މަލްޝަބާ ކަރުނަތައް ފޮހެލާފައި އިރުކޮޅަކު އުޑާއި ދިމާލަށް ބަލަން ހުރުމަށްފަހު ބެލްކަނިން ނިކުތެވެ. ދެން އޭނާގެ މިސްރާބުހުރީ ނަބީހުގެ އޮފީސް މަސައްކަތްކުރާ ކޮޓަރިއެވެ. މަލްޝަބާ ކޮޓަރީގެ ބޭރުގައި ހުރެ ޓަކި ޖެހި އިރު ވެސް އެތެރެއިން އެއްވެސް ހިލަމެއްނުވެއެވެ. ވިސްނާލުމަށްފަހު ދޮރު ހުޅުވާލާ އެތެރެއަށް ބޯ ދިއްކޮށްލިއެވެ. އެ ކޮޓަރީގައި ނަބީހުގެ ހިލަމެއް ވެސް ނުވެއެވެ. ނަމަވެސް މަލްޝަބާ ކޮޓަރިއަށް ވަނެވެ. އޭނާ ގޮސް ވަކިން އިން ސޯފާގައި އިށީނެވެ. ސޯފާގެ ލެގޭ ބައިގައި ބޯ ޖައްސާލިއެވެ. ދެން އޭނާގެ ޚިޔާލަށް އައީ މަލްޝަބާގެ އަތުގައި އޮތް ފޮތް ފެނުނުގޮތެވެ.
މަލްޝަބާ އޭނާގެ މާ ގަސްތަކަށް ފެން ދިނުމަށްފަހު އޭނާ ކޮޓަރިއަށް ގޮސް ވަނީ ފެންވަރާށެވެ. މަލްޝަބާއަކީ އެހެން އެއް ކަމެއް ނުކުރިޔަސް ގަވާއިދުން އޭނާގެ މާ ގަސްތަކަށް ފެންދޭ މީހެކެވެ. އެ ބޮޑު ގޭގެ ހުރިހާ ބެލްކަނިތަކުގަ އާއި ބަގީޗާގައި ތަފާތު ވައްތަރުގެ މާ ގަސްތައް އިންދާފައި ހުރެއެވެ. ނަމަވެސް ރޭގަނޑުގެ ވަގުތައް ވުމުން ބަގީޗާއަކަށް އޭނާއެއް ނުނިކުތެވެ.
ނިދުމުގެ ކުރިން ފެންވަރާލާ މީހާ ތާޒާވެލިއެވެ. އެއީ ނަބީހު އާއި އިނުމަށްފަހު ފިރިމީހާގެ ޚިދުމަތުގައި އޭނާ ގަވާއިދުން ކުރަން އިސްކަންދޭ ކަމެކެވެ. މަލްޝަބާ ނަބީހުދެކެ ވަނީ ހަގީގީ ލޮތްބެވެ. އޭނާ ބައްޕަ ކައިރީ އާދޭސްކޮށްގެން ވެސް ނަބީހު އާއި އިނީ ވާ ލޮތްބެއްގެ ބޮޑުކަމުންނެވެ.
ނިދަން އެނދަށް އަރަން ތައްޔާރުވެފައިވީ ނަމަވެސް ނަބީހު ނާންނާތީ އޭނާ އިހަށް ސޯފާގައި އިށީނދެ އިނެވެ. ނަމަވެސް އެގޮތުގައި އެއްގަޑި އިރު ވީއިރު ވެސް ނަބީހުއެއްނައެވެ. އެގޮތުގައި އެހެން އިނދެ ފޫހިވެގެން އަލަމާރި ތެރެ ތަރުތީބުކޮށްލަން އޭނާގެ ވިސްނުމަށް އައެވެ. އެގޮތުން ފަހަރަކު ބައެއް ތަރުތީބުކުރަމުންދިޔަ މަލްޝަބާގެ މަސައްކަތް މަޑުޖެހުނީ ފެނުނު އެއްޗެއްގެ ސަބަބުންނެވެ. އަލަމާރި ތެރެއިން ކުޑަ ވަތް ގަނޑެއް ތަޅުލެވޭ ގޮތަށް އިނީ ހަދާފައެވެ. އެއީ މީގެ ކުރިން ހުރި ބަޔަކަށްނުވާތީ އެތަނުގެ ހަގީގަތް ހޯދުމަށް މަލްޝަބާ ބޭނުންވިއެވެ. ނަމަވެސް އެ ތަނުގެ ތަޅުދަނޑިއެއް ހޯދާހޯދާ ވެސް އޭނާއަކަށް ނުފެނުނެވެ. އެއާއިއެކު މިއީ ނަބީހު ވަރަށް ސިއްރުން ބަލަހައްޓާ ތަނެއްކަން އޭނާއަށް އިނގުނެވެ.
