި ނިޝީގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.

” ހަމަޖެހިބަލަ… މިއަދު ހެނދުނު ވި ހުރިހާ ކަމެއް އަހަރެން ލިލީ ރީތިކުރަން ހުރިއިރު އަޑު އިވުނޭ.. އާޔަންއަށް މާބޮޑަށް ހޫނުވެފަ ހުރީމަ މިކޮޓަރިއަށް މިވެއްދީ އާޔަންއަށް ފިނިކޮށްލަން… އާޔަންގެ ކޮޓަރީގަ އޭސީއެއްވެސް ނުހުންނާތީ..” ނިޝީ ބުނެލިއެވެ.

” އެކަމަކު މީ ލިލީގެ ކޮޓަރި.. ނައިލީއަށް އަހަރެން މިކޮޓަރީގައި ހުއްޓާ ފެނިއްޖިއްޔާ ވަރަށް ކަންތައް ބޮޑުކޮށްލާނެ… ނިޝީއަށްވެސް އެވަރު ކޮށްލާނެ..” ކަންބޮޑުވެފައި ހުރެ އާޔަން ބުންޏެވެ.

” ރިލޭކްސް އާޔަން.. އަހަންނަކީ ލިލީގެ ބޭބީސިޓަރ.. އެހެންވީމަ މީ އަހަރެންގެވެސް ކޮޓަރި.. އާޔަންތީ އަހަރެންގެ ބޭބެ ފަދަ މީހެއް.. އަސްލު ވަރަށް ދެރަވޭ އާޔަން އާއި ދޭތެރެ މިގޭ މީހުން ކަންތައް ކުރާގޮތުން.. ހިތަށް އަރާ އާޔަން ކަހަލަ ކިޔަވައިގެން ހުރި މޮޅު ޒުވާނެއް ގެއެއްގަ ނޯކިރީކަން ކުރަނީ ކީއްވެބާއޭ..” އާޔަން ގޮވައިގެން ގޮސް ސޯފާގައި އިށީންނަމުން ނިޝީ ބުނެލިއެވެ.

” އޭޒް ޔޫޒުއަލް.. ތު ސުވާލުގެ ޖަވާބު ދެވޭކަށް ނެތް.. ވަގުތު އައިސް ޖެހުނީމަ ނިޝީއަށްވެސް ހުރިހާ އެއްޗެއް އެނގޭނެ..” ހިނދިރުވާލަމުން އާޔަން ބުންޏެވެ.

” ވާހަކައެއް އަހާލަންތަ.. އާޔަން މީހަކާ  އިންނާކަށްވެސް ނުވިސްނަންތަ..” ނިޝީ ކޮށްލި ސުވާލު އާޔަންގެ މޫނުމަތީގެ ކުލައޮއްސިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސކިންތުގައި ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.

” ކިހިނެއްވީ.. އަހަރެން އިންނާނެ ކުއްޖަކު ހޯދަދޭންތަ ނިޝީ ތިއުޅެނީ.. ” އާޔަންގެ ޖަވާބުން ނިޝީ އާޔަންއަށް ލޯއަޅާލަމުން ކޮނޑުގައި ބާރަކަށް ޖަހާލިއެވެ.

” ދެން އަސްލަށް ބުނެބާ.. އާޔަން ލޯބިވާ ކުއްޖަކުވެސް ނުހުރޭތަ..” އަނެއްކާވެސް ނިޝީ އަހާލިއެވެ.

” އަހަރެންގެ ގިނަ ކަންތައްތައް ނިޝީއަކަށް ނޭނގޭނެ.. އެކަމަކު ތިސުވާލުގެ ޖަވާބު ދޭހިތްވެއްޖެ..” އާޔަން ބުނެލިއެވެ. ވީ އުފަލުން ނިޝީ އެކަމަށް ޝައުޤގުވެރިވާގޮތް ދައްކާލިއެވެ.

” އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ.. އެކަމަކު ނޭނގެ މިހާރު އޭނަވީ ތަނެއްވެސް.. ފަސް އަހަރުވީ އެއްވެސް ވަރަކަށް އޭނަ ލޮލަށް ނުފެންނަތާ.. އޭނަ ކޮންމެ ތާކު ހުއްޓަސް އަހަރެންގެ ދުއާ އަކީ އޭނަ އުފަލުގައި ލެހެއްޓެވުން… ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ އަދި ކޮންމެސް ދުވަހަކުން އަހރުމެން ބައްދަލުވާނެ..” އާޔަން ކިޔައިދިން އިރު އެއަޑުގައިވި ހިތްދަތިކަން ނިޝީއަށް އިހުސާސް ވަމުން ދިޔައެވެ.

