އުޑުމަތި ވަނީ ބަނަކޮށް ފައެވެ. ވައިރޯޅިތައް ވެސް ސިކުންތަކަށްފަހު ސިކުންތެއް ދިޔައީ ބާރު ވަމުންނެވެ. ރުޅިގަދަ ރާޅުތައްވެސް ދޮންވެލިގަނޑުގައި ޖެހެމުން އަންނަނީ އެއްވެސް ރަހުމެއް ނެތިއެވެ. ކުއްލިއަކަށް ބޯވާރޭ ތިކިތަށް ހިކިފަތްތަކުގައި ޖެހޭއަޑު އިވެން ފެށިއެވެ. އިސާހިތަކު މުޅިފަޒާ ތެރޭގައި ބޯވާރޭގެ އަޑު ގުގުމަން ފަށާފިއެވެ. ހިނގަމުންދާ އެއްވެސް ކަމެއް އަތިރިމަތީ އިށީނދެ ލައިގެން އިން ޒިވާ އަށް އިހްސާސް ނުވާ ކަހަލައެވެ. ސިއްސައިގެން ދިޔައީ ވާރޭ ތިކިތައް އޭނާގެ ދޮން ހަށިގަނޑުގައި ޖެހެން ފެށުމުންނެވެ. ކޮންމެ ތިއްކެއްވެސް އެހަށިގަނޑުގައި ބޮސްދީފައި ދަނީ ޒިވާގެ ހިތާމައިގައި ބައިވެރި ވަމުން ކަހަލައެވެ. ނަމަވެސް އެތަނަނުން ތެދުވެ ގެއަށްދާ ޚިޔާލެއް ޒިވާ ނުކުރެއެވެ. އެއިން ގޮތަށް އޭނާ އެތާނގައި އިނެވެ. އެހެން އިންއިރު އެމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް ހީވާނީ ހިތާމައިގެ ތަސްވީރެއް ކުރިމަތިން ފެންނަމުން ދާހެންނެވެ. އިރު އިރުކޮޅަކާ ޒިވާ އޭނާގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތައް އަތުން ފޮހެމުން ދިޔައިރު ހިތުގައި އަޅަމުންދާ ވޭނަކަށް އެއްވެސް ވަރަކަށް ލުޔެއް ލިބުމުންދާ ހެންނެއް ހިއެއް ނުވެއެވެ. ވާރޭ ބޯކޮށްލައިފިއެވެ. ޒިވާ އިންތަނުން ތެދުވެ ގެއަށް ދާން ހިނގައިގަތެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅެއް އަޅަމުން ޒިވާ ގެންދިޔައީ އިތުރަށް ނުރޯނެ ކަމަށް ހިތުގައި އަޒުމް ކަނޑައަޅަމުންނެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ކިތަންމެ ވަރަކަށް ނުރޯން ހިތްވަރު ކުރިޔަސް މަންމަގެ ވިހަގަދަ ބަސްތައް ހިތަށް އަރާ ކޮންމެ ފަހަރަކު އެހިތް ހަލާކުވެގެން ދަނީ ޒިވާގެ އުންމީދުތައް ފުނޑު ފުނޑު ކޮށްލަމުންނެވެ.
