
އާރާ – 8

“އާރާ” “އާރާ” ފުން ހިޔާލުތަކުގައި ގެނބެމުން ދިޔައިރު އާރާގެ ކަންފަތުގައި ހައްވާގެ އަޑު ޖެހުނުހެން ހީވީ ތަކުރާރުކޮށް ބާރަށް ގޮވުމުންނެވެ. (ކުރީގެ ޕާޓްއާއި ގުޅޭ)
އާރާ އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. “ދަރިފުޅާ… ފިހާރަ އަށް ގޮސް ފައިރޮށި ޕެކެޓަކާއި ސައިފަތް ގަނެގެން އާދޭ” އާރާ އަތަށް ރުފިޔާ ތަކެއް ދިއްކޮށްލުމަށްފަހު ހައްވާ ބުނެލިއެވެ. “ލައްބަ…މި ދަނީ” ހައްވާ އަތުން އެ ރުފިޔާް އަތުލުމަށްފަހު ވަރުނިސް ލާފައިވާ އެ ސިޑިން އާރާ ފޭބިއެވެ.
ނައިލް އާއި އޭނާގެ އެކުވެރިން ކަނޑު މަގުގައި ކުރަމުންދާ ދިގު ދަތުރުގެ ތެރެއިން ބޯޓަށް ތެޔޮ އެޅުމަށްޓަކައި މީމު އަތޮޅު މުލިއަށް މަޑުކުރުމަށްފަހު ދިމާވީ ހީވެސް ނުކުރެވޭ ފަދަ ކާރިސާއެކެވެ. ދާން ބޭނުންވާ މަންޒިލަށް ވެސް ނުދެވެނީސް އެވެ.
ޝިފާޒް ނެގި ފޮށީގައި ވަނީ ހަވަރަކަށް ފިސްތޯލެވެ. “ކަލޭގެ ރައްޓެހިން ރަހީނުކޮށްގެން އެއުޅެނީ ރެޑް ވިންގްސް ގޭންގުން. އެއީ މިސަރަހައްދުގަވެސް އޮތް އެންމެ ނުރައްކާތެރި ގެންގު” ފިސްތޯލެއް އަތައް ހެޔޮވަރުކޮށްލަމުން ނައިލް ބުނެލިއެވެ. “ތީ ކޮންކަމެއް…ތިއީ ކޮންތާކުން ހޯދި އެއްޗެހިތަކެއް” ހައިރާންވެފައި ހުރެ ޝަމްހީދު އަހާލިއެވެ. “އެއީ ވަރަށް ދިގު ވާހަކައެއް ތިހުރިހާ ވާހަކައެއް ދައްކާނެ ވަގުތެއް ނެތް އަވަހަށް ހިނގާ އެތަނައް ދަމާ” އެ ފޮށީގައި ހުރި ފިސްތޯލުތައް އޭނާ ގެންގުޅޭ ކަޅު ކުލައިގެ ދަބަހަކަށް ލަމުން ޝިފާޒް ބުނެލިއެވެ.
