Skip to content
އެސްފިޔަ

ލޯބި ވީ މޭ އެހެނަސް 1

އޭ.ޑީ.އެމް ހޮސްޕިޓަލް ތެރެވަނީ ހަލަބޮލިވެފައިއެވެ. ކޮޅުކޮޅަށް ޑޮކަޓަރުންނާއި ނަރުހުން ހަރަކާތްތެރި ވާ މަންޒަރުފެނެއެވެ. އެ އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ކަމަކާ ކަންބޮޑު ވެ ހާސްވެފައިވާ ކަމުގެ ކުލަވަރެވެ. ވާނީ ވެސް އެހެންތާއެވެ. އެ ހޮސްޕިޓަލްގެ ވެރިޔާ ޑރ އަލީ މަންސޫރުގެ އެންމެ ހަގު ފިރިހެން ދަރިފުޅު ޖިއާން އެދަނީ ދިމާވި ނުރްކާތެރި އެކްސިޑެންޓެއްގެ ސަބަބުން މަރާ ހަނގުރާމަ ކުރަމުންނެވެ. ހުރިހާ ޑޮކްޓަރުންނާއި ނަރުހުން އެދަނީ އެފުރާނަ ސަލާމަތް ކުރެވޭރޯ މަސައްކަތް ކުރަމުންނެވެ. އައިސީ ޔޫ ކައިރި ވަނީ ތޮއްޖެހިފައިއެވެ. އެއްބަޔަކު ގޮނޑީގައި އިށީނދެގެން ތިބި އިރު އަނެއް ބައިމީހުން ކޮޅަށެވެ ނުވަތަ ތިބީ ފަރަށް ލެނގިލާއިގެންނެވެ. އެ އެންމެ ގެ މޫނުމަތިން ވެސް ފެންނަނީ ހިތާވެރިކަމެވެ. ޖިއާން ގެ ފުރާނަ ސަލާމަތް ކުރެއްވުމަށް އެދި އެންމެން ވެސް ދިޔައީ ހިތުގެ އަޑިން ދުއާ ކުރަމުންނެވެ.

ޢެ އެންމެންގެ ތެރެއިންވެސް ފާހަގަ ކައިވުނީ ކައިވެނި ހެދުމެއްގައި އިން އަންހެން ކުއްޖާއެވެ. އެކުއްޖާ އިނީ އައިސީޔޫ އާއި އެންމެ ކައިރީގައި އިން ގޮނޑީގައިއެވެ. އެ ކުއްޖާގެ ހެދުން ވަނީ ލެއިންކަޅުވެފައިއެވެ. އަތް މަށައިގެން ގޮސް ހުރުމުގެ ސަބަބުން އެތަނުން ކޮންމެސް ވަރަކަށް ލޭ އާދެއެވެ. ނަމަވެސް އެ އިން އެއްވެސް ކަމަކަށް އޭނާގެ އެއްވެސް ފަރުވަލެއްނެތެވެ. އެހެން އެންމެންނަށް ވުރެން ބޮޑަށް އެ ކުއްޖާގެ ހިތާމަތަށް ބޮޑުހެން ހީވެއެވެ. ވާނީވެސް އެހެންތާއެވެ. ކައިވެނި ކުރިތާން ބާރަ ގަޑިއިރު ހަމަ ނުވަނީސް އޭނާގެ ފިރިމީހާ އެދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. އެ އަންހެން ކުއްޖާގާތުގައި މެދު އުމުރުގެ އަންހެނެއް އިށީނދެގެނެ އިނެވެ. ހީވާ ގޮތުން އެއީ އޭނާގެ މަންމައެވެ. ޢެ އަންހެން މީހާ ދިޔައީ އެ ކުއްޖާގާތު ހިތްވަރު ކުރަން ތަކުރާރު ކޮށް އެދެމުންނެވެ.

