ޔަލްވީ އެތަށް އާދޭހެއް ކުރުމުންވެސް ލިއަމް އެބުނަންއުޅޭ ވާހަކައެއް ނުބުންޏެވެ. ޔަލްވީ ތުންކޮޅު ދިގުކޮއްލަމުން ކާރުގެ ސީޓަށް ހަށިގަނޑު ދޫކޮއްލީ ލިއަމްގެ ބޯހަރުކަން އެނގޭތީއެވެ. ނުބުނަން ހިތުލައިފި ކަމެއް މީހަކު އައިސް ކަރަށް ވަޅި ދިއްކުރިޔަސް ލިއަމް އެއް ނުބުނާނެއެވެ.
ލިއަމް ހިނިތުންވެލައިގެން އިނީ ޔަލްވީ އުޅޭލެއް ލޯބިކަމުންނެވެ. މި އަންހެން ކުއްޖާގެ ކޮންމެ ހަރަކާތަކަށް ވެސް ލިއަމްއަށް ބަލާލެވެނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ނޭގި ހުއްޓާ ލޯބި ވެވުނީއެވެ. ލޯތްބަކީ ކިތަންމެ ދުރުން އުޅެން ބޭނުންވި އެއްޗެއް ކަމުގައި ވީނަމަވެސް މިއަދު ލިއަމްއަށް މިވަނީ ހަޤީޤަތުގައި ވެސް ލޯބިވެވިފައެވެ. އެ އިޚްސާސްތަކާ ދެކޮޅަށް ހަނގުރާމަ ކުރެވުނު ވަރެއްވެސް ނޭގެއެވެ. ޔަލްވީއާއި ދުރުގައި ހުރުމަށް ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ހުރިހާ ކަމެއްގެ މައްޗަށް ކުރި ހޯދީ ލޯބީގެ ޖަޒުބާތު ތަކެވެ. ލޯބީގެ ގޮތުން ދެމީހުން ގުޅުމަކީ މީގެ ކުރިން ލިއަމް ނަފްރަތު ކުރާ ކަމެކެވެ. ނަމަވެސް ޔަލްވީ ގެއްލޭކަށް ލިއަމް ނޭދެއެވެ. އަބަދުވެސް ޔަލްވީ ބަހައްޓަން ބޭނުންވަނީ އެއަތުތެރޭގައެވެ. އެކަން ހާސިލް ކުރަން ހުރި ހުރިހާ ކަމެއް ކުރަންވެސް ފަހެއް ނުޖެހޭނެއެވެ.
ކާރުގޮސް ގޭގެ ކުރިމައްޗަށް މަޑުކޮއްލުމުން ޔަލްވީ ބަލާލީ ލިއަމް އަށެވެ. ރަނގަޅަށް ފެން ބޮއިގެން އަރާމް ކޮއްލުމަށް ބުނަމުން ޔަލްވީގެ ނިތުގައި ބޮސްދީފައި ގޮސް ކާރުގެ ދޮރު ހުޅުވާލަދިނެވެ. ޔަލްވީ އަދިވެސް ހުރީ ރުޅި އައިސްފައި ކަމަށް ހެދުނެވެ. ޔަލްވީގެ ކޮލުގައި ހިފާލަމުން ލޯބިކޮއްލާފައި ޔަލްވީގޮސް ގެއަށް ވަންނަންދެން ލިއަމް ބަލަން ހުއްޓެވެ. ޔަލްވީ އެތެރެއަށް ވަނުމުން ކާރު ދުއްވާލިއެވެ.
…………………..
