ވޭތުވެދިޔަ ފަނަރަ އަހަރަށްފަހު ލޯބި ލޯބި ދަރިއެއް ލިބެން އުޅޭކަން ހާތިބަށް އިނގުމުން އޭނާ ވަރަށް އުފާވި ނަމަވެސް އަމްނާ ނުތަނަވަސް ވިއެވެ. އޭނާ ދަރިއަކު ބޭނުން ނުވަނީކީ ނޫނެވެ. ހާތިބަކީ ޖިންނިއަކަށްވެފައި ހާތިބާއި އެކު ހޯދާ ދަރިއަކަށްވެސް އެފަދަ ބިރުވެރި ސިފަތަކާއި އާދަޔާ ޚިލާފު ބާރުތަކެއް ލިބޭނެތީ އޭނާ ބިރުގަންނަނީއެވެ. ހާތިބު ދެކެ ގަންނަ ބިރު އެދަރިފުޅު ދެކެވެސް ގަނެފާނެތީ އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. ނަމަވެސް އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ މިއީ އޭނާގެ މަޖުބޫރީ ޙާލަތެވެ.
ހެނދުނު ވަޒީފާއަށް ދިޔަ އިރުވެސް އަމީމަށް ވިސްނެމުން ދިޔައީ އަމްނާއާއި ދޭތެރޭގައެވެ. އަމްނާއާއި ބައްދަލުވުމަށްފަހު މިނޫން ވަގުތެއް އަދި ދިމައެއް ނުވެއެވެ. އަމީމް ވަޒީފާއަދާ ކުރަނީ ކްލިނިކެއްގައި ކަމަށްވެފައި ދުވަހަކީ ބަލިމީހުން މަދު ދުވަހެއް ކަމުން ގިނަ ވަގުތު ލިބުނީ ހުސްކޮށެވެ. އެގޮތަށް ލިބުނު ހުސް ވަގުތެކެވެ. އަމީމަށް ޚާއްސަ ކުރެވިފައިވާ ބަލިމީހުން ބަލާ ކޮޓަރީގެ ދޮރުން ބޯ ދިއްކޮށްލީ އޭނާ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ ހަމްދާނެވެ. ހަމްދާނަކީ ކްލިނިކްގެ ރިސެޕްޝަނުގައި މަސައްކަތް ކުރާ ޒުވާނެކެވެ. އަމީމަށް ހުސްވަގުތެއްތޯ ޔަޤީން ކުރުމަށްފަހު އެތެރެއަށް ވަނެވެ.
“ކާކުގެ ހަނދާނުގަ؟ މަގޭ އަމީމުވެސް ބޮޑުވެއްޖެދޯ. ދެން ފަހަރި ދައްކާނީ ކޮން އިރަކުން؟” ހަމްދާން ވަނީއްސުރެން އަމީމް އިނީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއެއްގައެވެ. މަސްތީ ގޮތަކަށް ދޭތެރެއަކުން ހިނިތުންވާ ހިނިތުންވުމުން ހަމްދާންއަށް ޝައްކު ކުރެވުނެވެ. އެހެން ކަމުން ހަމަ ދިމާނުކޮށްލާ ނުހުރެވުނީއެވެ. ހަމްދާން ބުނި އެއްޗެއް އަމީމަށް އަޑު އިވުނު ހެނެއް ހިއެއް ނުވެއެވެ. އެހެން ކަމުން ހަމްދާން އަމީމްގެ އަތުގައި ނިޔަފަތިން ވިކާލިއެވެ. އަމީމް ޚިޔާލީ ދުނިޔެއިން ބޭރުވެ ހަމްދާނަށް ސަމާލްކަން ދިނެވެ. އަމްނާގެ ވާހަކަ އަމީމް ހަމްދާނަށް ކިޔާދިނީ ހަމްދާން ކުރު ނުކުރާނެކަން އެނގޭތީއެވެ.
ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން އަމްނާ ކޮންމެ ދުވަހަކުވެސް ވަގުތުތައް ގުނަނީ ރަސްފަންނުގައި ކަމުން މިއަދުވެސް އޭނާ ދިޔައީ އެދިމާއަށެވެ. ރަސްފަންނުގެ ހިތްގައިމު މާޙައުލުގައި ހުރި ޖޯލިފަތި ތަކުގެ ތެރެއިން ތިން ޖޯލީގެ ޖޯލި ފައްޗެއްގައި އަމްނާ އިނީ ދޮން ފަސްގަނޑުގައި ކުޅެމުންދާ ކުޑަކުދިންތަކަށް ބަލާށެވެ. ޚިޔާލެއް ފިކުރެއް ނެތި ކުޅުމާއި މަޖަލުގައި އުޅޭ އިރު އެމޫނުތަކުން ފެންނަ މަޢުސޫމް ކަމުން ހިތަށް ލިބެނީ ބުނެދޭން ދަތި ހިތްހަމަޖެހުމެކެވެ. އެ ހިނިތުންވުންތަކުން ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހަމައަށްވެސް އަސަރު ކުރެއެވެ. ހުސްކޮށް ހުރި ދެޖޯލި ހޯދަމުން އައި ހަމްދާނާއި އަމީމަށް މޫނު ބުރުގާ އަޅައިގެން 3 ޖޯލީގެ ޖޯލި ފައްޗެއްގައި އެކަނިމާ އެކަނި އިން އަންހެނެއް ފެނި އެދިމާއަށް ގޮސް އެތާނގައި އިށީނެވެ. އަމީމް އަމްނާއާއި ދިމާއަށް ބަލާލީ ވަގުތު އަމްނާއާއި އަމީމްގެ ހަތަރު ކަޅި ހަމަ ވިއެވެ. އިހުނެކޭ އެއްގޮތަށް މިފަހަރުވެސް ދެމީހުން އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެނބިގެން ދާން ފެށިއެވެ. އަމީމަށް އެއީ އަމްނާކަން ދެނެގަންނާކަށް އުނގަދުލެއް ނުވިއެވެ. މޫނު އަޅައިގެން ހުއްޓެއްކަމަކު އެންމެ ފުރަތަމަ ނަޒަރުންވެސް އެސޫރަ ވަނީ އަމީމްގެ ހިތުގައި ކުރެހިފައެވެ. އެނަން ވަނީ ސިކުނޑީގައި ރައްކާކުރެވިފައެވެ. ހަމްދާން ހުރި ކަން ހަނދުމަ ވުމުން އަމީމް ހަމައަކަށް އެޅިލަމުން ޖޯލީގައި އިށީނދެލިއެވެ. އަމްނާ ފަދައިން އަމީމާއި ހަމްދާނަށްވެސް އެތަނުގައި ކުޅެން އުޅުނު ތުއްތު ކުދިންތައް ފެނި ހިނިތުންވެވުނެވެ.
އަމީމް އަމްނާއަށް ހިނިތުން ވުމެއް ރައްދު ކުރިއެވެ. ރައްދުގައި އަމްނާވެސް ހިނިތުންވިކަން އަމްނާގެ ދެލޯ ހަނިވުމުން އިނގިގެން ދިޔައެވެ. އިތުރަކަށް ދެމީހުންކުރެ އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. ހަމްދާން އިނީ ވަރަށް ފަރުވާތެރި ކަމާއެކު އަމީމަށް ބަލާށެވެ. ދޭތެރެއަކުން އަމީމް އަމްނާއަށް ހިނިތުންވުން ރައްދުކުރާތަން ފެނި އޭނާ އިނީ ދިމާކޮށްލާ ހިތުން ކެތް މަދުވެފައެވެ. މީކީ ދުވަހަކުވެސް އަންހެނަކާ ދިމާއަށް ބަލާވެސްލި މީހެއް ނޫންވިއްޔާއެވެ. އަނެއްކާ މީ އަމީމްގެ ހުވަފެނުގެ ރާނީ އަމްނާ ބާވައެވެ؟ ބޮޑަށް ލަފާކުރެވެނީ އެގޮތަށެވެ. އަމީމް ކިޔައި ދިން ގޮތަށް އަމްނާ ވަނީ މޫނު ބުރުގާ އަޅާފައެވެ. އަދި އަމްނާގެ ބޮޑު ލޮލުގެ ކަޅި އިނީ ކަޅު ކުލައިގައެވެ. ފެންނަން ހުރި މިދެ ކަމުން މާބޮޑަކަށް އެއީ އަމްނާކަމެއް ހަމްދާނަކަށް ޔަޤީނެއް ނުކުރެވުނެވެ. އެހެންކަމުން ލޮލުގެ އިޝާރާތުން އަމީމް ކައިރީ ކާކުތޯ އެހިއެވެ. ރައްދުގައި ހަމަ އެކަނި އަމީމް ބޯ ޖަހާލީއެވެ. ހަމްދާންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.
