މަންޒިލް 44
މިންހާ އައިސް އެރިކް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. މިންހާގެ މޫނު މަތިން ފެންނަމުން ދިޔަ ނުތަނަވަސް ކަމުން، އެރިކްގެ ހިތް ތެޅެމުން ދިޔައެވެ. މިންހާގެ ލޮލުން އޭނާއަަށް ފެންނަމުން ދިޔައީ އުދާސްކަމެވެ.
ނުތަނަވަސް ކަމާއެކު އެރިކް ފައިހަލުވަމުން ދިޔައެވެ. އޭނާގެ އިނގިލަތައް މޭޒު މަތީގައި ތަޅާލައެވެ. ގަދަ ކަމުން ހިނިތުންވާން މަސައްކަތް ކުރިނަމަވެެސް، އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. މިންހާއާއެކު އިޝަލް ހުރުމާއެކު ހާސްކަން އިތުރުވިއެވެ.
“އެރިކް…އަހަންނަށް މަޢާފު ކުރޭ…މަށަށް އެރިކްއާ ކައިވެނި ކުރެވޭކަށް ނެތް” އެރިކްގެ ހިތް ކުދިކުދި ވެގެން ދިޔަހެން ހީވިއެވެ. މޫނު މަތި ބަނަވެ މެއަށް ބާރުވާން ފެށިއެވެ. މެޗަކުން ބަލިވެގެން ވެސް، އެހާ ހިތްދަތިވި ހަނދާނެއް އެރިކް ނުވެއެވެ. މުޅި ދުނިޔެ ހުއްޓުނުހެން ހީވިއެވެ. “ކީއްވެގެން ކަން އަހަންނަށް ކިޔައިދެވިދާނެތަ؟” އެ ސުވާލުގެ ޖަވާބު ކޮންމެސް ވަރަކަށް އެރިކްއަށް އެނގުނު ކަމުގައި ވިއަސް، މިންހާގެ ދުލުން ސަބަބު އަޑުއަހަން ބޭނުންވިއެވެ. “އަހަންނަކަށް ހިއެއް ނުވޭ ލޯބި އެކަނި ދިރިއުޅުމެއް ފަށަން ފުދޭނެހެންނެއް.. އަހަރެެން ބޭނުންވަނީ ވަރަށް ސާދާ ދިރިއުޅުމެއް…އަހަރެންގެ ހުވަފެނަކީ އަމިއްލަ ގައުމުގައި ހަމަޖެހޭ ދިރިއުޅުމެއް ދިރިއުޅެން…އަހަރެންގެ ދަރިން ބޮޑުކުރަން ބޭނުންވަނީ ރާއްޖޭގައި…އަހަންނަކަށް އެރިކް ގާތު ނުބުނެވޭނެ އެރިކްގެ މުޅި ދިރިއުޅުން ދޫކޮށްފައި އަހަންނާ އެއްކޮަށް ރާއްޖޭގައި ދިރިއުޅޭކަށް…ފުޓުބޯޅައިން ދެވެން އޮތް އެންމެ ދުރަށް ދިއުން އެރިކްގެ ހުވަފެނަކީ… ވަރަށް ފަޚުރުވެރިވަން އެރިކްއާ މެދުގައި…އަދި ވަރަށް ލޯބެވެސް ވޭ…އެކަމު އަހަރުމެން ދެމީހުންގެ ވެސް މަންޒިލް ވަރަށް ތަފާތު…” މިންހާ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެރިކްގެ ލޮލުން ފެންނަމުން ދިޔަ އަސަރުތައް މާނަ ކުރާކަށް މިންހާއަަކަށް ނޭންގުނެވެ. އެ ހިތުގައި ލިޔެވިފައިވަނީ އެރިކްގެ ނަމަވެ. އެހެނަސް ދެމީހުންގެ ހުވަފެން ވަރަށް ތަފާތެވެ. އޭނާއަށްޓަކައި އެރިކްގެ ހުވަފެންތައް ގުރުބާން ކުރާކަަށް މިންހާ ނޭދެއެވެ.
މިންހާގެ ސަބަބު އެރިކްއަށް ފަހުމުވިއެވެ. ބަލައިގަންނަށް އުނދަގޫވި ނަމަވެެސް މިންހާ އެބުނީ ދޮގެއް ނޫނެނެވެ. ފުޓުބޯޅައިގެ ރޮނގުން ކާމިޔާބީ ހޯދަން އޭނާ ބޭނުމެވެ. މިންހާއާއަށް ޓަކައި އެ ހުވަފެން މިއަދު ދޫކޮށްފި ނަމަ، ފަހުން އެކަމާ މެދު ހިތާމަ ކުރަން ޖެހިދާނެއެވެ. އަބަދުވެސް ހިތުގައި އެކަން އޮވެ، ހަޔާތުގެ ކޮންމެސް ހިސާބަކުން މިންހާއަށް ނަފުރަތު ކުރަން ފެށިދާނެއެވެ. އެހެން ވާކަށް އެރިކް ނޭދެެއެވެ.
