Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ސިއްރު – ދެވަނަ ބައި

Classy_kanbulo Level 1
June 1, 2026 3 Mins Read
6 Comments

އަހަރެން ގޯތި ތެރެއަށް ނުކުގެން ދިޔައީމެވެ. އޭރު ފަޔާ ހުރީ އަށި ކައިރީގައި ފުރަގަހަށް އެނބުރިއެވެ. މަޑުމަޑު ހިނގުމެއްގައި ގޮސް އަހަރެން އަށީގެ ކަނާއަށްފަޅީގައި އިށީންދެލީ އެ އަތުން ލިބިދާނެ ޒަހަމްތަކަށް ނަފްސު ތައްޔާރުކޮށްގެންނެވެ.
“ބުނިން ދޯ މަންމަ އާއި ރީތިކޮށް ވާހަކަދައްކައްޗޭ! މަންމައަކީ އަހަރެންގެ އެންމެ މުހިއްމު އަންހެނާއޭ! ކީއްވެތަ ނުވިސްނެނީ!” ފަޔާ އަހަރެންނަށް ބަލާލަމުން ބުންޏެވެ.
“އަހަރެން މަންމަ އާއި ދިމާލަކަށް އެއްވެސް ބަހެއް ނުބުނަން. ކީއްކުރަން އަހަރެން ބުނަންވީކީ ވެސް. ފަޔާ އަޅެ ކަމުގެ ދެކޮޅު ބަލާފައި ނޫނީ ރުޅި ނާދެބަ! އަބަދުއަބަދު މިހެން ދިރިއެއއް ނޫޅެވޭނެއްނު. ފަޔާއަށް ވެސް އަހަރެން މި ކަނޑައްތުކުރާ ކަނޑަށް ނުކުމެލަބަ! މި ކަނޑުގެ ފުންމިން އޭރަށް އެނގޭނެ.” އަހަރެން ފަޔާއަށް ވިސްނައިދެވޭތޯ ބެލީމެވެ. ނަމަވެސް…..
“ކޮން ކަނޑެކޭ ކިޔާކަށް! ޔަނާއަށް އެކަނި ނުވިސްނެނީ. މިގޭ ހަތަރު ފާރު އެތެރޭގައި ދިރިއުޅޭ އެންމެންއަށް ވެސް އެނގޭ ޔަނާގެ ގޮތް. އެހެންނޫނީ މަންމަ އާއި ދިމާލަށް ކެރުނިސްތަ ބަހެއް ބުނަން.” މާޒީގެ ފަތްފުއްތައް އަހަރެންގެ ކުރިމައްޗަށް ގެނައުމަށް ފަޔާ މަސައްކަތް ކުރިއެވެ.
“ފަޔާއަށް އެނގޭނެ ކީއްވެކަން އެ ދުވަހު އަހަރެން ބަހެއް ބުނީކީ. އަހަރެންނޭ ކިޔައިގެން އެ ދައްކާ ދޮގު ވާހަކަތައް ދެއްކުން ހުއްޓާލުމަށް ބުނީ. އެވެސް ރީތިކޮށް ލޯބިން. ރުޅި އައިސްފައެއް ވެސް ނޫން. މި ހިތުގައި އަޅާ ވޭން އެނގޭނީ މަށަށް ދޯ! ފަޔާ ވެސް ހުއްޓާ އަހަރެން އެހެން ބުނީ!” އަހަރެން ފަޔާގެ އަތުގައި ހިފަހައްޓާލީ ލޯތްބާއެކުއެވެ. ފަޔާ އަހަރެންގެ އަތް ވިހުރުވާލީ ކެކިކެކި ހުރި ފެން އެއްޗެއް ފަދައިންނެވެ.
“އަހަރެން މިގެއަށް ގެނައުމުގެ ކުރިން މަންމަ އަހަރެން ދެކެ ވަރަށް ލޯބިވޭ. މިގެއަށް ގެނެސް އަހަރެން ފާޒްއަށް ބަލިވެ އިންތަނުން ރަށު ތެރޭ ދައްކަން ފެށީ އަހަރެން ބަލިވެ އިނީ ފަޔާގެ ދަރިއަކަށް ނޫނޭ! އަހަރެންނަކަށް ނުވިސްނުނު ފަޔާ ނޫން މީހެއްގެ ދަރިއަކަށް ބަލިވެ އިންނާނެ ގޮތެއް. އަހަރެން ނިދަނީ ފަޔާ ކައިރީގައި. ހޭލުމަށްފަހު ރޭގަނޑު ނިދަންދެން މި އުޅެނީ ގޭތެރެ މަސައްކަތުގައި ނޫނީ ފަންގަނޑެއްގެ މަތީގައި. ފަޔާ ދެން ބުނެބަލަ! ފަޔާ އާއި ބައްޕަ ނޫނީ އަހަރެން އެއްވެސް ފިރިހެނަކާ ވާހަކައެއް ނުދައްކަން!”
“ހޫން. ދެން ބުނޭ މަގޭ މަންމަ މިހިރަ ފިހާރަ ސޭޓުގެ ރުފިޔާގަނޑަކަށް ވިކުނިއްޔޭ!” ފަޔާ ވާއަތް ފަރާތުން ބޭރަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
“ފަޔާ! އަހަރެން ދުވަހަކު ވެސް ނުބުނަމެއްނު ތިހެނެއް. ބުނިހާ ވެސް އެއްޗަކީ ސޭޓުގެ އުދަނގޫ އަހަރެންނަށް އަބަދުވެސް ފޯރައޭ. ނުބުނަން މަންމަ ވިކުނިއްޔެކޭ! ކީއްވެ ބުނަންވީކީ ވެސް. މަންމަ ފާޒްދެކެ ވަރަށް ލޯބިވޭ. އެއީ މަންމަގެ އަލަތު މާމަ ދަރިފުޅު. އެއީ ހަމަ ފަޔާގެ ސޫރަ.”
