Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތާ ފުރާނައިގެ ދިރުމޭ (9)

Aaran Level 110 Stories
February 26, 2017 8 Mins Read
14 Comments

ދޮރުން އެތެރެއަށް ވަދެގެން އައި ރިޔާޒު ހުރީ ނުރުހިފައިކަން ރަޔާލަށް ވަގުތުން އެނގިއްޖެއެވެ. ނަމަވެސް ބައްޕަ އެހާ ރުޅި އަންނަން ވި ސަބަބެއް ރަޔާލަކަށް ނޭނގުނެވެ. އޭނާ ރާބިޔާ ކައިރިއަށް ދިޔަ ވާހަކަވެސް މައުވާ މީހަކަށް އެނގޭނީ ނޫން ވިއްޔާއެވެ؟ ނަމަވެސް ފަހަތުން މައުވާ ކުއްވެރި އެއްހެން ވަނުމުން ރަޔާލް ފާޑަކަށް އަނގަ ހަދާލައިފިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ރޮޔާޒް އެތަނުން ނިކުތުމުން ޔާސީންވެސް ރަޔާލްއަށް ބަލާލަމުން އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ރާބިޔާ ކައިރިއަށް ގޮސްފައި އައިފަހުން ރަޔާލްގެ ބޮލުގައި ނުފިލާ ތަދެއް ހުރެއެވެ. އެންމެން އެތަނުން ނިކުތުމުން ރަޔާލް ބަލާލީ ނިދާލެވޭތޯއެވެ. ނަމަވެސް ދެލޯ މަރާލުމުން އޭނާއަށް އަޑު އިވެނީ ރޫބީގެ ރުއިމުގެ އަޑެވެ.

 

#     #     #     #     #

 

ފައިސަލް ރޫބީގެ ދެފައިގައި ހިފާ ދުރުކޮއްލުމުން އެކުއްޖާ ރޮއެގަތް ބާރުކަމުން އަޑުވެސް އިރުކޮޅަކަށް ކެނޑުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އެތަނުން ދުރަށް ގޮސްފިއެވެ. ރޫބީ ބެލީ އެތަނުން ތެދުވެވޭތޯއެވެ. ތެދުވަން ހިފާލި ނަމަވެސް އޭނާގެ ފަޔަކު ވަރެއް ނެތެވެ. އެހާ ފަސޭހައިން އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ކިތަންމެ ކުޑަ ނަމަވެސް އެކުއްޖާ ވިސްނުން ވަރަށް ތޫނެވެ. ކޮންމެ ފަދަ ހާލެއްގައިވެސް އޭޏާ ބޭނުންވީ އެތަނުން ފިލާށެވެ.

“ރޫބީ…” ފައިސަލް މޫނުން ދާތަށް ފުހެލަމުން ރޫބީއާއި ވީ ފަރާތަށް އެނބުރިލައިފިއެވެ. އެއާއެކު ރޫބީ ކުރަމުން އައި މަސައްކަތް ނިންމާލުމަށްފަހު އޭނާ ބިރުން ދެއަތް ޖޯޑު ކޮއްލައިފިއެވެ.

“ބޭބޭ.. ރްރް.. ރޫ.. ރޫބީ ގެއަށް ދާން ބޭނުންވަނީ..” ގިސްލެވޭވަރުން ކުޑަކުޑަ ރޫބީ ވާހަކަވެސް ނުދެއްކެއެވެ.

“ކޮން ބޭބެ އެއް.. ފައި ކިޔާބަލަ… ފައި..” ގުދު ވެލަމުން ފައިސަލް އެހެން ބުނިއިރު އެމޫނުގައިވި ނުބައި ކުޅިވަރުން ރޫބީ ބިރުން އޯކަށް ދެމިލައިފިއެވެ. ހޮޑު ލާނެ އެއްޗެއް ނެތް ނަމަވެސް އޭނާ އޯކަށް ދެމެވުނީ ބިރުންނެވެ.

“ހިނގާ.. މިހާރު” އަނެއްކާވެސް ފައިސަލް ބެލީ ރޫބީގެ ފައިގައި ހިފޭތޯއެވެ. ރޫބީ ފައިގައި ހުރި ހުރިހާ ބާރެއް ލަމުން ފައިސަލް ކޮއްޕާލައިފައި ދުއްވައި ގަންނަން މަސައްކަތް ކޮއްލައިފިއެވެ. ތެދުވަން އުޅުމުގެ ތެރޭގައި ރޫބީގެ އަޅައިގަތީ ތިރީގައި މޮހަރު ޖަހާފައިވާ އޮތް ފިލައިގަނޑެއް ގައެވެ. ވީތަދުން އެކުއްޖާއަށް ހިރިވެސް ނުލެވުނެވެ. ވީނުވީއެއްވެސް ނޭނގުނެވެ. ރޫބީއަށް އޭނާގެ ފައިފަލަ މަސްގަނޑުން ލޭ އަންނަތަން ފެނުމުން މަޑުމަޑުން އެތަނުގައި އަތްހާކާލެވުނެވެ. އައްސި ވެފައިވުމުން އޭނާއަށް ތަދު އިހުސާސެއް ނުކުރެވުނެވެ. މަޑުމަޑުން ރޫބީ ބަލާލީ ކައިރީގައި ހުއްޓި ލައިގެން ހުރި ފައިސަލްގެ މޫނަށެވެ. އޭރު މުނިތަނަށް ދިޔައީ އަނދިރިކަން ވެރިވަމުންނެވެ.

