Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-28

_MuXo_
_MuXo_ Level 110 Stories
September 11, 2026 4 Mins Read
2 Comments

“ދެން މިތާ ނުތިބެ ހިނގާ އެތެރެ އަށް ވަދެ ވާހަކަދައްކާލަން.. ލަޔާން ވެސް އާދޭ..” ސެހްރިޝް ލަޔާންގެ އަތުގުޅުވައިލައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އާކިފް އާއި އިޒްދާން ވަނީ އެތެރެއަށެވެ.

*ޕާރްޓް-28*

“ކިހިނެއްތަ ލަޔާން އެންޑް އިޒްދާން އެކަކު އަނެކަކު ދަންނަނީ..؟” ސެހްރިޝް އަހާލިއެވެ. ލަޔާން އިޒްދާން އާއި ދިމާއަށް ލޯއަޅާލިއެވެ. އިޒްދާން އިނީ ދަތްދޮޅީގައި އަތްވިއްދާލާގެންނެވެ. އޭނާގެ ތޫނު ކަޅިރަވަ ސީދާ ވެފައި ވަނީ ލަޔާން އަށެވެ. އެދެލޮލުގައި ފެންނަން ހުރީ އެހެން ކުލަވަރެކެވެ.

“އަހަރެމެން ދެމީހުން ކިޔެވީ އެއް ސުކޫލަކުން..” ލަޔާން ޖަވާބު ދިނެވެ. އާކިފް އާއި ސެހްރިޝް ވެސް ދެމީހުންނަށް ބަލާލާފައި ހީލިއެވެ.

“ސޯ.. އިޒްދާން މަންމަ ކޮބާތަ..؟” އާކިފް އަހާލިއެވެ.

“މަންމަ އެބައުޅޭ..” އިޒްދާން ހިނިތުންވެލިއެވެ.

“އިޒްދާން އާއި އާކިފް އެހާ ވައްތަރީ ކީއްވެތަ..؟” ސެހްރިޝް އަނެއްކާ ވެސް އާކިފްގެ މޫނަށް ބަލާލާފައި އަޒްދާން މޫނަށް ބަލާލިއެވެ.

“އަހަރެންގެ މަންމަ ބުނީ އަހަރެންމީ އެޑަޕްޓް ކޮށްފަ ހުރިކުއްޖެކޭ..” އިޒްދާން އެހެން އިނދެފައި ބުނެލިއެވެ.

އާކިފް އާއި ސެހްރިޝް ދެމީހުން ދެމީހުންގެ މޫނަށް ބަލާލިއެވެ. އާކިފް ބުނީ އިޒްދާން މަންމަ އާއި އިޒްދާން މާދަންރޭ ކެއުމަށް އެގެޔަށް އައުމަށެވެ. އިޒްދާން އުފަލާއި އެކީ ދައުވަތު ބަލާގަތެވެ. އެއްމެން ވެސް އެކިވާހަކަ ދައްކާފައި ނުކުތެވެ. އާކިފް އާއި ސެހްރިޝް ދިޔުމުން އިޒްދާން އާއި ލަޔާން އެކަނިވިއެވެ. ލަޔާން ގޮސް ގަހެއްގައި ލެނގިލިއެވެ. އަދި ސިގެރޭޓެއް ނަގައި ރޯކޮށްލިއެވެ. އިޒްދާން ހައިރާން ވިއެވެ. ލަޔާން ސިގެރޭޓް ވެސް ބޯ ހެއްޔެވެ؟ އިޒްދާން ދިޔަގޮތަށް ގޮސް ލަޔާންގެ އަތުން އެ ސިގެރޭޓް އަތުލިއެވެ. އަދި ބިންމައްޗަށް ވައްޓާލައި އޭގެ މައްޗަށް ފައިން އެރިއެވެ. ލަޔާން ގާތަށް ރުޅި އައެވެ. އޭނާގެ އިޒްދާންގެ މޭގައި އަތް އަޅައި ކޮށްޕާލިއެވެ. އިޒްދާން ލަޔާންގެ އަތެއް ފޮޅުވައެއް ނުލައެވެ.