*****************************************************
” ބަލަ ކޮންތާކު ތެޅިތެޅިފަ ތިއައީ! ކަލެއަށް ހަމަ ނޭނގެނީތަ ގެއަށް އަންނަން. ޔަގީނޭ މިއަދުވެސް އެއައީ އަތިރިމަތީގަ ރާޅާ ވާހަކަ ދައްކަން އިނދެފަކަން. އެންމެ ފަހުން މަށަށް ވިއްޔަ ޖެހުނީ ދޮވެފަ ހުރި އެއްޗެހިވެސް އެތެރެއަށް ވައްދަން. ” ޒިވާ ގެއަށް ވަދުމާ އެކު އަސްކަނި ދަށުގައި ބަހަށްޓާފައި ހުރި ޖޯލީގައި އޮތް އޭނާގެ މަންމަ ޒަހުރާ ފުންމައިގެން އައިސް އޭނާ އާއި ދިމާއަށް ހަޅޭލަވައިގަނެވެ. އަނގައިން އެންމެ ބަހެއްވެސް ބުނުމެއްނެތި ޒިވާ ހުރީ އޭނާގެ މަންމަގެ ހަރުކަށި ވާހަކަތައް އަޑުަހަންށެވެ. އެއިރު އެރީތި ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބައެވެ. ޒަހުރާގެ ހިތުގައި ރަހުމުގެ ކަންފުޅުވެސް ނެތް ކަހަލައެވެ. ހިތަށް އައިހާ އެއްޗެއް ގޮވާލުމަށް ފަހު ގޭތެރެއަށް ވަދެގެން ދިޔައީވެސް ޒިވާ އާއި ދިމާލަށް ކުދި ކިޔަމުންނެވެ.
ޒިވާ އޭނާގެ މަންމަ އެތެރެއަށް ދިއުމުން މިސްރާބު ޖެހީ ބަދިގެޔާ ދިމާއަށެވެ. ބަނޑަށް ކާއެއްޗެއް ލުމަށްޓަކައެވެ. ނަމަވެސް އުނދުން މަތީގައި ހުރި ތެލިތައް މަތި ނަގާ ބަލާލިއިރު ހުސްރެލި ހުރުމުން ޒިވާ ދެރަވިއެވެ. ނަމަވެސް ހައިކަން ފިލުވާލުމަށާއި ފިނިވަމުން ދިޔަ އޭނާގެ ހަށިގަނޑަށް ހޫނުކަން ލިބިގަތުމަށް ޒިވާ ކޮފީއެއް ތައްޔާރު ކުރަންފެށިއެވެ.
ކޮފީ ބޮއެ ނިމިގެން ޒިވާ އަވަސްވެގަތީ ރޭގަނޑަށް ކެއްކުމަށެވެ. މަންމަ ނިކުންނަން ވާއިރަށް ނުކައްކާ ހުރެފިނަމަ އޭނާ މަރާލަންވެސް އެމަންމަ ފަސްނުޖެހޭނެކަން ޒިވާއަށް އެނގެއެވެ. އަތްމަތި އަވަސް ކޮށްލުމަށްފަހު ރޮށިފިހެ ރިހަ ހަދާލިއެވެ. ބަދިގެތެރެ ސާފުކޮށް ހިތް ދެމިލިއިރު ޒިވާގެ މޫނު މަތިން ފެންނަނީ ވަރުބަލި ކަމެވެ.
މަޣްރިބު ނަމާދު ބަންގީގެ އަޑު ޖެހުމުން ޒިވާ އަވަސްވެގަތީ ކޮޓަރިއަށް ގޮސް ނަމާދު ކޮށްލުމަށެވެ. ހޫނުވެފައި ހުރުމުން ޒިވާ ގަސްތުކުރީ ފެންވަރާލައިގެން ނަމާދު ކުރުމަށެވެ.
******************************
“ދަރިފުޅާ ކައިލް! އެއޮށް ބަންގި ގޮވަނީ.. ތިޔަ ފިލްމު އިހަށް ނިއްވާލާފަ ދޭ ބަލަ ނަމާދަށް… ކައިރާ ވެސް ދެން ނަަމާދަށް އަރަން ކޮޓަރިއަށް ދޭ..” ކޮޓަރީގައި ޓިވީއިން ފިލްމެއް ބަލަން ތިބި ކައިލް އާއި އޭނާގެ ދޮންތަ ކައިރާ އަށް ފިލްމު ބެލުން ހުއްޓާލަން ޖެހުނީ ކަމްލާ އައިސް ނަމާދަށް ދާން ބުނުމުންނެވެ.