ޝިފާޒް އޭނާގެ ދެ އެކުވެރިން ކަމުގައިވާ އާކިފް އާއި އައިދިން އަދި ޝަމްހީދު އާއެކު ދިޔައީ ނައިލްމެން ތިބި ފަޅު ގޯއްޗަށެވެ. ޝަމްހީދު އަތުގައި އިން ކަޅު ދަބަހުން ފިސްތޯލުތައް ނެގުމަށްފަހު ޝަމްހީދުއަށް އެއް ފިސްތޯލު ދިނެވެ. މަޑު ހިނގުމެއްގައި ޝިފާޒް އޭނާގެ އެކުވެރިންނާއެކު އެފަޅު ގޯތިތެރެއަށް ވަދުނެވެ. އޭރު ނައިލްމެން ހިފަހައްޓަގެން އުޅޭ ގުރޫޕުގެ އެކަކު ވަންނަ ދޮރު ކައިރީގައި ހުއްޓެވެ. ޝިފާޒް އެމީހާ ކަރުގައި އުޅަބަށި އަޅައިލިއެވެ. އައިދިން އެވަގުތު އެމީހާ އަތުގައި އޮތް ފިސްތޯލު އަތުލިއެވެ. “ހަޅޭލަވައިފިއްޔާ މި ޖަހަނީ” ފިސްތޯލު އެމީހާގެ މޫނަށް އަމާޒުކޮށްހުުރެ ޝިފާޒް ބުނެލިއެވެ. އެއަށްފަހު އެމީހާ ގައިގައި ތަޅައި ބިންމައްޗައް ވައްޓާލިއެވެ. މަޑު ހިނގުމެއްގައި ޝިފާޒް އެކުވެރިންނާއެކު ހިނގާފާއި ދަމުންގޮސް ރާނާފައިވާ އިމާރާތާ އަރާހަމަވަނީއެވެ. އެވަގުތު އިމާރާތަށް ވަންނަ ދޮރު ކުރިމަތީގައި ރެޑްވިންގްސް ގޭންގު މީހަކު ހުއްޓެވެ. ޝިފާޒްމެން މަޑު ހިނގުމެއްގައިގޮސް އެތަނުގައި ހުރި ބަނބުކެޔޮ ގަހެއްގެ ފަހަތުގައި ފިލިއެވެ. ޝިފާޒް ދަތްދޮޅީގައި އިގިލި ޖައްސާލާއި ވިސްނާލިއެވެ. އެއަށްފަހު އޭނާގެ އާކިފް ކަންފަތް ބުޑުގައި ސިއްރުން ވާހަކައެއް ހިއްސާ ކޮށްލިއެވެ. އާކިފް ބޯ ޖަހައިލިއެވެ. ޝިފާޒް ބިރެއް ނެތި ކަހަލަ ގޮތަކަށް އިމާރާތުގެ ދޮރާވީ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ކުރިމަތީގައި ހުރި ގޭންގު މީހާ ޝިފާޒް އަތުލުމަށްޓަކައި ބާރު ބާރަށް އޭނައާ ދިމާލަށް ދުއްވައިގަތެވެ. އެ ވަގުތު އާކިފް އެމީހާ ގައިގަ އަތުން ކޮއްޕާލައި ފައިން ޖަހާ ބިންމައްޗައް ވައްޓާލިއެވެ. އަދި އޭނާ އަތުގައި އޮތް ފިިސްތޯލު އަތުލިއެވެ. ފިލައިގެން ތިބި ޝަމްހީދުއާއި އައިދިން ޝިފާޒް އާއިއެކު އެ އިމާރާތް އެތެރެއަށް ވަނެވެ. އެވަގުތު ނައިލްމެން އަތް ފައި ބަނދެފައި އެތަނުގައި ބައިތިއްބާފައި ހުއްޓެވެ. ޝިފާޒް އާއި ޝަމްހީދު އަވަސް އަވަހަށް ނައިލްމެން ގައިގަ ބަނދެފައިވާ ފަށްތަށް މުހާލައި އެމީހުން މިނިވަން ކުރިއެވެ. އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުނުކޮށް އެ ހުރިޙާ އެންމެން އެތަނުން ދުވެ ފިލާފިއެވެ.
