Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 43

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 5, 2026 5 Mins Read
0 Comments

އަހާން އަދިވެސް މަސައްކަތް ކުރަމުން ދިޔައީ، ޒާޔާގެ ރުޅި މަޑު ކުރެވޭތޯއެވެ. ޒާޔާ ގާތުން މާފަށް އެދެވުނު އަދަދެއް ވެސް އޭނާއަކަށް ނޭންގެއެވެ. މާ ބޮނޑި އަކާއި ޗޮކުލެޓު ގެނެސްދީގެން ވެސް ޒާޔާ މިއަދު އޭނާއަށް ޒާޔާ ރުއްސޭ ގޮތެއް ނުވިއެވެ.

އަހަރެއްހާ ދުވަސް ކުރިން، ޒާޔާއަށް ލޯބި ހުށަހެޅީ އަހާންއެވެ. ހިތުގެ ހާލަތު ޒާޔާ ކުރިމަތީ އެއްރޭ އޭނާ ބަންޑުން ކޮއްލީ، ޕެރިހުގެ އައިފެލް ޓަވަރު ކުރިމަތީގައެވެ. އެރޭ އެ ތަނަށް ދިޔައީ ކޮންމެހެން އޭނާގެ އިހުސާސްތައް ބަޔާންކޮށްދޭ ކަށެއް ނޫނެވެ. ފްރާންސަށް ގޮއްސައި އައިފެލް ޓަވަރަށް ދިޔައީ އެތަން، ބަލާލަންށެވެ. ލޯބިވެރިންނަށް ޚާއްސަ މާހައުލަށް ދެވުމުން ނޭންގި ހުއްޓާ އޭނާ ހިތުގެ އެދުން ދުލުން ބޭރުވީއެވެ. ޒާޔާ ވެސް ލޯތްބަށް އިޢުތިރާފު ވިއެވެ. އެކުގައި އުޅެން އަހުދާއި ވަޢުދު ވިއެވެ. އެރެއިން އެރެއަށް ދެ މީހުން ކައިވެނި ކުރަން ބޭނުންވާކަން ވެސް ހާމަކުރިއެވެ. އަހާން އަތުގައި އަނގޮއްޓިއެއް އެ ގަޑީގައި ނެތުމުން، އެތަނުން ރިބަން ކޮޅެއް ހޯދައިގެން ޒާޔާ އަތުގައި އެޅުވީއެވެ. އައިފެލް ޓަވަރު ކުރިމަތީ އެއްފައި މައްޗަށް ތިރިވެ، އަހާން އޭނާ ގާތު އިންނަން އެހި ވަގުތަކީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ދާނެ ވަގުތެއް ނޫނެނެވެ. އެރޭގެ މަންޒަރު ސޯޝަލް މީޑިއާ ގައި ވެސް ދައުރުވިއެވެ.

އަހަރު ދުވަހު ގެ އިންތިޒާރަށް ފަހު އެ ދެމީހުން ކައިވެނި ކުރާ ދުވަސް އަތުވެއްޖެއެވެ. ވޭތުވެ ދިޔަ އަހަރު ތެރޭ، އެތައް ކޫސަނި ކަމަކާ ޒާޔާ ވަނީ ބޮޑާ ހާކަފައެވެ. ބައެއް ފަހަރު އަހާން ގަސްތުގައި ވެސް ޒާޔާ ރުޅި އަރުވައެވެ. އެއިން ކޮންމެ ފަހަރަކު ހަދިޔާ އިންނާއި، އަހާންގެ ލޮބުވެތި ބަސްތަކުން ޒާޔާ ރުއްސައެވެ.