މަލްޝަބާ ބޮލުގައި ޖަހަން ގެންގުޅޭ ޓިސްދަތިން އެ ތަނުގެ ތަޅު ވަރަށް އުނދަގުލުން ހުޅުވާލިއެވެ. އެތަނުގައި ހަމައެކަނި އޮތީ ބާވެ ހަފުސްވެފައިވާ ފޮތެކެވެ. އިތުރު އެއްޗެއް އެތަނުގައެއްނެތެވެ. މަލްޝަބާގެ ނިތައް ކުދި ރޫތަކެއް ޖަމާވިއެވެ. ސުވާލުމާކުތަކުން ސިކުނޑި ހިސޯރުކޮށްފިއެވެ. މަލްޝަބާ އެ ފޮތް އެތަނުން ނެގުމަށްފަހު އިހު ހުރި ގޮތަށް އެތަން ބެހެއްޓިއެވެ. އެތަނުން ނެގި އެއްޗެހިތައް ތަރުތީބުކޯށްލުމަށްފަހު ބެލްކަންޏަށް ނިކުތީ އެ ފޮތް ހިފައިގެންނެވެ. ބެލްކަނީގައި ހުރެ އެ ފޮތް ކިޔާލީ އޭގައި އޮންނާނީ ކިހާވަރެއްގެ ސިއްރެއްކަމެއް ނޭނގިއެވެ.
ޚިޔާލުގައި އޮތް މަލްޝަބާ ސިއްސައިގެން ގޮސް ކޮޅަށް ތެދުވިއެވެ. އެ ކޮޓަރި ތެރެއިން އޭނާއަށް އެތައް ބައެއްގެ ހުނުމާއި ސަކަރާތުގެ އަޑު އިވެން ފެށިއެވެ. ނަބީހުގެ އަދު ވެސް އަދި އޭނާގެ ބައްޕަގެ އަޑު ވެސް އިވުނުހެން އޭނާއަށް ހީވިއެވެ. މަލްޝާބާ މަޑުމަޑުން ވަށައިގެން ހިނގިއެވެ. ރީތިކޮށް ފަރުމާކޮށްފައި ހުރި ވާސްތަކުގައި އަތްކާއްތަމުން ދިޔަ މަލްޝަބާގެ އަތް އެތަނުން އެންމެ ދިގުކޮށް ހުރި ވާސްގައި ޖެހުނު ގޮތުން އޭތި އެނބުރިލިއެވެ. އެއާއިއެކު ފެނުނީ އެއްބިތް އެއްކޮށް ފޮރުވޭ ވަރަށް ޖަހާފައި ހުރި ކަނބަޑު ދެ ފަރާތަށް ކެހިގެން ދިޔަ މަންޒަރެވެ. އެތަނުގައި ތިރިއަށް ދެވޭގޮތަށް ސިޑިއެއް ހުރި މަންޒަރު ވެސް ފެނުނެވެ. މަލްޝަބާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އެތަނަށް އޭނާ ވަދެ ނިކުންނަ އިރު ވެސް މިވަރުގެ ތަނެއް ހުރިކަމެއް ނުދެނަހުއްޓެވެ. ހުދު ނަބީހު ވެސް ނުބުނެއެވެ.
ހައިރާންކަމުގައި ހުރެ މަލްޝަބާ އެ ސިނޑި ގިރާކޮށްލުމަށްފަހު ތިރިއަށް ފޭބިއެވެ. އެއާއިއެކު އެއްކަލަ ސަކަރާތުގެ އަޑު ގަދަވެއްޖެއެވެ. އެއޮތް ބޮޑު ހޯލުވޭގައި އެ އަޑުތައް ހުރީ އެކޯވެފައެވެ. އެތަނަށް ވަށައިގެން ނަޒަރު ހިންގާލިއިރު ހޯލުވޭގެ ދެ ފަރާތުގައި ކޮޓަރިތަކެއް ހުއްޓެވެ. އެއީ ނަބީހު ނުވަތަ ނަބީހު ގެންގުޅޭ މީހުން މަސައްކަތް ކުރާ ހާލިކަން މަލްޝަބާ ދެނެގަތެވެ. މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. ހޯލުވޭގެ އެންމެ ކޮޅަށް ދެވުން އިރަށް މަގު ބަންދުވެއްޖެއެވެ. ދެވޭނެ ކޮޅެއް ދެން ނެތެވެ. އެހެނަސް އެއްކަލަ އަޑުތައް މިހާރު އިވެނީ މަލްޝަބާގެ ވަރަށް ކައިރިންނެވެ.