އެވަގުތު އައިސީޔޫ ކުރިމަތީ ތިބި އެންމެންނަށް ދޮރާ ދިމާލަށް ބަލައިލެވުނީ އެތަނުގެ ދޮރު ހުޅުވުނު އަޑަށެވެ. އެތެރެއިން ނިކުތީ ނަރުސްކުއްޖެކެވެ.” ކިއާރާ އަކީ ކޮންބޭފުޅެއް ތޯ ؟ ޕޭޝަންޓު ތަކުރާރުކޮށް ކިއާރާ ގެނެސް ދިނުމަށް އެބަ އެދި ލައްވާ” ނަރުސް ކުއްޖަ އެންމެންނާ ކުރިމަތި ވާނެހެން މަޑު ކޮށްލަމުން ބުނެލިއެވެ.

” އަޅުގަނޑު މީ ކިއާރާ ” އެވަގުތު އެ އަންހެން ކުއްޖާ އައިސް ނަރުސް ކުއްޖާ ކުރިމަތީ ހުއްޓިލަމުން މަޑުމަޑުން ބުނެލިއެވެ. ގިނަ އރު ރުއިމުގެ ސަބަބުން އެ ކުއްޖާގެ އަޑުވަނީ ކުރެހިފައިއެވެ. އަދި ރުއިމުގެ ސަބަބަބުން އެ ދެ ލޯ ވަނީ ރަތްވެ ދުޅައަރާފައިއެވެ. އިސްތަށިގަނޑުވެސް ވަނީ އެއްވެސް ތަރުތީބެއް ނެތި ހޭވިފައިއެވެ. އެ ކުއްޖާ އިން ހާލު ފެނުމުން ނަރުސް ކުއްޖާގެ ހިތް އެ އަންހެން ކުއްޖާ އާއި މެދު ހަމްދަރުދީއިން ފުރުނެވެ.

ނަރުސް ކުއްޖާއެހެން ބުނުމާއެކު ކިއާރާ އަވަސްވެގަތީ ޖިއާން ދެކިލުމަށްޓަކާއި އެތެރެއަށް ވަނުމަށެވެ. އެ ހިތް ދިޔައީ ޖިއާންގެ ހާލު އެނގުމަށްޓަކާއި ބޭގެރާރުވަމުންނެވެ. އައިސީޔޫގެ ދޮރާހަމައަށް ދެވުމުން ކިއާރާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ ޖިއާން މިހާރު ކިހިނެތް ހެއްޔެވެ؟ ކުރިއަށް ވުރެން ހާލަތު ރަނގަޅު ހެއްޔެވެ؟ ނުވަތަ ހާލަތު އިތުރަށް ގޯސްވީ ހެއްޔެވެ؟ މި ސުވާލުތަށް ދިޔައީ ކިއާރާގެ ހިތުގައި އުފެދެމުންނެވެ. ޢެ ހިތް އެދި ގޮވަމުން ދިޔައީ ޖިއާންގެ ހާލު އެ ނަރުސް ކުއަޖާގާތުން އޮޅުން ފިލުވުމަށެވެ. ނަމަވެސް އެ ގޮތަށް ކަންތައް ކުރާކަށް އޭނާގެ ދޫ އޭނާއަކަށް އެއްބާރުލުމެއް ނުދިނެވެ. ދޮރުގެ އަތް ގަނޑުގައި ހިފުމަށްފްހު އަމިއްލަ ނަފްސު ތައްޔާރު ކުރުމުގެ ގޮތުން ފުންނޭވާއެއް ލަމުން ކިއާރާ ދޮރު ހުޅުވައިލިމުން އެތެރެއަށް ދެމިގަތެވެ.

ޖިއާން އޮތް ހާލު ފެނުމުން ކިއާރާގެ ދެލޯ ފެންކަޅިވިއެވެ. އޭނާގެ ދެ ތުންފަތް ފޫއަޅުވާލާފައި ވޭނީ އާހެއްގެ ނިކުތީ އެ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ލޯބިވާ މީހެއް އެފަދަ ހާލަތެއް ގައި ވަނި ކޮށް ކެތްކުރެވޭނީ ފަހެ ކާކަށް ހެއްޔެވެ. ޖިއާންގެ ގާއިގެ އެތަންމިތަނަށް ވަނީ ހޮޅި ގުޅާލެވިފައިއެވެ. ބޮލުގަޔާއި އަތާއި ފައިގެ ބޮދުބައެއްގައި ވަނީ ބޭސް އަލާފައިއެވެ.

