Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-27

_MuXo_
_MuXo_ Level 110 Stories
August 30, 2026 3 Mins Read
0 Comments

އޭރު އިފަހަތުން ގޮވާލުމުން ސެހްރިޝް އަށް ބަލާލެވުނެވެ. އެއީ ވެސް އާކިފް އެވެ. މިއީ ވެސް އާކިފް އެވެ. އާކިފް އަށް ބަލާލެވުނީ ސެހްރިޝްކާރީ ހުރި މީހާ އަށެވެ. އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ހީވަނީ ލޯގަނޑަކަށް ބަލަން އިނދެވުނު ހެންނެވެ. ސެހްރިޝް އޭނާގެ ދެފަރާތުގައި ތިބި ދެމީހުންނަށް ވަކި ވަކިން މޫނަށް ބަލާލިއެވެ.

“ޕާރޓ27*

“ސެހްރިޝް..” އާކިފް ސެހްރިޝް އަށް ގޮވާލިއެވެ. އަނެއްކާ ވެސް ސެހްރިޝް އާކިފް އަށް ބަލާލިއެވެ. ސެހްރިޝް ދިޔައީ އާކިފް ކާރިޔަށެވެ. އޭރު އޭނާގެ ކުރިމަތީ ހުރި މީހާ އިނީ ހައިރާންވެ އަނގަ ހުޅުވިފައެވެ.

“ތީ..؟” އޭނާ އަހާލިއެވެ. އާކިފް އިޝާރާތް ކޮށްލީ އޭނާގެ އަމިއްލަ ނަފްސަށެވެ. އެމީހާ ބޯޖަހާލިއެވެ.

“އަހަރެންމީ އާކިފް.. ތީ..؟” އާޚިފް ވެސް ސުވާލުކޮށްލިއެެވެ.

“އަހަރެން މީ އިޒްދާން..” އިޒްދާންގެ ޖަވާބު އަހާފައި ސެހްރިޝް އިނީ އަނގަހުޅުވިފައެވެ. ރޭގަ އެހެންމަ އެފެނުނީ އިޒްދާން އެވެ. އެއީ އާކިފް އެއް ނޫނެވެ.

“އަހަރެމެން ހާދަ ވައްތަރޭ..” އާކިފް ބުނެލިއެވެ. އިޒްދާން އަދި ވެސް އިނީ އާކިފް އާއި ދިމާއަށް ބަލާށެވެ.

“އަހަރެމެން މީ އަނެއްކާ ޓުއިންސްތަ..؟” އާކިފް އަހާލިއެވެ. އިޒްދާން ކޮޑު އަރުވާލިއެވެ. ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

“އިޒްދާން އުޅެނީ ކޮންތާކު..؟” މިފަހަރު ސުވާލު ކުރީ ސެހްރިޝް އެވެ. އިޒްދާންގެ ނަޒަރު ބަދަލުވީ ސެހްރިޝް އަށެެވެ.

“ރަޝިޔާގަ..” އިޒްދާން ބުނެލިއެވެ.

ތިން މީހުން ވެސް ވާހަކަދައްކާލާފައި ނިންމީ މިރޭ އަނެއްކާ ދިމާވެފައި ވާހަކަ ދައްކާލާށެވެ. ތިން މީހުން ވަކިވީ އެހިސާބުންނެވެ.

އުޑާއި ދިމާއަށް ބަލަން އިން ލަޔާންގެ އަނގައިން ލައްވަމުން ދިޔަ ރާގު ދިޔައީ މުޅި ސަރައްހައްދުގައި އަޑުބައްދަމުންނެވެ. ލަޔާންގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަޖެހުުމުގެ އަސަރެވެ. އޭނާ އަށް މިރޭ އިޒްދާން އަތުޖެއްސޭނެއެވެ. އިޒްދާންގެ ދުވަސް ދުއްވާލެވޭނެއެެވެ. މިރެޔަކީ ރެއެވެ. ލަޔާން އިނީ ވަރަށް އުފަލުންނެވެ. އޭނާ އިންތިޒާރު ކުރި ރެޔަކީ މީއެވެ.

“އިޒްދާން.. މިރެޔަކީރޭ.. ތައްޔާރުގަ ހުރޭ..” އެހެން ބުނެ ލަޔާން ހިގައިގަތީ ގެޔާއި ދިމާއަށެވެ.

“މަންމަގެ އަނެއްދަރިފުޅު ހަމަ އަސްލުވެސް މަރުވީތަ..؟” ސެހްރިޝް އާކިފް ކާރީ އަހާލިއެވެ. އާކިފް ވެސް އިނީ ހަމަ އެހިޔާލެއްގައެވެ.