މަލްޝަބާ އިރުކޮޅަކު ވިސްނާލަން މަޑުކޮށްލިއެވެ. ދެން އޭނާގެ ކަނާތް ހިއްލާލީ ކުރިމަތިން ފެންނަން ހުރި ފާރުގައި އަތްކާއްތާލުމަށްށެވެ. ނަމަވެސް އެ ފާރާއި ވަރަށް ކައިރިއަށް އަތް ގެންދިޔަތަނުން އެތެރެއިން ވާހަކަދައްކާ އަޑު އިވުނެވެ. މަލްޝަބާ އެފަރާއި ކަންފަތް ކައިރިކޮށްލީ އެތެރެއިން ދައްކާ ވާހަކަ އަޑު އަހާލުމަށްށެވެ.
“ބައްޕާ މެހެކަށް ހުރިހާ ހަގީގަތެއް އެނގިއްޖެހެން ހީވަނީ….” އެތެރެއިން އިވުނީ ނަވީނުގެ އަޑެވެ. އެތެރެއިގައި ނަބީހު އާއި ނަވީން ވެސް ތިބިކަން މަލްޝަބާއަށް އެނގުނެވެ. “އެނގުނަސް ވާނީ ކީއް؟….ހައްހައް” ނަބީހު މަލާމާތުގެ ޜާގަކަށް ބުނެލިއެވެ. “މެހެކަށް ނޭނގިދާނެ…އެކަމަކު ޝަދާންއަށް އަދި ދެން އެ އުޅޭ ގުރޫޕަށް އެނގޭ މަ ކަން މީސަމް އެ އިމާރާތުން ވައްޓާލީ….” ނަވީން އަނެއްކާ ވެސް ބުނެލިއެވެ. “ހޫމް…ކޮބާތަ މައްސަލަ އަކީ ދެން….ހުރިހާ ކޯޓުތަކަކުން އެ އޮތީނުން އެ މައްސަލަ ބާޠިލްކޮށްފައި…..” މުތުބާ ބުނެލިއެވެ.
އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ހުރި މަލްޝަބާގެ ދެ ލޯ ބޮޑުވިއެވެ. އޭނާގެ ބައްޕަގެ އަޑު އިވެންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އެ މައްސަލައިގައި އޭނާގެ ބައްޕަގެ އަތެއް ވެސް ވަނީ ހެއްޔެވެ؟
“މެހެކު މިހާރު އެ މައްސަލަ އަލުން ބަލަން ކޯޓަށް ފޯމު ލައިފި…” ފާރުގައި ލެގިލައިގެން ހުރި ނުހައިކު ބުނެލިއެވެ. އެއާއިއެކު އެންމެންގެ ދެ ލޯ ބޮޑުވިއެވެ. “ވަޓް؟….ކިހިނެއް؟…” ހާސްކަމާއި އެކު ނަބީހު ބުނެލިއެވެ. “ވެލް މަށަށް އެނގުނީ ފައިނާގެ ފަރާތުން….އެއީ މަށަށް ވެސް އެނގުނު ވަރަކީ…” ނުހައިކު ދެ ކޮނޑު އަރުވާލަމުން ބުނެލިއެވެ. “އަދިވެސް އެގޭ މީހުންނާއި ގުޅުން ބާއްވަން ދޯ؟…” މުޖުތަބާ ޒާތަކަށް ބުނެލިއެވެ. “ކާފާ….އަހަރެން ހަގީގަތުގައި ވެސް ފައިނާ ދެކެ ލޯބިވޭ….ކާފަމެން ދެކެ ވެސް ލޯބިވާތީ ދޯ ކާފަމެންގެ ރޭވުންތަކުގައި މަ ވެސް ބައިވެރިވަނީ….އެކަމަކު މަގޭ އަނދިރިފަރާތް ފައިނާއަށް އެނގޭ ހިސާބުން ޒިންދަގީ ޚަތަމު…..” ނުހައިކު ބުނެލިއެވެ. “ތި ފައިނާއެއް ނިކު ދެކެ ލޯބިވާނަމަ ހަގީގަތް އެނގުނަސް ކޮބާ މައްސަލައަކީ….” ނަބީހު ބުނެލިއެވެ.