 

#    #    #    #    #     #

 

ނިދިފައި އޮތް ރަޔާލަށް ހޭލެވުނީ އަނެއްކާވެސް ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ވާތުފަޔަށް އައްސި ވެފައިވުމުން އޭނާ އަވަހަށް އތަނުގައި އަތް ހާކާ ލައިފިއެވެ. ނަމަވެސް ލެއެއް ނެތެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ރަޔާލްގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އަޅާލި ހެންނެވެ. މަޑުމަޑުން ތެދުވެގެން ރަޔާލް ވަނީ ފާހާނާއަށެވެ. މަޑުމަޑުން ލައިގެން ހުރި ހަރުވާޅު ތިރި ކޮއްލިއިރު އޭނާއަށް އަމިއްލަ ފައި ތުރުތުރު އަޅާތަން ފެނުނެވެ. ފާހާނާ ތަށި މަތީގައި އިށީންނަމުން ރަޔާލް އޭނާގެ ވާތު ފަޔަށް ނަޒަރު ހިންގާލައިފިއެވެ. އެފައިގައި ލޭގެ އެއްވެސް އަސަރެއް ނެތެވެ. ނަމަވެސް ދިގުކޮށް ހުރި ލަކުނެއް ހުއްޓެވެ. ކުރިން އެލަކުނު ފެނުނު ނަމަވެސް މިކަހަލަ އެއްޗެކޭއެއް ހިތަކަށް ނާރައެވެ. އޭނާއަށް ހީވީ ރަނގަޅަށް ބާއެވެ. އޭނާއަކީ ރޫބީ ހެއްޔެވެ. އަތް ނަގައި ރަޔާލް އެލަކުނު މަތީގައި އަތް ހާކާލައިފިއެވެ. ހީވީ މިވީހައި ދުވަހު ފޮރުވިފައިވާ އެތައް ކަމެއް އައިސް އެނާއާއި ކުރިމަތި ލިހެންނެވެ.

ތިރީހަކަށް މިނެޓް ފަހުން އަނެއްކާވެސް ޔާސީން އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. ނަމަވެސް މިފަހަރު އަހަންއައީ އެގެއަށް ދިޔަ ސަބަބެވެ. ދޮރު ހުޅުވާލުމަށްފަހު ޔާސީން ވަށައިގެން ބަލާލީ ރަޔާލް ފެންނަން ނެތުމުންނެވެ. އެތެރެއަށް ވަދެ އެނދުދަށަށް ގުދުވެ ބަލާލީ ރަޔާލްގެ ގޮތެއް ނޭނގޭތީއެވެ.

“ރަޔާލް…” އެތާ އެތެރެއިން ފެންނަން ނެތް ކަމުގައި ވިއަސް ރަޔާލަށް ގޮވާލައިފިއެވެ. ހުޅުވިފައިވާ ފާހާނައިގެ ދޮރުން ފަނޑު އަލިކަމެއް ފެންނަން ހުރުމުން ޔާސީން ހަލުވިކޮށް ހިނގާލާފައި ގޮސް ތަޅުގައި ހިފާލައިފިއެވެ. ދޮރު ހުރީ އެއްކޮށް ނުޖެހިއެވެ. އަވަހަށް ހުޅުވާލި ދޮރުން އެތެރެ ފެނުނު ވާގުތު ޔާސީންއަށް ބާރަށް ނަރުހަށް ގޮވާލެވިއެވެ.

“ރަޔާލް…” ތިރިއަށް ހަބަރު ހުސްވެގެން ވެއްޓިފައި އޮތް ރަޔާލްގެ އަނގައިން އޭރުވަނީ ހުދުކުލައިގެ އެއްޗެއް ބޭރުވެފައެވެ. ޔާސީނަށް ދެން ބަލާލެވުނީ ރަޔާލް ލައިގެން ހުރި އެއްޗެއްސަށެވެ. ހަރުވާލު ބޭލިފައިވާ ތަން ފެނުމުން ދުރަށް އެނބުރުނު ނަމަވެސް ޔާސީނަށް މިވަގުތު މުހިންމުވީ ރަޔާލް އެތަނުން ނެގުމެވެ. އޭރު އެތަނަށް ނަރުސް އަންހެން ކުއްޖާވެސް އަތުވެއްޖެއެވެ. އެނދުގައި ރަޔާލް ބޭއްވުމަށްފަހު ޔާސީން އެނބުރުނީ އަނެއް ފަރާތަށެވެ.

“ކިހިނެއްތޯ ހަދަންވީ؟” ނަރުސް ކުއްޖާ އެހެން އަހާލުމުން ޔާސީން އެތަނުން ނިކުމެގެން ދިޔައީ ކުރިން ރަޔާލް ބެލި ޑޮކްޓަރ ބަލައެވެ.

ލޯ ހުޅުވާލި ރަޔާލަށް މިފަހަރު އެތަނުން ފެނުނީ ޔާސީން އެކަންޏެވެ. ޔާސީން ފެނުމާއެކު ރަޔާލް އެނބުރިލީ އަނެއް ފަރާތަށެވެ. ހީވީ ޔާސީންގެ މޫނަށް ބަލަން އުނދަގޫ ވިހެންނެވެ. ކުޑައިރުގެ އެތައް ކަމެއްގެ ތެރެއިން އޭނާ ޔާސީންވެސް ހަނދާން ވެއްޖެއެވެ. ޔާސީނަށް އެބެލުން ދެމެގަނެވުނު ކަހަލައެވެ. އެއްވެސް ބަހެއް ނުބުނެ ދެމީހުން ބަލަން ކުޑަދޮރުން ބޭރަށެވެ. އެތަނުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަން އެކަންޏެވެ. ރަޔާލަށް އުނފަގޫ ވިނަމަވެސް އެދުވަހު ޔާސީނަށް އޭނާއަށް އެހީތެރި ނުވެވޭނެކަން ވިސްނެއެވެ. ހިންދިރުވާލި ރަޔާލް ހަނދާންވީ އޭނާގެ އަސްލު މަންމަ ފައިސަލަށް “ފައި” އޭ ކިޔާފައި ގޮވާގޮތެވެ. މުޅި އުމުރުގެ ދެބައި ކުޅަ އެއްބައި އޭނާ ވޭތުކުރީ ހަޔާތުގެ އެންމެ މުހިންމު ކަންތައް މަތިން ހަނދާން ނެތިއެވެ. އޭނާ އެހެން ކުދިންނާއި ތަފާތުވީ ކީއްވެކަން އަދި ކިރިޔާ މި އެނގުނީއެވެ.