” އާރާ… ” މޫނުގައިވާ އޮކްސިޖަން މާސްކް ނައްޓާލަމުން ޖިއާން ކިއާރާއަށް ގޮވައިލިީ އޭނާއަށް ހަމައެކަނި ހާއްސަ ނަމުންނެވެ. ” އާރާ ” އެނަން ނޫން އެހެން ނަމަކުން ދުވަހަކުވެސް ޖިއާން ކިއާރާއަށް ގޮވައިނުލާއެވެ.

” ޕްލީޒަ ޑޯންޓް ލީވް މީ އެން ގޯ…، ޕްލީޒް… ޔޫ ހެވް ޕްރޯމިސްޑް މީ ދެޓް ޔޫ ވިލް ބީ ދެއާރ ވިދް މީ ފޯ ލައިފް ޓައިމް…… ދެޓް ޔޫ ވިލް ނެވާ ލީވް މައި ހޭންޑް ނޯ މެޓާ ވަޓް…… ސޯ ހައު ކޭން ޔޫ ބްރޭކް ދޯޒް ޕްރޯމިސެސް އެން ތިންކް އޮފް ލީވިން މީ އެލޯން މިޑް ވޭ ؟ ހައު ކޭން ޔޫ ؟ ޔޫ ހޭވް ޓު ގެޓް ބެޓާ ފޯ މީ ޔޫ ހޭވް ޓު…… ” ޖިއާންގެ ވާހަކަ މެދު ކަނޑާލަމުން ކިއާރާ ބުނެލިއެވެ. އޭރު ހަމަ ރަނގަޅަށް ވެސް ކިއާރާއަށް ދިޔައީ ރޮވެމުންނެވެ. ޖިއާންގެ ހާލު އޮތް ގޮތް ފުނުމުން ޖިއާން އޭނާ ދޫކޮށްފައި ދާން އޫޅެކަމުގެ ސިގްނަލް އޭނާ ސިކުނޑި ދެމުންދިޔައެވެ.

” ޢާރާ… ޕްލީޒް ލިސިން ޓު މީ ކެން ޔޫ ޑޫ ސަމްތިންގް ފޯ މީ ” ގާއިގަ ވޭން އަޅަމުންދިޔަ ނަމަވެސް ހިތްވަރުކުރަމުން ކިއާރާ ކުރެން ޖިއާން އާހާއިލިއެވެ. ކިއާރާ ބޯ ޖަހައިލީ ޖިއާން އެދޭ ކޮންމެ ކަމެއް ވެސް ކޮށްދޭނެ ކަމުގެ ޔަގީން ކަން ދިނުމުގެ ގޮތުންނެވެ. ކިއާރަގެ އެ ޖަވާބުން ޖިއާން ހިތްހަމަ ޖެހުނުކަން އެނގުނީ އެ މޫނުމަތިން ފެނިގެންދިޔަ ލުއި ހިނިތުންވުމުންނެވެ. ޖިއާންގެ ހިނިތުންވުންފެނީ ކިއާރާއަށް ވެސް ހިނިތުންވެވުނެވެ.

ޖިއާންގެ ނޭވާ ކުރު ވަމުންދާކަން ފާހަގަ ވުމުން ޑޮކްޓަރަކު ޖިއާން ގާތު މާސްކް އަޅަން އެދުނެވެ. ނަމަވެސް ޑޮކްޓަރުގެ އެ އެދުމަށް ބީރު ކަންފަތެއް ދެމުން އެނބުރުނީ ޑޮކްޓަރުންންނާއި ނަރުހުން ތިބި ދިމާއިގައި ހުއްޓިލާއިގެން ހުރި އޭނާގެ އެންމެ ގާތް އެކުވެރިޔާ ވިޝަމްއަށެވެ.

