Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މައިޝާ (4)

X-girl
March 23, 2017
5 Mins Read
50 Views
23 Comments

” އެނީ ތިންގް ފޯ ޔޫ މައި ޕްރިންސެސް”. މައިޝާގެ ކޮލުގައި ލޯބި ކޮށްލަމުން މިރާން އެބުރިލީ އޭނާގެ ހިތުގެ ރާނީއާ ދިމާލަށެވެ. ނިޝްޔާ އެވަގުތުވެސް ހުރީ ތުންފިއްތައިގެންނެވެ. މިރާންގެ ފަހަތުން ނިޝްޔާ ގެއަށް ދާން ނުކުތީ އިތުރު އެހެން އެހެންގޮތެއް ނެތުމުންނެވެ. މިރާންގެ ސައިކަލު ފަހަތުގައި ނިޝްޔާ އިންއިރު އޭނާގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަނެއްކާ ނިޝްޔާއަށް އޭނާގެ ހިތުގެ ތެޅުން އަޑު އިވޭނެބާވައެވެ. މިރާންގެ ހިތަށް އަރަމުންދިޔަ ޚިޔާލުތަކުން އޭނާގެ މޮޔަކަން ހީވެފައި ހީލެވުނެވެ. ހާސްފަހަރު އެހިތުގެ ރާނީއަށް ގޮވާލަން ހިތް އެދުނަސް އޭނާގެ ދޫ ތަޅުލެވިފައިވާކަހަލައެވެ. ނިޝްޔާމެން ގެއަށް ދެވުނުއިރުވެސް މިރާންގެ ސިކުނޑި ވަނީ މިފަދަ ޚިޔާލު ތަކުން ފުރިފައެވެ. ގޭގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމާއެކު ނިޝްޔާ ފޭބިއެވެ. އަދި މިރާން އަށް ބަލާލުމެއނެތި ތޭންކްސް އޭ ބުނެލުމަށްފަހު ދުއްވައިގަތީ އަވަހަށް ގެއަށް ވަނުމަށެވެ. ނިޝްޔާ ގެއަށް ވަންނަންދެން މިރާން އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. މުޅި ދުނިޔެއާ ހަނގުރާމަ ކޮށްގެންވިޔަސް ނިޝްޔާ އޭނާގެ މިލްކަކަށް ހަދަން މިރާން އެވަގުތު އަޒުމްކަނޑައެޅިއެވެ.

“އެރޭގަ ލިބުނު އެ ރީތި ފުރުސަތުވެސް އެ ނިޝްޔާ ގަޑާ ހެދީ ފަނިވީ. ބޮޑު ފޫހި ގަނޑެއް.” ހަމްދާން އާއި ސަމާހުއާ ދެމީހުން ވާހަކަ ދައްކެމުގެ ތެރޭގައި ނުރުހުންވެ ހުރެ ހަމްދާން ބުނެލިއެވެ. “ހެހެހެ މަށަކަށް ހިއެއް ނުވޭ ކައެއަށް ތިކަން ވާނެ ހެންނެއް. އެ މަންޖެ ފެންނައިރަށް ކައެއަށް އެވާ ގޮތެއް ދޯ. މަށަށް ފެންނަނީ ދެންވެސް އަވަހަށް ބުނަން..” ސަމާހު ހިނިގަޑެއް ޖަހާލަމުން ބުންޏެވެ. ” ދެންވެސް ރަނގަޅު ވަގުތެއް ބަލާފަ ދޯ..މި ވިސްނަނީ މާލެ އަށް ގޮއްސަ ޕްރޮޕޯސް ކުރަން. އޭރުން މާ ސަޅިވާނެ.” ހަމްދާން އުންމީދާއެކު ބުނެލިއެވެ. ” ކައެއަށް ތިކަން ވެއްޖެއްޔާ ރަނގަޅު..އޭ މަނައްޓާލީ އޭ މި. ކައެ ދާތި ހަވީރު ކުޅެން”. ސަމާހު އަށް އާއެކޭ ބުނުމަށްފަހު ހަމްދާން ހިނގައިގަތީ ގެއާ ދިމާލަށެވެ.