ހުދު ދޮންވެލީގެ މަގުތަކުން ހިނގާފައި ގޮސް ރެޑް ރޯޒް ނަމަކަށް ކިޔާ ފިހާރަ އަކަށް އާރާ ވަނެވެ. އެވަގުތު އެ ފިހާރަގެ ވެރިމީހާ ކަމަށްވާ ފަރުހާން ހުރީ ވަތްގަނޑުގައި ހުރި ރުފިޔާތަށް ގުނާށެވެ. އާރާ ހިނގަމުން ގޮސް ހަރުގެ އަނެއް ފަޅިއަށް ވަދެފައި ފައިރޮށި ފެނޭތޯ ބަލައިލިއެވެ. އެވަގުތު ފަރުހާންގެ ފޯނު ރިންގުވާންފަށާފިއެވެ. “ހަލޯ” “ކީކޭ؟ މަބުނީމެނުން މަށައް އިތުބާރުކުރާށޭ ތިމީހުން މަށަށް ދޯކާ ނުދޭ ކަމުގައި ވަނީނަމަ މަ އެއްބަސްވުމާ ހިލާފު ނުވާނަމޭ ހުރިހާ ކަމެއް ސިއްރުކުރާނަމޭ…އެކަމަކު ހަދާންކުރާތި މަގޭ ކަޓު ތިމީހުންނާ ބައްްދަލުވާ ދުވަހު ދޭންވާނެ ލަސްކޮށްގެން ނުވާނެ” ފޯނުން ފަރުހާން ދެއްކި ވާހަކަތަކަށް އާރާގެ ސަމާލުކަން ހުއްޓުނެވެ. އާރާ އިނީ ޝައުގުވެރިކަމާއެކު އެ ވާހަކަތައް އަޑުއަހާށެވެ. އޭނާ ހުރީ ފިހާރައިގެ އެތެރޭގައި ނަމަވެސް ފަރުހާންއަށް ފެންނަ ހިސާބަކު އެއް ނޫނެވެ.ފަރުހާން ފޯނުން ދައްކާ ބައެއް ވާހަކަތައް ނުސީދާކޮށް ހުރުމުން އެއީ ސީދާ ކޮންކަމެއްގެ ވާހަކަތޯ ސާފެއްނުވެެއެވެ. ފައިރޮށި ޕެކެޓަކާއި ސައިފަތް ފޮއްޓެއް އާރާ ގޮސް ކައުންޓަރުމަތީގައި ބޭއްވިއެވެ. އެވަގުތު ފަރުހާން ފޯނު ބޭއްވިއެވެ. އޭނާގެ މޫނުމަތިން ނުލަފާ ހިނިތުންވުމެއް ފެނުނެވެ.
އަތުގައި އޮތް ރުފިޔާ ފަރުހާން އަށް ދިނުމަށްފަހު ސާމާނު ހިފައިގެން އާރާ ހިނގާފައި ގެޔަށް އާދެވުނުއިރު އާދަނު ސިޓިންގް ރޫމުގައި އިނެވެ. “ދަރިފުޅާ… ބައްޕައަށް ސައި ހަދާލާ” ހައްވާ ބުނެލިއެވެ. ” ރޯދަ މަސް އަންނަންވާއިރަށް ގޭގެ ކުލަލާން އެބަޖެހޭ….މުޅި ސިޓިން ރޫމިން ކުލަ ވެއްޓެނީ ތި” އާދަނު ބުނެލިއެވެ. “ސިޓިން ރޫމުގައި އެކަނި އެއް ނޫން ބަދިގޭގައާއި ބޭރު ފާރުގަވެސް” ހައްވާ ބުނެލިއެވެ. އާރާ ކައި މޭޒުމަތީގައި ފައިރޮށި އަޅާފައިވާ ތައްޓަކާއި ސައި ތައްޓެއް ބެހެއްޓިއެވެ. “ބައްޕާ ކޮބާ ކިހިނެއް މަސްވެރިކަން” އާރާ ސުވާލުކޮށްލިއެވެ. “މަސްވެރިކަން ވަރަށް ރަނގަޅު” އެހެން ބުނުމާއެކު އާދަނުގެ ފޯނު ރިންގުވާންފެށިއެވެ.