ކަމްލާ ނަމާދަށް ދާން ބުނުމުން ކައިރާ އަވަހަށް މިސްރާބު ޖެހީ އޭނާގެ ކޮޓަރިއަށެވެ. އެއާ ޚިލާފަށް ކައިލް ހަމަ ޖެހިލައިގެން ސޯފާގައި އޮށޯވެލައި އޭނާގެ ފޯނު ނެގިއެވެ. ކައިލްގެ މި އަމަލުން ކަމްލާ ކައިލްއަށް އަޑުލިއެވެ. ނަމަވެސް ކައިލް އަށް ކަމެކޭވެސް ހިތަށް ނާރައެވެ. ކަމްލާ ނުހުއްޓާނެކަން އެނގުމުން ކައިލް ހިތްހަމަ ނުޖެހި ހުރެ ގެއިން ނިކުމެގެން ގޮސް އޭނާގެ ކާރަށް އަރައި މިސްރާބު ޖެހީ ކެފޭ އަކަށެވެ. އެއީ ކައިލްގެ އާދައެވެ. ނަމާދު ކުރުމަކީ ކުރަންޖެހޭ ކަމެއްކަން ކައިލް އަށް ނޭނގޭ ކަހަލައެވެ. ނޫނީ އެނގިހުރެ އެކަން ކުރަން ބޭނުންނުވަނީ ކަން ނޭނގެއެވެ. ކަޅު ކޮފީއަކަށް އޯޑަރު ކޮށްލުމަށް ފަހު ކައިލް އޭނާގެ ފޯނުނަގައި ހުޅުވާލިއެވެ. އެއިރު ދެތިން ކޯލު މިސްވެފައި ވުމުން ކައިލް ގުޅީ ކާކުތޯ ބަލާލިއެވެ. އެވަގުތު އަނެއްކާވެސް ހަމަ އެމީހަކު ކައިލް އަށް ގުޅިއެވެ. ކައިލްގެ މޫނުމަތިން ފެނިގެން ދިޔައީ ފޫހިކަމެވެ. ފޯނު ނުނަގަން ހުރެފައިވެސް ކައިލް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
” ކީއްވެތަ މިޝް ގުޅީމަ ތި ފޯނު ނުނަގަނީ.. ކައި އަށް ގުޅާތާ މިހާރު ކިހާއިރެއް.” އެންމެ ފުރަތަމަވެސް ކައިލްގެ ކަންފަތުގައި ޖެހުނީ މިޝްކާގެ ޝަކުވާތަކެވެ. މިޝްކާ އަކީ ކައިލްގެ “ގާލް ފްރެންޑް” އެވެ. ދެމީހުން ގުޅުނުތާ އަދި ދޮޅުމަސް ދުވަސްވެސް ނުވެއެވެ. ނަމަވެސް ކައިލް މިޝްކާ އާއި ގުޅުނީ އެއްވެސް އިރެއްގަ މިޝްކާ ދެކެ ލޯބި ވާތީއެއް ނޫނެވެ. ބަލާލަން ރީތި ވީމައެވެ. މިހާރު ކައިލް ބޭނުންވަނީ އެގުޅުން ނިންމާލުމަށެވެ. ” އަހަރެން ބުނީމޭނުން މިޝްކާ ކައިރީގަ އަހަރެން ބިޒީއޭ. އެހެން ނޫނަސް މިޝްކާ އާއި އަހަރެން ރިލޭޝަން އެއްގަ އުޅޭކަން މަންމަ އަށް ނޫނީ ބައްޕައަށް އިނގުނިއްޔާ ވަރަށް ކަޑަ ވާނެ… އެންޑް އަހަރެން މިޝްކާ ދެކެ ލޯތްބެއް ނުވޭ….ސޯ ވީއާ ޑަން!” ކައިލް ބުނަން ބޭނުންވި ހުރިހާ ވާހަކައެއް އިއްވާލުމަށް ފަހު ފޯނު ކަނޑާލީ މިޝްކާއަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ދިނުމެއް ނެތިއެވެ. ކޮފީ އައުމުން ކައިލް ފޯނުން ލަވައެއް ޖަހާލުމަށް ފަހު ކޮފީ ބުއިމާގެން ކުރިއަށް ދިޔައެވެ. އެގޮތުގައި އިންދާ އިޝާ ނަމާދު ބަންގީގެ އަޑު ކައިލްގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް ކައިލް އެކަމާ އަޅައިލުމެއެ ނެތި ކޮފީ އަށް ލާރި ދައްކާލުމަށް ފަހު ކެފޭއިން ނިކުމެގެން ގޮސް ކާރަށް އަރާ ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
**************************
އިޝާ ނަމާދު ބަންގީގެ އަޑު ޒިވާގެ ކަންފަތުގައި ޖެހުމުން ކިޔަވަން އިން ޚަތިމް ލައްޕާލުމަށް ފަހު އަލަމާރި ތެރެއަށްލިއެވެ. އަދި ނަމާދު ކުރުމައިގެން އަވަސްވެގަތެވެ.
