Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނީއޭ ހިތުގެ މަލާތީ-8

_MuXo_ Level 1
July 16, 2026 4 Mins Read
4 Comments

“ފުލް ޕޭމެންޓް ނުދައްކަނީ ހެނެއް ތިކަމެއް ނުވާނެ..”

“މަ މިބުނީނު ފަހުން ދައްކާނަމޭ.. މެދުތެރޭން ހުއްޓާލީމަ ކަޑަވާނެއްނު..؟”

“ތިޔަ ކަމުން މަށަށް ވާނެ ގެއްލުމެއް ނެތް.. އެކަމު ކަލެޔަށް އަސަރު ކޮށްދާނެ..”

*ޕާރޓް-8*

އަލައިކާ އަށް ސައިތައްޔާރު ކޮށްގެން އޭނާ އަށް ގޮވަން ދާން ވެގެން ނިކުތް ޝަބާ ހުއްޓުން އެރީ ޒިއާމް އުރާލައިގެން އިން އަލައިކާ ފެނިގައެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ތާޒާ ކަމާއި އުފާވެރިކަމެވެ. އޭނާ އަށް ކަމެއް ވެފައި ހުރިހެނެއް ހިޔެއް ނުވެއެވެ. އޭނާ އިނީ ޒިއާމް އާއި ސަމާސާ ކުރާށެވެ. ޝަބާ ބިރުގަތީ އަލައިކާ ޒިއާމް އަށް ކަމެއް ކޮށްފާނެތީއެވެ. އޭނާ ދިޔަގިތަށް ގޮސް ޒިއާމް އަތުލިއެވެ. އަލައިކާގެ ލޮލުން ރުޅިވެރިކަން ފެނުނެވެ.

“އަވަހަށް ދަގަ ސައިބޯން.. މިހާރު އެއްމެން ވެސް ސައިބުއިފި..” ޝަބާ ބުނެލިއެވެ. އަލައިކާ ބަލަން ހުރެފައި ދިޔައެވެ. ޝަބާ އަށް ފުން ނޭވާއެއް ބޭރު ކޮށްލެވުނެވެ. އޭރު ވެސް އޭނާގެ ހިތްދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

އަލައިކާ ގޮސް ބަދިގެޔަށް ވަނެވެ. އޭނާ އިށީންދެ މަސްހުންޔާއި ރޮށި ކެއެވެ. ރަގަނޅަށް ސައިބުއިގެން އޭނާ ގިސް އިށީނީ ސިޓިންރޫމް ސޯފާގައެވެ. އޭނާ ހަމަ އިނީއެވެ. ހިނިތުންވެލައިގެން އޭނާ އިނީއެވެ. ފާރާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެހެން ހުއްޓައި އޭނާގެ ނޭފަތުން ލޭއަންނަން ފެށިއެވެ. އެކަމެއް އަލައިކާ އަށް ނޭނގޭ ކަހަލައެވެ. އޭނާ ހަމަ އިނީއެވެ. ހަނޑޫދޮވެގެން ނުކުތް އަނާ އަށް މިމަންޒަރު ފެނި އޭނާ އަވަހަށް ޓިޝުލެއް ހިފައިގެން ގިސް އަލައިކާގެ ނޭފަތްކާރީގައި ހުރި ލޭތައް ފޮހެލަ ދިނެވެ.

“އަލައިކާ.. ދަރިފުޅާ.. ކިހިނެއްވެފަ ތިއިންނަނީ..؟” އަނާ އަހާލިއެވެ. އަލައިކާ ކައިރީ އިށީންދެ އޭނާ އަލައިކާގެ މޫނުމައްޗަށް އެޅިފައި ހުރި އިސްތަށިތަށް ދުރުކޮށްލަދިނެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނާ އަށް ބިރުވެރި އެއްޗެއް ފެނިގެން އުޅޭފަދަ ގޮތަކަށް އަނާގެ އަތުގައި ހިފައި ތަޅުވައިގަތެވެ. އަލައިކާ އިނީ ފާރާއި ދިމާއަށް ބަލާށެވެ. އަނާ ވެސް ބަލާލިއެވެ. އެއްވެސް އެއްޗެއް ނެތެވެ. އަނާ ހާސްވާން ފެށިއެވެ. އޭނާ އަށް ނުފެންނަ އެއްޗެއް އަލައިކާ އަށް ފެންނަނީ ހެއްޔެވެ؟

“ކޯއްޗެއް..؟” އަނާ އަހާލިއެވެ. އަލައިކާ ދެން ބަލާލީ އަނާގެ މޫނަށެވެ. އޭނާ ހިނިތުންވެލިއެވެ. ލަސްލަހުންނެވެ. އަނާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިއީ ކުރިން އަލައިކާ އުޅޭ ގޮތެއް ނޫނެވެ.