“ރަޔާ…” ހިމޭންކަން ފޫއަޅުވާލަމުން ޔާސީން ގޮވާލި ގޮތުން ރަޔާލްގެ ހިތުގައި ޖެހިލައިފިއެވެ.

“ހޫމް…” ރަޔާލްގެ ޖަވާބު ވަރަށް ކުރެވެ. އަރު ބެދިފައި ވުމުން ރަޔާލް ކަރު ކެހިލީ ވަރަށް މަޑުންނެވެ.

“ރަޔާލް އަހަންނަށް ކިޔާ ދިނުމުން ނޫނީ އަހަންނަށް ވެވޭނެ އެހީއެއް ނޯންނާނެ..” އެނދާއި ކައިރިއަށް ގޮނޑި ދަމާލަމުން ބުނެލައިފިއެވެ.

“މިހާރު އެނގިއްޖެ..” ރަޔާލް އެހެން ބުނެލީ ޔާސީންގެ މޫނަށް ބަލާލަމުންނެވެ. ޔާސީން ހައިރާންވީ ކުރިން ރަޔާލްގެ ހުރި ގޮތްތައް ކެނޑެމުންދާތީއެވެ.

“ކޮންކަމެއް؟” ތެޅެމުންދިޔަ ހިތާއެކު އެހެންބުނެލި ޔާސީން އިސްޖަހާލީ ރަޔާލް ބުނެފާނެ އެއްޗަކަށެވެ.

“އެދުވަހު ސިމްޕަތީވަނީ އޭ ބުނީ ކީއްވެކަން..” މަޑުމަޑުން އެހެން ބުނެލަމުން ރަޔާލްބޭނުންވީ ޔާސީން އޭނާގެ ކުރިމތަން ފޮނުވާލާށެވެ.

ރަޔާލް އެހެން ބުނުމުން ޔާސީން އިތުރަށް އެއްޗެކޭއެއް ނުކިޔައެވެ. ދެމީހުންވެސް އެހެން ތިބެފައި ޔާސިން އެތަނުން ނިކުތީ ރިޔާޒްމެން އައިސް ވަނުމުންނެވެ. ރިޔާޒް ރުޅިއައިސް ވާހަކަ ދެއްކުމުން ރަޔާލް ވީގޮތް ކިޔައި ދީފިއެވެ. އޭނާ ހަމައެކަނި ސިއްރު ކުރީ ފައިސަލްގެ ވާހަކައެވެ. އިތުރަށް އެނގެން ބޭނުންވާތީ މިވަގުތަށް އެވާހަކަތައް ދައްކަން ރަޔާލް ބޭނުން ނުވީއެވެ. އޭނާ އަމިއްލައަށް ހުރިހާ ކަމެއްގެ ހަޤީޤަތް ހޯދާނެއެވެ. އޭނާއަށް މިހާލު ޖެއްސީ ކީއްވެތޯވެސް ބަލާނެއެވެ.

************

ރާބިޔާއާއި ފައިސަލް ކޮފީ ދެތަށި ހިފައިގެން ތިބީ ކާމޭޒު ކައިރީގައެވެ. ދެމީހުންގެ މޫނު މަތީގައިވެސް ވަނީ އެުފާވެރި ކަމެވެ. މީގެ އިރުގަނޑެއް ކުރިން ހިންގި އަމަލުގެ ފޮނި މީރުކަން އަދިވެސް ފިލައިގެނެއް ނުދެއެވެ. ރާބިޔާ ވާހަކަ ދައްކަމުން ދިޔައީ ރޫބީއާއި ބެހޭ ގޮތުންނެވެ. ފައިސަލް އަނގައިން ޗުއްޕުވެސް ނުބުނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީދުރުގައި ބަހައްޓާފައިހުރި ޕިއަނޯއަށެވެ. އެއީ މީގެ އެތަށް އަހަރެއް ކުރިން އޭނާއަށް ރޫބީ ފެނުނު ތަނެވެ. އެހިނދު ކޮޅުން ފެށިގެން އޭނާ ރޫބީދެކެވީ ހަޤީޤީ ލޯތްބެވެ. މީގެ ކުރިން އޭނާއަށް ނުވާ އެތައް ގޮތެއް ރޫބީ ފެނުމުން ވިއެވެ.

ފައިސަލް އައިސް ގޭގެ ދޮރު ހުޅުވާލިއިރު ޔާސީންހުރީ ގޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހީވަނީ ކޮންމެވެސް މީހަކަށް އިންތިޒާރުގައި ހުރި ހެންނެވެ. ފައިސަލް ތަންކޮޅެއް ބާރަށް ހިނގާލާފައި ދިޔައީ ކޮޓަރިއާއި ދިމާލަށެވެ. ޔާސީން އޭނާއާއި ދިމާލަށް ބަލަން ހުރޮ ގޮތުން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިކަން އެނގެއެވެ. ވާހަކަ ދައްކަން ބޭނުން ނުވެފައި ހުރެވެސް ޔާސީން އެމަޑު ކުރަނީ އޭނާ ގެއަށް އަންނާނޭ އިރަކަށެވެ. ނަމަވެސް ފައިސަލް އެވަރަކަށް ނޫޅުނެވެ. ޔާސީން ބޭނުމިއްޔާ އިސްނަގައިގެން ވާހަކަ ދައްކާނެއެވެ. އެހެންނޫނީ އޭނާއަށް އަމިއްލައަށް އިސްނަގައިގެން ވީކަމެއް ނާހާނެއެވެ. ކުރިންވެސް ވާހަކަ ދެއްކުން ހުއްޓާލީ ޔާސީނެވެ.

