Skip to content
އެސްފިޔަ

ރާނީއޭ ހިތުގެ މަލާތީ-9

Listen to this story Audio · 5:41 Powered by Esfiya Voice
0:00 5:41

ޝަބާ އަށް ހޭލެވުނީ ފެންބޮވައިގެންނެވެ. އޭނާ ނުކުތީ ބަދިގެޔަށް ދިއުމަށެވެ. އޭރު ގޭތެރޭގައި ގުރުއާނުގެ އަޑު އިވެއެވެ. އެހެންމަ އޭނާ އަޅާނުލާއި ބަދިގެޔަށް ގޮސް ފެންފޮދެއް ބޯލިއެވެ. އެނބުރި ކޮޓަރިއަށް ދާނަމޭ ހިތާ އެނބުރިލީރަށް ޝަބާ ހުއްޓުން އެރިއެވެ. ނޭވާ ތާށިވިއެވެ.

*ޕާރޓް-9*

ކުރިމަތީ އެހުރި ސޫރައަކީ ޝަބާ މީގެން ދުވަހަކު ދެކެން ބޭނުންވި މޫނެއް ނޫނެވެ. އެއްމެ ނަފްރަތުކުރާ އެއްމެ ބިރުގަންނަ މޫނެވެ. އެއީ އިޔާދު އެވެ. އިޔާދުއަކީ އިންސާނެއް ނޫންކަން ޝަބާ އަށް މާކުރިން ވެސް އެނގެއެވެ. ނަމަވެސް ޝަބާ ބޭނުންވީ އިޔާދު އާއި އެކީ އުޅޭށެވެ. ނަމަވެސް ފަހުން ކަންތަށް ދިޔައީ ގޯހުން ގޯހަށެވެ.

“އިޔާދު..” ޝަބާ އަށް ކިޔާލެވުނެވެ. އިޔާދު ހިނިތުން ވެލިއެވެ. ނުލަފާ ބިރުވެރި ގޮތަކަށެވެ.

“އަހަރެން މަތިން ހަދާންވިތަ..؟ އަހާރެން ޝަބާ މަތިން ވަރަށް ހަދާންވި..” އިޔާދު ވާހަކަދެއްކިއެވެ. ޝަބާ އަށް ހަމައަށް ނޭވަ ލެވެނީކީ ނޫނެވެ. ހީވާނީ މީހަކު އޭނާގެ ކަރުގައި ހިފާ ބާރުކޮށްގެން ހުންނަ ހެންނެވެ.

“މިތަނަށް ކިހިނެއް ވަނީ..؟ އަލައިކާ އަށް ކިހިނެއް ހަދާގެން ތިއުޅެނީ..؟” ފޭދިގެން އައި އަޑަކާއި އެކީ ޝަބާ އަހިއެވެ.

“ހެހެ.. ޝަބާ މާ އަވަހަށް ތި ހާސްވަނީ.. ތިހާ ބިރުނުގަނެބަލަ..” އިޔާދުގެ މިޖުމްލަ އާއި އެކީ ޝަބާ ހޭނެތިގެން ވެއްޓިއްޖެވެ. އިޔާދުވެސް ގެއްލުނީއެވެ. ޝަބާ އޮތީ އެތާގައެވެ. ޝަބާ ހޭނެތުނުކަން އެނގޭނީ ކާކައްހެއްޔެވެ؟

އަލައިކާ ކައިރީގައި އިން ޝިފާން އާއި އައްޒާމް އިނީ ޖެހިލުން ވެފައެވެ. އަލައިކާ ކޮންމެވެސް ނުދަންނަ ބަހުރުވައަކުން އެއްޗެހި ކިޔައިފައި ހެނީއެވެ. އެދެކުދިންނަށް ކުރާނެ ކަމެއް ނޭނގެއެވެ. މަންމަމެންނަަށް ގޮވަން ނުދަނީ އަލައިކާ އަދި ބޮޑުވަރު ނުވާތީއެވެ.

“އޭދެން ހުއްޓާބެ ދޯ..” އައްޒާމް ބުނެލިއެވެ. އަލައިކާ ހުއްޓާލިއެވެ. އަދި ލަސްލަހުން އައްޒާމް އާއި ދިމާއަށް ބަލައިލިއެވެ. އޭނާގެ ދެލޯ ރީންދޫކުލައަކުން ދިއްލިގެން ދިޔައެވެ. އައްޒާމް އިނީ ހުށިޔާރުވެެގެންނެވެ.

