Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 74

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 26, 2026 3 Mins Read
2 Comments

ނޯޓު: މިބައި ލަސްވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި އަޅުގަނޑު ތަންކޮޅެއް ބިޒީކޮށް އުޅުމުން. އެކަމަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން. މިބައިވެސް ކިޔުންތެރިންނަށް ކަމުދާނޭ ކަމަށް އަޅުގަނޑު އުއްމީދު ކުރަން🫶🏻

*** *** ***

އެތަނަށް އައި އެޒިކިއެލްއަށް އެދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އަޑު އިވުނެވެ. އެހާ ތެދުވެރި ލޮތްބެއް އޭނާއަށް އަދި މިފެނުނީ އަލަށެވެ. ޔައުލާން އެލާރާދެކެ ލޯބިވާ ވަރު ހިތަށް އަރާ އެޒިކިއެލްގެ ހިތަށްހަމަ ޖެހުން ލިބުނެވެ. ހަގީގަތުގައިވެސް އެކަހަލަ ލޯބިވާ މީހުން ދުނިޔޭގައި އުޅޭތާއެވެ. އެމީހުން އުޅެނީ ހަމައެކަނި ވާހަކަ ތަކުގައި ނޫންތާއެވެ.

(74 ވަނަ ބައި)

މާލޭގައި ތިބެފައި އެނބުރި ރަށަށް އައިސް ފެންވަރާ ތާޒާ ވެލައިގެން ލަޝްކާއާއި ދާއިޔަލް އޮށޯތީ ނިދާލާށެވެ. ނަމަވެސް ނިދުނީ ދާއިޔަލްއަށް އެކަންޏެވެ. ލަޝްކާ އޮތީ ހޭލާއެވެ. އޭނާއަށް ހަމަ ވިސްނެނީއެވެ. އޭނާގެ ބަނޑުގައި އެ އޮތް ތުއްތު ދެ ފުރާނައަށް މީހުންގެ މަލާމާތާއި ފުރައްސާރަ ފޯރާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އޭނާގެ ‘ފެމިލީ ޓްރީ’ ގެ ސަބަބުން އެއީ ވުން އެކަށީގެންވާކަމެކެވެ.

މާޒީގައި ކޮންމެ ގޮތަކަށް ކަންތައްތައްވެފައި އޮތް ނަމަވެސް، އޭނާ މިއަދު އިމްރާންއަށް ވަނީ ހިތުން ރުހުމުން މަޢާފު ކޮށްފައެވެ. ކުރި ކަމެއް އިމްރާންއަށެވެ. މަޢާފު ކުރުމުން ލަޝްކާއަށް އެނިމުނީނުން ހެއްޔެވެ؟

ފުންނޭވާއެއް ދޫކޮށްލަމުން ލަޝްކާ އެނދުން ފޭބިއެވެ. ‘ކުލޯ ކުލިޕް’ އަކުން އޭނާގެ އިސްތަށިގަނޑު ހައްޔަރު ކޮށްލަމުން ފާހާނާއަށް ވަނެވެ. ވުޟޫ ކޮށްލައިގެން ނިކުމެ ކަބަޑު ހުޅުވާލަމުން، އޭނާ ގެންގުޅޭ މުށި ކުލައިގެ މަޑު، މުސައްލަ ނެގިއެވެ. ޤިބުލަޔާއި ކުރިމަތި ލާފައި ލަޝްކާ ދެލޯ މަރާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލާފައި ﷲ އަކުބަރު ކިޔާ ހަރަން ބަނދެލިއެވެ.

ދެ ރަކުއަތުގެ ނަމާދެއް ކޮށްލާފައި ދުޢާއަށް އަތް ނެގިއެވެ. “ޔާ ﷲ … މިއަޅާގެ ބައްޕައަށް ހެޔޮ ވިސްނުން ދެއްވާށި… މިއަޅާގެ ބައްޕައަށް ކުރެވުނު ކުށްތަކަށް މަޢާފު ކޮށްދެއްވާށި… ޔާ ﷲ … މިއަޅާގެ ބައްޕަގެ ބަލި ހާލަތު ރަނގަޅު ކޮށްދެއްވާށި… ޔާ ﷲ … މިއަޅާއަށް ތިޔަ އިލާހު އަމާނާތެއްގެ ގޮތުގައި ދެއްވި، ދެ ފުރާނަ ރައްކާތެރި ކޮށްދެއްވާށި… އެކުދިން މީހުންގެ މަލާމާތާއި ފުރައްސާރައިން ރައްކާތެރި ކޮށްދެއްވާށި… އާމީން…”

ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން ލަޝްކާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ކެއްކުރާނެއެވެ. މި ކެހިވެރި ދުނިޔެއަކީ އެއްވެސް މީހަކަށް އިތުބާރު ކުރަން ހެޔޮ ވާ ވަރު ތަނެއް ނޫނެވެ. އެހެންވިޔަސް، މިރޭ، ލަޝްކާ އެހީއަށް އެ އެދުނީ އެންމެ މާތް ފަރާތަށެވެ. އެއީ އެންމެ މަތިވެރި، އެންމެ ބާރުގަދަ އިލާހެވެ. އެއީ މޫސާގެ ފާނަށް ކަނޑު ދެފަޅި ކޮށްދިން އިލާހެވެ. އިބްރާހީމްގެ ފާނަށް، އަލިފާން ފިނި އެއްޗެއްގެ ގޮތުގައި ލެއްވި އިލާހެވެ. ވަޅެއްގެ ތެރޭގައި އޮށްވާ ޔޫސުފްގެފާނު ސަލާމާތް ކޮށްދެއްވި އިލާހެވެ. ބޮޑު މަހެއްގެ ބަނޑުގައި އޮށްވާ، ޔޫނުސްގެ ފާނު ސަލާމާތް ކޮށްދެއްވި އިލާހެވެ. އެ އިލާހު ލަޝްކާއަށްވެސް އެހީވާނެކަން އެއީ މުޖައްރިބެވެ.

ލަސް ދުވެލީގައި ސައިކަލުގައި އައި ޒަވުލްގެ މޫނުމަތީގައިވީ ހަމަ ޖެހުމެވެ. މިހާރު ޒާލާގެ ހާލުވެސް މަޑުމަޑުން ދިޔައީ ރަނގަޅު ވަމުންނެވެ. ޒާވިލް ވެސް މިދުވަސްކޮޅު ހުރީ ރަށުގައި ކަމުން އެއާއިލާ ވަނީ ފުރިހަމަ ވެފައެވެ. އެހެން ކަމުން އޭނާގެ ހިތުގައި ވެސް ވަނީ ހިތް ހަމަ ޖެހުމެވެ.

އޭނާ އެއައީ ވިޝާޔާމެން ގެޔަށެވެ. ކަޅު ކުލައިގެ ހޫޑީއަކާއި އެކުގައި އައިސް ބުލޫ ޖީންސެއް ލައިގެން ހުރި ޒަވުލް ފެންނަނީ ވަރަށް ޗާލު ކޮށެވެ. އިސްތަށިގަނޑުގައި އަތް ފުނާއަޅާލަމުން ޒަވުލް އެތެރެއަށް ވަނެވެ. ނަމަވެސް ފެނުން މަންޒަރުން އެތުންފަތުގައިވީ ހިނިތުންވުން އެކީހެން ފިލާ ދިޔައެވެ. “ވިޝާ…؟”

ރޮވިފައި އިން ވިޝާޔާގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އޭނާގެ ކޯތާފަތްވެސް ވަނީ ރަތްވެފައެވެ. ތުންފަތްވަނީ ހިކިފައެވެ. އެ ތުންފަތް ދިޔައީ ތުރުތުރުލަމުންނެވެ. ވިޝާޔާ ކުއްލިއަކަށް ތެދުވިއެވެ. އަދި ޒަވުލްގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ހަމަ އެސިކުންތުގައި ޒަވުލްގެ ކަންކަށިމަތީގައި ޖެހިއެވެ.

“މަންމަ ދެންމެ އައިސް ބުނެފި، އެ އެލާރާގެ ބަނޑުގައި އޮތީ ޒަވޫގެ ދަރިއެކޭ މުޅި ރަށުގަ އެބަ ކިޔައޭ. އެއީ ތެދެއް ހަމަ. ހިސާބު ހަދާލައިފިއްޔާ ހަމަ ހީވޭ އެއީ ޒަވޫގެ ދަރިއަކަށް ވެދާނޭ. އަހަރެން ދޭނީ އެންމެ ފުރުސަތެއް. ތެދަށް ބުނޭ. އެވެދާނެތަ ޒަވޫގެ ދަރިއަކަށް؟ ދޮގު ނުހަދާ ތެދަށް ބުނާތި! ޒަވޫ ދޮގު ހަދައިފި ކަމުގައި ވަނީ ނަމަ މިހާ ހިސާބުން މި ގުޅުން މި ނިމުނީ” ނޭފަތް ދަމާލަމުން ވިޝާޔާ އެހިއެވެ.

