Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނިއޭ ހިތުގެ މަލާތީ-7

_MuXo_ Level 1
July 9, 2026 2 Mins Read
11 Comments

“ތިޔަކުންނެއް މަށަކަށް އަސަރެއް ނުކުރާނެ..” އަލައިކާ ފުންމާލިއެވެ. ޝަބާ އަށް ހަޅޭލަވައިގާނެވުނެވެ. ޝިފާން އާއި އައްޒާމް އަށް ވެސް ދުއްވައި ނުގަނެވުނީ ކިރިޔާއެވެ. އަލައިކާ އިސްއުފުލައި ބަލާލީ ޝަބާ އަށެވެ.

“މަންމާ.. އަހަރެން ސަލާމަތް ކޮށްދީ..” އެހެން ބުނި ގޮތަށް އަލައިކާ ހޭހުވެސް ވެގެން ދެމުނެވެ.

*ޕާރޓް-7*

އެނދުމަތީ އޮތް އަލައިކާގެ މަގަތުގައި އިދެ ޝަބާ ދިޔައީ އޭނާގެ ބޮލުގައި ފިރުމަމުންނެވެ. ކަންކަން މާގޯސް ވުމުގެ ކުރިޔަށް ކަމެއް ކުރަން އެބަޖެހެއެވެ. ނަމަވެސް ޒިޔާން އެއް އެކަމިގެންނެއް ނޫޅެއެވެ.

“ދޮންތާ.. ދެން ދޭ ނިދަން.. މިހާރު އެއޮށް ބާރަޖެހީ..” އަނާ އެކޮޓަރޮ ދޮރުމަތީ ހުއްޓިލަމުން ބުނެލިއެވެ. ޝަބާ ސްޕީކަރަކުން ބަގަރާ ސޫރަތް ޖަހާފައި ނުކުތެވެ.

ގަނޑިން ދަންވަރު 2 ޖެހީއެވެ. އެއްމެން ވެސް އޮތީ ނިދާފައެވެ. ގޭތެރެއިން އިވެނީ ގުރުއާނުގެ އަޑެވެ. ދެލޯ މަރައިގެން އޮތް އަލައިކާ ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. އޭނާގެ ތުންފަތްމަތީ ދެމުނީ ފުޅާ ހިނިތުންވުމެކެވެ. ލަސްލަހުން އޭނާ އެދުން ތެދުވެއްޖެވެ. މަޑުމަޑުން ކޮޓަރިން ނުކުމެ ދޮރު ލެއްޕިއެވެ.

ޝިފާން އަށް ހޭލެވުނީ މީހަކު އޭނާގެ ކަންފަތަށް ފުމޭހެން ހީވާތީއެވެ. ދެކޮޅަށް ފޮރޮޅިލާފައި އޭނާ ތެދުވެއްޖެއެވެ. އައްޒާމް އަށް ބަލާލީރު އޭނާ އޮތީ ގަދަ ނިދީގައެވެ. އިރުކޮޅަކު އެހެން ހުއްޓައި ދޮރުގައި މަޑުމަޑުން ޓަކިދީފިއެވެ. ދާން ނުދާން ހުރެފައިވެސް ޝިފާން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރީ އަލައިކާ އެވެ. އޭނާ މިހާރު ލައިގެން އެހުރީ ނިދާހެދުމެކެވެ. އޭނާގެ އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. އޭނާ ހީވަނީ ދެންމެ ފެންވަރައިލައިގެން އައިސް ހުރިހެންނެވެ. ޝިފާން ކޮޓަރި ދޮރުލައްޕައި ނުކުތެވެ. އަލައިކާ ބަހެއް ނުބުނެ އެވެ. އޭނާ ހިގައިގަތެވެ. ޝިފާން ވެސް އަލައިކާ ފަހަތުން ހިގައިގަތެވެ.

“ކޮންތާކަށް ތިދަނީ..؟” އެއްމެފަހުން ޝިފާން އަހާލިއެވެ. އަލައިކާ ބަލާލާފައި ހިނިތުންވެލީއެވެ. ޝިފާން އިނީ ބިރުންނެވެ. ނަމަވެސް އޭނާ އަލައިކާ ކައިރީ ހުންނަން ވެސް ބޭނުމެވެ. އަނެއްކާ މިއީ އަސްލު އަލައިކާ ކަމާއި މެދު އޭނާ އަށް ޝައްކެވެ.