“ފުޓުބޯޅައިން ކުރި ހޯދުން އެއީ ކުޑައިރުގެ އެންމެ ބޮޑު ހުވަފެން..ހަމަ އެގޮތައް މިންހާއާ އެކީ ރަނގަޅު ދިރިއުޅުމެއް އުޅުން ވެސް އެއީ އަހަރެންގެ ހުވަފެނެއް…..އަހަންނަށް ވުރެ ރަނގަޅު ބައިވެރިއެއް މިންހާއަށް ލިބިއްޖެ ނަމަ ކައިވެނި ނުކުރާށަކޭ ނުބުނާނަން..ޖަސްޓް ލެޓް މީ ވިން އެވްރީތިންގް އެންޑް ކަމް ފައިންޑް ޔޫ” އެރިކްގެ އަޑުގައިވީ އާދޭހެވެ. އެ ލޮލުން ފެންނަމުން ދިޔައީ ތެދުވެރި ސާފު ލޯތްބެވެ. މި ވަގުތު އެކުގައި އުޅެވެން ނެތަސް މިންހާއަށް ޓަކައި އިންތިޒާރު ކުރަން ބޭނުންވެފައި ހުރި ވަރު ހާމަވިއެވެ.
މިންހާގެ ހިތް ދެކޮޅަށް ކިރޭހެން ހީވިއެވެ. ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތައް ހަނދާން ނައްތާލުމަށްފަހު އެރިކްއާ ވަކިނުވާން ހިތް ގޮވަމުން ދިޔައެވެ. މިނެޓެއް ހާއިރު ވިސްނުމަށް ފަހު މިންހާ ފުން ނޭވައެއް ދޫކޮށްލިއެވެ.
***
މިހާރު…
ރިސޯޓުގެ ގޮނޑު ދޮށްކައިރި ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރަން ފަށާފައެވެ. ތަންތަން ކޮޅުގައި ހުރި ލަކުނޑި ދަނޑިތަކުގައި ބޮކިފަތި އެލުވާފައި ހުއްޓެވެ. އެކި ދިމާ ދިމާލުގައި ވަށް މޭޒެ ޖަހައިފައި އޭގެ މަތީ ހުދު މަޑު ނޫކުލައިގެ ފޮތި އަޅާފައި ހުއްޓެވެ. ކޮންމެ މޭޒެއް ދޮށު މަދުވެގެން ހަތަރު ގޮނޑި ޖަހައިފައި ހުރިއިރު އޭގައި ވެސް ހުރީ މަޑު ނޫކުލައިގެ ފޮތި އަޅައިފައެވެ. އަދިވެސް އެތަނުގައި މޭޒު ޖެހުމުގެ މަސައްކަތް ކުރިއަށް ދަމުން ދިޔައެވެ. ހަވީރުގެ ވަގުތު ކަމުން އަރާމު ފިނި ވައި ޖެހެމުން ދިޔައެވެ. ބީޗަށް ވަންނަން އަންނަ ހިސާބުގައި ހިޔާކޮށްފައި ހުރި ބޮޑު ސްޓޭޖެއް ހެދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ޔާޒް އާއި ޔޫސުފް މަސައްކަތް ކުރިއަށް ދަމުން ދިޔަ ގޮތް ވަރަށް ގާތުން ބަލަމުން ދިޔައެވެ. އެ ތަން އޮންނަން ޖެހޭ ގޮތުގެ މިސާލެއް ޒާޔާ ވަނީ ކުރެހުމަށް ފަހު ޔާޒްއާ ހަވާލުކޮށްފައެވެ. އެތަން އޮންނަން ވާނީ އޭގައި އޮތް ގޮތައް ކަމަށް ޒާޔާ ވަނީ އަންގާފައެވެ.
މިންހާ އުޅުނީ ސްޓޭޖް ހަދައި ސަރަހައްދުގައެވެ. އެ ތަން ތައްޔާރު ކުރަން ވީ ގޮތް ކިޔައިދެމުން ދިޔައެވެ. ކިރިޔާ ވެސް ހިތްހަމަ ނުޖެހޭ ގޮތެއްވެއްޖެ ނަމަ އެކަން ވަގުތުން ފާހަގަ ކުރެއެވެ. އެންމެ ގާތް އެކުވެރިންގެ ކައިވެނި ހަފުލާ އެންމެ ފުރިހަމަވާން މިންހާ ބޭނުމެވެ.