ޖެހިގެން އައި ހަފްތާގެ ހޯމަ ދުވަހަކީ މައިޝާ މާލެ އަށް ފުރަން ހަމަޖެހިފައި އޮތް ދުވަހެވެ. އޭނާގެ ،މައިންބަފައިން ބޭނުންވީ މައިޝާ އަދި އިތުރަށް ކިޔެވުމަށެވެ. ލޯބިވާ އާއިލާއާ ރައްޓެހިންނާއި ހުރިހާ ހަނދާންތަކެއް ގުޅިފައިވި ރަށް ދޫކޮށް ދާންޖެހުމުން މައިޝާއަށް ކުރެވެނީ ހިތްދަތި އިހުސާސްތަކެކެވެ. “ދަރިފުޅާ ތައްޔާރުވެ ނިމުނީތަ؟” މައިޝާ ކޮބައިތޯ ބަލާލުމަށް ސައިދާ މައިޝާގެ ކޮޓަރިއަށް ވަތްއިރު ފެނުނީ އޭނާ އެންމެ ލޯބިވާ ދަރިފުޅު ކަރުނަތަށް ފޮހެލި މަންޒަރެވެ. އެވަގުތު މައިޝާ ރޮނީކަން ސައިދާއަށް އެނގުނެވެ. ” ދަރިފުޅާ، ހިތްވަރު ކުރަންވާނެ. ބޮޑުދައިތަ އަކީވެސް ހަމަ މަންމަ ކަހަލަ މީހެއް. ދަރިފުޅަށް ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ. ދަރިފުޅު މޮޅު ކުއްޖަކަށް ވާތަން ދެކެން ބަލަން މަންމައާއި ބައްޕަ އަބަދުވެސް ބޭނުންވޭ. މަންމަގެ ބަސް އަހާ މަލާ އެއްނުދޯ ތީ..ދެން ނުރޮއެ އަވަހަށް ތައްޔާރުވެލާ. ބައްޕަމެން އެބަތިބި ދަރިފުޅު ލަސްވެގެން.” ސައީދާގެ ނަސޭހަތުން މައިޝާއަށް އިތުރަށް ރޮވުނެވެ. “މަންމާއޭ ކިޔާ ބައްދާލީ އޭނާ ނުފޮނުވާށޭ ބުނާ ހާލުގައެވެ. ސައީދާވެސް ހުރީ އެފަދަ ހާލެއްގައެވެ. ދެމައިންގެ ޚަބަރެއްނުވެ ލަސްވެގެން ހޯދަން އައި މާޖިދަށް އެ މަންޒަރު ފެނުމުން ފެންކަޅިވިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ދުރަށް ފޮނުވާލަން ޖެހޭތީ އެ ހިތްވެސް ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ނަމަވެސް މިރާންއަށް އިތުރަށް ކިޔަވަން ފުރުސަތު ދިން ގޮތަށް މައިޝާއަށްވެސް އެ ފުރުސަތު ދޭން ބޭނުންވެއެވެ.

އާއިލާއާއި ހުރިހާ ރައްޓެހިންނާއި އަލްވަދާއު ކިޔުމަށްފަހު މައިޝާ ފުރަން ދިޔައީ މަންމަމެން ފަޚްރުވެރި ކުއްޖަކަށް ވާނެކަމުގެ ފުރިހަމަ އުއްމީދާ އެކުގައެވެ. ފްލައިޓަށް އެރުމާއެކު ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބަމުން ދިޔައެވެ. ނަމަވެސް އިތުރު މީހަކަށް ނުފެންނާނޭ ހެން މައިޝާ އިނީ އިރުއިރު ކޮޅާ ކަރުނަތައް ފުހެލަ ފުހެލައެވެ. މައިޝާ ކުއްލިއަކަށް ސިހިގެން ދިޔައީ މީހަކު އޭނަގެ އަތުގައި ހިފާލަމުންނެވެ. އަވަސް އަވަހަށް މައިޝާ އަނެއް ފަރާތަށް ބަލާލީ ކާކުތޯ ބެލުމުގެ ގޮތުންނެވެ. ކައިރީގައި އިން މީހާ ފެނި ކކަރުނައިގެ ތެރެއިން މައިޝާ ހިނިތުންވެލިއެވެ. “ދާން”. ކުރަކިވެފައިވާ އަޑަކުން މައިޝާ ބުނެލިއެވެ. “ސަޕްރައިޒް. މައި ތިހެން ރޯނެކަން އިގޭތީ ދާން މިއައީ މައި އެއްކޮށް މާލެ ދާން.” އޯވ..ދާން. އައި ލަވް ޔޫ.” އުފާވިލެއް ބޮޑުކަމުން މައިޝާއަށް ބުނެވުނެވެ. ހަމްދާން އުފަލުން ނަށައިގަންނަންވެސް ހިތަށް އެރި އެވެ. މައިޝާގެ އެ ލޯބި އަޑުން އަދި އެއްފަހަރު އެހެން ބުނެލާނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

