Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (11)

shiff Level 110 Stories
February 17, 2020 3 Mins Read
5 Comments

އީލާފް ކުއްޖަކާ ރައްޓެހިވީކަމެއް އޭނާއަކަށް ނޭނގެއެވެ. އެންމެ ފަހުން ލާމިއުގެ ފޯނުން ވާހަކަ ދެއްކިއިރު ބުނީ މެލޭޝިޔާއަށް ކޯސްހަދަން ގޮސްއުޅޭ ވާހަކައެވެ. އެކަމު ކުއްޖަކާ ރައްޓެހިވި ވާހަކައެއް ނުބުނެއެވެ. އަނާ އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ވާހަކަދެއްކިއެވެ. ”ޔާ… ލީޝް މީ…. ރަގަނޅު…. އޯކޭ ބާއްވަނީ…..” އަނާ ފޯނު ކަޑާލުމަށްފަހު ކައިރީ އޮތް ބާލީހުގައި ބައްދާލިއެވެ. އަނާގެ ގިސްލުމުގެ އަޑު ކޮޓަރިތެރޭ ގުގުމަމުން ދިޔައީ މަޑުރާގެއް ފަދައިންނެވެ. އޭނާގެ ހިތުގައިވީ އީލާފްއަށްޓަކާ ޝަކުވާއެވެ. ”ނަންނި ބަލިއޭ ކިޔާފަ ހަމަ ވާހަކަ ޝެއާރ ކުރަންޖެހޭނެ ދޯ… އަހަރުމެން ބެސްޓީސްއެއްނުން…. ގާރލްފްރެންޑެއް ނަގާއިރު ބުނަންވާނެއްނުން…..” އަނާގެ ސިކުޑި ގޯސް ކުރީ އީލާފް އެ ވާހަކަ ނުބުނުމުންނެވެ. ނަމަވެސް އަނާ އެ ރޮނީ އީލާފް އޭނާ ކައިރީ އެވާހަކަ ނުބުނުމުން ދެރަވެގެނެއްނޫނެވެ. އެއަށްވުރެ ބޮޑަށް އީލާފް އެހެން ކުއްޖަކާ ގުޅުމުން އެ ހިތަށް އަސަރުކޮށްފިއެވެ. ސިކުނޑި ދެކޮޅުހެދަމުން ދިޔައިރު ހިތް ތަކުރާރުކޮށް އަނާ އީލާފް ދެކެ ލޯބިވާކަމަށް ބުނަމުން ދިޔައެވެ.

”ދޮންތީ….. ދީބަލަ ލީޝްގެ ފޯނު…..” އަނާ ހިޔާލުތަކަށް ގެއްލިފައި އޮށްވާ އެލީޝާ ދޮރުގައި ޓަކިޖަހަންފެށިއެވެ. ”ލީޝް ދޮރު ހުޅުވާފައޭ ތިހުރީ….. މިއޮތީ އެނދުމަތީގަ ފޯނު…..” އަނާ ކަންނެތްކަމާއެކު އަނެއްކާވެސް ބާލީހުގައި ބައްދާލަމުން ބުނެލިއެވެ. އަނާ ތެޅިގަނެފައި ތެދުވީ މީހަކު އޭނާގެ ބަނޑުގައި ކޮށްޓާލީމައެވެ. އަނާ ހީކުރީ އެލީޝާގެ ކަމެއްކަމަށެވެ. ނަމަވެސް އެނދުކައިރީ ހިނިއައިސްފައި ހުރި ސިނާ ފެނުމުން ތިއްތާއޭ ކިޔާފައި އަނާ ހަޅޭއްލަވައިގަތެވެ. ދެވަނަ ސިކުންތުގައި ސިނާގައި ބައްދާލުމަށްފަހު ވަރަށް ހަނދާންވިކަމަށް ބުނެލިއެވެ. އެލީޝާވެސް އަނާއަދި ސިނާގައި ބައްދާލަމުން އެހެން ބުނެލީ ހަމަ އަނާ ބުނި ރާގަށެވެ. ދެން އިވުނީ ތިންބެއިންގެ ހުނުމުގެ އަޑެވެ.