އެހެނަސް މިއަދުން އެއިން އެއްކަމެއް ކޮށްގެން ވެސް ޒާޔާ ރުޅި މައިތިރި ނުވިއެވެ. “ޒީ ބުނެބަ..އަހަރެން ކީއްކޮށްދޭންވީ؟” އެންމެ ފަހުން އަހާން ވަރުބަލިވިއެވެ. “އަހާން ވައުދުވޭ..ދެން ދުވަހަކު ވެސް، އަހަރެން ފިޔަވާ އެހެން އަންހެން ކުއްޖެއް ގައިގައި އަތްނުލާނެ ކަމަށް…ކުއްޖަކު އެހީވާން އެދުނަސް އެހީ ވުމުގެ ކުރިން، ވައިފްއެއް ހުންނަކަން ޖެހޭނެ ބުނަން” އަހާންގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އެ ދެލޮލުން ލޯތްބާއެކު ޒާޔާއަށް ބަލާލިއެވެ. “މަގޭ ލޯބިވާ ޒާޔާ…ވައުދުވަން ތި ނޫން ކުއްޖެއް ގައިގައި އޮޅިގެން ވެސް އަތްނުލާނަން ކަމަށް…ޒީ ތިއީ ހަމައެކަނި އަހަރެން ލޯބިވެރިޔާ އެއް ނޫން..އެންމެ ގާތް އެކުވެރިޔާ ވެސް މެ…އިޝްޤީ ލޯތްބަށް ނުވި ކަމުގައި ވިއަސް އަބަދުވެސް އެކުވެރި އެއް ގޮތަށް ލޯބިވިން…އެންޑް ނައު އައި އޭމް އިން ލަވް ވިތް ޔޫ…އޮންލީ ޔޫ…މި ހިތުގަ ފެވިފަވަނީ ހަމައެކަނި ތިނަން..އަހަރެން މުޅި ހަޔާތް އެކީގައި ވޭތުކުރަން ބޭނުންވާ ފަރާތަކީ ތިއީ..” އަހާން، ޒާޔާގެ އަތް ނަގައި ގެނަސް އޭނާ ހިތްމަތީ ބޭއްވިއެވެ. އެ ހިތަކީ މިހާރު ޒާޔާގެ މިލްކެކެވެ. ދެ ލޯބިވެރިންގެ ހަތަރު ކަޅި ބައްދަލުވީ ހިނދު އަހާން ހިތުގެ ހިނގުން އަވަސްވިކަން ޒާޔާއަށް އިހުސާސްވިއެވެ. އޭނާދެކެ އަހާން ވަނީ ތެދުވެރި ލޯބިކަން، އެ ދެލޮލަށް އެކަނި ބަލާލުމުން ވެސް ސާފުވެގެން ދެޔެވެ.

 

ދެ މީހުންގެ ނަޒަރު ވަކިވީ މީހަކު ކަރު ކެހުނު އަޑަށެވެ. އޭރު ހުރިހާ ދަތްތަށް ދައްކައިގެން ހެވިފައި މިންހާ އިނެވެ. “އަހާން..ދާން އުޅެ އަމިއްލަ ރޫމްއަށް…މިއަދު މިއީ މަށާ ޒީގެ ދުވަސް…މާދަމައަށް ފަހު މުޅި އުމުރަށް ޒީއާ އެއްކޮށް އުޅެވޭނެ” ޒާޔާ ނިއްކުރިއަށް ބޮސް ދީފައި އެ ކޮޓަރިން އަހާން ނުކުތެވެ.

އެ ދުވަސް އެކީގައި ހޭދަ ކުރުމަށް މިންހާ އާއި ޒާޔާ އޮތީ މާ ކުރީގައި ނިންމާފައެވެ. މިވީ ދެ އަހަރު ތެރޭ ޒާޔާ އާއި މިންހާ އެކުގައި ހޭދަކުރެވިފައިވި ދުވަސްތައް ވަރަށް ވެސް މަދެވެ. ދެ އަހަރު ކުރިން މިންހާ ވަނީ ދިރިއުޅުން ރާއްޖެއަށް ބަދަލުކޮށްފައެވެ. ޒާޔާ އާއި އަހާންއާ ލަންޑަން ގައި މަޑު ކުރީ ކިޔަވައި ނިމެންދެކަށެވެ.