އަލައިކާ ތެދުވެގެން ހިގައިގާތެވެ. އަނާ ވެސް މަޑުމަޑުން އޭނާގެ ފަހަތުން ދިޔައެވެ. އަވަސް ފިޔަވަޅުތަކެއްގައި އަލައިކާ ގޮސް ވަނީ ކޮޓަރިއަށެވެ. އަލައިކާ ދޮރުވެސް ނުލައްޕާ ގޮސް ކޮޓަރި މެދާއި ހަމައަށް ގޮސް ހުއްޓިލިއެވެ. އަނާ ވެސް ކޮޓަރިއަށް ވަންނަން އުޅުމުން ބަންލާފައި ދޮރު ލެއްޕުނެވެ. އޭނާ ސިއްސައިގެން ގޮސް ހަޅޭ ލަވައިގަތެވެ. ޝާއިން އައިސް އަނާ ގެންދިޔައެވެ.

އަލައިކާ އަށް ހަމަ ބިމަށް އާދެވުނީ ދެނެވެ. އޭނާ ވަށައިގެން ހޯދާލިއެވެ. ކޮޓަރިތެރެ އޮތީ އަނދިރި ކޮށެވެ. އޭނާ ގޮސް ލައިޓް ދިއްލާލިއެވެ. ނަމަވެސް އައްޔެއް ނުވެއެވެ. ހީވަނީ ކަރަންޓް ގޮސް ހުރިހެންނެވެ. ދެތިންފަހަރަކު ސްވިޗް އަށް ކުޅެލުމުން ވެސް ލައިޓް އެއް ނުދިއްލުނެވެ. އަލައިކާ ކޮޓަރިން ނުކުންނަން އުޅުމުން ދޮރުވެސް ހުރީ ތަޅުލާފައެވެ.

“މަންމާ..” އަލައިކާ ގޮވާލިއެވެ. އަޑެއް ބަޑެއް ނީވެއެވެ. އަނެއްކާ އެކަކުވެސް ގޭގައި ނޫޅެނީހެއްޔެވެ؟ ނޭނގެއެވެ. އަނެއްކަ ފަހަރައް ގޮވާލާފައި އޭނާ ދޮރުގައި ޓަކި ދިނެވެ. އަލައިކާގެ ހިތް ބިރުގަންނަން ފެށިއެވެ.

އިރުކޮޅަކުން އިވެން ފެށީ މީހަކު ރޯއަޑެވެ. ވައްތަރީ ފިރިހެން އަޑަކާއެވެ. އަލައިކާ ހުއްޓުން އެރިއެވެ. އޭނާ ހިތުގެ ވިންދު ދެގުނަ އިތުރުވެގެން ދިޔައެވެ. އަނެއްކާ މިތާ ތެރޭ އެއްޗެއް އުޅެނީ ބާއެވެ. ލަސްލަހުން އޭނާ އެނބުރިލިއެވެ. އޭރު އޭނާއަށް ހުރެވުނީ ކޮޓަރިއަކު ނޫނެވެ. ގުދަނެއް ކަހަލަ ތަނެއްގައެވެ. މިޅިތަންވަނީ ފަނޑު އޮރެންޖް ކުލައަކުން އަލި ވެފައެވެ.

ބާވަރެއް ފޮށިތަކެއް ވެސް ހުއްޓެވެ. ވަރަށް ހިރަފުހެވެ. އޭރު އެ ކޮޓަރިގަނޑުގެ މެދުގައި މީހަކު ހުއްޓެވެ. ގޮނޑިއެއްގައެވ. އެމީހަކު ހުރީ އައްސާފައެވެ. އެއީ… ޝިފާން އެވެ. އޭނާގެ މޫނު ފެންނަން ނެތަސް އޭނާ ލައިގެން ހުރި އެއްޗެހިން އަލައިކާއަށް ވަކިކުރަން އެނގުނެވެ. ޝިފާންގެ ދެއަތް ވަނީ ގޮނޑީގަ އަނެއް ފަރާތުގައި އައްސާފައެވެ. އޭނާގެ މޫނުމައްޗަށް ވަނީ ޕްލާސްޓިކް ކޮތަޅުގަނޑެއް އޮރުވާފައެވެ. އަލައިކާ އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

އޭނާގެ ނޭވާ އަވަސްވާން ފެށިއެވެ. ހިތު އެހާ އަވަހެވެ. ބިރުން މީހާ ތުރުތުރު އަޅަން ފެށިއެވެ. މީހަކުގެ ފިޔަވަޅު އަޑު އިވޭތީ އަލައިކާ އަށް ބަލާލެވުނެވެ. އޭރު އެހަރެ ހިގާފައި އަންނަނީ އޭނާ އެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ.