” ހައި. އަމްނާތަ ނަމަކީ؟” އަމީމްގެ ލޯ ބޮޑުވީ ހަމްދާން އަމްނާއާއި ކުރި ސުވާލުންނެވެ. ހަމްދާންގެ ޖެހިލުން ކުޑަކަމުން އަމީމް އިނީ ޒާތަކަށް ހާސްވެފައެވެ. ހިތުގައި އޮތް ސިއްރު އެހާ އަވަހަށް އަމްނާއަށް ބޭޒާރުވާން އުޅެނީބާވައެވެ. ހަމްދާން ކައިރީ ބުނެވުނު މޮޔަވެސް މިހާރު އަމީމަށް ހީވިއެވެ. ހަމްދާނާއި ދިމާއަށް ބަލާލުމަށްފަހު ހަމްދާންގެ ފައިގައި ވިކައިގަތީ ތިކުރީ ކީއްހޭ އަހާފަދަ ގޮތަކަށެވެ. އަދި ހަމަ އެއާއި އެކު އަމްނާއާއި ދިމާއަށް ބަލައިލީ ދިފާޢުގައި ބުނާނެ އެއްޗެއް ވިސްނަމުންނެވެ. އެވަގުތު އަމްނާ އެހެން ދިމާއަކަށް ބަލަން އިންތަން ފެނި ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ އަމްނާއަށް އަޑުނީވޭކަން އެނގުމުންނެވެ. އަމްނާއަކީ އިވުމާއި ވާހަކަ ދެއްކުމުގެ ނިޢުމަތުން މަހުރޫމު ވެފައިވާ މީހެއްކަން ހަމްދާން ކައިރީ ނުބުނާކަން ހަނދާން ވުމުން ނިތުގައި އަތުން ޖަހާލީ ބޭކާރު ގޮތުގައި މީހާ ހާސްވުމުންނެވެ. އަދި އަމްނާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އެވަގުތު އަމްނާވެސް އަމީމަށް ބަލާލުމަށްފަހު ހިނިތުންވެލައި ލަދުން އިސްޖަހާލި މަންޒަރު ފެނި އަމީމްގެ ހިތް ތެޅިލީ ތަފާތު ރާގަކަށެވެ.
3 މީހުންގެ މެދުގައި އެތައް އިރެއް ވަންދެން ވީ ހަމަ ހިމޭންކަން ފޫ އަޅުވާލުމަށް ހަމްދާން އަމްނާއާއި ދިމާއަށް ބަލާލި ވަގުތެވެ. އަމްނާގެ ފުރަގަހުން ކަޅުކުލައިގެ ކޯޓު ފާޑުގެ އެއްޗެއް ލައިގެން ހުރި ބިރުވެރި އެއްޗެއް ނުކުތްތަން ފެނުނެވެ. ލޮލުގެ ކަޅި ނެތް އިރު ހަމުގަ ކުލަ ހުރީ ވަޅު ފެއްސެއްގައެވެ. މޫނުގެ އެތައް މިތަނުން ފަހާފައި ވީއިރު ތުންފަތުން ވެސް ލޭ އާދެއެވެ. ފޭރާ ދަތްތައް ދިގުވެފައި ބޭރަތް ނިކުމެފައި ހުރި ގޮތުން އިތުރަށް ނުރައްކާތެރިކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިގަނޑު ފަންވެފައި ކަނދުރާއާއި ހިސާބަށް އަރައެވެ. ހަމްދާން ސިހިފައި އަމީމްގެ އަތުގައި ހިފިއެވެ.