ޒާޔާއަކީ އޭނާގެ ދެ ބެއިންގެ ދެ ދަރި ދައްތައަށް ވުރެ ބޮޑަށް، އެންމެ ގާތް އެކުވެރިޔާއެވެ. ކުޑައިރުން ސުރެ ދެ ކުދިން ބޮޑުވީ އެއްކޮށެވެ. ލޭގެ ގުޅުން އަހާންއާ ނެތަސް އެއީ ވެސް ބޭބެއެއް ފަދައިން މިންހާ ލޯބިވާ ފަރާތެކެވެ. އިޝަލް، އަހާން އަދި ޒާޔާ އަކީ އޭނާއާ އެކީގައި އުޅެ ބޮޑެތިވި ކުދިންނެވެ. އަހާން އާއި ޒާޔާގެ ލޯބި އެންމެ ގާތުން ދުށް މީހަކީ އޭނާއެވެ. އެކުވެރިކަން ގެއްލުމުގެ ބިރަށް ހިތުގައިވި ލޯބި ސިއްރުކޮށްގެން ޒާޔާ އުޅުނު ގޮތާއި އަމިއްލަ ހިތްމަތީ ގާގަނޑެއް ބާއްވާފައި، ޒާޔާގެ އުފަލަށްޓަކައި އޭނާގެ ހަޔާތަށް އެނބުރި ރިއަން ގެނަސް އެ މަންޒަރު ހިތްދަތި ކަމާއެކު އަހާން ބެލިގޮތެވެ. ރިއަންއާ ވަކި ވުމަށްފަހު ޒާޔާގެ ހިތާމަތަކަށް އަހާން ލުއި ހޯދައިދިން ގޮތެވެ. އެއަށްފަހު ޒާޔާ އާއި އަހާން އެކަކު އަނެކަކު ދެކެ ލޯބިވެ، ދެ މީހުންނަށް އެކަން އިހުސާސް ނުވެ އުޅުނު ގޮތެވެ. އެއިން އެއްވެސް ކަމެއް މިންހާ ހަނދާނުން ނުފިލައެވެ. އަހާން އާއި ޒާޔާއަށް ޓަކައި އެންމެ އުފަލުން، ހުރި ފަރާތަކަށް މިންހާ ވާނެއެވެ.

“އޯނ..އަހަންނަށް ޤަބޫލެއްވެސް ނުކުރެވޭ މާދަން ޒީ އާއި އަހާންއާ މެރީ ކުރަން އުޅޭކަން…ހީވަނީ ހުވަފެނެއް ހެން…ހަގީގަތުގަ ވެސް އަހަރެން ވަރަށް އުފާވޭ ތި ދެމީހުންނަށްޓަކައި” ޒާޔާ ގާތު މިންހާ އެނދުގައި އިށީނެވެ. “ތެދައް ބުންނަންނާ އަހަންނަށް ވެސް ގަބޫލެއް ނުކުރެވޭ…ކާކު ހިތައް އަރަނީ މަ އިންނާނީ ގަޅި އަހާންއާ ކަމެއް” “ޕްލީޒް..އަހަރެން މާ ކުރިން މެނިފެސްޓް ކޮށްފިން…ހަނދާން ވޭތަ، އަހާން އާއި އިޝަލް އަބަދު އަހަރުން ރުޅި އަރުވާތީވެ އެންމެން ބުނާނެ މަންމަ އާއި ބައްޕަ އުޅުނު ގޮތަށޭ އުޅެނީ” ކުޑައިރުގެ ހަނދާންތައް އާ ކުރަމުން ދެބެއިން ހުނެވެ.

 

މިލީ ނިދާފައި އެނދުގައި އޮތް އިރު، ކައިރީގައި ބަލަން އިޝަލް އިނެވެ. އެންމެ ފުރަތަމަ މިލީ އުރާލުމުން އެ ކުރެވުނު އިހުސާސަކީ ބަޔާންކޮށްދެވޭ ވަރަށް ވުރެ ފުން އިހުސާސެކެވެ. އެ ވަގުތު ވެގެން ދިޔައީ އޭނާގެ ލޮލުން ކަރުނަ އޮހުނު ވަގުތަކަށެވެ. ފުޓުބޯޅަ ކުޅެގެން ބޮޑެތި ކާމިޔާބީތައް ހާސިލް ކުރުމުން ލިބުނު އުފަލައް ވުރެ، އެ ދުވަހުގެ އުފާވެރިކަން ބޮޑެވެ. ދުނިޔޭގެ ހުރިހާ ނުރައްލަކުން އެ ދަރިފުޅު ސަލާމަތް ކުރަން އޭނާގެ އަމިއްލަ ނަފުސަށް ވައުދުވިއެވެ. މިލީއަށް ޓަކައި، އެ ހިތް ލޯބިން ބަންޑުން ވެގެން ދިޔައެވެ. ކުޑައިރުއްސުރެ ބައްޕަ ދޮންތަ ދެކެ މާބޮަޑަށް ލޯބިޔޭ ކިޔައިފައި އޭނާ އަބަދު ވެސް ޝަކުވާ ކުރެއެވެ. އެއީ ކީއްވެގެން ކަން، އެދުވަހު އަމިއްލަ އަށް ތަޖުރިބާ ކުރެވުނެވެ.