“ބައްޕާ..” ލަހުން ނަމަވެސް ޔާސީން ގޮވާލައިފިއެވެ. ކޮޠަރީގެ ދޮރުފަތް ހުޅުވާލުމަށަފަހުގައިވެސް ފައިސަލް އެނބުރިލައިފިއެވެ. ނަމަވެސް އާނއެކޭވެސް ނޫނީ އެހެން އެއްޗެކޭވެސް އޭނާ ނުބުނެއެވެ.

“އަހަރެން ބައްޕަ ކައިރީގަ ވާހަކައެއް ދައްކަން.. ނޫން އަހަންވެފަ އެބައޮތް؟” ޔާސީން ވަރަށް ހިތަވަރު ކޮއްލާފައި އެހެން ބުނިއިރު އެމޫނުން ފެންނަނީ ނުތަނަވަސް ކަމެވެ.

“ބައްޕައަށް އިނގޭތަ ގޯސްކަންތައް ކުރާ މީހުންގެ ދަރިން ގިނަ ފަހަރަށް ގޯސްކަންތައް ކުރާނެ.. އެމީހުންގެ ގައިން ބައެއް ފަހަރު ދަރިންނަށް އެކަންތައް ވާރުތަ ކުރާނެ.. އެކަމް އެއީ ބައެއް ފަހަރު… މީހުން މަރާ މީހުންގެ ދަރިން ގިނަފަހަރު މީހުންވެސް މަރާ އެކަމް ހަމަ މިފަދަ މީހުންގެ ދަރިން މީހުން ނުމަރާވެސް ހުރޭ…”

“ޔާސީން މީ ކްރިމިނޮލޮޖީ ލެކްޗަރ އެއްތަ؟” ޔާސީން ދައްކަމުން ދިޔަ ވާހަކައިގެ މިސްރާބެއް ނޭނގުމުން ފައިސަލް ކުރި މަރާލަމުން ބުނެލައިފިއެވެ.

“ނޫން.. މިބުނަނީ ކުޑައިރު ކަމެއް ވެފަ ތިބޭ މީހުންވެސް…” ޔާސީނަށް ސީދާ އެވާހަކަ އަހާނެ ގޮތެއް ނޭނގުނެވެ. ފައިސަލްވެސް ފާޑަކަށް އަނގަ ހަދާލައިގެން އިނީ ޔާސީން ކިޔަން އުޅުން އެއްޗެއް ނޭނގޭތީއެވެ.

“ދުވަހަކުވެސް ބައްޕައަށް އެހެން މީހަކު އަނިޔާއެއް ނޫނީ ހިތުން ނުފިލާ ވަރުގެ ކަމެއް ކުރިތަ؟ ނޫނީ ބައްޕަގެ މަންމަ ނޫނީ ބައްޕަ ގޯސްކަންތައް ކުރޭތަ؟ ބައްޕާ ޕްލޯޒް ޓެލްމީ.. ކީއްވެ ރޫބީއަށް އެހެން ހެދީ” އެންމެ ފަހުން މިހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން ހުރި ވާހަކަ ބުނެވުމުން ޔާސީނަށް ހީވީ އެތައް ޓަނެއްގެ ބުރައެއް އޭނާގެ ބޯމަތިން ދިޔަ ހެންނެވެ.

“ޔާސީން ކީކޭ ކިޔަން ތިއުޅެނީ…” ފައިސަލް ނޭނގޭ ކަމަށް ހާދާލާފައި އެހެން ބުނުމުން ޔާސީން ހިފަހައްޓާލައިގެން ހުރި ރުޅި ހައްތަހާ ވީއިތުރެވެ.

“ޕްލީޒް އައި ނޯ ޔޫ އެބިއުޒްޑް ހަރ…” ދޮރު ހުޅުވާލީ ޒުހައިރާގެ ކަންފަތުގައި އެއަޑު ޖެހުމުން އޭނާ މަޑުމަޑުން ދޮރުފަތް ކައިރި ކޮއްލީ އެމީހުންނަށް ނުފެންނަން ވެގެންނެވެ.

“ޔާސީން ހީކުރީ ހަމައެކަނި އެހެން ކަމަށްތަ ސައިކޯޕާތްސް އުފަންވަނީ.. ނޫނީ އެކަހަލަ ގޯސް ކަންތައް ކުރާ މީހުންނަށް ވަނީ.. ބައެއް މީހުންނަކީ ބޯން ސައިކޯޕާތްސް..” ފައިސަލް އެހެން ބުނިއިރު އޭމުނު ގައިވި ހިނިތުން ވުމުން ބިރުގަތީ ހަމައެކަނީ ޔާސީނެއް ނޫނެވެ.