ޔަލްވީއަށް ގެއަށް ވަދެވުނު އިރު 1:30 ވެއްޖެއެވެ.ގޭތެރޭގައި ވަނީ ހިމޭން ކަމާއި އަނދިރި ކަމެވެ. ދަން ގަޑިއަކަށް ވުމުން އެންމެން ތިބޭނީ ނިދާފައޭ ޔަލްވީގެ ހިތަށްއެރިއެވެ. މަޑުމަޑުން ލަސްފިޔަވަޅު ތަކުގައި ސިޓިންރޫމް ހުރަސްކޮށް ބަދިގެއަށް ދިޔައީ ފިނި ފެންފޮދެއް ބޯލުމުގެ ނިޔަތުގައެވެ. އައިސްއަލަމާރިން ފެންފުޅިއެއް ނަގައިން ކޯވަރެއް ބޯލިހިނދު މީހަކު ސޯފާގައި އޮވެފައި ޔަލްވީއަށް ގޮވި އަޑުއިވުނެވެ. ފުރަތަމަ ޔަލްވީ ގަތީ ބިރެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެފައި ކުއްލިއަކަށް މީހަކު ގޮވުމުންނެވެ. ނަމަވެސް ފަހަތަށް އެނބުރި ބަލާލިއިރު ސޯފާގައި އޮށޯވެގެން ޔުވާން އޮތެވެ. އަނދިރީގެ ތެރެއަށް ލޯ ހޭނުމުން ތަންދޮރު ވަކިކުރަން އެނގޭވަރުވިއެވެ. ފެންފުޅި ހިފައިގެން ޔަލްވީ މަޑުމަޑުން ގޮސް ސޯފާ ކައިރީގައި ހުއްޓުނެވެ.
ޔުވާން ތެދުވެ ސޯފާގައި ހަމަޖެހިލަމުން ޔަލްވީ ގާތު އިށީނުމަށް އަތުން އިޝާރާތްކުރިއެވެ. ޖެހިލުންވެ ހުރެ ޔަލްވީ އިށީނީ އެދެމެދުގައި ފުދޭވަރަކަށް ޖާގަ ބާއްވާފައެވެ. އިއްޔެގެ ހާދިސާއަށް ފަހު ޔުވާން ލޮލުކޮޅަށް އެ ފެނިލީ އަދިކިރިޔާއެވެ.
”އަމް ސޮރީ ޔައްލު…..އިއްޔެ އައި އޮވާ ރިއޭކްޓެޑް…..އައި ޖަސްޓް ކާންޓް ހިއާ އެނީތިންގް ބޭޑް އެބައުޓް މެހެކް… އައި ރިއަލީ ލަވް ހާ….އެން އައި ނޯ ޔައްލުއަށް ހެދުނު ގޯހެއްކަން ވެސް އެއީ…..މިސްއަންޑަސްޓޭންޑިން އެއް ވީކަން ވެސް އެނގޭ ޔައްލުއަށް….އެކަމް ދެން އެހެން ހީވާހާ އެއްޗެއްގެ ތެދު ނުބަލާ ނުކިޔައްޗޭ އެނގޭ….އައިވިލް ފޮގިވްޔޫ ފޯ އޯލް ދެޓް“ ޔުވާން ހިނިތުން ވެލިއެވެ.
ޔަލްވީ އިނީ ބުނާނެއެއްޗެއް ނޭގި އަނގަ ހުޅުވިފައެވެ. ޔުވާން ހަމަ އެހާބޮޑަށް މެހެކްގެ އަވައިގައި ޖެހުނީ ހެއްޔެވެ؟ ތެދު ދޮގު ނޭގޭ މިންވަރަށް ޔުވާން އެހެރީ މެހެކްގެ ލޯބީގައި ކަނުވެފައެވެ. އަދިވެސް އެއުޅެނީ ޔަލްވީގެ ކުށް ދެއްކޭތޯ ވިއްޔާއެވެ. މީހުން ލޯބީގައި ދީވާނާ ވެއޭ ބުނާ އަޑު އިވެއެވެ. ފުރަތަމަ ފަހަރަށް އެކަން ހަމަލޮލުން މިފެނުނީއޭ ޔަލްވީގެ ހިތަށް އެރިއެވެ.
”އިޓްސް އޯކޭ ދޮންބޭ….އަމް ސޮރީ ފޯ ދެޓް ޓޫ“ ޔަލްވީ އެންމެ ފަހުން ނިންމީ ޔުވާންއާ އިތުރަށް ޖަދަލު ނުކޮށް މެހެކްގެ ހަޤީޤަތް އެންމެނަށް ފަޅާ އަރުވާލަން ހެކި ހޯދުމަށެވެ. ހަމަ ޔަޤީނުންވެސް އޭރުން މެހެކް ދައްކާ މޮޅެތި ވާހަކައެއް އެކަކުވެސް ޤަބޫލެއް ނުކުރާނެއެވެ. މަޑުމަޑުން ޔުވާންގެ ގައި ބައްދާލާފައި ޔަލްވީ ގޮސް ކޮޓަރިއަށް ވަނެވެ. ޔުވާން އާ ޖެހުނު މައްސަލަ ހައްލުވުމުން ޔަލްވީ ހިތްހަމަ ޖެހުނެއް ކަމަކު މެހެކް ޔަލްވީގެ ދޮންބެ އަށް އެހަދައިގެން އުޅޭ އިސްތިރިއެއް އޭނާ ބާތިލް ކުރާނެއެވެ. ޔަލްވީ ފެންވަރަން ވަނީ މޮޅު ޙިޔާލެއް ސިކުނޑީގައި ރާވާލަމުންނެވެ.