“ކޮބާތަ ކަލޭގެ މައްސަލައަކީ.. ކަލޭޔަށް އަޅެފަ ކިޔެއްތަ އަހަރެން ކޮންމެ ފާޑަކަށް އުޅުނަސް އެއިން..” ލަޔާން ހަޅޭލަވާގަތެވެ. އެދެލޮލުގައި ފެންނަން ހުރީ ރުޅިވެރިކަމެވެ. ނުރުހުމެވެ. އިޒްދާން ބަހެއް ނުބުނެއެވެ.

“ސިގެރޭޓް ބޯކަށް ނުވާނެ..” މަޑުމަޑުން އިޒްދާން ބުނެލިއެވެ.

“އިޒްދާން.. އިޒްދާން ކީއްވެތަ އަސްލު އަހަރެންނަށް މިހާލު ޖެއްސީ.. ކީއްވެ..؟ ކީއްވެ..؟ އަހަރެން މިހެން މިއުޅެން ޖެހުނީ ހަމަ އިޒްދާންގެ ސަބަބުން.. އަހަރެން އިޒްދާން އަށް ކޮންކަމެއް ކުރީ އެއިން.. ގައިމު އަހަރެން އިޒްދާން ނުރުހޭފަދަ ކަމެއް ކޮށްފައެއް ނުހުންނާނެ.. ބުނެބަލަ.. ހެޔޮ ނުވާނެ.. ކީއްވެ..؟” ލަޔާން އިޒްދާންގެ ޖެކެޓްގެ ގިރުވާނުގައި ހިފައި ބާރުކޮށްލިއެވެ. އިޒްދާން އިނީ ލަޔާން އަށް އެފުރުސަތު ދީގެންނެވެ. ލަޔާން އެދައްކާ ވާހަކަ އޭނާ އަށް ކިތައްމެހާ ވެސް ރަގަނޅަށް އެނގެއެެވެ. ނަމަވެސް ހަޤީޤަތް ލަޔާން އަށް ނޭނގޭ ހާލުގައި ލަޔާން އެވާހަކަ ދައްކާތީވެ އިޒްދާންގެ ހިތަށް ތަދުވިއެވެ.

“ލަޔާން..” އިޒްދާން އަށް ބުނެވުނީ އެހާވަރަށެވެ.

“ނޫން.. އިޒްދާން.. އަހަރެން އެއްވެސް ކަމެއް ނުކުރަން އިޒްދާން އަކަށެއް.. އިޒްދާން އަހަރެންނަށް އަނިޔާއެއް ދޭންބޭނުންވީ ކީއްވެ.. ބަލަ އަހަރެންމީ ތިޔަ ހިތަށް އަރާވަރުގެ ގައްޑާ މީހެއްނޫނޭ.. އަހަރެންގެ އަޅާލާނެ ޔާރެއް އިޔާރެއް ނެތް.. އިޒްދާން ކަހަލަ މީހުން ހެން އަހަރެން މުއްސަންޖެއް ނޫން.. ލާރިތަށް ތަޅާބުރުއްސާރު އެއްވެސް ކަމެއް ނޫން.. އަހަރެންގެ އިއްފަތްތެރިކަން ނަގާލަން އިޒްދާން ބޭނުންވީ ކީއްވެ.. އޭގެ ފަހުން އަދި ރަށުން ވެސް ފިލާފި.. އަހަރެންނަށް އެމީހުން އެހެދިގޮތް އަދި ވެސް ހަދާން އެބަހުރި.. އަދި ވެސް އެލަކުނުތައް އެބަހުރި.. އަހަރެން އުޅެންޖެހުނީ ބޮޑު ބިރުވެރިކަމެއް ތެރޭގަ.. އެމީހުން ބޭނުންވާ އިރަކު އައިސް އަހަރެން ގައިން ހިތްހަމަޖެހިގަނެގެން ދާއިރު އަހަރެންނަށް ވާނެވަރު ހަމަ ނޭނގޭތަ.. އިޒްދާން އަކީ ހަމަ އެހާ ނުލަފާ މިނިކާވަގެއްތަ..؟” ލަޔާން އަށް ރޮވިއްޖެވެ. ހަމަރަގަނޅެއް ވެސް ރޮވިއްޖެއެވެ. އިޒްދާން އަށް ހުރެވުނީ ބަލާށެވެ. މިޔޮށްހާ އަހަރުތަށް ވެގެން ދިޔައިރު ލަޔާން ހީއްކުރީ އެއީ އޭނާގެ ކަމެއްކަމަށެވެ. ނޫނެކޭ އެއީ ކުއްހީއެކެވެ.

