ލޯބިވަން ޔާރާ އޭ 2
ލޯބިވަން ޔާރާ އޭ 2
“ސަޕްރައިޒް ސަޕްރައިޒް!” އެ އިވުނީ ޔޫލީގެ އަޑެވެ. އީތަން ގެ ނިތަށް އަރުވާލެވިފައިވާ ރޫތައް ފިލައި ގޮސް ހިނިތުން ވެލިއެވެ.
“އޯ މައި ގޯޑް ކޮން އިރަކު މިކޮޅަށް އައީ؟ އަންގާވެސް ނުލާ” އީތަން ވާހަކަ ދެއްކި އިރު އެ އަޑުގައިވާ އުފާވެރިކަން ކޮންމެ މީހަކަށް ވެސް ހާމަ ވާނެއެވެ.
“ހަމަ ދެންމެ. މޮމް އެންޑް ޑޭޑް އަކަށް ވެސް ނޭނގޭނެ. ސަޕްރައިޒް އެއް ދޭން ވެގެން. އެހެން ވީމަ އާދެބަ އަހަރެން ޕިކް ކޮށްދޭން. މިހިރީ ފެރީ ޓާމިނަލް ގަ” ޔޫލީގެ ސަބަބުން އީތަންގެ މޫޑް ވެސް ރަނގަޅު ވީ ފަދައެވެ. އާނ އެކޭ ބުނެ ފޯން ކަނޑައިލުމަށް ފަހު ތައްޔާރު ވާން ފެށި އެވެ.
މިޝެލް އޭނާގެ ކުޑަ ކުޑަ އާއިލާ އުޅޭ އެޕާޓްމެންޓަށް ގޮސް ވައިން އިރު ވަނީ ހަމަ ހިމޭން ކަމެވެ. މިޝެލް އާއި އޭނާގެ ބޭބެ އަދި މަންމަ އުޅޭ އެ އެޕާޓްމެންޓަކީ ހިތްފަސޭހަ އެހެނަސް ކުޑަ އެޕާޓްމެންޓެކެވެ. މަންމަ އަކީ ސްކޫލެއްގެ މަސައްކަތު މީހެކެވެ. ދޮންބެ އުޅެނީ ޕްރައިވެޓް އޮފީހެއްގެ ރަނގަޅު މަޤާމެއްގަ އެވެ. މިޝެލް އަށް ކިޔަވައިދިނީ މިޝެލްގެ މަންމަ އާއި ދޮންބެ އެވެ.
އީތަން ކާރު ޕާކް ކޮށްލުމަށްފަހު ޔޫލީ އަށް ގުޅާލި އެވެ. އަދި ޔޫލީ ގާތު ހުރި ދިމާލެއް އަހައިލި އެވެ. އެކި ދިމަ ދިމާލަށް ނަޒަރު ހިންގާލުމަށް ފަހު އެންމެ ފަހުން އީތަން އިށް ޔޫލީ ފެނުނެވެ. އީތަން ހައިރާން ވީ ޔޫލީ އަށް އައިސްފައިވާ ބަދަލު ފެނިފައެވެ. އެއީ އޭނާގެ ކުޑަ ކުޑަ ކޮއްކޮ ޔޫލީ ހެއްޔެވެ؟ އިސްކޮޅުން ދިގުވެފައި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވެއެވެ. ފަން ދިގު އިސްތަށިގަނޑު ވަނީ ވިހުރެން ދޫކޮށްލާފަ އެވެ. އެ ރީތި ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ލޮލާއިހ ހަމަ އަށް ފޯރައެވެ. އީތަން އަށް ޔޫލީ ނުފެންނަ ތާ ހަތް އަހަރު ވީ އެވެ. މިހާ ބޮޑު ބަދަލެއް ޔޫލީ އަށް އަންނާނެ ކަމަކަށް އީތަން ހިއެއްނުކުރެ އެވެ. އީތަން ޔޫލީ އާއި އަރާހަިމަވެފައި ޔޫލީ ރަކި ކޮށްލަން ފާޑަކަށް ޔޫލީ އަށް ބަލަން ހުއްޓެވެ. އެކަން ކާމިޔާބު ވެސް ވި އެވެ.