“ނޫންންން.. ތިހެން ނަހާދާ ނަހާދާ ނަ-” ކުއްލިއަކަށް އަލައިކާ އަނެއްކަ ފަހަރަށް ހޭނެތިއްޖެއެވެ. ހީވީ މީކަހު އޭނާގެ ބޮލުގައި އެއްޗަކުން ޖެހިހެންނެވެ. ޝިފާން އާއި އައްޒާމް އަނެއްކާ ވެސް ސްޕީކަރާ ކުޅެލައިގެން ގުރުއާން ޖެހިއެވެ.

ހެދުނުގެ ސައި ތައްޔާރު ކުރަން އިން ޝަބާގެ ހިޔާލުތައް ގުޅިފައި ވަނީ ރޭގަ ހިގާ ދިޔަ ހާދިސާ އާއި ދޭތެރެއެވެ. އިޔާދު އަނެއްކާ އެނބުރި އައީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އަލައިކާގެ ކަންކަމުގައި އިޔާދުގެ އަތެއް ވަނީ ހެއްޔެވެ؟ ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. ޒިޔާން ވެސް ފަންޑިތަ ވެރިއެއް ބަލާދިޔަގޮތަކަށް އަދި ނާދެއެވެ. އޭނާ ބުނެފައި ވަނީ ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

ހުއްޓުން އަރައިފައި އިން ޝަބާ ފެނި އަނާ އައިސް އޭނާ ކާރީ މަޑުކޮށް ކިހިނެއްވީހޭ އަހާލިއެވެ. ނަމަވެސް ޝަބާ އެއް ބަހެއް ނުބުނެއެވެ. އޭނާ ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ އިޔާދު އަނބުރާ އައި ވާހަކަ އަނާ ކާރީ ބުނަން ވީހެއްޔެވެ؟ ނޫނެކެވެ. ބުނާނެ ކަމެއް ނެތެވެ. ބުނެފިއްޔާ އަނާ ބިރުގަންނާނެ އެވެ. އެއްމެ ބުއްދިވެރި ގޮތަކީ ނުބުނެ ހުރުމެވެ.

ދެމީހުން ވެގެން ގޮސް ސައި ތައްޔާރު ކޮށްގެން އަލައިކާ އަށް ގޮވަން ދިޔައިރު އޭނާ އިނދެގެން ރޮނީއެވެ. ޝަބާ ގޮސް ތަށި މޭޒުމަތީ ބައިންދާފައި އަވަހަށް އަލައިކާ ކާރިއަށް ދިޔައެވެ. އޭރު އަލައިކާ އަށް ގިސްލެވެނީއެވެ.

“ދަރިފުޅާ..؟ ކިހިނެއްވީ..؟” ޝަބާ ގޮސް އަލައިކާ ކާރީ ހުއްޓި އަހާލިއެވެ. އަލައިކާ އަށް ބަހެއް ނުބުނެވުނެވެ. ޝަބާ އަލައިކާގެ މޫނަށް އެޅިފައި ހުރި އިސްތަށިގަނޑު ދުރުކުރުވިއެވެ.

“މަންމާ.. އޭނަ ބުނީ އަހަރެން މަރާލާނަމޭ.. މަންމާ.. އޭނާ ބުނީ.. އެނާ..” އަލައިކާގެ އަޑު ފޭދުނެވެ. ޝަބާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނެއްކާ އިޔާދު އަލައިކާ އަށް ގޯނާ ކުރީ ހެއްޔެވެ؟

“ކާކު..؟” ޝަބާ އަހާލިއެވެ. އޭރު އޭނާ އިނީ ހުއްޓުން އަރާފައެވެ.