“ދެން މަގޭ ވާހަކަ ބާއްވާފައި ނަވް ކައިރީ އަހާބަލަ އެ ޖިފުޓިގަޑު އެތަނުން އަންދާލާކަށްނުވޭހޭ…..” ނުހައިކު ވާހަކައިގެ ކޮޅު އަނބުރާލިއެވެ. އެއާއިއެކު އަލިފާނުގެ ބެލުމަކުން ނަބީހު ބަލާލީ ނަވީނަށްށެވެ. “ނަވީނު…އެއީ ތެދެއް އަދިވެސް އެތަނަށް ދަން ދޯ؟….” ނަބީހު ބުނެލިއެވެ. ނަވީނު ބޯ ޖަހާލި ކަމެއް ނޭނގެ ކޯތާފަތް މައްޗަށް އެރީ ނަބީހުގެ އަތުގެ ހޫނު ހަމަލާއެކެވެ. “ބަލަ ކަލޭ މޮޔަވީތަ…ތި އުޅެނީ އަހަރުމެން އެންމެން ބޭޒާރުކޮށްލަންތަ؟…” ނަބީހު ރުޅިވެރިކަމާއިއެކު ހަޅޭއްލަވައިގަތެވެ. ނުހައިކު ދެން ދައްކާލީ ނަވީނަށް ނޭނގި އޭނާ ނަގާފައި ހުރި ތަސްވީރުތަކެވެ. ނަވީނު ނުހައިކަށް ބަލާލީ ރުޅި އައިސް ރަތްވެފައިހުރެއެވެ. “އައި އެމް ޑުއިން ދިސް ފޯރ ޔޫ ބުރަދާރް….” ނުހައިކު އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ.
“ނުހައިކު މާދަން ރޭ އެންމެ ފުރަތަމަ ވެސް އެތަނަށް ގޮސް އެ ޖިފުޓިގަޑު އަންދާލާ….އެތަނުގެ ތެރޭގައި އެއްވެސް އެއްޗެއް ސަލާމަތުން އޮތަދީގެންނުވާނެ….” ނަބީހު އަމުރުކޮށްލިއެވެ. ނަބީހު އެހެން ބުނުމުން ނަވީނު ޖަހާލީ ހިނިގަޑެކެވެ. “ބައްޕައަށް މަށަށް ކޮން އަމުރެއް ހިންގޭނީ….” ނަވީނު މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ނަވީނު އެހެން ބުނުން ނަބީހު އެރި ރުޅީގައި އަނެއްކާ ވެސް އަތް މަޅާލީ ނަވީނުގެ މޫނުމަތީ ޖަހާށެވެ. ނަމަވެސް އޭގެ ކުރިން އެންމެންގެ ސަމާލުކަމަށް އައީ އެތަނަށް ވަންނަ ދޮރު ކެހިގެން ދިޔަ އަޑަށްށެވެ.
އެތެރެއިން ދައްކަމުން ދިޔަ ވާހަކަ އިތުރަށް އަޑު އެހުމަށް ފާރުގައި އަތް އަޅާ ކަންފަތް ކައިރިކޮށްލިތަނުން އެ ފާރު އެތެރެއަށް ހުޅުވި ދޮރު މައްޗަށް ކެހިގެން ދިޔައެވެ. އެއީ ހަގީގަތުގައި ފާރެއް ނޫނެވެ. އެއީ ހަމަ ދޮރެކެވެ. ނަމަވެސް އެ ދޮރު ފަރުމާކޮށްފައި ހުރި ގޮތުން ބަލާ މީހަކަށް ހީވާނީ އެއީ ހަމަ އާދައިގެ ފާރެއްހެންނެވެ. ނުވިސްނާ ހުރި މަލްޝަބާ ބަނޑުވަތަށް ވެއްޓުނެވެ. އިރުކޮޅަކު އެހެން އޭނާ އޮތީ ވެއްޓުނު ގޮތުން ބަޑަށް ތަދެއް އެރުމުންނެވެ. އަދި އެންމެންގެ ކުރިމަތީ އޭނާ ބޮޑު ލަދެއްގައި ބެދުމުންނެވެ. ލަދާ އެއްވަރަށް އޭނާގެ ހިތުގައި ބިރުވެރިކަމެއް ވެސް އުތުރިއަރައިގަތެވެ. ނަބީނަކީ ކިހާ ފެންވަރެއްގެ މީހެއްކަން އޭނާއަށް އެނގެއެވެ. ޔަގީނުން ވެސް އޭނާ އާއި ސުވާލުތަކެއް ކުރިމަތިކުރުވާނެއެވެ.