އިޝާ ނަމާދަށްފަހު ޒިވާ އަވަސްވެގަތީ ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރު ކުރުމަށެވެ. މަންމަ ކޮޓަރިން ނިކުންނަން ވާއިރަށް ޒިވާ ބެލީ އެމަސައްކަތް ނިންމާލެވޭތޯއެވެ. ޒިވާ ކާން ތައްޔާރު ކުރިތާ އިރުތަކެއް ނުވަނީސް ޒަހުރާ ކާން ނިކުތެވެ.
**************************
” ދަރިފުޅާ ބައްޕަ ބޭނުން ދަރިފުޅުގާތު ވާހަކައެއް ދައްކާލަން” ރޭގަނޑުގެ ކެއުމަށް އިންސާފް ކުރަން އިން ސަމީހު ކައިލް ކާރީގައި ބުނެލިއެވެ. “އެއީ ކޮން ވާހަކަ އެއް ތޯ ބައްޕާ؟” ކާން އިން ތަށިން ނަޒަރު ވަކިކޮށް ސަމީހުގެ މޫނަށް ބަލާލަމުން ކައިލް އަހާލިއެވެ. އެއިރު ކަމްލާގެ އިތުރުން ކައިރާވެސް އިނީ ސަމީހު ދައްކަން އެއުޅޭ ވާހަކަ އެނގެން ބޭނުންވެފައެވެ. ފެން ތަށިން ކޯޯވަރެއް ބޯލުމަށް ފަހު ސަމީހު އޭނާގެ ވާހަކަ ފެށިއެވެ. ” ދަރިފުޅަށް ވެސް މިހާރު ހެވާ ނުބައި އެނގޭނެ..ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައް އެނގޭނެ…. ބައްޕަ ބޭނުމެއް ނޫން ބައްޕަގެ އެއްވެސް ދަރިއަކީ ގޯސް މީހެކޭ އެއްވެސް މީހަކު ބުނާކަށް….ބުނަން މިއުޅެނީ ދަރިފުޅުވެސް ތަންކޮޅެއް ހަރުދަނާ ވާށޭ…ތީކިޔަވައިގެން ހުރި ކުއްޖެއް ތިއުޅޭ ގޮތް ދޫކޮށްލާށޭ….ތިހެން ކުރާނެ ކަމެއްނެތިގެން އުޅުމުގެ ބަދަލުގަ ރަނގަޅު ވަޒީފާ އަކަށް ގޮސްގެން އާމްދަނީއެއް ހޯދައި އަމިއްލަ ފައި މައްޗައް ކޮޅަށް ތެދުވާށޭ….” ކައިލްގެ މޫނަށް ބަލަން އިނދެ ސަމީހު ބުނެލިއެވެ. ކައިލް ހަމަ އެއިންގޮތައް އިނީއެވެ. އެއްޗެއް ބުނަން ބޭނުން ނުވެފައެވެ. ” ދަރިފުޅު ބޭނުން ނަމަ ބައްޕަގެ އެއްވެސް މައްސަލަ އެއް ނެތް ދަރިފުޅު ބައްޕަގެ އޮފީހަށް ވަނަސް. ބައްޕަ އަބަދުވެސް ދަރިފުޅަށްމަރުހަބާކިޔާނަން… ދެރައީ ބައްޕަގެ ވިޔަފާރި އާއި ކައިލް ވެސް ކައިރާވެސް ނުގުޅުނީމަ” ދެކުދިންގެ މޫނަށް ވަކި ވަކިން ބަލާލުމަށްފަހު ސަމީހު ބުނެލިއެވެ. ކައިރާވެސް ބަހެއް ބުނުމެއްނެތި ސަމީހުގެ ވާހަކަ އަޑު