“އަހަރެން މިގުޅީ ވަރަށް އުފާވެރި ހަބަރެއް ހިއްސާކޮށްލުމަށް” އާދަނުއަށް ގުޅައިގެން ހުރެ ފަރުހާން ބުނެލިއެވެ. “އެހެންތަ…އަނެއްކާ ކޮންކަމެއް؟” ޝައުގުވެރިކަމާހުރެ އާދަނު އަހާލިއެވެ. “އަހަރެން މިއުޅެނީ މީހަކާ އިންނަން” އުފާވެރި ރާގެއްގައި ފަރުހާން ބުނެލިއެވެ. “އަސްލުތަ؟ ކާކާ އިންނަނީ” އާދަނު އަހާލިއެވެ. އާދަނު ހުރީ އޭނާގެ އެކުވެރި ފަރުހާންގެ އެވާހަކަތަށް އިވުމާއިއެކު އޭނާގެ އެކުވެރިޔާއަށްޓަކައި އުފަލުންނެވެ. ” ހިއެއް ނުވޭ އާދަނުއަށް އޭނަ އިނގޭނެހެން އެއީ މިރަށު މީހެއް ނޫން… އަހަރެންގެ ކައިވެނީގެ ހަފްލާ އޮންނާނެ ހޯމަ ދުވަހު އާދަނު އަންނާތި” ފަރުހާން ބުނެލިއެވެ.”އަހަރެން ބޭނުން ދާން…އެކަމަކު މަސްވެރިކަމުގައި އުޅޭތީ އެދުވަހު ރަށުގަ އެއް ނުހުންނާނެ” އާދަނު ބުނެލިއެވެ. “އާދަނު…އެއީ އަހަރެންނަށް ވަރަށް ހާއްސަ ދުވަހަކަށްވާނެ އަދި އާދަނު ތިއީ މަގޭ އެންމެ ގާތް އެކުވެރިޔާ… އާދަނު މި ފަހަރު ރަށުގަ މަޑުކޮށްލަން ވީނު… މަޑުކޮށްލުމަށްފަހު މިއަންނަ ހަފްތާގެ ހުކުރު ދުވަހު އާދަނު އަށް މަސްދޯނީގައި ފުރިދާނެ” ފަރުހާން ބުނެލިއެވެ. “މަސްބާނަން ދުވަސްކޮޅަކު ނުނިކުންނަ ކަމަށްވާނަމަ މުސާރައިން ވަކި ވަރެއް އުނިކުރާނެ” އާދަނު ބުނެލިއެވެ. އެހެން ބުނުމާއެކު ވަކި އެއްޗެއް ނުކިޔާ ވަގުތުކޮޅަކު ދެމީހުން ތިއްބެވެ. “އާދަނު މުސާރައިން އުނިވާ ވަރު ބަލާފައި އެވަރަށް އަހަރެން އާދަނުއަށް ރުފިޔާ ދީފާނަން…މިގޮތް ރަގަނޅުތަ”ވިސްނާލުމަށްފަހު ފަރުހާން ބުނެލިއެވެ. “ތިހެންވިއްޔާ ގޮސްދާނަން” ވިސްނާލުމަށްފަހު އާދަނު ބުނެލިއެވެ. “.ކޮބާ ވިޔަފާރި ކަންތައް ކިހިނެއް” އާދަނު އަހާލިއެވެ. “ވަރަށް ރަގަނޅު…އަދި އަހަރެން މި ވިސްނަނީ އިތުރު ފިހާރައެއް ހުޅުވަން” ފަރުހާން ބުނެލިއެވެ. “ތިއީ ވަރަށް ރަނގަޅު ހިޔާލެއް ކަމަށް އަހަރެންނަށް ފެނޭ” އާދަނު ބުނެލިއެވެ. “ދެން ބާއްވަނީއޭ…ފިހާރައަށް މުދާތަކެއް ވައްދަން ދާންޖެހިއްޖެ” އެހެން ބުނުމަށްފަހު ފަރުހާން ފޯނު ބޭއްވިއެވެ. “ބައްފާ އެއީ ކާކު؟” ކައި މޭޒު ކައިރީ އިށީނދެގެން އިން އާރާ ބުނެލިއެވެ. “އެއީ ގާތް އެކުވެރިއެއް” ފައިރޮށި ސައިތަށި އެތެރެއަށްލަމުން އާދަނު ބުނެލިއެވެ.
ނައިލް އޭނާގެ އެކުވެރިންނާއެކު ދުވެވޭ އެންމެ ބާރުމިނެއްގައި ދުވެ ގަސްބޯވެފައިވާ ސަރަހައްދެއްގައި މަޑުކޮށްލިއެވެ. އޭނާ އަށް ވަރުބަލިކަން އިހުސާސްކުރެވި މާނެވާލެވެއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.