މެހެކު ގެއަށް ދޫކޮށްލީ އެތައް އިރުޝާދުތަކެއް ދިނުމަށްފަހުއެވެ. ކުރިއަށް އޮތް ތިން ދުވަހު އަރާމުކުރަން އެންގިއެވެ. ރަނގަޅަ ކާނާ ކައި ދިޔާ އެއްޗެހި ބުއިން އިތުރުކުރުމަށް ވެސް އެންގިއެވެ. އަދި ގަވާއިދުން ބޭސް ކާން ވެސް ނޫރައިން އަމުރުކުރިއެވެ. އެ ހުރިހާ ވާހަކަތަކެއް އަހަން މެހެކު އިނީ ހިނިތުންވެފައެވެ. ފަސް އަހަރު ކުރިން ވެސް އެ ވާހަކަތަކަކީ އޭނާއަށް އަޑު އިވިއިވި ބާވެފައިވާ ވާހަކަތަކެވެ. ބައެއް ފަހަރު އޭނާއަށް ފަރުވާ ކުޑަކޮށްލެވެނީއެވެ. އެކަމާ ނޫރައިން އޭނާއާއި ދިމާލަށް ހަޅޭއްލަވާ އެއްޗެހި ގޮވައިގަނެއެވެ.
އެނދުގައި އަރާމުކުރަން އޮތް މެހެކުގެ ދެ ލޯ މަޑުމަޑުން މެރެމުން ގޮސް މެރުނެވެ. ދެން ފުން ނިންޖަކަށް ގެނބެން ހިނދުކޮޅެއް ވެސް ނުނެގިއެވެ. ޝެހެނާޒާއި އާލިޔާ މެހެކުގެ ކޮޓަރިއަށް ގޮސް ވަނީ މެހެކުގެ ހާލެއް ބަލާލާށެވެ. ނަމަވެސް މެހެކަށް ނިދިފައި އޮތުމުން އޭސީގެ ފިނިން ސަލާމަތް ކުރުމަށް މެހެކުގެ ހަށިގަނޑުގައި ރަޖާ އަޅައިދިނުމަށްފަހު ދެ މީހުން ވެސް ކޮޓަރިން ނިކުމެ ތިބީ ސްޓިންގ ރޫމުގައެވެ. ޝެހެނާޒު ކައިރިއަށް ބަދަލުވާން މެހެކު ކައިރީ އެދުމުން ވެސް މެހެކު އެކަމަށް އިންކާރު ކުރީ އޭނާ އެހަށް އެކަނި އުޅެން ބޭނުންވާތީއެވެ. ކިތައްމެ ވަރަކަށް މީހަކު އާދޭސް ކުރިޔަސް މެހެކަކީ އެންމެ ކުޑާއިރު ވެސް ގޮތުގައި ހުންނަ ކުއްޖެކެވެ. މެހެކުގެ ވިސްނުން ބަދަލުކޮށްލުމަކީ ކުޅަދާނަ މީހަކަށް ނޫނީ ނުވާނެ ކަމެކެވެ. ކުރިން މެހެކު ކިރިޔާ ވެސް ގަބޫލުކުރާނީ ޝަދާނުގެ ބަހެވެ. ނަމަވެސް މިހާރު ޙާލަތު ވަނީ ބަދަލުވެފައެވެ.
“ދާން….ކޮން ވިސްނުމެއްގައި….” ޝަދާންގެ ކެބިނަށް ވަތް ރާކިން އަހާލިއެވެ. “ޝީ އިޒް ސިކް…” ޝަދާން ފެށީ އެހެން ވާހަކައެކެވެ. “ބްރޯ މަ ވެސް އަޑު އެހީމޭ…މެހެކު ކިހިނެއް މިހާރު…” ރާކިން އަހާލިއެވެ. “ދެން އޯކޭ…އެކަމަކު އަދި ވެސް އެއްކޮށް ސްޓޭބަލެއް ނޫން…..ޔޫ ނޯ ޝީ އިޒް ހެވިން ޓްރަބަލް ސްލީޕު…..” ކުރުގޮތަކަށް ރާކިނަށް ޝަދާން ކިޔައިދިނެވެ. ރާކިން މަޑުމަޑުން ބޯ ޖަހާލިއެވެ. “ދެން އެހެން ދޯ އަސްލު ވާނީ ވެސް…މީސަމް އިޒް ހާ އޮންލީ ސިބްލިންގް…..” ރާކިން ބުނެލިއެވެ. ޝަދާން ބޯ ޖަހާލީއެވެ.
