
އެއީ އެކަނިވެރިއެެކެވެ 1

އާދައިގެ މަތިން ޒާރާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ. އެންމެން ނިދާފައި ތިބި ގަޑިކަމުން އެކަކުވެސް ނެތްކަން ޔަގީންކޮށްލުމަށްފަހު ޒާރާގެ ކޮޓަރިއާއި ޖެހިގެންއިން ކޮޓަރިއަށް ޒާރާ ވަނެވެ. އެއާއިއެކު ޒާރާގެ ލޮލުން ކަރުނަ އައީ މާޒީގެ ހަނދާންތަކުގެ ސަބަބުންނެވެ. ޒާރާ މަޑުމަޑުން ގޮސް އެތާއިން މޭޒުގެ ވަތްގަނޑު ހުޅުވާލިއެވެ. އެއަށްފަހު އެތޭރަގައި އޮތް ފޮތް ނަގައި ކިޔަންފެށިއެވެ.
…………………………………………………………..
އަހަރެންގެ ނަމަކީ ޒީޝާއެވެ. އަހަރެންނަކީ އުމުރުން 17 އަހަރުގެ އެކަނިވެރި އަންހެން ކުއްޖަކީމެވެ. އަހަރެންގެ އަހަންނަށްވުރެ އެއްއަހަރު ހަގު ކޮއްކޮއެއް ހުރެއެވެ. ނަމަކީ ޒާރާއެވެ. އަހަރެންގެ މައިންބަފައިން އަހަރެން ބަލާބޮޑުކުރީ ލޯތްބާއި އަޅާލުން ދީގެންނެއްނޫނެވެ. އެހެންނަމަވެސް އެމީހުންގެ ފަރާތުން ޒާރާއަށް ލޯތްބާއި އަޅާލުން ލިބޭތީވެ އަހަރެން އުފާކުރަމެވެ. އަހަރެން އަހަރެންގެ މައިންބަފައިންނެކޭ އެއްގޮތަށް ޒާރާދެކެވެސް އިންތިހާއަށް ލޯބިވަމެވެ. އެހެންނަމަވެސް ޒާރާގެ ފަރާތުން އަހަންނަށް ލިބެނީ ވޭނާއި ނަފްރަތެވެ. ހިތްކަތިލާފަދަ ބަސްތަކެވެ. އަހަރެންނަށް ކުރެވުނީ ކޮންކުށެއް ކަމެއް ނޭނގެއެވެ.
އަހަރެންނާއި ޒާރާ ދަނީ އެއްސްކޫލަކަށެވެ. އަހަރަކީ އަހަރެން ގްރޭޑް 10 ގައިހުރި އަހަރެވެ. ޒާރާ ގްރޭޑް 9 ގައިހުރި އަހަރެވެ. އަހަރެންގެ ޅަހިތުގައި ވަނީ މީހަކަށް ލޯބި އުފެދެން ފަށާފައެވެ. އެއީ 10އެސް1 ގައި އުޅޭ ޔޫހާންއެވެ. ޔޫހާންއަކީ ހިތްހެޔޮ މަޑުމައިތިރި ރަނގަޅު ކުއްޖެކެވެ. ކިޔެވުމަށް މޮޅު އެންމެންގެ އިހްތިރާމް ލިބިފައިވާ ކުއްޖެކެވެ. އެއްދުވަހެއްގައި ސްކޫލް ނިމުނު ވަގުތެވެ. އަހަރެން ސިޑިން ފޭބިގަޑީގައި މީހަކު ގޮވާލިއެވެ. ފަހަތަށް އެނބުރި ބަލައިލީރު ޔޫހާންއެވެ.
” މިއޮތީ ޒީޝާއަށް. ” ހިނިތުންވެލަމުން ޔޫހާން ގަނޑުކޮޅެއް ދިއްކޮށްލިއެވެ. ރައްދުގައި ހިނިތުންވެލަމުން އަހަރެންވެސް އޭގައި ހިފީމެވެ. އެއަށްފަހު ގަނޑުކޮޅު ހުޅުވާލައި ކިޔަންފެށީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
Mi part ves vrh Rythi MA 💗
Story vaki hisaabakun huhtaa nulahchey pls
Curiously waiting for the next part When’s next?
Thank u for commenting . i will start publishing maafukuraashey loabi vaa soon .
Next part very soon .
Oh my god, this feels so real, like uk one’s genuine feelings hama 🥺 relatable to me except for my parents loved me though
Anyways I hope zara didn’t do smth to her big sis same kujja dheke loabi vegen gos uk 😢
Story varah reethi, Ik some wishes won’t come true but komme dhuvahaku kiyaalan libeyne tha pls? Short koh viyas okay 🥹 I’am sending u chocolate n ice cream for that here 🍫🍦
Lysm ❤️💖
Btw previous story ge continue kuraanan tha? Just curious to know wht hppnd in it 🫣
Thank u for commenting . glad u like the story. Sure but mi part varah kurukoh libeyne. Since olaval exam there veema . thank u for chocolate and ice cream . maafu kuraashey loabivaa will start contunueing very soon. Lets see dho what zaara does ?
Lysm tc
Omg!! Hi kokkooo 😃 👋
Sooooo happy to see u back again lil sis 🥹🥹🥹
Alhey varah reethi liyelaafa huri goiy ma sha Allah Allahumma Barik 😍😍😍👏👏👏
Ehem ehem who is note passing here 10S1 ga ulhey kujjakah 😁😁😁
Btw don’t reduce study time for story writing during ur o level exams, u can take ur time n finish the story otherwise 💨🩴💨🩴💨🩴
Love n support frm dhontha 😘😘😘
P.s sending more 🍦🍦🍦 🍦🍦🍦
Thank u for commenting sissy. Glad u like it . Lysm .