ބޭއިޙްތިޔާރުގައި އިޒްދާން އަށް ލަޔާން އޭނާގެ ހަށިގަނޑާލާ ފިތާލެވުނެވެ. ލަޔާން އުޅުނީ ދުރަށް ޖެހޭށެވެ. އިޒްދާން ގައިގައި ޖަހައި ދޫކޮށްލާށޭ ގޮވިއެވެ. ނަމަވެސް އިޒްދާން އެއްމެ ތަންފުކެއް ވެސް ގުޑިނުލިއެވެ. ލަޔާން އެއްމެފަހުން އިޒްދާންގައިގައި ބައްދާލިއެވެ. އޭނާ ގިސްލަ ގިސްލާފައި ރުއެވެ. ލަޔާން ގައިގައި ހިފާއްޓާލާގެން ހުރި އިޒްދާން އަށް އޭނާގެ ހަށިގަނޑުގެ ތުރު ތުރު އިހްސާސް ކުރެވެއެވެ. ލަޔާން ބުނީ ތެކެވެ. ލަޔާން އަށް ކޮށްފައިވާ އަސަރެއް އެއްވެސް އެހެން މީހަކަށް ނޭނގޭނެއެވެ.

“އައިމް ސޮރީ ޑޯލް.. އައިމް ސޯ ސޮރީ.. އެކަމު ބުނަންތަ.. އަހަރެންނެއް ނޫން ލަޔާން ރޭޕް ކޮށްލީކީ.. އެއީ އަހަރެން ރޭވި ކަމެއް ނޫން.. އެއީ އެމީހުން އަމިއްލަ އަކަށް ކުރިމަކަމެއް.. އަހަރެން ރަށުން ފިލީކީ ނޫން.. ބައްޕަ ވަރަށް ބަލިވެގެން ކުއްލި ގޮތަކަށް ދާން ޖެހުނީ.. އަހަރެން ބޭނުންވި ލަޔާން ކާރީ ބުނަން ވެސް.. އެކަމު އެހާ ވަގުތެއް ނުލިބުން.. ލަޔާން.. އާދޭސް ކޮށްފަ މިބުނަނީ އެއީ އަހަރެން ކުރިކަމެއް ނޫން.. އާން.. އަހަރެން ލަޔާން އަށް ގަނާ ކުރިން.. ވަރަކަށް ކުރިން.. އެއީ ލަޔާން އަށް ގެއްލުމެއް ދިނުމުގެ މަގްސަތެއްގަ އެއް ނޫން.. އެއީ.. އެއީ.. އަހަރެން ލަޔާން އާއި ގަޔާވާތީ..” އިޒްދާންގެ އަނގައިން މިނުކުއް ޖުމްލައާއި އެކު ލަޔާން އިސްއުފުލައި އިޒްދާންގެ މޫނަށް ބަލާލިއެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. އިޒްދާން އެދައްކަނީ ހަަމަ ތެދެއްހޭ ލަޔާން ހިތަށް އެރިއެވެ.