“އަހަރެންނަކަށް ނޭނގެ.. އަހަރެންނަށް ހީވަނީ އިޒްދާން ކާރީ އަހާލީމަ އިނގިދާނެހެން..” އާކިފް ސެހްރިޝްގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. ސެހްރިޝް ވެސް ހިނިތުންވެލިއެވެ. ދެލޯބިވެރިން ވެސް ހިގައިފައި ގޮސް ގެޔަށް ވަނެވެ.

ކައިސާންގެ އަތުތެރޭގައި އިން ތާރާ އިނީ ވާހަކަ ނުދައްކައެވެ. ކައިސާން އިނީ ތާރާގެ ބޮލުގައި ދަތްދޮޅި ޖައްސާލާގެންނެވެ. ދެމީހުން ވެސް ތިބީ އަތިރިމަތީގައެވެ. އަނދިރިވަމުން ދިޔަ އުޑުމަތީގައި ވިދާބަބުޅަމުން ދިޔަ ތަރިތަކަށް ތާރާގެ ދެލޯދިޔައީ ހޯދަމުންނެވެ. ކައިސާންގެ ދެއަތްވަނީ ތާރާގެ ބަނޑާއި ދިމާއުން ވަށާލެވިފައެވެ.

“ކޮންއިރަކުން ގެޔަށް ދަނީ..؟” ކައިސާން އަހާލިއެެވެ. ތާރާ އެއްޗެކޭ ނުބުނެއެވެ. އޭނާ އެއިނީ ރުޅިއައިސް ހެއްޔެވެ؟

“ބޭބީ..؟ އާރ ޔޫ އޯކޭ..؟” ތާރާ އޭނާ އާއި ދިމާއަށް އަނބުރާލަމުން ކައިސާން އަހާލިއެވެ. އޭރު ތާރާގެ ދެލޯ ވަނީ ރަތްވެފައެވެ. ފެންކަޅި ވެފައެވެ.

“ކައިސާން.. ވައި ޑިޑްޔޫ ލައިކްމީ..؟” ތާރާ އަހާލިއެވެ. ކައިސާން ފުރަތަމަ އިނީ ބަހެއް ނުބުނެއެވެ. ދެން އޭނާ ހިނިތުންވެލިއެވެ.

“އަހަރެން ތާޔާ ދެކެ ލޯބިވީ.. ތާޔާގެ ޕާރސޮނެލިޓީ އާއި ހެދި.. ތާޔާ އަކީ ވަރަށް ހިތްހެޔޮ.. އެެހެންމީހުންނާ މެދު ވިސްނާ ކުއްޖެއް.. ތާޔާ އަކީ ވަރަށް މޮޅު ކުއްޖެއް.. އެނޑް އައިމް ވެރީ ހެޕީ ތެޓް އައި ހޭވްޔޫ އޭޒް މައިން..” ކައިސާން ތާޔާގެ އަތުގައި ހިފާ ބާރުކޮށްލަމުން ބުނެލިއެވެ. ތާރާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. ކައިސާން ނިކަން ލޯބިން އެކަރުނަ ތިކި ފޮހެދިނެވެ.

ލޯގަނޑު ކުރީ ހުރި އިޒްދާންގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަ ޖެހުމުވެ. މިރޭ އޭނާ މިދަނީ އާކިފް އާއި ބައްދަލު ކުރާށެވެ. އާކިފް އޭނާ އާއި ހާދަ ވައްތަރެވެ. އަނެއްކާ އާކިފް އަކީ  އޭނާގެ ‘އެއްމާބަނޑު’ ކުއްޖެއް ބާއެވެ. ނޭނގެއެވެ. ހަގީގަތް ވެސް އެނގޭނީ މިހާރަކު ނޫން ހެއްޔެވެ؟ އިޒްދާން ތައްޔާރު ވެލައިގެން ނުކުތެވެ. އޭނާ ކާރުގައި އައިސް މަޑުކޮށްލީ ބައްދަލު ކުރަން ނިއްމާފައި އޮތް ތަނެށެވެ. އިޒްދާން ލައިގެން ހުރީ ގަދަ ނޫކުލައިގެ ގަމީހެކެވެ. އޭގެ ބޭރުން ކަޅުކުލާގެ ޖެކެޓް އެކެވެ. ކޮންމެ އަކަސް އޭނާ ފެންނަލެއް ކިތައްމެހާ ވެސް ފިރިހެން ވަންތައެވެ.

