އެވްލީން 3
އެކުދިން ސަކަރާތް ޖަހަމުންދާ ތަން ބަލަން ނިކަ ގަހެއްގެ ނިވަލުގައި ‘އަންހެންކުއްޖެއް’ ހައިރާން ވެފައި ބަލަން ހުއްޓެވެ. އޭނަގެ އަނގައިން ނުކުތީ އެންމެ ބަހެކެވެ. “އީވާ”
*****************************************************
ހުރިހާ ކުދިން ޓެންޓު ޖަަހައިފައި ހުރި ދިމާލަށްދިޔައެވެ. އޭރު ގަޑިން 12:00 ޖެހީއެވެ. ހުރިހާ ކުދިން ނަމާދަށް ތައްޔާރުވިއެވެ. ބަންގި ގޮވުމުން ހުރިހާ ކުދިންވެސް ނަމާދު ކުރިއެވެ. ” އޭ ހިނގާބަ މަސްބާނަންދާން މިތާގައި ވަރަށް އެބައުޅޭ….. ވަރަށް މަޖާވާނެ ……. މޫދަށް ވެސް ވާނެ އެރެން”. އަމަން ނަމާދު ކޮށް ނިންމާފައި އެންމެން ކައިރި ބުންޏެވެ. ހުރިހާ އެންމެން މި ޙިޔާލަށް ތާއިދު ވިއެވެ. “ހިނގާ މޫދާ ދިމާއަށް ރޭސް ޖަހަން”…. ބާރަކަށް ޝައިނާ ބުންޏެވެ.”ތްރީ ޓޫ ވަން”…….. އީވާ ދުއްވައިގަތް ތަނުން އެއްޗެގައި އަޅައިގެންފައި އަނގަވަތަށް ވެއްޓުނެވެ. “އާ……….” އޭނާގެ ވޭނީ ހަޅޭކުގެ އަޑު މުޅި ރަށް ގުގުމައިގަތެވެ. އޭނާގެ އަނގަ ގާގަޑެއްގައި ޖެހިފައި ފަޅައިގެން ގޮއްސިއެވެ. އެންމެން އެއްފަހަރާ އީވާއާ ދިމާލަށް ބަލައިލިއެވެ. އޭރު އޭނާގެ އަނގައިންނާއި ބޮލުން ހޯސް ލައިފައި ލޭ އަންނަން ފެށިއެވެ. އީވާ ވެއްޓުނުތަން ވަނީ ލެއިން ކަޅިވެފައެވެ. ހުރިހާ ކުދިން ބާރަކަށް ދުވެފައި އައިސް އީވާ ނެގިއެވެ. ޝާއިނާ އާއި ސަނާ ވެގެން އީވާ އެއްގަމަށް އެރުވިއެވެ. އަރީޝް ދުވެފައި ގޮސް ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައެވެ. އޭރު އީވާ ގެ އަނގައިން ފޮނުތަކެއް ކަހަލަ އެއްޗެއް އަންނަން ފެށިއެވެ. ލޭތަށް ސާފު ކުރާއިރަށް ހޯސް ލައިފައި ލޭ އަންނަނީއެވެ. އީވާގެ ހެއަށް ގޮތްތަކެއް ވާން ފެށި އެވެ. ކުއްލިއަކަށް އޭނާގެ ލޯމައްޗަށް އަނދިރިވިއެވެ.
******************************************************
އީވާއަށް ހެލެވުނު އިރު އޭނާއަށް އޮއެވުނީ ރޯނު ފުރައިފައި އޮތް އަށްޓެގައެވެ. އެ އަށިމަތީގައި ހަތަރު ވަރަކަށް ކުނާ އަޅައިފައި އޮތެވެ. އަށިމަތިން ތެދުވި ތަނުން ބޮލަށް އެނބުރުން އަރައި ގަތް ތަނުން އޭނާ ގެ ބޮލުގައި އަތްއަޅާލި އެވެ. އޭރު ބޮލުގައި ވަނީ ބެންޑޭޖް ކޮށްފައެވެ. އަދި އޭނާގެ އަނގަ ފަޅައިގެން ގޮސްފަ އިންތަން އިނީ އެއްކޮށް ރަނގަޅު ވެފައެވެ. އެކޮޓަރިއަށް ނަޒަރު ހިންގައި ލިއެވެ. އެ ގެ ބޮޑަށް ވައްތަރުވަނީ ކޮޓޭޖް ކަހަލަ ތަނަކާއެވެ.. އެ ކޮޓަރީގައި ދުވަނީ މަޑު މަޑު މީރު ވަހެވެ. އެ ކޮޓަރީގައި އީވާ އޮތް އެނދު ކައިރީ ކުޑަވަރެއްގެ ލަކުނޑި މޭޒެއް ހުއްޓެވެ. އެ މޭޒުގައި ކުޑަ ތައްޓެގައި ފަތްޕިލާވެލީގެ ފާޑުގެ އެއްޗެއް ހުއްޓެވެ. އީވާގެ އެކުވެރިންގެ ހިލަމެއް ވޭތޯ ބޭރަށްނުކުމެލަން ދިޔައެވެ. އީވާ ދޮރު ގައި ހިފިތަނުން ކުއްލިއަކަށް ދޮރު ކައިރީ ހުރީ މެދު އުމުރު ފުރައިގެ އަންހެނެކެވެ. އީވާއަށް އެންމެ ފުރަތަމަވެސް އަޅައިގެގަނެވުނީ އޭނާގެ ލޮލުގައިވާ ވިލުނޫކުލައަށްދާ ކުލައެކެވެ. އޭނާގެ ވަރުގަދަ ރިތި ދިގު އިސްތަށިގަނޑު ވަނީ ބޮލުމެދަށް ހުޅިއެއް ޖަހާފައެވެ. ” ތި…ތި….. ތި ކާ…ކު؟ އަ..އަ..ހަރެން މި..މިހުރީ ކޮ..ން..ތާކު..؟ އަ..ހަރެން..ގެ އެ..ކުވެ..ރިން ކޮބާ؟ ބިރުން ތުރުތުރު އަރާ ހާލު އީވާ އަށް އަހާލެވުނެވެ. އެމީހާ އީވާ ގެންގޮސް ގޮނޑިއެއްގައި ބައިންދާއިއެވެ. “ކޮއްކޯ އަހަރެންނަކީ އިވާޔާ……… ތީ އީވާ ދޯ.” އެމީހާ ބުންޏެވެ. “ކިހިނެއް އަހަރެންގެ ނަން އިނގުނީ؟”. އީވާ ޖެހިލުންވެ ހުރެ އަހާލިއެވެ. ” ދެން އެކަން ބާއްވާ…..”. އެ މީހާ ބުންޏެވެ.” ދެން ދައްތާ ، ދައްތަ ކީއްވެ މިރަށުގައި ތި އުޅެނީ؟”. ” އަހަރެން މިރަށަށް އައީ އަހަންނާއި އަހަރެންގެ ދަރީގެ ސަލާމަތީ އަށްޓަކައި… އީވާ ދެންދޭ އީވާ ގެ އެކުވެރިން މިހާރު ހޯދާނެ”. އީވާ އިށީދެ އިން ގޮނޑިން ތެދުވި ތަނުން އީވާގެ ކަރުގައި އޮތް ފަށް އެމީހާ އަށް ފެނި ކުއްލި އަކަށް ސިހުން ވިއެވެ. ” އީވާ … އަދި ދިޔުމުގެ ކުރިން ސުވާލެއް ކޮށްލަންތަ؟…” އީވާގެ ކަރުގައި ތި އިން ފަށަކީ ކާކު ދިން އެއްޗެއްތަ؟” އަހަރެން ގެ މަންމަ ބުނީ އެއީ އަހަރެން ވިހެއިތަނުން މަންމައެޅުވި ފަށެކޯމީ………ކިހިނެއްވީ؟”. ރިހި ފަށެއްގައި އިން ހުދުކުލައިގެ ތަޅުދަނޑިއެއް އިން ފުލުގަ ހިފާ ދައްކާލަމުން ބުންޏެވެ. ” ކަ….. ކަ….ކަ ކަމެއްނުވޭ”…. އީވާ ދޮރުކައިރި އަށްގޮސް ހަނާ އަޅާލުމަށްފަހު ދިޔައެވެ. ” ސަނާ….. އަރީޝް…. އަމަން …… އާދީލް….. ލީން…. ޝައީީ…….. ކޮބާތަ ތި މީހުން” ދުވަމުން އެމީހުންނަށް ގޮވަމުން ދިޔައެވެ. ދުވަމުން ގޮސް އީވާއަށް ވަދެވުނީ ރަށުގެ ވަލަށެވެ. އޭރު ހުރީ އިރު އޮއްސެން ކައިރި ވެފައެވެ. އެހެންކަމުން އެ ތަން ފެންނަނީ ވަރަށް ނާމާން ކޮށެވެ. ބިރުން ތުރުތުރު އަރާ ހާލު ކުރިއަށް ހިނގައިގަތެވެ. އީވާގެ ޙަރަކާތްތަށް ބަލަން ގަހެއްގެ ނިވަލުގައި އަންހެން ކުއްޖެއް ބަލަން ހުއްޓެވެ. އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން މާސްކެއް ނަގައި އަޅައިލިއެވެ. ( މި މާސްކް އެޅުމުން ޖަހާނީ އެހެންމީހެއްގެ ސިފައެއް) ގަހުގެ ނިވަލުން ނުކުމެ އީވާއާ ދިމާލަށް ދިޔައެވެ. އީވާއަށް އެކުއްޖާ ފެނުމާއެކު ވަރަށް ޖަހިލުންވެ ހުރެ އަހައިލިއެވެ. ” ތިއީ ކާ……” “ޝްޝްޝް……. އަހަރެންނަށް އިނގޭ އީވާ ކުރާނެ ސުވާލު…… އަހަރެންނަކީ އިވްޔާ…… އަހަރެން އީވާގެ އެކުވެރިންގެ ގާތަށް ގެންގޮސް ދޭނަން” ލުއި ހިނިތުންވުމާއެކު ބުންޏެވެ. ” ތޭންކްސް”…… އީވާއާއި އިވްޔާ އެކޮށް