” އެކުއްޖާ އާޔަން ދެކެ ލޯބިވޭތަ..” ނިޝީއަށް އަހާލެވުނެވެ.

” އާނ.. އޭރު އޭނަ އަހަރެން ދެކެ ވަރަށް ލޯބިވި.. އޭނަ ހިތްހަލާކު ކޮށްލާފައި އޭނާ ދޫކޮށްފައި އަހަރެން އައީ އޭނަ ދޫކޮށް ނުދިއުމަށް އަހަރެން ކައިރީގައި ކުރި އާދޭސްތަކުގައި ކޮޅުފައިން ޖަހާފައި.. ” ދެލޯ ފެންކަޅިވާން ފެށުމުން އާޔަން އިސްޖަހާލައި އިނގިލިން ދެލޯ ފޮހެލިއެވެ.

” އެކަމަކު ކީއްވެ އެހެން ހެދީ… ” އަނެއްކާވެސް ނިޝީއަށް ކޮށްލެވުނީ ސުވާލެކެވެ.

” މިހާރު ނާޝިދު އަންނާނެ.. އިރުކޮޅަކުން އަޒީދުވެސް އަންނާނެ ލިލީ ގޮވައިގެން… އަހަރެން މިދަނީ.. ދެން ފަހުން ދޯ ވާހަކަ ދައްކާނީ” މިހެން ބުނެ އާޔަން އަވަހަށް އެކޮޓަރިން ނިކުތެވެ. ނިޝީގެ ސުވާލުތައް ގިނަވެ އެސުވާލުތަކަށް ޖަވާބުދޭން އުނދަގުވެދާނެތީއެވެ.

” ނިޝީއަށް ވަރަށް ފުންކޮށް އާޔަން އާއި މެދު ވިސްނާލެވުނެވެ. މީގެ ތިން އަހަރުކުރިން އެންމެ ފުރަތަމަ ނިޝީ އެގެއަށް އައި އިރުވެސް އާޔަން އެގޭގައި ނޯކަރެއްގެ ގޮތުގައި އުޅެއެވެ. އޭރުވެސް އެގޭ މީހުން އާޔަންއާއި ދޭތެރޭ ކަންތައްކުރާގޮތުން ނިޝީ ދެރަވެއެވެ. އެންމެ ފުރަތަމަ ނިޝީއާއި އާޔަންއާއި ވާހަކަދައްކަން ފެށުނީ އެއްދުވަހު ސިޓިންގްރޫމްގައި ފިލާވަޅެއް ހަދަން ނޭނގިގެން އުޅުނު ދުވަހެއްގައި އެފިލާވަޅު ހަދަން އާޔަން އެހީތެރިވި ދުވަހުން ފެށިގެންނެވެ. އާޔަންއަކީ ކިޔަވައިގެން ހުރި މޮޅު ޒުވާނެއްކަން އެދުވަހު ނިޝީއަށް އެނގުނެވެ. އާޔަން ގުޅުން ބަދަހިވީ ވަރަކަށް އޭނަގެ ހަޔާތުގައި ފޮރުވިފައިވާ އެތަކެއް ސިއްރެއްވާކަން ނިޝީއަށް އެނގިގެން ދިޔައެވެ. ވޭތުވެ ދިޔަ އެތިން އަހަރުގައި އާޔަންގެ އެސިއްރުތައް ހޯދަން ކުރި ހުރިހާ މަސައްކަތެއްވަނީ ނާކާމިޔާބު ވެފައެވެ. މިއަދު އާޔަން ދެއްކި ވާހަކަތަކުން އަނެއްކާވެސް އިތުރުވީ ޖަވާބު ހޯދަން ބޭނުންވާ ސުވާލުތަކެކެވެ.

ލިލީގެ ކޮޓަރިން ނިކުމެގެން ސަރވަންޓް ކޯނަރ ގައި ހުންނަ އޭނާގެ ކޮޓަރިއާއި ހަމައަށް ދެވެންދެންވެސް އާޔަންއަށް އުނދަގު ކުރަމުން ދިޔައީ އެއަންހެންކުއްޖާގެ ހަނދާންތަކެވެ. ފަސް އަހަރު ކުރީގެ އެހަނދާންތަކަކީ އެންމެ ހިނދުކޮޅަކަށްވެސް އާޔަން ހަނދާނުން ނުފޮހެވޭ ހަނދާން ތަކެކެވެ. އެހަނދާންތަކުން ހަމަޖެހުން ގެއްލިފައިވާ އާޔަންގެ ހިތަށް ހިތްހަމަޖެހުން ގެނެސްދެއެވެ. އެއަންހެން ކުއްޖާ ނުފެނި ކިތަންމެ ގިނަ ދުވަހެއް ވެފައި ވި ނަމަވެސް އެކުއްޖާއަށްޓަކައި ހިތުގައި އުފެދިފައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