“އަމާ-”

“އަމަޔަކަށް ބަފަޔަކަށް ގޮވާނެ ކަމެއް ނެތް.. ކަލޭގެ ހަޔާތްކުޑަ ކަމުން ހީކުރީތަ މަށަށް އެހާލު ޖައްސާފަ ފިލޭނެކަމަށްތަ..؟” އެއީ ލަޔާންގެ އަޑެވެ. އިޒްދާން ސިހުނަސް ލަޔާންގެ އަޑު ޖެހުމުން އޭނާ މާތިރިވިއެވެ. ލަޔާން އިނީ އިޒްދާންގެ އިސްތަށިގަނޑުގައި ހިފާ ވާންކޮށްލާގެނެވެ. އިޒްދާން އަށް ކިތައްމެހާ ވެސް ތަދުވެއެވެ. ނަމަވެސް އޭނާގެ ލަޔާން އައީކަން އެނގުމުން އިޒްދާން އަށް އެ ތަދު އިހްސާސް އެއް ނުކުރެވުނެވެ. އެކަމުވެސް އިޒްދާން ލަޔާންގެ އަތް ފޮޅުވާލާފައި އެނބުރުނެވެ. ލަޔާން އާއި އޭނާގެ ހަތަރު ކަޅު ބައްދަލުވުމާއި އެކު އިޒްދާން އަށް ހިނިތުންވެލެވުނެވެ. ނަމަވެސް ލަޔާންގެ ލޮލުން ފެންނަން ހުރީ ރުޅި ވެރި ކަމެވެ. އޭނާ އަތުގައި އޮތް ކުޑަ ވަޅި އިޒްދާންގެ ކަރުގައި ޖައްސާލިއެވެ. އިޒްދާން އެކަމު ހިނިތުންވެލީއެވެ. ލަޔާން ގާތަށް ރުޅި އައެެވެ.

“ކަލޭ ތިޔަ ހެވަނީ ކީއްވެތަ..؟” ލަޔާން އަހާލިއެވެ. އޭނާގެ އަޑުގައިވީ ރުޅި ވެރިކަމެވެ. އ

“ހެވޭނެ ދޯ.. އަހަރެން ވަރަށް އުފާވެއްޖެ.. ލަޔާން އާއި ބައްދަލުވީތީ.. އަހަރެން ލަޔާން ފެންނާނެ އިރަކަށް މިހާރު އިންތިޒާރު ކުރާތާ ކޮން ދުވަހެއް..” އިޒްދާން ކުއްލި ހަރަކާތާ އެކު ލަޔާންގެ އަތުގައި އޮތް ވަޅި އަތުލައި ދުރަށް ހޫރާލާފައި ލަޔާންގެ ދެއަތުގައި ހިފައި އޭނާޔަށް ފުރަގަސް ދިއްވިއެވެ.

“ދޫކޮށްލާ.. ހަމަ މިހާރު ދޫކޮށްލާ.. އިޒްދާން އަކަށް ނޯންނާނެ އަހަރެން ގަޔަށް އަތްލުމުގެ އެއްވެސް ހައްގެއް..” ލަޔާން ހަޅޭލަވާގަތެވެ.

“ޝޫޝް ޑޯލް..” އިޒްދާން ލަޔާންގެ ކަންފަތް ދަށުގައި މަޑުމަޑުން ބުނެލިއެވެ. ލަޔާންގެ ގައިން ވެސް ހީވަނީ އަލިފާން ކަނިކަނި ބުރާހެންނެެވެ. އޭނާ ހުރީ އެހާ ވެސް ރުޅީ އާސް އެވެ.

“އިޒްދާން..؟ ލަޔާން..؟” އާކިފްގެ އަޑާއި އެކު ދެމީހުންނަށް ވެސް ބަލާލެވުނީ އެއްފަހަރާއެވެ. އޭރު އާކިފް އާއި ސެހްރިޝް ތިއްބެވެ. އާކިފްގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަ ނުޖެހުމެވެ. ނަމަވެސް ސެހްރިޝް އިނީ ހިނިއައިސް އެވެ.

“އާކިފް އަށް ލަޔާން އިނގޭތަ..؟” އިޒްދާން އަހާލިއެވެ.

“އާން.. އެއީ އަހަރެންގެ ގޭގަ އުޅޭ މެއިޑް އެއްގެ ދައްތަ..” އާކިފް ބުނެލިއެވެ. އިޒްދާން ލަޔާން އާއި ދިމާއަށް ބަލާލާފައި ނުލަފާ ވައްތަރަކަށް ހީލިއެވެ.

“ދެން މިތާނުތިބެ ހިނގާ އެތެރެއަށް ވަދެ ވާހަކަ ދައްކާލަން.. ލަޔާން ވެސް އާދޭ..” ސެހްރިޝް ލަޔާންގެ އަތުގުޅުވާލާގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އާކިފް އާއި އިޒްދާން ވެސް ވަނީ އެތެރެއަށެވެ.

*ނުނިމޭ*

Share Article

_MuXo_
Follow Me Written By

_MuXo_

Level 110 Stories

Other Articles

Previous

އަވައްޓެރިޔާ! – 7

Next

ވައިސޫރަ – 4

Next
August 30, 2026

ވައިސޫރަ – 4

Previews
August 29, 2026

އަވައްޓެރިޔާ! – 7



All Right Reserved!