……………………….
މެންދަމުން އަލިވެ 3 ޖެހީއެވެ. މަހީރްގެ ލޮލަށް ނިދީގެ ކަންފުޅެއްވެސް ނެތެވެ. ހަވީރު ފެނުނު މަންޒަރުން އެހިތަށް ވަނީ ވަރަށް އަސަރު ކޮއްފައެވެ. އިރު އިރުކޮޅާ ލޯފޮހެލާގޮތުން ހީވަނީ ރޮނީހެނެވެ. ހަވީރު ގެއަށް އައިގޮތަށް ކޮޓަރިން ނުނުކުމެއެވެ. ރޭގަނޑުގެ ކެއުމަށް އާޔަތު ގޮވުމުން ވެސް މަހީރް ކޮޓަރިން ނުނުކުމެ އޮތީ ނިދާފައި ކަމަށް ހެދިގެނެވެ. ދައްތަމެން ކުރިމައްޗަށް އެހާލުގައި ހުރެ ނުކުންނަން ނުކެރުނީއެވެ. މަހީރްއަށް މީކައިލް އެހާ ޙާއްސަވެފައިވާއިރު މީކައިލް އެހެން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ހިނގައިދާނޭ ހީވެސް ނުކުރެއެވެ. އަދި ޙާއްސަކޮށް އެރޭގައި އެވީ ވައުދު ތަކަށް ފަހުގައެވެ. އަބަދުވެސް ގާތުގައި ހުންނާނެކަމަށް ވީ ވައުދެވެ. އެއީ އެކުވެރި އެއްގެ ހައިސިއްޔަތުން ވީ ވައުދު ތަކެއްހެއްޔެވެ. ނޫނެކެވެ. އެކުވެރިއަކަށްވުރެ އެދެމެދުގައުވާ ގުޅުން މާ ގާތެވެ. އެތައް ސުވާލެއް ސިކުނޑިއަށް އަރާފައިބައެވެ. ހަމައެހެންމެ އެ ސުވާލުތަކަށް އަމިއްލައަށް ޖަވާބުވެސް ލިބެނީ އެހާ އަވަހަށެވެ. މީކައިލްގެ 3 މިސްކޯލު އައިސްފައި އޮތެވެ. 2 މެސެޖުވެސް އައިސްފައި އޮތެވެ. އެހުޅުވާ ބަލާނެހާ ހިތްވަރެއް ނެތީއެވެ. ލޮލަށް ފެނުނު މަންޒަރުން ހިތަށް ލިބުނު ވޭން މާބޮޑެވެ.
ރޭގަނޑުގެ އަރާމް ނިންޖުން މަހްރޫމްވެ އެކިއެކި ޙިޔާލުތަކުން ސިކުނޑި ތަޣައްޔަރުވެފައި ވެއެވެ. އެހެން އޮއްވާ އިވެން ފެށީ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ. ލޯ ފޮހެލަމުން ފުން ނޭވައެއް ލާފައި މަހީރް ތެދުވީ އެހިތަށް ހަމަޖެހުމެއް ލިބޭތޯ އެކަލާނގެ ޙަޒްރަތުގައި ދަންނަވާށެވެ. އެއީ އެންމެ އޯގާވަންތަ ރަހީމްވަންތަ ރަސްކަލާނގެއެވެ.
ތެދުވެ މޫނު ދޮވެލައިގެން ވުޟޫ ކޮއްލައިގެން ނަމާދު ދޮޅިއަޅައި މުސައްލަ ފަތުރާލަމުން ފަތިސް ނަމާދު ކުރަން ފެށިއެވެ. ނަމާދު ކޮށް ނިންމާލައި މުސައްލަމަތީ މަހީރް އިރުކޮޅަކު މަޑު ކޮއްލީ ޒިކުރު ކޮއްލުމަށެވެ. އެހެން ދުވަސްތަކާ ޙިލާފަށް މިއަދު ދުޢާ އަށް އަތްނަގައިގެން އެތަކެއް އިރެއްވާދެކަށް އިނދެވުނީއެވެ. ހިތަށް ލިބުނު ފަސޭހަކަމާއި ބޮލަށް ލިބުނު ލުޔެއްގެ ސަބަބުންނެވެ.