އަލައިކާ އިޝާރަތް ކޮށްލީ ސޯފާއަށެވެ. ޝިފާން އަލައިކާގެ މޫނަށް ބަލަން ހުރެ ސޯފާގައި އިށީނެވެ. އަލައިކާ ދެން ކުރިކަމަކުން ޝިފާންގެ ނޭވާ ކަރުގައި ތާށިވިއެވެ. އަލައިކާ އިށީނީ އޭނާގެ އުނގުގައެވެ. ޝިފާން އަށް ހިންދިރުވާލެވުނެވެ. އޭނާ އިނީ އަލައިކާ އަަށް ބާލާލިއެވެ.

“ވީ ޝުޑުންޓް ޑޫދިސް..” ޝިފާން ބުންޔެވެ. އެހެން ބުނީރު އޭނާގެ އަތް މިހާރު އޮތީ އަލައިކާގެ އުނަގަނޑުގައެވެ. އަލައިކާ އެއް އަތުން ޝިފާންގެ އިސްތަށިގަނޑުތެރެ ހާވަމުން ދިޔައެވެ.

“ޝުޑުންޓް ޑޫ ވަޓް..؟” ނޭނގޭކަމަށް ހަދާފައި އަލައިކާ އަހާލިއެވެ. އޭނާ ޝިފާން އާއި އިތުރަށް ކާރިވެލިއެވެ. ޝިފާން އަށް ދެލޯ މަރާލެވުނެވެ. މިގޮތަށް އަލައިކާ ކަންކަން ކުރަންޏާ އޭނާއަށް ކެއްކުރަން އުނދަގޫވާނެއެވެ.

“އަލައިކާ..” ފުން ނޭވާއެއް ބޭރު ކޮށްލާފައި ޝިފާން ގޮވާލިއެވެ. އަލައިކާ ހޫމް ލައްވާލާފައި ޝިފާންގެ ދަތްދަޅީގައި ހިފައި އޭނާ އާއި ހަތަރު ކަޅި ހަމަކުރުވިއެވެ. އެހެން ހުރެފައި އޭނާ އަތްދަމާ ބަހައްޓާފައި ޝިފާންގެ ކަންކަށި މަތީ އެތިފަހަރެއް އަޅާލިއެވެ. ޝިފާން އަށް ހީވީ އަނބުރައިގެތް ހެންނެވެ. އޭނާ އަށް ކޯމަތީ އަތް އަޅައި ބަލާލެވުނެވެ. އޭރު އަލައިކާ އިނީ ސިޓިން ރޫމް ކަނުތެރޭގައެވެ. އޭނާގެ މޫނު ފެންނާކަށް ނެތެވެ. މޫނުމަތި ވަނީ އިސްތަށިގަނޑުން ނިވާކޮށްފައެވެ. ޝިފާންގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

އެހެން ހުރެފައި އަލައިކާ ދުއްވައި ގަތީ ޝިފާން އާއިދިމާއަށެވެ. އޭނާ ސިހުނު ވަރުން ހަޅޭ ލަވައިގަތެވެ. އަލައިކާ އައިގޮތަށް އައިސް ޝިފާން ވައްޓާލައި އޭނާގެ ގައިމައްޗަށް އެރިއެވެ. ޝިފާން އަށް ދިޔައީ ބިރުން ހަޅޭލެވެމުންނެވެ. އަލައިކާ އިނީ ޝިފާންގެ ކަރުގައި ހިފާގެންނެވެ. އިރުކޮޅެއް ތެރޭގައި އެއްމެން ތައް ނުކުތެވެ. ޒިޔާން އާއި ޝާއިން ވެގެން އަލައިކާ ދުރުކުރުވިއެވެ. އޭނާގެ ކަޅި ވަނީ ރީނދޫކުލައިން ދިއްލިފައެވެ. ޝަބާ އަަށް ރޮވެން ފެށުނެވެ.

“މީހުސް ކަލޭކަންތަށް.. އަތުޖެހޭ ދުވަހަކުން ދުލެއް ނުކުރާނަން..” އަލައިކާ ޒިޔާން އާއި ދިމާއަށް ބުންޔެވެ. އެންމެންގެ ވެސް ނަޒަރު ސީދާވީ ޒިޔާން އަށެވެ. އަލައިކާ އަނެއްކާ ވެސް ހޭކެނޑިގެން ވެއްޓިއްޖެއެވެ.

“އަޅެ ޒިޔާން ހެޔޮ ނުވާނެ.. ކޮންމެ ވެސް ކަމެއް ކުރަން އުޅެބަލަ..” ޝަބާ އަލައިކާގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.

“މާދަމާ ހެނދުނު ދާނަން..” ޒިޔާން ޔަގީންކަން ދިނެވެ.

އަނެއްދުވަހު ހެދުނެވެ. ޒިޔާން ސައިބުގެން ނުކުތީ ބޭރެށެވެ. އޭނާގެ މިސްރާބު ހުރި ދިމާއެއް އެކަކައްވެސް ނޭނގެއެވެ.