ވިޝާޔާ ދެއްކި ވާހަކަތަކަކީ އޭނާއަށް މުޅިން އައު ވާހަކަ ތަކެކެވެ. އެލާރާ އަލުން ފެނުން ވާހަކައާއި، ބަނޑުބޮޑު ވާހަކައާއި އަލްޒައިމާ ޖެހިފައި ހުރި ވާހަކަ އޭނާއަށްވެސް ވަނީ އިވިފައެވެ. ނަމަވެސް މިއީ އަދި އޭނާއަށް އަލަށް އިވުން ވާހަކަ އެކެވެ. އިސްޖަހާލަމުން ޒަވުލް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން ޒަވުލް ކޮށްލި ކަމަކުން ވިޝާޔާގެ ދެލޮލުގައި ކަރުނަތައް އުފެދުނެވެ.

ދެއަތުން ކަކުލުގައި އަތް ޖައްސާލަމުން ޒަވުލް މަޑުމަޑުން ކުޑަކަކޫ ޖެހިއެވެ. އިސްޖަހާލައިގެން އިން އިރު ވިޝާޔާއަށް އޭނާ ކުރާ އިހުތިރާމު ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. އިހުސާސް ކުރެވޭނެޔެވެ. އެއީ މުޖައްރިބު ކަމެކެވެ. “އެލާރާ އަލުން ފެނުން ވާހަކައާއި، އޭނަ ބަނޑުބޮޑު ވާހަކައާއި، އޭނާއަށް އަލްޒައިމާ ޖެހިފައި ހުރި ވާހަކަ އަހަރެންވެސް އެހިން. އެކަމަކު ތިއީ އަދި ނާހާ ވާހަކައެއް. އެހީތީ އަހަރެން ބުނެފާނަން. ހުވާ ކޮށްފަ މިބުނަނީ… އަހަރެން އެލާރާއާއި އެކު އެކަހަލަ ގުޅުމެއް ނުހިންގަން. އަހަރެން ވިޝާ ގާތުވެސް ބުނިން ދޯ ކައިވެނީގެ ކުރިން އެކަހަލަ ކަމެއް ކުރާކަށް ބޭނުމެއް ނޫނޭ. އެލާރާ ކައިރީވެސް ހަމަ އެހެން ބުނިން. އެކަމަކު … އަހަރެމެން ދެމީހުން ކިސް ކުރިން… އެކަމަކަށް ދެކޮޅެއްވެސް ނަހަދާނަން. އެކަމަކު މަށަށްވެސް، ވިޝާއަށްވެސް އެނގޭނެ، ބޮހަކުން އަންހެނަކު މާބަނޑެއް ނުވާނެ ކަން”

ޒަވުލްގެ ވާހަކަ އަޑު އަހަން ހުރެފައި ވިޝާޔާ ވެސް ތިރިވެލިއެވެ. ޒަވުލްގެ ބޮލުގައި ފިރުމާލަމުން، އޭނާގެ ބޮލު މެދަށް ދޮނެއް ދިނެވެ. “ޝުކުރިއްޔާ… ތެދަށް ބުނެ ދިނީތީ…” ވިޝާޔާގެ ލޮލުން ވެއްޓުނު ކަރުނަތިކި ޒަވުލްގެ އިސްތަށިގަނޑަށްވަދެގެން ދިޔައެވެ.

ސްޓޭޝަނު ބޭރުގައި ސިނގިރޭޓެއް ބޯން އިން އަކިޔަލް ކުރިމަތީގައި އައިސް ރުޒައިކް އިށީނެވެ. އިރު އިރު ކޮޅުން އޭނާ އަނގަ ހުޅުވާލައެވެ. އަހަން ނާހަން ކަހަލަ ގޮތަކަށް ހުރި ކަހަލައެވެ. “ކިހިނެތްވީތަ މަރުވެ މަރުވެ އޮތް ކުކުޅެއްހެން އިރު އިރުކޮޅުން އަނގަ ބޮޑު ކުރަނީތި؟” އެންމެ ފަހުން ބޮލަށް އުނދަގޫވެގެން އަކިޔަލް އެހިއެވެ.

“އެލާރާއަށް ހެދި އެއްޗެއް ހެދީ ދާއިޔަލް ހައްޔަރު ކުރަންވެސް އުޅުން އަކޭގެ ބޮސް ދޯ؟” އިނގިލިތަކާއި ކުޅެން އިނދެ ރުޒައިކް އެހިއެވެ. އަކިޔަލް އެއްމިޔަކަނުން ހީލިއެވެ. އަކިޔަލްއަކީ ރޭންކުގެ ގޮތުން ރުޒައިކްއަށްވުރެ މާ ބޮޑު މީހެކެވެ. އުމުރުންވެސްމެއެވެ. ރުޒައިކް ފުލުހަށް ވައިން ފަހުން އަދި ވީ ވެސް އެންމެ 10 މަހެވެ. ރުޒައިކްގެ އުމުރުން 18 އަހަރެވެ. ނަމަވެސް އަކިޔަލްއަކީ 30ގެ ފަހު އަހަރުތައް ގުނަމުން ދާ ފަރާތެކެވެ. އަކިޔަލް އަކީ އެ އަތޮޅުގެ ކޮމާންޑަރު ވެސްމެއެވެ.