ހިތްހަމަ ޖައްސާލަމުން މަހީރް ގޮސް އެނދުގައި އޮށޯވެލީ ކުޑަކޮށް ނިދާލުމުގެ ނިޔަތުގައެވެ. މުޅިރޭ ނުނިދާ ހުރުމުގެ ސަބަބުން ބޮލުގައި ރިހުމެއް އުފެދިފައި ވިއެވެ. ހަވީރު ޑިއުޓީ އޮތުމުން މަހީރް ބޭނުންވީ ބޮލުގައި ރިހުމަށް ލުޔެއް ލިބޭތޯ ނިދާލުމަށެވެ. އެނދުގައި އޮށޯވެ ގިނަ އިރުތަކެއް ނުވެ ފުން ނިންޖަކަށް ގެނބުނެވެ.
…………………….
ޔަލްވީ ނިދާ ހޭލައިގެން ހޮސްޕިޓަލަށްދާން ތައްޔާރުވެގެން ނުކުތްއިރު އާޔަތު ކާމޭޒު ކައިރީގައި ޓޯސްޓެއް ކާން އިނެވެ. ޔަލްވީ ކޮފީތަށި ހިފައިގެން އައިސް އިށީނުމުން ޓޯސްޓު ތަށި ޔަލްވީއާ އާޔަތު ގާތް ކޮއްލަދިނެވެ.
”ވަޓްސް އަޕް؟“ އާޔަތު އާދައިގޮތަކަށް އަހާލީ އެދެމީހުނަކީ އަބަދުވެސް އެކަކު އަނެކަކަށް ވާހަކަތައް ހިއްސާކޮއް އުޅޭ ބަޔަކަށް ވީމައެވެ.
”އެބަ ހުރި ބައިވަރު ވާހަކަ ކިޔާދޭންވެފަ….ބަޓް ޝޯޓް އެންޑް ސްވީޓްކޮށް…ލިއަމް ކޮންފެސްޑް ފައިނަލީ…ބަޓް އައި ހެވެންޓް ޔެޓް…ހީ ޓޯލްޑްމީ ވަރަށް މުހިންމު ވާހަކައެއް ދައްކަން ޖެހޭ މިރޭ މީޓްވެފަ….އަމް ސޯ ކިއުރިއަސް އައި ކާންޓް އިވެން ވެއިޓް“ ދަތްކޮޅު ދައްކާލައިގެން ހެވިފައި އިނދެ ޔަލްވީ އެއްފައްޗަކަށް އަމުނާލިއެވެ.
”ވޯހް….އިންޓްރެސްޓިން….ގުޑް ލަކް ފޯ ޔޯ ޑޭޓް ނައިޓް ދެން….މައި ޓާން ދޯ…. ވެލް އަޒާން ސެޑް ސަމް ވިއާޑް ތިންގްސް ދެޓް ހީ ލައިކްސް މީ އެންޑް ހީ ކާންޓް ސްޓޮޕް ތިންކިން އެބައުޓް މީ…..ހަހަހަހަ ފަނީ ރައިޓް“ އާޔަތު ހިނިގަނޑެއް ޖަހާލިޔަސް އެމޫނުން ބުނެދެނީ އެހެން ވާހަކައެއްކަން ޔަލްވީއަށް ސާފުކޮށް ފެނެއެވެ.
”ދެން ހައި ލައިކްސް ދޮންބެ އެންޑް ޝީ ޑޯންޓްނޯ ދެޓް ހީ އިޒް ވިތް ދެޓް އީވިލް ގާލް….. ދެން މަލީހް ސެޑް ހީ ލައިކްސް މީ އެންޑް ދެން އައި ރިއެކްޓެޑް ސޯ ބޭޑް ޓު އިޓް….ހީ ޑިޑިންޓް ޝޯ އަޕް ޓު ވޯކް ޔެސްޓަޑޭ….އައި ފީލް ލައިކް އިޓްސް މައި ފޯލްޓް….އެންޑް އައި ރިގްރެޓް އިޓް“ އާޔަތު ވާހަކަ ނިމުނުއިރު ޔަލްވީ އިނީ އަނގަޔަށް ވައްތަރެއް ޖައްސާލައިގެނެވެ.