ފަޔާ ގައިގާ ބައްދާލަން ކައިރިވިވަގުތު ފަޔާ އަހަރެން ކޮއްޕާލިއެވެ. އެވަގުތު އަހަރެން ގޮސް ޖެހުނީ އަށީގެ ކަނުގައެވެ. ހޯސްލާފައި ލޭގަނޑު ފައިބައިގަތެވެ. އަހަރެން ނިއްކުރީގައި އަތް އަޅައިގެން އޮވެ ފަޔާ އާއި ވާހަކަދެއްކޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް…
“ތި އަނިޔާ ނުކޮށްބަލަ! ތިގޮތަށް ކަންތައް ކުރުމުގެ ހައްގެއް ފަޔާއަކަށް ނެތޭ. އެންމެ އިންސައްތައެއްގެ ހައްގު ވެސް ނޯންނާނެ!”
“އަދިވެސް އެބަ އަނގަ އަރުވައޭ” ފަޔާގެ އަތުން އަހަރެންގެ ދެކޮލުގައި ހިފާ އަހަރެން ވާހަކަ ހުއްޓުވަން އުޅުނެވެ.
ނަމަވެސް މި އަނިޔާއިން އުމުރަށް މިންޖުވާން އަހަރެން ހިތްވަރުކުރަން ފެށީމެވެ. އިތުރު އަނިޔާއެއް ބޭނުން ނުވާތީއެވެ. އަހަރެންނާއި އަހަރެންގެ ދަރިފުޅުގެ މުސްތަގްބަލަށް ޓަކައެވެ. އެ ދަރިފުޅަށް މިކަމުން އަސަރެއް ކޮށްފާނެތީއެވެ. މާދަމާ ނޫން ކަމެއް ނޭނގެޔޭ ދަރިފުޅުގެ ކުރިމަތީ އަނިޔާ ކުރާނީ ހިތަށް އަރަމުން ދިޔައެވެ. އަހަރެން ފަޔާގެ އަތުގައި ހިފަހައްޓަން މަސައްކަތް ކުރަން ފެށީމެވެ.
“އާން. ތަދުވޭތަ! ތަދުވޭތަ އެބަ! ޖަވާބު ދީބަލަ!” އަހަރެން ފަޔާ ކޮށްޕާލުމަށްފަހު ވެލިގަނޑު މައްޗަށް ޖެހީމެވެ. އަދި ފަޔާގެ ކޮލުގައި ހިފަހައްޓާ ބާރުކުރަމުން ދިޔައީމެވެ.
“ވަރަށް ކެތްކޮށްފިން. މިއޮށް ހުރިހާ ދުވަހު އަހަރެން ކެތްކުރީ ދަރިފުޅަށް ޓަކައި. ގަޔާ ބަދަލުވޭތޯ. ވިސްނޭތޯ. ނުވިސްނުނެއްނު. މަ މިއަދު ކިތަންމެ ގޯސް މީހެކޭ ބުންޏަސް ފަރުވާލެއް ނެތް. އަތް އިސް ނުކުރާތީ ހީކުރީ މަ މިހެން އަބަދު ގެންގުޅެވޭނޭ ދޯ.” ފަޔާގެ ދެ އަތް ފުރަގަހުން ހިފަހައްޓާ ބިންމަތީ ބޭއްވީމެވެ.
“ހެޔޮ ކޮންމެ ގޮތެއް ހެދިޔަސް. ފަޔާއަށް ކުރި އިހްތިރާމް މިއަދު ގެއްލިއްޖެ. އަނބުރައެއް ނުލިބޭނެ. ހަނދާންކުރައްޗޭ! މަހީކުރީ ފަޔާ މަށާއި ކައިވެނިކުރީ ލޯބިވާތީ ކަމަށް. އުޑުން ތަރި ބާލާދީ ބޭނުންވަނީ ކޮންކަމެއްތޯ ބަލާ އޭރު ހެދިޔަސް ގެއަށް ގެނެސް މަށަށް ޖެއްސި ހާލު ބަލާބަލަ!” ފަޔާ އޮތީ ހައިރާންވެފައެވެ.
“ބުނަން ވާހަކައެއް! މި ޔަނާ މަތިން ތި ފަޔާ ހަނދާން ނައްތާލާ! ފާޒް މަތިން ވެސް ހަނދާން ނައްތާލާ! މިއަދުން ފެށިގެން ފާޒް ހުންނާނީ ހަމައެކަނި މަ ދަރިއެއްގެ ގޮތުގައި.” އަހަރެން ފަޔާގެ އަތުން ދޫކޮށްލުމަށްފަހު ތެދުވެ ގެއާއި ދިމާލަށް ހިނގައިގަތީމެވެ.
ކޮޓަރިއަށް ވަދެވުމާއެކު އަހަރެންނަށް ރޮވުނެވެ. ފިރިމީހާގެ ކުރިމަތީ ބަސް ބުނެވުނީމައެވެ. އެކަމަކުވެސް ހެވެ. މިއަދު ބަސް ނުބުނެފިއްޔާ މާދަމާ ވެސް އަހަރެން އުޅެންޖެހޭނީ މިހެންނެވެ. ދަރިފުޅަށް 3 އަހަރުވެގެން ދިޔައިރު ވެސް އެމީހުންނަކަށް އެއްވެސް ބަދަލެއް ނައެވެ. އެ އަނިޔާވެރިކަމެވެ. ހިތްދަތި ދިރިއުޅުމެވެ. ނުހިކޭ ދެލޮލެވެ. އަނަރޫފަވެފައިވާ ހަށިގަނޑެވެ. ވަޅުވަންނަމުން ދިޔަ ތާޒާކޮށް ހުރި ދެލޮލެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Classy_kanbulo