“ބައްޕާ އައި ކެން ހެލްޕް ޔޫ.. ޔޫ ނީޑް ހެލްޕް.. ތެދަށް ހުރިހާ ކަމެއް ކިޔާދީ” ޔާސީން ދެންވެސް ބެލީ އޭނާގެ ބައްޕައަށް ވިސްނައި ދެވޭތޯއެވެ. ނަމަވެސް ފައިސަލް އެއްބަސް ނުވި ތާނގައި ހިނިތުން ވެލައިގެން ހުރީއެވެ. ޔާސީން ކޮންޓްރޯލް ކުރަމުންދިޔަ ރުޅި މައްޗަށް ދިޔައީ އެހިސާބުންނެވެ. އެރި ރުޅީގައި މޭޒުމަތީގައި ހުރި ތަށިތަކުގައި އަތުން ޖަހައިފިއެވެ. ޒުހައިރާއަށް ކެއްކުރެވުނީ އެހިސާބަށެވެ. ދުވެފައިއައިސް ޔާސީންގެ އަތުގައި ހިފަހައްޓާލައިފިއެވެ. ފައިސަލް އޭރުވެސް ހުރީ ހިނިތުން ވެލައިގެންނެވެ. އެމޫނުގައި ކުޑަވެސް ލަދުވެތި ކަމެއް ނެތެވެ. ޔާސީން ޒުހައިރާގެ އަތް ފޮޅުވާލަމުން ގެއިން ނިކުމެގެން ހިނގައިގަތީ އަނބުރާ އެގެއަށް ނުވަންނަން ނިޔަތް ގަނެގެންނެވެ.

“ފައިސަލް…” ޒުހައިރާ ކަރުނުން ފުރިފައިވާ ދެލޮލަށް ބަލާލި ފައިސަލްގެ މޫނު މަތީގައިވާ އެ ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. އަދި އޭނާ މަޑުމަޑުން ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

ބެލްކަނީގައި އިށިނދެލައިގެން އިން ރަޔާލްގެ ލޮލަށް ސިފަވަމުން ދިޔައީ އެތައް ދުވަހެއް ވަންދެން އޭނާ ތަހައްމަލު ކުރި ތަދާއި ވޭނެއެވެ. ހަމައެކަނި ހަނދާން ނެތީ އޭނާ އެހުރިހާ ކަމެއް ހަނދާން ނެތެންވި ސަބަބެވެ. އެކި ހިޔާލުތަކުގައި އިން ރަޔާލް ސިއްސުވާލީ ފަހަތުން އޭނާގެ ބައްޕަގެ އަޑެވެ. އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ރަޔާލް އެނބުރިލީ އެދިމާއަށެވެ. ނަމަވެސް ބައްޕަގެ މޫނަށް ބަލާކަށް ނުކެރުނެވެ. އެއަށްވުރެ ބޮޑަށް ކުއްވެރިއެއްގެ ގޮތަށް އަމިއްލަ ނަފްސު އޭނާއަށް ފެންނަނީއެވެ. އެންމެ ފަހުން ވަރަށް ހިތްވަރު ބައްޕައާއި ދިމާލަށް ބަލާލައިފިއެވެ.

“ބައްޕާ.. ސޮރީ” ތިރިއަށް ބަލާލަމުން އެހެން ބުނި ރަޔާލްގެ މޫނުގައިވި އެތައްހާސް ކުލަވަރުން ރިޔާޒް ހިތް ނުތަނަވަސް ވެއްޖެއެވެ.

“ރަޔާ… ބައްޕަ ހަމައެކަނި ބަލަން ބޭނުންވީ ރަޔާލް އެގެއަށް ދާން ޖެހުނު ސަބަބެއް” ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ޔިޔާޒް އަހާލައިފިއެވެ

“އަހާލަން ބޭނުންވީ ހަމައެކަނި ކޮބާތޯ.. ރޫބީ އަކީ؟” ރަޔާލް ބޭނުންވީ އޭނާގެ ބައްޕަގެ މޫނަށް އަރަމުންދިޔަ ކުލަތައް ދެނެގަންނާށެވެ. އެބައްޕަ އޭނާ ގެންގުޅުނީ ހުރިހާ ކަމަކުން ފޮރުވައިގެންނެވެ. ނޭނގުމުގެ ތެރޭގައި އޭނާވެސް ވަނީ ބައްޕަގެ ހިތުގައި ޖައްސާފައެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން އަރުބެދުމުން ރަޔާލް ކަރު ކެހިލައިފިއެވެ. މޭގައި އަތް ހާކާލަމުން ބަލާލިއިރު އެލޮލުގައިވަނީ ކަރުނައެވެ. ރިޔާޒްއަށް އެމަންޒަރު ފެނުމުން ކަމެއް ގޯސްވެއްޖެކަން އިނގިއްޖެއެވެ. މެޔާއި ދިމާލުން ހިފަހައްޓާލައިގެން ގޮނޑިން ތެދުވެ ރަޔާލް ކަކޫ ޖަހާލީ ރިޔާގެ ކުރިމަތީގައެވެ. މަޑުމަޑުން އަތް ނަގައި ރިޔާޒްގެ ފައިގައި ހިފާލީ މާފު ކުރާށޭ ބުނާ ކަހަލަ ގޮތަކަށެވެ.

“ސޮރީ ބައްޕާ.. މި.. މިހާރު އިނގޭ ބައްޕަ ފޫހިވާނެ ވަރު އަޅުގަޏޑު ދެކެ..” ރަޔާލަށް ވާހަކަ ދައްކަން އުނދަގޫ ވުމުން ކަރުގައި އަތްހާކާލަމުން އަނެއްކާވެސް ބައްޕަގެ މޫނަށް ބަލާލައިފިއެވެ.

“ޑޭޑް އައި ނޯ… އަމް ރޫބީ ރައިޓް..” އެހެން ބުނި ރަޔާލްގެ އަޑު މިފަހަރު ބާރުވީ ވޭނީ ރުއިމުގެ އަޑުންނެވެ. ރޮމުންދިޔަ ރަޔާލް ގުދުވެލީ މާބޮޑަށް މެޔާއި ދިމާލަށް ތަދުވުމުންނެވެ. ހީވީ ހިތާއި ދިމާއިން ފިތުނު ހެންނެވެ. އެއްޗެކޭ ބުނަން ނޭނގިފައި އިން ރިޔާޒް ބޯޖަހާލަމުން އާނއެކޭ ބުނުމުން ރަޔާލް ގިސްލުންވީ އިތުރެވެ.