ގަޑި އިރެއްގެ ދަތުރަކަށަފަހު ހުރިހާ ދަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިން މިސްރާބު ޖެހީ އެބައެއްގެ މަންޒިލަށް ދިއުމަށެވެ. ހަމްދާންއާއި މައޝާ ހިނގާލާފަ އައިއރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އެދެމީހުންނަށެވެ. މައިޝާ ހަމްދާންގެ އަތުގައި ހިފާލައިގެން އައިއިރު އެދެމީހުން ހީވަނީ ދެ ލޯބިވެރިން ހެއންނެވެ.

“ދާން، މީހުން ވަރަށް ބަލާ އެބަ..މީހުންނަށް ހީވާނީ މައި އާއި ދާން އަކީ ކަޕްލްސް އޭ މިހެން އައިމަ. އޯކޭ އެގޮތަށް ހީކޮށްލިޔަސް. ދާން ކަހަލަ ރީތި ކުއްޖަކާއެކު ދެވޭތީ މައި މިހުންނަނީ ވަރަށް ފޮނިވެފަ. ހަހަހަ..” ހުއްޓުމެއްނެތި މައިޝާ ވާހަކަދައްކަމުން ދިޔައެވެ.ލުއި ހިނިތުންވުމެއް ތުނަފަތް މައްޗަށް ވެރި ކުރުވައިގެން ހަމްދާން ދިޔައީ މައިޝާ ދެއްކި ވާހަކަތައް ހަޤީގަތަކަށް ވާނެނަމައޭ ހިތާހިތުންވާނެނަމައޭ ބުނަމުންނެވެ.

މާލެއަށް ދެވުމާއެކު ހަމްދާންއާއި މައިޝާ ވަކިވާން ޖެހުނެވެ. މައިޝާގެ ބޮޑުދައިތަގެ ފިރިމީހާ ޝިއާނު މައިޝާ ބަލާ އައިސް ހުއްޓެވެ. ” އަހަ..ޝިއާނުބެއަށް ހަމަ ދެންމެ މިއާދެވުނީ. ޒައިކް އާ ހެދި އެއާޕޯޓަށްވެސް ނުދެވުނީ. މަލާ ބޮޑުދައިތަ ކައިރީ ނުބުނައްޗޭ އިގޭ، އެހެންނޫނީ ދުވަސް ދާނެ”. ޝިއާނު ހީލާފައި ބުނެލިއެވެ. ” އިޓްސް އޯކޭ ޝިއާންބޭ. މަލާ އެކަނި ނޫނޭ މިއައީ، ދާން އުޅުނޭ މަލާ އެކީގަ. ދޯ ދާން.” ހަމްދާން އަށް ދޯ ދެމުން މައިޝާ ބުނެލިއެވެ. އެވަގުތު ޝިއާން ހަމްދާނަށް ބަލާލިއެވެ. ” ޝިއާންބޭ، މީ މަލާގެ ބެސްޓް ފްރެންޑް ހަމްދާން.” އެހެން ގޮތަކަށް ޝިއާން ހީކޮށްފާނެކަމަށް އަވަހަށް މައިޝާ ބުނެލިއެވެ. “އަހަ، އެހެންދޯ މިވީ.” ޝިއާން ބުނެލިއެވެ.