“ދެން ދޮންބޭ އައި އެމް ނޮޓް ޔުއަ ގާލް ފްރެންޑް” އީތަން ހިނިގަނޑެއް ޖަހައިލަމުން ޔޫލީގެ ގައިގާ ބައްދާލިއެވެ.
“ބެލޭނެ އެއްނު ތީ ކުރީގެ ކިއުޓް ޗަބީ ޔޫލީ އެއް ނޫނެއްނު! ލުކް އެޓް ޔުއާ ސެލްފް. ވީޑިއޯ ކޯލްް ނަހަދާން އުޅޭތީ ދޮންބެ ހީކުރީ ބޯޅައެއް ވަރު ވީ ކަމަށް. ނަސީބު މިއޮއް ހުރިހާ ދުވަހެއްގެ އިންތިޒާރު ފެނަށް ނުވި ކަން” އީތަން ޔޫލީ ގެ ބޮޑު ފޮށީގައި ހިފަމުން ބުންޏެވެ.
“އަހަރެން ހަތް އަހަރު ފަހުން ފެނުނީމަ ވެސް ތިކަހަލަ އެއްޗިސް ތަ ކިޔަން ވީ؟” ޔޫލީ ރުޅި އަންނަ ކަމަށް ހެދިލިއެވެ.
“ކިޔޭނެ އެއްނު، މިވަރުގެ ޝޮކެއް ދިނީމަ. އަދި އަބަދު އިސްތަށިކޮޅު ކުރުކޮށް ކޮށާފަ ހުންނަ ކުއްޖާ ހަތް އަހަރު ތެރޭ ތި އޮތީ ރެޕަންޒުލް ވަރަށް އިސްތަށިގަނޑު ދިގުކޮށްލާފަ ވިއްޔަ” އީތަން ޔޫލީ ގެ އިސްތަށިކޮޅަށް ހިފައި ދަމާލި އެވެ.
“ހޭއި ސްޓޮޕްއިޓް! މީީކުރީގެ ކިޔުޓް ޔޫލީ އެއް ނޫން. މިހާރު މީ ޑރ.ޔޫލީ އަލްހާން. ބައްޔެއް ވިޔަސް ދޮންބެ އަށް ފަރުވާދޭން ޖެހޭނީ އަހަރެން، އެހެން ވީމަ ސްޓޮޕް ޓީޒިންގ މީ!” ޔޫލީ ވެސް އީތަން އާއި ޖަދަލު ކޮށްނުލައި ހުންނަ ހިތެއް ނުވިއެވެ.
ނަމާދު ކޮށްލައިގެން މިޝެލް ނުކުތް އިރު މާއިރާ ހުރީ ކާން ތައްޔާރު ކޮށްފަ އެވެ.
“އަނހަ ދަރިފުޅު އާދޭ އަވަހަށް ކާން” މާއިރާ ހިނިތުން ވެލަމުން މިޝެލް އަށް ބަތްކާ ތައްޓެއް ދިއްކޮށްލި އެވެ.
“އަޅުގަނޑު ކާނީ ދޮންބެ އައިމަ. އިރުކޮޅަކުން މި ދަނީ އޭ ބުނި” މިޝެލް ތަށީގައި ހިފަމުން މާއިރާ އަށް ހިނިތުން ވެލިއެވެ. މާއިރާ އަށް ވެސް މިޝެލް އާއި ދާއިން ގެ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުންފެނި ހިނިތުންވެލި އެވެ.
ގެއަށް ދާންވެގެން ސައިކަލު މަތީ އިން ދާއިން އަކަށް ފެނުނު މަންޒަރު ގަބޫލެއް ނުކުރެވުނެވެ. އެއީ ހަމަ ޔޫލީ އެވެ. ނޫނެކެވެ. ޔޫލީ ފެނުނެކޭ ކިޔާފަ ދާއިން އަށް ގޮތެއް ވާކަށް ނުޖެހެއެވެ.އެއީ އެއް އަހަރު ކުރީގެ މާޒީ އެވެ. ޔޫލީ އަކީ އޭނާގެ މާޒީ އަށް ހެދީ ވެސް ހުދު އޭނާގެ ދެ އަތުން ނެވެ. ނަމަވެސް މިއަދު ޔޫލީ ފެނުމުން ދާއިން ގެ ހިތަށް ބަޔާން ކުރަން ދަތި އެތަށް ގޮތެއް ވެގެން ގޮއްސިއެވެ. ދާއިން ދެލޯ މަރާ ފިއްތާލުމަށް ފަހު ސައިކަލު ދުއްވާލީ ހިތުގައި އަޅަމުން ދިޔަ ވޭން ލުއި ވޭތޯ އެވެ.
