
އިޝްޤް – 1

މިއީ އަޅުގަނޑު މިހާރު ގެނެސްދެމުންދާ “ގާތުގާ” ވާހަކައިގެ މެއިން ކެރެކްޓާރއެއް ކަމަށްވާ ނަވީންގެ ބައްޕަ، ޔޫސުފް ޖަލީލްގެ ވާހަކައެވެ.
ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން…
ފުރަތަމަ ބައި
އެނދުގެ އެއްފަރާތުގައި ގައިގާ ރަޖާ އޮޅާލައިގެން ނިދީގެ އަރާމުކަމަށް ގެނބިފައި އޮތް ޝާލިޔާއަށް ޖަލީލް ބަލައިލިއެވެ. އެނދުން ތެދުވެ ހަށިގަނޑު ތެދުކޮށްލަމުން، އެނދުގެ ހެޑްބޯޑުގައި ޖަލީލް ލެނގިލިއެވެ. ކަމަކުން ހަމަޖެހިލާ މީހެއް ފަދައިން ފުންނޭވާއެއް ދޫކޮށްލަމުން ޖަލީލް ލޯ މަރައިލިއެވެ. ހީވީ ބޮޑު ފިކުރެއް ކުރަމުން ދިޔަހެނެވެ. ނުވަތަ ފިކުރުތަކަކުން ނިކުންނަން ބޭނުންވެފައި ހުރިހެންނެވެ.
ހިނދުކޮޅަކު އެގޮތުގައި އިނުމަށްފަހު ޖަލީލް އެނދުން ތެދުވިއެވެ. އަދި ކޮޓަރިއާއި ގުޅިފައިވީ ބެލްކަނީގެ ދޮރު ކަހައިލަމުން ބޭރަށް ނިކުތެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިތައް ހާމައަށް އޮތް ޖަލީލްގެ ހަށިގަނޑުގައި ބީހިލާފައި ސަމާސާ ކޮށްލިއެވެ. ނަމަވެސް އެހިތްގައިމު މާހައުލާ އެ ޖެހެމުންދިޔަ ފިނި ފިނި ރޯޅިތަކާއި އުޑުގައި ހިނިތުންވެ އިނދެ ރަނިކަން ކުރަމުން ދިޔަ ރާނީއަށްވެސް ޖަލީލްގެ ހިތަށް ހަމަޖެހުމެއް ހޯދައި ދިނުމަށް ނުކުޅެ…