މ. ރޯޝަނީވިލާއަށް ދެވުމާއެކު މަޑުމަޑުން ހިގާލާފައި ގޮސް ގޭތެރެއަށް ވަނެވެ. މައިޝާގެ އިންތިޒާރުގައި އިން ޒީކާ އުފަލުން އައިސް ބައްދައިގަތެވެ. އެދެމީހުންނަކީ އަބަދުވެސް ދެ އެކުވެރިންނެވެ. ސައިދާ އާއި ސައާދާ އަކީ އެއްބަޑު އެއްބަފާ ދެބެއިންނެވެ. ސައާދާ މާލޭ މީހަކާ ކައިވެނި ކޮށްގެން ދިރިއުޅުން ބަދަލުކުރީ މާލެ އަށެވެ. ޒީކާ އާއި ޒައިކު އަކީ އެދެމީހުންނަށް ލިބުނު ހަމައެކަނި ދެކުދިންނެވެ. ޒީކާ އަށްވުރެ މައިޝާ އެއް އަހަރު ބޮޑުވިޔަސް އެދެމީހުން އުޅޭގޮތުން ހީވަނީ އެއް އުމުރުގެ ދެމީހުންހެންނެވެ. މިއަހަރަކީ ޒީކާ ގްރޭޑް 10ގައި ކިޔަވަމުންދާ އަހަރެވެ. އެހެންވެ މައިޝާ އަންނާތީ ޒީކާ ހުރީ ވަރަށް އުފަލުންނެވެ. ”މަންމާ، މަލާ ދެންވާންޖެހޭނީ ޒީކްގެ ޓީޗަރަށް. މަލާހެން މޮޅެއް ނުވާނެ ޒީކް. އެހެންވީމަ ޖެހޭނެ ބައިވަރު ކިޔާދެން.” “މަލާ ހުރިހާ އެއްޗެއްވެސް ކިޔައިދޭނެ. މިވަގުތު މަލާ ފްރެޝް ވެލަން ދޫކޮށްލަބަ ދަރިފުޅާ.” ޒީކާ އުޅުނުގޮތުން ހެމުން ސައާދާ ބުނެލިއެވެ.

މައިޝާ ކޮޓަރިއަށްވަދެ ފުރަތަމަވެސް މަންމައަށް ގުޅާލިއެވެ. ހާލުއަހުވާލު ބަލާލުމަށްފަހު މައިޝާ ފޯނު ބޭއްވީ ޒީކާ ވަދެގެން އައުމުންނެވެ. ” ހެއި މަލާ . ހަމަ ނުހުރެވިގެން މިއައީ. އަބަދު ރަށުގަ އުޅޭއިރުގަވެސް ޔޫ ލުކް ބިއުޓިފުލް. އިސްތަށިގަނޑުވެސް ހާދަ ލޯތްބޭ. އަޅޭ އައި ހޭވް ސޯ މަޗް ޓު ޓެލް ޔޫ.” ޒީކާ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނަމުން ދިޔައެވެ. ” ހެހެ ޝުއާ ޔޫ ކޭން ޓެލްމީ އެނީތިންގ. ހާދަ ދުވަސް ފަހުންނޭ ދޯ މިދިމާވީވެސް.” އެހާ ދުވަސް ފަހުން ޒީކާ އާއި ދިމާވުމުން މައިޝާ ހުރީ ވަރަށް އުފާވެފައެވެ. ” ކިހިނެތްތަ ދެން ކަންތައްތައް؟ ބޯއިފްރެންޑެއްވެސް ނެތްތަ؟”. ޒީކާ ހީވަނީ މީހަކު ތަހުގީގަށް ގެނެސް ސުވާލުކުރާހެންނެވެ. ” ހެހެ..މަލާ ހަމަ ހުސްކޮށް މިހިރީ.” ނަޖާހުގެ ޚިޔާލު އެވަގުތު ކުރެވުނުނަމަވެސް ޒީކާގެ ސުވާލަށް މައިޝާ ޖަވާބުދިނެވެ. ” އަޅޭ ތިހާ ލޯބިކޮށް ހުންނައިރުވެސް ހުސްކޮށް؟ އިގޭތަ ޒީކްގެ ހުރޭ ބިޓެއް. ވަރަށް ލޯބި ވަރަށް ހޭންޑްސަމް.” ކުޑަކުއްޖެއްހެން ހުއްޓާނުލާ ޒީކާ އަގަތަޅަމުންދިޔައެވެ. ” ސީރިޔަސްލީ ޒީކް. ހޫޒް ދެޓް ލަކީ ބޯއި؟”. އަގަޔަށް ގޮތެއް ހަދާލަމުން މައިޝާ ބުންޏެވެ. ” އެއީ ސަޕްރައިޒެއް. އަސްލު މަންމައަކަށް ނޭގޭނެ. މަންމަ ކައިރީ ނުބުނައްޗޭ އިގޭ. ޒީކް ބުނިން އެނަ ކައިރީ ޒީކްގެ ބެސްޓީ އަންނާނެޔޭ މިއަދު. މިރޭ ނުކުންނާނަމޭ ބޭރަށް އޭރުން ތައާރަފުވެސް ކޮށްދެވުނީއެންނު.މްމްމް އިގޭ މަލާ ވަރުބަލިވާނެކަންވެސް. އިޒް އިޓް އޯކޭ؟.” މައިޝާ ބުނާނެ އެއްޗެއް ނޭގޭތީ ވަރަށް ޖެހިލުންވެ އިދެ ޒީކާ ބުންޏެވެ. ” ޔާ އޯކޭ. އަސްލު މަލާވެސް ބޭނުމީ ކުޑަކޮށް ބޭރަށް ނުކުމެލަން . އެކަމް ބޮޑުދައިތަ ކީކޭ ބުނާނީ؟”. މައިޝާ އެހެން ބުނި ވަގުތަކީ ސައާދާ އެ ކޮޓަރިއަށް އައިސް ވަން ވަގުތެވެ. ” މަންމައަށް އޭރުވެސް އިގޭ ދަރިފުޅު އިންނާނީ މިތާގަ ކަން. ދެން މަލާ ފޫބުޑުގަ އަބަދު އުޅޭނީ . އޭނަ އަރާމްކޮށްލަން ވަގުތު ދީބަ ދަރިފުޅާ.”. ” މަންމާ މަލާ ބޭނުމީ ޝޮޕިންގ އަށް ދާން. އެވާހަކަ މި ދައްކަނީ “. ސައާދާގެ ވާހަކަ މެދުކަޑާލުމަށްފަހު ވަގުތުގެ ބޭނުން ހިފަމުން ޒީކާ ބުނެލިއެވެ. ‘ތެދެއް މަލާ؟”. ބޮޑުދައިތަ ގާތުގައި ދޮގު ހަދަން ޖެހުމުން ދެރަވި ނަމަވެސް ބޭރަށް ދާހިތްވިލެއް ބޮޑުކަމުން މައިޝާ އާއެކޭ ބުންޏެވެ. ޒީކާ ހުރީ އެތެރެއިން ހީލަހީލައެވެ. ” ލަސްނުވެ އަންނައްޗޭ އިގޭ ދެކުދިން”. ސައާދާ ދިއުމާއެކު ޒީކާ އުފަލުންގޮސް މައިޝާ ގައިގައި އޮޅުލައިގަތެވެ.