އަމްނާއަށް ހަމްދާނަށް ވީގޮތް ފެނި ވީގޮތް ނަގައިގަންނާކަށް އުނދަގުލެއް ނޫނެވެ. ވޭތުވެދިޔަ 15 އަހަރު ތެރޭ އެތައް ފަހަރަކު ވެފަ އޮތް ކަމެއް ކަމުންނެވެ. އަވަސް އަވަހަށް އިން ތަނުން ތެދުވެ ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އިރު އޮއްސުނުކަން ނޭނގުމުން އަމިއްލަ ނަފްސަށް ކުދި ކިޔަމުންނެވެ. ހާތިބާ ހެދި ހަމަ އެންމެ ނޭވާއެއްވެސް ހަމަޖެހިފައި ލެވޭކަށް އަމްނާއަކަށް ނެތެވެ. މީހަކަށް ނާންގާ އަމްނާއަށް އަންގާ ނަމަވެސް މިހާ ލަދުގަނެ ހާސްވާކަށް ނުޖެހޭނެ އެއްނުންހެއްޔެވެ. އަނެއްކާ އަމްނާ ގެ ހިތް އަމީމަށް ގޮވާލާކަން އެނގޭ ދުވަހަކުން އަމީމަށް ހަދާނީ ކިހިނެއްބާވައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.




cover pic haadha biruveri ey nanni
Hehehe. its a horror story dhw… of course cp biruveri vaan jeheynnu…
Maasha Allah vvv reethi….. keep it up nanni…. n best of luck next montha ah
Awwwn.. Thn Q unique dear…………. Vrh vrh bodah ufaaavejje vhk kamudhiyaeema……. Thn Q unique dear……
Vv nice… interesting ???
Thn Q alot Ilu dear…….. dear ah vhk kamudhiyaeema vrh ufaavejje aslu vs………
Masha allah…vvvvvvvvv reethi………….. i love it…..when next part dear
Next part soon… Thn Q alot Amee dear……. vrh ufaa vejje vhk kamudhiyaeema……..
Vv nice… interesting
Vrh ufaavejje dear ah reethi vma…. Thn Q alot Ilu….
story vv reethi. ekam maa kuru mi part.. whn is nxt part????
hama asap up kureveythw miulheny… ThnQ dear……
Varah rythi.. Keep it up ❤❤❤
Hehehehe. Thn Q no one……..
Nice…?
Thn Q dear Areen…. vrh ufaavejje vhk reethi vma dear ah…….
Varah salhi mi part ves it’s amazing
Thn Q Livee… Thn Q alot for the lovely comment…….
Roxy ge buddy gndu beautiful as always well dne sis kyp goin grl ????
Alhey… Roxy vs ey……. Thn Q gyal… Thn Q alot lil sissy……….. vrh vrh vrh vrh vrh bodah ufaavejje roxy ah vhk kmudhiyaiima…….
cover changed dhww ..cover rythi vyma maa kiyaa hih vejje vvvreethi v foohi vey haathibu ganduu dhehe
Yess dhw…. Nanni vs foohi vgn mi chng kolly………. Thn Q thi loabi loabi comment ah……….
Hehehe nanni cover pic fenifa asluvx ingey haadha birugathey.. N story rythi bt maakury next time miyavure dhigukohllaa..???
Awwwwn. kaaalaaaney. hheheh…… kudakh dhw biruvery……….. Thn Q Naju
Can’t wait for the next part..
Hehehehe. Thn Q Salva…….