“ކުޑަ ކުދިން ތިބެންވާނީ ކުޑަ އެނދުގަ. މަންމަމެން ފޯރި ނަގާ އިރު ބޮޑު އެނދަށް އަރާކަށް ނުވާނެ. އޭރަށް ފެނިގެން ނުވާނެ ކިތަންމެ މަންޒަރެއް ފެންނާނެ.” އަކިޔަލްގެ އަޑުގައިވީ މަކަރުވެރިކަމެވެ.

“އެކަމަކު… ޔައުލާންއާއި އެޒިކިއެލް ކިހާ ދެރަވާނެ-”

“ދެން ކަލޭ ކީއްކުރާނީ އެމީހުން ދެރަވިއްޔޭ ކިޔާފަ؟ ހުރިހާ ވާހަކައެއް ކިޔާދޭނީތަ؟ ހަނދާން ނެތުނީތަ ކަލޭގެ އެކުވެރި އަޒީން ޖަލުން ނެރެ ގޭބަންދަށް ނެރެން އަހަރެންވީ އެހީ؟” އަކިޔަލް ކޮށްލި ސުވާލުން ރުޒައިކްގެ އަނގައިގައި ޒިބެއް ލެވުން ފަދައެވެ.

(ނުނިމޭ)

ހަތްދިހަފަސްވަނަބައިގެ ތެރެއިން:

“ހްމްމް… ލޯބި.. ހިތް ކިޔާ ކަހަލަ ގޮތެއްވެސް ވޭ.. އެކަމަކު އަހަރެން ކަހަލަ މީހެއްދެކެ އޭނާ ލޯބިވާނެތަ…؟” ހިތި ހިނިތުންވުމަކާއި އެކު އަޒީން އިސްޖަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ސަންޑޯ މަސައްކަތުން ތިމާގެ ހަށިގަނޑު ރީތި ކުރާނެ ގޮތް!

Next

ވޭން – 1

Next
July 26, 2026

ވޭން – 1

Previews
July 26, 2026

ސަންޑޯ މަސައްކަތުން ތިމާގެ ހަށިގަނޑު ރީތި ކުރާނެ ގޮތް!

2 Comments!

  1. sm1 says:
    July 26, 2026 at 6:55 pm

    hey shiher
    mi part ves varah reethi masha allah !! komme episode akah comment nukurevunas shiher ge vaahaka thah kiyanee varah gayaa vegen varah kiyaa hithun, part thah las viyas it’s okay aslu understand vey shiher ves hama varah busy kan, btw when’s vafaatherimaveemey 2 ge next episode? varah reethi vaaahaka eh eyee ves hama masha allah
    keep it up gurll !! lysmmm 🫶🏼🫶🏼

    1. shihaamaa ali shihaamaa ali says:
      July 26, 2026 at 8:17 pm

      Hey sm1
      Jazaakillah khair dear 🫶🏻 hehe comments ah vure vaahaka kamugoss gen kiyaalanyyamun obviously maa happpy vaane thaa dhww.. vrh vrh ufaa vejje vaahaka kamudhaakan enguniima aa busy vaakan understand velyma.. aslu bandhuvyma dhw, family myhun rashah annaathii aslu busy vani.. i mean in sha allah i can always write nun, ekms they won’t be here ehnun abadhaku.. i hope everyone understands..
      Vafaatherimaveemey in sha allah mi vaahaka ninmmaafa geness dheynee.. shihaa aiy sakaraaiy v ma dhw plus busy kamun 2 stories liyaakah ehaa time eh nuvey e varah nuvess visney.. kommes eh vaahaka akh faruvaa kuda kollevenee.. i mean like e vaahaka nuliyevenii.. kommess ekehcheh liyevenii aneh vaahaka lass vanii.. ehn vaan shihaa beynumeh nun.. ehnve aslu.. mivaahaka ehnun dhurah aiss meenee ehnve mi vaahaka furathama ninmman alhugandu ninmmee..
      Likewise dear, have fun in this holiday 🩶🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ (ކިޔުންތެރިންގެ ސަމާލުކަމަށް)←


All Right Reserved!