 

ކާމިޔާބު އޮޕަރޭޝަނަކަށްފަހު އަނުމްގެ ބޭސްގަނޑު ނެއްޓުމަށް ހަތްދުވަސް ނަގާނެކަމަށް ޑޮކްޓަރު ބުނިއެވެ. މާހިރު އަނުމްއަށް ހޮސްޕިޓަލުން ޕްރައިވެޓް ރޫމްއެއް ހަމަޖެއްސިއެވެ. މާހިރު މަދުން ނަމަވެސް އަނުމް ކައިރިއަށް އައިސްހަދައެވެ. މިހާރު ވަޒީފާގައި މާ ބުރަވުމުން އަބަދު އުޅެންޖެނީ އޮފީހުގައެވެ. މާހިރުއާ ހިލާފަށް ރިއާ ގިނަ ވަގުތު ހޭދަކުރަނީ އަނުމް ކައިރީ ހޮސްޕިޓަލުގައެވެ. އަނުމް އޮޕަރޭޝަންކޮށްގެން ތިންދުވަސް ފާއިތުވީއިރު ސަމާ އައީ އެންމެ ފަހަރަކުއެވެ. އަނުމް އެކަމާ ޝަކުވާކުރުމުން ސަމާ ބުނީ ދައްތަ ޑޮކްޓަރަށް ދެއްކުމުގައި މާ ބޮޑަށް ބިޒީކަމުގައެވެ. މިހާރަކަށް އައިސް ސަމާ އަބަދުވެސް ހުންނަނީ ހާސްވެފައިކަން އަނުމްއަށް ފާހަގަވިއެވެ.

އަނުމް ބޭސްގަނޑު ނައްޓަން ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސްކުރިން ބޭސްގަނޑު ނެއްޓިއެވެ. އަލުން ލޮލުގެ ފެނުން ލިބުމުން އަނުމް ހުރީ އިންތިހާއަށްވެސް އުފާވެފައެވެ. އެންމެ ފުރަތަމަވެސް އެ ހަބަރުދޭން ބޭނުންވީ ރައިސާންއަށެވެ. ނަމަވެސް ރައިސާންއަށް ގުޅަން އަނުމް ޖެހިލުން ވިއެވެ. މާހިރު އަނުމް ބޭސްގަޑު ނެއްޓުމުގެ ކުރިން އޭނާއަށް ފޯނެއް ގަނެ ދިނެވެ. އަނުމް އޭނާގެ ލޮލަށް ފެންނަވާހަކަ ބުނަން ޒައުލްއަށް ގުޅިއެވެ. ނަމަވެސް އެ ނަންބަރުން ހިދުމަތް ނުދޭކަމަށް ބުނުމުން މާޔޫސްވިއެވެ. އަނުމް މާހިރުމެން އުޅޭގެއަށް ދިއުމުގެ ބަދަލުގައި ދިޔައީ ސަމާ އަދި އަނުމް އުޅުނު އެޕާޓްމެންޓަށެވެ.