އޭނާއަށް ވިސްނެމުން ދިޔައީ އެންމެ ފުރަތަމަ ރަޔާލް ފެނުނު ދުވަސް މަތިންނެވެ. ނަމަވެސް މިހާރު އޭނާގެ ހިތަށް އަރަމުން ދިޔައީ ރަޔާލް ހަނދާން ހުރި ވަރެކެވެ. ރަޔާލް ހަމަޖެހުމުން ބޭރަށް ނިކުމެލީ ހިތުގައިވި ވާހަކަތައް އާމިރާއާއި ހިއްސާކޮއްލާށެވެ. ނަމަވެސް ރާބިޔާ ރާވަމުންދިޔައީ ކޮންފަދަ ކަންތައް ގަނޑެއް ހެއްޔެވެ؟ އޭނާގެ ދަރިފުޅު އެގެއަށް ގެންގޮސްގެން ރާބިޔާ ހާސިލް ކުރަން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ. ރަޔާލް އޭނައަށް ލިބުނު ފަހުން އޭނާވަނީ ރާބިޔާ ޖަލަށް ލާފައެވެ. އެއީ އޭނާ ރަޔާލަށް އަށްޓަކައިވީ އެންމެ ބޮޑު ޤުރުބާނީއެވެ. ދަރިފުޅު އެހެން ރޯތަން ބަލަންވަނީ ފަހެ ކާކުއަށް ހެއްޔެވެ.

 

*********

ޔާސީން ކެންޓީނުގައި އިނީ ފިނި ކޮއްފައި ހުރި ކޮފީ ދަޅެއް ހިފައިގެންނެވެ. ކުޑަކޮށް ބޮލުގައި ރިހުމެއް ހުރުމުން ނުކަނޑައި ފުރަތަމަ އެޖައްސާލީ ބޮލުގައެވެ. ތަންކޮޅެއް ދުރުގައި ބަލަންހުރި ޒުހައިރާ އޭނާއަށް ފެނުނީ އެވަގުތުގައެވެ. މަންމައާއި ދިމާލަށް އޭނާއަށް ބަލާލެވުނީ އެހެންނާ ބަލާ ގޮތަކަށް ނޫނެވެ. އެބެލުމުގައިވަނީ ކުއްވެރިކުރުމެވެ. ޒުހައިރާ އަތް އުފުލާލީ އޭނާއަށް ޔާސީން ފެނުނުކަން އަންގާލާށެވެ. ޔާސީން އެންމެ ފަހުން ނިއްއަރުވާލީ އެހެން މީހުންނަށްވެސް ފެންނާނެތީއެވެ. އަނގައިގައި ހުރި ކޮފީކޮޅު ބޯލަމުން އުނދަގޫ ގޮތަކަށް ހީލައިފިއެވެ.

“ޔާނު… ކޮން އިރަކުން ގެއަށް އަންނާނީ؟” މައިލޯ ޕަކެޓުން ހޮޅި ނައްޓާލަމުން ޒުހައިރާ އެތަޅުވާލަމުން ބަލާލީ ޔާސީންގެ މޫނަށެވެ.

“މަންމައަށް ހީވޭތަ އަހަރެން ދާނެހެން.. ހީއިޒް ސިކް.. ސިކް ސަން އޮފް”

” އެއީ ޔާނުގެ ބައްޕައޭ.. ޔާން ތިންމަސް މިވަނީ އެހެން ގެއެއްގަ އުޅޭތާ.. ” ޒުހައިރާ ދެލޯ ބޮޑުކޮއްލަމުން އެހެން ބުނެލުމުން ޔާސީން ހިމޭން ވެއްޖެއެވެ.

“މަންމަ އަދިވެސް ތިރަނގަޅު ކުރަނީތަ؟ ހީ އެބިއުޒްޑް ރޫބީ..” ރޫބީގެ ނަން އަޑު އިވުމުން ޒުހައިރާ ހިމޭން ވެއްޖެއެވެ. ހީވީ މީހަކުމަތިން ހަނދާން ވިހެންނެވެ.

“ދަރިފުޅާ އެކަމް އެއްވެސް ހެއްކެއް ނެތި ކިހިނެއް އަހަރުމެން..” ޒުހައިރާވެސް އެބުނީ ދޮގު ވާހަކައެއް ނޫނެވެ. އެއްވެސް ހެއްކެން ނެތި އޭނާ ބައްޕައާއި ދެކޮޅަށް ނިކުންނާނީ ކިހިނެއް ހެއްޔެވެ.

ދެމައިންގެ ވާހަކައަށް ހުއްޓުމެއް އައީ ދުރުން މައުވާ ހިނގާފައި އަންނަތަން ފެނުމުންނެވެ. ޔާސީން ހިނިތުން ވެލަމުން އަނެއްކާވެސް ކޮދީ ދަޅުން އެތިކޮޅެއް ބޯލައިފިއެވެ. ކޮފީ ދަޅު ބަހައްޓާފައި މައުވާ އަންނަ ތަނާއި ދިމާލަށް ބަލާލި ޔާސީންގެ ހިތް ހީވީ އިރުކޮޅަކަށް ހުއްޓުނު ހެންނެވެ. ފަހަތުން ހިނގާލާފައި އައި ރަޔާލް ފެނުމުން އޭނާ މޫނުގެ ކުލަވަރު ފެނުމުން ޒުހައިރާ ފަރުވާވެ ބަލައިލައިފިއެވެ.

