Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…36

Mysterious Woman Level 310 Stories100 Comments
July 22, 2026 2 Mins Read
0 Comments

ހެނދުނުގެ ވަގުތެވެ. “ބްލޫސް ކެފޭގެ” ވީއައިޕީ ބައިގައި މެހެކާއި ނަވީނު އިނީ ހެނދުނުގެ ނާސްތާއަށް އިންސާފުކުރާށެވެ. މެހެކުގެ ދައުވަތަކަށް ނަވީން އެހާ ހެނދުނާ އައިސް އިނުމުން މެހެކަކީ ކިހާ ޚާއްސަ ފަރާތެއްކަން އިނގެއެވެ. އެހެންޏާ އެއީ ގިނަ ދުވަސްދުވަހު ހެނދުނު ލޮލަށް ދައްކައިވެސްލާ މީހެއް ނޫނެވެ.

“ކިހިނެއްވީ މިހާ ހެނދުނާ އަންނަން ބުނީ….ގައިމު ތީ އިއްޔެ މަ ދެކެ ރުޅި އައިސް ހުރި މީހެއް…” ނަވީން އަހާލިއެވެ. “މިއީ އެހާ ހެނދުނެއް ވެސް ނޫނެއްނުން…..މިހާރު ދިހަ ގަޑި ބައިވީ އެ…އަދި ވެސް ހަމަ އެ ގޮތް ދޯ؟…” މެހެކު ގަޑިއަށް ބަލާލުމަށްފަހު ބުނެލިއެވެ. “ދެން އިނގޭނުން މަށަކީ މެންދުރަށް ތެދުވާ މީހެއްކަން…..” ނަވީން ބުނެލިއެވެ. މެހެކު ދެ ފަރާތައް ބޯހޫރުވާލިއެވެ.

މެހެކު ކާން އިން ސޭންޑުވިޗުގައި އަތުން ހިފެހެއްޓިގޮތަށް އިނީ ފުން ޚިޔާލެއްގައެވެ. މެހެކުގެ ހިތުގައިވާ ސުވާލުތައް ހާމަކުރާނެގޮތަކާ މެދު ފިކުރުކުރުމުގައި ދެ މިނެޓުވަރު އިނދެވުނެވެ. ނަވީން އިނީ މެހެކުގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ކޮންމެ ވެސް ވާހަކައެއް ބުނަންއުޅޭކަން އޭނާއަށް އިނގެއެވެ. ޔަގީންނުވަނީ އޭނާ އާއި ކުރިމަތިވާނީ ކޮންކޮން ސުވާލުތަކެއްކަމާއެވެ.

މެހެކު ސޭންޑުވިޗު ތަށި ތެރޭގައި ބާއްވާލިއެވެ. އަދި ނަވީނަށް މާނަފުން ނަޒަރެއްދިނެވެ. ހީވަނީ ކަމަކަށް ތައްޔާރުވީހެންނެވެ. “ނަވީން މަށަށް ހުރިހާ އެއްޗެއް ވެސް އިނގިއްޖެ…މިވީ ފަސް އަހަރު މަށަށް އޮޅުވާލި ހުރިހާ ކަމެއް ހާމަވެއްޖެ….” ނަވީންގެ ދެ ލޮލަށް ބަލަހައްޓައިގެން އިނދެ މެހެކު ބުނެލިއެވެ. ނަވީންގެ މޫނުން ފެނުނު ސިހުން މެހެކަށް ވަރަށް ރަނގަޅަށް ފެނުނެވެ. “ކކކޮން ކަމެއް؟….” ނަވީން ހަމަޖެހޭ ގޮތް ދައްކަމުން އަހާލިއެވެ.