އަހާން އައިސް ކޮޓަރިއަށް ވަނީ، އިޝަލް އެ ގޮތުގައި ހުއްޓައެވެ. މިލީއަށް ބަލާލާފައި އަހާން ވެސް ހީނލިއެވެ. އިޝަލް ބައްޕައަކަށް ވެއްޖެ ކަމަށް އޭނާއަކަށް ވެސް ގަބޫލެއް ނުކުރެވެއެ. ކުޑައިރު އަބަދު ޒާޔާ އާއި މިންހާއަށް އުނދަގޫކޮށް ރޮއްވައި ހަދަން ގިނަ ފަހަރު އޭނާއަށް ވަސްވާސް ދޭ މިހަކީ އިޝަލްއެވެ. އޭނާއަށް ވުރެ އިޝަލް ދޮށި ނަމަވެސް، އަހާން ބޮޑުވިއިރު އެންމެ ގާތް އެކުވެރިޔަކީ އިޝަލްއެވެ. މިއަދު އެ އެކުވެރިޔާ އެ ވަނީ އަމިއްލަ ދިރިއުޅުމެއް ފަށާފައެވެ. އެ ދުވަސް، އޭނާއަށް ވެސް، އޮތީ އަތްފޯރާހަ ގާތުގައެވެ.

“ޔޫ ތިންކް ޔުއާރ ވައިފް ހޭޒް ޔޫ ރެޕްޑް އެރައުންޑް ހާރ ފިންގާރ..ޖަސްޓް ވެއިޓް އަންޓިލް ޝީ ގިވްސް ބާރތް ޓު އަ މިނީ ހާރ” އިޝަލްގެ ކުޑަވައި އިނގިލި އޮތީ، ނިދާފަތް އޮތް މިލީގެ އަތުތެރޭގައެވެ. މިލީ އިން ނަޒަރު ވަކި ކުރުމެއް ނެތި، އޭނާ އަހާންއާ ވާހަކަ ދެއްކިއެވެ. “އެދުވަހަށް މިހާރު އިންތިޒާރު ކުރެވެނީ..” ހުވަފެނީ ގޮތަކަށް އަހާން ބުންޏެވެ. ކުޑަ ކުޑަ ޒާޔާއެއް އައިސް އުޅޭނެ ގޮތް އޭނާއަށް ތަސައްވަރު ކުރެވުނެވެ. މިންހާ އާއި ޒާޔާ އެކޭ އެއްފަދައިން އެ ދެމީހުން ވެސް ރާވާފައި އޮތީ އެ ދުވަސެ އެކީގައި ހޭދަކުރުމަށެވެ. އިޝަލްގެ ޝަރުތަކަށް ވީ އޭނާއަކު، މީލީ ބޭންދުމަށެވެ. ރަށުން ބޭރަށް ކުޅެން ދާން ޖެހުމުގެ ސަބަބުން، އޭނާ ބޭނުންވާ ވަރަށް މިލީއާއެކު ވަގުތު ހޭދައެއް ނުކުރެވެއެވެ. އޭނާއަށް ވުރެ އެކުއްޖާ، މިންހާއާ ވެސް  މާ ދޯޅެވެ.

 

އެނދުގައި ބަނޑުން ދެފައި ނަގައިގެން، މިންހާ އާއި ޒާޔާ ތިބީ އަހާން ލެޕްޓޮޕުގައި ހުރި ކުރީގެ ތަސްވީރުތައް ބަލާށެވެ. ކޮންމެ ތަސްވީރެއް ވެސް ވަނީ އެތައް ހަނދާނަކާ ގުޅިފައެވެ. އެ ނަގާފާއި ހުރީ ކޮން ދުވަހެއް ކަމާއި، ކީއްވެ ނަގާފައި ހުރި ފޮޓޯއެއްކަން ހަނދާން އާ ކުރަމުން ހެމުން ގެންދިޔަވެ.