އަހަމުން ގެންދިޔައެވެ. ” އާން އަދި ހަނދާން ނެތިފައޭ މިހުރީ…. ބައްޕަގެ އޮފީސް ވަރަށްގާތް ރައްޓެސެއްގެ ދަރިފުޅުގެ ކައިވެނި ކުރެވޭ އަންނަ ހަފްތާ ތެރޭގަ…. ބައްޕަ އަށް ދައުވަތު ދިން ކައިވެނީގަ ބައިވެރި ވުމަށް ދަރިފުޅުމެން ގޮވައިގެން އެރަށަށް ދާން…. ދަރިފުޅުމެން އެއްބަސް ނަމަ މާދަމާ ހަމަ ފުރަންވީ….” ސަމީހު އެހެން ބުނުމާއެކު ކައިރާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. އޭނާ އަކީ އަބަދުވެސް ރާއްޖެ ތެރެއަށް ދާހިތްވާ ކުއްޖެކެވެ. މި ލިބުނު ފުރުސަތުގައިވެސް ކައިރާ ދާން ބޭނުން ވިއެވެ. ” ބައްޕާ އަޅުގަނޑު ދާނަން ” އުފަލުން ހުރެ ކައިރާ ބުނެލިއެވެ. ކައިރާ އެހެން ބުނުމުން ސަމީހު ބަލާލީ ކައިލްގެ މޫނަށެވެ. ކައިލްވެސް ދާން އެއްބަސްވިއެވެ.
*******************************************
އެނދުގައި ދެފަރާތައް ފުރޮޅި ފުރޮޅި ޒިވާ އޮތީ ނިންޖާ މާދުރުގައެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ފެންނަނީ މަންމަ އޭނާއާއި ދިމާއަށް އެއްޗެހި ކިޔާތަނެވެ. ” މަންމާ ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ؟ އަހަރެން ކޮން ކުށެއް ކުރީ؟ މަންމާ… އަހަންނަށް ލޯބިން ދަރިފުޅާއޭ ކިޔާލާފަ ގޮވާލާނީ ކޮން ދުވަހަކުން؟…” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔަ ޒިވާގެ ރުޔުމުގެ އަޑު ދަނީ މުޅި ކޮޓަރި ތެރޭގައި ގުގުމަމުންނެވެ. އެގޮތަށް ރޯން އޮށްވާ އޭނާއަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.
ފަތިހު ފަތިސް ނަމާދު ބަންގީގެ އަޑަށް ނިދިފައި އޮތް ޒިވާ ލޯ ހުޅުވާލިއެވެ. ލަހުން ނިދުމުގެ ސަބަބުން ބޮލަށް ބަރުވެފައި ހުރި ނަމަވެސް އެނދުން ތެދުވެލީ ފަތިސް ނަމާދު ކުރަން ވެގެންނެވެ. ފާހަނާ އަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ފަތިސް ނަމާދު ކުރަން ފެށިއެވެ. ނަމާދު ކޮށް ނިމުނުއިރުވެސް ބޮލަށް ބަރުވެފައި ހުރުމުން ޒިވާ ގަސްތުކުރީ އަދި ނިދާލުމަށެވެ.