“އާން.. އަހަރެން އޭރު ވެސް އަދި މިހާރު ވެސް ލަޔާން އާ ގަޔާވޭ.. އަަހަރެނަަކަށް ނޭނގެ އޭރު ކިހިނެއްކަމެއް މިވަނީކީ.. ކިހިނެއް ކަމެއް ވާންޖެހެނީކީ.. އައި ޖަސްޓް ވޯންޓެޑް ޔޯ އެޓެންޝަން..” އިޒްދާން އިތުރަށް ތަފްސީލު ކޮށްދިނެވެ. ލަޔާން ހަމަ އިނީ އާޝޯހްވެފައެވެ. އިޒްދާން އަސްލު އޭނާގެ ހިތުތެރޭ އޮތް އެއްޗެއް ލަޔާން ކުރިމަތީ ބަންޑުން ކޮށްލަނީއެވެ.

“ޑޯލް.. އަހަރެން ވަރަށް މަސަށްކަތް ކުރިން ޑޯލް އާއި ވާހަކަ ދައްކަން ރަޝިޔާ އަށް ގޮށްސަ.. އެކަމު ޑޯލް ރަށުން ދިޔަ ވާހަަކަ އެނގުމުން އަހަރެން ހަމަ ގޮތްހުސްވީ.. އެކަމު ފަހުން އަނެއްކާ މިއައީ.. އައި ކޭމްބެކް ފޯރ ޔޫ..” އިޒްދާން ހިނިތުންވެލިއެވެ. ހިތި ހިނިތުންވުމެކެވެ.

“ލަޔާން.. އައި ލަވްޔޫ.. އެންޑް އައި އޯލްވޭސް ހެޑް، އެންޑް ވިލް.. އަހަރެން ބޭނުން ލަޔާން.. އަހަރެން ބޭނުން ލަޔާން އަހަރެންގެ މީހަކަށް ހަދަން.. އެނގޭ މިޔޮށްހާ އަހަރުތަކެއް ވަންދެކަށް ލަޔާންގެ ހިތުގައި އަހަރެންނާ ދޭތެރޭ އޮންނާނީ ނަފްރަތުކަން.. ސޮރީ.. އަހަރެން ވަރަށް ބޮޑަށް ދެރަވި ލަޔާން އަށް އެހެންވިކަން އެނގުނީމަ.. އަހަރެން ހިތަށް އެރީ އެއީ އަހަރެންގެ ކަމެކޭ.. އަހަރެން ބޭނުންވީ ލަޔާން ކާރިޔަށް ދާން.. އެކަމު.. އެކަމު ނުދެވުނު..” އިޒްދާން އޭނާގެ ހިތުގައި އޮތް އެއްޗެއް ބޭރުކޮށްލިއެވެ. ލަޔާން އިނީ ދެލޯ ބޮޑުވެފައެވެ. އޭނާ އިނީ އިޒްދާން ކުރިމަތީއެވެ. އިޒްދާން އިނީ އޭނާގެ އަތުގައި ހިފާއްޓާލާގެންވެ.

ދެމީހުން ވެސް ތިބީ އެކަކު އަނެކަކުގެ ލޯތެރެއަށް ގަރަގު ވެފައެވެ. އަނގައިން އެކެއްޗެކޭ ނުބުންޔަސް އެދެލޮލުން ދިޔައީ ވާހަކަ ދައްކަމުންނެވެ. ކުއްލިއަކަށް މަޑުމަޑުން އިޒްދާން ދެކަކޫ މައްޗަށް ތިރިވެލިއެވެ. ލަޔާން އަށް އަނެއްކާ ވެސް ދެލޯ ބޮޑުކޮށްލެވުނެވެ. އިޒްދާން މިހާރު ހުރީ ލަޔާން ކުރިމަތީ ދެކަކޫ މައްޗަށް ތިިރިވެއެވެ. ލަޔާންގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