ޑްރައިވަރު އަނުމްމެން އުޅުން ގޭކައިރިއަށް ކާރު މަޑުކޮށްލުމުން ޝުކުރުވެރިވުމަށްފަހު އަނުމް ކާރުން ފޭބިއެވެ. ސަމާއަށް ގުޅަން އުޅެފައިވެސް ސަމާއަށް ސަޕްރައިޒްއެއް ދޭނީއޭ ހިތަށްއަރާ މައްޗަށް އެރިއެވެ. އަނުމްއަތުއޮތް ތަޅުދަޑިން މަޑުމަޑުން އެޕާޓުމެންޓު ދޮރުހުޅުވުމަށްފަހު އެތެރެއަށް ބޯދިއްކޮށްލިއެވެ. ނަމަވެސް ސިޓިންރޫމްގައި އެއްވެސްމީހަކު ނޫޅެއެވެ. އަނުމް އޭނާގެ ބޫޓު ދޮރުކައިރީ ބެހެއްޓުމަށްފަހު އެތެރެއަށް ވަދުނެވެ. އެމީހުންހިފައިގެން އުޅެނީ ކުޑަ އެޕާޓްމެންޓެއްކަމުން ކައްކަނީވެސް ސިޓިންރޫމްގައެވެ. ކާމޭޒުމަތީ ނޫޑްލްސް ކައިފައިހުރި ދެތަށި ފެނުމުން އަނުމް ކުޑަކޮށް ހައިރާންވިއެވެ. ސަމާ ބުނިގޮތުންނަމަ އޭނާގެ ދައްތަ އުޅެނީ އެހެން ގެޔަކުއެވެ. އަނުމް އެކަމާ އަޅާނުލާ ކޮޓަރިއާ ދިމާލަށް ދިޔައެވެ. އަނުމް ކުއްލިއަކަށް ދޮރު ހުޅުވާލީ އެ މަންޒަރު ފެނިދާނެ ކަމަކަށް ނޫނެވެ.

އެދުމަތީ ފިރިހެނަކާއެކު ގައިގޯޅިވެގެން އިން ސަމާ އަނުމް ކޮޓަރިއަށް ވަދުމުން ސިއްސައިގެން ގޮސްފައި ކޮޅަށް ތެދުވިއެވެ. އެ ފިރިހެންމީހާވެސް ތެޅިގަންފައި ސަމާއާ ދުރަށްޖެހިލިއެވެ. އިސްތަށިގަނޑު ދިގުކޮށްފައި ތުބުޅިއެއް ލާފައި ހުއްޓެއްކަމަކު އަނުމްއަށް ޒައުލް އޮޅޭނެ ހެއްޔެވެ. އެއީ ހަމަ އަނުމްގެ ހަޔާތުގެ ބައިވެރިޔާ ޒައުލްއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއާ އެއްކޮށް އެފަދަ ގޮތަކަށް ޒައުލް ފެންނާނެކަމަކަށް އަނުމް އުންމީދުވެސް ނުކުރެއެވެ. އަނުމްއަށް އަނގަމަތީ އަތް އަޅާލެވުނީ ރޮވިދާނެތީއެވެ. ނަމަވެސް އަނުމްގެ ބޮޑުވެފައިވާ ދެލޮލުގެ ތެރެއިން ހޯސްލާފާ ކަރުނަ ފައިބައިގަތެވެ. ޒައުލް ހުރީ ދިފާއުގައި ބުނާނެ އެއްޗެއްވެސް ނެތިފައެވެ. އަނުމްގެ ލޮލަށް ފެންނަކަމެއް ޒައުލްއަކަށް ނޭނގެއެވެ. ސަމާއަށް ވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. މިފަދަ ގޮތަކަށް އެމީހުންގެ ގުޅުން ފަޅައަރާފާނެކަމަކަށް އޭނާ ހިތަށްވެސް ނާރާއެވެ.

”އަންނު ލެޓްމީ އެކްސްޕް….”ސަމާ ދިފާއުގައި އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ އަނުމްގެ ހޫނު ހަމަލާއިންނެވެ. މީގެ ކުރިން އަނުމް ދުވަހަކުވެސް މީހަކަށް އަތް އިސްކޮށްފައެއްނުވެއްވެ. ނަމަވެސް ސަމާއަށް އެ ހަމަލާ ހައްގުކަން އަނުމްއަށް ގަބޫލު ކުރެވުނެވެ. އަނުމް އިސްޖަހާލީ ސަމާއަށް އަދި ޒައުލްއަށްވެސް ބަލާނެހާ ހިއްވަރު ނެތުމުންނެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް ކަންތަށް ކުރިނަމަވެސް ސަމާ އެގޮތަށް ކަންތަށް ކުރާނެކަން، އަނުމްއަށް ލޮލަށް ފެނުމުންވެސް ގަބޫލުކުރަން ދަތިވިއެވެ.