މިންހާ ތުންފަތް މަތީގައިވި ހިނިތުންވުން މަޑު މަޑުން ފަނޑުވެގެން ދިޔައީ، ސްކްރީނަށް ދެން އެރި ފޮޓޯ ފެނިފައެވެ. މީގެ ކުރިން އޭނާ ނުވަސް ދެކޭ އެ ފޮޓޮއިން އޭނާގެ ހިތަށް ގޮތެއް ވެލިއެވެ. އަނދިރި ނަމަވެސް އެ ފޮޓޮއިން ފެންނަމުން ދިޔައީ އޭނައާ އެރިކްކަން އެނގެއެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި އިރު ހީވަނީ ފިލްމެއްގެ މަންޒަރު ހެންނެވެ. ފޮޓޯ ފެނުމާއެކު ހެން އެއީ ކޮން ދުވަހެއްގެ ފޮޓޮއެއްކަން، ވަގުތުން މިންހާ ހަނދާންވިއެވެ. އެއީ ލިވަޕޫލްގައި ހުންނަ، ޔޫސުފްމެން ގެއަށް އެރިކް އައި ފުރަތަމަ ރެއެވެ. ވަގެއްކަމަށް ހީކޮށް އެރިކް ބޮލުގައި އޭނާ ދަނޑި ބުރިއަކުން ޖެހައި އެރިކް ހޭނައްތާލިއެވެ.

ޒާޔާ ވަގުތުން ލެޕްޓޮޕް ނިއްވާލާފައި މިންހާއަށް ގޮވާލިއެވެ. މިންހާ އޭނާގެ އިނގިލި ތަކާއި ކުޅެން އިނެވެ. މީގެ ދެ އަހަރު ކުރީގެ ހަނދާންތައް އަލުން އާ ވެގެން ދިޔައެވެ.

ދެ އަހަރު ކުރި…

އަލްޔަސް ގޮސް، މިންހާ ގާތު ވިނަގަނޑު މަތީ އިށީނެވެ. މިންހާ އަމިއްލައަށް އެއްޗެއް ބުނަންދެކަށް މަޑުކޮށްގެން ހުއްޓެވެ.

“އައި ތިންކް އައި ވޯންޓު ކޯލް އޮފް ދަ ވެޑިން” ފަސް ވަރަކަށް މިނެޓަށް ފަހު، މިންހާ ބުނެލިއެވެ. އޭރު ވެސް އޭނާއަށް ދިޔައީ ގިސްލެވެމުންނެވެ.

އަލްޔަސްއަށް ފުރަތަމަ ވެސް އަހާލެވުނީ އެރިކް، މިންހާއަށް ކަމެއް ކުރީތޯއެވެ. އެއާއެކު މިންހާގެ ހިތުގައި މާ ބޮޑަށް ޖެހުނެވެ. އަނެއްކާ ވެސް ލޮލަށް ކަރުނަ ޖަމާވިއެވެ. ދެ ފަރާތަށް ބޯ ހޫރާލިއެވެ. މިންހާ ދެން އެދުނީ އިޝަލްއަށް ގުޅައި ދިނުމަށެވެ.

އިޝަލްއާ އެކު އެރިކްއާ، ބައްދަލު ކުރަން މިންހާ ދިޔައި ،އެމީހުން އާންމުކޮށް ގޮސް އުޅޭ ކޭފައަށެވެ. ދެ ލޯބިވެރިންގެ މޫނު މަތިން ވެސް ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. މިންހާ އާއި އެރިކް، އެކަނި ވާހަކަ ދައްކަން ފުރުސަތު ދީފައި އިޝަލް ދާން އުޅުމުން އޭނާ އަތުގައި ހިފައި މިންހާ ހުއްޓުވިއެވެ. އާދޭހުގެ ނަޒަރަކުން، މިންހާ އޭނާއަށް ބަލާލުމުން ދުރަށް ދާކަށް އިޝަލް އަކަށް ނުކެރުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (26)

Next

ހިތުގެ މަގުތައް-7

Next
August 5, 2026

ހިތުގެ މަގުތައް-7

Previews
August 4, 2026

މި ލޯތްބާއި ތި ވަޢުދު (26)



All Right Reserved!