“މަންމާ އޭނަ ބުނީ އަހަރެންނަށް މިހެން ހެދި މީހާ އުޅެނީ އަހަރެމެންނާ ވަރަށް ވަރަށް ގާތުގަ ކަމަށް.. މަންމާ.. އަހަރެން މިހެން އުޅޭކަށް ބޭނުމެއް ނޫން.. މަންމާ.. ހެޔޮ ނުވާނެ..” އަލައިކާ އަނެއްކާ ވެސް ބާރަށް ރުއި ގަތެވެ. އަމިއްލަ ދަރިފުޅު ވޭނުގައި ރޯތަން ފެނުމުން ޝަބާގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ވަގުތުން އޭނާ އަލައިކާގެ އަތުގައި އައްސާފައިވާ ވާކޮޅު މޮހެ އޭނާ މިނިވަން ކޮށްދިނެވެ. އަލައިކާ އަށް މަންމަ ގައިގައި އޮޅުލާގަނެވުނެވެ. އެއަތުތެރޭ އެތަކެއް އިރެއް ވަންދެކަށް އޭނާ ރުއެވެ. ޝަބާ އަށް ވެސް ރޮވުނެވެ.                                                       އެތަކެއް އިރެއް ރުއި ރުއިފައި އަލައިކާ އަށް އެެއްމެފަހުން ނިދުނީއެވެ. ޝަބާ އަނެއްކާ ވެސް ތަށިބަރި ހިފައިގެން ދިޔައީއެވެ. އޭނާ އިނީ ހަޤީގަތުގައި އަަލައިކާ ދެއްކިވާހަކަތަކުގެ ސަބަބުން ބިރުންނެވެ. އަލައިކާ އަށް ގެއްލުމެއް ދޭން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟ އިޔާދު އަލައިކާ ކާރީ މިހުރިހާ ވާހަކަތަކެއް ކީ ހެއްޔެވެ؟ އަތް ދުވެލައިގެން ޝަބާ ވަނީ ކޮޓަރިއަށެވެ. އޭނާ ގޮސް އެނދުގައި އިށީންދެ ފޯން ނަގައި ޒިޔާން އަށް ގުޅާލިއެވެ. ދެތިން ރިންގަކާއި އެކީ އޭނާ ފޯން ނެގިއެވެ.                                                                      “ހަލޯ..” ޒިޔާން ގޮވާލިއެވެ. ޝަބާ ފުންނޭވާ އެއް ދޫކޮށްލިއެވެ. ޝަބާ ކިޔާދިނެވެ. އަލައިކާ ކިޔާދިން ވާހަކަ ތަކެވެ. ޝަކުވާ ކުރިއެވެ. އަލައިކާ މިހާލުގައި އުޅޭތަން ބަލަން އޭނާ އަށް ކެއްނުވާނެ ކަމަށް ވެސް ބުންޏެވެ.                                                  “ޝަބާ ދެރަނުވޭ.. މާދަން އަހަރެން ރަށަށް ދާނަން..” ޒިޔާންގެ ފަހު ޖުމްލަ އަޑުއިއްވާ ފައި ފޯން ބޭއްވިއެވެ.                          *ނުނިމޭ*                                                                               ނޯޓް: ވާހަކަތައް ލަހުން އަޕްލޯޑް ކުރެވޭތީ ހުރިހާ ކިޔުންތެރިންގެ ކިބައިން ވަރަށް ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. މިދިޔަ ދުވަސް ކޮޅުގައި އަޅުގަނޑު މިއައީ މާލޭގައި އުޅެފައި ކަމުން ވަރަށް ގިނަ ފިލާވަޅުތަށް ގެއްލިފައި ވުމާއި އެކު ވާހަކަ ލިޔުން ކުޑަކޮށް ލަސްވީއެވެ.

Comments (13)

  1. NOBODY......

    vrh gi naduvahuge inthi zaa rakah fahu kiyaalan mi libunee
    akamaku vrh reethi mi part
    but i am curious about the person who trying to kill her
    and will she survive i really hope she do survive and they both confess they feelings to
    each other
    LYSM
    TC

    1. _MuXo_
      NOBODY......

      Thank you!!
      Really happy to know that you enjoyed this part!!
      Love you more!!

  2. Black

    Wowowowow💔✋🏻 Let’s see who’s here!!!
    MA ✨ Alheyy muxo kolhu dear how’re u?I rlly miss you and tales sm…I truly understand how-you would. Be right now_…💔
    Vv Rythi n Furihama…😭🩷
    When’s next?
    Curiosity waiting for the next part ✨
    Ly& Tc Btw💔

    1. _MuXo_
      Black

      Hehe!!
      IA I’m fine! Awwn I missed you too!!
      Happy to know that you liked this part as well my dear!!
      Love you more!!You also take care bbg!!

  3. Anonymous

    Dhen avass kohlahchey

    1. _MuXo_
      Anonymous

      IA yesss!!!

  4. Alu

    What happened muxo??? 💔
    Are u heartbroken or smthg???

    1. _MuXo_
      Alu

      Aslu alhugaduge laptop halaaku vegen ulhuneema vhk liyan undhagoovee phonega.. Ehen ve aslu vhk nuliye gina duvas thakeh v!! Also fahun annehkkaa male’ dhaan jehunee interschool volley tournament ah.. Soo.. I’m not heartbroken!! Hehe!!

  5. Anonymous

    Pending ga thw???

    1. koodyhoody
      Anonymous

      yes

  6. Anonymous

    Pending ga thw????

    1. _MuXo_
      Anonymous

      yes bbg!!

    2. Anonymous
      Anonymous

      Answer kohbala plzzz

Comments are closed.