އީތަން އާއި ޔޫލީ ހ.ޑްރީމް ހައުސް އަށް ވަނީ އެކުއެކީއެވެ. 7 އަހަރު ފަހުން ގެވެސް ވަނީ ކުރިއަށްވުރެ ރީތި ވެފައެވެ. އެތެރެ އަށް ވަދެ ވަދެ ހުރި އީތަންގެ އަތުުގައިހިފައި ޔޫލީ ހުއްޓުވިއެވެ.
“ދޮންބެ ގޮސް މޮމް އެންޑް ޑޭޭޑް ގާތު ބުނޭ ލޯ މަރާާށޭ. ސަޕްރައިޒް އެއް ދޭންނޭ.”
ޔޫލީ ބުނެލިއެވެ. އީތަން ފާޑަކައް އަނގައަށް ގޮތެއް ހަދާލުމުން މި އަންހެން ކުދިން އަދި ވަރަށް ޑްރޭމެޓިކް ވާނެއޭ ބުނެލިއެވެ. ޔޫލީ ދަތްތައް ފެންނަވަރައް ހީލަމުން މައި ބްރޯ އިޒް ދަ ބެސްޓޭ ބުނެލިއެވެ. ގަޑިން ރޭގަނޑު 8 ޖަހައިފައި ވުމުން ސޫޒަން އާއި އަލްހާން ތިބޭނީ ކެއުމަށް އިންސާފު ކުރަންކަން އީތާން އަށް އެނގޭތީ ޔޫލީގެ އަތުގައި ހިފައިގެން ކާގެ އާ ދިމާއަށް ހިނގައިގަތެވެ. ކާ ކޮޓަރިއަށް އީތަން ވަނީ ޔޫލީ ބޭރުގައި މަޑުކުރުމަށް ބުނެފައެވެ.
” ހޭއި މޮމް ، ޑޭޑް ”
އީތަން އެތެރެއަށް ވަންނަމުން ގޮނޑީގައި އިށީންދެލައިގެން އިން ސޫޒަންގެ ނިތްކުރީގައި ބޮސް ދެމުން އަލްހާންގެ ގައިގާ ބައްދާލިއެވެ. ސޫޒަން އޭނާގެ ރީތި ފިރިހެން ދަރިފުޅަށް ލޯބިން ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ. “އީތަން މިގެއަށް ނާންނަތާ މިހާރު ކިތައް ދުވަސްވެއްޖެ؟”
ސޫޒަންގެ ޝަކުވާ އަޑު އިވުމުން އީތަން ހިނިތުން ވެލިއެވެ.
“މަންމާ، އަޅުގަނޑު ވަރަށް ބިޒީ އޭ. ކޮންމެ ވީކް އަކު 2 ފަހަރު ވީމަ މަދުތަ ޑޭޑް.”
އީތަން އަލްހާންގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. ސޫޒަން އާއި އަލްހާން ހިނިތުން ވެލަމުން ބޯހޫރާލިއެވެ.
“ކަމް އޯން. އަޅުގަނޑު މި އައީ މޮމް އާއި ޑޭޑް ޗިލް ވާ ވަރުގެ ސަޕްރައިޒް އެއް ގޮވައިގެން. އެހެންވީމަ ލޯ މަރާ.”
އީތަން ގޮނޑިން ތެދުވެގެން ގޮސް ޔޫލީގެ އަތުގައި ހިފައިގެން އައިސް ހުއްޓުނެވެ. އަދި ލޯ ހުޅުވާލުމަށް ބުނުމުން ކެތްމަދުވެފައި ތިބެ އެ ދެމަފިރިން ލޯ ހުޅުވާލިއެވެ. އެ ދެމަފިރިންނަށް ގޮނޑިން ތެދުވެވުނީ ވީ އުފަލެއްގެ ބޮޑު ކަމުންނެވެ.