އަނުމް ލަސްކުރުމެއްނެތި އޭނާގެ ފޮށިހިފައިގެން އެ ގެއިން ނިކުތެވެ. ޒައުލް އޭނާގެ އަތުގައި ހިފުމުން އަނުމް ފަހަތް ބަލާލިއެވެ. އަދި ޒައުލްގެ އަތް ފޮޅުވާލިއެވެ. ”ބުނަން ޒައުލް ރަގަނޅު ވާހަކައެއް…. އަހަރެންގެ ނުކުޅުދުން ތެރިކަމުން މިހާރު ލައްކަ ދުވަހު ފައިދާ ނެގިއްޖެ…. ދެން މިހާރު އަހަންނަށް ތި ލޯބީގެ ޑްރާމާ ދަށްކަން އުޅޭނެކަމެއް…. ބުނަން އަހަރެން ގެ ދެލޯ ކަނުކޮށް ހުއްޓަސް މިހިތުގެ އިޙްސާސްތަށް ކަނެއް ނޫން…. ވަރަށް އުފާވެރި ދިރިއުޅުމަކަށް އެދެން….” އަނުމް ފަހު ޖުމްލަ ބުނެލުމަށް ފަހު ޒައުލްގެ ކޯތާފަތްމަތީ އޭނާގެ އަތު ހުރިބާރެއް ލަމުންޖެހިއެވެ. އަދި ޒައުލްއަށް ފުރަގަސްދީ ހިގައިގަތެވެ.

އަނުމް އޮޓޯއެއް ހުއްޓުމަށްފަހު އޮޓޯއަށް އެރިއެވެ. އަދި މާހިރުގޭގެ އެޑްރެސް ބުނެލިއެވެ. އެއިރު އަނުމްއަށް ހަމަރަގަޅަށްވެސް ރޮވެމުން ދިޔައެވެ. އަނުމް އޭނާގެ ފޯނު ނެގުމަށްފަހު ރައިސާންގެ ނަންބަރަށް ގުޅާލިއެވެ. ރައިސާން ފޯނުނެގުމުން އަނުމް ރޮވިފައިވި އަޑުން ވާހަކަދެއްކިއެވެ. ނަމަވެސް ކަންތަށްވީ އަނުމް ހީކުރި ގޮތަކަށް ނޫނެވެ. އެކޮޅުން ވާހަކަ ދެއްކީ ރައިސާންއެއްނޫނެވެ. ”ކިހިނެއްވެގެންތަ ތި އަންހެނާ ތިއުޅެނީ….. މަގޭ ދަރި ނޫން އެހެން މީހަކު ނުލިބުނީތަ؟….. ލިމިޓުގަ ހުންނަން ދަސްކޮށްބަލަ….. ލޮލަށް ނުފެންނަ އިރުވެސް އަހަރެންގެ ދަރި ނޮޅާލާތި…..މިހާރު ކަލޭއަށް ކުރި ޚަރަދު މަދުވެގެންތަ ތިގުޅީ…. މީގެ ފަހުން ރައިސާންއަށް ގުޅައިފިއްޔާ ނިމުނީ….. ރައިސާންވެސް ކޮންމެހެން ތި އަންހެނާއާ ވާހަކަދައްކާކަށް ބޭނުމެއް ނުވެޔޭ…… ކަނު މީހައްވީމަ އޯގާތެރިކަމެއް ދިނުމުން ކަލޭއަށް ހީވީތަ އޭނަ އެ އުޅެނީ ކަލޭ ފަހަތުން ނުނެއްޓިގެންނޭ…… ހުއް!…. ރާއްޖެތެރޭ ކުދިންގެ ވައްތަރުތީ….. ބުނަން މީގެ ފަހުން ރައިސާންއާ ވާހަކަދައްކައިގެންވެސް ނުވާނެ….. އެއްފަހަރު އިންޒާރު ދިނީމަވެސް މައިތިރި ވާކަށް ނޫޅެޔޭ……..” އަނުމްއަށް ގިސްލުން ނޫންކަމެއް ނުކުރެވުނެވެ. އަނުމް އިތުރަށް ހިތުގައިޖެހުނެވެ. ދުވަހަކުވެސް ރައިސާންއަށް ނުގުޅުމަށް ނިންމިއެވެ. އޭނާއަށް ދުވަހަކު ލޯބިނުލިބޭނެކަމަށް ހީކުރެވުނެވެ.