 

އޮފީހުގައި އުޅެފައި ނާޝިދުއަށް ގެއަށް އައިސް ވަދެވުނީ ރޭގަނޑު ދިހައެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ސޯފާގައި ފިލްމެއް ބަލަން އިން ޝާކިރާއަށް ނާޝިދު ފެނުމުން ހިނިތުންވެލިއެވެ. ނަމަވެސް ނާޝިދުގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. މިތަންފެނި ޝަކިރާގެ ތުންފަތްމަތީގައިވާ ހިނިތުންވުންވެސް ފިލައިގެން ދިޔައެވެ. އަތުގައި އޮތް ދަބަހާއި ކޯޓު  ކޮފީ މޭޒުމަތީގައި ބެހެއްޓުމަށްފަހު ނާޝިދު ޝަކިރާ ކައިރީގައި އިށީނެވެ.

” ނާޝިދު ކިހިނެއްވީ.. ކަމެއް ގޯސްވީތަ..” ޝާކިރާ އަހާލިއެވެ. ބަލަ ބަލާ އިންދާ ނާޝިދުގެ ދެލޯ ފެންކަޅިވިތަން ފެނުމުން ޝާކިރާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ.

” ނައިރާ….” ކުރަކިވެފައިވާ އަޑަކުން ނާޝިދުއަށް ބުނެވުނެވެ. ހައަހަރަށް ފަހު ނާޝިދުގެ ދުލުން ނައިރާގެ ނަން އިވުމުން ޝާކިރާއަށް ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އެހެނީ އެގޭތެރޭގައި ނައިރާގެ ނަން ކިޔުން މަނާކުރީވެސް ހުދު ނާޝިދެވެ. އެހެންނަމަވެސް މިއަދު ނާޝިދުގެ ދުލުން އެނަން އަޑު އިވުމުން ޝާކިރާގެ މޭތެރޭގައިވާ މައިވަންތަކަމުގެ އިހުސާސް ހޭލައިގަތެވެ.

” ކިހިނެއްވީ މަގޭ ދަރިއަށް” ބޭއިޙްތިޔާރުގައި ޝާކިރާއަށް ބުނެވުނެވެ.

” ނައިރާ މިރޭ އިރާކޮޅު ގުޅި… ” ނާޝިދަށް ކުރިއަށް ގެންދަން އުނދަގުވިއެވެ.

” ކޮބާ އަހަރެންގެ ނަންނި” ޝާކިރާއަށް ރޮއެ ގަނެވުނެވެ.

” ޝާކިރާ.. އަހަރުމެންގެ ނަންނި އުޅެނީ ވަރަށް ހާލުގަ… ރޮއެ ރޮއެފަ މާފަށް އެދުނީ… އަހަރުމެން ކައިރިއަށް އެނބުރި އަންނަން ބޭނުންވާ ވާހަކަ ބުނީ… ޝާކިރާ!! އަހަރެން ވަރަށް މަސައްކަތް ކުރިން ނައިރާ އާއި ވާހަކަ ނުދައްކަން.. އެކަމަކު އަހަންނަކަށް ނުހުރެވުނު.. އެހާ ދުވަސް ފަހުން ނައިރާގެ އޑު ޖެހުމުން އަހަރެންނަށް ހާދަ ހިތްހަމަޖެހުމެއް ލިބުނޭ” ވާހަކަ ދައްކަމުން ދިޔައިރު ހަމަރަނގަޅަށްވެސް ނާޝިދަށް ރޮވިއްޖެއެވެ.

” އެމަންޖެ ބުނީ ފިރިމީހާ ވަރިކޮށްލާފަ އެހެން އަންހެނެއް ފެނިގެން ހިނގައްޖޭ… ނަންނި މިވަގުތު ހުރީ މެލޭޝިޔާގަ އޭނާގެ ރަހުމަތްތެރިއެއްގެ ގޭގަ… ” ނާޝިދު އިތުރަށް ކިޔައިދިނެވެ.