“އޯމައި ގޯޑް. ޔޫލީ.” ސޫޒަން އަށްު ހަޅޭއް ލަވައިގަނެވުން ލެއް ބާރު ކަމުން އީތަން ކަންފަތުގައި އަތް އެޅިއެވެ. ޔޫލީ ހީ ގަންނަމުން ސޫޒަން ގެ ގައިގައި ބައްދާލީ ނޭވާލާން ވެސް އުނދަގޫ ވާހައި ބާރަށެވެ.
“އޯ މަމް، އަޅުގަނޑު މަންމަ މަތިން ހާދަ ހަނދާން ވި އޭ” ޔޫލީ ކުޑަ ކުއްޖެއް ފަދައިން ރޯންފެށުމުން އީތަން ބާރު ބާރަށް ހޭން ފެށި އެވެ. ހަމަ އެއާއި އެކު އަލްހާން އީތަން އަށް ލޯއަޅައިލި އެވެ.
“ބައްޕަ މަތިން ހަނދާނެއް ނުވޭ ދޯ؟” އަލްހާން ގެ ޖުމްލަ އާއި އެކު ޔޫލީ ސޫޒަން ގެ ގައިން ދޫ ކޮށްލައި އަލްހާންގެ ގައިގާ ބައްދާލި އެވެ.
ހެނދުނުގެ ވަގުތެވެ.ް ނާސްތާ ކުރން އިންދާ ދާއިން އައިސް ދިން ހަބަރުގެ ސަބަބުން މިޝެލް ތައްޔާރު ވަމުން އެދަނީ ޑްރީމް ޕްރައިވެޓް ލިމިޓެޑް ގެ ޖޮބް އިންޓަވިއު އަށް ދިއުމަށްޓަކައެވެ. މިޝެލް އަށް ނުވެސް އިނގި ހުއްޓައި ދާއިން މިޝެލް އަށް ވަޒީފާ ހޯދަދޭން ސިޓީ ލީ އެވެ. މިޝެލް ލޯގަނޑު ކުރިމަތީ ހުރެ ދެލޯ މަރައިލަމުން ދުޢާ ކޮށްލީ އިންޓަވިއު ރަނގަޅަށް ދިއުމަށް އެދި އެވެ.
ތައްޔާރުވެލައިގެން ނުކުތް އިރު ދާއިން ސައިކަލު މަތީ މިޝެލް ގެ އިންތިޒާރުގައި އިނެވެ.
“ކޮއްކޮ އާ ދިމާލަށް ބަލައިލާފަ ޖޮބް ދޭނެ. ޔޫ އާ ސޯ ބިއުޓުފުލް.” މިޝެލް ހިނިތުންވެލަމުން ސައިކަލަށް އެރިއެވެ.
މިޝެލް ބޭރުގައި ޖަހާފައި ހުރި ގޮޑި ތަކުން ގޮނޑި އެއްގައި އިށީނދެގެން އިން އިރު އަތް ފައި ވަނީ ފިނިވެފައެވެ. އިންޓަވިއު އަށް ވަރަށް ބައިވަރު ކުދިން އައިސް ތިއްބެވެ. އެތަނުން ނުކުމެގެން ދާ ކޮންމެ ކުއްޖެއް ވެސް ދަނީ ހިނިތުންވެ ތިބެއެވެ. އޭނާ އަށް ވަޒީފާ ލިބޭނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތެވެ.
“އައިޝަތު މިޝެލް މުހަންމަދު” މިޝެލް ގެ ނަން އެންމެ ފަހުން ގޮވީ އެވެ. ފިނިވެފައި ހުރެ މިޝެލް ގޮސް އިންޓަވިއު ކުރާ ކެބިންގެ ދޮރުގައި ޓަކި ދިނެވެ.