”ކަމޯން އާޔޫ އިޓްސް އަޒާން އެންޑް މަލީހް…..އޮފްކޯޒް ޔޫ ނޯ ހޫ އިޓްއިޒް….ވީ ނީޑް ޓު ހޭވް އަ ޔެޕް ސެޝަން ވީހާވެސް އަވަހަކާ…. ތީގެ ޑީޓެއިލްސް އެބަ ބޭނުންވޭ…..ދަނީ ދެން ގަޑި ޖެހެނީ….ދެޓް ގްރަމްޕީ ބޮސް އިޒް ގޮނަ ޕަނިޝްމީ ލަސްވިއްޔާ….ހަހަހަހަ“ ޔަލްވީ އެއްލޯ މަރާލަމުން އަވަހާ ކޮފީތަށި ހުސްކޮއްލާފައި ނުކުތީ ލިއަމް ޔަލްވީ ބަލައި އައި ވާހަކަ ބުނުމުންނެވެ.
…………………….
އާޔަތު އުޅުނީ މުޖުތަބާގެ ކޭސް އާ ބެހޭ ބައެއް މައުލޫމާތުތައް އެއްކޮށް ލިޔެކިޔުންތައް ބަލާ ފާސްކުރުމުގައެވެ. ހެނދުނު އޮފީހަށް އައިސުރެން ހުއްޓުމެއްނެތި މަސައްކަތު ތެރެއަށް ގެއްލިފައި އިނދެވުނީއެވެ. މިއަދުވެސް އޮފީހަށް މަލީހް ނާންނާތީ އެހެން ކުއްޖެއް ގާތު އެހުމުން ވީގޮތެއް ނޭގޭކަމުގައި ބުންޏެވެ. އާޔަތު ބެލީ އެކަމާމެދު މާބޮޑަށް ނުވިސްނާ ވޭތޯއެވެ.
އެހެން އިންދާ ދެން ފެނުނީ ކެބިންގެ ދޮރު ހުޅުވިގެން ދިޔަތަނެވެ. ބާރު ހިނގުމެއްގައި އައިސް އާޔަތު ކުރިމައްޗަށް ހުއްޓުނީ އަޒާންއެވެ.
”އެކްސް ކިއުޒް މީ؟“ އާޔަތު އަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަޒާން އާޔަތުގެ އަތުގައި ހިފައިގެން ހިނގައިގަތީ ބޭރަށެވެ. ގަދަހަދަމުން އާޔަތު ބެލީ އަޒާންގެ މުށުތެރެއިން އާޔަތުގެ އަތް މިނިވަން ކޮއްލެވޭތޯއެވެ. އެންމެންގެ ސަމާލުކަން ލިބިފައިވަނީ އެދެމީހުނަށެވެ. އޮފީހުގެ މަސައްކަތް ކުރާ މުވައްޒަފުންތައް އެމީހެއްގެ ކެބިންއިން ނުކުމެ ކުޅި ބަލަން ތިއްބެވެ. އެމީހުންގެ ވެރިމީހާ ފަރާތުން ދުވަހަކުވެސް ނުފެންނަ މަންޒަރެއް ފެންނަންޏާ ކަން ބަލަން ބޭނުން ނުވާނެ މީހެއް ހުންނާނެ ހެއްޔެވެ.
އާޔަތު ގަދަ ހަދަމުން ދިޔައިރުވެސް އަޒާން ދޫކޮއްލާ ޙިޔާލެއް ނެތެވެ. ލިފްޓު ކުރިމައްޗަށް މަޑުކޮއްލަމުން އާޔަތުގެ އަތުން ދޫކޮއްލީ ދެނެވެ.
”ކިހިނެއް ވެގެންތަ ތިއުޅެނީ….އަހާލުމެއްވެސް ނޯވޭތަ އަތުގަ ހިފާއިރު؟“ އާޔަތު ހުރީ ރުޅިއައިސްފައެވެ.
”ހިނގާބަ މިބުނާ ތާކަށް…. ދަމުން ހުރިހާ އެއްޗެއް ކިޔާދޭނަން….ވަރަށް މުހިންމު ކަމެއްގަ….އިޓްސް އެބައުޓް ޔަލްވީ“ އަޒާން އެންމެ ފަހުން ބުނި ޖުމްލައިން އާޔަތުގެ ދެލޯ ބޮޑުވިއެވެ. ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ޔަލްވީއަށް ބޮޑު ކަމެއް ވީކަމަށް ހިތް ބުނަންފެށިއެވެ.