” ސޭމް…” ޖިއާން ގޮވައިލުމާއެކު ވިޝާމް އަވަސްވެގަތީ ޖިއާން ގާތަށް ދިއުމަށެވެ. އޭނާގާތު ވިޝާމް ހުއްޓިލުމުން ޖިއާން ކިއާރާގެ އަތް ވިޝާމްގެ އަތްތެރެއަށް ލައިދިނެވެ.” ބޯތް އޮފް ޔޫ ޕްލީޒަ… ގެޓް މެރީޑް…. ޕްލީޒް…. ޑޫ ދިސް ފޯ މީ…. ކޮންސިޑާރ ދިސް މައި ލާސްޓް ވިޝް…. ” އެހެން ބުނެ ނިމުނު އިރު ޖިއާންގެ ނޭވާ ދިޔައީ ފުންވަމުންނެވެ. ޑޮކްޓަރުން އަވަސްވެގަތީ ޖިއާންއަށް ފަރުވާ ދިނުމާއިގެންނެވެ. ދެ މީހުންގެ ގުޅި ލާމެހެވިފާއި އަތަށް ބަލާއިގެން ތިބި ވިޝާމް އާއި ކިއާރާ ވާނުވާ ރޭކައިލީ ނަރުސް ކުއްޖަކު ވިޝާމްއަށް ގޮވައިލުމުންނެވެ. އެއާ އެކު ވިޝާމަ އަވަސް ވެގަތީ ޖިއާންއަށް ފަރުވާ ދިނުމުގެ ގޮތުންނެވެ. ޖިއާން ދޫކޮށްފައި ދާން ހިތް ނޭދޭތީ ކިއާރާ ޑޮކްޓަރުންނަށް އުނދަގު ނުވާނެހެން ދުރުގައި މަޑުކުރިއެވެ. ޢޭނާ އަކީވެސް ޑޮކްޓަރެއް ކަމުން އެކަކުވެސް އޭނާ އެތަނުން ބޭރަށް ލާކަށް ނޫޅެއެވެ.

ކިއާރާ އެމީހުން ކުރަމުން ދިޔަ ކަންކަން ބަލަން ފެންކަޅިވެފައި ހުއްޓެވެ.ލައިފް ސަޕޯޓް މެޝިނަކަށް ލޯބިވާމީހަކު ލާފައިވާތަން ފެނުމުން ހިތަށް ކުރާނެ އަސަރު ލަފުޒު ތަކަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ކިއާރާވެސް ވަނީ ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރަން މި މަސައްކަތް ކިތަންމެ ފަހަރަކު ކޮށްފައެވެ. ނަމަވެސް ލޯބިވާމީހެއް އެހާލުގައި އޮތްތަން ފެނުމުން މިއަދު ކިއާރަަގެ ހިތަށް ކުރި އަސަރުން، ހިތް ފަޅައިގެން ދާވަރުވިއެވެ. އެތައް ހޮޅިތަކުގެ ސަބަބުން ޖިއާންގެ ހަށިގަނޑު ވައިރުކޮށްފައިވާހެން ހީވާއިރު މިއީ އޭނައަށްވެސް މިއަދު އަނިޔާއެއްގެ ގޮތުގައި ނޫނީ ސިފަވެގެންދާފަދަ މަންޒަރެއް ނޫނެވެ. ޑޮކްޓަރުން ބޭނުން ވަރަކަށް ކަށިތައް ހަރައި ހޮޅިތައް ގުޅާއިރު ޖިއާންއަށް އޭނާގެ ދިފާއުގައި ކުރެވޭނެ ކަމެއް ނެތެވެ. ކިއާރާ މަޖުބޫރު ކަމާއި، ހަލާކުވެފައިވާ ހިތަކާއިއެކު އެމަންޒަރު ދެކެން ހުރިއިރު އުމުރު ދުވަހުވެސް އެކަން ހިތުން ފިލައިގެން ނުދާނެއެވެ.