އަލައިކާއަށް ރޮވެން ފެށިކަންވެސް އެނގުނީ ކަރުނަތަށް އޮހިގަތުމުންނެވެ. ހީވަނީ ފިލްމެއް ތެރޭގައި އުޅެވޭ ހެންނެވެ. އަލައިކާ ބޮޑަށް ބިރުގަތީ އެއީ އޭނާ ކަމަށް ވާތީއެވެ. އޭރު އޭނާގެ ސިފައިގައި ހުރި އޭތި ވަޅި ހިފައިގެން އައިސް ޝިފާންގެ ފަހަތުގައި ހުއްޓުނެވެ. އަލައިކާ ހުއްޓުން އެރީ އޭތި ޝިފާންގެ ކަރުފައި އެވަޅި ޖެއްސުމުންނެވެ. މަޑުމަޑުން އޭތި ޝިފާންގެ ކަރު ކަނޑާލިއެވެ. ލޭތައް ފައިބައިގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އަލައިކާ އަށް ހަޅޭ ލަވައިގަނެވުނެވެ. އޭނާ ދެލޯ މަރާ ތަގުޅި ކޮށްލާފައި ކަންފަތުގައި އަތް އަޅައި ބާރަށް ރޯން ފެށިއެވެ. އޭނާ ކުޑަވެލިއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ވާނުވާ އެއް ނޭނގެއެވެ. މިއީ ހުވަފެނެއް ހެއްޔެވެ؟ ކޮންމެވެސް މީހަކު އައިސް ބަލާށެވެ.

*********

ޝަބާ އިނީ ނޭފަތް ދަމާލަ ދަމާލަ އެވެ. އަލައިކާ އެއުޅެނީ ޖިންނި އަވާލާގެންކަން އޭނާ އަށް އެނގެއެވެ. ނަމަވެސް ޒިޔާން ކަމެއް ނުކުރަންޏާ އޭނާއަށް ވަކި ކުރެވޭނީ ކޮންކާމެއް ހެއްޔެވެ. އަލައިކާ އިނީ ގޮނޑިޔެއްގައި އައްސާފައެވެ. އެއީ ޒިޔާން ބުނި ގޮތެވެ. ގޭގައި ޝަބާ އާއި އަނާގެ އިތުރުން ޝިފާން އާއި އައްޒާމް އެކަނި ބައިންދާފައި ޒިޔާން އާއި ޝާއިން ދިޔައީ “ފަންޑިތަ ވެރިޔާ” ބަލާ މާލެއެވެ. އެއީ އެހެން މީހުން ދެކޮޅު ހަދަނިކޮށެވެ. ޒިއާމްގެ ރައްކާތެރިކަމަށް ޝަބާ ވަނީ ޒިއާމް އޭނާގެ ބޮޑުދައިތަ ގެޔަށް ލާފައެވެ. މިރެއަކީ ނާމާން ރެއަކަށް ވާނެއެވެ.

އަނާ އާއި ޝަބާ ތިބީ ބަގަރާ ސޫރަތް ޖަހައިގެން އަލައިކާގެ ކޮޓަރީގައެވެ. އޭރު ގަނޑިން 12:30 އެވެ. އަނާ އަށް ނިދިއްޖެއެވެ. ޝަބާ ވެސް އިނީ ނުނިދަން ވެގެންނެވެ. ނަމަވެސް އޭނާ ވެސް ތާއްޔާޖެހެނީއެވެ. އޭރު ވެސް އަލައިކާ ހެޔެއް ނާރައެވެ. ހަވީރު އަތަށް އަޅާފައި އޮށްވައި އަލައިކާ ހިފާއްޓާގަނެގެން އައްސުމުން އޭނާ ހޭނެތުނީއެވެ.

“ޝަބާ ދައްތާ..؟” ޝަބާ ސިހުނީ އައްޒާމް ގޮވާލުމުންނެވެ. އޭރު އަނާ ވެސް އިނީ ހޭލައެވެ. ޝިފާން ވެސް އިނެވެ.

“ދޭ ނިދާލަން ކޮޓަރިއަށް އަހަރެެމެން ދެމީހުން ތިބޭނަން..” އައްޒާމް ބުންޔެވެ. ޝަބާ ބޯޖަހާލިއެވެ.

“ކަމެއް ވެއްޖެއްޔާ ގޮވާލައްވޭ..” ކޮޓަރިން ނުކުންނަމުން ޝަބާ ގޮވާލިއެވެ. ޝިފާން ބޯޖަހާލިއެވެ.