Level 1

Other Articles

Previous

ދެވުނީ ވޭނޭ 71

Next

އާއެކޭ ލޯބީވޭ… ސާޅީސް ހަވަނަބައި ( ލަގަން ދޫވި ހަޔާތުގެ ދަތުރު)

Next
June 2, 2026

އާއެކޭ ލޯބީވޭ… ސާޅީސް ހަވަނަބައި ( ލަގަން ދޫވި ހަޔާތުގެ ދަތުރު)

Previews
June 1, 2026

ދެވުނީ ވޭނޭ 71

6 Comments!

  1. Exxo says:
    June 1, 2026 at 8:18 pm

    Great.
    When next ????

    1. Classy_kanbulo says:
      June 2, 2026 at 3:43 pm

      Mi week nimunuge kurin insha’Allah

  2. Lulu says:
    June 1, 2026 at 8:42 pm

    Wow.
    Luv it

    1. Classy_kanbulo says:
      June 2, 2026 at 3:43 pm

      Shukuran 🤍

  3. Eym says:
    June 1, 2026 at 11:47 pm

    Thankolheh dhigukolladhyba,,.Kiyaahithun indha e nimuny,vaahaka v reethi,luv it

    1. Classy_kanbulo says:
      June 2, 2026 at 3:44 pm

      Part 3 miahvure dhigukohlaanan Insha’Allah

Comments are closed.

Next Episodeހިތުގެ ސިއްރު – ތިންވަނަ ބައި←


All Right Reserved!