އެ ވަގުތަކީ ޖިއަންގެ ބޭބެ ޑރ ޖުނާންވެސް ކިއާރާ އެތެރޭގައި ހުންނަތާން މާ ގިނައިރު ވާތީވެ ހަބަރު އޮޅުން ފިލުވަން އައިސީޔޫ ތެެއަށް ވަންވަގުތެވެ. އެ ތަނަށް ވަނީ ޢެއްގޮތަކަށް ވެސް ލޯ ކުރިމަތިން މހާރު ފެންނަން މިދާ ހިތްދަތި މަންޒަރު ފެންނާނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. ލޯބިވާ ކޮއްކޮ އޮތް ހާލު ފެނުމުން އެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ޖިއާންގެ ބަދަލުގައި އޭނާއެތާ އޮންނަން ޖެހުނު ނަމަވެސް ހިތަށް މާ ފަސޭހަ ވީސްމު ހެއްޔެވެ. ޢެވަގުތު ޑޮކްޓަރުން ފޮޅުވާލާފައި ޖިއާން ނަގައިގެން މިތަނުން ދާންވެސް ހިތް އެދުނެވެ. އެތައް އަނިޔާތަކެއް ލިބުމަށްފަހުވެސް ޖިއާންގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދެއް ނެތީމައެވެ. ޖުނާން މޮޅު ޑޮކްޓަރަކަށް ވެހުރެ އެއްވެސް އެހީއެއް ނުވެވި، އެ ލޯބި ކޮއްކޮ ހަޔާތުގެ ބައްތި ނިވެމުން ދަނީއެވެ. ޖުނާންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާންފެށިއެވެ. ޖުނާން ފިރިހެނަކަށްވެހުރެ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކޮށްލައިގެން ހުއްޓާ އެންމެ ފަހުން އެ ރީތިދެލޮލުން ކަރުނަ އޮހިގަތެވެ.

“ޖުނާން، އައިމް ސޯ ސޮރީ، ހިގާބަލަ ބޭރަށް ނިކުމެލަން……” ޖިއާންއަށް ފަރުވާ ދެމުން ދިޔަ ޑޮކްޓަރަކު ޖުނާންއަށް ހިތްވަރުދޭން އުޅުނަސް އޭނައަކަށްވެސް ޖިއާން އާއި ބެހޭގޮތުން އުއްމީދީ ވާހަކައެއް ނުބުނެވުނެވެ.

” ޒައުލް، ތި މެޝިން ކަނޑާލަންވީނު، އަހަންނަށް އެނގޭ އަހަރެންގެ ކޮއްކޮ ދެން ރަނގަޅު ނުވާނެކަން، އިތުރަށް ދެވޭ އަނިޔާއެއް މިއީ. އިޓްސް ކިލިން މީ……” ޖުނާން ހިތް ހަލާކުވެފައިވާފަދަ ގޮތަކަށް ދެލޯމަރާލަމުން ބުންޏެވެ. ޖުނާންގެ ހަދާނަށް އައީ އޭނައަށް ކޮއްކޮއެއް ލިބުނު ދުވަހު އެ ތުއްތު މޫނު ފެނުމުން ކުރެވުނު އުފާވެރި އިހުސާސްތަކެވެ. މޭގައި ޖައްސާ ބޮނޑިކޮށްލަމުން އެމޫނުގައި ބޮސްދިން އިރު ޖުނާންގެ ލޮލުން އެދުވަހު އައީ އުފާވެރިކަމުގެ ކަރުނައެވެ. މިވޭތުވެދިޔަ ސައިވީސް އަހަރުގެ ހަދާންތަކެވެ. އެއުފާވެރި ދުވަސްތަކެވެ. އެންމެ ފުރަތަމަ އެ ކޮއްކޮ ދޮންބެ އޭ ކިޔާފައި ގޮވާލި ދުވަހެވެ. ދައްކާ ލާނެތް ވާހަކަތަކެވެ. ޢެކުގައި ކުރާ މަޖަލާއި ޖަހާ ސަކަރާތެވެ. އެކަމަކު ދެން ދުވަހަކުވެސް އެ ކޮއްކޮ އޭނައަށް ދޮންބެ އޭ ކިޔާފަ ގޮވައެއް ނުލާނެއެވެ. ލޯ ހުޅުވާފައި ބަލައެއް ނުލާނެއެވެ. ލޯބިވާ ކޮއްކޮގެ އަޑުއިވުމުން މަހުރޫމްވީއެވެ. އޭނާ ބެސްޓްފްރެންޑެއް ހެން އުޅުނު ކޮއްކޮ ހަމަ ހަގީގަތުގައިވެސް އޭނާ ދޫކޮށް ދިޔައީ ހެއްޔެވެ. ދެން ދުވަހަކުވެސް އެނބުރި ނާންނަނީ ހެއްޔެވެ. ޢެތާގައި އިތުރަށް ކެތް ނުވުމުން އެތަނުން ނިކުންނަން ޖުނާން ހިނގައިގަތެވެ.