އެރޭ 8 ޖެހި އިރު މައިޝާ އާއި ޒީކާ ތިބީ ބޭރަށްދާން ތައްޔާރުވެގެންނެވެ. ފިޔާތޮށިކުލައިގެ ދޫ ހެދުމެއްގައި ލުއި މޭކަ އަޕް އެއްގައި މައިޝާ ހުރި އިރު ފިނިފެންމަލެއް ފަދައެވެ. އިސްތަށިގަނޑު ފަހަތަށް ވިހުރެން ދޫކޮށްލާފައިވާ އިރު އެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ޒީކާވެސް ހަމައެފަދައެވެ. ކަޅުކުލައިގެ ޖީންސެއްގައި ރަތްކުލައިގެ ޓޮޕެއްގައި ޒީކާވެސް ވަކި މައިޝާ އަކަށް ދުލެއް ނުކުރެއެވެ. ދެމީހުން އެއްކޮށް ހިނގާލާފައި މިސްރާބުޖެހީ ސީހައުސް ރެސްޓޯރެންޓަށެވެ. ދެމީހުންގޮސް އިންތިޒާރު ކުރަމުން ދިޔައީ ޒީކާގެ ޕްރިންސް ޗާމިންގ އަށެވެ. ޒީކް އާއި މައިޝާ އެކި ވާހަކަތަކުގައި ތިއްބާ ޒީކާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އެކުއްޖާ އައީކަން މައިޝާ އަށް ވިސްނުނެވެ. ” ހިއާ ހީ ކަމްސް. މަލާ މީ ނަޖާހު. ޒީކްގެ ބޯއީފްރެންޑް އެންޑް ނަޖާހު މިއީ މަލާ މައި ބިއުޓިފުލް ސިސްޓަރ އެންޑް އަ ބެސްޓީ ޓޫ.” ޒީކް އުފަލުންހުރެ މައިޝާ އަށް ނަޖާހު ތައާރަފުކޮށްދިނެވެ. އެވަގުތު މައިޝާ ހީވީ ބާރު އެތިފަހަރެއް މީހަކު އޭނާ މޫނުމަތީގައި އަޅާލިހެންނެވެ.