”އަހަރެންގެ ދަބަސް….މުހިންމު ޑޮކިއުމެންޓް ހުންނާނެ ކާންޓް ލީވް އިޓް ހިއާ“ އާޔަތު އެހެން ބުނުމުން އަޒާން އަވަހަށް އެތެރެއަށް ދެމިގަތީ އާޔަތު ގާތު މަޑުކުރުމަށް ބުނެފައެވެ. މިނެޓެއްވެސް ނުވަނީސް އާޔަތުގެ ދަބަސް ހިފައިގެން އައިސް ދިއްކޮއްލިއެވެ. ލިފްޓު ހުޅުވުމުން ލިފްޓަށް އަރަން ދިމާކޮއްލީ ދެމީހުން އެކުގައެވެ. އެވަގުތު އެކަމަށް ފަރުވާލެއްނެތި އާޔަތު ލިފްޓު ތެރެއަށް ދެމިގަތީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުންނެވެ. ކާރާ ހަމައަށް ދެވެންދެންވެސް އާޔަތުގެ ކެތްތެރިކަން ހީވީ ކޮޅުންލާފައިވާ ހެނެވެ. އަޒާން ކާރުގެ ދޮރު ހުޅުވާލަދިނުމުން އާޔަތު އެރިއެވެ.
………………….
ތައްޔާރުވެލައިގެން ޔަލްވީ އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. ތައްޔާރުވެފައި ހުރިލެއް ފުރިހަމަ ކަމުން އަމިއްލަ ނަފްސަށް ހިނިތުން ވެލެވުނެވެ. ’ބާރގަންޑީ‘ ކުލައިގެ ފައިގެ ކޮޅަށްދާ ހެދުމެއް ލާފައި ހުރިއިރު އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮއްލާފައެވެ. ހެދުމުގެ އަތް ހުރީ ލޭސްފޮތިންނެވެ. އާދައިގެ ނަމަވެސް ޝާހީ ހެދުމެކެވެ. މޫނުގައި ލުއި މޭކަޕެއް ކޮއްފައި ހުއްޓެވެ. ކަޅުކުލައިގެ މެދުމިނުގެ ކަށިފައިވާނަކަށް އަރަމުން އަތްދަބަސް ނަގަމުން އެނދުމަތީގައި އޮތް ގަދަ ރަތް ފިނިފެންމާ ބޮނޑިއާއެކު ފޮޓޯއެއް ނަގާލިއެވެ. މިއަދު ހޮސްޕިޓަލުން އައި ވަގުތު ލިއަމްގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. ލިއަމް އެދުނީ އެހެދުން ލައިގެން މިރޭ ބައްދަލުވުމަށެވެ.
ލިއަމް ގުޅާފައި ތިރިއަށް ފޭބުމަށް ބުނުމުން ޔަލްވީ އަވަހާ ނުކުތެވެ. ލިފްޓުން ނުކުތްއިރު ކުރިމަތީގައި ލިއަމް ހުއްޓެވެ.
”އަހްހްހްހް….ސޯ ޑޭމް ޕްރިޓީ….ލުކްސް ލައިކް މައިން“ ޔަލްވީ ފެނިފައި ލިއަމްއަށް އެހެން ތަނެއް ބެލޭވަރެއް ނުވެއެވެ. އެ ފުރިހަމަ ކަމަށް ގެއްލިފައި ހުރެވުނީއެވެ. ލިފްޓަށް އަރަން އައި ދެމީހުން ދެތިން ފަހަރަކަށް ގޮވުމުންވެސް ލިއަމްއަށް ރޭކާލިހެނެއް ހިއެއް ނުވެއެވެ. ޔަލްވީ އައިސް ލިއަމްގެ އަތުގައި ހިފާ ލިފްޓާ ދުރަށް ދަމާލަމުން ލިއަމްއަށް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. ލިއަމްއަށް ވީގޮތް ފެނިފައި ޔަލްވީގާތަށް ހިނި އައެވެ.