ޝިފާން އާއި އައްޒާމް އެރޭ އެތަކެއް އިރެއް ވަންދެކަށް ތިއްބެވެ. ފޯނު ބެލުމުގައެވެ. މިހާރު ގަނޑިން 2:00 ޖެހީއެވެ. ކުއްލިއަކަށް ސްޕީކަރު ހުއްޓުނެވެ. އަޑު މަޑުވެއްޖެއެވެ. ޝިފާން ތެދުވެ ސްޕީކަރު ޖެއްސޭތޯ ބެލިއެވެ. ނުވިއެވެ. އިރުކޮޅަކުން އިވުނީ އަލައިކާ ހޭން ފެށިއަޑެވެ. އައްޒާމް އާއި ޝިފާން އަށް ދެމީހުން ދެމީހުންނަށް ބަލާލެވުނެވެ. ދެމީހުން ވެސް މަޑުމަޑުން ގޮސް އަލައިކާގެ ދެކޮޅުގައި ހުއްޓިލިއެވެ.

“އޭޔް.. ބްރޯ..” އައްޒާމް ގޮވާލިއެވެ. އަލައިކާގެ ހުނުން ހުއްޓުނެވެ.

“އޭނީ އެތާގަ.. ބަލަން.. ބުނޭ ދާށޭ.. ބުނޭ..” އަލައިކާ ބަލާލީ ފާރަށެވެ. ޝިފާން ބަލާލީ އައްޒާމް އަށެވެ. އައްޒާމް ކޮނޑު އަރުވާލިއެވެ.

“އެތާކު ނެތް އެއްޗެއް..” އައްޒާމް ބުނެލިއެވެ.

“ކަލޭތީ ކާކުތަ..؟” އަލައިކާ ރުޅި އައިސްގެން ހަޅޭ ލަވައިގަތެވެ. ދެމީހުން ވެސް ދިޔައީ ސިއްސައިގެންނެވެ. ޝިފާން އިނީ ބިރުންނެވެ. އޭނާ ހުރީ ދުއްވައިގަންނަން ތައްޔާރަށެވެ. ނަމަވެސް އައްޒާމް އޭގެ އިނދިކޮޅެވެެ. އޭނާގެ މޫނުމައްޗަކުން ބިރުވެރިކަމުގެ ކަންފުޅެއް ވެސް ނެތެވެ.

“މަ..؟ މަ މީ ހޯމޯ ސެޕިއަންއެއް..” މޭމަތީ ޖަހާލާފައި އައްޒާމް ބުނެލީ ފަހުރުވެރިވެ ހުރެއެވެ.

އަލައިކާ ގާތަށް އިތުރަށް ރުޅި އައެވެ.

ޝަބާ އަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. އޭނާ ނުކުތީ ބަދިގެޔަށް ދިއުމަށެވެ. އޭރު ގޭތެރެއިން ގުރުއާނުގެ އަޑު އިވެއެވެ. އެހެންވެ  އޭނާ އަޅާނުލާއި ގޮސް ބަދިގެޔަށް ގޮސް ފެންފޮދެއް ބޯލިއެވެ. އެނބުރި ކޮޓަރިއަށް ދާނަމޭ ހިތައި އެނބުރިލީރަށް ޝަބާ ހުއްޓުން އެރިއެވެ. ނޭވާ ތާށިވިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

_MuXo_

Level 1

Other Articles

Previous

ލޯބިން ބުނާތީ 32

Next

ނޭދެން ވަކިވާކަށް 23 ވަނަ ބައި

Next
July 16, 2026

ނޭދެން ވަކިވާކަށް 23 ވަނަ ބައި

Previews
July 16, 2026

ލޯބިން ބުނާތީ 32

4 Comments!

  1. Black says:
    July 16, 2026 at 7:43 am

    Amazing 😻
    Vrh Vrh interesting miharru Alheyyy Shaba ah nudhahjeyy Room ah…
    You kill kohfaane neh nnu…Pis pis Alaii ah Avas shifaa Akah edhen💓
    Anyways, When’s upcoming masterpiece?
    Curiously waiting for the next part…💖💕
    Lysm & Tc My better..💖💖💖

    1. _MuXo_ says:
      July 16, 2026 at 10:44 am

      Happy to know that you enjoyed this part aswell my dear Black 🤗
      IA Alaika ves ragalhu vaane 🙃
      Next part dhen in 2 vhk liyelaafa 😇
      Love you more, you also take care baby 😘💙

  2. Black's Sis says:
    July 16, 2026 at 4:18 pm

    Great progress!!

    1. _MuXo_ says:
      July 16, 2026 at 9:06 pm

      Thank you 🥰

Comments are closed.

Next Episodeރާނީއޭ ހިތުގެ މަލާތީ-8←


All Right Reserved!