“ނަވީންގެ އަނދިރިފަރާތް….މީގެ އަހަރުތަކެއްކުރިން އަހަރުމެން ގެއަށް ނަވީން އައި އައުމުން ކަންތައްތައް ހިނގި ގޮތް…..މީސަމާއި ލޯބިނުވާއިރު ރައްޓެހިވުން….ރައްޓެހިވެގެން ހުރެ މަށާ ވާހަދައްކާ ގާތްވާން މަސައްކަތްކުރި ގޮތް….މީސަމަށް ނަވީން މަ ދެކެ ލޯބިވާކަން އެނގުން ހިނދު ކަންތައްކުރި ގޮތް….އޭނާގެ އެންމެ އަގުބޮޑު އިއްޒަތް ފޭރިގަތް ގޮތް……އަދި ވެސް ކިޔަންވީ ތަ؟…..” ކިތައްމެ މަޑުން ވާހަކަދެއްކިޔަސް މެހެކުގައި އަޑުގައި ހުރި ހަރުކަށިކަން ނަވީނަށް ފާހަގަވިއެވެ. އެހެނަސް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެހާ ފައުޅުކަން ބޮޑު ގޮތެއްގައި އޭނާ ކުރި ހުރިހާ ކަމެއް އެންމެ ދެ ތިން ބުނުމަކުން މެހެކު ބުނީމައެވެ. ސުވާލަކީ މެހެކަށް އެ ހުރިހާ ކަމެއް އެނގުނީ ކިހިނެއް ހެއްޔެވެ؟

“ހައިރާންވެއްޖެ ދޯ؟…….ހިތަށް އަރާ ދޯ މަށަށް އެނގުނީ ކިހިނެއްހޭ؟……..ހުރިހާ ކަމެއް ތާ އަބަދަށް ވަންހަނާ ވެފައެއް ނޯންނާނެ….ކޮންމެ ވެސް ދުވަހަކުން ހުރިހާ ހަގީގަތެއް ފަޅާ އަރާނެ….މިއޮތީ އެ ދުވަސް އައިސަ….” އަނެއްކާ ވެސް ވާހަކަދެއްކީ މެހެކެވެ. މެހެކު ހައިރާޞްވީ ނަވީން ހިނިގަނޑެއް ޖަހާލީމައެވެ. “މެހެކު….ކޮންތާކުން އަޑު އެހި ވާހަކަތަކެއް ތީ……..ޝަދާން ތަ؟….” ނަވީން އެހިއެވެ. އަޑުގައި ކޮންމެ ވެސް ވަރަކަށް ނުރައްކާތެރި ރުޅިވެރިކަމެއް ހުއްޓެވެ.

“ދާން އެކަންޏެއް ނޫން……..ފައިނާ…ނީރާ…ރާކިން…އެލްޒިން…މި އެންމެން ވެސް މަށަށް އެ ދުވަހު ވެސް މަސައްކަތްކުރި ހަގީގަތް ކިޔައިދޭން……ނަވީން ހަނދާން އެބަ ހުރި ތަ؟…..” ރުޅިވެރިކަމާއިއެކު މެހެކު އެހިއެވެ. މެހެކުގެ އަޑު ދިޔައީ ވެސް ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުންނެވެ. އެތަނުގައި އިތުރު މީހަކު ނެތްކަން ވެސް ނަސީބެކެވެ. “ކޮން ކަމެއް؟….” ނަވީން އަހާލިއެވެ.

“ބަންކުއެޓު ހޯލު…..މީސަމް……ވައްޓާލި ގޮތް؟……” މިފަހަރު މެހެކު ބުނި ވާހަކައަކުން ނަވީން ދިޔައީ ތަރި ބުރައިގެންނެވެ. ނަވީން އިން ގޮނޑިން ފުންމައިގެން ތެދުވީ ވެސް ބިރެއް ފެނިގެން އުޅޭ މީހަކު ފަދައިންނެވެ. އެހާ ވެސް އެ މޫނުމަތިން ބިރާއި ސިހުން ފެނިގެންދިޔައެވެ. މެހެކުގެ ހިތް ވެސް ވަކި މަޑެއް ނޫނެވެ. ހިތުގެ ތެޅުން އެހާ ވެސް ބާރެވެ. ނަވީން އޭނާއަށް ކޮންމެ ފަދަ ގޮތެއް ވެސް ހަދާފާނެއެވެ.