ރައިސާންގެ ފޯނު އެދުމަތީ ބޭއްވުމަށްފަހު ރައިހާނާ ފުންނޭވާއެއް ލިއެވެ. ރައިސާން ފާހަނާއިން ނިކުތުމުގެ ކުރިން އަވަހަށް ރީސެންޓް ކޯލް ޑިލީޓްކޮށްލަމުން ކޮޓަރިން ނިކުތެވެ. ރައިހާނާ އަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދުނެވެ. ރައިސާންއަށް މިކަންތަށްގަނޑު އެގިއްޖެއްޔާ ވަރަށް ހިތްހަމަނުޖެހޭނެކަން ރައިހާނާއަށް އެގެއެވެ.  އަނުމް ގުޅިއިރު ރައިސާން ފާހަނާގައި ހުރިކަން އެއީ ނަސީބެކެވެ. ރައިހާނާ ކޮޓަރިއަށް ވަނުމަށްފަހު އަވަހަށް ގަފޫރަށް އަނުމް ގުޅިކަމުގެ ޙަބަރުދިނެވެ. މައިންބަފައިންގެ ގޮތުގައި ތިބެ ދަރިފުޅުގެ ދިރިއުޅުމަށް ފަސްއަޅަމުން ދިޔައިރު އެމީހުން ރައިސާންއަށް ވާނެގޮތަކާ މެދު ނުވިސްނައެވެ. ރައިހާނާއަށް ފުރަތަމަ ފަހަރު އަނުމް ފެނުނީއްސުރެ ރައިހާނާ އަނުމައާ އޭނާގެ ދަރިފުޅު ދުރުކުރަން ބޭނުންވިއެވެ. ގަފޫރުވެސް ރައިހާނާއާ އެއްބައިވުމުން ރައިހާނާއަށް ލިބުނީ އިތުރު ހިއްވަރެކެވެ. ބިރުދައްކައިގެންވެސް އަނުމް ރައިސާންގެ ހަޔާތުން ފޮހެލަން ރައިހާނާ ބޭނުންވިއެވެ.

 

Share Article

Follow Me Written By

shiff

Level 110 Stories

A girl who loves to write and read stories....?❤

Other Articles

Previous

ފާޙަނާ – 3

Next

ހާދަހާ ލޯބިވޭ ( 1 ވަނަ ބައި)

Next
February 17, 2020

ހާދަހާ ލޯބިވޭ ( 1 ވަނަ ބައި)

Previews
February 17, 2020

ފާޙަނާ – 3

5 Comments!

  1. ♡Maiii♡ says:
    February 17, 2020 at 2:00 pm

    varah reethi mi part vx. Varah kiyaalaa hithun indha nimunee. Next part avahah up kohladhehchey. im waiting??. ly

  2. Meekkomee says:
    February 17, 2020 at 3:41 pm

    Siss … story is awesome ? whn is next.. curiously waiting for it???❤️❤️??ly❤️❤️????ttly❤️❤️??

    1. shiff says:
      February 19, 2020 at 11:19 am

      Thankyou meekko…. miadhuga vaahaka submit kohdheynan…lA

  3. Yanaa says:
    February 17, 2020 at 3:50 pm

    Varah reethi..????????
    maa sha Allah❤❤❤❤❤❤❤❤
    curiously waiting for the next part ?????????

    1. shiff says:
      February 19, 2020 at 11:20 am

      Thankyou yanaa ❤❤❤

Comments are closed.


All Right Reserved!