“ކޮބައި އެއްކަލަ ކަންތައް؟…” ރާކިން އެހީ ނަވީންގެ ވާހަކައެވެ. “ބްރޯ މަށަށް ކަމެއް ޝައްކުވާތާ ދުވަސްތަކެއް ވެއްޖެ…އެކަމު އަދި ޔަގީން ނުވެފައި މި ހުންނަނީ….” ޝަދާން ބުނެލިއެވެ. “މަ ދެން ތަ އައިޑިޔާއެއް…އޭރަށް ވަރަށް ފަސޭހަ ވާނެ….” ރާކިން ބުނެލިއެވެ. “ހޫމް ބުނެބަލަ…” ޝަދާން ބޯ ޖަހާލާފައި ބުނެލިއެވެ. “މަށަށް ފެންނަނީ އެންމެން ހިމެނޭހެން ގުރޫޕެއް ހަދަން…މި ބުނީ ކަލޭ އާއި މެހެކާއި ފައިނާ އާއި ނީރާ އާއި ޝާއިނާއި ޝާފިއު އަދި އެލްޒިން ވެސް ހިމެނޭހެން ބޮޑު ގުރޫޕެއް ހަދަން….އެއީ އެރޭ މެހެކު ނޫނީ އެހެން އެންމެން ތިއްބެއްނުން އެތާނގައި….ދެން ރަނގަޅު ޕްލޭނެއް ރާވާނީ…އެއަށްފަހު އެ ބައިގަޑު ބަސްޓުކޮށްލާނީ…..” ރާކިން [ގެ ޚިޔާލު ހުށަހެޅިއެވެ. ޝަދާނަށް އެގޮތް ވަރަށް ވެސް ކަމުދިޔައެވެ. ރާކިން ގިރޔވާނު ކޮޅަށް ޖެހީ މިއީ މަދު ފަހަރަކު ލިބޭނެ ބަރަފެއްކަން އިނގޭތިއެވެ. ޝަދާނަށް އެެހން މީހުންގެ ޚިޔާލު ކަމުދާނީ އެއީ އޭނާއަށް ވަރަސް ވެސް ކަމުދާ ޚިޔާލަކަށް ވަންޏާއެވެ. ނޫނީ ހަމަ ވަގުތުން އެކަމަކަށް ޖަހާނީ “ނޫނެ” ކެވެ.
ރާކިން ފޮނިވި ވަރުން ޝަދާން ދެ ފަރާތަށް ބޯ ހޫރުވާލިއެވެ. އަދި އެއްމިޔަކަނުން ހީލީ އެއީ ހަމަ ދެ ގޮތެއް ނުވެ ހުރި އޭނާގެ އެއް އަތް ކަމުގައިވާތިއެވެ. އެފަދަ އެކުވެރިޔެއް ލިބޭނީ ނަސީބުވެރިއަކަށްށެވެ. “އެހެންވީމާ ކަލޭ ގުރޫޕު ހަދާ އެއަށްފަހު މަ ގުރޫޕުގެ އެޑްމިންއަށް ލާ….” ޝަދާން ބުނެލިއެވެ. ފޮނިވެފައި އިން ރާކިންގެ މޫނުން ރުޅިވެރިކަން ފެނުނެވެ. ކުނި ބިހެއް ޖަހާފައި އިން ފަދައިން އޭނާ އިނެވެ. ޝަދާން އިނީ ބަނޑަށް ހީހީ ހަލާކުވާން ކައިރިވެފައެވެ. ” އޭ ބްރޯ ތީތި ކަނޑައޭ….މަ ތަ ދެން ގުރޫޕު ހަދަންވީ؟….” ބޯ ކަހާލަމުން ރާކިން ބުނެލިއެވެ. “ޔެސް….އެންޑު ތޭންކްސް…” ޝަދާން ތެދުވަމުން ބުނެލިއެވެ. އަދި ދަމުން ރާކިންގެ ކޮނޑުގައި ފިރުމާލާފައި ކެބިން އިން ނިކުތެވެ.