“ކަމް އިން!” އެ އިވުނީ ކުރިން އިވިފައިވާ އަޑެއްހެން މީޝެލް އަށް ހީވިއެވެ. އެތެރެ އަށް ވައިން އިރު އިންޓަވިއު ކުރާ މީހާ އިނީ ފުރަގަސްދީގެންނެވެ. މިޝެލް ގޮނޑި ދަމައިލަމުން އިށީނުމާއިއެކު ފުރަގަސް ދީގެން އިނަ މީހާ މިޝެލް އާއި ދިމާއަށް އެނބުރުނެވެ. ނަމަވެސް ހާސްވެފައި އިން މިޝެލް އިނީ އިސްދަށަށް ޖަހައިގެންނެވެ.
“ތިހާ ބިރުން އުޅެންޏާ ކިހިނެއް މި ޖޮބަށް ފިޓް ވާނީ؟” އެ އިވުނީ ހަމަ އެ އަޑެވެ. މިޝެލް ގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔަ އެވެ.
“ލުކް އެޓް މީ މިސް މިޝެލް!” އެ ވަގުތު ކޮޅު ބިން ފަޅާފަ އަޑި އަށް ދާނެ ނަމަ އޭ މިޝެލްގެ ހިތަށް އެރި އެވެ. ނަމަވެސް އިސް ނެގުން ނޫން ގޮތެއްވެސް ނެތެވެ. މިޝެލް ލޯމަރައިލަމުން ލަސްލަހުން ކުރިމަތީ އިން މީހާ އަށް ބަލައިލިއެވެ.
“ޔޫ؟؟؟” އީތަން ހައިރާން ވި ވަރުން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.



iyyege episode ah ‘llibunu tharuheebuge sababun here is another one 🙂 hope you guys will enjoy. thakyou guys for your support
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv Reeeeeeeeeeeeeethiiiii.. Gudlk.. Waitin 4 de Nxt prt……….
Nyc ❤❤
thakyou usha and someone:-)
Reethi ???❤
thankyou glitzy
vvv reethi
Vvv reeethi….?
wow so beaitifull..waitin 4r nxt part..avahah up kohlahchyy
support libey varakun up kohdheynan, insha allah.. thank you eesh
Vrh nyc ingey mi story, shooty…im loving this story…nd kuri ah oi thaaga vrh reethi vrne hn heevey…eagerly waiting…?
Vvvvvvvvvv reethi…. kuri ah huri part thah adhi mi ah vure ves furihama vaane kamah hope kurany…
Vvvvvvvvvvvvvvvv reethi … mi storyy …. kn irakun aneh bai genes deny…..
anehbai iraadha kurevviya monday ga. eyge kurin ves up kurevodhaane.thankyou for your support.. it means alot to me.
Vvvvvvvvvvvv nyc.. Love it.. ??????❤❤❤❤❤❤
Masha allah v v v reethi. Kokko ah adhah vure fehi maadhama eh dhevvaashi. Aameen
thakyou love and my dear bro
Vvvvvv reethi…. ❤❤
vvvv reethi…now this is my favourite story…..people will love u more if u upload fast…thanks for writing this story…
V salhi nextpart kiyaahithun kehjadhuvefa
Oh???…. Thankew ehaa avahah up kohdhinyma… Story hama habeys
Hama best ingey shootyyyy…avahah up kohdhehchey..btw gudluck mishel
thankyou sheeby and mikko. next part tomorrow insha allah 🙂
V salhi story eh… Best of luck shooty.. waiting for the next part ??
Vvvv reethi ….waiting….love it…mashaallah
V v v salhi…shooty is the best….
thank you thoo… and readers are the best for writers 🙂
Very interesting.. v rythi… waiting for the 3rd part.. hope u ll upload soon…
Wow reethi story yeh…
Wowwww!!!!! Thankolheh dhigukoh genesdheyne nama….
V reethi mi part ves . Heekuran vaahaka ekoh nimendhen up kuraane kamah . Waiting 4 next part
❤❤
Masha Allah…. Good job my dear… This story is too interesting… Love you more ???
Can’t wait too long to read next part….
The stiry is going so well. Cant wait for the next part. Pls upload it soo oke dear. And yeah. Keep going and best of luck ?
vvv reethi
Mi vahakaige 1st episode nufenun ;(