” ކަމަނާ ފާނު އަދިވެސް ނިދިކުރައްވަނީތަ؟ ކޮޓަރި ކޮޅުން އަވަހަށް ނިކުންނަން އުޅޭ ހެނދުނު ސައި ހަދަން. ވަރަށް ރީއްޗޭނުން އަހަރެމެން ބަނޑަށް ބައިތިއްބާފަ ނިދަން އޮންނަން…ހަމަ މިހާރު ނިކުމޭ…..” ނިދިފައި އޮތް ޒިވާ ސިއްސައިގެން ދިޔައީ ކޮޓަރި ދޮރުގައި ޒަހުރާ ތަޅައިގަތުމުންނެވެ. ފުންމައިގެން ތެދުވެ ފާހަނާ އަށް ވަދެ މޫނު ދޮވެލައިގެން ކޮޓަރިން ނިކުތީ މަންމަ އަށް ހެނދުނުގެ ސައި ހަދާދިނުމަށެވެ. ބަދިގެ އަށް ވަދެ ފާރުގައި ހަރުކޮށްފައިން ގަޑި އަށް ޒިވާ ބަލާލިއެވެ. ” ޔާރައްބީ 10 ޖެހީ އެއޮށް….މަށަށްވެސް އެހާ އިރު ނިދަން އޮވެވުނު ބާއޭ” ލަހުން ހޭލެވުމުން ޒިވާއަށް އޭނާގެ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އިތުރަށް ރުޅި ގަދަވީ މަސްހުނި ހެދުމަށްޓަކައި އަލަމާރިން މިރުހެއް ނަގަން ދިޔައިރު މިރުސް ހުސްވެފައި ހުރުމުންނެވެ. ކުދި ކިޔަމުން ގޮސް ބަދިގެ ކަބަޑުން 20 ރުފިޔާ ހިފައިގެން ޒިވާ ގެއިން ނިކުތެވެ. ކުރިމައްޗަށް ނުބަލާ ބާރު ބާރަށް ހިނގަމުން ގޮސް ގެހިގެން އިން ގޯޅިއަށް އަޅަލިތަނާ ފައި އަޅާލެވުނު ގޮތުން އަރި އަޅާލައިގެންގޮސް ޒިވާ ވެއްޓެން ދިޔައެވެ. ވެއްޓެން ދަނިކޮށް ލޯމަރާ ލުމަށްފަހު ތޫލި އަޑަކުން ޒިވާއަށް ހަޅޭއްލަވައި ގަނެވުނެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާ ވެއްޓުނަ ނުދީ ކޮންމެސް މީހަކު ހިފެހެއްޓިއެވެ. އެމީހާގެ އަތުތެރޭގައި އޮވެ ޒިވާ މަޑު މަޑުން އޭނާގެ ލޯ ހުޅުވާލީ އެއީ ކާކުތޯ ބަލާލުމަށެވެ. ކުރިމަތީގައި ހުރި މީހާ ފެނިފައި ޒިވާ ލާން އުޅުނު ނޭވާ ވެސް ތާށިވި ކަހަލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.


Ooooh.. Nice
thx Luc!f3r?❤️
Here is the first part of the story…. Mistake huredhaane…..let me know… & feel free to comment❤️❤️??
Hey u varah nice ingey. Keep it up. I told u can do it. ????
Thx layaa ?☺️❤️
hmmm always welcome.
Nice ? waiting for next part
thx Drax next part insha allah maadhama up vaane…pending ga mihaaru iny
V madhun misatakes hury…feshun rythi????..Whn next part dear…Waiting
next part liyevunu haa avahakah up kohdheynan….. ❤️❤️❤️☺️☺️schl ga vrh bxy midhuvaskolhu ehnve time eh nulibey ??
So u r student too.. Kon age eh? Sorry Jiji.. For invading into ur comment✌️
??Luc!f3r…its not a prob ey
Hehe im 15
Who is kamaal???
Anehen varah reethi
When next part
hehe its kamlaa not kamaal ☺️☺️❤️
Shau thy layaaly ge frnd e shau thr thy ahaaaly igey hyveema and ehviiyyaa layaaly kairy bunedhyba stru avahah up moohdehsheu nd this stru is sso nice
thx Anonymous…☺️☺️☺️ Yh im a frnd of layaaly… actually she is kinda bxy with schl stuffs i think…❤️☺️☺️
Im amazed you understood this guy/girl
wheres the next part of story?
Klw gaya hessa salhi✌?