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

X-girl

Other Articles

Previous

މިލަހަނދުވަރު 1

Next

އެމިލީ ( ދެވަނަ ބައި-2)

Next
March 23, 2017

އެމިލީ ( ދެވަނަ ބައި-2)

Previews
March 23, 2017

މިލަހަނދުވަރު 1

23 Comments

  1. Muku MarCo says:
    March 23, 2017 at 12:41 pm

    Gugu Paste Sajid Adam Axfag

  2. Someone says:
    March 23, 2017 at 1:03 pm

    Najaah zeek aa rahtehi vegen dhw! Alhey hamdhaan and maisha gulhuvah chey. I log this story. Waiting 4 the next part!!??

  3. Someone says:
    March 23, 2017 at 1:04 pm

    I Love this story*

  4. Fann says:
    March 23, 2017 at 1:05 pm

    Oh….wow…..kiyamun dhiyairu hyviey eii hama najaah ey….whn is da nxt prt?

  5. X grl fan says:
    March 23, 2017 at 1:09 pm

    Wow story v reethi. Ekm ebahuri imla mistake Nd baeh sentence thahvx. So next part ga ekanthah ragalhu kohlaathi.?

  6. X-girl says:
    March 23, 2017 at 1:09 pm

    thankyu all. next part iraadha kurevviyyaa tmrwga

  7. Bella says:
    March 23, 2017 at 1:25 pm

    varah hadi mihaaru mi story. dheravejje X-girl ah support kurevunyma. Wasted my precious time to read this shit

    1. ?? says:
      March 23, 2017 at 2:48 pm

      Yahh this story is totally not nice..i can’t tollerate the same shit

    2. ??? says:
      March 23, 2017 at 2:49 pm

      Yahh this story is totally not nice..i can’t tollerate the same shit

  8. Shim says:
    March 23, 2017 at 1:54 pm

    Mi part ge fahu baii Kurin kyvaahka akaa haadha vahtharey… heevny copy past kohlaafa oi hn. ..

  9. YammYoon says:
    March 23, 2017 at 2:00 pm

    Wow… ! Najaah mee kn kahala meehehtha… Dhebaithashin kaan ulhey meeheh… v v reethi ingey… next thankolheh avahah up kobba… plxxxx v interesting…

  10. Bella says:
    March 23, 2017 at 2:03 pm

    Wrh reethi.. ekm eba huri mistake thah .. so den liyaa part ga ekanthah thah rangalhu kohlaathi.. keep it up..

  11. imagination says:
    March 23, 2017 at 2:10 pm

    najaahu kada.. balaaba hedhi goi.. dhaan ah malaa dheynvi <3

  12. sasha says:
    March 23, 2017 at 4:20 pm

    mi vaahaka nimedhen genes dheyne baa ey hama hithah arany

  13. maal says:
    March 23, 2017 at 4:53 pm

    mipart ves vrh reethi..

  14. ? says:
    March 23, 2017 at 8:41 pm

    Kobaitha koohtha???
    Koohtha i miss you?

  15. Emma says:
    March 23, 2017 at 10:43 pm

    I think mi vahaka kurin vx kiyaalin kanneyge

  16. Rapunzel says:
    March 23, 2017 at 11:53 pm

    V nice story.. Malaa dheynii dhaaan ah ❤ not najaah

  17. aLYA says:
    March 24, 2017 at 11:21 am

    vrh salhi hama haabbu

  18. koo says:
    March 24, 2017 at 11:22 am

    good

  19. kamana says:
    March 24, 2017 at 11:30 am

    dhaan ah malaa dhen v aslu…….naajaah kada….mivaahaka vrah reeth …..x girl keep it up….aslu esfiya page in vahaka nukiyan ekam migey kuhjeh kiyaathy mivaahakai ge part 1 reethi v ma kiyaaly ….. aslu vrh reethi mivaahaka…..x girl ge vaahaka varh reethi…..mivaa haka nimendhe up kurahchey……waiting…… x girl ge hurihaa vahka eh reethi vefa avahah up kuraane kamah heekuran ……..good luck….keep it up….

  20. Flower says:
    March 24, 2017 at 11:50 am

    Miyadhu up kondhenjey x girls ..mihaaru kiyaa hithun hureaveanee kee nun..wait

  21. rose says:
    March 24, 2017 at 12:14 pm

    waiting for next part pleas avahah up kohdheebala x girls..

Comments are closed.

All Right Reserved!