ހިނިތުން ވެލަމުން ލިއަމް ޔަލްވީއާއެކު ކާރަށް އަރައި ދުއްވާލިއެވެ. ކާރުގެ މިސްރާބު ހުރީ ހުޅުމާލޭގެ ފޭސް 3 އާ ދިމާއަށެވެ.
”މިރޭ މާ ޙާއްސަ ރެއަކީތަ….އެހާ ރެޑީވެގެން އަންނަން ބުނީ“ ޔަލްވީ ބަލާލީ ލިއަމް ލައިގެން ހުރި ކަޅުކުލައިގެ ސޫޓަށެވެ. މިރޭ ލިއަމް ވެސް ތައްޔާރުވެފައި ހުރިކަން ފާހަގަވެއެވެ. ތުބުޅި މެއިންޓެއިން ކޮއްލެވިފައި ހުއްޓެވެ. އެމޫނުމަތިން އަބަދުވެސް ފެންނަ ތާޒާކަން ފެންނަން ހުއްޓެވެ. ޖަހާފައި ހުރި ފިރިހެންވަންތަ ސެންޓުގެ ވަސް ކާރުތެރޭގައި ހިފާލާފައި ހުއްޓެވެ.
”މައި ޕްރިންސެސް…ހާދަ ކެތްތެރިކަމެއް ނެތޭ ދޯ ލޯބީ….މަޑުކޮއްބަ ދެން ދެވެނީއޭ“ ލިއަމް ހިނިތުންވެލަމުން އެއްއަތުން ކާރުގެ ހުންގާނުގައި ހިފަމުން އަނެއްއަތުން ޔަލްވީގެ މޫނުގައި ބީހިލިއެވެ. ޔަލްވީ މަޑުން އިނެއް ކަމަކު ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ ލިއަމް ދައްކަން އުޅޭ އެއްޗެއް ބަލާ ހިތުންނެވެ.
ޔަލްވީގެ ދިގު އިންތިޒާރަށް ނިމުމެއް އައެވެ. ކާރުގޮސް މަޑުކޮއްލީ ފޭސް 3 ކަށް އަރާ ބްރިޖު މަތީގައެވެ. ލިއަމް ކާރުން ފައިބައިގެން އައިސް ޔަލްވީ ނުކުންނަން ކާރުގެ ދޮރު ހުޅުވާލަދިނެވެ. ކާރުން ނުކުމެ ޔަލްވީ ވަށާ ބަލާލީ އެއްޗެއް ފެނޭތޯއެވެ. ނަމަވެސް ދުރުދުރަށް ދާންދެން އޮތީ އަނދިރި ކަމެވެ. ބްރިޖު ދެފަރާތުން ދިއްލާފައި ހުރި ހޮޅިބުރިތަކުން ފަޑު އަލިކަމެއް ވެރިވެފައި އޮތެވެ. އޭރު ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ.
”ކޮބާތަ ތި ދައްކަން އުޅޭ އެއްޗެއް ނުފެނޭ އެކައްޗެއްވެސް މިތަނުން“ ޔަލްވީ ބްރިޖުގެ އެއްފަރާތުގައި އަތް އަޅުވާލަމުން ބެލީ އެއްޗެއް ފެނޭތޯއެވެ.
”ހެއި ޕްރިންސެސް؟“ ލިއަމްގެ އަޑަށް ޔަލްވީ އެނބުރި ބަލާލިއެވެ. ޔަލްވީގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. ޔަލްވީގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެގެން ލިއަމް އިނެވެ. އެއް އަތުގައި ގަދަ ރަތް ކުލައިގެ ކުޑަ މަހުމާ ފޮއްޓެއް އޮތެވެ. އެފޮށި ހުޅުވާލުމާއެކު ފެނުނީ ރަން ކުލައިގެ އަނގޮޓިއެއް ގައި ހުދުކުލައިގެ ‘އޯވަލް‘ ބައްޓަމަށް އޮތް ބޮޑު ޑައިމަންޑެއް ޖަހާފައި އިން އަނގޮޓިއެކެވެ.
”ވިލް ޔޫ މެރީ މީ؟“ ލިއަމް ކަރުކެހިލަމުން ބުނެލިއެވެ. ޔަލްވީހުރީ ގުޑިލަންވެސް ނޭގިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Now you can directly discuss the story with me through instagram 🤍 vaahaka_by_Az
When’s next so curious
AAAAAAA yallu sayyyy yessss. Can’t wait for tge next ep💗💗