ލަސް ފިޔަވަޅު ތަކެއްގައި އައިސް ކިއާރާ ޖިއާން ގެ މޫނަށް ބަލައިލިއެވެ. އެއީ އޭނާގެ ފިރި މީހާއެވެ. ޢެ މީހަކާއެކީ މުޅި ހަޔާތް ވޭތު ބޭނުންވި އިންސާނާއެވެ. ނަމަވެސް ޖިއާން ވަނީ ކައިވެންޏަށް އެއް ދުވަސް ނުވަނީސް މުޅި އުމުރަށް އޭނާ އެކަނި ކޮށް މާ ދުރަށް ގޮއްސައެވެ. ކިއާރާ ޖިއާން އަތުގައި ލޯބިން ބޮސްދީފައި ޖިއާން އަށް ގޮވާލިއެވެ. ނަމަވެސް އެ އަޑު ނީވޭނެ ކަންވެސް ކިއާރާއަށް ޔަގީންވިއެވެ. ޖިއާން އޮތީ ކޯމާއެއްގަ އެއްވެސް ނޫނެވެ. ޖިއާން ވަނީ މި ފަނާވެނިވި ދުނިޔެއާ އަލްވަދާއު ކިޔާފައިއެވެ. އެހިތި ހަގީގަތް އޭނަގެ ސިކުނޑީގައި ބާރުގަދަ ތޫފާނެއް ފަދައިން އައިސް ޖެހިގަތުމާއި އެކު ކިއާރާގެ ދުނިޔެވެސް އަނދިރި ވެގެންދިޔައެވެ. ކިއާރާ އެނދުގައި ބޯޖައްސާލި ގޮތަށް ރޯންފެށިއެވެ. އުމުރު ދުވަހުވެސް އޭނަ މިގޮތަށް އަޑުވީއްލާ ރޮއިފައެއްނެތެވެ. ކިއާރާގެ އާއިލާއި ޖިއާންގެ އާއިލާއާއި އެކުވެރިންނާއި ކިއާރާ ވަށާލައިގެން ތިބެ އޭނަ އަށް ހިތްވަރުދޭން މަސައްކަތް ކުރިއިރު އެންމެން ތިބީ ފެންކަޅިވެފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Luc!f3r

    Dhevaahaka ekkoh gennantha thivisnany?

    1. Reem
      Luc!f3r

      Week aku stry eh ge 2 ep genesdhey gothah . Mi week ga mi stry nxt week ga aneh story ge 2 ep .

  2. Reem

    Salaam readers. Heres the first episode of my second story??? Hope you all will like this part…. Feel free to comment your views about this prt?? And let me know if theres any mistakes ?❤ Nxt part on thursady Insha allah. Enjoy reading ?

  3. maii

    Oh my goddd.. Ive got goosebumps… Seriously haadha reehchey

    1. Reem
      maii

      Thank you maii❤?

  4. jiji

    Alhe so emotional???…hama kiriyaa nurovi myny??????…Feshun vv rythi ingey❤❤❤…Whn next dear?????…Curiously waiting ingey

    1. Reem
      jiji

      Thank you jiji❤? nxt prt insha allah Thursday ga

  5. Mal?

    Vv reethi mi part ❤️❤️??❤️

    1. Reem
      Mal?

      Thank you Mal❤?

  6. ??

    Eyy varah salhi
    Theenage aneh vaahaka ah kiyanee keekey tha

    1. Reem
      ??

      Thank you ❤️? Fevifaa thinan veyey mihithugaa aneh vaahaka ah kiyany

  7. Aff

    ??? haadha sad feshu mekey v reethi vaane hen heevey…

    1. Reem
      Aff

      Hehe thank you will try my best not to disappoint you

  8. Lamko

    Varah reethi…. Adhi varah dhera vx vehje so sad??…… Rym sis good luck❤️❤️

Comments are closed.