ދެތިންމަހު ނުފެނި ހުރެފައި ފެނުމުން ކުޑަ ހިނދުކޮލަކަށް ނަމަވެސް ފުންކޮށް އެލޮލަށް ޔާސީނަށް ބަލާލެވިއްޖއެވެ. ކުރިއަށްވުރެ ދިގު ވެފައިވާ އިސްތަށިގަނޑު މިހާރު ބުރަކަށީގެ މެދާއި ހަމައަށް ފޯރައެވެ. އިސްތަށިގަނޑުގެ ތެރެއަތް އަތް ލައްވާލަމުން ރަޔާލް ފަހަތަށް ގެންދިޔަ ގޮތުން ޔާސީން އަވަހަށް ތިރިއަށް ބަލާލައިފިއެވެ. ރަޔާކްގެ އިސްތަށިގަނޑު ފެނުމުން ޔާސީން އެންމެ ފުރަތަމަ ކުޑަ ރަޔާލް ފެނުނު ދުވަސް މަތިންނެވެ. ޔާސީން އެމީހުން އެތަނާއި ކައިރި ވުމުގެ ކުރިން ތެދުވެގެން ހިނގައި ގަނެއްޖެއެވެ. ރަޔާލަށް ބަލާލި ނަމަވެސް އެވަރަކުންނެއް ނޫޅެއެވެ. ލޮލުގެ ކޮޅުން ބަލާލީ ޔާސީން ތުނބުޅި ދިގުކޮއްފައި ހުރީމައެވެ. އެފިރިހެންވަންތަ ކަމަށް ވަނީ އިތުރު ފުރިހަމަ ކަމެއް އަތުވެފައެވެ. ނަމަވެސް އެލޮލުގައިވި ވިދުމެއް ނެތެވެ.

ޔާސީންގެ ހިނގުމަށް ހުއްޓުމެއް އައީ ފަހަތުން މީހަކު އައިސް އޭނަގެ އަތުގައި ހިފުމުންނެވެ. އޭރު އޭނާ ހުރީ އޭނާއަށް ހަމަޖެހިފައިވާ ކޮޓަރީގައެވެ.އެއަތުގައިވި ފިނި ކަމުންވެސް އެއީ ރަޔާލްކަން އޭނާއަށް އެނގިއްޖެއެވެ. ހިންދިރުވާ ލަމުން ބަލާލި ޔާސީންގެ މޫނުގައިވި ކުލަވަރުން ރަޔާލްގެ މޫނު މަތިވެސް ބަނަވެއްޖެއެވެ. ދެމީހުންވެސް ކުރިން ވާހަކަ ދައްކާނެ މީހެއްގެ އުއްމީދުގައެވެ.

“ސޮރީ…” ޔާސީން އެހެން ބުނެފައި އަތް ދޫކޮއްލައިފިއެވެ. ކިތަންމެ ބޭނުންވިއަސް އޭނައަށް އެލޯތްބާއި ކައިރި ވެވޭކަށް ނެތެވެ. ރަޔާލް އިސްޖަހާލަމުން އަނެއްކާވެސް ޔާސީންގެ އަތުގައި ހިފާލައިފިއެވެ.

“އައި ގޮނަ މޭއިޓް ގޯ އަވޭ…” ޔާސީން އެހެން ބުނެލުމުން ރަޔާލް ހިނިތުން ވެއްޖެއެވެ. ހަމަ އެއާއެކު ލޮލުގައިވި ކައރުނަތައްވެސް ފައިބައި ގަނެއްޖެއެވެ. ބޮޑަށް ހިނިތުން ވެލުމުން މާބޮޑަށް ރޮވިއްޖެއެވެ.

“މާފް ކުރޭ…” ތުންފަތް ފޫއަޅުވާލުމަށްފަހު ނިކުތް ގިސްލުމުގެ ތެރެއިން އެއަޑު ޔާސީންގެ ކަންފަތުގައި ޖެހުމުން ޔަސީންވެސް ލޮލަށް ކަރުނަ ޖަމާ ވެއްޖެއެވެ. ލޮލުގެ ބޮނޑިއަށް ޖަމާވަމުންދިޔަ ކަރުނައާއިއެކު މިހާރު އޭނާއަށް ރަޔާލްގެ މޫނު ފެންނުނީ ނުސާފުކޮށެވެ.

“އިނގޭ އުނދަގޫކަން އެކަމް އައި ހުއްޓުވާނަން.. އިންޝާ ﷲ..” އެހެންބުނި ރަޔާލް ޔާސީންގެ އަތް ގެނެސް ތުންފަތިގައި ޖައްސާލަމުން ބޮސްދީފިއެވެ. ރަޔާލްގެ ފުށުން މި ފެނުނު އަމަލުން ޔާސީން ވަގުތުން ޝައްކު ވެއްޖެއެވެ.

“ރަޔާލް ކަމެއް ހަނދާން ވީތަ؟ ޓެލްމީ ޔޫ ރިމެމްބަ ޑޯންޓް ޔު..” ޔާސީންގެ ވާހަކަ ތަކަށް މާބޮޑު ފަރުވާލެއް ނެތް އެއަތުން ދޫކޮއްލަމުން އޭނާ ބަލާލި ޔާސީންގެ މޫނަށެވެ. އިންތިހާ ދަރަޖައަށް ލޯބިވާކަން އެލޮލުން އޭނާއަށް ފެނުނެވެ. ރަޔާލްގެ މިޒާޖަށް އައިސްފައިވާ ބަދަލާއި އޭނާ އިސްވެ ވާހަކަ ދެއްކުން އެއީ އެކަމުގެ ހެއްކެކެވެ.

“ރަޔާ ޕްލީޒް ބުނެބަ.. އަހަރެންގެ ބައްޕަ އެއީ ކާކުކަން އިނގޭތަ؟  ރަޔާލް ޕްލީޒް ތިހެން އިގްނޯރ ނުކޮށް ބުނެބަ” ޔާސީން ސުވާލުތައް ކުރަން ފެށުމުން ރަޔާލް ލޯ ފުހެލަމުން ހީލައިފިއެވެ.