ހިނގައިގަތެވެ. އެދެމެދުގައި ވަނީ ހަމަހިމޭން ވެރިކަމެވެ. ޓެންޓު އަލާއިފައި ހުރި ހިސާބަށް ދެވުމުން ދުވެފައިގޮސް އީވާގެ ރައްޓެހިންގެ ގާތަށް ދިޔައެވެ. އޭރު ހުރިހާ ކުދިން ތިބީ ކަންބޮޑުވެފައެވެ. މޫނު މަތިތައް ވަނީ މިލާފައެވެ. އަރީޝް ހުރީ ގަހެއްގައި ލެގި ލައިގެންނެވެ. ޝައިނާގެ މޫނު މަތިން ރޮއެފައި ހުރިކަން ފާޅުވިއެވެ. އޭރު އަމަން ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލައެވެ. ސަނާ އިނީ ލީން ރުއިން ހުއްޓުވަން މަސައްކަތް ކުރާށެވެ. އާދިލް އިނީ ގަހެއްގެ މުލެއްގައި އިށީނދެ އިދެ ދަތްދޮޅީގައި އަތް ވިއްދައިގެންނެވެ. ” ހާއި އެވްރީވަން……….. އައި އޭމް ހިޔާ”. ހުރިހާ ކުދިންނަށް އީވާ ފެނުމާއެކު ބުނެދޭންނޭގޭހައި އުފަލެއްލިބުނެވެ. ހުރިހާ ކުދިން އައިސް އީވާ ގައިގާ ބައްދާލިއެވެ. ” އީވާ ކޮންތާކުން ތިއައީ؟ ކާކު ތިއިނީ ބެންޑެޖް ކޮށްފަ؟”. ލީން ރޮމުން އަހާލިއެވެ. ” އަހަރެންނަށް ހޭލެވުނު އިރު އޮއްވުނީ ކޮންމެސް ޖިފުޓިއެއް ކަހަލަ ތަނެއްގައި…….. އެންޑް ތޭންކްސް އެމީހާ ކައިރި ހެލްޕަށް އެދެން…….”. ކުއްލިއަކަށް އެތަނަށް ވެރިވީ ހިމޭންވެރިކަމެވެ. ހުރިހާ ކުދިންގެ މޫނު މަތިންވެސް ފެންނަނީ ހައިރާންވެރިކަމެވެ. ” އީވާ…. ޓު ބީ އޮނެސްޓް ……. ވީ ޑޯންޓް ނޯ ވަޓް އާ ޔޫ ސޭއިން… އައި މީން ވީ ޑިޑިންޓް ކޯލް އެނީވަން ފޯ ހެލްޕް”.. އެހަމަހިމޭން ވެރިކަން ފޫދުއްވައިލީ އަމަންއެވެ. ހުރިހާ ކުދިން އެއްފަހަރާ ބޯޖަހައިލިއެވެ. ” ސޯ ހައު ޑިޑް އައި ގެޓް ދެއާ”
********************************************************************************
***ނުނިމޭ***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



so here it is …………… i hope u will lyk it 🙂 🙂 🙂 🙂 🙂 🙂 🙂 🙂 :):) 🙂 🙂 🙂
Haadha kurey.dhankolhe dhigu gohla adhi.vara reethi
thnkx .. dhen 4 vana part than kolhe digu kohlaanan……….. and next part vvv avahah up kohlaanan 🙂
good
Nice… Waiting….
Varah mistakes eba huri…kiyan undhagoo kan faahaga kuran..ekam vhk reethi..thankolheh kuree vhk dhn anna part dhigu koh genesdhineema okay vaane..and mistakes thah rangalhu kohlaathi????
ok gaboolu kuran liyu mugai vexxx mistakes hunnaakan and nxt prt mia vure digu kohlaanan 🙂 🙂 🙂
perfect keep it up dear
Oh my gawd..!!! Too much English honey!! Better work on ur dhivehi skills ehah.. btw is this a horror story or just a random stupid love story??!!
ReethI
Thanks Anonymous
Vrh beautiful?
Vaahakaige dhn oiyy bai kn irakun nikunnanee. Im still waiting for it