ދުވަސްތައް އޭގެ ހަލުވި ދުވެލީގައި ފާއިތުވަމުން ގޮސް، ރީޝާގެ ބަނޑަށް ނުވަ މަސް ފުރިއްޖެއެވެ. އެ ކުޑަކުޑަ އާއިލާއަށް އުފާވެރިކަމާއި އުންމީދުގެ އައު ދިރުމެއް ގެނެސްދޭނޭ ތުއްތު ފުރާނަ ދުނިޔެއަށް ނޭވާލާނޭ ވަގުތު އޮތީ ވަރަށް ގާތުގައެވެ. މަޝާޢު އޮފީހުގެ ވަޒީފާ ނިންމާލުމަށްފަހު، އެހެން ހުރިހާ ކަމެއް އެއްކައިރިކޮށް، މުޅި ދުވަހުގެ ހުރިހާ ވަގުތެއް ހުސްކުރަމުން ދިޔައީ ލޯބިވާ އަނބިމީހާ ރީޝާގެ ޚިދުމަތުގައެވެ. ރީޝާގެ ކޮންމެ ހަރަކާތަކަށް، ކޮންމެ ބޭނުމަކަށް މަޝާޢު ހުންނަނީ ނުހަނު ލޯތްބާއި ކުލުނާއެކު […]
ތިން މަހުގެ ޗުއްޓީ ނިންމާލުމަށްފަހު ރީޝާ މާލެ ދިޔުމުންވެސް ކަންކަން ހިނގައިދިޔައީ އޭނާ އުންމީދުވެސް ނުކުރާހާ އޮމާންކޮށް، ހިތްހަމަޖެހުމާއެކުގައެވެ. މަޝާޢުގެ ވާހަކަ މައިންބަފައިންނާ ޙިއްޞާކުރުމުން، އެ ދެމަފިރިން އެންމެ ފުރަތަމަވެސް ބެލީ ކުއްޖާގެ އަޚްލާޤާއި ދީންވެރިކަމަށެވެ. ދެ ޢާއިލާގެ މެދުގައި ދެކެވުނު ވާހަކަތަކުން، މަޝާޢުގެ ހުރި ސާދާކަމާއި، އޯގާތެރިކަން އަދި ދީނީ ރިވެތި އުޞޫލުތަކަށް ލޯބިކުރާ މިންވަރު އެނގި، ރީޝާގެ މައިންބަފައިން ނުހަނު ލޯތްބާއި އިތުބާރާއެކު އެ ގުޅުމަށް ރުހުން ދިނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، […]
ދުވަސްތައް ހަފްތާތަކަށް ބަދަލުވެގެން ދެއެވެ. ރީޝާ އެރަށުގެ ހަމަހިމޭން މާހައުލުގައި ޗުއްޓީގެ ދުވަސްތައް ވޭތުވަމުން ދިޔައީ ފޫހިކަމެއް ނެތި، ނުހަނު އުފާވެރިކަމާއެކުގައެވެ. މާލޭގެ ހަލަބޮލި ދިރިއުޅުމާއި، ކޮންކްރީޓް އިމާރާތްތަކުގެ ތެރެއިން ނުކުމެވި، ރަށުގެ ފެހިކަމާއި ތާޒާ ވައިރޯޅިތަކުގެ ތެރެއަށް ނޭވާލާން ލިބުމަކީ ރީޝާގެ މުޅި ނަފްސަށް ލިބުނު ބޮޑު ތާޒާކަމަކަށް ވިއެވެ. ނަމަވެސް، މި ދުވަސްތަކުގެ ތެރެއިން އޭނާގެ ހަޔާތަށް އިތުރު ފުރިހަމަކަމަކާއި ތަފާތު ދިރުމެއް ގެނެސްދިނީ ހަމައެކަނި ރަށުގެ ގުދުރަތީ ރީތިކަމެއް ނޫނެވެ. ޚަދީޖާދައްތަގެ ދަރިން […]
މާލޭގެ އުސް އިމާރާތްތަކުގެ ކޮންކްރީޓް ޖަންގަލީގައި އުޅެ ބޮޑުވި ނަމަވެސް، އައިމިނަތު ރީޝާ (25 އަހަރު) ގެ އަސްލު ވަޒަނަކީ ހުވަދުއަތޮޅު އުތުރުބުރީގެ ރަށެކެވެ. މެލޭޝިޔާގެ މަޝްހޫރު ޓޭލަރސް ޔުނިވަރސިޓީން އިންޓީރިއަރ ޑިޒައިނިންގގެ ދާއިރާއިން ފުރަތަމަ ޑިގްރީ ފުރިހަމަކުރުމަށްފަހު، ރާއްޖެ އެނބުރި އައިސް އޭނާ ކުރަމުންދިޔައީ ފްރީލާންސް މަސައްކަތްތަކެވެ. ކެނޑިނޭޅި ލެޕްޓޮޕްގެ ސްކްރީނަށް ބަލަން އިނުމާއި، ކްލަޔަންޓުންގެ ކުދިބޮޑު ޝަކުވާތަކާ ހެދި، އޭނާގެ ހީވާގި ސިކުނޑި ވަނީ އިންތިހާއަށް ވަރުބަލިވެފައެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކާއި، ދުއްވާ […]