މިހާރު ޒިޔާން ހުރީ މީހަކާ ދައްކާށެެވެ.

“ކަލޭ ކިހާވަރެއް ބޭނުމީ..؟”

“ކަލެއަށް ކިހާވަރެއް ދެވޭނެ..؟”

“މަ އަތު މިވަގުތު އޮތީ ދެހާސް..”

“އެހެންމަ ތިކަމެއް ނުވާނު..”

“މަ ފަހުން ޕޭމެންޓް ދައްކާނަމޭ..”

“ފުލް ޕޭމެންޓް ނުދެއްކެނީހެއް ތިކަމެއް ނުވާނެ..”

“މަމިބުނީނު ފަހުން ދައްކާނަމޭ.. މެދުތެރޭން ހުއްޓާލީމަ ކަނޑަވާނެއްނު..؟”

“ތިކަމުން މަށަށް ވާނެ ގެއްލުމެއް ނެތް.. އެކަމު ކަލެޔަށް އަސަރު ކޮށްދާނެ..”

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

_MuXo_

Level 1

Other Articles

Previous

ގުނަވަންތަކުން ކިޔާލަދިން….

Next

އެ ހަނދާންތައް މިހިތުން ނުފިލާނެ

Next
July 9, 2026

އެ ހަނދާންތައް މިހިތުން ނުފިލާނެ

Previews
July 9, 2026

ގުނަވަންތަކުން ކިޔާލަދިން….

11 Comments!

  1. ذ says:
    July 9, 2026 at 12:14 pm

    Omg what so happening to me 😭
    Vrh rythi MA 💗💯
    When’s nxt???????
    Lysm and tc ☺️❤️

    1. Alaika_22 says:
      July 9, 2026 at 12:16 pm

      Ooh sorry I GE comment eh ingey mi
      By the way mee first dhww 🤭
      Omg what is* happening to me 😭

    2. _Have Fun_ says:
      July 9, 2026 at 2:33 pm

      👀 Haha Alaika ah evanee kihineh dhw
      Happy to know that you enjoyed this part 🤗
      IA vrh avahah liyeveythw balaanan 💙
      Love you more. 😘

  2. Shaba_17 says:
    July 9, 2026 at 2:25 pm

    Hii Muxo! How are you?
    After a long time dhw Hehehe 😅
    Omggg Alaika ah kihineh baaa evany???
    U and ur story’s mathin vrh miss vi… 😭
    I thought dhen Muxo story nuliyaane kmh…
    Curiously waiting for the next part When’s next?
    Shaba vx ihnaane story eh liyelaafa kiyaa lahchey 😊
    Ly. Tc 💗

    1. _Have Fun_ says:
      July 9, 2026 at 2:36 pm

      Helllowwww!!!
      IA I’m fine 👍
      Alaika ah vaagoii vrh avahah igeyne
      Gurl I also missed you guys and your comments.. 💙
      I also thought I couldn’t write.. But here am I🤗
      I read that storyy.. It was so cuteeeee 😭
      Love you more 😘

  3. Shaba_17 says:
    July 9, 2026 at 2:53 pm

    Awwn Thank youuu sm 💗

    1. _Have Fun_ says:
      July 9, 2026 at 8:32 pm

      Welcomeee 🥰

  4. Miss rose says:
    July 9, 2026 at 4:38 pm

    Mi part ves varah reethi. What is happening to alaika?
    Alhey muxo haadha dhuvaheh kollaafa mi fenunee . miss you .
    Anyways curiosly waiting for next part?

    1. _Have Fun_ says:
      July 9, 2026 at 8:34 pm

      Happy to know that you enjoyed this part! 🤗
      We will see.. 👀
      Ik I also missed you so much dear 💙
      Next part ves IA vrh avahah liye veythw balaanan! 👍

  5. Un_known says:
    July 9, 2026 at 8:33 pm

    Haadha dhuvaheh vejje ey muxo ge vhk akah inthizaaru kuraathaa😩
    How r u??
    MA vhk vrh reethi 🤩
    When’s next?
    Curiously waiting for the next part..
    Alaika ah dhera gotheh nahadhahcheyyy😭

  6. _Have Fun_ says:
    July 9, 2026 at 8:36 pm

    Sorry to keep you waiting 😭
    Alhamdhullilah I’m fine 🤗
    Happy to know that you enjoyed this part 💙
    Next part dhen in dhe vhk liyelaafa 👍
    IA nothing bad will happen to her ✨

Comments are closed.

Next Episodeރާނިއޭ ހިތުގެ މަލާތީ-7←


All Right Reserved!