” ކޮންފަދަ ނުބައި ފިރިހެނެއް.. އޭރުވެސް އަހަރުމެން ކިހާވަރަކަށް ނައިރާ ކައިރީގަ ބުނިން ތާކުން މީހަކު ފެންނަ އިރަށް ނީންނާށޭ.. އަހަރުމެން ބުނި ބަސްއަހައިގެން އިހުވާން އާއި އިންނަމަ މިއަދު އެހެން ނުވީސް..” ހިތްދަތި ކަމުގެ މައްޗަށް ރުޅިވެރިކަން އިޙްތިޔާރު ކުރަމުން ޝާކިރާ ބުންޏެވެ.

” މެދިޔަކަމެއް ވެނިމުނީ… އެނގޭތަ.. ނައިރާގެ ހުރޭ ހަތަރު އަހަރުގެ އަންހެންކުއްޖެއް… އަހަރެންގެ ކާފަ ދަރި ބަލާލާހިތުން ހުރެވެނީއެއްނޫން.. ނައިރާ އަހަރުމެންނާ ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް އަހަރެން އޭނައަށް މާފުކޮށްފިން.. މިވަގުތު އޭނައަށް އަހަރުމެންގެ އެހީތެރިކަން ވަރަށް ބޭނުންވޭ.. އޭނައަށް މިހާރު ހުންނާނީ ވިސްނިފަ.. މައިންބަފައިންގެ ބަސްނާހާ ކުރާ އެއްވެސް ކަމަކުން ފައިދާއެއް ނުވާނެ ކަން މިހާރު އޭނައަށް އެނގޭނެ..” ނާޝިދު ވަރަށް ޔަގީން ކަމާއި އެކު ބުނެލިއެވެ.

 

 

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

……ހަގީގީ ލޯބި؟؟؟؟؟؟ -5

Next

މޮޔަ ހިތް މަގޭ 24 (ފަހުބައި)

Next
March 17, 2020

މޮޔަ ހިތް މަގޭ 24 (ފަހުބައި)

Previews
March 16, 2020

……ހަގީގީ ލޯބި؟؟؟؟؟؟ -5

15 Comments!

  1. Anonymous says:
    March 16, 2020 at 7:52 pm

    nice name change kurin thr storyge

    1. Axoo says:
      March 16, 2020 at 8:00 pm

      No..?

  2. Meee says:
    March 16, 2020 at 7:57 pm

    Vrh salhi story.. naira dhw eii aayan e buni girl aky?? waiting.. when next

    1. Axoo says:
      March 16, 2020 at 8:00 pm

      Eii naira tho balan dhen Anna part kiyaalan jeheyni.. inthizaaru kollavaa ? thanks ❤️

  3. Aki says:
    March 16, 2020 at 9:46 pm

    alhey 11 part up kohlabaa pls … ehen kudhin nah ves kureege part tha mihaaru kiyeyne dho

    1. Axoo says:
      March 16, 2020 at 10:48 pm

      Aki mi story mi liyany v Gina change thakeh genesfa.. so mi baithah kiyaalun muhimmu 11 part aa hamayah dhiumuge kurin ?

  4. Kairaa says:
    March 16, 2020 at 9:59 pm

    Varah reethi….whn nxt…waiting…..

    1. Axoo says:
      March 16, 2020 at 10:49 pm

      ❤️ thanks kairaa… Next part soon in Sha Allah

  5. saf says:
    March 16, 2020 at 10:35 pm

    mi vaahaka kurin genesdhin iru kiyaalin v reethi ❤ v ginain bealy vaahaka up kuraathow ? v ufaavejje alhun vaahaka up kuran fesheema v reethi mi vaahaka?

    1. Axoo says:
      March 16, 2020 at 10:50 pm

      Thanks safe.. this time I won’t upset u guys in Sha Allah ❤️

  6. Xaaan says:
    March 17, 2020 at 9:21 am

    Mi storyah haadha inthizaareh kurevijjeyey vvvv ufaavejje vaahaka kiyaalan libunyma thnx axoo

    1. Axoo says:
      March 17, 2020 at 11:21 am

      Welcome xaaan ❤️

  7. Apple? says:
    March 17, 2020 at 12:51 pm

    This story was one of my fav story…v v v happy vehjje alun kiyaalan libeythee..hope nxt part v avahah kiyaalan libeyne kamah?

    1. Axoo says:
      March 17, 2020 at 1:36 pm

      In Sha Allah I won’t stop this time. Just keep motivating me.. thank you ❤️

  8. A-R-S-H-A-N☺aroo☺ says:
    March 18, 2020 at 7:38 pm

    Masha allah! Salhi , 1 of my fav too

Comments are closed.


All Right Reserved!