އިރު އޮއްސެން ކައިރިވުމާއެކު މުޅި ދުނިޔެވަނީ އޮރެންޖު ކުލައިން ފެވިފައެވެ. ޕާޓީއަށް މުޅި ސަރަހައްދު އެކީހެން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. މަޣްރިބަށް ގޮވަން ވާއިރަށް މަސައްކަތްތައް ނިންމުމަށް އެންމެ ކަހަލަ ގޮތަކަށް ހިނގައްޖެއެވެ. މިންހާ ވެސް އޭނާ ހުންނަ ސޫޓްއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. މަގު ކުރުމަށްޓަކައި މިންހާ ދިޔައީ ރިސޯޓުގައި ހުރި ރެސްޓޯރެންޓެއް ތެރެއަށް ވަދެގެންނެވެ. އެ ގަޑީގެ ގޮތުން އެތަނުގައި މީހުން ވެސް ފުދޭވަރަކަށް ގިނައެވެ. އޭނާ ބެލީ ހަގަޑި ބައި ވާންވާއިރަށް ގެއަށް ގޮސް ތައްޔާރު ވެވޭތޯއެވެ. ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު މިންހާއަށް ސަމާލުކަން ދެވުނީ ދަބަހުން ފޯނު ނަގާށެވެ. ފޯނު ދަބަހުން ނުނެގިގެން އުޅެނިކޮށް އޭނާގެ ނަމުން މީހަކު ގޮވާލި އަޑުއިވުނެވެ. ފަނޑުކޮށް އަޑު އިވުނު ނަމަވެސް އެއީ ކާކުގެ އަޑެއްކަން މިންހާއަށް އެނގުނެވެ. މުޅި ކުއްޖާގެ ހަރަކާތްތައް ހުއްޓި ގައިން ހީބިހި ނަގައިގެން ދިޔަހެން ހީވިއެވެ. ލަސްލަހުން އޭނާ އިސްއުފުލާލިއެވެ.
ކަޅު ކުލައިގެ ހުޑީއެއްގައި ހުރި އެރިކްގެ މޫނު މަތިން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. އެއްވެސް ތަރުތީބެއް ނެތި ކޮނޑާ ހަމައަށް އޮތް އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ހީނލައިގެން ހުރި ނަމަވެސް އެ ހިނިތުންވުން އޭނާގެ ލޮލާއި ހަމައަށް ވާސިލެއް ނުވެއެވެ.
ދެ ޒުވާނުންގެ ހަތަރު ކަޅި ބައްދަލުވީ ހިނދު، ދެ ހިތުގެ ހިނގުން ވެސް އަވަސްވެގެން ދިޔައެވެ. އެތައް ހަނދާންތަކެއް އާވެގެން ދިޔައެވެ. ދެ މީހުންގެ ފުރަތަމަ ބައްދަލުވުމުން ފެށިގެން އެންމެ ފަހުގެ ބައްދަލުވުމާއި ދޭތެރޭ ހިނގައި ދިޔަ ހުރިހައި ކަމެއް ފިލްމެއްގެ ސިފައިގައި ރޯލުވެގެން ދިޔައެވެ. ކަޅި ޖަހަލާން ވެސް ހަނދާންނެތިފައި ތިބި ފަދައެވެ. އެ ވަގުތު ރެސްޓޯޓަރުން ތެރެއިން އިނގެރޭސި ލަވައެެއްގެ އަޑު އިވިގެން ދިޔައެވެ.
‘މޭބީ އަވިލް ގެޓް ފޭމަސް އެޒް ދަ މެން ހޫ ކާންޓް ބީ މޫވްޑް..
މޭބީ ޔޫ ވޯންޓް މީން ޓު، ބަޓް ޔޫވިލް ސީ މީ އޮން ދަ ނިއުޒް…
އެންޑް ޔޫވިލް ކަމް ރަނިންގ ޓު ދަ ކޯނަރ…..
ކަޒް ޔޫވިލް ނޯ އިޓްސް ޖަސްޓް ފޯ ޔޫ، އައިމް ދަ މެން ހޫ ކާންޓް ބީ މޫވްޑް…
އައިމް ދަ މޭން ހޫ ކެންޓް ބީ މޫވްޑް…..
އައިމް ދަ މޭން ހޫ ކެންޓް ބީ މޫވްޑް….
ކޯޒް އިފް ވާން ޑޭ ޔޫ ވޭކް އަޕް އެންޑް ފައިންޑް ދެޓް ޔޫއާރް މިސިންގް މީ (ފައިންޑް ދެޓް ޔޫއާރް މިސިންގް މީ)…
އެންޑް ޔޯ ހާޓް ސްޓާޓްސް ޓު ވާންޑާ ވެއާ އޮން ދިސް އާތު އައި ކުޑް ބީ (ވެއާ އޮން ދިސް އާތު އައި ކުޑް ބީ)…
ތިންކިންގް މޭބީ ޔޫވިލް ކަމް ބެކް ހިއާ ޓު ދަ ޕްލޭސް ދެޓް ވީވުޑް މީޓް (ޓު ދަ ޕްލޭސް ދެޓް ވީވުޑް މީޓް)…..
އެންޑް ޔޫވިލް ސީ މީ ވެއިޓިންގް ފޯ ޔޫ އޮން ދަ ކޯނަރ އޮފް ދަ ސްޓްރީޓް…’
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Salam here’s a new episode of manzil… It’s shorter than other episodes…In Sha Allah next episode soon…☺️