“ނޫން އެއްވެސް ކަމެއް ހަނދާނެއް ނުވޭ…” ރަޔާލް އެހެން ބުނި ނަމަވެސް ރަޔާލްގެ ލޮލުން ފެންނަނީ މުޅިން އެހެން ވާހަކައެކެވެ.

“ޔާނު ބުނީ ތެދަށް ޔާނު ހަމްދަރުދީ ވަނީ.. ހަމައެކަނި އެހެން ވިސްނުން ބަހައްޓާނީ ޕްލީޒް..” ޔާސީންގެ ނިޔަތް އެހެން ގޮތަކަށް ބަދަލު ވެއްޖެނަމަ އޭނާ ކުރަން އުޅޭ ކަންތައް ނުވެދާނެއެވެ.

އެހެން ބުނެފައި ރަޔާލް ހިނގައިގަތީ ދޮރުން ނިކުންނާށެވެ. ޔާސީންގެ ޝައްކު ޔަޤީންވުމުގެ ކުރިން އޭނާ އެތަނުން ނިކުންނަން އެބަޖެހެއެވެ. ޔާސީން އަދިވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލޯމަތިން މިފެންނަނީ މީގެ ކުރިން އޭނާ ދެކެފައިވާ ރަޔާލެއް ނޫނެވެ. މިހާރު މިފެންނަނީ މުނިން އާ ރަޔާލެކެވެ. މި ރަޔާލް އުފަންވީ ކޮންއިރަކު ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ރަޔާލަކީ އިސްވެ އެހެން އުޅުނު ކުއްޖެއް ނޫނެވެ. ވިސްނަން އިނުމަށްފަހު ޔާސީން އިސްއުފުލާބަލާލީ އަދިވެސް އެއްފަހަރު ޔަޤީން ކުރުމަށެވެ. ރަޔާލް އެހެން އިސްތަށިގަނޑު ދިގު ކުރުމަށް ބޭނުމެއް ނުވާނެއެވެ. ޔާސީން ދެލޯ ބޮޑު ކޮއްލަމުން ކުރިއަށް ދާން ހިނގައިގަނެއްޖެއެވެ. ނަމަވެސް ޒުހައިރާ ފައިލެއް ހިފައިގެން އައިސް އެއްފަހަރު ހިނގަމުން ދިޔަ ރަޔާލަށް އަނެއްފަހަރު ޔާސީނަށް ބަލާލީ ފާޑަކަށެވެ.

“ރޫބީ…” ޔާސީން އެހެން ގޮވާލުނުން ސިހިފައި ރަޔާލް އެނބުރިލައިފިއެވެ. އެލޮލުގައިވި ބިރުވެރިކަމުން ޔާސީން ހޯދަން ބޭނުންވި ކަންތައް ޔަޤީންވެއްޖެއެވެ.

ނުނިމ#

Share Article

Follow Me Written By

Aaran

Level 110 Stories

Other Articles

Previous

ހުވަފެން (2)

Next

ރޭގަނޑުގެ ރުއިން

Next
February 26, 2017

ރޭގަނޑުގެ ރުއިން

Previews
February 26, 2017

ހުވަފެން (2)

14 Comments!

  1. Yaana says:
    February 26, 2017 at 4:31 pm

    Me first dho

  2. އުމާ says:
    February 26, 2017 at 4:35 pm

    ދިހަވަނަ ބައިގެ އިންތިޒާރުގައި މިހުރީ،،،މި އިންތިޒާރުގެ ނިމުން އަންނާނީ ކޮންއިރަކުން އާރަން…ވާހަކަ ވަރަށް ފުރިހަމަ..

  3. Sha says:
    February 26, 2017 at 6:12 pm

    Haadha kuh gina ey…vaanuvaa eh neygey mi part ga eh…yaaseen geyn nikumegenn ulhey thaa 3 month v ey…i dont get this

  4. Falak says:
    February 26, 2017 at 6:45 pm

    Nice and interesting as always
    Aaran, vaahaka v salhi

  5. Ravi says:
    February 26, 2017 at 7:35 pm

    this is so awesome araauuuu …will wait for next part i dont care if it takes moths also ….hehe ur story is so perfect ? ?

  6. Brainless says:
    February 26, 2017 at 11:21 pm

    Ravi ebunee thedheh…
    This story is damn awesome..????????????????????????
    I find it very interesting..❤❤

    1. Ravi says:
      March 1, 2017 at 7:46 pm

      dhow… 🙂

  7. Naash says:
    February 27, 2017 at 7:14 am

    Yaa. V true. This story is really intresting. Story is superb. When is next part?

  8. Reader says:
    February 27, 2017 at 7:28 am

    When is next part??

  9. Aaran says:
    February 27, 2017 at 7:40 am

    Wednesday or thursday. Sorry i know las kan.. but in shaa allah thurdays up kuraanan

  10. You says:
    February 27, 2017 at 11:16 am

    Next part next mnth last Thursday ????vaguthu nuvaneee yaa nuliye thi be bala???

  11. Malvy says:
    February 27, 2017 at 4:52 pm

    Mi story ekkoh kiyan libeyny konthanakun kan engey meeheh eba huritha???engengnaa plx bunedhyba..plx plx plx..

    1. Aaran says:
      February 27, 2017 at 5:17 pm

      Mi site ga mi story innaany.. dhimv ga innaany 1st part ekani. I havent uploaded this anywhere else. ?

  12. Malvy says:
    February 27, 2017 at 8:19 pm

    Alheyyyyyyy…..so sad…hama kiyaa hiyvany ey mi story…??

Comments are closed.


All Right Reserved!