
އިޝްޤް – 2

ފެންބޮވައިގެނެގެން މައުރާއަށް ހޭލެވުނު އިރު ގަޑިން ތިނެއް ޖަހައިފިއެވެ. ކޮޓަރިއަށް ފެންފުޅިއެއްވެސް ނުގެނެވޭކަން ހަނދައިންވީ އެވަގުތުއެވެ. ކަންނެތް ވެފައި އޮވެވެސް ތެދުވެ ބަދިގެއަށް ދިޔައީ ފެންބޮވައިގަނެފައި ހުރިވަރުންނެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން ބޮމުން ބޮމުން އައިސް ކޮޓަރިއަށް ވަނެވެ. ސައިޑް ޓޭބަލް މަތީގައި ފެންފުޅި ބަހައްޓައިލަމުން ނިދީގެ ތެރެއަށް މައުރާ އަނެއްކައިވެސް ފީނައި ގަތެވެ.
**********
ފަތިހުގެ ހިތްގައިމު ވަގުތު ހާލާއި ކޮވެލީގެ އަޑުން މުޅި މާހައުލަށް ވަނީ ރީތި މިއުޒިކެއްގެ އަޑު ވެރިކުރުވާފައެވެ. މޯޅިއަކަށް ދެމިލަމުން މައުރާ އެނދުން ތެދުވެ އެނދުގައި އިށީނދެލިއެވެ. އެނދުގެ އެއްފަރާތުގައި ބަހައްޓައިލެވިފައިވީ ކަބަޑު މަތީގައި އޮތް ފޯނު ނަގައި ބަލައިލަމުން ގަޑިން ވީ ކިހާއިރެއް ތޯ ބަލައިލިއެވެ. އޭރު ފަސްގަޑި ބައި ވާން ކައިރި ވަނީއެވެ. އަވަހަށް ފާހާނައާއި ދިމާއަށް މައުރާ ދިޔައީ އިރު އެރުމުގެ ކުރިން ނަމާދު ކޮށްލެވޭތޯ ބެލުމަށްޓަކައެވެ.
އެއްއަތުން ސޫޓް ކޭސް ދަމަމުން ކޮޓަރިން ނިކުމެގެން އައި ޖަލީލްގެ ގައިގާ ޝާލިޔާ ބައްދައިލިއެވެ. ޝާލިޔާގެ އެއަމަލުން އެހާ ގަޔާ ނުވިކަނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.