“މެހެކު ކާކު ބުނީ؟……ކާކުހޭ؟؟؟؟؟…….” ނަވީން ހަޅޭއްލަވައިގަތެވެ. “ހަޅެއްނުލަވާ ނަވީން…..މިތަނަސް މީހުން އެއްކުރަންތަ ބޭނުމީ…….ހެކި ނެތި މިކަހަލަ ވާހަކައެއްނުދައްކާނެކަން ނޭނގޭތަ؟…..ކަލޭ ތީ ދަށުދަރަޖައިގެ މީހެއް……މައުސޫމު ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލާ އެވަރުން ނުފުދިގެން އެ ފަކީރު މަރާލި ނުބައި ޝައިޠާނެއް……..އެކަން ވެސް ފޮރުވައިގެން އެހެން މީހެއް ބޮލުގައި ބަދުނާމެއް އަޅުވާލި ނުލަފާ ފުރޭތައެއް ތީ…..” މެހެކު ވެސް ހަޅޭއްލަވައިގަތެވެ. އޭނާއަށް އެރީ ކޮންފަދަ ބާރެއް ކަމެއް ވެސް ނޭނގެއެވެ. ލިބުނީ ކޮން ހިތްވަރެއްކަމެއް ވެސް ނޭނގެއެވެ. ހިނދުކޮޅަކަށް އޭނާއަކީ ލޯޔަރެއްކަން ހަނދާންނެތުނީއެވެ. ނަމަވެސް އޭނާ ވެސް ފަހަތަށް ޖެހޭކަށް ބޭނުމެއް ނޫނެވެ.

މެހެކު އުޅުނީ ނަވީންގެ ކުރިމަތިން ދާންށެވެ. އެހެނަސް ހުއްޓެން މަޖުބޫރުވީ ނަވީން ދެން ބުނި އެއްޗަކުންނެވެ. “މެހެކަށް އިނގޭތަ މަގޭ ބައްޕަ މެހެކުގެ މަންމަ އާއި ހިތާވިކަން…..” ނަވީން އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ. ނަވީން ފަސްދީ ހުރި މެހެކު ފަސްއެނބުރިފައި ނަވީނަށް ބަލާލިއެވެ. “ނޭނގޭ ދޯ؟……އެމީހުންގެ ޒުވާޞް ދުވަސްވަރު މަގޭ ބައްޕަ އުޅުނީ މެހެކުގެ މަންމަ އާއި ހިތާވެގެން……އެތައްފަހަރަކު ތިގޭ ބޭރުގައި މުގޯލި ވެސް އެޅި……އެކަމަކު ބާރުގެ ބޭނުމުގައި މަގޭ މަންމަ އާއި އިނީ……” މެހެކުގެ ވަށައިގެން އެނބުރެމުން ނަވީން ހާމަކުރީ މެހެކަށް ނޭނގޭ ހަގީގަތެކެވެ.

މެހެކު ނަވީނަށް ބަލާލިއެވެ. “އިނގޭތަ ދާދި އެހަކަށް ދުވަހު މަގޭ މަންމައަށް އެ ހަގީގަތް ފަޅާއެރީ މިހާރު މަގޭ މަންމަ އިނީ ހައްޔަރުގައޭ……..” ނަވީން މެހެކުގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. “ތިކަމާ މިކަމާ ހުރީ ކޮން ގުޅުމެއް؟…..” މެހެކުގެ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ވަގުތީ ލޯބި…

Next

ހިޔަނި – 4

Next
July 22, 2026

ހިޔަނި – 4

Previews
July 22, 2026

ވަގުތީ ލޯބި…



All Right Reserved!