“ލަޔާންގެ މާފު ހޯދައި ތިޔަ ހިތުން ޖާގަ ހޯދަން އަހަރެން ކޮންމެ ކަމެއް ވެސް ކުރާނަން.. ހެޔޮ ދެފައި ބުޑަށް ވެއްޓި އާދޭސް ކުރަން ޖެހުނަސް..” އިޒްދާން ބުނެލިއެވެ. ލަޔާން ވެސް އިޒްދާން ކާރީ ތިރިވެ އިޒްދާންގާގައި ބައްދާލިއެވެ. އިޒްދާން އިނީ ކުޑަވަރެއްގެ ޝޮކެއްގަ އެވެ. އޭނާ ވެސް ލަޔާން ގައިގައ ބާރަށް ބައްދާލާފައި އެއިސްތަށިގަނޑު ތެރޭ މޫނު ފޮރުވާލިއެވެ.

“އިޒްދާން.. ތިވަރު ނުކުރިޔަސް.. އަހަރެން އިޒްދާން އަށް މަޢާފް ކޮށްފިން.. އަހަރެން އުފަލުން އިޒްދާންގެ މީހަކަށް ވާނަން.. އިޒްދާން.. އެކަމު އަހަރެން ބިރުގަނޭ..” ލަޔާންގެ ލޮލުގައި ކަރުނަ ވިދާލިއެވެ. އިޒްދާން ލަޔާންގެ މޫނުގައި ދެއަތުން ހިފާލިއެވެ. ނިކަން ލޯބިންނެވެ.

“ބިރުނުގަނޭ.. އަހަރެންގެ ޑޯލް އަށް އަހަރެން ގެއްލުމެއް ނުދޭނަން.. ގެއްލުމެއް ވިކަވެސް ނުދޭނަން.. އެޔަށް ތުރެއް އަހަރެން ޑޯލް ދެކެ ލޯބިވޭ.. ޔޫ އާރް މައިން.. އޮންލީ މައިން.. އެހެން މީހަކަށް ދެނެއް ޑޯލް އެއް ނުލިބޭނެ.. އަހަރެންގެ ހައްޤަކަށް ޑޯލް ހަދާނަން..” އިޒްދާން ވަޢުދުވިއެވެ. ލަޔާންގެ ލޮލުން މިފަހަރު ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. އެޔޮށްވަރަށް ގަދަވެލާފައި އުޅުނު ލަޔާން އަށް މީހެއްގެ ލޯބި ލިބުމުން އެޔޮށްގެން ރޮވެނީއެވެ. ހިތުގައި ފޮރުވާފައި ހުރި ޝަކުވާތަށް ބަންޑުން ކޮށްލިއެވެ. އަސްލު ހަޤީޤަތުގަި ލަޔާންގެ ހިތުގައި ވަނީ އެތަކެއް ޒަހަމެއް ލެވިފައެވެ. ނަމަވެސް އިޒްދާން އޭނާގެ އެ ލަކުނުތަކާއި ޒަހަމްތަށް ފޮހެދޭނެއެވެ. ފަރުވާކޮށްދޭނެއެވެ.

*ނުނިމޭ*

Share Article

_MuXo_
Follow Me Written By

_MuXo_

Level 110 Stories

Other Articles

Previous

ޒާރާ ސީޒަން 2 (6)

Next

ގާތުގާ… 54

Next
September 11, 2026

ގާތުގާ… 54

Previews
September 11, 2026

ޒާރާ ސީޒަން 2 (6)

2 Comments!

  1. Shaba_17 says:
    September 11, 2026 at 7:39 pm

    Mi part ves vrh Rythi<3 ✨🖤 Aakif and Ixdhern keehve baa ehaa vahthary? I'm So curious about that Hehehe 😅 Awwn Ixdhern and Layern so cute wauu Masha Allah Curiously waiting for the next part When's next dear? 🤗
    Lysm and Tc princess<3 😘❤️

    1. _MuXo_ _MuXo_ says:
      September 11, 2026 at 8:31 pm

      Awwn happyy to know that you loved this part 🥰
      We will know next part ga 👍
      Ikr 😭
      Next part ves anna hafthaaga kanne dhen 🙈
      Love you more, you also take care Shaba_17 💙

Comments are closed.



All Right Reserved!